Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 47

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 17, 2026 9 Mins Read
36 Comments

* “ހިނގާ އެއާޕޯޓަށް ދާން.. އަދި ނުދާނެ.. އަހަރެމެން ލަކީއިއްޔާ އަދި ލައްވާލާނެ..” އަހުނަފް އެހެން ބުނުމުން މިލީން އަވަހަށް ބޯ ޖަހާލާފައި ތެދުވިއެވެ. އެންމެންގަނޑު ދާން އުޅުމުން ލަސްވާނެކަމަށް ބުނެ އަހުނަފް ދިޔައީ ހަމައެކަނި މިލީން ގޮވައިގެންނެވެ. އެހާ ގާތް ނުވިޔަސް ޝަފްވާނާއި މިލީން އެކުގައި އުޅުނު ދުވަސްވަރު ޔައުލާނާއި މިލީންގެ ދެމެދުގައިވީ ގާތް ގުޅުން އޭނާއަށް ވަނީ ފެނިފައެވެ. އަންގާވެސް ނުލާ ޔައުލާން މިފަދައިން ފުރުމުން އެހިތަށް ކުރާނެ އަސަރު އަހުނަފަށް ވެސް އެނގެއެވެ. މިލީން އެކަނި ގެންދަން ބޭނުންވީ ވެސް އެމީހުންނަށް ވަގުތުކޮޅެއް ދޭށެވެ. *

އެއާރޕޯޓް ތެރޭ މަޑުކޮށްލައިގެން ޔައުލާން ހުރީ އަލީސާ އާއި ޒާމިން ގާތުގައެވެ. އަލީސާ އޭނާގެ ބުރަކަށީގައި ފިރުމަ ފިރުމާފައި ނަސޭހަތް ލައިދެމުން ދިޔައިރު ޔައުލާނަށް އެ އަޑެއް ނީވެއެވެ. ތަފާތު އެކި ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަނީ ފުސްވެފައެވެ. އޭނާގެ ޚިޔާލުގައި ވީ ރޭގެ ހަނދާންތަކެވެ.

 

*********

 

އެންމެން ގާތު އޭނާ ދާ ވާހަކަ ބުނެ މިލީން ގާތު އެ ވާހަކަ ބުނަން ދިޔައީ ލަސް ފިޔަވަޅު ތަކެއްގައެވެ. މިލީންގެ ކޮޓަރި އާއި ގާތްވަމުން ދިޔަވަރަކަށް އޭނާގެ އަތްފައި ފިނިވަމުން ދިޔަހެން ހީވިއެވެ. ޓަކި ޖަހާލާފައި މިލީންގެ ޖަވާބެއް ނައުމުން ޔައުލާން އެތެރެއަށް ވަނެވެ. މިލީން އޮންނާނީ ނިދާފައިކަން އެނގޭތީއެވެ. ކޮޓަރި ތެރޭގައި ވީ ފަނޑު ރަތް ކުލައެއްގެ އައްޔެކެވެ. ފަރުދާ ދަމާލާފައި ވާތީ ބޭރުން އައްޔެއް ވުމުގެ މަގު ބެދި އެ ތަން އިތުރަށް އަނދިރިއެވެ. އަތްދިގު ޓީޝާޓެއް ލައިގެން ރަޖާ ދަށުގައި ފުން ނިންޖެއްގައި އޮތް މިލީންގެ މޫނަށް ޔައުލާން ބަލާލިއެވެ. އަދި އެނދުގައި އިށީނެވެ.

ވެއްޓިފައިވާ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްދީފައި ޔައުލާން މިލީންގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސާލިއެވެ. އެހިތަށް އަރާ ފައިބަމުން ދިޔައީ އެތަންމެ ވާހަކައެކެވެ. އަދި ޝަކުވާތަކެވެ. އޭނާއަށް ހަގީގަތް އެނގުމުން ދެން އެ ދެމެދުގައި އެއްވެސް ސިއްރެއް ނުބާއްވާނަން ކަމަށް ބުނެ ވައުދުވީ މިލީން އެ ވައުދާ ޚިލާފް ވީތީއެވެ. ރުޅި އަންނަން ބޭނުންވާ ވަރަށް ޔައުލާނަށް ރުޅިއެއް ނާދެވުނެވެ.

ނަމަވެސް އެހިތުގައި ހަމަނުޖެހުމެއްވިއެވެ. އޭނާ ނިންމައިފިއެވެ. މިއީ ފަހު ފަހަރެވެ. މިލީންގެ ބުރަތައް ކޮނޑުގައި އަޅާ މިލީން އާއި މެދު ސައުވީސް ގަޑިއިރު ވަންދެން ފިކުރުކޮށް ވިސްނާ ހިތާމަ ކުރުމުގައި މި ވޭތުވެ ދިޔައީ އޭނާގެ މުޅި ހަޔާތެވެ. އޭނާ ދެން މިލީން ފަހާ ނުދުވާނެއެވެ. ދެން އޮތީ މިލީންގެ ފަހަރެވެ. މިލީންއަށް ރަނގަޅަށް ވިސްނިގެން އޭނާ ގާތަށް އެނބުރި ނާންނަނީސް އޭނާ ދެނެއް ނާންނާނެއެވެ.

މިލީންގެ މޫނަށް ބަލަން އެތައް އިރެއް ވަންދެން ޔައުލާން އިނެވެ. ހިތް ކުދިކުދި ވަމުން ދިޔަ ނަމަވެސް ޔައުލާން ޚިޔާރު ކުރީ މިގޮތެވެ. މިލީންގެ ހުވަފެންތަކުން އޭނާ ހޭލަންވީ ވަގުތު ޖެހިއްޖެއެވެ. އޭނާއަށް ދެން އޮތީ މިލީންއާ ނުލާ އުޅެން ދަސްކުރުމެވެ. އެކަން ކާމިޔާބުވާން އޮތީ މިލީންއާ ދުރަށް ދެވިގެންނެވެ.

ނަމަވެސް ދުވަހެއް ކޮޅުން ވެސް މިލީން އޭނާ ގާތަށް އައިސްފިނަމަ އޭނާއަށް މި ނިންމުނުހާ ނިންމުމެއް އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއް ތެރޭ ދޫކޮށްލެވޭނެކަން ޔަގީނެވެ. ޔައުލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. މިލީން ގާތު ދާ ވާހަކަ ބުނަން ޔައުލާން ގަސްތެއް ނުކުރިއެވެ. ނިދީގައި އޮވެ މިލީން ކުޑަކޮށް ހީނލާފައި އުނދަގުލެއް ވީ ފަދައިން ފުރޮޅިލިއެވެ.

