Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 45

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 13, 2026 9 Mins Read
32 Comments

* ފަހަތުން އައި މިޝްލާއަށް ޔައުލާން ދެއްކުމުގެ ކުރިން މިއަލް ފެނިއްޖެއެވެ. ހައިރާންވެފައި އޭނާއަށް ބަލާލެވުނީ ލޮނުގަނޑަށް ވެއްޓުނު ކުއްޖާއަށެވެ. އޭރު ފަހަރަކު މީހަކު ހަމަވަމުން ހަމަވަމުން ހަމަ ވެއްޖެއެވެ. އެންމެން ވެސް ތިބީ ގުނބުހިލިފައެވެ. ބަނޑުގައި އަތް އަޅައިގެން ތަނާ ގުދަށް އޮތް އިރު އަހުނަފްގެ ނިތްކުރިން ވަނީ ދާހިލިފައެވެ. ހައިފާ އަނގަ ހުޅުވިފައި ހުރިގޮތުން އޭނާ ވެސް ނޭވާ ހަމައަކަށް އަޅުވަނީކަން އެނގެއެވެ. ދުވުމުން ވީ ވަރުބައްޔާ ނުތަނަވަސްކަމާ މަސްހުނިވީއެވެ. “ކިހިނެއް ވެގެންތަ މި އުޅެނީ ޔުއެލް..؟” އަލީސާ އެއްސެވެ. ޔައުލާން އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ވަގުތު ޖެހެނީއެވެ. *

 

*******

 

މިލީން މައްޗަށް އެރިއެވެ. ޝަފްވާން ހުރީ ޖެހި ބުދެއް ފަދައިން ހުއްޓުން އަރާފައެވެ. އޭރު އޭނާގެ ލޮލަށް ކަރުނަތައް ގިނަވެފައިވެއެވެ. ދިޔަގޮތަށް ގޮސް ޝަފްވާން މިލީން ގާތް ކޮށްލައިފިއެވެ.

“ލީން..” ޝަފްވާންގެ އަޑު އައީ ކުރެހިގެންނެވެ. ރުޅި އަންނަން ބޭނުންވިޔަސް އޭނާއަށް ފުރިހަމައަށް ރުޅިއެއް ނާދެވުނެވެ. މިލީން ފެނުމުން އޭނާގެ ހިތަށް ލިބިގެންދިޔަ ތަސައްލީ މާ ބޮޑެވެ. އޭނާ ހެޔޮ ހާލުގައި ހުރުމުންނެވެ. މިލީންއަށް މިފަހަރު ހަރަކާތް ކޮށްލާކަށް ނޭނގުނެވެ. އޭނާ ހުރީ މި ވާނުވާ ނޭނގިފައެވެ. އިރުކޮޅެއް ވަންދެން އެހެން ހުރެފައި ޝަފްވާން މިލީން ދޫކޮށްލައިފިއެވެ.

“މިއާ.. ކޮބާ މިއަލް..؟؟” ޝަފްވާން ވަށައިގެން ހޯދާލައިފިއެވެ. މިލީންގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. އޭނާ ކުރިމަތީ ހުރިއިރު ވެސް ޝަފްވާންގެ ދުލުން ބޭރުވީ މިއަލްގެ ނަމެވެ. ވަށައިގެން ހޯދަން ފެށީ ވެސް މިއަލް ފެނޭތޯއެވެ. އެގޭ އެންމެން އެ ދިމާއަށް ޖަމާވެފައި ތިބިތަން ޝަފްވާނަށް ފެނުނީ ދެނެވެ. ޚުދު އޭނާ ވެސް ހައިރާންވިއެވެ.

“އެހުރީ އެލް..” ނަވާލް ދެއްކުމުން އެންމެންނަށް ކޮރަލްކޯސްޓް ތެރޭ ހުރި މިއަލް ފެނުނެވެ. އެންމެންގެ ހައިރާންކަމާއި ސިހުން އެކުލެވޭ ބެލުން އަމާޒުވީ ޝަފްވާނާ ޖެހިގެން ހުރި އަންހެން ކުއްޖާއަށެވެ. ތެމި ފޯވެފައިވީ އިސްތަށިކޮޅު ކޮނޑާ ހަމައަށް ފޯރައެވެ. ބިރާއި ސިހުން އެކުލެވޭ މޫނުމަތިން ފެންނަނީ ސީދާ މިއަލްގެ ސޫރައެވެ. އަލީސާގެ ދެލޯ ބޮޑުވިއިރު ޒާމިންގެ ތުންފަތް ތުރުތުރު ލައިގަތެވެ.

ނަވާލަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާފައިވީ ފަދައެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ.؟ މިލީން އެމީހުންނާ ވަކިވެގެން ދިޔަ ދިޔުމަކީ އޮޅުވާލުމެއް ހެއްޔެވެ.؟ ނޫނީ އެއީ ކާކު ހެއްޔެވެ.؟

އެންމެ ބޮޑު އަސަރެއް ކުރީ މިޝްލާއަށެވެ. އެތެރޭގައި ހުރި މިއަލް ފެނުމަށް ފަހު މިލީން ފެނުމާއެކު އެއީ އޭނާގެ ދަރިފުޅުކަން ބުނެދޭން މިޝްލާއަށް އިތުރު ހެއްކެއް ބޭނުމެއް ނުވިއެވެ. މިލީންއާ ދިމާއަށް ދާން މިޝްލާ ހިނގައިގަތް ނަމަވެސް ލިބުނު ސިހުމާއެކު މިޝްލާގެ މޫނުމައްޗަށް އަނދިރިވިއެވެ. މިޝްލާ ވެއްޓެން ދިޔުމާއެކު ނަވާލަށް މިޝްލާ ހިފަހައްޓާލެވުނީ ކިރިޔާއެވެ.

