ތި ސޫރަ ނޫން 46
* “އައި އޭމް……….” އަނެއްކާވެސް ހަފާލިއަޑަށް މިއަލްއަށް އަތް މުއްކަވާލެވުނެވެ. އެ ޗިޕްސްބޮނޑި އަތުކޮޅަށް ހޫރާލަން ވެސް ބޭނުންވިއެވެ. “ޝަފްވާން އައި ލަވް ޔޫ..” މިއަލް އަޑު ބާރުކޮށް ބުންޏެވެ. އެއާއެކު ގާތުގައި އިން ގަހަކުން ކާޅެއް ވެސް ނުލާހިކު ބާރަށް ގޮވައިގަނެފައި ދުރަށް އުދުއްސައިގަތެވެ. ޗިޕްސް ހަފާލަން ފަރިވެލި ޝަފްވާން ވެސް ހުއްޓުން އެރިއެވެ. *
“އައި ލަވް ޔޫ.. އެންޑް އައިމް ސޮރީ.. ހިތުގެ އެންމެ އެންމެ އެންންންމެ ފުންމިނުން މި މާފަށް އެދެނީ.. އައި މީން އިޓް.. މިގަޑީ މާފު ކުރާކަށް ނޫން މި ބުނަނީ.. ބަޓް އައި ވޯންޓް ޔޫ ޓު ނޯ ހައު ސޮރީ އައި ރިއަލީ އޭމް.. ވަރަށް ބޮޑަށް މާފް ކުރޭ.. ޔޫ ޑިޑް ނޮޓް ޑިޒަރވް ދެޓް.. މިކަމުގައި ދޮންތި އެކަނި ކުށްވެރިއެއް ނުކުރާނަން.. ޝަފްވާން ދޫކޮށްލުމަކީ އަހަރެން ނިންމި ނިންމުމެއް.. އެއީ މިސްޓޭކެއް.. ކޮށްގެން ނުވާނެ ކަމެއް.. އަލަތަށް ދޮންތި ފެނި ދޮންތި މަރުނުވާކަން އެނގުމާއެކީ ތީ ދޮންތި ލޯބިވާ މީހާކަން އެނގުނީމަ އެވަގުތު ވިސްނުނީ ދޮންތި އާއި ޝަފްވާން އެކުގައިވެއްޖެނަމަ އެންމެން މާ އުފާވާނެއޭ.. އެހެންވެ އެރޭ ޝަފްވާން ދުރު ކޮށްލެވުނީ.. އައި ވޯޒް ސްކެއަރޑް.. އިނގޭ މިއީ އުޒުރެއް ނޫންކަން ވެސް.. އަދި ޔުއެލް ވެސް ހުރީ ދޮންތިގެ ރޭވުމާ އެއްގޮތަށް ކުރިއަށް ދާން.. އެހެންވެ އިތުރަށް ވިސްނުނީ މިއީ ރަނގަޅު ގޮތް ކަމަށް.. އެކަމަކު ދުވަސްތައް ދިޔަވަރަކަށް އެނގުނު މި އިޚްތިޔާރު ކުރެވުނީ ރަނގަޅު ގޮތް ނޫންކަން.. އައި މިސްޑް ޔޫ.. އައި މިސްޑް ޔޫ ޓެރިބްލީ.. ޝަފްވާން ނުފެނި ހަފްތާއަކަށް ފަހު ހަފްތާއެއް ދިޔަވަރަކަށް ހީވީ ގައިން ބައެއް މަދުވެފައިވާހެން.. ތީ މިހަޔާތަށް އައި އާ މީހަކަށް ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އެހާ ގާތްވެވުނީ ކިހިނެއް ކަމެއް ނޭނގެ.. އައި ރިއަލައިޒްޑް ދެޓް ޔޫ އާރ ސަމްވަން އައި ކެނޮޓް ލިވް ވިތްއައުޓް.. އެންޑް އައިމް ސޮރީ ދެޓް އިޓް ޓުކް އަވަރ ސެޕަރޭޝަން ފޯރ މީ ޓު ފިގަރ ދެޓް އައުޓް..”
“ޝަފްވާންދެކެ ލޯބިވެވުނީ އިއްޔެއް ނޫން.. ފުރަތަމަ ފެނުނީއްސުރެ ތީ ޚާއްސަ މީހެއް.. އެ ޚާއްސަކަން ބޮޑުވަމުން ގޮސް ފެނިދެނިވެ ވާހަކަ ދައްކަން ފެށުނީމަ ލޯބިވެވުނީ.. އެގެއިން، އައި ވޯޒް ޓެރެފައިޑް.. ޓެރެފައިޑް ދެޓް ސަމްހައު ޔޫ ވަރ ގޮއިންގ ޓު ލީވް މީ.. މަންމަ އާއި މާމަ ގެއްލުނު ގޮތަށް ޝަފްވާން ވެސް ގެއްލިދާނެތީ އިންތިހާއަށް ބިރުގަތް.. އެ އިހުސާސްތައް އޮއްބާލީ އެހެންވެ.. އެކަމަކު އެކަމެއް ނުވި.. އީޗް އެންޑް އެވްރީ ޑޭ އައި ލަވްޑް ޔޫ މޯރ.. ޝަފްވާންގެ ވާހަކަ އިވުމަށްފަހު ވެސް ޚިޔާލު ބަދަލެއް ނުވޭ.. އިތުރަށް ލޯބި ދޭން ބޭނުންވީ.. ޔޫ އާރ ސްޕެޝަލް ޓު މީ.. ޔޫ އޯލްވޭސް ހޭވް ބީން.. ބޭނުމެއް ނޫން މިހިސާބުން މި ގުޅުން ނިންމާލާކަށް.. އިނގޭ ވަރަށް އަމިއްލަ އެދުން ބޮޑު އެދުމެއްކަން މިއީ.. ބަޓް ދިސް އިޒް ވަޓް އައި ޓްރޫލީ ވޯންޓް. މާފް ހޯދަން ކުރެވޭނެ ކަމެއް އޮތިއްޔާ އެކަމެއް ކުރަން އަހަރެން ތައްޔާރު.. ނޭމް އިޓް..”
ދެލޯމަރާލާފައި މިއަލް އޭނާގެ ހިތް ބަންޑުން ޖަހާލިއެވެ. ޝަފްވާނާ ދޭތެރޭ އުފެދިފައިވާ އިހުސާސްތަކެވެ. ބުނަން ނުކެރިގެން އުޅުނުހާ ވާހަކައެކެވެ.
“ވާއު..” މިއަލް ބަލާލީ ޝަފްވާން ހޭންފެށި އަޑަށެވެ. އެ މޫނުމަތީގައި ވީ އުފާވެރިކަމެވެ. އެ ތުންފަތްމަތީ ކުޅެލާފައިވާ ރީތި ހިނިތުންވުން ފެނި މިއަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ޔޫ ނޯ.. އައި އޯލްވޭސް ތޯޓް އިޓް ވުޑް ބީ މީ ހޫ ކޮންފެސެސް ފަސްޓް އެންޑް ނޮޓް ދި އަދަރ ވޭ އެރައުންޑް..” މިއަލްގެ އަތުގައި ހިފާލަމުން ޝަފްވާން ބަލާލިއެވެ. އޭރުވެސް އޭނައަށް ހެވެނީއެވެ. މިއަލް ލަދުގަތެވެ. އޭނާއަށް އެހާ މަޖާ އެއްޗެއް ބުނެވުނީ ހެއްޔެވެ.؟ ބުމަ ގާތްކޮށްލާފައި މިއަލް ދުރު ބަލާލީ އަނގަޔަށް ވައްތަރެއް ޖައްސާލަމުންނެވެ. ދުރު ބަލާލިހާ އަވަހަކަށް ޝަފްވާން މިއަލްގެ ދަތްދޮޅީގައި ހިފާ އޭނަޔާ ވީކޮޅަށް އަނބުރާލައިފިއެވެ.