މިލީންގެ ގައިމަތީ އޮތް ރަޖާގަނޑު ރަނގަޅު ކޮށްދީފައި ޔައުލާން އެނދުގައި ލެނގިލައިގެން ބިންމަތީގައި އިށީނެވެ. ކަކުލުގައި އަތް އަޅުވާލައިގެން އެ އަނދިރިގަނޑަށް ބަލަން އޭނާ އިނެވެ. އެތައް އިރެއް ވަންދެންނެވެ. އޭނާ އެ ކޮޓަރިއަށް އައި ހަގީގީ ސަބަބަކީ އެ ސޫރަ ފަހު ފަހަރަށް ދެކިލުމެވެ.

 

************

 

އެ ޚިޔާލުތަކުން ބޭރަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. މިލީންގެ ކޯލެކެވެ. އޭނާ ދާކަން މިލީންއަށް އެނގުނީކަން ދޭހަވުމުން ޔައުލާން ފޯނު ނިއްވާލިއެވެ. މިވަގުތު މިލީން ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އަލީސާ އާއި ޒާމިންއަށް ސަމާލުކަން ދެވޭތޯ ޔައުލާން ބެއްޔެވެ.

ކާރު ޕާރކު ކޮށްފައި ފޭބިއިރު ވެސް މިލީން ދިޔައީ ހުއްޓުމެއް ނެތި ޔައުލާނަށް ގުޅަމުންނެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ގިނަވަމުން ދިޔައެވެ. އެއާރޕޯޓަށް ދެވުނުއިރު އެތަނުގައި މިމްރާހު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް މިލީން ފެނުމުން އަތް ހިއްލާލިއެވެ. މިލީން އިހަކަށް މަޑުކުރަން އެދިފައި އެތެރެއަށް ވަނެވެ.

އެއާރޕޯޓް ތެރެ ނުހަނު ހަލަބޮއްޔެވެ. ތޮއްޖެހިފައި ވާވަރުން އެތަނުން މީހަކު ހޯދުން ވާނީ ބޮޑު ގޮންޖެހުމަކަށް ކަން ޔަގީނެވެ. ބޭރު ފަތުރުވެރިންނާ ދިވެހިންނާއި އެތަނުގައި މަސައްކަތް ކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ. މީހުންގަނޑު ތެރެއިން ފުރޭނެމުން އެކި ދިމަދިމާ ބަލަމުން މިލީން ކުރިއަށް ދިޔައިރު ފަހަތުން އައި އަހުނަފް ވެސް ދިޔައީ ޔައުލާން ހޯދަމުންނެވެ.

ރަތް ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން ހުރި ޔައުލާން މިލީންގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. އޭނާ އަދި ނުފުރާކަން އެނގުމުން މިލީންއަށް ލިބުނީ އާ ހިތްވަރެކެވެ. ދުވަހަކުވެސް ނުދުވާހާ ބާރަށް ދުވެފައި ގޮސް އޭނާ ހުއްޓުނީ ޔައުލާން ގާތުގައެވެ.

ކުއްލިއަކަށް އެހާ ބާރަށް އައި މިލީން ފެނި ޒާމިން އާއި އަލީސާ ވެސް ދިޔައީ ސިއްސައިގެންނެވެ. އެންމެ ފަހު ވަގުތުކޮޅު ކަމަށް ވާތީ އަލީސާ އާއި ޒާމިން ގާތު މިލީން މާފަށް އެދުނެވެ. އަދި ޔައުލާންގެ އަތުގައި ހިފާ ދަމަމުން މިލީން ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ހިސާބަށް ސިހުނު ނަމަވެސް ޔައުލާން ތައްޔާރުވިއެވެ. ހިތް ވަށާ ތޮށިގަނޑެއް އަޅާލަމުންނެވެ.

“ކީއްވެ މިތަނަށް ތި ގެނައީ..؟” ޔައުލާން އެހީ އާދައިގެ ރާގެއްގައެވެ. އެ އަޑުގައި ދުރު ގޮތެއް ވުމުން މިލީންއަށް އަސަރު ކުރިއެވެ. ނަމަވެސް އޭނާ އެކަން ވެސް ބަލައިގަތެވެ. ޔައުލާން އޭނަޔާ އެ ބީދައިން ވާހަކަ ދެއްކުން ހައްގެވެ. މިލީން އެނބުރި އައިފަހުން ޔައުލާން އޭނަޔާ އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. މިލީން ވެސް ވާހަކައެއް ނުދައްކައެވެ. ހީނަރުވެފައިވާ އެ ގުޅުން އަލުން އާރާސްތު ކުރުމަށް ވަގުތު ބޭނުންވާނެކަން އެނގޭތީއެވެ.

“މިއައީ ޔުއެލް ހުއްޓުވާކަށް ނޫން.. ވާހަކައެއް ބުނަން..” މިލީން އެހެން ބުނެލިއިރު މާނޭވާލެވެއެވެ. ޔައުލާން ހަށަން ބަނދެލާފައި އަވަސް ކުރަން އެދުނެވެ.

“އައިމް ގޮއިންގ ޓު ޓަރން މައިސެލްފް އިން..” މިލީން ދެން ބުނެލި ޖުމްލައިން ޔައުލާނަށް މިލީންގެ މޫނަށް ބަލާލެވުނެވެ. އޭރު މިލީން ހުރީ ހިތާމަވެރި ގޮތަކަށް ހިނިތުންވެގެންނެވެ. އަދި ބޯ ޖަހާލީ ޔަގީންކަން ދިނުމަށެވެ. ހައިރާން ވެފައި ޔައުލާނަށް މިލީންގެ މުލައްދަނޑީގައި ހިފެހެއްޓުނެވެ. ބޭއިޚްތިޔާރުގައެވެ. އަދި ވާހަކަ ދައްކަން އުޅެނިކޮށް މިލީން އޭނާގެ ވާހަކަ ނިމެންދެން އަޑުއެހުމަށް އެދުނެވެ.

“އަލިފާނުގެ ހާދިސާ ހިނގީ އަހަންނާ ހެދި.. އެ އަލިފާނުގައި ކިތައް ކުދިން ވަކިވެ ދިޔަ..؟ ދެޓްސް އޯލް މައި ފޯލްޓް.. ދޭ ޑިޒަރވް ޖަސްޓިސް.. މިހާރު ނިންމައިފިން.. އަމިއްލައަށް އިއުތިރާފުވާން.. އަދި ލިބެން އޮތް އަދަބެއް ލިބިގަންނަން ވެސް..” މިލީން ބުނެލިއެވެ. ގަބޫލު ނުކުރެވިފައި ޔައުލާން ހުއްޓެވެ. އެހެން ހުރެފައި އޭނާ ބޯ ޖަހާލިއެވެ. އެވަރުން މިލީންއަށް ހެޔޮ ވިސްނިއްޖެކަން ގަބޫލު ކުރަން އޭނާއަށް މަޖުބޫރުވިއެވެ.