“މަންމާ..!” މިލީންއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ދެތިން ފިޔަވަޅު ވެސް ކުރިއަށް އެޅުނެވެ. އެތެރޭގައި ހުރި މިއަލް ވެސް މަންމަައަށް ގޮވާލަމުން ހާސްވެފައި ނިކުމެގެން އައެވެ. އޭނާގެ ހިތް ވެސް ދިޔައީ ތެޅެމުންނެވެ. މިޝްލާއަށް ދެރަ ގޮތެއް ވާން ނޭދޭތީއެވެ. އޭނާއަށް އަމާޒުވެފައިވީ ނަޒަރުތައް ފެނި މިލީންއަށް ރޮވޭގޮތްވިއެވެ. އެންމެން އެއްތާކުން ފެނުމުންނެވެ. އަދި މިޝްލާއަށް ވީގޮތުންނެވެ.

“އެމްބިއުލާންސަށް ގުޅާ..” އަވަސްއަވަހަށް ނަވާލް އެހެން ބުނުމާއެކު ކިއަނާ ފޯނު ނެގިއެވެ. ރީއަލް ވެސް ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުރެފައި އެއްފަހަރު މިއަލްގެ މޫނަށް ބަލާލާފައި އަނެއްފަހަރު މިލީންގެ މޫނަށް ބަލާލެވެއެވެ. އަހުނަފް ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަނާ ވެސްމެއެވެ. އެންމެންގެ ހިމޭން ދުނިޔެއަށް އައި ކުއްލި ބިންހެލުމެއް ފަދައެވެ.

މިޝްލާ ހޮސްޕިޓަލަށް ގެންގޮސް ހޭއެރީ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. އެހުރިހާ ވަގުތަކު ވެސް މިޝްލާ އާއި އެންމެ ގާތުގައިވީ ނަވާލެވެ. މިޝްލާގެ އަތް އޭނާގެ އަތުތެރޭ ފޮރުވާލައިގެން ނަވާލް އިނީ ފެންކަޅި ވެފައެވެ. ލިބުނު ކުއްލި ޝޮކުން ހޭވެރިކަން ދިޔައީ ކަމާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތްކަން ޑޮކްޓަރު ބުނުއްވި ނަމަވެސް ނަވާލްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ޓެސްޓްތައް ހަދާ މައްސަލައެއް ނެތުމުން މިޝްލާ ވޯޑަށް ބަދަލު ކުރިއެވެ. އައިވީ ހުސްވުމުން ދޫކޮށްލާނެ ކަމަށް ވަނީ އަންގާފައެވެ.

***********

އެންމެން ތިބީ ޔައުލާންމެންގެ ގޭގައެވެ. ނަވާޒުމެން ފިޔަވައެވެ. އިޒާއަށް ކާންދީ ނިންދަވާ ހަދަން ޖެހޭތީ ހައިފާ ގެއަށް ދިޔައީއެވެ. ހައިފާއަށް ގޭތެރޭ ކަންކަމުގައި އެހީވެފައި ނަވާޒު ދިޔައީ ނަވާލް ގާތަށް ހޮސްޕިޓަލަށެވެ.

އަލީސާ ހިމޭންކަމާއެކު ރޭގަނޑުގެ ކެއުން ތައްޔާރު ކުރަމުން ދިޔައެވެ. އޭނާއަށް މިއަލް އާއި ކިއަނާ އަތް ގާތް ކޮށްދެމުން ދިޔައިރު ތަނާ ވެސް އޭނާއަށް ވީވަރަކުން އެހީވިއެވެ. އަހުނަފާއި ޔައުލާންގެ އިތުރުން ރީއަލް އުނޯ ގަނޑެއް ޖަހަނީއެވެ. ނަމަވެސް ފޯރިއެއް ނެތެވެ. ތިން މީހުން ވެސް ކާޕެޓް މަތީ އިށީނދެގެން ތިބީ ނެގިމަޑުވެފައެވެ. ކުރިއާ ޚިލާފަށް ޔައުލާން އެންމެ ފަހަރަކު ވެސް މިލީންއަކަށް ނުބަލައެވެ. އޭނާ އިސްދަށަށް ޖަހައިގެން އަތްބައި ހާވަން އިނެވެ.

މިލީން ސޯފާގައި އިނީ އެކަންޏެވެ. ކަކޫމަތީ ބޯ ޖަހައިގެން ދެއަތުން ކަކުލުގައި ބައްދާލައިގެން އިން އިރު ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑުން ވަނީ މޫނުގެ ބޮޑުބައެއް ފޮރުވިފައެވެ. އޭރު ގަޑިން ނުވަގަޑި ސާޅީސް ފަހެއްވެ ދިހައެއް ޖަހަނީއެވެ.

“އަވަހަށް އާދޭ ކާން..” އަލީސާ ގޮވާލުމާއެކު ތިބި ތަނަކުން ތެދުވެ އެންމެން ކާމޭޒު ދޮށަށް ޖަމާވިއެވެ. މިލީން ފިޔަވައެވެ. ކާމޭޒު ކުޑަވެގެން ގޭގައި ހުރި އިތުރު ދެ މޭޒު ނެރެން ޖެހުނެވެ. އާވި އަރައަރާ ހުރި ސްޕެގެޓީ އާއި އާދައިގެ ބަތެވެ. ލައިގެން ކާން މުގުރިހަ ހަދާފައިވެއެވެ. ކުކުޅު ފަޔާ ސޮސެޖް ފިހެފައި ވާއިރު ކިއުކަމްބާ އާއި ކެރެޓް ކޮށާފައި ހުއްޓެވެ. މިރުހާ ލުނބޯއާއި ފިޔާ ފަދަ ތަކެތި ހަމައަށް ހުރިއިރު ސެލެޑް ވެސް ހުއްޓެވެ. ފޮނި އެއްޗަކަށް ހުރީ ތަނާ ތައްޔާރު ކުރި މައިލޯ ޕުޑިންގއެވެ. ބޯން ސްޕްރައިޓާއި އޮރެންޖް ޖޫސް ހުއްޓެވެ. ފުރިހަމަ ސުފުރާއެކެވެ.