“އޯކޭ ޕަފަރ ފިޝް..” ޝަފްވާން މިއަލްގެ ދެކޮލަށް މަޑުމަޑުން ފިތާލުމާއެކު ކޯ ފުއްޕާލައިގެން އިން މިއަލްގެ އަނގައިން ވައިތައް ބޭރުވިއިރު ގޮވީ މަޖާ އަޑެކެވެ. އެއާ ވިއްދާ އެއްޗެކޭ ބުނަން އުޅެނިކޮށް ޝަފްވާން ކުއްލިއަކަށް މިއަލްގެ ތުންފަތުގައި ބޮސްދިނެވެ. އެ މޫނުގައި ހިފަހައްޓާލާފައި ޝަފްވާން އިތުރަށް ގާތްވެލިއެވެ. މިއަލްއަށް އެ އަމަލުގައި ބައިވެރިވެވުނީ ރުހުމާއެކުގައެވެ. އޭނާ ދުރުވެލީ ނޭވާ ކޮޅަށް ދިޔުމުންނެވެ.
“އައި ލަވް ޔޫ ޓޫ.. ވަރަށް ބޮޑަށް.. އަހޫ ބުނާހެން ބުނަންޏާ ޔޫ އާރ މައި ‘ދަ ވަން’.. މިއާ ހާ ޕޮއެޓިކް ވާކަށް އަހަންނަކަށް ނޭނގެ އެކަމަކު ޓްރައި ކުރާނަން..” ޝަފްވާން ސަކަ ގޮތަކަށް މިއަލްގެ ރަތްކަމެއް ވެރިވެފައިވީ ކޯތާފަތުގައި ހިފާލިއެވެ. ރަކިގޮތަކަށް ހީނލާފައި މިއަލް އިސްދަށަށް ޖަހާލިއެވެ.
ދިހަ ވަރަކަށް މިނެޓްތެރޭ ޝަފްވާން އޭނާ މިއަލްދެކެ ލޯބިވާވަރު ހާމަކޮށް ނިންމާލިއިރު މިއަލް އިނީ ސޮނި ވެއްޓިފައެވެ. ނުހަނު ޑްރާމާ ބޮޑު ކޮށްލައިގެން ރާގުލާފައި އަތުގެ ހަރަކާތްތަކާއެކު ޝަފްވާން ކިޔާލިގޮތުން ދެތިން ފަހަރަކު މިއަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޝަފްވާންގެ އަތުގައި ބައްދާލާފައި މިއަލް އެ ކޮނޑުގައި ބޯ އަޅާލިއިރު ހީވަނީ ބޮލުން ބޮޑު ބަރެއް އުފުލުނުހެންނެވެ. ޝަފްވާން ވެސް ހިނިތުންވެފައި މިއަލްގެ އުނަގަނޑުގައި އަތް ވަށާލިއެވެ. ހިތް އުފަލުން ނަށަމުން ދިޔައިރު ހީވަނީ ދުނިޔޭގައި ވީހާ އުފަލެއް އޭނާއަށް ހާސިލުވީ ހެންނެވެ.
އެތާ ތިބެ ދެމީހުން އެތައް ވާހަކައެއް ދެއްކިއެވެ މިލީންގެ ވާހަކައެވެ. ހަޔާތުގެ ވާހަކައެވެ. މުސްތަގުބަލުގެ ވާހަކައެވެ. އެގުޅުން މުޅިން އާ ފައްތަރަކަށް ގެންގޮސް އެހުރިހާ ވާހަކައެއް ހިއްސާކޮށް އެތައް އިރެއް ވަންދެން ސަމާސާ ކުރިއިރު ހަނދު ހުރީ ހިނިތުންވެފައެވެ.
ޝަފްވާންގެ އަތުގައި ހިފައިގެން މިއަލް އެގެއިން ނިކުތްއިރު ބާރަ ޖަހަނީއެވެ. ދެ ހިތުގައި ވެސް ވީ ނިމުމެއް ނެތް އުފާވެރި ކަމެވެ. ބައްޕަމެންނާއި އަހުނަފް މަތިން މިއަލް ހަނދާންވީ ދެނެވެ. ނިތްކުރިމަތީ މިއަލް ޖަހާލުމުން ޝަފްވާން ބަލާލިއެވެ.
“ތިއްތި މަތިން ހަނދާނެއް ވެސް ނެތް..” ބޯ ކަހާލަމުން މިއަލް އަތް ދަބަހުން ފޯނު ނެގިއެވެ. އަހުނަފް ފަތިވަރު ގޮވާލާނެކަން އެނގިހުރެއެވެ. އަހުނަފާއި ތަނާގެ ދުއިސައްތައެއްހާ މިސްކޯލާއި މެސެޖްތަކެއް އައިސްފައި އޮތެވެ.
“ނަވާލްބެ ކައިރީ ބުނެފިން ސިފްދައްތަ ބުނެގެން އެލް އެގޭގައި ހުންނަ ވާހަކަ.. ހާލަތު އޮތްގޮތުން ނަވާލްބެ ވެސް އެއްޗެކޭ ނުބުނެ.. އެކަމަކު ވަރަށް ކަންބޮޑުވެފައި ހުރީ.. މަންމަ ކުޑަގޮތަކަށް ކިޔާދިނަސް ނުދަންނާނެއެއްނު އެއީ ކާކު ކަމެއް.. ކޯލް ހިމް..” އަހުނަފްގެ ފަހު މެސެޖް ކިޔާލާފައި މިއަލް ޝަފްވާނަށް ބަލާލިއެވެ. ޝަފްވާން ދެ ކޮނޑު އަރުވާލާފައި މިއަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މިރޭ އެހެން އެއްވެސް ކަމެއްގެ މަތިން ހަނދާން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިލީންގެ މަތިން ވިސްނާކަށް ބޭނުމެއް ނޫނެވެ. އޭނާ އެންމެ ލޯބިވާ ކުއްޖާ މިހުރީ ގާތުގައެވެ. އޭނާގެ އަތުތެރޭގައެވެ. ފިކުރުތަކުން ބޯ ހާސްކުރާ ވަރަށްވުރެ އޭނާ ހުރީ ހަމަޖެހި އުފާވެފައެވެ.
ގެއަށް ދިޔުމުން ސިފްރާ ކީ ހޫނު މަރުހަބާއެކެވެ. ހޫނު ކޮފީތައްޓެއް ދިނުމަށްފަހު އޭނާ ދިޔައީ ޝަފްވާނާއި މިއަލްއަށް ވަގުތުކޮޅެއް ދިނުމަށެވެ. ޝައްޔާން ވެސް ހައި ބުނެލަން ނިކުތް ގޮތަކަށް އަދި ނުނިކުމެއެވެ. ދެމީހުން އެކަނިވުމުން ޝަފްވާން މިއަލްއާ ބެހިލާ ހިތްވިއެވެ. މިކަން ކުރަން އޭނައަށް ފުރުސަތެއް ނުލިބޭތާ ކޮން ދުވަހެއް ހެއްޔެވެ.؟
“ސޯ… ވެއަރ ވިލް ޔޫ ބީ ސްލީޕިންގ..؟” ލާނެތް ގޮތަކަށް ޝަފްވާން އަހާލީ މިއަލްގެ ކަންފަތް ދޮށަށް ގުދުވެލަމުންނެވެ. ވަގުތުން މިއަލްގެ މޫނު ރަތް ޖަންބަކަށް ވިއެވެ. އެ މަންޒަރު ވީ ޝަފްވާނަށް ބަލާލަން ވަރަށް ކަމުދިޔަ މަންޒަރަކަށެވެ. އޭނާ އެހެން އެބުނީ ސީރިއަސްކޮށް ނޫން ނަމަވެސް މިއަލްއަށް މިވާ ގޮތުން އޭނާ ގާތަށް ނުހަނު ބޮޑަށް ހިނިއައެވެ. ނަމަވެސް ބަނޑު ތެރެއަށް ހިންދާލައިގެން އިންނަން ޖެހުނެވެ.