“އެހެންވެ މިއައީ އޭގެ ކުރިން ފަހު ފަހަރަށް ޔުއެލް ކައިރިއަށް.. ތީ ދިޔުމުގެ ކުރިން އެންމެ ފަހުން ދެކެން ބޭނުންވި މީހަކީ.. ފުރުމުގެ ކުރިން ދިމާވީތީ ދެން ވަރަށް ހެޕީ…. ކެނެޑާ ވިލް ޓްރީޓް ޔޫ ގްރޭޓް..!” ޔައުލާންގެ އަތާއި އަތް ޖޯޑު ކޮށްލަމުން މިލީން ބުނެލިއެވެ.

މިމްރާހާއި ވަކިން ވާހަކަ ދެއްކުމަށްފަހު އޭނާ މި ވާހަކަ ހިއްސާ ކޮށްފައި ވާނީ ނަވާލާއި މިޝްލާއަށް އެކަންޏެވެ. އެދެމީހުން ވެސް މިލީންގެ ނިންމުމަށް އެއްބަސްވީ ބަރު ހިތަކާ އެކުގައެވެ. ރީއަލްމެން ގާތު މިއަދު ކުޅެ ނިންމާފައި ބުނަން ނިންމި ނަމަވެސް ކަން ހިނގައިދިޔަ ގޮތުން އެކަން ކުރަން ވަގުތު ލިބޭނެހެންނެއް ހިޔެއް ނުވެއެވެ. މިމްރާހު ބަލާ އަންނަން ވެސް ހަމަޖައްސާފައި ވަނީ ވެސް ކުޅެ ނިމޭ ވަގުތަށް ކަމަށް ވާތީއެވެ. އެހެންކަމުން މިލީން ވަނީ ކާރުގައި އިނދެގެން ޔައުލާނަށް ގުޅަމުން މިޝްލާއަށް މެސެޖް ކޮށްފައެވެ. އޭނާގެ ބަދަލުގައި އެންމެން ގާތު ބުނެދިނުމަށެވެ. އަދި މިމްރާހު ގާތު އޭނާ ބަލާ އެއާރޕޯޓަށް އައުމަށެވެ.

“ސޮރީ އެލް..” މިލީންއަށް ބުނެވުނީ ވައި އަޑުންނެވެ. އަންގާލުމެއް ނެތި އޭނާ ވެސް ދިޔުމުން ކުރާނެ އަސަރު އަންދާޒާ ކުރެވޭތީއެވެ. ދެން މިލީން މިމްރާހަށް މެސެޖް ކުރީ އޭނާ ބަލާ އެތެރެއަށް އައުމަށް އެދިއެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން އެދިމާއަށް އަންނަމުން ދިޔަ މިމްރާހު ފެނި ޔައުލާނަށް މިކަން އަސްލަށް ވެސް ހިނގާނެ ކަން އިހުސާސްވިއެވެ. ކުއްލިއަކަށް ޔައުލާންގެ ދެލޯ ފެންކަޅިވިއެވެ. މިލީންގެ ސޫރަ ވެސް އޭނާއަށް ފެނުނީ ނުސާފު ކޮށެވެ. ފުސްކޮށް ވިޔަސް މިލީންގެ ދެލޮލުގައި ވެސް މުތީތަކެއް ފަދައިން ކަރުނަތައް ބަރާވެފައިވާ މަންޒަރު އޭނާއަށް ފެނުނެވެ.

“ދަނީ.. ހޭވް އަ ސޭފް ޓްރިޕް.. ޔޫއެލްލާން..” ޔައުލާނާއި ވަދާއީ ސަލާމް ކޮށްލަމުން މިލީން ބުނެލިއެވެ. ހުސް ދެރަ ހަނދާންތަކަކާއެކު ޔައުލާން ފޮނުވާލަން ނޭދޭތީއެވެ.

ޔައުލާން ބޯ ޖަހާލިއެވެ. އިތުރަށް އެންމެ ބަހެއް ބުނަން ވެސް އޭނާ ނުކުޅެދުނެވެ. ދުލުގައި ތަޅެއް ލެވިފައިވީ ފަދައެވެ. ޔައުލާންގެ މޫނަށް ބަލާލާފައި މިލީން ހިނިތުންވެލުމާއެކު ކަރުނައިގެ ރޮނގެއް ތިރިއަށް ދިޔައެވެ. އެ އަތުގައި ހިފާ ބާރު ކޮށްލައިގެން ސަލާމް ކުރަމުން ދިޔައިރު ޔައުލާން ވެސް ކުޑަކޮށް ހީނލިއެވެ. އެ އަތަށް ކުޑަކޮށް ފިތާލާފައި މިލީން ދޫކޮށްލީ ދޫކޮށްލަން ބޭނުންނުވެ ހުރެއެވެ.

ހިތާ ދެކޮޅަށް މިލީން މިމްރާހު ގާތަށް ހިނގައިގަތެވެ. ދިޔައިރު އޭނާ އެންމެ ފަހަރަކު ވެސް ފަހަތް ބަލައެއް ނުލައެވެ. އެތެރެއަށް ވަންނަން ދިޔައިރު ޔައުލާން ވެސް އެނބުރި ބަލައެއް ނުލިއެވެ. އަލުން ހަތަރުކަޅި ބައްދަލު ވެއްޖެނަމަ ދެ ހިތަށް ވެސް ކުރަން އަޒުމު ކޮށްފައިވާ ކަންކަމެއް ނުކުރެވޭނެކަން މާ ރަނގަޅަށް ވެސް އެނގޭތީއެވެ.

“އަހު… ތިއްތި ދޭ ގެއަށް އަލީސާ ދައްތަމެން ގޮވައިގެން.. މިހުރީ މިންމި..” ދުރުގައި މަޑުކޮށްލައިގެން ހުރި އަހުނަފް ގާތު މިލީން އެދުނެވެ. މިމްރާހަކީ ކާކުކަން އެނގޭތީ އަހުނަފް އޯކޭއޭ ބުނެ އަލީސާމެންނާއެކު ހިނގައިގަތެވެ.

ކާރު ދުއްވާލުމުގެ ކުރިން އެދިމާގައި މިމްރާހުގެ ސައިކަލަށް އެރި މިލީންއަށް އަހުނަފަށް ބަލާލެވުނެވެ. ހަވަނަ ހިއްސު ނުބައި ޚަބަރެއް ލިބެން އުޅޭކަމުގެ އިންޒާރު ދެމުން ދިޔައީ ކީއްވެގެން ކަމެއް އަހުނަފަކަށް ނޭނގުނެވެ. ނުތަނަވަސް ވެފައިވީ ހިތަކާއެކު އަހުނަފް ގެއަށް ދާން ދުއްވާލިއެވެ.

