Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޮތްބަށްޓަކައި 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 26, 2025 5 Mins Read
1 Comment

ފިހާރައެއްގެ އަސަކަނި ދަށުގައި ގަދަ ނޫކުލައިގެ ހުޑީއެއް އަދި ޖިންސް ލައިގެން ހުރި ޒުވާނާ ލައިރާ ލޮލުގައި، އަޅައިގަތެވެ. އޭނާ ބަލާލުމާއެކުހެން އެ ޒުވާނާ ނިކަން އަވަހަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އެ ނުދަންނަ ޒުވާނާގެ ހަރަކާތްތައް ހުރި ގޮތުން ލައިރާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އޭނާ ބެލީ އެ ޒުވާނާއަށް ސަމާލުކަން ނުދީ އަވަހަށް ދެވޭތޯއެވެ. އެ ޒުވާނާ އަތުގައި އަޅާފައި، އިން އަތުކުރީ ގަޑިފެނުމާއެކު އަނެއްކާވެސް ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ލައިރާ ބަލާލިއެވެ.

****

ފިހާރައިގެ ލޯގަނޑުން އެ ޒުވާނާގެ މޫނު ފެނުމުން އެއީ ލަބާންގެ އެކުވެރިއެއްކަން ލައިރާއަށް ޔަޤީންވިއެވެ. އޭނާއަށް ލަބާންގެ އެކުވެރިޔާ ފާރަލާތީވެ ހިސާބަކަށް ނުރުހުންވިއެވެ. އެ ޒުވާނާގެ ނަން ހަނދާން ކުރަން އުޅެ އުޅެ ހަނދާނަކަށް ނައެވެ. ހިތާހިތުން ނަން ނޭންގޭ ލަބާންގެ އެކުވެެރިޔާއަށް ކުދި ކިޔަމުން ސުކޫލަށް ދާން ހިނގައިގަތެވެ.

 

ލައިރާ ޖެހިގެން އިން ގޯޅިއަށް އެޅުމާއެކު ހާރިމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ލަބާން އެދިފައި އޮތީ ލައިރާއަށް ނޭންގި ލައިރާ ފަހަތުން ދިއުމަށެވެ. ޒެއިންގެ ބަދަލުގައި ހާރިމް ފޮނުވީވެސް އެހެންވެއެވެ.

 

އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ގަޑިއަށް ލަބާން ސުކޫލަށް އައިސް ހުއްޓެވެ. ލައިރާ އާއި ނަދާ ތިބޭ މޭޒު ކުރިމަތި ހުންނަ މޭޒުގައި އިށީންދެ ހަމަޖެހިލައިގެން އިނެވެ. ހަތެއް ޖަހަން ދިހަ މިނެޓަށް ވީއިރުވެސް ނަދާ އަދި ލައިރާ ކުލާހަށް ނައުމުން ލަބާން ކަންބޮޑުވިއެވެ. ފަސް ވަރަށް މިނެޓު ކުރިން ލައިރާ ސުކޫލަށް ވަދެފިކަމަށް ހާރިމް އޭނާއަށް ވަނީ މެސެޖުކޮށްފައެވެ. ހާރިމް ލައިރާ ފަހަތުން ފޮނުވާފައި ، ނަޔަލް ފޮނުވީ ނަދާގެ ފަހަތުންނެވެ. ނަދާ ގެއިން ނުކުތުމުން ނަޔަލް އޭނާއަށް މެސެޖަކުން އެކަން އެންގިއެވެ. އެހެނެސް ނަދާ ސުކޫލަށް ވަން ކަމުގެ މެސެޖެއް ނަޔަލް ފަރާތުން އަދިވެސް ނުލިބެއެވެ.

 

ފަސް ވަރަކަށް މިނެޓު ފަހުން ނަޔަލް ގެ ވެސް މެސެޖެއް ލިބުނެއެވެ. އެއާއެކުހެން ލަބާންއަށް ހަމަޖެހިލެވުނެވެ. އޭގެ މިނެޓެއް ހާއިރު ފަހުން ނަދާ އަދި ލައިރާ އެކީ ކުލާހަށް ވަދެގެން އައެވެ.

