ގާތުގާ… 8
“ބޭބޭ….ބޭބޭ… އަހަރެން އެއްވެސް ވައްތަރު ފައިޓު ވައްތަރުވެސް މާޑާރ ވައްތަރުވެސް ބޭނުން ނުވަނީ….” އާދޭސް ކުރާ ފަދަ ގޮތަކަށް ދެއަތް ގެނެސް ޖައްސާ މުއްކަވާލަމުން ފެންކަޅިވެފައި އެމީހާ ބުނެލިއެވެ.
” އައިނޯ ބޮސް ރަނގަޅު ވައްތަރު ނުހުންނަނީކަން އެކަމް އަހަރެން ބޮސް މަރުވާން ބޭނުން ނުވަނީ…. ” އެމީހާ ކޮށި ދިވެހި ބަހުން ބުނެލިއެވެ..
****
“ޑޯންޓް ވޮރީ…. މާޑާރވެސް އަނިޔާއެއް ވެސް ނުކުރާނަން….ޖަސްޓް އަ ވާނިންގް….” އަހަރެން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލީމެވެ.
” ނައު ގޯ އައުޓް ސައިޑް….” އަނެއްކާވެސް އަހަރެން އެމީހާ ގާތު ބުނެލީމެވެ. އަހަރެން ބުނި ރާގުން ކަންނޭނގެއެވެ. އަވަސް އަވަހަށް އެމީހާ ފަހަތް ބަލަމުން ގޮސް އެޕާޓުމަންޓުން ނިކުމެ ދޮރު ލެއްޕިއެވެ.
އަހަރެން ގޮސް ކޮޓަރިއަށް ވަތް އިރު އަދިވެސް ރުހާމް އެފާރުބުޑުގައި ހަމަ އެގޮތަށް އިނެވެ. އާކިފް ރުހާމްއާއި ދާދި ގާތުގައި ހުއްޓެވެ.
ރުހާމްގެ މޫނުމަތިން މިހާރު ފެންނަން ހުރީ ރުޅިވެރިކަމެވެ. ހިތްހަމަ ނުޖެހުމެވެ. އެއާއި އެކުވެސް އެ ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވި ޖެހިލުން ވުން އަހަރެންނަށް ހަމަ ރީއްޗަށްވެސް ފެނުނެވެ.
” ތީ ކޮންބައެއް…؟” އަހަރެން ކޮޓަރިއަށް ވަނުމާއެކު ކޮޅަށް ތެދުވަމުން ރުހާމް އަހައިލިއެވެ. ހިތްހަމަ ނުޖެހިފައި ހުރެވެސް ރުހާމް މިފަހަރު އަހައިލީ މަޑުންނެވެ.
” ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ…؟” އަނެއްކާވެސް ހިތްހަމަ ނުޖެހިފައި ރުހާމް އަހައިލިއެވެ. އަހަރެން ވަރަށް ހަމަޖެހިލައިފައި ކޮޓަރިތެރެއަށް ބަލައިލީމެވެ. ރުހާމްގެ ސުވާލަށް އަވަހަށް ޖަވާބު ދިނުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތެވެ.
” ކިހާވަރެއް ބޭނުން ވެގެން ތިއުޅެނީ…؟” އަނެއްކާވެސް ރުހާމް އަހައިލީ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށެވެ. އަހަރެމެން އަވަހަށް ފޮނުވާލަން ބޭނުންވެފައި ހުރި ކަހަލައެވެ.
” އެއް ލައްކަ؟…. ފަސްލައްކަ؟….ދިހައެއް؟…” ފުހާމް ފައްޗަކަށް އަމުނައިލިއެވެ. އެހެން ކަންކަން ފަދައިން ލާރިން މިކަން ނިއްމާލެވިދާނެ ކަމަށް ހީކުރީ ކަންނޭނގެއެވެ. އަހަރެން ގާތަށް ކުޑަކޮށް ހިނި އައެވެ. އޭނާގެ މޮޔަކަމާއި ވަށައިން ހިނގަމުންދާ އަދި ހިނގައި ގޮސްފައިވާ ކަންކަމަށް ވިސްނާނުލާ ވަރު ހިތަށް އަރާފައެވެ.