 

******** 11 އަހަރު ފަސް *********

 

ޑިއުޓީ ނިމިގެން މިއަލް ގެއަށް އައީ ވަރުބަލިކަމާ އެކުގައެވެ. ބަލިމީހެއްގެ ހާލަތު ގޯސްވެގެން މިއަދުގެ ޝިފްޓު ނިމިގެން ދިޔައީ ނުލާހިކު ބުރަކޮށެވެ. އެޕާޓްމެންޓްގައި ފިންގަރ ޖަހާފައި އޭނާ އެތެރެއަށް އަޅާލި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނީ އެއްވެސް އަލިކަމެއް ފެންނަން ނެތުމުންނެވެ. އަޑެއް ބަޑެއް ވެސް ނީވެއެވެ. މުޅި ތަނަށް ވެރިވެފައި ވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ.

ހައިރާންވެފައި މިއަލް ފޯނު ނަގާ ދިއްލާލިއެވެ. އަދި ސްވިޗް ބޯޑާ ދިމާއަށް ދިޔައީ އެންމެން ކޮބާބާއޭ ހިތާހިތުން ކިޔަމުންނެވެ. އަނެއްކާ ކަރަންޓު ދިޔައީ ހެއްޔެވެ.؟ ކަރަންޓު ގޮސްފިނަމަ ކޮންމެވެސް މީހެއްގެ ފަރާތުން އެ ޚަބަރު އޭނާއަށް ލިބޭނެކަން ގައިމެވެ. ފޯނުން މެސެޖުތައް ހުޅުވާލަމުން މިއަލް ކުރިއަށް ދިޔައެވެ. ހައިފާ، ނަވާލް އަދި މިޝްލާ ކޮށްފައިވާ މެސެޖްތަކުގެ ތެރޭގައި ވެސް އެފަދަ ވާހަކައެއް ބުނެފައެއް ނެތެވެ.

ބޯޑާ އަރާ ހަމަވިތަނާ ބާރު ހަޅޭކަކާއެކު ޝަފްވާން އޭނާ ކުރިމައްޗަށް ފުންމައިގަތެވެ. އެއާއެކު އެދިމާ އޮރެންޖް އައްޔަކުން ދިއްލުނެވެ. އެފަދަ ކަމަކަށް ސަމާލުނުވެ ހުރި މިއަލް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އަދި އަތް ހޫރުވައިގަނެވުނުތަނާ ގޮސް ޖެހުނީ ޝަފްވާން ހިފައިގެން ހުރި ޗޮކްލެޓް ކޭކުގައެވެ. އެއާއެކު ޝަފްވާން ވެސް ސިހިގެން ހަގީގަތަށް ވެސް ހަޅޭއްލަވައިގަތެވެ.

“ހެޕީ… އެނިވަރސަރީ……” ލިބުނު ޝޮކުގައި ޝަފްވާނަށް ބުނެވުނީ ލަސްލަހުންނެވެ. ސިހުން ނުފިލާތީ މިއަލްއަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. ކޭކާއި ޝަފްވާނަށް ބަލާށެވެ. އެ ހަމަހިމޭންކަން ދެމިގެން ދިޔައީ ކުޑަ އިރުކޮޅަކަށެވެ. ދެމީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ހަތަރުކަޅި ބައްދަލު ވުމުންނެވެ.

“ކުރާ ކަންތައް ބަލާބަލަ..! ވަރުގަދަ ސަޕްރައިޒެއް ތި ދިނީ..” އަތުގައި ހޭކިފައި ހުރި އައިސިންގތައް ލޮވެލަމުން މިއަލްއަށް އަދިވެސް ހެވެނީއެވެ. ޝަފްވާން ވެސް ހެމުން ހެމުން ބޮކި ޖައްސާލިއެވެ. ފަނޑު ރަތްކަމެއް އެކުލެވިގެންވީ ހުދު ބޮތްކެކެވެ.

ޝަފްވާން ގޭތެރެ ތައްޔާރު ކޮށްލާފައި ހުރިވަރު ފެނުނީ ދެނެވެ. ރަތާއި ކަޅު ފުއްޕާހަންތަކާއި ތަފާތު އެކި ޑެކޯތަކުން ސޯފާއާ ވީ ދިމާ ވަނީ ނުހަނު ނަލަ ކޮށްފައެވެ. ސޯފާ ކުރިމަތީ ހުރި މޭޒުގައި އެކި ސައިޒުގެ ހަދިޔާތައް ޕެކް ކޮށްލާފައި ހުއްޓެވެ. ސްވިޗްބޯޑާ ހިސާބުން ފެށިގެން ބިންމަތީގައި ރަތް ފިޔަތަކުގެ ދޫލައެއް އޮތެވެ.

“އިނގޭ މިއާ އަންނާނީ ފުރަތަމަވެސް ބޮކި ޖައްސަންކަން.. އެހެންވެ ޕެޓަލްތައް ވެސް އެހިސާބުން ފެށީ..” ޝަފްވާން ހީނލާފައި މިއަލްގެ ނިތުގައި ނުހަނު ލޯބިން ބޮސްދިނެވެ. ޝަފްވާންގެ މެދުހަށީގައި ބައްދާލަމުން މިއަލް ވެސް ހެޕީ އެނިވަރސަރީއޭ ބުނެލިއެވެ. އޭނާ ވެފައިވީ ވަރުބަލިކަން ވެސް ފިލައިދިޔަ ފަދައެވެ. ރަތާ ކަޅުކުލައިން ޒީނަތްތެރި ކުރެވިފައިވީ ކޭކުގެ މެދުގައި ‘6’ ޖަހާލާފައި އޮތެވެ. މިއަލް އާއި ޝަފްވާންގެ ކައިވެންޏަށް ހަ އަހަރު ފުރުނީއެވެ. މިއަލް އަޅުވައިގެން ހުރި ދަބަސް ޝަފްވާން އަތުލިއެވެ.

“ކޮބާ ޝައުން..؟” މިއަލްއަށް ވަށައިގެން ހޯދާލެވުނެވެ. އެހެންޏާ ގެއަށް ވަންނައިރަށް ހަޅޭއްލަވަމުން އޭނާ ގާތަށް އަންނަ ދަރިފުޅު ފެންނަން ނެތުމުންނެވެ. ޝައުން ފެނޭތޯ ބުމަރެއްހެން އެނބުރެން ހުރި މިއަލްގެ އުނަގަނޑުގައި އަތް އަޅުވާލާފައި ޝަފްވާން އޭނާ ގާތަށް ދަމާލިއެވެ. އެ ތަނަވަސް މޭމަތީ މިއަލް ގޮސް ޖެހުނެވެ.