 

ޒެއިން އާއި ލިއަމް މަސައްކަތް ކުރަމުން ދިޔައީ ލަބާންއަށް މެސެޖުތަށް ފޮނުވި މީހެއް ހޯދާށެވެ. ތިން ގަޑިއިރުގެ މަސައްކަތުން އެމީހުންނަށް އެ މެސެޖުތަށް ފޮނުވި ނަންބަރުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް ހޯދުނެވެ.

ޒެއިން އާއި ލިއަމްއަށް އެމީހާ އަތުވާ ގޮތްވީ މުޅި މާލޭގައި ދުއްވައިގެންނެވެ. ކަން ދިމާކުރި ގޮތުން އެ ނަންބަރާކީ މިހާރު އެމީހާ ގެންގުޅޭ ނަންބަރެއް ނޫނެވެ. ބޮޑު އަގުގައި ބިދޭސީއަކަށް އެ ނަންބަރު ވިއްކާލީކަމުގައި އެމީހާ ބުންޏެވެ. އެހާވަރުން މަސައްކަތް ކޮށްގެން ލަބާންއަށް އިންޒާރު ދިން މީހާ ނުހޯދުމުން ޒެއިން ރުޅިގަދަވިއެވެ. އޭނާ ދެންވެސް ބޭނުންވީ އަލުން އެމީހަކު ހޯދަން މަސައްކަތް ކުރަންށެވެ.

 

“ޒެއިން ހަމަޖެހިބަ ލަބާންއަށް އަންޑަސްޓޭންޑް ވާނޭ އަހަރުން މަސައްކަތް ކުރިކަން..” ލިއަމް ހީކުރީ ޒެއިން އެވަރަކުން އެމީހަކު ހޯދަން އެ އުޅެނީ ލަބާން ހިތްރުއްސަން ކަމަށެވެ. ޒެއިން އޭނާ ހިތުގައި ލައިރާއަށްޓަކައި ކުރިލައި އުފެދެން ފަށާފައި ހުރި އިހުސާސްތަށް ފޮރުވަމުން ލިއަމްގެ ވާހަކައަށް ބޯޖަހާލިއެވެ.

 

 

ޓެސްޓުތަށް ކައިރިވެފައި ވުމާއެކު އެކުގައި ކިޔެވުމަށް ލައިރާ ގެއަށް ނަދާ ދިޔައެވެ. އޭރު ނަދާގެ އިންތިޒާރުގައި ލައިރާ އިނެވެ. ދެކުދިން ކިޔަވަން ދިޔައީ ލައިރާ ކޮޓަރިއަށެވެ. ލައިރާ އާއި ނަގާ ކޮޓަރިއަށް ދިޔައިރު ދޮރުމަތީ ފޮތް ދަބަސް ހިފައިގެން ލަބާން ހުއްޓެވެ. “މަ ވެސް ބޭނުން … ” ” ނޯ … މަށަކަށް ނޭންގެ މިހާރު ލަބާން ބޭނުން ވެގެން ތި އުޅެނީ ކޮންކަމެއް ކަމެއް… ޖަސްޓް ލީވް އަސް އެލޯން.. އަމިއްލަ ފްރެންޑުން ކައިރިއަށް ދޭބަ ކިޔަވަން” ލަބާންއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ނަދާ އަތުގައި ހިފައިގެން ލައިރާ ކޮޓަރިއަށް ވަދެ ލަބާން މޫނަށް ދޮރު ޖެހިއެވެ.

 