” ޑޫ އައި ލުކް ލައިކް އައި ނީޑް ޔުއަރ މަނީ…؟” އަހަރެންގެ އެސުވާލުން ރުހާމް އަހަރެމެންނަށް ރަނގަޅަށް ބަލައިލިއެވެ. ކަޅު ސޫޓެއްގައި ހުރި އަހަރެންނަށް ބަލައިލުމުން އޭނާގެ މޫނުމަތިން ފަސްޖެހުމުގެ ކުލަވަރެއް ދުވެލިތަން އަހަރެންނަށް ފެނުނެވެ. ނުވަތަ އޭނާ ބޭނުންވި ގޮތަށް ކަންކަން ނުނިމިދާނެތީ ފުރަތަމަ ފަހަރަށް ކަންބޮޑުވީ ހެއްޔެވެ؟
“އެހެން ނޫނަސް ކަލޭ ކިހިނެތް ހީކުރީ ލާރިން މިކަން ނިމޭނޭ…؟’ ރުހާމްއާއި ގާތަށް ޖެހިލަމުން އަހަރެން އަހައިލީމެވެ.. ކަންބޮޑުވުމުގެ އަސަރު މޫނުމަތިން ނުދައްކައި ވޭތޯ ބަލަމުން އޭނާވެސް ފަހަތަށް ޖެހެން ފެށިއެވެ.
” ދެން ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ….؟” ހިންދިރުވާލަމުން މަޑުމަޑުން ރުހާމް އަހައިލިއެވެ. ރުޅި އިސްކޮށްގެން މިކަން ވާން ނެތްހެން އޭނާއަށް މިހާރު އިހުސާސް ވާން ފަށައިފި ކަހަލައެވެ.
” މާބޮޑުކަމެއް ނޫން..” ވަރަށް ހަމަޖެހިލާފައި އަހަރެން ބުނެލީމެވެ.
” ހަމަ ވަރަށް ފަސޭހަ ކަމެއް….” ރުހާމްގެ ދެލޮލަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.
” ޒާނާ ދޫކޮށްލާ…….!” އަހަރެން ބުނެލީމެވެ.. ރުހާމްގެ މޫނުމަތިން އެތަކެއް ސުވާލުތަކެއް ފެނިގެން ދިޔައެވެ.
” ޒާނާއަށް އެއްވެސް ކަހަލަ އުނދަގުލެއް ނުކުރޭ….” އަނެއްކާވެސް އަހަރެން އިއްވާލީމެވެ.
” އޭރުން އެވީ……” އަހަރެން ބުނީމެވެ. ހިނދުކޮޅަކަށް ބަސް ހުއްތިފައި ރުހާމް ހުއްޓެވެ. އެކަމަކު ދެވަނަ ސިކުންތު އެކުލަވަރު މުޅިން ބަދަލުވެ، އަހަރެން ހަމަ ހީކޮށްގެން ހުރި ފަދައިން ބޮޑާކަމާއި ރުޅިވެރިކަން ރުހާމް އިސްކޮށްފިއެވެ.
” ފުރަތަމަ… ކަލޭތީ ކާކު އަހަރެންގެ އަންހެނުންނާއި ދޭތެރޭ ކަންތަށް ކުރަން ޖެހޭ ގޮތް އަހަރެންނަށް ކިޔައިދޭން…؟” އަހަރެންގެ ގާތަށް ފިޔަވަޅެއް އަޅައިލަމުން ރުޅިއައިސް ދަތްވިކާލަމުން ރުހާމް އަހައިލިއެވެ. އެއާއި އެކު އަހަރެންގެ ގާތަށް އާކިފްއާއި އިލްޔާސް ވެސް ޖެހިލައިފިއެވެ. މިމަންޒަރު ފެނުމުން ރުހާމް ކުޑަކޮށް މަޑު ޖެހިލިއެވެ.