“ޝައުން ވީ ނަވާޒުބެމެން ގޭގައި.. އިންނު ވެސް މިހާރު ސްލީޕް އޯވާރއެއް ބާއްވަން އާދޭސް ކުރާތާ މީ ދެވަނަ ހަފްތާ.. އެނގެއެއްނު އިންނުގެ ޝާއްކޮއާ ދިމާ ނުވެއްޖެއްޔާ އަހަރެމެންނަށް އަރުވާލާނެ ވަރު.. ވިޗް މީންސް ޓުނައިޓް، އިޓްސް ޖަސްޓް ޔޫ އެންޑް މީ..” މިއަލްގެ ލޮލަށް ބަލަން ހުރެ ޝަފްވާން ބުނެލިއެވެ. ތިން އަހަރުގެ ފުށްގަނޑެއް ފަދަ ކުޑަކުޑަ ޝައުންދެކެ މިހާރު ސާދަ އަހަރު ވެފައިވާ އިޒާ ލޯބިވަނީ އެހެނެއް ބަލާފައެއް ނޫނެވެ. އެގެއަށް އައިސްފިނަމަ އެހެން މީހަކު ޝައުން އުރާލުމަކީ އިޒާ ގަބޫލު ނުވަނީސް ދެން ނުވާނެ ކަމެކެވެ. އެހެންވުމުން ޝައުން ވެސް އިޒާއަށް ނުލާހިކު ފޯރި ހުރެއެވެ.

“އާދޭ ދެން ކޭކު ފަޅަން..” މިއަލް ހިނިތުންވެލުމުން ޝަފްވާން އޭނާގެ އަތުގައި ހިއްޕެވެ.

“ޔުނީފޯމާ އެކުތަ ތި ހުރިހާ ކަމެއް ވެސް ކުރަންވީ.. ލެޓް މީ ޓޭކް އަ ޝަވަރ ފަސްޓް..” މިއަލް ބުނެލިއެވެ. ޝަފްވާން ހިނިއައިސްފައި އެއްބަސްވިއެވެ. އަދި އޭނާ މަޑުކުރާނަން ކަމަށް ބުނެލީ މިއަލްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުންނެވެ. މިއަލް އޭނާ ގާތަށް ޖެހިލާފައި ކޮލަށް ދޮނެއް ދިނެވެ. އަދި މި އަންނަނީ ކަމަށް ބުނެ އެތެރެއަށް ވަނެވެ. ޝަފްވާން ގޮސް ސޯފާގައި އިށީނެވެ.

“ހެޕީ އެނިވަރސަރީ ޔޫ ގައިޒް..” ތަނާ އާއި އަހުނަފް ކޮށްފައިވާ މެސެޖް ފެނި ބޯ ކަހާލާފައި ޝަފްވާން ރިޕްލައި ކޮށްލިއެވެ. ކިތަންމެ އާދައިގެ ގޮތަކަށް ބުނެފައި އޮތް ނަމަވެސް އެދެމީހުންގެ ލާނެތް ކަމަކީ މިހާރު އެންމެންނަށް ވެސް އެނގޭ ކަމެއްތާއެވެ. އެ މެސެޖު ކޮށްފައި ދިމާކުރަން ވެގެން އަހުނަފާ ތަނާ ނުލަފާ ވައްތަރަކަށް ހޭންއިން މަންޒަރު ސިފަވެ ޝަފްވާނަށް ހެވުނެވެ. އެގާރަ އަހަރަށް ފަހު ވެސް އެދެމީހުންގެ ސަމާސާ ބޮޑުކަމަށް ބަދަލެއް ނާދެއެވެ. މުސްކުޅިވެ ބަލި އެނދުގައި އޮންނަން ޖެހޭ ދުވަހު ވެސް އެ ދެމީހުން ކިޔާނީ ހުސް ޖޯކުކަން ގައިމެވެ.

މާއިރެއް ނުވަނީސް މިއަލް އައީ ފެންވަރާ ނުހަނު ރީއްޗަށް ތައްޔާރު ވެގެންނެވެ. ފައިތިލަ އާއި ހަމައަށް އަރާ ވިދުމެއް ހުރި ރަތް ހެދުމުގައި މިއަލް ނުހަނު ރީއްޗެވެ. ރާޅުބާނި އިސްތަށިގަނޑު ކޮށާލާފައިވާތީ މިހާރު ކޮނޑަށް ވުރެ ތިރިއަށް ފޯރަނީ ކިރިޔާއެވެ. ރަތްކުލައިގެ މާތަކެއް އިސްތަށިގަނޑުގައި ހަރުކޮށްލާފައި ވާތީ ނުހަނު ރީއްޗެވެ. ލުއި މޭކަޕެއް ކުރެވިފައިވީ އެމޫނު ފަނޑު އަލިކަމުގެ ތެރޭ ފެންނަނީ ހިތުގެ ވިންދު އަވަސް ކުރުވާހާ ލޯބިކޮށެވެ. ޝަފްވާން ތަލިން ކުޅު ހިކިފައި ބަލަން އިން ގޮތުން މިއަލް ދުރު ބަލާލީ ލަދުގަންނަހެން ހީވުމުންނެވެ. ޝަފްވާންގެ ހައްގަކަށްވެ ފަސް އަހަރު ވޭތުވެ ދިޔައިރު އެ މޫނު ކޮންމެ ދުވަހަކު ފެނުނަސް ޝަފްވާން މިއަލްއަށް ކޮންމެ ފަހަރަކު ވެސް ބަލާލަނީ ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބަކަށް ބަލާލާ ފަދައިންނެވެ. ދެމިޔަކަނުން ސޮނި ވެއްޓޭވަރުވެ ހުރެއެވެ.

“ޔޫ ލުކް ބިއުޓިފުލް.. އޭޒް އޯލްވޭސް..” މިއަލްގެ އަތުގައި ބޮސް ދެމުން ޝަފްވާން އިށީނީ ކެމެރާ ސެޓް ކޮށްލަމުންނެވެ. މިފަދަ ވަގުތުތައް އޭނާ ގަވައިދުން ރައްކާ ކުރެއެވެ. އުމުރުން ދުވަސް ވުމުން މިއަލްއާއެކު އެ ވީޑިއޯތަކާ ފޮޓޯތައް ދެކެން ޝަފްވާން ނުހަނު ބޭނުންވެއެވެ. މިއަލްއާާ އޭނާގެ ކައިވެނި ކުރެވުނު ދުވަހަކީ އިއްޔެ ވީ ކަމެއް ފަދައިން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. އެއީ ހަނދާނުން ފިލައިގެން ނުދާނެ ދުވަހެކެވެ. އެތަންމެ ފޮނި ހަނދާންތަކެކެވެ.