ލަބާން އަސްލަށް ވެސް ހުރީ ކިޔަވަން ބޭނުންވެފައެވެ. އޭނާގެ އެކުވެރިން ރަނގަޅު ނަތީޖާ ހޯދައި ބޭރުގައުމަށް ކިޔަވަން ދާން ފުރުސަތު ލިބުމުން ލަބާން ވެސް އެ ފުރުސަތު ހޯދަން ބޭނުންވިއެވެ. އޭނާ ހީކުރީ ލައިރާ ދެކޮޅު ހެދިނަމަވެސް ނަދާ އޭނާ ދިފާއު ކުރާނެކަމަށެވެ. އެހެނަސް ނަދާ އޭނާއާ އެއްކޮޅަށް ބަހެއް ނުބުނުމުން ލަބާން ކުޑަކޮށް ދެރަވިއެވެ. ލަބާން ލައިރާ ކޮޓަރީ ދޮރުމަތީ ހުއްޓައި ލަހުފާނަށް އާދެވުނެވެ. ކިހިނެއްވެފައި ތޯ އެހުމުން ލައިރާގެ ޝަކުވާ ބައްޕަ ގާތު ލަބާން ކުރިއެވެ. އާންމުގޮތެއްގައި ޝަކުވާ ކުރިއަސް ބައްޕަ ގާތުން ލައިރާއަށް ވުރެ މޮޅެއް އޭނާއަކަށް ނުވެވެއެވެ. އެހެނަސް މިފަހަރު ބައްޕަ ކޮންމެސް ސަބަބަކާ ހުރެ ލައިރާ ގާތު އޭނާއާއެކީ ކިޔަވަން އެދުނެވެ. އޭނާދެކެ ކިތަންމެ ނުރުހުން ވިއެެއް ކަމަކު ލައިރާއަކީ ބައްޕަގެ ބަސްއަހާ ކުއްޖެކެވެ.

 

ލަބާން ޝައުޤުވެރިކަމާއެކު ކިޔަވަން މަސައްކަތް ކުރާތަން ފެނި ނަދާގެ ހިތް އުފަލުން ނަށާލިއެވެ. އެހެންޏާ ގަދަކަމުން ލަބާން ލައްވާ ކިޔަވަން ކުރާ މަސައްކަތް ވަނީ ބޭކާރެވެ. އެހެނަސް މިއަދު އަމިއްލައަށް ފެނިގެން ލަބާން ކިޔަވަން އައުމުން ނަދާގެ ހިތުގައި އިތުރަށް ލަބާންގެ ނަން ފެވިގެން ދިޔައެވެ.

 

މަޣްރިބް ނަމާދަށް ގޮވުމާއެކު ތިން ކުދިން ކިޔެވުން މެދު ކަނޑާލިއެވެ. ނަދާ އާއި ލައިރާ ނަމާދަށް އަރަން އުޅޭތީވެ ލަބާން ކޮޓަރިން ނުކުތެވެ. އޭރު މިސްކިތަށް ދިއުމަށްޓަކައި ލަހުފާން ވެސް ނުކުންނަނީއެވެ. ލަހުފާނަށް ލަބާން ފެނުމުން އޭނާއާއެކު މިސްކިތަށް ދިއުމަށް އެދުނެވެ. އެގަޑީގައި ދެން ވަކި ކުރާނެ އިތުރު ކަމެއް ނެތުމުން ލަހުފާނު ފަހަތުން އޭނާ ވެސް މިސްކިތަށް ދިޔައެވެ.

 

ޓެސްޓު ހަފްތާ އަންނަން ދެކަށް ލަބާން ކޮންމެ ދުވަހަކުވެސް ހަވީރު ލައިރާ އަދި ނަދާއާއެކު ކިޔަވައެވެ. އޭނާއަށް ނޭންގޭ އެތަށް ބައިވަރު ފިލާވަޅެއް ނަދާ އައި ލައިރާގެ ފަރާތުން އޮޅުންފިލައިގެން ދިޔައެވެ. ކިތަންމެ ނުރުހިފައި ހުރެ ނަމަވެސް ވަރަށް ރަނގަޅަށް ލައިރާ ފިލާވަޅު ކިޔައިދެއެވެ. ބައެއް ފަހަރު އޭނާ މާ ގިނަ ސުވާލު ކުރުމުން ރުޅިގަދަ ވެގެން އޭނާއަށް ފިލާވަޅު ކިޔައިދޭން ނަދާއާ ޖައްސައެވެ. ލައިރާއާ ޚިލާފަށް އޭނާ ކިތަންމެ ގިނަ ސުވާލެއް ކުރިނަމަވެސް ވަރަށް ޖޯޝާއި ފޯރީގައި ނަދާ އޮޅުންފިލުވަދެއެވެ.