“މި ހީވަނީ މަ ހެން މިގޭގެ ވެރިމީހަކީ..” ހިތާހިތުން ކުދިކިޔަމުން މިއަލް ބަލާލިއެވެ. ސޯފާގައި ލެނގިލައިގެން ހަށަން ބަނދެލައިގެން ޝަފްވާން އިނީ ސީދާ އޭނާގެ ލޮލަށް ބަލާށެވެ. އޭނާ އެއުޅެނީ ގަސްދުގައި ލަދުގަންނަވަންކަން އެނގިގެން މިއަލް ދޫ ނެރިލާފައި މޫނަށް ވައްތަރެއް ޖެއްސިއެވެ.
“ޔޫ ނޯ.. އައި ހޭވް އަ ރިއަލީ ސްޕޭޝަސް ބެޑް..” އަނެއްކާވެސް ގުދުވެލާފައި ޝަފްވާން ވަރަށް ނުވާކަމުގެ ރާގެއްގައި ބުނެލައިފިއެވެ. މިއަލް އޭނާގެ ގައިގައި ބޮނޑިއެއް އެޅިއެވެ.
“އެކްސްޓްރާ ބާލީސް ވެސް ހުންނާނެ.. ތެދަށް ބުނަންޏާ އަސްލު ވަރަށް ރިސޯސްފުލް ގެއެއް މީ..” ގާތުގައި އެނބުރޭ މެއްސެއް ފަދައިން ޝަފްވާން އަނެއްކާ ވެސް ގާތްވެލާފައި ބުނެލިއެވެ. އެފަދަ ސޫފިތަކާ ހެދި ކަންފަތް ބުޑުގައި އިވޭ “ބްޒްޒް ބްޒްޒް” އަޑަށް ދޫ ނުކުރެއެވެ.
“އެކްސްޓްރާ ހެދުން ވެސް ހުންނާނެ ބައިވަރެއް.. އޯލްދޯ ވީ މޭ ނޮޓް ނެސެސަރިލީ ނީޑް ދެމް………”
މިއަލް އަނެއްކާ ވެސް ޝަފްވާންގެ ގައިގައި ބޮނޑިއެއް އަޅަން އުޅެނިކޮށް ހަތަރުކަޅި ހަމަވިއެވެ. ޝަފްވާން އިނީ ކިހާ ގާތެއްގައި ކަން އިހުސާސް ވުމާއެކު މަޅާލި އަތާއެކު މިއަލްގެ ހަރަކާތްތައް މަޑުޖެހިއްޖެއެވެ. މިފަހަރު ނުޖަހާނަންތޯ ޝަފްވާން އަހާލީ އެއްމިޔަކަނަކަށް ހީނލަމުންނެވެ.
“މީނަ ކޮން ރޮމޭންޓިކެއްތަ މި ވަނީ..؟” ސިފްރާ ޝަފްވާނުގެ ބޮލުގައި ކުޝަނަކުން ބޮނޑިއެއް އެޅިއެވެ. ސިފްރާ ފަހަތުގައި ހުރިކަން ދެމީހުންނަށް ރޭކާލީ ދެނެވެ. ގަތް ލަދާ އެއްވަރަށް މަޖާވެގެން މިއަލްއަށް ހެވުނެވެ. އޭރު ސިފްރާ ޖެހިލެއް ބާރުކަމުން ޝަފްވާން އޮތީ ސޯފާއަށް ވެއްޓި ދެމިފައެވެ.
“އެލް އާދޭ ދައްތަޔާ އެއްކޮށް.. ޝައްޔާނު ނިދާނީ ތިކޮޓަރީގައި މިރޭ.. ދައްތަޔާ އެލް އާ ނިދާނީ އެކޮޓަރީގައި..” ސިފްރާ މިއަލްގެ އަތުގައި ހިއްޕެވެ. މިއަލް ތެދުވިއެވެ. އޭރު ނުބައި އެއްޗެއް ކެވުނު ފަދައިން ޝަފްވާން ހުރީ އަނގަ ހަދައިގެންނެވެ. ސިފްރާ ދަމުން ދިޔައީ ޝަފްވާނަށް ދޫ ވެސް ދިއްކޮށްލާފައެވެ. އެމީހުންނާ ދިމާއަށް ކުޝަނެއް އެއްލާފައި އޮތް ޝަފްވާން ގާތަށް ވެސް ހިނިއައެވެ.
ޝަފްވާން ޝައްޔާންގެ ބާލީސްތައް ހިފައިގެން ކޮޓަރިއަށް ދިޔައިރު ޝައްޔާނު އިނެވެ. ނިދާ ހެދުމާއެކު ބޮލުގައި ނިދާއިރު އަޅާ ކަހަލަ ދޫ ކޯރިއެއް އަޅާފައި ހުއްޓެވެ. އިސްތަށިތައް ނިތްމައްޗަށް ވެއްޓިފައި ވީއިރު ލޮލަށް ގޯނާ ކުރަމުން ދިޔައެވެ. އެ މަަންޒަރު ފެނި ޝަފްވާނަށް ނުހުރެވިގެން ހެވުނެވެ. ހީވަނީ ކުޑަ ޖޯކަރެއް ހެން ވިއްޔާއެވެ. ޝައްޔާން އޭނައާ ދިމާއަށް ބާލީހެއް އެއްލުމާއެކު ތަޅާފޮޅުންގަނޑު ފެށިގެން ދިޔައެވެ.
މިއަލް ގުޅުމުން ނަވާލާއެކު މިޝްލާ ވެސް ވާހަކަ ދެއްކިއެވެ. ވާހަކަ ދައްކަން ތިބެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގުނެވެ. މަންމަ އާއި ބައްޕަޔާ އެކުގައި ވާހަކަ ދެކެވުމުން މިއަލްއަށް ކުރެވުނީ އާ އިހުސާސެކެވެ. ހަމަ ގައިމުވެސް އެ އުފާވެރި ރެއަށް އިތުރުވި ވަގުތުކޮޅެކެވެ.
ދެމީހުން ތިބީ މިޝްލާގެ ބައިގައެވެ. މިލީން އާއި އެތައް ވާހަކައެއް ދެއްކުމަށް ފަހު އެކުއްޖާ ކުޑަކޮށް ވެސް ހަމައަކަށް އެޅުމުން މިޝްލާ ފޮނުވާލީ ނިދާށެވެ. ވަރުބަލިވެފައި ހުންނާނެކަން އެނގޭތީއެވެ. ރީއަލް މިރޭ ހުންނަން ގަސްތު ކުރީ ޔައުލާންމެންގެ ބައިގައެވެ. ކިއަނާ ވެސް ދިޔައީ ނިދާށެވެ. ދިގު ދުވަހަކަށްފަހު އެންމެން ވެސް ތިބީ ތަންމައްޗަށް ވެއްޓިގަންނަން ބޭނުން ވެފައެވެ.