“ޔޫ ޑޯންޓް ލުކް ސޯ ބޭޑް ޔޯ ސެލްފް..” ތައުރީފެއް ކޮށްލާފައި މިއަލް ކުއްލިއަކަށް ޝަފްވާން ގާތަށް ޖެހުނެވެ. އަދި އެ މޭމަތީގައި ބޯ އަޅާލައިފިއެވެ. އެއަށްފަހު ދުރުވެލުމަށްފަހު ލޯ ހަނިކޮށްލާފައި ޝަފްވާންގެ މޫނަށް ބަލާލިއެވެ. މިއަލްގެ މޫނަށް ބަލާލާފައި ޝަފްވާން ދުރު ބަލާލީ ކަމެއް ނުވާ ފަދައިންނެވެ. އަދި ތުން ވަށްކޮށްލާފައި އޭނާ ތުނބުން ފުމެން ފެށިއެވެ.

“ބަލަ ކޭކު މިހާރު އެއޮއް މެލްޓް ވަނީ ހައްވަގަނޑާ..!” ޝަފްވާން އަވަހަށް ވަޅި ނެގީ މިއަލްއަށް ނުބަލާވޭތޯ ބެލުނު ހުރިހާ ދިމާއެއް ބަލަމުންނެވެ. ހަށަން ބަނދެލައިގެން ހަމަ އެގޮތަށް ލޯ ހަނިކޮށްގެން އިނދެފައި މިއަލް ޝަފްވާން ލައިގެން ހުރި ގަމީހަށް ދަމާލިއެވެ. ޝަފްވާން މިއަލްގެ މޫނަށް ބަލާލީ ހިންދިރުވާލަމުންނެވެ.

“މައި ސެންޓު ފުޅި ހުސްކޮށްލައިގެން ދޯ ތިހުރީ..؟” މިއަލް އެއްސެވެ. ރުޅިއައިސްކަމަށް ހެދިގެން މިއަލްއަށް ހުރެވުނީ ގަދަކަމުންނެވެ. ކުށްވެރިއެއް ފަދައިން ޝަފްވާން އިސް ޖަހާލިއެވެ.

“އައި ވޯޒް ޓޫ ބިޒީ ޕްރިޕެއަރިންގ ފޯ އަވަރ އެނިވަރސަރީ.. އަދި އަލްބަމް ރިލީޒް ކުރާ ދުވަސް ގާތް ވާތީ އާފްމެން ހީވަނީ މަ ކާލަފާނެހެން.. ޝައުންއާ އެ ހުރިހާ ކަމަކާ އުޅެމުން ސެންޓު ފުޅިއެއް ގަންނަން ހަނދާން ނެތުނީއޭ.. އިޓްސް ޖަސްޓް ވަން ޓައިމް.. ކަޓް މީ ސަމް ސްލެކް ފޯ ބީންގ ސަޗް އަ ގްރޭޓް ރެސްޕޮންސިބްލް ފްރެންޑް، ހަޒްބެންޑް އެންޑް އަ ފާދާރ..!” ތުން އޫކޮށްގެން އިނދެ ޝަފްވާން ބުންޏެވެ.

މިއަލްއަށް ނުހީ ނީނދެވުނެވެ. އެންމެން ކުރިމަތީ ނުހަނު ގަޓުހުރި މަޖާ ޒިންމާދާރު މީހެއްގެ ގޮތުގައި އުޅޭ ޝަފްވާން އޭނާ ގާތު ބައެއް ފަހަރު ޅަވެލާ ވަރުންނެވެ. މި ދުވަސްތަކަކީ ނުހަނު ބުރަ ދުވަސްތަކަކަށް ވީ ނަމަވެސް ޝަފްވާން އަބަދުވެސް އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތް ކުރެއެވެ. ޝައުންގެ ކަންކަމާ އޭނާގެ ކަންކަމާ އިތުރު ކަންކަން ކުރެވޭތޯ ޝަފްވާން އުޅެމުން އަމިއްލަ ނަފްސަށް ފަރުވާ ކުޑަކޮށްލާތީ މިއަލް ދެރަވެއެވެ. އޭނާއަކީ ހަގީގަތުގައި ވެސް ރަނގަޅު އެކުވެރިއަކާއި ފިރިއަކާއި ބައްޕައެކެވެ.

އެ އަތުގައި ހިފާލާފައި މިއަލް އުއްބައްތި އަލުން ރޯކޮށްލިއެވެ. ކޭކުގައި މިއަލްގެ އަތުގެ ތަތްގަނޑު އަރާފައި އޮތުމުން ޖަހަނީ މަޖާ ވައްތަރެކެވެ. ޝަފްވާނާއެކު މިއަލް ކޭކު ފަޅާލިއެވެ. ޝަފްވާން ކޭކުކޮޅެއް މިއަލްއަށް ލަވައިދިނެވެ. ކޭކު ކެއުމަށްފަހު ޝަފްވާން ހަދިޔާތައް ގާތް ކުރަން އިންދާ މިއަލް ކޮޓަރިއަށް ދިޔައެވެ.

“އޭންން.. ތި ކޮންއިރަކު..؟” ދެތިން ހަދިޔާ ޕެކް ކޮށްފައިވާ ފޮށިތަކެއް ހިފައިގެން މިއަލް ނިކުތުމުން ޝަފްވާން އަނގަ ހުޅުވުނެވެ. އޭނާ ހުރީ މިއަލް އޭނައަށް އެއްޗެއް ނުދިނަސް ހެޔޮކަމަށެވެ. މިއަލް އޭނާއަށް ލިބުމަކީ ޝަފްވާނަށް ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. އިތުރު އެހެން ހަދިޔާއެއް އެ ހަދިޔާއަކާ އަޅައެއް ނުކިޔޭނެއެވެ. ޝައުން ވެސްމެއެވެ. އެޔެއް ނޫނެވެ. އޭނައަށް ސިއްރުން މިއަލް އެ ހުރިހާ އެއްޗެއް ފޮރުވީ ކިހިނެއް ހެއްޔެވެ.؟ ކުރީ އަހަރު ވެސް އޭނާއަށް ނޭނގި މިއަލް އެއްޗެހިތައް އެޅި ތަނެއް ހިލާ ނުހޯދުނެވެ.

“ޑޯންޓް އީވެން ތިންކް އަބައުޓް އިޓް.. ޔޫ ވިލް ނެވަރ ފައިންޑް މައި ހައިޑިންގ ސްޕޮޓްސް..” ދެބުމަ ކައިރި ކޮށްލައިގެން މާ ހިމޭނުން ޝަފްވާން އިން މަންޒަރު ފެނި މިއަލް އިނގިލި ހޫރާލަމުން ބުންޏެވެ. ނުހަނު ފަޚުރުވެރި ވެލާފައެވެ.

