Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި 09

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 2, 2026 4 Mins Read
1 Comment

ލައިރާ ހަމައަކަށް އެޅެން މަހެއްހާ ދުވަސް ނެގިއެވެ. ކޮންމެސް ވަރަކަށް ވާނުވާ އެނގެންފެށީ ދެނެވެ. އޭނާ ގޮވައިގެން ލަބާން ވަކިން ތަނަކަށް ބަދަލުވިކަން އެނގުމުން ރުޅި އައިސްގެން ލަބާނަށް ހަޅޭއްލެެވިއެވެ. އެކަނި ހާލަށް ދޫކޮށްލާށޭ ކިޔައި އާދޭސްކުރަން ފެށިއެވެ. ލައިރާ އޭނާ ގައިގައި ތަޅަން ދޫކޮށްލައިގެން ލަބާން އިނެވެ. އިރުކޮޅެއްނުވެ ލައިރާއަަަށް ރޮވެންފެށިއެވެ. ބައްޕަ ވެސް އަދި މަންމަ ވެސް އޭނާ އެކަނިކޮށްފައި އެދިޔައީއެވެ. ހުރިތަނަށް ތިރިވެ އިނދެ ދެންވެސް ލައިރާ ރުއެވެ. ލައިރާ ހިތްފުރެން ދެން ރޯން ދޫކޮށްލައިގެން ލަބާން ހުއްޓެވެ. އެ ވަގުތު ކޮންމެ އެއްޗެއް ބުނި ނަމަހީވެސް ލައިރާއަކަށް ނުވިސްނޭނެއެވެ. އެއަަަށްވުރެ ލައިރާގެ ހާލު ދެރައެވެ.

 

ލައިރާގެ ރުއިން ހުއްޓުނީ ދެތިން ގަޑި އިރުފަހުންނެވެ. އެހުރިހާ އިރުވެސް ލައިރާ ގާތު ލަބާން މަޑުކޮށްގެން އިނެވެ. ގިސްލެވެމުން ދިޔަނަމަވެސް ލައިރާގެ ކަރުނަތަށް ވަނީ ހުއްޓިފައެވެ. “އައި ކިލްޑް ހިމް” ވައި އަޑުން ލައިރާ ބުނި ކަމުގައި ވިއަސް ލަބާނަށް އަޑުއިވުނެވެ. ” އެމީހުން އަތުގަ އަހަރެންގެ ފޮޓޯތަކެއް ހުރި……ބައްޕައަށް އެ ފޮޓޯތަށް ފެނިފަ އެކަމާ ހިތްދަތި ވެގެން ހާޓްއެޓޭކް ޖެހުނީ” އެއްވެސް އަސަރެއް ނެތް ގޮތަކަށް ލައިރާ ބުނެލިއެވެ.

ލަބާންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ބައްޕަ މަރުގެ ފަހަތުގައި ނޭންގޭ ކަންތަށްގަނޑެއް އުޅޭ ކަން ރޭކައިލީ އަދި ކިރިޔާއެވެ. ހުރިހާ ކަމަކާ ހެދި ލައިރާއާ ބައްދަލު ކުރަން އައި މީހާގެ މަތިން ލަބާން ހަނދާން ނެތުނީއެވެ. އެރޭ އޭނާ ސިޓިންރޫމަށް ދިޔައިރު އެމީހެއްގެ ހިލަން ވެސް ފެންނާކަށް ނެތެވެ. ޖެހިފައި ހުރި ޝޮކުގެ ސަބަބުން އެރޭގައި އެކަން ލަބާނަށް ފާހަގަނުވީއެވެ. ލައިރާއާ ބައްދަލު ކުރަން އައި މީހަކީ ކާކުތޯވެސް އޭނާއަށް ނުބެލޭކަން އިހުސާސްވީ ދެނެވެ.