“ގެއަށް ނުދަނީތަ..؟” ކާމޭޒު ދޮށުގައި ފޯނާ ކުޅެން އިން ނަވާލާ މުޚާތަބުކޮށް މިޝްލާ އެއްސެވެ. ނަވާލް ބަލާލިއެވެ. ގަޑިން ދަންވަރު ދެގަޑި ބައިވަނީއެވެ.
“އާނ.. ދާންވީ ދޯ ދެން..” ނަވާލް އަވަހަށް ތެދުވެ ގޮނޑި ކައިރިކޮށްލުމަށް ފަހު ނިކުންނަން ދިޔުމުން މިޝްލާ ވެސް ފަހަތުން ދިޔައެވެ. ފައިވާނަށް އަރައިގެން ނަވާލް ބޭރަށް ނިކުތުމުން ތަޅުގައި ހިފައިގެން ބޭރަށް ބޯ ދިއްކޮށްލައިގެން މިޝްލާ ހުއްޓެވެ. ދާން އުޅެފައިވެސް ނަވާލް އެނބުރިލިއެވެ. އޭނާ ފަހަތް ބަލާލީ މިޝްލާ އެތާ ހުންނާނެ ކަމަކަށެއް ވެސް ނޫނެވެ. ނަވާލްގެ ހިތުގެ ހިނގުން އަވަސްވިއެވެ.
“އަނޭ… ދަނީ.” ބުނާނެ އެއްޗެއް ނޭނގި ނަވާލް އަތް ހިއްލާލިއެވެ. މިޝްލާ ބޯ ޖަހާލީއެވެ. ނަވާލް ލިފްޓް ކައިރިއަށް ޖެހުނެވެ.
“މާދަން ސައިބޯން އަންނާތި..” ލިފްޓަށް ވަދެވަދެ ހުއްޓާ މިޝްލާ ބުނެލިއެވެ. ނަވާލް ފައިދަތި ނޭޅުނީ ކިރިޔާއެވެ. އަވަހަށް އެނބުރި ބަލާލިއިރު ކުޑަކޮށް ހިނިއައިސްފައި ހުރި މިޝްލާ ފެނުނެވެ. ޖަވާބުގައި އިރާދަކުރެއްވިއްޔާ އަންނާނަމޭ ބުނެ ނަވާލް އަވަސް ފިޔަވަޅު ތަކެއްގައި ލިފްޓަށް އެރިއެވެ. ދޮރު ލެއްޕެމުން ދިޔަވަގުތު މިޝްލާ އޭނާއަށް ހީނލުމުން ރައްދުގައި ނަވާލް ވެސް ކުޑަކޮށް ހީނލިއެވެ. އަދި ތިރިއަށް ދާން ފެށުމާއެކު މިޝްލާ ގެއްލުނެވެ. ނަވާލް ބޯ ކަހާލިއިރު ތުންފަތް މަތީގައިވީ ހިނިތުންވުން އޭރުވެސް ނުފިލާ ހުއްޓެވެ.
އިރު އެރުމާއެކު މިލީންއަށް ހޭލެވިއްޖެއެވެ. ރުއިމުގެ ސަބަބުން އޭނާއަށް ރޭގައި ނިދުނީ މާ ރަނގަޅަށެވެ. އަދި ވަކިން ޚާއްސަކޮށް އަމިއްލަ ކޮޓަރިއާއި އެ ފިނިކަމާއި އޭނާގެ އެނދުގައި ނިދާލަން ލިބުމުން މިލީން ފެންކަޅިވިއެވެ. މިއީ އޭނާގެ ދިރިއުޅުމެވެ. އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލި ނިއުމަތްތަކެވެ. ހޭލާފައި ބާލީހުގައި ބައްދާލައިގެން މިލީންއަށް އެތައް އިރެއް ވަންދެން ވިސްނަން އޮވެވުނެވެ. ގޮތެއް ކަނޑައެޅެންދެނެވެ. އޭނާއަށް ހެދުނުހާ ގޯހެއް ރަނގަޅު ކުރަން ބޭނުމެވެ. އެހެން އޮއްވާ އަނެއްކާ ނިދުނެވެ.
ސިފްރާ ދިން ހެދުމެއް ލައިގެން މިއަލް ނިކުތީ ސިފްރާއަށް އެހީވާށެވެ. ހެނދުނު ހަތެއް ޖަހަނީއެވެ. ބެލްކަނީގައި ދަމާފައިވާ ދޮރުފޮތިތައް ކަހާލުމާއެކު ސިޓިންގރޫމް ތެރެ އަލިވިއެވެ. މޯޅިއަކަށް ދެމިލާފައި މިއަލް އުނދުން ގާތަށް ދިޔައެވެ. ސިފްރާ ކުޅިމަސް ހެދިއިރު މިއަލް ރޮށި ފިހުނެވެ.
ޝަފްވާން ވެސް އެނދުން ހިއްލާލައިގެން އައިސް ގޭތެރެ އެއްކޮށް ރަނގަޅަށް ކުނި ކަހައިދީފިއެވެ. އެ މަންޒަރު މިއަލް ބެލީ ހިނިތުންވުމަކާ އެކުގައެވެ. އޭނާ އެދޭ އެތަންމެ ސިފައެއް ޝަފްވާންގެ ގައިގައި އެބަހުއްޓެވެ. މޭޒުމަތި ސާފު ކޮށްލާފައި ޝަފްވާން މޯޅިއަކަށް ދެމިލިއިރު އޭނާއަށް ބަލަހައްޓައިގެން ހުރި މިއަލް ފެނި ހިނިތުންވެލައިފިއެވެ. އަދި ވައިއަޑަކުން ގުޑް މޯނިންގއޭ ބުނެލިއެވެ. ރައްދުގައި މިއަލް ވެސް ޝަފްވާނަށް ހެނދުނުގެ ސަލާމް ރައްދު ކުރިއެވެ.
މިއަލް ލައިގެން ހުރީ ގޭގައި ލައިއުޅޭ ކަހަލަ ދަނބު ހަރުވާޅަކާއި ފިޔާތޮށި ޓީޝާޓެކެވެ. ސިފްރާ ދިން އެއްޗެއްސެވެ. އިސްތަށިގަނޑު ބޮޑު ހުޅިއެއްގެ ތެރޭ ހައްޔަރު ކޮށްލާފައި ވާއިރު ދެތިން އިސްތަށިކޮޅު މޫނު މައްޗަށް ވެއްޓިފައިވެއެވެ. އުދާސްވެފައި ހުރުމުން ދާތިކިތައް މޫނުމަތީ ވިދަމުން ދިޔައެވެ. އޭނާ ހުރީ ރޮށިފިހަން ގެންގުޅުނު ދޭފަތް ހިފައިގެންނެވެ. މިއަލްގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލާފައި ޝަފްވާން އަނެއްކާވެސް ހީނލައިފިއެވެ.
މިއަލް ބުމަ އަރުވާލާފައި ހެނީ ކީއްވެތޯ އެއްސެވެ. ބޯ ހޫރާލާފައި ޝަފްވާން ބުނެލީ ކަމެއް ނުވާކަމަށެވެ. އަދި މިއަލް ވަރަށް ރީތި ކަމަށް ބުނެލިއިރު ތުންފަތް ކުރިއަށްވުރެ ބޮޑަށް ފޭވެއްޖެއެވެ. ރައްދުގައި އަނގަ ހަދާލާފައި މިއަލްއަށް އަމިއްލަ ނަފްސަށް ބަލާލެވުނެވެ. ދަލުން ފޯވެ ފުށުން ތަތްތެޅިފައި ހުރިއިރު މިހާރު އޭނާ ކުޑަ ހަޑިގިއްލާއަކާ ވައްތަރެވެ. ބޯ ހޫރާލާފައި ޝަފްވާނަށް ބަލާލާފައި މަސައްކަތް ކުރަން އެނބުރިލިއިރު މިއަލްގެ ތުންފަތްމަތީ ރަކި ހިނިތުންވުމެއް ވިއެވެ.