އިށީންނަން އުޅެފައި ވެސް މިއަލް ބަލާލީ މިލީންއަށެވެ. އަލީސާ އޭރު މިލީން ގާތު ހުއްޓެނީއެވެ.

“ދޮންތީ.. އާދޭ ކާން..” މިއަލް މަޑުމަޑުން މިލީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އިންގޮތަށް އިނދެ މިލީން ބޯ ހޫރާލިއެވެ. މިއީ މިއަލް އާއި ޔައުލާންގެ ކަމެއް ކަން އެނގުނު ނަމަވެސް މިލީންއަށް އެދެމީހުން ކުށްވެރިއެއް ނުކުރެވުނެވެ. ކުށްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. އޭނާ ގަބޫލު ކުރަން ބޭނުނުވާ ހުރިހާ ކަމެއް މަޑުމަޑުން ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެކަންކަން ބަލައިގަންނަން މަޖުބޫރު ކުރަމުންނެވެ.

“ލީން ދަރިފުޅާ.. ތިހެން ނުކައި އިންނާކަށް ނުވާނެ.. ހަވީރު ސަޔެއް ވެސް ނުބޮންދޯ..؟ އަވަހަށް އާދޭ.. ލީންގެ ފޭވްރިޓެކޭ ކައްކާފަ އެހުރީ..” އަލީސާ ހިނިތުންވެފައި އެދުނީ މިލީންގެ ބޮލުގައި ފިރުމަމުންނެވެ. މިލީންގެ ގިސްލުމުގެ އަޑު ބޭރުވާން ފެށިއެވެ. މިއަލް ޖެހިގެން އިށީނދެ މިލީންގެ އުނަގަނޑުގައި އަތް އަޅުވާލާ ގާތް ކޮށްލައިފިއެވެ. މިލީން އިސް އުފުލާލީ ދެނެވެ.

މޫނާ ދެލޯ ރަތްވެ ދުޅަވެފައި ވާއިރު މި ހުރިހާއިރަކު ހިމޭންކަމާއެކީ ރުއީކަން އަންގައިދެއެވެ. މިއަލް މިލީންގެ ބޮލުގައި ބޯ ޖައްސާލިއެވެ.

“އެކަކުވެސް ނޫޅެ ދޮންތިއާ ދިމާއަށް އެއްޗެކޭ ބުނާކަށް.. އާދޭ ކާން.. ނޫނީ މިތަނަށް ގެންނަންތަ..؟ އައި ވިލް އީޓް ވިތް ޔޫ..” މިއަލް އެއްސެވެ. މިލީން މަޑުމަޑުން ބޯ ޖަހާލުމާއެކު މިއަލް ކާއެއްޗެހި ހިފައިގެން އައެވެ. ދެމީހުން ކާންފެށީ އެކީގައެވެ. މިލީން ކެއީ ނޭފަތް ދަމަމުން ދެލޯ ފޮހެމުންނެވެ. އޭނާއަށް ހުއްޓުމެއް ނެތި ރޮވެނީއެވެ. ކުރި ހުރިހާ ކަމެއް ސިކުނޑީގެ ތެރޭ ކުޅެވެނީއެވެ. މިޝްލާއަށް ވީގޮތް ފެނުމާއެކު ނުފެންނަ އަތަކުން އޭނާ ދުނިޔެއަށް ދަމައިގަތް ފަދައެވެ. ހިތުގައި ފޮރުވާ މަތި އަޅައިގެން އުޅުނު ހިތްދަތިކަމާއި އެކަން ނުކުރެވުނުނަމައޭ ފަދަ ނަމަތައް އެ މަތި ފޫ އަޅުވާލާފައި ނިކުމެ އޭނާ ވަށައިގެން އެނބުރެނީއެވެ. މާފަށް އެދެން މާ ލަސްވެއްޖެއެވެ. މި ހިތާމަވެރިކަމުގެ ބަރު އޭނާ ބިންގަނޑާ ލާ ފިއްތަނީއެވެ. އަމިއްލައަށް ކުރެވުނު މޮޔަ ކަމެއް މުޅި ދިރިއުޅުމާއި ކުޅެނީއެވެ. މުޅިން ނާއުންމީދުވެފައި މިލީންއަށް ކާން ވެސް އުނދަގޫވިއެވެ. ދިރުވާލެވެނީ އެހާ ވަރުންނެވެ. ކަރުގައި އެއްޗެއް ތާށިވެފައިވާ ފަދައެވެ. ކައިގެން ހަކަތައެއް ލިބުމުގެ ބަދަލުގައި އޭނާއަށް އިހުސާސްވަނީ ނުބައި ގޮތަކަށް ބަނޑު ފުރެމުން ގޮސް ހޮޑުލަވަން އުޅޭކަމެވެ.

ކައިގެން ޔައުލާން މިމްރާހަށް ޚަބަރެއް ވެފައި ގްރޫޕް ޗެޓަށް ފޮނުވާލީ މިލީންގެ ހަޔާތުގައި މިހާތަނަށް ހިނގި ކަންކަމުގެ ކުރު ޚުލާސާއެކެވެ. މި ވާނުވާ އެނގި އެންމެންނަށް ފާޅުކުރެވުނީ ހަމްދަރުދީއެވެ. ހިތްހަމަނުޖެހުނަސް މިހާރު ކުރާނީ ވަކި ކީއްހެއްޔެވެ.؟ މިހާރު ރުޅީގެ ހޫނު އަމާޒު ކޮށްގެން ފައިދާ ކުރާނީ ކާކަށް ހެއްޔެވެ.؟

ނަވާލް ފަސްވަރަކަށް ސޭންޑްވިޗާއި އާފަލު ޖޫސްޕެކެޓެއް ގަނެގެން އައިއިރު މިޝްލާ އޮތީ އެ މެސެޖް ކިޔާށެވެ. އޭރު ލޮލުން ކަރުނަ އައިސްފައިވެއެވެ. ހުދު ބާލީސް ތެމިފައި ވުމުން ރޯތާ އިރުކޮޅެއް ވެދާނެކަން ނަވާލަށް ދޭހަވިއެވެ. ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު ނަވާލް އިށީނެވެ.