 

ލިއަމް އާއި ނަޔަލް ކިޔަވަން ފުރުމާއެކު އަދި ލަބާންގެ އިމްތިހާނު ތެރެއާ ދިމާވުމާއެކު ލަބާނަށް އިންޒާރު ދިން މީހާ ހޯދުމުގެ މަސައްކަތުގައި އުޅެމުން ދިޔައީ ޒެއިން އާއި ހާރިމެވެ. އެރެއަށްފަހު އެމީހާގެ މެސެޖެއް ނުލިބޭތީވެ އެމީހަކު ހޯދަން އިތުރަށް އުނދަގުވީއެވެ. ނަދާ އާއި ލައިރާއަށް ފަރާލާމީހަކުވެސް ހާރިމް އަދި ޒެއިންއަކަށް ފާހަގައެއް ނުވިއެވެ.

ދެ މަސް ދުވަސް ފަހުން ، ލަބާންގެ އެދުމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ޒެއިން އާއި ހާރިމް ހުއްޓާލިއެވެ.

 

އިމްތިހާނު ނިމުނު ދުވަހު ލައިރާ އަދި ނަދާ ގޮވައިގެން ސަބްމެރިން ކާން ދިޔައެވެ. ކިޔަވަން އޭނާއަށް އެހީވެދިނީތީވެ އެކުދިންނަށް ޝުކުރު އަދާކުރުމަށެވެ. ލައިރާ ނުދާން ހުރެފައި ވެސް ނަދާ ދާހިތުން އިނުމާއެކު އެއްބަސްވީއެވެ. ނަދާ އެކަނި ލަބާންއާއެކު ފޮނުވަން އޭނާގެ ހިތެއް ނުރުހެއެވެ.

 

ލަބާން އާއި ނަދާ ކޮންމެވެސް ވާހަކައެއް ގައި ތިއްބުމުން ލައިރާ އިނީ ފޫހިވެފައެވެ. ނަދާގެ ހިތް ފުނޑުފުނޑު ކޮށްފައޮ ލަބާން ދިއުމުން ވެސް އެހާ އެކުވެރިކޮށް ލަބާންއާ ވާހަކަ ދައްކަނީ ކިހިނެއްތޯ ލައިރާ ހިތަށް އެރިއެވެ.

 

ނަދާގެ ފުރިހަމަ ހިނިތުންވުން ފެންނަ ހިނދު ލަބާންގެ ހިތް ފުރިގެން ދެއެވެ. އެ ދެމީހުން ރަށްޓެހިވެގެން އުޅުނުއިރު ނުދޭ ސަމާލުކަން މިހާރު އޭނާއަށް ދެވެއެވެ. މީގެ ކުރިން ނަދާގެ މައުސޫމު ރީތިކަން އޭނާއަށް ފާހަގައެއް ނުވެއެވެ. ނަދާ ހިނިތުންވާއިރު ކަނާއަތު ކޮށްލަށް އެޅޭ އަޑިކޮޅާއި ލޮލު ކައިރީގައި ހުރި ކަޅުތިލަ ފާހަގަވީ އަދި ކިރިޔާއެވެ. ހިތާހިތުން ނަދާގެ ރީތި ކަމަށް ތަޢުރީފު ކުރެވުނެވެ.

ލަބާންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގުމާއެކު ނަދާ ލަދުގަތެވެ. ދައްކަން ހުރި ވާހަކަ ހުއްޓާލުމަށްފަހު އިސްޖަހާލިއެވެ.

“ނަދާ؟” “ސާއިމް؟ އޯ މައި ގޯޑް” ދަންނަ އަޑަކުން އޭނާއަށް ގޮވާލުމާއެކު ނަދާ ބަލާލިއެވެ. އޭނާގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ގޮނޑިން ތެދުވެފައި ގޮސް ސާއިމް ގާތު މަޑުކޮށްލިއެވެ.

ނަދާ ސާއިމްއާ ވާހަކަ ދައްކަމުން ދިޔަ ގޮތް ފެނި ލަބާންގެ ހިތަށް އުނދަގޫވާންފެށިއެވެ. އެ ގޮތަށް ފިރިހެން ކުއްޖަކާ ނަދާ ވާހަކަ ދެއްކި ތަނެއް މީގެ ކުރިން ލަބާނެއް ނުދެކެއެވެ.