ފެންވަރާލައިގެން މިލީން ނިކުތްއިރު ގަޑިން މެންދުރު އެއްގަޑި ބައިވަނީއެވެ. އޭރު ކާގޭގައި އަލީސާ އާއި ޒާމިން އިނެވެ. މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. މިޝްލާ އެދުމުން އެމީހުން ކާން އައީ އެ ބަޔަށެވެ. ނަވާލް އިނީ ސޯފާގައެވެ. ސައިބޯން އައިގޮތަށް އޭނާ އަދި ގެއަކަށް ނުދެއެވެ. މިޝްލާ ވެސް ނަވާލް ފޮނުވާލާކަށް ނޫޅެއެވެ. މިލީން ފެނުމާއެކު ނަވާލް ހިނިތުންވެފައި ސޯފާގައި އޮތް ހުސްތަނުގައި އަތް ޖައްސާލައިފިއެވެ. ހިސާބަކަށް ނުކެރިފައި ހުރެ މިލީން ގޮސް އެތާ އިށީނެވެ. އޭނާ އިނީ އިސްޖަހައިގެންނެވެ. ރޭގައި ނަވާލާއި ކިތަންމެ ގިނައިން ވާހަކަ ދެކެވުނަސް އަދިވެސް އިހުސާސް ކުރެވެނީ ބީރައްޓެހިކަމެވެ.
އެއާޚިލާފަށް ނަވާލުގެ ފަރާތުން އެފަދަ އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާގެ ހިތް ފުރިގެން ބަންޑުން ވަމުން ދިޔައީ ލޯބިންނެވެ. މިއީ އުފަންވުމަށް ފަހު އެންމެ ފުރަތަމައަށް އޭނާ އުރާލި އަންހެން ދަރިފުޅެވެ. ކުޑައިރު ފެންވަރުވާ ރީތި ކުރި ލޯބިލޯބި މިލީންއެވެ. މިލީންއާ އިތުރަށް ވާހަކަ ދައްކާ ދަރިފުޅު ދަސްކުރަން އޭނާ ބޭނުމެވެ. ކިޔާދޭ ހުރިހާ ވާހަކައެއް އަޑުއަހަން ބޭނުމެވެ. އެ ދަރިފުޅުގެ ހަޔާތުގައި ހިނގި ކަންކަމާއި ބޭނުންވާ ތަކެއްޗާއި ކަމުނުދާ ތަކެތި ވެސް އެނގެން ބޭނުމެވެ.
“ދަރިފުޅު ސައިވެސް ނުބޮމެއްނު..؟ ހިނގާ އަވަހަށް ކާންދާން..” ނަވާލް އެހެން ބުނެލުމުން މިލީން ބޯ ހޫރާލީ އަދި ބަނޑުހައި ނޫންކަމަށް ބުނަމުންނެވެ. ނަވާލް އެހެން ހެއްޔޭ ބުނެ ސޯފާގައި ލެނގިލިއެވެ. ވާހަކަ ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް ޚުދު އޭނާއަށް ވެސް ދެން ދައްކާނީ ކޮން ވާހަކައެއް ކަމެއް ނޭނގުނެވެ. އެހެން ހުއްޓާ މިޝްލާ އައިސް ވަނެވެ. މިލީންއަށް ކާންދިނީ އޭނާއެވެ. ނުބުންޏަސް މިހާއިރު ވާއިރު މިލީން އިންނާނީ ބަނޑުހައިވެފަކަން އޭނާ ދަނެއެވެ.
ގޭގައި ބެލް އަޅާލުމުން ދޮރު ހުޅުވީ އަލީސާއެވެ. ދޮރުމަތީ ހުރި މިއަލް ފެނި އަލީސާ އޭނާގެ ކޮނޑުގައި ފިރުމާލާފައި ވަންނަން ތަން ދެއްކިއެވެ. އަދި ފަހަތުގައި ހުރި ޝަފްވާނަށް އޭނާ ހީނލިއެވެ.
މޭޒުދޮށުގައި އިން މިލީންއަށް ޝަފްވާން ފެނި ހިތްދަތިވިއެވެ. ޚާއްސަކޮށް އެހެން މީހަކަށް ނުފެންނާނެ ފަދައިން މިއަލްގެ އަތުގައި ޝަފްވާން ފިރުމާލާފައި ހިނިތުންވެލި ގޮތެވެ. އަނގައިގައި ހުރި ކާއެއްޗެހި އޭނާ ދިރުވާލީ ގަދަކަމުންނެވެ. މި ހަގީގަތް އޭނާ ބަލައިގަނެފިއެވެ. ދެރަވިޔަސް މިއީ ބަދަލު ނުކުރެވޭނޭ ހަގީގަތެއްކަން އޭނާއަށް މިއަދު ވިސްނިއްޖެއެވެ. ދެރައީ އެކަން އިހުސާސްވީ މާ ލަހުން ކަމަށް ވާތީއެވެ.
މިއަލް އެތެރެއަށް ވަނުމުން ދޮރު ލައްޕާލުމުގެ ކުރިން ޝަފްވާނާއި މިލީންގެ ހަތަރުކަޅި ހަމަވިއެވެ. ކުޑަކޮށް މަޑުޖެހިލާފައި ޝަފްވާން އޭނަޔަށް ނިތް އެއްލިއެވެ. ހިނިތުންވުމެއް ހަދިޔާ ނުކުރިޔަސް އެ މޫނުމަތިން ނުރުހުމުގެ އަސަރެއް ވެސް ފާޅެއް ނުވެއެވެ. މިއަލް ކާން އިށީނުމާއެކު ހިތާމަތައް ހިންދާލާފައި މިލީން މިއަލްއާ ކުރިމަތިލީ ހިނިތުންވުމަކާއެކުއެވެ.
“ނިމިގެން ދޮންތި ބޭނުން ވާހަކަ ދައްކާލަން..” މިޝްލާމެންނަށް އަޑު ނީވޭނެހާ މަޑުން މިލީން އެދުނެވެ. މިލީންއާ ކުރިމަތިލާނީ ކިހިނެއްކަމާ މެދު ވިސްނަން އިނދެފައި މިއަލް ބޯ ޖަހާލިއެވެ. ކައިގެން ދެމީހުން ދިޔައީ މިލީންގެ ކޮޓަރިއަށެވެ. ރީތި ފަރުނީޗަރުތަކާއި ޑިޒައިންތަކުން ފުރިފައިވީ ކޮޓަރިއަށް މިއަލް ބަލާލީ އާޝޯހުވެފައެވެ. ނުހަނު ޒީނަތްތެރި ކޮޓަރިއެކެވެ. މިއަލް ގާތު އިށީންނަން އެދެމުން މިލީން އެނދުގައި ދެމިލިއެވެ.