“ކޮންމެފަދަ އަޖައިބަކުން ނަމަވެސް މިލީން އަހަރެމެންނާ ވަތްކެއް ނުވޭ.. އެއީ ހަމަ އަހަރެމެންގެ ދަރިފުޅު..” ނަވާލް ބުނެލިއެވެ.

“މިއީ އަހަރެންގެ ސަބަބުން ވީ ގޮތެއް.. ލީންއަށް މާބޮޑަށް މިނިވަންކަން ދެވުނީ.. ރަނގަޅަށް ތަރުބިއްޔަތު ނުކުރެވުނީ.. ލީން އާއި ކުރިއަށްވުރެ ވެސް ގާތްވެވުނުނަމަ.. ހުރިހާ ކަމެއް ހިއްސާ ކުރެވޭ ފަދަ މީހަކަށް އަހަންނަށް ވެވުނުނަމަ.. މިހެންނެއް ނުވީސް ކަންނޭނގެ.. ލަދުވެސް ގަނޭ..” މިޝްލާއަށް ހަމަ ރޮވެނީއެވެ. އޭނާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ.

“ތިހެން ނުބުނޭ.. ކިތަންމެ ރަނގަޅު ތަރުބިއްޔަތެއް ދެވުނަސް އެކި ކަންކަން މެދުވެރި ވެގެން ކުދިން މަގުން ކައްސާލައިގެން ދާ ފަހަރުތައް އާދޭ.. އެއީ ނުހުއްޓުވޭނެ ކަމެއް. އަހަރެމެންނަށް ދެންވެސް އޮތީ އެކުދިން ރަނގަޅު މަގަށް އެނބުރި ރުޖޫއަ ކުރެވޭތޯ މަސައްކަތް ކުރުން.. ލީން އެކުރީ ރަނގަޅު ކަމެކޭ އަހަންނެއް ނުބުނާނަން.. އަހަރެން ވެސް ވަރަށް ދެރަވެއްޖެ.. އެކަމަކު ގެއަށް ގޮސް ލީން ދުރުކޮށް ނުލާތި.. މިގަޑީ ދުރު ކޮށްލައިފިއްޔާ އިތުރަށް ސަކަރާތް ވާނީ.. މިބުނަނީ މިވަގުތުން މިވަގުތަށް މާފުކުރާށެކޭ ނޫން.. ލީން އާއި ރީއްޗަށް ވާހަކަ ދައްކާ ނަސޭހަތްދީ ރަނގަޅު ގޮތް ބުނެދޭންވީ.. އަދި ލީން އެކަހެރިކޮށް ބާކީކޮށް ނުލަންވީ.. ގިނަ މީހުންނަށް ހީވާނެ ނުބައިކަމެއް ކުރެވުނީމަ އެ މީހަކު އަވަހަށް ދުރުކޮށްލަންވީއޭ.. އެއީ ރަނގަޅު ގޮތެއް ކަމަށް އަހަންނެއް ނުދެކެން.. ކޮންމެ މީހަކީ ވެސް ކުށް ކުރެވޭނެ މީހެއް.. ލީން ބަދަލުވާން ހުރިއްޔާ އެ ފުރުސަތު ލީންއަށް ހައްގު.. ލީން އެކުރީ މާފްދޭން އުނދަގޫ ކަމެއް… ވަރަށް ވަރަށް ގޯސް ކަމެއް.. އެކަމަކު އަހަރެމެން ވެސް ހިނގާ މަސައްކަތް ކުރަމާ..” ނަވާލް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

އަޑުއަހަން އޮވެފައި މިޝްލާ އެއްބަސްވިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އޭނާގެ ދަރިފުޅެވެ. ކިތަންމެ ރުޅިއައިސް ދެރަވިޔަސް އެ ދަރިފުޅު ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ.؟ މިލީންއާ ބެހޭގޮތުން ދެމީހުން ވާހަކަ ދައްކަން އިނެވެ. އިރުއިރުކޮޅާ މިޝްލާ ރަނގަޅުތޯ ނަވާލަށް އަހާލެވެއެވެ. އެއިން ކޮންމެ ފަހަރަކު މިޝްލާއަށް ހިނިތުންވެވެއެވެ.

މިއަލް އިޝާ ނަމާދު ކޮށްލައިގެން ޔައުލާންގެ އެނދުގައި އިށީނެވެ. ޗާޖަށް ޖަހާފައިވާ ފޯނު ހުޅުވާލީ އުންމީދުތަކަކާއެކު ނަމަވެސް ޝަފްވާންގެ ފަރާތުން މެސެޖެއްހާ ހިސާބުވެސް ނެތެވެ. އިސްޖަހާލާފައި މިއަލްއަށް ފުން ނޭވާއެއް ލެވުނެވެ. ޝަފްވާން އޭނައަށް މެސެޖް ކުރަަންޖެހޭ އެއްވެސް ސަބަބެއް މިއަދު ނެތެވެ. ކޮރަލްކޯސްޓް ކައިރިން އެވަގުތު އެންމެން މެޓަލަކަށް ހިނިއަރާ ބީދައިން މިލީން ވަށާލުމުން ޝަފްވާން ދުރުގައި ބަލަން ހުރެފައި އެތަނުން ދިޔަކަން އޭނާއަށް އެނގެއެވެ. ކަންބޮޑު ވެފައި މިއަލް ގުޅާލީ ޝައްޔާނަށެވެ.