“ގިފްޓް ކަނޑާލަބަލަ..” ހިނިއައިސްފައި މިއަލް ފުރަތަމަ ދިއްކޮށްލީ އެންމެ މަތީގައި އޮތް ތަންކޮޅެއް ކުޑަ ހަދިޔާއެކެވެ. ޝަފްވާން އެ ނަގާ ތަޅުވާލިއެވެ. ކެނޑުމުގެ ކުރިން އެތެރޭގައި އޮންނާނެ ކަމަށް ލަފާކޮށް އޭނާ ހަ ވަރަކަށް އެއްޗެއްގެ ނަން ކިއެވެ. އެތެރެ ހާވާލާފައި ޝަފްވާން އެތެރޭގައި އޮތް އެތި ނެގިއެވެ.

“މިއާ..!” ހިނިއައިސްފައި ޝަފްވާން ބޯ ހޫރާލީ މިއަލްއަށް ބަލާލަމުންނެވެ. އޭގައި އޮތީ ސެންޓު ފުޅިއެކެވެ. ނުހަނު މީރު ވަސް ދުވާ ސެންޓެކެވެ. ޝަފްވާން ވަގުތުން އެ ޖަހާލާފައި މިހާރު ރަނގަޅުދޯއޭ ބުނެލިއެވެ. މިއަލް ބޯހޫރާލީ އެއީ މަޖާ ކަމަށް ބުނަމުންނެވެ. ދެން ޝަފްވާން ކެނޑި ހަދިޔާގައި އޮތީ އާ ހެޑްފޯނެކެވެ. އޭނާ ނުހަނު ބޭނުން ވެގެން އުޅުނު ވައްތަރެވެ. ލޯބި އަރައިގަނެގެން ގޮސް ޝަފްވާން މިއަލް ކާލަން ބޭނުންވިއެވެ.

ޝަފްވާން މިއަލްއަށް ދީފައިވަނީ ހެދުމެކެވެ. އަދި މިއަލްއަށް ކަމުދާ ފަދައިން ރަން ގަހަނާއެވެ. ނުހަނު ރީތި ފަށަކާއި ގަޑިއެއް ޝަފްވާން އޭނާއަށް ހަދިޔާ ކުރިއެވެ. އަތް ދަބަހެއް ވެސް އޮތެވެ. ކުރިއަށް އޮތް ޑިނަރ ނައިޓަށް ކަމުދާނެ އަތް ދަބަހެއް ނެތިގެން އެކަން ހިއްސާ ކުރެވުނު ދުވަހު ޝަފްވާން ރަނގަޅަށް އަޑުއެހި ކަމުގެ ހެއްކެކެވެ. މިއަލް އަނެއްކާވެސް ޝަފްވާންގެ ގައިގައި ބައްދާލިއެވެ. އަދި ނުހަނު ލޯބިން ޝުކުރު އަދާކުރިއެވެ. އޭރު ދެމީހުންގެ މޫނު ވަނީ ނުރަައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ.

“ބާކީ ހުރި ގިފްޓްތައް ކަނޑާކަށް ބޭނުމެއް ނޫންތަ..؟” މިއަލްގެ މޫނުމަތީ ހިފަހައްޓާލަމުން ޝަފްވާން އަހާލިއެވެ. ސިޓިންގރޫމް ތެރޭ ދެން ގުގުމައިގަތީ ދެމަފިރިންގެ ހުނުމުގެ އަޑުންނެވެ.

 

*************

 

“ލީން ހަމަ ސްޓޯރީ މެދުކަނޑާލަނީއޭ.. ދެން ކިހިނެއްތަވީ..؟” ޖެހިގެން އިން ނައުރާ އެއްސެވެ. ބޭރު ބަލަން އިން މިލީންއަށް ސިހިފައި ބަލާލެވުނެވެ. އޭރު އޭނާއަށް ބަލަން ނައުރާ އިނީ ކެތްތެރިކަމެއް ނެތިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 27

Next

ސަޖިދަ

Next
February 17, 2026

ސަޖިދަ

Previews
February 16, 2026

ހިތް އެދޭ މަންޒިލަކީ… 27

36 Comments!

  1. your fan says:
    February 17, 2026 at 1:30 pm

    Heyyyy yoooooonnn varah dhuvas kohlaafa dhw comment eh kohlevenee mi. Bxy kamunney. Keeh kuranee.
    Anyways story nimenee tha? I mean dhen nimenee kan inge yey. But shafwaan and mial ge story nimeykah beynumeh noon 🤕.
    mishla and naval ge haalu kihineh? also yuel and milyn gulhuvun dhw dhen bodu kamakah othee. And reeeal and kiana kobaa??? Really miss shafwaan and Ahnaf ge loabee ge bai . Vhk nimumuge kurin e shafwan and ahnaf ge bayeh innane tha? Loabi kamun. Lol 😂.
    And also mi vhk ge season two eh indhey tha? E kujja ge hen. Just a question tho.
    Anyways tomorrow Ramadan ah viyya Ramadan Mubarak. Dhen tomorrow nuviyya Thursday ga inna bai ga bunaanan ingey Ramadan Mubarak a.
    Lyyyyyy <3

    1. yooon yooon says:
      February 18, 2026 at 7:29 pm

      Hiiii dear 🥹💕 Haha dw about itt! thankyou busy koh ulhemun vx comment eh kohlythy
      Yess nimen gaai vany mihaaru. Aww haha alhey
      Letss see hurihaa kudhinge haalu in the next part dhw!
      Hahah ofc their bromance😭 Yesyes insha allah their scene eh innaane kamah balama .

      TSN ge 2nd season eh liyan adhi neh visnifa eh 😭 fiyafaiy story hen this is a standalone book. Thankyou for asking💕
      Ramadan Mubarak to you asw dear!
      Thankyou smm Your fan💕 Lym!

  2. White rose White rose says:
    February 17, 2026 at 1:57 pm

    Vrh ufaavejje mileen kushah adhabu libigannan isnegeema 😄😄
    Can’t wait for yaulaan and mileens part
    Mi bai ves vrh furihama, perfect as usual 🤌🏻🤌🏻
    Lysm yooon 🫶🏻🫶🏻

    1. yooon yooon says:
      February 18, 2026 at 7:30 pm

      yes me too enme fahun heyo visnijje milyn ah 🥹
      Thankyouu sm White rose!💕 Lym dear

  3. mary says:
    February 17, 2026 at 2:51 pm

    V reethi

    1. yooon yooon says:
      February 18, 2026 at 7:30 pm

      Thankyouu sm mary💕

  4. Anonymous says:
    February 17, 2026 at 2:55 pm

    Yoon shawfaan mn haadha loibbey😭😍😍 Marry koggen vs hama ehaaa loibey.. happy annivesery ekoodhun nah… enmenah kiyeh vee baa..? so curious.. nauraa ei kon koodheh.?
    Ly ❤️

    1. yooon yooon says:
      February 18, 2026 at 7:32 pm

      Haha yess ofc!🥹💕 yoon bunelaanan ingey happy anniversery wish kuri vaahaka
      Lets see dhw enmen kobaathw and who naura is!
      Thankyou sm dear💕 Lym!