“އެލް ގާތު ދޮންތި ނާހާނަން މައާފް ކުރާކަށް.. އައި ކްރޮސްޑް ދަ ލައިން.. އޯވަރ އެންޑް އޯވަރ އެގެއިން.. މައާފަށް އެދޭވަރަށް ވުރެ ބޮޑު ކަމެއް މި ކުރެވުނީ.. އެކަން ގަބޫލު ކުރަން.. ދޮންތި މިހާރު ބޭނުމީ ޝަފްވާނާއި އެލް އުފަލުގައި އުޅެން.. ޝަފްވާން ގަބޫލު ނުކުރަންޏާ ދޮންތި އަމިއްލައަށް ވެސް ގޮސްފަ ކިޔާދޭނަން..” މިލީން އާދޭހާއެކު އެދުނެވެ. މިއަލް ކުޑަކޮށް ހިނިތުންވެލިއިރު ހިތަށް ވެރިވެދިޔަ ހަމަޖެހުން ނުހަނު ބޮޑެވެ. މިލީން އަލުން ވާހަކަ ދައްކަން ފެށުމާއެކު އޭނާ މިލީންއަށް ސަމާލުކަން ދިނެވެ. މިއަލް ވާހަކަ ދައްކަން ފެށީ މިލީން ނިމުމުންނެވެ.
“ވީ ވޯކްޑް ތިންގްސް އައުޓް.. ޝަފްވާން ބޭނުންވެ ދޮންތިއާ ވާހަކަ ދައްކާލަން.. މިހާރަކު ނޫން.. ކަންކަން ހަމައަކަށް އެޅުނީމަ. ހީ ނީޑްސް ޓައިމް ޓު ތިންކް އެންޑް ސެޓްލް..” ރޭގައި އޭނަޔާ ޝަފްވާނާ ދެމެދު ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް މިއަލް ބުނެލިއެވެ. މިލީން ހިނިތުންވެލިއިރު ލޮލަށް ކަރުނަ ގިނަވެފައި ހުއްޓެވެ. އޭނާ ކުއްލިއަކަށް މިއަލްގެ ގައިގައި ބައްދާލައިފިއެވެ. ކުޑަކޮށް ސިހުނު ނަމަވެސް މިއަލް ވެސް މިލީންގެ ގައިގައި ބައްދާލިއެވެ. ދުވަހަކު ވެސް ވަކިވާން ބޭނުންނުވާ ހާލުއެވެ.
**************
ދެމަސް ފަހެވެ. އާދީއްތަ ދުވަހެއްގެ މެންދުރު ފަހެވެ. މިލީން އިނީ ރީއަލާއި ކިއަނާއާ އެކުގައެވެ. ދޮންބެއާ ގާތް ގުޅުމެއް އުފައްދަން އޭނާ ބޭނުމެވެ. ރީއަލަށް ވުރެ ކިއަނާ އާއި މިލީން ގާތްވިހެން ހީވެއެވެ. އެ ދެމީހުން އެހެން އުޅެލާފައި އަނގަ ތަޅަން އިންނަ މަންޒަރު ފެނެއެވެ. އެހެނަސް މިލީން އެންމެ ގާތީ މިއަލްއާއެވެ.
“އަދިވެސް ހާދަ ވިއާރޑްއޭ.. އެލް ނޫންކަން އިނގޭއިރު ވެސް..” ކިއަނާ މިލީންގެ މޫނަށް ބަލާލާ މީ ހަތްވަނަ ފަހަރު ކަންނޭނގެއެވެ. މިލީން ހީނލާފައި ބޯ ހޫރާލިއެވެ. ކޮއްކޮގެ އެންމެ ގާތް އެކުވެރިއަކަށް ހޮވިފައި މިވަނީ އަނގަގަދަ މިތުރެކެވެ. މިއަލްގެ ހަމަހިމޭންކަމާއި ކިއަނާގެ އަނގަގަދަކަން ނުހަނު ގުޅެއެވެ.
“ދޮންބެ އާއި ކިއަނާ މެރީކުރަނީ ކޮން އިރަކުން..؟” މިލީން އެއްސެވެ. ރީއަލް ހިނިތުންވެލިއިރު ކިއަނާ ކުޑަކޮށް ރަކި ވެއްޖެއެވެ. ސޯފާގައި ލެނގިލާފައި ރީއަލް ކަލަންޑަރުން އޭނަޔާ ކިއަނާ ކަނޑައެޅި ދުވަހަށް ބަލާލައިފިއެވެ.
“އަންނަ އަހަރު.. ލީން ވެސް ވާނެ ބައިވެރިވާން..” ރީއަލް ބުނެލިއެވެ. އެއަށް ޖަވާބު ދޭން އުޅެފައި މިލީން ފުއްދާލީ ހިނިތުންވުމަކުންނެވެ.
“ކޮބާ ހިނގާ ކުޅެން.. މިއައީ ކާޑުތައް ހިފައިގެން…” ތަން ގުގުމާލީ އަހުނަފްގެ އަޑުންނެވެ. މިޝްލާ އެދުނު ފަދައިން އެމީހުންނާ ވީހާވެސް ބޮޑަށް މިލީން ބައިވެރި ކުރަން އެންމެން ވެސް ބޭނުންވެއެވެ. ތަނާ ވެސް އައިސް މިލީން ގާތު ހާލު އަހާލިއެވެ.
“އެލް ކޮބާ..؟” އެންމެންގެ މޫނަށް ވަކިވަކިން ބަލާލާފައި އަހުނަފް އެއްސެވެ.
“މިހުރީ..!” ފަހަތުން މިއަލް ގޮވާލިއެވެ. ޝަފްވާނާއެކު ފިހާރައަކަށް ގޮސްފައި އޭނާ އެއައީ ދެންމެއެވެ.
މިލީން އާއި ޝަފްވާން ވެސް ވާހަކަ ދައްކައިފިއެވެ. ދެމީހުން ވެސް އެކަން ކޮޅެއްގައި ޖެއްސީ ފޯނު މެދުވެރިކޮށް ރަނގަޅަށް ވާހަކަ ދައްކައިގެންނެވެ. އެކަކު އަނެކަކުގެ ކޮޅު އެނގިގެންނެވެ. ބައްދަލު ކުރަން އަދި މާ އަވަސް ކަމަށް ދެމީހުން ވެސް ގަބޫލު ކުރިއެވެ. އެކުވެރިންނަށް ވުމަށް މިލީން އެދުމުން ޝަފްވާން ބުނީ އޭނާއަށް އަދި ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އޭނާގެ ހަޔާތުގައި ކުރިން ހުރި ފަރާތަކަށް ވާތީ އަދި މިއަލްގެ ދައްތައަށް ވާތީ އޭނާ މިލީންއަށް މާފް ކުރަން ބޭނުންވެއެވެ. މިލީން ވެސް އެކަމާ އެއްބަސްވެ އޭނާ ވެސް އެކުވެރިންނަށް ވާން ބޭނުންވަނީ މިހާރު ނޫންކަމަށް ބުންޏެވެ. އަދި އޭނާ މުޅިން ހަމައަކަށް އެޅުމުން ޝަފްވާންގެ އެކުވެރިއަކަށް ވާނެކަމުގެ ޔަގީންކަން ދިނެވެ. މިއަލް އާއި ޝަފްވާން އެކުގައިވުމަކީ މިހާރު އޭނާ އެދޭގޮތް ކަމަށް މިލީން ބުންޏެވެ. މިލީންގެ އެ ނިންމުންތައް ޝަފްވާން ބަލައިގަތީ ސާފު ހިތަކާ އެކުގައެވެ. ކުށް ކުރެވޭނީ އިންސާނުންނަށެވެ. ކުރެވުނީ ކިތަންމެ ބޮޑު ކުށަކަށް ވިޔަސް މިލީން އެހުރީ ބަދަލުވާން ތައްޔާރަށެވެ. ކުރެވުނު ކަންތަކާމެދު ހިތާމަކޮށް މިލީން މާފަށް އެދުމުން އޭނާ ވެސް ހިތްބުރަ ކޮށްގެން ހުންނަން ބޭނުން ނުވީއެވެ.