“ކިހިނެއް ވެގެން މިއުޅެނީ..؟” ފޯނު ނެގިގޮތަށް ޝައްޔާނު އެއްސެވެ. އޭނާ ފޮނުވާލި ސްކްރީންޝޮޓަށް މިއަލް ބަލާލިއެވެ. ކޮރަލްކޯސްޓް ކައިރީ އެންމެން ތިއްބާ މީހަކު ނަގާފައިވާ ފޮޓޯގަނޑެކެވެ. އޭގެން މިއަލް އާއި މިލީންގެ މޫނު ވަރަށް ރީއްޗަށް ފެނެއެވެ.

“އެއީ މިލީން.. ވަރަށް ދިގު ވާހަކައެއް.. މިގަޑީ ނެތް ކިޔާދެވޭކަށް.. ކޮބާ ދޮންބެ..؟” މިއަލް އެއްސެވެ. ޝައްޔާން ވީ ހައިރާން ފޯނު މެދުވެރިކޮށް ވެސް މިއަލްއަށް އެނގުނެވެ. ނުހަނު ބޮޑަށް ދަމާލާފައި އޭނނ އޭ ކިޔާ ސުވާލު ފައްޗެއް ކުރުމުގެ ކުރިން ޝަފްވާން ހަވީރު ދިޔަގޮތަށް ގެއަށް ނާންނަ ވާހަކަ ޝައްޔާން ބުންޏެވެ.

ޝަފްވާން ގިޓާ ހިފައިގެން ހުރީ ޝޯއެއްގައެވެ. މިއަދު ތަންކޮޅެއް މީހުން މަދެވެ. ޝަފްވާންގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. އެ އަޑުގައި ވެސް ވީ ތަފާތު އަސަރެކެވެ. ގިނަ މީހުންނަށް ވެސް ޝަފްވާން ފިކުރުތަކެއްގެ ތެރޭ ގެނބިފައި އިންކަން ފާހަގަވިއެވެ. އެހެންކަމުން ފޯރީގެ އަޑު ވެސް އެހެން ދުވަސްތަކާ ޚިލާފަށް މަޑެވެ.

“ޝަފްވާން.. ކޮންތާކަށް ތި ދިޔައީ..؟” މިއަލްއަށް އެހުނެވެ. ޝަފްވާނަށް ގުޅުމުން ފޯނެއް ނުނަގައެވެ. ދެން މިއަލް އިނީ ވިސްނާށެވެ. އަދި ނިންމިއެވެ. އެއީ އޭނާގެ ލޯތްބެވެ. ޝަފްވާން ލޯބިވަނީ އޭނާދެކެ ނަމަ އެ ލޯބި ހޯދަން މަސައްކަތް ކުރަން އޭނާ ތައްޔާރެވެ. ޝަފްވާންގެ ހިތުގައި އޭނައާ މެދު އުފެދިފައިވީ އިހުސާސްތައް ނަފްރަތަށް ބަދަލު ވެއްޖެކަން އަމިއްލައަށް ނިންމުމުގެ ބަދަލުގައި ޝަފްވާންގެ ދުލުން އޭނާ ދެކޭގޮތް އަޑުއަހަން މިއަލް ބޭނުމެވެ. މިހާރު އޭނާއަށް ވެސް ވިސްނިއްޖެއެވެ. ޝަފްވާންގެ މައާފް ހޯދަން ކުރަންޖެހޭ ކަމެއް ކުރަން ވެސް ތައްޔާރެވެ. މިލީންއަށް ޓަކައި ދެރަވި ނަމަވެސް މިއީ ނިމުމެވެ. މިއީ އޭނަޔާއި ޝަފްވާންގެ ވާހަކައެވެ.

ކުޑަގޮތަކަށް ތައްޔާރު ވެގެން މިއަލް ނިކުތެވެ. އޭރު އެންމެން މިލީން ބައިވެރި ކޮށްގެން ފިލްމެއް ބަލަން އިނެވެ. މިލީންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އެކަނިވެލަން ބޭނުންވިޔަސް އެންމެން އޭނަޔާމެދު ބަހައްޓަމުން ދިޔަ ގާތްކަމުން ނުކެރުނީއެވެ. އެ ގާތްކަން އޭނާއަށް އިތުރަށް ކުށްވެރި އިހުސާސެއް ކޮށްދެމުން ދިޔައެވެ ރީއަލާއި ކިއަނާގެ މޫނުމަތިން ފެންނަނީ ބީރައްޓެހި ކަމެވެ. ތަނާ ވެސް އިނީ ފާޑަކަށެވެ. ހަދާނީީ ކޮން ގޮތެއް ކަން ނޭނގިފައެވެ.

އަހުނަފް މިލީންއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިލީން ހަނު ހުންނާތީ އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. އަހުނަފްގެ ހިތަށް ހީވަނީ މީހަކު ފިތަމުން ދިޔަހެންނެވެ. މިއަލްއަކީ އޭނަގެ ކޮއްކޮ ކަމާއި މިއަލް އާއި މިލީންގެ ދެމެދުގައިވީ ގުޅުން އެނގުނުފަހުން އޭނާ ވެސް ހިތާމަ ކުރިއެވެ. ނޭނގި ހުއްޓާ ވަކިވެގެން ދިޔައީ ކޮއްކޮއަކަށް ވާތީއެވެ. އެހެން ހުއްޓާ މިއަދުގެ ހާދިސާއަށް ފަހު އަހުނަފްގެ ހިތުގައި އުތުރި އަރަމުން ދިޔައީ ލޯތްބެވެ. ޚާއްސަކޮށް ޔައުލާންގެ ފަރާތުން މިލީންގެ ވާހަކަ އެނގުނު ފަހުން އޭނާ ހުރީ މިލީންއަށް އުނދަގޫ ވާވަރަށް އަޅާލަން ބޭނުންވެފައެވެ. މިލީންއަށް ރަނގަޅު ގޮތް ބުނެދޭން ބޭނުންވެފައެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައީ ހުސް ސުވާލެވެ. ޝަފްވާނަށް ޓަކައި މިލީން މިހާ ދުރަށް ގޮސްފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ.؟ އޭނާގެ ދެ ކޮއްކޮގެ ލޯތްބަކީ ވެސް އެއް ފަރާތެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