 

އެއްޗެކޭ ނުބުނެ ލަބާން ތެދުވެގެން ދިޔައެވެ. ލައިރާއަށް ހީވީ ދޮންމަންމައެކޭ އެއްފަދައިން ބައްޕަ މަރުގެ ޒިންމާ ލަބާން ވެސް އޭނާ ބޮލުގައި އެޅުވީ ކަމަށެވެ. ދެން އިތުރަށް ލަބާން އޭނާއާ އަޅާނުލާނެހެން ހީވިއެވެ. ލަބާނާއި މެދު ކޮންމެ ގޮތަކަށް އޭނާ ދެކުނު ނަމަވެސް އެއީ އެއްބަފާ ބޭބެއަށާ ވުމުން ކޮންމެވެސް ވަރެއްގެ ކުލުނެއް ލައިރާ ހިތުގައި ވަނީ އުފެދިފައެވެ. އޭނާއަށް ވުރެ ލަބާން ދޮށީ ވިހި ދުވަސް ކަމުގައި ވިއަސް ބޭބެއެެއްގެ ޒިންމާ ލަބާން ވަނީ އަދާކޮށްފައެވެ. އެކަނި ހާލަށް ދޫކޮށްލުމުގެ ބަދަލުގައި އުޅޭނެ ގޮތެއް ވަނީ ފަހި ކޮށްދީފައެވެ. އޭނާ އެކަނި ނުކުރަން ވެގެން ލަބާން ގެއިން ބޭރަށް ދަނީ ނަދާ ގެނެސްފައެވެ. އަބަދު ބޭރުގައި އުޅެން އާދަވެފައި ހުރި ކަމުގައި ވިއަސް އިޝާގެ ކުރިން މިހާރު ލަބާން ގެއަށް އާދެއެވެ. ކޮންމެ ރެއަކު ގެއަށް އައިސް ކައްކައިގެން ލައިރާއަށް ކާންދެއެވެ. ގިނަ ރޭރޭ ލައިރާއަށް ކެވެނީ މަދުއެތިކޮޅެކެވެ. ލައިރާ ނިދަނީ އެންމެ ކުޑަ މިނުން ޖޫސްތަށްޓެއް ވިއަސް ބޮއެގެންކަން ލަބާން ޔަގީން ކުރެއެވެ. އަމިއްލަ ހިތާމަ ހަނދާން ނައްތާލުމަށްފަހު ލަބާން އިސްކުރީ ލައިރާއެވެ.

 

ވަރަށް އަވަހަށް ލަބާން އުޅޭ ގެއަށް ގޮސްދިނުމަށް އެދުމުން ކުރަންހުރި ހުރިހާ ކަމެއް ބެހެއްޓުމަށްފަހު ޒެއިން މިސްރާބު ޖެހީ އެގެއަށް ދާށެވެ. ލަބާންގެ އަޑުން އޭނާ ހުރީ ވަރަށް ނުތަނަވަސް ވެފައިކަން އެނގެއެވެ.

 

އިތުރަށް ދެން ނުރޯން އަމިއްލަ ނަފުސަށް ލައިރާ ވައުދުވިއެވެ. އެކަނި ހާލާއި އޭނާ އުޅެން ޖެހުނު ނަމަވެސް އުޅޭނީއޭ ހިތަށް އަރުވާލިއެވެ. އެންމެ ގާތް އެކުވެރި ނަދާ އަދިވެސް އޭނާއާއެކިގައި ހުރިކަން އަމިއްލަ ނަފުސަށް ހަނދާން ކޮަށްދިނެވެ. ފާޚާނައަށް ވަދެ މޫނު ދޮވެހަދައިގެން ތާޒާ ވެލިއެވެ. ފާޚާނައިން އޭނާ ނުކުތް އިރުވެސް ލަބާން ފެންނާކަށް ނެތެވެ. ދެރަވި ނަމަވެސް ލައިރާ އެކަން ނުދައްކާވޭތޯ ބެލިއެވެ. ކޮޓަރީ ބެލް ޖެހިއަޑުއިވުމާއެކު ގަޑިއަށް ބަލާލެވުނެވެ. ރޭގަނޑު ދިހައެއް ޖަހަނީއެވެ. އެގަޑީގައި އެގެއަށް އަންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ބެލް އެޅިއިރުވެސް ލަބާންގެ ހިލަމެއް ނެތެވެ. ފަހަރުގައި އޭނާއަށް ނޭންގި ލަބާން ބޭރަށް ދިޔައީއޭ ހިތަށް އަރައި ލައިރާ ދޮރުހުޅުވިއެވެ.