“ސީދާ ތިއްތިމެން ފަހަތުން ކަހަލަ ގޮތަކަށް މިއައީ.. އެލް ނާރަނީސް ލިފްޓް ހަމަ ގަސްތުގަ ލައްޕާފަ ނޭނގޭ ކަމަށް ހެދެއެއްނު އެބަ..” މިއަލް އައިސް އަހުނަފް ކުޑަކޮށް ކޮއްޕާލިއެވެ. ތަނާ ހަމަ އަސްލުހޭ އަހާލީ އޭނާއަށް އެމީހުން ފަހަތުން މިއަލް އަރަން އައި މަންޒަރު ނުފެންނާތީއެވެ. ދޫ ނެރިލާފައި އަހުނަފް ހޭންފެށިއެވެ. އޭނާ މިއަލްއަށް ލަނޑެއް ދިނީ ގަސްތުގައެވެ.
“ޝަފްވާން ކައިރީ ބުނޭ އެލް.. އޭރުން މީނަ ހުރިތަނަށް ވަރި ކޮށްލާނެ..” ތަނާ ބުންޏެވެ.
“އޭ އޭނަ މަ ދެކެ ތިއަށްވުރެ ބޮޑަށް ލޯބިވާނެ އިނގޭ.. ތި އުޅެނީ ހަމަ މަގޭ ފަކީރު އަމިއްލަކުރާ ހިތުން..” އަހުނަފް އަމިއްލަ ގައިގައި ބައްދާލަމުން ބުނެލީ ނިކަމެތި ރާގަކަށެވެ. އެންމެން ގާތަށް ހިނިއައެވެ.
“ކޮބާތަ ޔުއެލް..؟” އަހަން ނާހަން އިނދެފައި މިލީން އެއްސެވެ. ހަވީރު ކުޅެން ރާވާފައި އެންމެން ހަމަވީއިރު ވެސް ޔައުލާން ނާންނާތީއެވެ.
ޝަފްވާން ވެސް ދޭތެރެ ދޭތެރެއިން މިކަހަލަ މަޖާ ކަންކަން ކުރަން އެމީހުންނާ ބައިވެރިވާން އާދެއެވެ. ނަމަވެސް މިލީންގެ އެދުމަށް އިހްތިރާމްކޮށް އޭނާ އެހާ ގިނައިން ނައިސް މިލީން އާއި މާ ގިނައިން ވާހަކައެއް ވެސް ނުދައްކައެވެ. އެހެން މީހުންނާއެކު އޭނާ ވަގުތު ހޭދަކުރަނީ މިލީން ނުހުންނައިރުއެވެ. އެކަން ވެގެން ދިޔައީ މިލީންއަށް ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
މިލީންގެ މި ސުވާލުން އެންމެން ހައިރާން ވެފައި އެކަކު އަނެކަކުގެ މޫނަށް އަވަސް އަވަހަށް ނަޒަރު ބަދަލު ކޮށްލައިފިއެވެ. މިއަލް ވެސް ބުމަ އަރުވާލާފައި މިލީންއަށް ބަލާލިއެވެ.
****އިއްޔެ ރޭ****
“ވަޓް..؟؟؟؟؟” އެންމެންނަށް އެއް އަޑަކުން އަހާލެވުނެވެ.
އެ ގްރޫޕު އެއްކޮށް ތިބީ މިޝްލާމެންގެ ބައިގައެވެ. މިލީންއަށް އެވަގުތު ނިދިފައި އޮތުމުން އޭނާ ނޫން އެންމެން އެތަނުގައި ތިއްބެވެ. ރީއަލާއި ކިއަނާއެވެ. ޝަފްވާނާއި މިއަލްއެވެ. އަހުނަފާއި ތަނާއެވެ. އަދި ޔައުލާނެވެ.
“އާނ.. މި އުޅެނީ ކެނެޑާއަށް ބަދަލުވާން..” ޔައުލާން އޭނާ ކުރިން ބުނި ޖުމްލަ ތަކުރާރު ކޮށްލިއެވެ. ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް މިއަލްއަށް ޔައުލާންގެ މޫނަށް ބަލާލެވުނެވެ. އެ ދައްކައިގެން އިން ހިނިތުންވުމަކީ މަސްނޫއީ ހިނިތުންވުމެއް ކަން އޭނާ ދެނެގަތެވެ.
“ކީއްކުރަން އެތަނަށް ތިދަނީ..؟” އަހުނަފް އެހުމުން ރީއަލް ވެސް އެއްބަސްވެ ޔައުލާންގެ މޫނަށް ބަލާލިއެވެ. ކިއަނާ އާއި ތަނާ ވެސް އިނީ ޖަވާބަކަށް މަޑުކޮށްގެންނެވެ.
“ދެން.. މާހައުލު ބަދަލު ކޮށްލަން.. ފޯ ނިއު އޮޕޮޗުނީޓީސް އެންޑް ސްޓަފް ލައިކް ދެޓް..” ދެއަތް ދެއަތާ އުނގުޅާލާފައި ޔައުލާން ބުނެލީ އިސްތަށިގަނޑުގައި އަތް ހިންގާލަމުންނެވެ.
“މަންމަމެންނާ މިއްތައަށް ވެސް އަންގައިފިން.. މަންމަ އުޅުނު ވަރަށް ޚިޔާލު ބަދަލު ކުރެވޭތޯ ވެސް.. އެކަމަކު ބައްޕަ ވަރަށް އުޅެގެން އެއްބަސްވެއްޖެ.. ބަލަ މިދަނީ އުމުރަށް އެތަނުގައި އުޅޭކަށް ނޫނޭ.. އަންނާނަމޭ މިކޮޅަށް ވެސް އެހެން އުޅެލާފަ..” އެންމެން ހަމަޖެއްސުވޭތޯ ޔައުލާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރީއަލް އިނީ މޫނު ހަދައިގެންނެވެ. އެންމެ ގާތް އެކުވެރިއެއް ފަދަ ޔައުލާން އެހާ ދުރަށް ދާން އުޅޭތީއެވެ. ކިއަނާ ވެސްމެއެވެ.
މިއަލް ވެސް އިނީ ދެރަވެފައެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ދިމާވެ އެކުވެރި ވެވުނު ޔައުލާނަކީ އޭނާގެ ހިތުގައި މަތީ ދަރަޖައެއް ދެވިފައިވާ މީހެކެވެ.
“އެބަ އަންނަން ލީން ގާތު ބުނެފަ..” ޔައުލާން ތެދުވިއެވެ. މިލީންގެ ކޮޓަރިއަށް ދިޔުމަށެވެ. މިއަލް ބޯ ޖަހާލާފައި ޔައުލާން ދިޔަ ދިމާއަށް ބަލަން އިނދެވުނެވެ. އެ ހިތުގައި މިވަގުތު ދައުރުވާނީ ކޮންފަދަ އިހުސާސްތަކެއްބާއޭ މިއަލް ހިތަށް އެރިއެވެ. އެއާއެކު ސުވާލުވެސް އުފެދުނެވެ. ނުހަނު ބުރަ މަސައްކަތުން މިލީން އެނބުރި އައުމުން ޔައުލާން މި ފަސްގަނޑު ދޫކޮށް ދާން މިއުޅެނީ ކީއްވެ ހެއްޔެވެ.؟
*********
އަޑުއަހަން އިނދެފައި މިލީންއަށް ފުންމައިގެން ތެދުވެވުނެވެ.