” އެންމެ ފުރަތަމަ މަގޭ ގެއަށް މަގޭ ހުއްދައެއް ނެތި ވަދެ ތިހުރީ……” އޭނާގެ ބޮޑާ ގޮތްގަނޑުގައި ރުޅިވެރި ކަމާއިއެކު ޝަހާދަތް އިނގިލިން ތިރިއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އަހަރެން ހަމަ އެއްވެސް އެއްޗެއް ނުބުނެ ހުރީ ކުޑަކޮށް ހައިރާން ވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ދެންމެ އަހަރެން މިބުނީ އޭނާގެ އަންހެނުންނާއި ދުރުގަ ހުރުމަށެވެ. އެކަމަކު އެވަރުން ވެސް އޭނާއަށް އަހަރެންނާއި ދޭތެރެ ޝައްކެއްވެސް ކޮށްލަން ނޭނގުނެވެ. އަހަރެން މިއީ ޒާނާގެ ކާކުތޯ ސުވާލު އުފައްދާލަން ވެސް ހިތަށް ނޭރިއެވެ. މިހާރުވެސް އެބަލަނީ އޭނާގެ ބާރާއި ނުފޫޒު ދައްކައިން ބިރުދެއްކޭތޯއެވެ. އަހަރެންނަށް ބޯހޫރާލެވުނީ ރުހާމްގެ ބޮލެއް ނެތްވަރު ހިތަށް އަރާފައެވެ.
” ވަދެހުރެ ކޮން އަމުރެއް ތިގަޅަނީ….؟” އިސާހިތަކު ބަސްމަގުވެސް ހުތުރުވާން ފަށައިފިއެވެ..ހަމަ އަހަރެން ހީކޮށްލެވުނުހެން މަލާއިކަތެއްގެ ސިފައިގައި ހުރި ޝައިތާނެކެވެ. އަސްލު ސިފަ އަދި މިފެންނަން ފެށީއެވެ.
” އަދި އަހަރެންގެ އަމިއްލަ ކަންކަމާއި ބެހޭކަށް ނުޖެހޭ….” އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ރުހާމް އިތުރަށް ރުޅިގަދަވާން ފަށައިފިއެވެ.
” އަހަރެންގެ އަންހެނުންނަށް ހަދަންވާ ގޮތެއްވެސް އޭނަ ދޫކޮށްލަން ވީމަވެސް އެނގޭނީ އަހަންނަށް…” ރުހާމް ބުނެލީ ކިބުރުވެރި ކަމާއި އެކު މޭފުއްޕާލާފައެވެ. ބޯމަތިވަމުން އަންނަ ތޫފާން އޭނާއަށް ނުވެސް ފެންނަ ކަހަލައެވެ.
” ނިކުމޭ…. ނިކޫމޭ…” ރުހާމް އަމުރު ކޮށްލިއެވެ.
” ހަމަ މިހާރު ނިކުމޭ ” އަހަރެން ހަމަ ހުރިތަނުން ގުޑައިވެސް ނުލައި ހުރީމެވެ.
“… ނިކުންނާށޭ މިގެއިން… އެހެން ނޫނީ……” ރުހާމް ހަޅޭލަވައިގަތެވެ..އަހަރެންގެ ކެތްތެރިކަން ކޮޅުންލީ އެވަގުތުއެވެ.
” އެހެން ނޫނީ….؟ އެހެން ނޫނީ ކީއްކުރާނީ..؟ އޭނ…؟”. ކުއްލިއަކަށް ރުހާމްއާއި ގާތަށް ޖެހިލަމުން އަހަރެންވެސް އަހައިލީމެވެ. އަހަރެންގެ އެ ކުއްލި ހަރަކާތުން ރުހާމް ފަހަތަށް ފިޔަވަޅެއް އަޅައިލީ އަހަރެންގެ މޫނުމަތިން ފެނުނު ނުރައްކާތެރި ކުލަވަރުން ކަންނޭނގެއެވެ. އަހަރެން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ޖެހިފައި އޭނާ މަތަވިއެވެ.
“ކީއްކުރެވޭނީ…………..؟” އަކުރުތަކަށް ބާރުލައިފައި އަހަރެން އަހައިލީމެވެ.
” އެހެން ނޫނީ ފުލުހުންނަށް މިގުޅަނީ…. ” ޖެހިލުން ވުމާއިއެކުވެސް ކުޑަ ތުރުތުރެއް ހުރި އަޑަކުން ރުހާމް އަނެއްކާވެސް އަމުރު ކޮށްލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Interesting
🥰