 

ޤަބޫލު ނުކުރެވިފައި ޒެއިނަށް ލައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ލައިރާގެ ހާލު ފެންނަމުން ދިޔައީ ކުރިއަށް ވުރެ ރަނގަޅުކޮށެވެ. ޒެއިންގެ ހިތަށް އެކަމުން ފިނިކަން ލިބިގެން ދިޔައެވެ. ލައިރާ ދޮރުމަތިން ދުރަށް ޖެހުމަށްފަހު ޒެއިން ވަންނަން ތަންދެއްކިއެވެ. ގޭތެރެއަށް ވަން ގޮތަށް ޒެއިން ދިޔައީ ކޮޓަރިން ނުކުމެވެން ހުންނަ ކުޑަ ބެލްކަންޏަށެވެ.

 

ހާސްކަންމަތީ ލަބާން ހުރުމުން ޒެއިން އައިކަން ވެސް އޭނާއަށް ރޭކައިނުލައެވެ. ނުބައި ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަނީ ގޮވަން ކައިރިވެފައެވެ. ލައިރާ ގޮވައިގެން އޭނާ ބޭނުމީ ފިލާށެވެ. ލައިރާ ރައްކާތެރި ނުކުރެވިދާނެ ކަމުގެ ބިރު ހިތުތެރޭގައި ވިއެވެ.

 

“މަށަށް ވެސް ފެންނަނީ ލައިރާ ގޮވައިގެން ކަލޭ ދާން…. ދުވަސްކޮޅަކަށް ނަމަވެސް… މަށާ ހާރިމާއި ތި މީހަކު ހޯދުމައިގެން އުޅޭނަން… ” ޒެއިން ވެސް އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ލަބާނާއި ހިއްސާ ކުރިއެވެ.

 

އެ ވަގުތުން ވަގުތަށް ލަބާން ބޭރަށް ފުރުމުގެ ތައްޔާރީތަށް ވާން ފެށިއެވެ. ލިއަމް އަދި ނަޔަލް މެލޭޝިޔާގައި ވުމުން އޭނާ ބެލީ މެލޭޝިޔާއަށް ދެވޭތޯއެވެ. އެ ދެމީހުން އުޅެނީ އެޕާޓްމެންޓެއް ހިފައިގެން ކަމުން އެތަނުގައި ތިބޭނެ ގޮތް ދެ އެކުވެރިން ހަމަޖަައްސާދޭނެކަމަށް އޮތީ ބުނެފައެވެ. ޓިކެޓު ލިބުނީ ދެދުވަސް ފަހަށެވެ.

 

އެނދުގައި އިށީންދެގެން ލައިރާ އިނެވެ. އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ކާއެއްޗިހި ގޭގައި ހުރިނަމަވެސް ކާކަށް ލައިރާ އަކަށް ނުކެރުނެވެ. ލަބާނާއި ޒެއިން އަދިވެސް ތިބީ ބެލްކަނީގައެވެ. ދެމީހުން ސައްލާ ކުރަނީ ކޮންކަމަކައި މެދުގައިތޯ އެނގެން ލައިރާ ބޭނުންވިއެވެ. ދެތިން މިނެޓު ފަހުން ދެމީހުން ބެލްކަނިން ނުކުތެވެ.

 