ނަވާލާއި މިޝްލާ ހޮސްޕިޓަލުން ގެއަށް އައެވެ. މިޝްލާ ސިކުންތެއް ވެސް މަޑުނުކޮށް ގޮސް މިލީންގެ ގައިގައި ބައްދައިގަތެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް ދެމައިންގެ އަޑު ފަޅައިގެން ދިޔައީ އެކުއެކީގައެވެ. މިޝްލާގެ އަތުތެރެއަށް މިލީން ވިރިގެން ދިޔައީ ނުހަނު ފަސޭހައިންނެވެ. ދުވަސްތަކެއް ފަހުން މަންމަގެ ގައިގައި ބައްދާލެވުމުން ކުރެވުނު އިހުސާސް ބަޔާންކޮށްދޭން ދައްޗެވެ. އެނބުރި ހިޔާވަހިކަމަށް އާދެވުނު ފަދަ އިހުސާސެކެވެ. މިޝްލާ ވެސް މިލީންގެ ގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެ މަންޒަރު ދެކެން މިއަލް ހުރީ ފެންކަޅިވެފައެވެ. އޭނާއަށް ދެން ބަލާލެވުނީ ގަޑިއަށެވެ.

“އަޅުގަނޑު އެބަ އަންނަން..” ފައިވާނަށް އަރަމުން މިއަލް ބުނެލިއެވެ.

“ކޮންތާކަށް..؟ އެކަނި ދަނީ..؟ ކީއްކުރަން..؟” ނަވާލް އެއްސެވެ. ނަވާލްގެ އަޑުގައި ވީ ވަރުބަަލިކަމެވެ. ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން އޭނާގެ ބެޓެރި ވަނީ ފަހަކަށް ވެއްޓި ރަތްވެފައެވެ.

“ޝަފްވާން ހޯދަން..” ހިތްވަރާއެކު މިއަލް އެހެން ބުނެލީ މިލީންގެ މޫނަށް ބަލާލުމަށް ފަހުއެވެ. ހީކުރި ގޮތާ ޚިލާފަށް މިޝްލާގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިނދެ މިލީން ބޯ ޖަހާލިއެވެ. އަދި ބޮލުގެ އިޝާރާތާއެކު ދާށޭ ބުންޏެވެ. އެ އަޑުގައި އަވަސް އަރުވާލުމެއް ނެތެވެ. އަމާން ދިނީއޭ ބުނާފަދަ ރާގެކެވެ. މިއަލް ކުޑަކޮށް ހީނލިއެވެ.

“ތިއްތި ދާނަން.. އޭނަ ނުވެސް ގުޅާ..” ތަނާގެ އަތުގައި ފިރުމާލާފައި އަހުނަފް ތެދުވިއެވެ. އަހުނަފް ދާކަން އެނގުމުން ނަވާލް މަނައެއް ނުކުރިއެވެ. ޔައުލާންގެ މެސެޖުން އެ ތިން މީހުންގެ ވާހަކަ ވެސް އެނގިފައި އޮތުމުންނެވެ. މިއަލް އޭނާ ދަނީ މާފަށް އެދެން ކަން ވެސް ހިއްސާކުރިއެވެ. އެ ނިންމުމުން ނަވާލް އުފާވިއެވެ. ހެދުނީ ގޯހެއްކަން ދެނެގަނެ އެ ގޯސް ރަނގަޅު ކުރަން މިއަލް އަމިއްލައަށް ބޭނުންވާތީއެވެ. އެ ފިރިހެން ކުއްޖާއަށް ނަވާލުގެ ހިތުގައި ހަމްދަރުދީ އުފެދުނެެވެ. އޭނާގެ ދެކުދިންގެ މެދުގައި އެކުއްޖާ ތާށިވެ ކަން ހިނގައިގެން މިދިޔަ ގޮތުންނެވެ.

އަހުނަފް މިއަލް އާއެކު ނިކުތެވެ. މިލީންގެ މޫނަށް ބަލާލާފައެވެ. މިލީންއާ ކަޅިހަމަވުމުން އަހުނަފް އޭނާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

ކާރަށް އަރައިގެން ފުރަތަމަ ދާން ޖެހުނީ ޕެޓްރޯލް ސްޓޭޝަނަށެވެ. ޝަފްވާން އުޅެފާނެ ތަންތަން ލިސްޓް ކުރަމުން އަހުނަފާއި މިއަލް ދުއްވިއެވެ. އެޕާޓްމެންޓްގައި ޝަފްވާން ނެތުމުން ޝަފްވާން ޝޯ ދޭ ތަނަށް ދިޔައެވެ. އޭނާގެ ބޭންޑްގައި އުޅޭ މެންބަރުންގެ ގެއަށް ދިޔައިރު އެއިން ތާކުވެސް ނެތެވެ. އާފްމެންނަށް ވެސް ޝަފްވާން މިއަދު ފެނިފައި ނުވާ ވާހަކަ ބުންޏެވެ. ހޮސްޕިޓަލަކު އޭނާއެއް ނެތެވެ. އަތިރިމަތިން ވެސް އޭނާގެ ހިލަމެއް ނުވިއެވެ. އެއްކޮޅުން އަނެއް ކޮޅަށް ދެތިން ބުރު ދުއްވިއިރު ވެސް އޭނާގެ ލިސާނެއް ވެސް ނުފެނުނެވެ.