“ނަދްސް ބޭނުންތަ އިތުރު އެއްޗެއްް؟ އަހަރެމް މިއުޅެނީ މިލްކްޝޭކަކަށް އޯޑަރު ދޭންވެގެން” ހިތަށް ކެއްނުވެގެން ލަބާން ނަދާ ގާތަށް ދިޔައެވެ. އަދި ސާއިމް ފެންނަކަމަށް ވެސް ނުހަދާ ހަމައެކަނި ނަދާއާ ވާހަކަ ދެއްކިއެވެ.

މީގެ ކުރިިން އޭނާއާ މުޚާޠަބު ނުކުރާ ނަމަކުން ލަބާން މުޚާޠަބު ކުރުމުން ނަދާއަށް ހައިރާންކަން ލިބުނެވެ.

މަންޒަރު ބަލަން ހުރި ލައިރާ ގާތަށް ހިނިއައެވެ. ސާއިމް ގާތަށް ނަދާ ދިއުމުން ލަބާންގެ މޫނުމައްޗަށް އެރި ކުލަވަރު ނިކަން ރީއްޗަށް ލައިރާއަށް ފެނުނެވެ.

“ހާދަ ސިއްރުންނޭ ދޯ ތިއުޅެނީ އަންގާ ވެސް ނުލާ ބޯއިފްރެންޑެއް ހޯދިއިރުގަވެސް….” “ނޯ މިއީ މަގެ ބޯއިފްރެންޑެއް ނޫން…. ބެސްޓް ފްރެންޑްގެ ބޭބެ އޭނދީނު ލައިރާ… ލައިރާގެ ބޭބެ” ސާއިމްގެ ކުށްހީ ނިކަން އަވަހަށް ލައިރާ ރަނގަޅުކޮށްދިނެވެ. ސާއިމްގެ ކުށްހީ ގެ ސަބަބުން ލަބާން އޭނާދެކެ ހިތްހަމަ ނުޖެހިދާނެތީ ނަދާ ހުރީ ބިރުންނެވެ.

ފަހުން ދިމާވާން ސާއިމް ދިޔައީ ނަދާގެ ނަންބަރު ހޯދައިގެންނެވެ. ދެމީހުންނަށް ވެސް ފަސޭހަ ދުވަހަކުން އަލުން ބައްދަލު ކުރަން އެއްބަސްވިއެވެ.

“ސޯ ނަދާ ހޫ އިޒް ހީ؟” ދިމާ ކުރާ ފަދަ ގޮތަކަށް ހިނިއައިސްފައި ލައިރާ އަހާލިއެވެ. ލަބާން ވެސް ހުރީ އެ ސުވާލގެ ޖަވާބު ބޭނުންވެފައެ. “އެއީ ރަށުކުއްޖެއް.. ކުޑައިރުގަ އަހަރުން ވަރަށް އެކީގަ އުޅުނީ… ދެން ސާއިމްގެ މާމަ ބަކިވެގެން މުޅި އާއިލާ އެއްކޮށް ލަންކާއަށް ބަދަލުވީ އޭގެ ފަހުން އަދި އަލަށް މި ދިމާވީ މިހާރު ހަ ވަރަކަށް އަަހަރު ވެދާނެ… ވީ ވާރ ލައިކް ޓެން އޭރުގަ…”

 