“މާދަން ނޫން އަނެއް ދުވަހު މެލޭއަށް ފުރަން…” ލަބާނަށް ޖުމުލަ ފުރިހަނަ ނުކުރެވެނީސް ލައިރާއަށް ރޮވުނެވެ. ހައިރާންވެފައި ހުރެ ލަބާން ގޮސް ލައިރާ ގާތު އިށީނެވެ. “މަށަކަށް ނޭންގެ އެއީ ކޮން ފޮޓޯތަކެއް ކަމަށް ހަމަ އަސްލުވެސް…. އެއީ ބަޔަކު ހަދާފަ ހުރި ފޮޓޯތަކެއް…” ލައިރާ އަމިއްލަ ނަފުސުގެ ދިފާއުގައި ބުންޏެވެ. “ލައި… އައި ނޯ….” “ދެން ކީއްވެ އަހަރެން އެކަނި ކޮށްފަ ދާން ތިއުޅެނީ؟” ލައިރާއަށް އަހާލެވުނެވެ. “ވަޓް؟ ނޯ… ވެއިޓް… ލައި ހީކުރީ މަ ލައިއަަށް ބްލޭމް ކޮށްފަ ދާން އުޅެނީ ކަމަށްތަ؟ ނޯ ވޭ…ލައި ގޮވައިގެން މެލޭއަށް ދާން މި އުޅެނީ…އިޓްސް ނޮޓް ސޭފް ފޯރ ޔޫ ޓު ބީ ހިއާރ…ޒެއިނާއި ހާރިމް އެކަން ކުރި ބަޔަކު ހޯދާނެ….” ލަބާން ލޯތްބާއެކު ކޮއްކޮއަށް ވިސްނައިދިނެވެ. ލައިރާ އެހެން ވިސްނީތީވެ އެކަމާ ދެރަވިއެެވެ. މާޒީގައި ލައިރާއާ މެދު ރަނގަޅަށް ކަންތަށާ ކުރެވުނު ނަމަައޭ ހިތަށް އެރިއެވެ.

 

މެލެޝީޔާއަށް ދާކަން ނަދާއަށް ވެސް ސިއްރުކުރަން ލައިރާ ގާތު ލަބާން އެދުނެވެ. އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި ކުރީގައި ވެސް އޭނާއަށް މީހަކު ލައިރާ އަދި ނަދާގެ ފޮޓޯ ފޮނުވައި އިންޒާރު ދިންކަން ހާމަކުރިއެވެ. އެހެންވެ ނަދާ ގާތު ވެސް ނުބުނަން ލައިރާ އެއްބަސް ވިއެވެ. އެކަމަކު އޭނާ ހުރީ ނަދާގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވެފައެވެ. ނަދާ ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ޒެއިން ދިނެވެ.

 

ރާއްޖެގެ ރަށަކަށް ފުރަނީ ކަމުގައި ބުނެ ލައިރާ ނަދާއަށް މެސެޖު ކުރިއެވެ. ދަތުރުގެ ކަންކަން ހަމަޖެހުނީ ވަރަށް އަވަހަށް ކަމަށް ވުމުން ނަދާ ގާތު ކުރިން ނުބުނެވުނީމައި އެކަމަށް މަޢާފަށް އެދުނެވެ. އަދި މިހާރު އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އޭނާ އެންމެ ބޭނުންވީ ދުވަހު އެހީވެދިނީތީ ޝުކުރު އަދާކުރިއެވެ.

 

ނަދާއަށް ލައިރާގެ މެސެޖު ފެނުނީ އޭގެ އަނެއް ދުވަހުއެވެ. ލައިރާއަށް ގުޅަން އުޅުމުން އެ ނަންބަރަމަށް ނުއެެއް ގުޅުނެވެ. ބައްދަލުނުވެ އެކިވެރިޔާ ފުރައިގެން ދިއުމުން ނަދާ ދެރަވިއެވެ. ލައިރާގެ ފަރާތުން މެސެޖެއް ލިބުނު ކަމުގައި ވިއަސް ލަބާންގެ ޚަބަރެއް ނުވެއެވެ.

 

ހާރިމާއީ ޒެއިން މަޑުކޮށްގެން ތިބީ ނަދާ ދިރިއުޅޭ ގޭގެ ބޭރުގައެވެ. ދެ މީހުން ވެސް ޒުވާބު ކުރަމުން ދިޔައީ އެގެއަށް ވަންނާނީ ކާކުތޯއާ މެދުގައެވެ. ޒެއިން ބުނަމުން ދިޔައީ ހާރިމް ވަނުމަށެވެ. ހާރިމް ބުނަމުން ދިޔައީ ޒެއިން ވަނުމަށެވެ. ގަދަވީ ޒެއިންގެ ކޮޅެވެ. ލަބާމް ނަދާއާ ހަވާލު ކުރަން ދީފައި ހުރި ކޮތަޅު ހާރިމް އަތަށް ދީފައި އެގެއާ ދިމާއަށް ޒެއިން، ހާރިމް ކޮށްޕާލިއެވެ.

