ގާތުގާ… 7
އިރު އޮއްސިފައި ހުރުމުންނާއި ބޮލުގައި ވަރަށް ބޮޑަށް ރިއްސާތީ އަހަރެން އެނދުގައި އޮށޯވެލީ ކުޑަކޮށް އަރާމު ކޮށްލުމަށެވެ. އިސާހިތަކު އަހަރެންގެ ލޮލަށް ނިދި އަންނަން ފެށިއެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
*****
ޗެޕްޓާ 4
ނަވީން
ޖަނާ ގުޅުމުން އަހަރެންނާއި އަހަރެނާއި އެންމެ ކައިރި ދެމިހުންނަށް އާދެވުނީ ހަމަ ކިރިޔާއެވެ. ހަމަ ކުޑަ ތަންކޮޅެއް ލަސްވިނަމަވެސް ޒާނާއަށް ވަރަށް ގިނަ އަނިޔާއަކާއި ކުރިމަތިލާން ޖެހުނީހެވެ. ރުހާމް ވަދެގެން އައިގޮތުން ޒާނާއަށް ރުހާމް ކަމެއް ކޮށްފާނެކަމުގެ ބިރު އޮވެގެން ޖަނާ އަހަރެންނަށް ގުޅުނީ ހަމަ ޒާނާގެ ނަސީބަކުންނެވެ. ވަގުތު ބޭކާރު ނުކޮށް ދޮރުގެ ތަޅު ހަލާކުކޮށްލީ އަހަރެންނެވެ. އާކިފް އިތުރަށް މަޑުނުކޮށް ކޮޓަރިތެރެއަށް ދެމިގަނެ ރުހާމް އަތުގައި ހިފައި ނަގައި ފާރާއި ދިމާއަށް ކޮއްޕާލުމާއެކު ރުހާމްގެ މޫނު މަތީގައި ގޮށްމުށް ކަވާފައި ޖެހިއެވެ. ރުހާމްއަށް ވާނުވާއެއް އެނގިލާނެ ފުރުސަތެއްވެސް ނުދީ ވަރަށް ހުޝިޔާރު ކަމާއިއެކުއެވެ.
އަހަރެން އަވަސް އަވަހަށް އެނދުގެ ފައިލާކޮޅުގައި އޮތް ރަޖާގަނޑުން ޒާނާގެ މަޑު ތުރުތުރެއް ހުރި ހަށިގަނޑު ނިވާކޮށްލީމެވެ. ރުހާމްގެ އަމަލުތަކުން ލިބިފައިހުރި ސިހުމާއި ގަނެފައި ހުރި ބިރުގެ ސަބަބުން ޒާނާއަށް އެތާ އަހަރެން ހުރިކަންވެސް ނޭނގުނެވެ. ގިސްލަ ގިސްލާފައި ޒާނާ ދިޔައީ ރޮމުންނެވެ. ޒާނާއޮތް ހާލާއި ޒާނާގެ ގިސްލުމުގެ އަޑު ޖެހުމުން އަހަރެންނަށް ދަތްކުނޑި ވިކާލެވުނީ ރުހާމްދެކެ އައި ރުޅިންނެވެ. އެއަންހެން ކުއްޖާ ގެނެސް އަހަރެންގެ އަތުގެ ހިމާޔަތް ދޭން ނުހަނު ބޭނުންވިއެވެ. ހުރިހާ ހިތާމަތަކެއް އެ ހިތުން ފިލުވާލަން ބޭނުންވިއެވެ. އަހަރެން ޖަނާގާތު ލޮލުގެ އިޝާރާތުން ޒާނާ ފާހާނައަށް ގެންދިޔުމަށް ބުނީމެވެ. އަވަސް އަވަހަށް ޖަނާ ޒާނާ އަތުލަފިކޮށްގެން ގެންގޮސް ފާހާނާއަށް ވެއްދިއެވެ.