  5. zuka💗 says:
    February 17, 2026 at 2:58 pm

    zuka third today
    Beautiful part as alwayzz 💗
    shawn baby balaalan beynun zuka eyoh kuda kuda innu also grown up now so cute
    Curoously waiting for the next part
    Lysm💗💗💗

    1. yooon yooon says:
      February 18, 2026 at 7:33 pm

      yess urr third today
      Thankyou sm zuka!💕
      haha yes shaun bodu fuhgandeh eii. Iza vx mihaaru grade 8 ga kanneynge ulheynee. she was just a baby yesterday😭😭
      Lym dearr💕

  6. Anonymous says:
    February 17, 2026 at 2:59 pm

    next episode kon dhuvahaku..?

    1. yooon yooon says:
      February 18, 2026 at 7:34 pm

      Insha allah 19 Feb vaa thursday ga
      Thankyou sm dear💕

  7. Miss jennie says:
    February 17, 2026 at 4:14 pm

    Mi part ves varah reethi. Curiously waiting for next part???

    1. yooon yooon says:
      February 18, 2026 at 7:34 pm

      Thankyouu sm Miss jennie!💕

  8. 🩷 says:
    February 17, 2026 at 4:16 pm

    Wow beautiful as usual.
    Curiosity waiting for the next part

    1. yooon yooon says:
      February 18, 2026 at 7:34 pm

      Thankyouu sm 🩷 dear💕

  9. SHEEZ ♡ says:
    February 17, 2026 at 4:52 pm

    Omg! shafwaan and mial have started a life so cute!!!! ❤️💙🌹
    Alhey baby eh ves huray! wow!
    Sheex mileen mathin miss vejje 😔
    Kobaatha yaulaan life eh start kureetha?
    Koba aanaa and reeal?
    Is everyone feeling good?
    V reethi mi part ves MA❤️
    When next yoon?
    Ly 💛

    1. yooon yooon says:
      February 18, 2026 at 7:36 pm

      Yesss they started a life w a cute little babyy!🥹💕
      Hingaa dhw milyn ge habaru balaalan next part ga
      Neynge dhww yaulaan life eh start kuryba??👀
      Lets see lets see haha!
      Thankyou sm Sheez💕 Lymm!
      Next part tmr 19th Feb, Thursday ga insha allah

  10. Anonymous says:
    February 17, 2026 at 8:48 pm

    Masha allah mi bai ves varah varah reethi yoon ❣️ abadhuves varah furihama
    Shafwaan mial enme loabeee.. ehen emmen ge haalathu bunedhechey plx
    Ly girly ❣️❣️ ramadan mubarak

    1. yooon yooon says:
      February 18, 2026 at 8:06 pm

      Thankyou smm dear! 💕🥹
      Yess they’re the cutest frr haha!
      Yess insha allah bunedheynan
      Lym dearr💕
      Ramadan mubarak to you asw!

  11. maaanaman says:
    February 17, 2026 at 8:49 pm

    Yoon aa talk kureveyneh gothe neitha..?

    1. yooon yooon says:
      February 18, 2026 at 8:08 pm

      You can reach out to me regarding any story related topics, at @novellasyoon on instagram!
      thankyou maaanaman💕

  12. woojin🪻 says:
    February 17, 2026 at 9:48 pm

    woww love this part

    keep it up yoon ❤️ Love you

    1. yooon yooon says:
      February 18, 2026 at 8:09 pm

      thankyouu sm woojin💕🥹 lym dear!

  13. tungtungtungsahur says:
    February 17, 2026 at 9:49 pm

    👏🏻👏🏻

    1. yooon yooon says:
      February 18, 2026 at 8:10 pm

      thankyou sm tungtungtungsahur 💕😭

  14. mihuu says:
    February 17, 2026 at 9:51 pm

    Mileen aa ekkoh ei kon naura eh..? aa character eh..?
    Anyway amazing episode😍❤️

    1. yooon yooon says:
      February 18, 2026 at 8:10 pm

      Lets see ei kon kujjeh thw🥹 yess new character eh eii
      Thankyou sm mihuu💕

  15. Anonymous says:
    February 17, 2026 at 9:52 pm

    hawwa gadu 🤣🤣🤣🤣 heehee halaaku
    varah kamudhe sense of humor
    cake felhun and ahunaf ge whole charecter

    1. yooon yooon says:
      February 18, 2026 at 8:12 pm

      HAHAH😭💕so glad you enjoyed itt
      mihaaru mia hawwa gandah badhaluvy ey
      (he still calls her mia dw, he’s just a little goofy like that)
      Thankyouu sm dearr💕

  16. ishh says:
    February 18, 2026 at 7:07 pm

    V reethi mi part vec
    Kon irakun next?

    1. yooon yooon says:
      February 18, 2026 at 8:13 pm

      thankyouu sm ishh!💕🥹
      Next insha allah tmr, 19th Feb Thursday

  17. Maash Maash says:
    February 18, 2026 at 7:32 pm

    Hey Yoon..
    Vhk vrh reethi maasha Allah.. kurin vx Yoon ge hurihaa vhk maash aee kiyamun.. I did comment mi acc nugengulhey iru vx.. my most fav story is fiyafai.. hope ekahala reethi fictional story eh Yoon ge faraathun anehka vx libeyne kamah.. I loved that story.. mi story vx vrh reethi.. shafvaan and mail is too cute.. I love the way how you describe everything.. Ramadan Mubarak darl.. lyssm💜

    1. yooon yooon says:
      February 19, 2026 at 12:33 pm

      Hii maash💕 Thankyouu smm dear!
      I’m so happy you liked them🥹 Thanks a lot for the kind words!
      haha insha allah, one of the stories i’m currently writing may be in that genre so alun yoon ge fictional story eh kiyaalan libidhaane.
      Lym dear and Ramadan mubarak to you asw💕🥹

  18. rui says:
    February 19, 2026 at 12:28 pm

    v salhi
    kobaa miadhuge bai?
    cant wait

    1. yooon yooon says:
      February 19, 2026 at 12:34 pm

      Thankyouu sm rui💕
      mi upload kollanyy 48th vana part
      your timing is so good hahah!😭

Comments are closed.

Next Episodeތި ސޫރަ ނޫން 48←


All Right Reserved!