 

ދެތިން މިނެޓު ދޮރުކުރިމަތީ ހުއްޓިގެން ތިބެފައި ހާރިމް ބެލް އެޅިއެވެ. އެހެން މީހަކު ދޮރު ހުޅުވަފާނެތީވެ އޭނާ ހުރީ ބިރުންނެވެ. މީހަކު ސުވާލެއް ކޮށްފިއްޔާ ދޭނެ ޖަވާބެއް އޭނާއަކަށް ނޭންގެއެވެ. ނަސީބަކުން ދޮރު ހުޅުވީ ނަދާއެވެ.

 

ވޭތުވެދިޔަ މަސް ދުވަހު ނަދާ ވަނީ ހާރިމް އަދި ޒެއިނާއި ވެސް ބައްދަލުވެފައެވެ. ލަބާންގެ އެކުވެރިއެއް އޭނާއާ ބައްދަލު ކުރަން އައުމުން ނަދާ ހުރީ ހައިރާންވެފައެވެ. ހާރިމް ސަލާން ގޮވާލާފައި ނަދާއަށް ކޮތަޅު ދިއްކޮށްލިއެވެ. ނަދާ އެއީ ކޯޗެއްހޭ ބުނާ ފަދައަކުން ނިއްއަރުވާލިއެވެ. “ތިއީ ލަބާން ނަދާއަށް ދިން އެއްޗެއް…ނަދާއާ ދިމާ ނުކޮށް ދާންޖެހުނީމަ ލަބާން ހުރީ ވަރަށް ދެރަވެފަ..” ނަދާއާ ކޮތަޅު ހަވާލުކޮށްފައި ހާރިމް މަޑުނުކޮށް ދިޔައީއެވެ.

 

ކޮތަޅު ހިފައިގެން ނަދާ ކޮޓަރިއަށް ވަނެވެ. އެ ވަގުތު ގޭގައި އިތުރު މީހަކު ނެތްކަން ނަސީބެކެވެ. އެނދުގައި ހަމަޖެހިލުމަށްފަހު ކޮތަޅު ހުޅުވާ ބަލައިލިއެވެ. އޭގެ ތެރޭގައި އޮތީ ރަތްކުލައިގެ ކަރުދާހުން ޕާރުސަލްކޮށްފައި އޮތް ފޮށްޓެކެވެ. ވަރަށް ފަރުވާތެރިކަމާއެކު އެ ކަރުދާސް ގަނޑު ނަދާ ނައްޓުވާލިއެވެ. އެއަށްފަހު މަޑު މަޑުން ފޮށިގަނޑު ހުޅުވާލިއެވެ. އޭގައި އޮތީ ގަހަނާ އަޅަން ގެންގުޅޭ ކަހަލަ ލަކުނޑިން ހަދާފައި އޮތް ފޮށްޓެކެވެ. އޭތީގައި އޮތީ ތަޅު އަޅުވާފައެވެ. ތަޅުދަނޑި އޮތްތޯ ނަދާ ފޮށިގަނޑު ބަލާލިއިރު ފުލުގައި ޓޭޕު އަޅާފައި ތަޅުދަނޑި ހަރުކޮށްފައި އޮތެވެ.

 

އެ ފޮށީ ތެރޭގައި ރިހި ކުލައިގެ ކަރުގައި އަޅާ ފަށަކާއި ކުޑަ ސެންޓު ފުޅިިއެއްގެ އިތުރަށް ސިޓީ އުރައެެއް އޮތެވެ. ފަށާއި ސެންޓު ފުޅި އޮތްގޮތަށް ބާއްވާފައި ނަދާ ސިޓީ އުރަނެގިއެވެ.

 

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތިޔައީ ހަނދޭ-13

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-16

Next
March 3, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-16

Previews
March 2, 2026

ތިޔައީ ހަނދޭ-13

One Comment

  1. Eyesher says:
    March 3, 2026 at 1:43 pm

    Varah reethi, Masha Allah…
    What’s in that sity ura..??
    When’s next..??
    Curiously waiting for the next episode..
    🫶🏻🫶🏻

Comments are closed.



All Right Reserved!