“ރަށު އޮފީހަށް ކަންނޭނގެ މީނަ ގެއްލިގެން އުޅޭކަން އަންގަންވީ..” ކާރަށް އަހުނަފް އެރީ ވަރުބަލި ކަމާއެކުގައެވެ. މިއަދު އެހާ ލޮޑުވެފައި އަރާމު ކުރަން ވަގުތެއް ނުލިބުނެވެ. މިއަލް ވެސް ނުލާހިކު ވަރުބައްޔެވެ. ނަމަވެސް މިރޭ ޝަފްވާން ނުފެންނަނީސް އޭނާ ހުއްޓައެއް ނުލާނެއެވެ.

ދާނެ މަންޒިލެއް ނެތި އެކި މަގުތަކުން ކާރު ދުއްވަމުން އަހުނަފް މަޑުކޮށްލީ ފެންފުޅިއެއް ގަންނަން ދާށެވެ. ކާރުގައި ނިޔަފަތިތަކާ ކުޅެން އިންދާ ކަނޑާލި ތަސްވީރެއް ފަދައިން މިއަލްގެ ސިކުނޑިއަށް އެރީ ޝަފްވާންގެ ކާފަގެ ގެއެވެ. ދެލޯ ބޮޑު ކޮށްލުމާއެކު އަހުނަފް އަންނަންދެން މަޑުނުކޮށް މިއަލް ކާރުން ނިކުމެ ދުއްވައިގަތެވެ.

ހަނދާނުގައި ހުރިގޮތަކަށް ދުވަމުން ގޮސް މިއަލްއަށް އެގެ ކުރިމައްޗަށް އެރުނެވެ. އެތެރެއަށް ވަނުމުގެ ކުރިން ކިޔަންޖެހޭ ދުއާތައް ކިޔަން މިއަލް ހަނދާން ނައްތައެއްނުލިއެވެ. ފަޔަށް ބާރުލާފައި މިއަލް ދިޔައެވެ. އަވަސްއަވަހަށް އެކި ދިމަދިމާއަށް ކަޅި ދަތުރު ކުރަމުން ދިޔައީ ޝަފްވާން ދެކެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ފޯނުން ވަށައިގެންވީ މާހައުލަށް އަލި ކުރަމުން ކުރިއަށް ދިޔަ ނަމަވެސް ޝަފްވާނެއް ނުފެނުނެވެ. ހާސްކަން އިތުރުވެ މިއަލްއަށް ރޮވޭގޮތްވިއެވެ. ފޯނާއެކު އުޑަފައި މައްޗަށް ތިރިވެވުނުއިރު މިއަލްއަށް ރޮވިއްޖެއެވެ. ހޫނު ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު ލޮލަށް ދިލަ ތަދެއް ވަމުން ދިޔައެވެ.

މިއީ ނިމުން ހެއްޔެވެ.؟ އޭނާއަށް ޝަފްވާން ދެން ނުފެންނާނެ ހެއްޔެވެ.؟ ކުޑަމިނުން މާފަށް އެދުމުގެ ފުރުސަތު ވެސް ނުލިބޭނެ ހެއްޔެވެ.؟ ޝަފްވާން އޭނާ ދެކެން ބޭނުން ނުވާނެކަން ގަބޫލު ކުރެވުނު ނަމަވެސް އެންމެ ފަހު ފަހަރަށް ވިޔަސް އޭނާ ޝަފްވާން ދެކިލަން ބޭނުމެވެ. ކަރުނަވީ ދެލޮލާއެކު މިއަލްއަށް އުޑުމައްޗަށް ބަލާލެވުނެވެ. އެހެން އިނދެފައި އަލުން އިސްޖަހާލެވުނުއިރު އަދިވެސް ހުއްޓުމެއް ނެތި ކަރުނަތައް ކޯރު ހަދާފައި ތިރިއަށް ފައިބަމުން ދިޔައެވެ.

“ޕްލީޒް…” މިއަލްގެ ޟަމީރު ހަޅޭއްލަވައިގަތެވެ. ބޭރަށް އަޑު ނީވުނެއް ކަމަކު މިއަލްއަށް އެ އަޑު ނުހަނު ބާރަށް އިވުނެވެ. ބޮލުތެރޭ އެކޯއެއްހެން އެ އާދޭހުގެ އަޑު ފެތުރިގެން ދިޔައެވެ.

“މިއާ..؟”

ސިހިފައި މިއަލްއަށް ތެދުވެވުނެވެ. އަޑުއައި ދިމާ ވަކިކުރަން ނޭނގި މިއަލްއަށް ވަށައިގެން ބަލާލެވުނެވެ. އޭނާގެ ކަޅި ހުއްޓުނީ ވަންނަ ދިމާގައި ގިޓާ އާއި ކޮތަޅެއް ހިފައިގެން ހުރި ޝަފްވާން ފެނިފައެވެ. ޝަފްވާން ހުރީ މިއަލްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މާ ދުރަކު ނޫނެވެ. އެދެމެދުގައި ވާނީ ގާތްގަނޑަކަށް ފަސްވަރަކަށް ފޫޓެވެ. ޝަފްވާން ލައިގެން ހުރީ ހަވީރު ވެސް ލައިގެން ހުރި އެއްޗެއްސެވެ.

އެންމެ ހިނދުކޮޅަކަށް ވެސް މިއަލްއަކަށް ނުހުރެވުނެވެ. ދިޔަގޮތަށް ގޮސް ޝަފްވާންގެ ގައިގައި ބައްދާލެވުނުއިރު މިއަލްއަށް ކުރިއަށްވުރެ ބޮޑަށް ރޮވެން ފެށުނެވެ. އެ ސޫރަ ފެނުމާއެކު ހިތް ފުރިގެން ބަންޑުންވިއެވެ.