“އޭތް…. ތީ ކޮންބައެއް؟…. ކިހިނެތް ވެގެން މީހުންގެ ގެދޮރަށް ހުއްދައަކާ ނުލައި ވަންނަނީ…؟” ޒާނާމެން ފާހާނައަށް ވަނުމާއިއެކު ރުހާމް އާކިފްއާއި ދިމާއަށް ހަޅޭލަވައި ގަތެވެ. އޭރު ވެސް ރުހާމް ދިޔައީ އޭނާގެ ނޭފަތުން އަންނަމުން ދިއަ ލޭތައް އަތުން ސާފުކުރަން މަސައްކަތް ކުރަމުންނެވެ. އޭނާގެ އެސުވާލުން އަހަރެމެން މިއީ ކޮންބައެއްކަން ނޭނގޭ ކަމާއި އަހަރެމެންގެ ބޭނުމެއްވެސް ނޭނގޭކަން އަހަރެންނަށް ދޭހަވިއެވެ. ވާނީވެސް އެހެން ކަން އަހަރެންނަށް އެނގެއެވެ.
އާކިފް އަހަރެންގެ މޫނަށް ބަލައިލީ ރުހާމްގެ އެސުވާލަށް ޖަވާބު ދޭންވީހޭ އަހައިލާ ފަދަ ގޮތަކަށެވެ. އަހަރެން ބޮލުގެ އިށާރާތުން ނޫނެކޭ އާކިފްއަށް ބުނެލަމުން ރުހާމްގެ ގާތަށް ޖެހިލީމެވެ.
ފާރު ބުޑުގައި ބިއްޖެހިފައި އިން ރުހާމްގެ ގިރުވާނުގައި ހިފައި ކުއްލިއެއްޖަހައި އަހަރެން ކޮޅަށް ނެގީމެވެ. އަހަރެންގެ އެހަރަކާތުން ރުހާމް ސިހިގެން ދިޔުމާއިއެކު ބިރުވެރިކަމުގެ މިންވަރެއް އެދެލޮލުގައި ދުވެލިތަން އަހަރެންނަށް ފެނުނެވެ.
“މީ ކޮންބައެއް ކަން ވަރަށް އަވަހަށް އެނގިދާނެ….” ދަތްކުނޑި ވިކާލަމުން ކިރިޔާ ރުހާމްއަށް އަޑު އިވޭވަރަށް އަހަރެން ބުނެލީމެވެ. އަދި ފާރާއި ދިމާއަށް ރުހާމް ކޮށްޕާލަމުން އަހަރެން އެކޮޓަރިން ނިކުތީ އިތުރަށް އެތާ ހުންނަން ވެއްޖެޔާ އަތުންފައިން ގޯހެއް ހެދިދާނެތީއެވެ.
ބެލްކަންޏަށް ނިކުމެ އަހަރެން ޖީބުން ސިނގިރޭޓެއް ނަގައި ރޯކޮށްލީމެވެ. ދެފަހަރަކު ސިނގިރޭޓު ދަމައިލުމަށްފަހު އަހަރެން ފުންކޮށް ނޭވާއެއްލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި ލުމަށެވެ.
ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަނުމާއިއެކު ޒާނާއޮތް ހާލު އަދިވެސް އަހަރެންގެ ލޮލަށް ސިފަވަނީއެވެ. މުޅި ނޭފަތުންނާއި އަނގައިން ލޭ އައިސްފައި ވާއިރު ރޮއިރޮއި ރަތްވެފްއިވާ ދެލޮލާއި އެ ލޯބި މައުސޫމު މޫނު މަތިން ފެނިގެން ދިޔަ ވޭނާއި ހިތްދަތިކަން އަދިވެސް އަހަރެންގެ ހިތަށް އުނދަގު ކުރަނީއެވެ. ރުހާމް އޭނާގެ ބޭނުން ފުއްދުމަށް ޒާނާއަށް ކޮށްލާފައިވާ އަނިޔާއާއި ޒާނާ ގެނެސް އޮތް ހާލަތު ފެނުމުން އަހަރެންގެ ހިތުގައި ރުހާމްއަށް ނަފުރަތުގެ ގިނި އަނދަން ފެށިއެވެ. ގޮށްމުށުން އަހަރެންނަށް ދަގަނޑު ރެއިލިންގައި ޖަހައިލެވުނީ ރުހާމް ދެކެ އަންނަމުން ދިޔަ ރުޅި އަދިވެސް މައިތިރި ކުރެވޭތޯއެވެ. މިހާލަތުގައި ބުއްދިއަށް ވުރެން ރުޅި އިސްނުކޮށް ވޭތޯއެވެ.