ސާއިމްއަކީ އެންމެ ކުޑައިރުންފެށިގެން ވެސް ނަދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރަށުގައި އަވަށްޓެރިންނަށް ވުމުން ކުޑައިރު އަބަދުހެން އުޅެވުނީ އެކުގައެވެ. މާލެ ބަދަލުވުމަށްފަހު ވެސް އުޅުނީ އަވަށްޓެރިންގެ ގޮތުގައެވެ. ނާސަރީއުން ފެށިގެން ގުރޭޑު ހަތަރަކާ ހަމައަކަށް އުޅުނީ އެއް ކުލާހުގައެވެ. ސްކޫލުން ގެއަށް އައިސް ވެސް ދެކުދިން ގިނަ ވަގުތު ހޭދަކުރީ އެއްކޮށެވެ. ސާއިމްގެ މާމައަށް ކެންސަރު ޖެހުމާއެކު އިތުރު ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމާއެކުހެން ދެކުދިން ވަކިވާން ޖެހުނެވެ. ނަދާއާއި ވަކިވާން ޖެހުމާއެކި ސާއިމް ވަރަށް ރުޔެވެ. ނަދާމެންގޭގައި އޭނާ ބަހައްޓާފައި ދިއުމަށް މަންމަމެން ގާތު އާދޭސް ކުރިއެވެ. ނަދާގެ ހާލަކީވެސް ހަމައެއީއެވެ. ސާއިމް ގޮވައިގެން ނުދިއުމަށް ސާއިމްގެ މައިންބަފައިން ގާތުން އާދޭސްކުރިއެވެ. ދެކުދިން ވެސް ހަމައަކަށް އެޅުނީ އެތަށް ވަރަކަށް ވިސްނައިދީގެންނެވެ. ސާއިމް ފުރުވަން އެއާޕޯޓަށް ގޮސްފައިވެސް ނަދާ ވަރަށް ރުޔެވެ. ސާއިމްގެ ހާލަކީ ވެސް އެއީއެވެ.

“ސޯ ޓެކްނިކަލީ ހީ ވޯޒް ޔުއާރ ބޯއިފްރެންޑް” ސާއިމްއަކީ ކާކުކަން ނަދާ ކިޔައިދިނުމާއެކު ލައިރާ ދިމާ ކުރަން ފެށިއެވެ. ނަދާ ހަމައެކަނި މޫނަށް ވައްތަރެއް ޖެއްސުން ފިޔަވާ އިތުރު ރައްދެއް ލައިރާއަކަށް ނުދެއެވެ. ” ވެލް ހީ ލުކްސް ޑީސެންޓް…” “އެހެންވިއްޔާ ލައިރާ ދާންވީނު އެ ސޮރާ ޑޭޓް ކުރަން.. ނަދާ އެ ސޮރު ކައިރީގަ ބުނެބަަ ލައިރާ އެހެން ބުންޏޭ..” ނަދާ އާއި ސާއިމްއާ އަޅުވާކިޔަންފެށުމުން ލަބާނަށް އުނދަގުވީއެވެ. ލައިރާގެ މަޤުސަދަކީ ކޮބައިކަން އޭނާއަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.

ލަބާންގެ ފަރާތުން ފެންނަމުން ދިޔަ އާ ސިފައިން ނަދާއަށް އޮޅުން އަރާ ގޮތްވިއެވެ. ވިސްނަންވީ ކިހިނެއްކަމެއް އޭނާއަކަށް ނޭންގުނެވެ.

ލަބާން ރުޅި އެރުވުން ލައިރާއަށް ވީ މަޖާކަމަކަށެވެ. އިތުރަށް ލަބާން ރުޅިއެރުވުމުގެ ނިޔަތުގައި އިތުރަށް ނަދާ އާއި ސާއިމް އަޅުވައިކިޔެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

7 – މަލަކާ

Next

މަޢާފް އެދެމުން 24

Next
June 26, 2025

މަޢާފް އެދެމުން 24

Previews
June 25, 2025

7 – މަލަކާ

One Comment

  1. Kiyara says:
    June 26, 2025 at 3:30 am

    Salaam , enme furathamaves hurihaa kiyuntheringe kibain maafah edhn vaahaka kuriyah gendhah. Mihaa gina dhuvas negythyve… Alhugandu ge nunimi huri hurihaa vaahaka eh nimmumuge masakkai mihaaru kuramun mi dhany.. In Sha Allah..manzil adhi manzil thiey ge vx aa episode eh varah avahah kiyaalan libeyne… Vaahaka thah las vamun dhaathyve Adhivx ehffaharu hurihaa kiyuntheringe kibain maafah edhen
    Mi bai hurihaa kudhinna kamu dhaane kamah ummedhu kuran
    -kiyara-

Comments are closed.

Next Episodeލޮތްބަށްޓަކައި 7←


All Right Reserved!