“އަހަރެމެން ހީކުރީ ރޭގަ ލީން ގާތު ބުނެފަ ކަމަށް އޭނަ އައީ.. ތި ކޮޓަރިއަށް ގޮސް ނިކުންނަން ވެސް އެހާ ގިނައިރު ވިއްޔާ..” ރީއަލްގެ ހައިރާންކަން އަދިވެސް ފިލާ ނުދެއެވެ. މިލީން ބޯ ހޫރާލިއެވެ. އަދި ރޭގައި ޔައުލާނާއި އޭނަޔާ ދިމާ ނުވާކަމަށް ބުނެލިއެވެ. އެންމެން ވަށައިގެން އެނބުރެމުން ދިޔަ ސުވާލު މާކުތައް ވީ އިތުރެވެ. މިލީން ދެލޯ މަރާލާފައި ހަނދާން ކުރެވޭތޯ ބެއްޔެވެ. އެހެނަސް ރޭގައި ޔައުލާން ފެނުނު މަތިން އޭނާ ހަނދާނެއް ނުވިއެވެ.
“ބަޓް އައި ނީޑް ޓު ސީ ހިމް..” މިލީންއަށް ބުނެވުނީ އާދޭހުގެ ރާގެއްގައެވެ.
“އިރުކޮޅެއް ވެއްޖެ އެއާރޕޯޓަށް ނައްޓާލި ފަހުން.. ފުރުވަން ދާން އުޅުނީމަ އަހަރެމެން އަޔަކަ ނުދިން.. އަލީސާ ދައްތަ އާއި ޒާމިންބެ އެކަނި ދިޔައީ.. މިއްތަ ވެސް ދިޔުން މަނާކުރީ.. މަށަށް ހީވިޔޭ އޭރުވެސް މީނަ ކުޑަކޮށް ފާޑަކަށޭ މި ދުވަސްކޮޅު އުޅުނީ.. ހަމައެކަނި މަަށަށް ވިސްނޭ ގޮތް ކަމަށް ހީކޮށް ނާހަން ހުރީ.. ދެން އެންމެން ވެސް ވަރަށް ބިޒީ ދުވަސްކޮޅެއް ދޯ ލައިފަށް މިއައި ބަދަލުތަކާ ހުރެ..” ރީއަލް ބޯ ކަހާލައިފިއެވެ.
މިލީންއަށް ބޯ ހޫރާލެވުނެވެ. ހާސްވެ ހުރެއެވެ. އަހުނަފް މިލީންގެ ކޮނޑުގައި ޖަހާލީ ތެދުވަމުންނެވެ.
“ހިނގާ އެއާރޕޯޓަށް ދާން.. އަދި ނުދާނެ.. އަހަރެމެން ލަކީ އިއްޔާ އަދި ލައްވާލާނެ..” އަހުނަފް އެހެން ބުނުމުން މިލީން އަވަހަށް ބޯ ޖަހާލާފައި ތެދުވިއެވެ. އެންމެންގަނޑު ދާން އުޅުމުން ލަސްވާނެ ކަމަށް ބުނެ އަހުނަފް ދިޔައީ ހަމައެކަނި މިލީން ގޮވައިގެންނެވެ.
ޝަފްވާނާއި މިލީން އެކުގައި އުޅުނު ދުވަސްވަރު ޔައުލާނާއި މިލީންގެ ދެމެދުގައިވީ ގާތް ގުޅުން އޭނާއަށް ވަނީ ފެނިފައެވެ. އަންގާވެސް ނުލާ ޔައުލާން މިފަދައިން ފުރުމުން އެ ހިތަށް ކުރާނެ އަސަރު އަހުނަފަށް ވެސް އެނގެއެވެ. މިލީން އެކަނި ގެންދަން ބޭނުންވީ ވެސް އެމީހުންނަށް ވަގުތުކޮޅެއް ދޭށެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





v reethi
Thankyou sm mary💕
Loving the time skips. Assu beykaaru haasaru thakaa details tha nulaa awesome stry eh genesdheythi vv happy vey 😘😍💝
I’m really happy you like the time skips, Thankyou sm dear💕
Ahunf >>>
Siu ge emme emme fav hama he is the best charecter
Thankyou yoon shafwan ah visnaadhineethee
Mial and Shafwan cutest.. emme loabi dhe meehun
Yaulaan keevve Caneda ah furany..??
Cant wait for the next part
I was thinking the same
why did Yuel leave dhivehi raajje?
Mi part great Ly yoon💗💗💗
Milyn thnkgod 😭 heekury ekujjaa yakkah nuvisneyneh kamah..
Love this story
#teamyoon
I’m loving the love ahunaf’s receiving 🥹💕
yess ofc shafwaan has too big of a heart
Lets see dhw keehvegen kan yaulaan Canada ah dhany
Thankyou sm siu💕
Lets see why he left Maldives
Thankyou sm Zuka, Lym!💕
Haha but visnijje dhw milyn ah enme fahun🥹
Thankyouu sm udhuma!💕
Plz shafvaan & mial moments gina kodheythi
Yuel & milyn vx gulhuvahche yoonys❤️❤️ lysm darl
Insha allah 🥹
Letss see dhw
Thankyou sm izaako, Lym!💕
when next part ?
Next part insha allah 17th Feb vaa Tuesday ga
Thankyou dear!💕
masha allah mi part ves varah reethi cant wait for the next part ?
Thankyouu sm dear💕🥹
Mial and Shafwaan💘💘💘💘best couple ever!!!
finally they started rel eh…Cant wait for the next
Yesss they finally started dating!💕
Thankyouu sm dear!💕
alhugadah mihaaru enme salhy navaal aa mishla yaa
Mi part ves varah varah reethi ❤️
Haha yess the parents! 🥹 Glad you like themm
Thankyouu sm sofy💕
OMG!!! Mial & shafwaan so cute! congrats 🎊
mileen ahves visnijje dhw but yaulaan ekuree haadha heenukuraa kahalaige kamekey but sheez ah heevey adhi yaulaan annaanehen dww yoon!🙃🙃🙃
Ly 💛
Sheez Kiyangey huriyaa part ehves but comment nukurevenii
Alhey mi part ves v reethi MA!!☺️
V courious next part ah!☺️☺️
When next !💚
Yesss🥹
Yeah hee vx nuvey dhw yaulaan ekahala kameh kohfaane ey. Lets see dhw dhn
Haha it’s okay im happy as long as you enjoy reading the story comment nukohlevunas🥹💕 So happy to see your comment!
Thankyouu sm Sheez! Lym dear!🥹💕
Salhi mi part ves
Waiting 4 the next
Loabivey pretty girl😘😘
Thankyou sm Juman, Lym💕
yual aannaaneh adhi dhw yoon?
Timeskips ithuru kollaba
imo date kuran fashaafa maa gina koosani eps are boring. Just my opinion mihen buneema kaalaaneekee nunn
Annaane baa? Letss see! 🥹
Yeah honestly me too, ehnve time skips laafa eynee.
Dhn nueh kaalaane ehnu🥹 everyone’s free to express their opinions here. Glad you shared yours!
Thankyou sm dear!💕
Mi part ves varah reethi. Aww mial and shafwaan soo cute. I think milyn has started to falling for yaulaan. Alhey yaulaan nudheyba, yaulaan canada ah dhanee keevve baa? Curiously waiting for next part???
Thankyouu sm Miss jennie💕🥹
Yesss fr so cutsie!
Yeah milyn kudk feels eba aadhey dhw
Letss find the answers in the upcoming parts
Next part pleaseeeeee… i love this story sm.. you are so talented masha allah..