މިއަދު އަހަރެންނަށް މިފަނުނީ ޒާނާއަށް ކޮށްފައިވާ އަނިޔާގެ ކުޑަ މިންވަރެކެވެ. މި ވޭތުވެދިޔަ 7 އަހަރު ޒާނާ ތަހަންމަލް ކޮށްފައިވަނީ ކިހާވަރެއްގެ ކިތައް ކިތައް އަނިޔާ ކަމެއް އަހަރެންނަށް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. އެކަން އިހުސާސް ވުމާއިއެކު އަހަރެން ހިތުގައިވެސް ޖެހުނެވެ. އަދި އެކަންވީ އަހަރެންގެ ހިތުގައި ރުހާމްއަށް އޮތް ރުޅިވެރި ކަމަށް ދަރުއެޅުން ފަދަ ކަމަކަށެވެ.
މިއަދު އަހަރެން ކުޑަކޮށް ލަސްވި ނަމަވެސް ވާނެ ގޮތް އަހަރެންނަށް އެނގެއެވެ. ރުހާމްއަކީ އެފަދަ ބޮޑު އަނިޔާވެރިއެއް ކަން އަހަރެންނަށް އެނގުނު ނަމަ އަހަރެން ކޮންމެވެސް ގޮތަކުން ޒާނާ އެ އަނިޔާތަކުންވެސް އަދި ރުހާމްގެ ކިބައިންވެސް މިންޖު ކުރީމުހެވެ. އެކަމަކު މާޒީވި ތަން ދެން އަބުރައެއް ނުގެނެވޭނެއެވެ. އަދި ނަމައަކުން ކުރެވޭނެ ކަމެއްވެސް ނެތެވެ. ދެން އިރާދަކުރެވިއްޔާ ޒާނާގެ ހަޔާތުން މަޑުވެފައިވާ ލޯތްބާއި ރައްކާތެރިކަން އަހަރެން ހޯދައިދޭނަމެވެ.
ޒާނާ ކޮޓަރިން ނިކުމެފައި ހުއްޓުން އެރިތަން އަހަރެންނަށް ފެނުނެވެ. އެ މޫނު ފެނުމުން ރުހާމްދެކެ އައިސްފައި ހުރި ރުޅިފިނިވި ފަދަ އިހުސާސެއް ކުރެވުނެވެ. މުޅި ހަށިގަނޑުގައި ފިނި ވައިރޯޅިއެއް ދުވެލި ކަހަލައެވެ. ބުނެދޭން ނޭނގޭ ފަދަ ހަމަހިމޭން ކަމަކާއި ހަމަޖެހުމެއް ނަފްސަށް ލިބިގެން ދިޔައެވެ.
އެ ރީތި މޫނުމަތިން ބިރުވެރިކަން އަދިވެސް ފިލައި ނުދެއެވެ. ލިބިފައިވާ އަނިޔާއާއި އިންތިހާއަށް ރޮއިފައިވާތީ އެމޫނުމަތި ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. އެކަމަކުވެސް އެ މޫނު ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަހަރުތަކެއް ކުރީގެ ހަނދާން އަކެއް އާވިއެވެ. ޒާނާ ފެނުމުން އަހަރެން މުޅި ދުވަހު ވެފައި ހުންނަ ވަރުބަލި ކަމާއި ބޮލަށް ލިބިފައި ހުންނަ ބަރުކަން ފިލައިގެންދާ ގޮތެވެ. މިހާރުވެސް ….. އަދިވެސް ބަދަލު ނުވި އެ ހަމަޖެހުމެވެ. އެ މޫނު ފެނުމުން ލިއްބައިދޭ އުފާވެރިކަމެވެ. އަދިވެސް އަހަރެންގެ ހިތުގައި ކުރިންވެސް އޮތް އިހުސާސްތައް ހޭލައިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. އެތައް މަސައްކަތަކުންވެސް ހަނދާން ނައްތައި ނުލެވުނު ކަމެއް އެނޫނީ އަހަރެންގެ ހަލަބޮލި ހަޔާތުގައި ނުވެއެވެ.
ކުޑައިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައްގަނޑުގެ ސަބަބުން ލިބިފައި ހުރި ސިހުމާއި އެކުވެސް އަހަރެން އެތާ ހުރިކަމުގެ އިހުސާސެއް ޒާނާއަށް ވެގެން ބަލައިލުންވީ އަހަރެންވެސް ކުޑަކޮށް ހައިރާންވި ކަމަކަށެވެ. އެ މޫނުމަތިން ދޭހަވީ މީގެ އަހަރުތަކެއް ކުރިންވެސް އަހަރެން ފެނުމުން އެމޫނަށް ވެރިވާ ފަދަ ކުލަވަރު ތަކެކެވެ. އުއްމީދުގެ ހުޅުކޮޅެއް ރޯވެފައި ނިވުނުތަން އަހަރެންނަށް އެމޫނުމަތިން ފެނުނެވެ. އަހަރެންގެ ހިތުގައި އުއްމީދު އާވި ފަދަ އިހުސާސެއް ކުރެވުނީ އަދިވެސް އެހިތުގައި އަހަރެންނަށް އަދިވެސް މަގާމެއް އޮތްފަދަ އިހުސާސެއް އެބަލާލުމުން ކުރެވުމުންނެވެ.
ވަރަށް ހުޝިޔާރުވެ ހުރެ އަހަރެންނަށް ޒާނާ ބަލާލަން ވާއިރަށް ފާރާއި ނިވާވެލެވުނީ ހަމަ ކިރިޔާއެވެ. އަހަރެން މިވަގުތު ޒާނާ ކުރިމައްޗަށް އަންނަށް ބޭނުން ނުވީއެވެ. އިތުރު ކަމެއް އެ އަންހެން ކުއްޖާއަށް ވިސްނަން ދޭން އަހަރެން ބޭނުން ނުވީއެވެ. އެހެން ނޫނަސް މީހާ ދުވަސް ފަހުން ޒާނާއަށް އަހަރެން ފެނުމުން އަމަލުކުރާނެ ގޮތެއް ނޭނނގޭތީ އަހަރެން ކުޑަކޮށް ޖެހިލުންވާ ގޮތްވެސް ވިއެވެ.
ޒާނާ އެޕާޓުމަންޓުން ނިކުމެގެން ދއުމާއިއެކު ގޭގައި ގެންގުޅޭ މީހާ ގާތު އަހަރެން އެޕާޓުމަންޓުން ބޭރުގައި މަޑުކޮށްލަން ބުނީމެވެ.
“ބޭބޭ….ބޭބޭ… އަހަރެން އެއްވެސް ވައްތަރު ފައިޓު ވައްތަރުވެސް މާޑާރ ވައްތަރުވެސް ބޭނުން ނުވަނީ….” އާދޭސް ކުރާ ފަދަ ގޮތަކަށް ދެއަތް ގެނެސް ޖައްސާ މުއްކަވާލަމުން ފެންކަޅިވެފައި އެމީހާ ބުނެލިއެވެ.
” އައިނޯ ބޮސް ރަނގަޅު ވައްތަރު ނުހުންނަނީކަން އެކަމް އަހަރެން ބޮސް މަރުވާން ބޭނުން ނުވަނީ…. ” އެމީހާ ކޮށި ދިވެހި ބަހުން ބުނެލިއެވެ..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Loved this part ❤️
🥰💖