“ހޭ.. ހުއްޓާލާ އަވަހަށް.. އިޓްސް އޯކޭ.. އަހަރެން މިހުރީނު..” އަތުގައި އޮތް ކޮތަޅު ވައްޓާލުމަށްފަހު ޝަފްވާން މަޑުމަޑުން މިއަލްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

ރުޅިއައިސްފައި ޝަފްވާން މިހުރިހާއިރަކު އިނީ ވިސްނާށެވެ. އޭނާ ހައްދާލީތީއެވެ. މި ދެބެން އޭނާއަކީ މޮޔައެއް ކަމަށް ހަދައިގެން ކުޅެލީއެވެ. ވާވައްދާލީއެވެ. ނަމަވެސް ހަވީރު ހާލަތު ހުރިގޮތާއި ޔައުލާނާއި މިއަލްގެ މޫނު ފެނި މި ކަންތައްގަނޑުގެ ފަހަތުގައި ވާހަކައެއް ވާކަން ޝަފްވާން ދެނެގަތެވެ. ނަމަވެސް އައި ރުޅި އާއި ވީ ދެރަ އޭނާ ދޫކޮށް ދާގޮތެއް ނުވިއެވެ. ގުނާގުނާ އަދަދު ނުކުރެވޭހާ ގިނަ ޝަކުވާ އުފެދުނެވެ. އެ ދެމެދުގައި ވަނީ އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއްކަން ޚުދު މިއަލްއަށް އެނގޭއިރު، އޭނާ މިއަލްދެކެ ވަނީ ތެދުވެރި ލޯތްބެއްކަން އެނގޭއިރު، އެ ހެދީ ކިހިނެއް ހެއްޔެވެ.؟ މިއަލް އޭނާދެކެ ލޯބި ނުވަނީ ހެއްޔެވެ.؟ އޭނާގެ ލޯބީގެ އަގަކީ މިއީ ހެއްޔެވެ.؟

ނަމަވެސް މިއަލް ފެންނައިރަށް އެހުރިހާ ޝަކުވާއަކާއި ހިތްހަމަނުޖެހުމެއް ދިޔައީ ވަޔަށް ބުރައިގެން ނޫންކަމެއް ވެސް ނޭނގެއެވެ. ޚާއްސަކޮށް މިއަލް ރޯ މަންޒަރު ފެނި ޝަފްވާންގެ ހިތް ވިރިގެން ދިޔައީ އުށްކޮޅެއް ފަދައިންނެވެ. އޭނާ ނޫން މީހަކު ހޯދަން މިއޮއްފަދަ ރޭގަނޑު އެކަނިމާއެކަނި މި ބިރެއް ފަދަ ގެއަށް މިއަލް ނާންނާނެކަން ޔަގީންވެއެވެ. އެހާ ހިތްދަތިވެފައި ކުރީފަހަރު ވެސް މިއަލްއެއް ނުރޮއެވެ. ޝަފްވާންގެ ހިތަށް ހަމަނުޖެހުމެއް ވެރިކުރުވީ މީހެއްގެ ހިތް ފަޅައިގެންދާހާ ބާރަށް މިއަލް ރޮމުން ދިޔުމުންނެވެ.

“ޝްޝްޝް.. އާދޭ އިށީންނަން..” ޝަފްވާން މިއަލް ގެންގޮސް ބެންޗްގައި ބޭންދިއެވެ. އޭނާ މިތާ ވިސްނަން އިނދެ އިނދެފައި ފިހާރައަށް ދިޔައީ ބަނޑުހައިވެގެންނެވެ. މިއަލް ހުއްޓައެއް ނުލިއެވެ. އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. މިއަލް ރޯވަރަކަށް ރޯން ފުރުސަތު ދީފައި އަތުގައި އޮތް ޗިޕްސް ބޮނޑި ކަނޑާލާފައި ޝަފްވާން ކާންފެށިއެވެ. އެތިކޮޅެއް ދިރުވާލަން އުނދަގޫވި ނަމަވެސް ޝަފްވާން ކެއުމައިގެން ކުރިއަށް ދިޔައެވެ. ހިމޭންކަން މަތީ ދެމީހުން އިންނަތާ އެތައް އިރެއް ފާއިތުވެގެން ދިޔައިރު އިވެމުން ދިޔައީ މިއަލްގެ މަޑު ގިސްލުމުގެ އަޑު އެކަންޏެވެ. އިރުކޮޅެއް ފަހުން ދެލޯ ފޮހެލާފައި މިއަލް ޝަފްވާނާ ކުރިމަތިލިއެވެ.

“ޝަފްވާން އަސްލު……” މިއަލް އެ ހިސާބަށް ބުނިތަނާ ޝަފްވާން ބާރަށް ޗިޕްސްކޮޅެއް ހަފާލިއެވެ. އަދި ޖުމްލަ ފުރިހަމަ ކުރުމަށް ހުރަސް އެޅިއެވެ. އޭނާ މިއަލްގެ މޫނަށް ބަލައެއް ނުލައެވެ. އޭނާގެ ނަޒަރު ހުރީ ދިމާ ސީދަލަށެވެ. ގެއާ ދިމާއަށެވެ. ބަލާ މީހަކަށް އެއީ ރޮބޮޮޓެކޭ ވެސް ހީވެދާނެއެވެ.

“ޝަފްވާން އަޑު އަހާބަލަ އެންމެ ފަހަރަކު ވިޔަސް.. މި އައީ…….” އަނެއްކާ ވެސް ބާރަށް ޗިޕްސްކޮޅެއް ހަފާލި އަޑެވެ. މިއަލް ދެލޯ މަރާލާފައި ފުން ނޭވާއެއް ލިއެވެ. ޝަފްވާން އޭނާ ދައްކާ ވާހަކަ އަޑު އަހަން ބޭނުން ނުވުމަކީ ހަގީގަތުގައި ކުޑަވަރެވެ. ދުރަށް ނުގޮސް އޭނާ ގޮވައިގެން މިތާ އިންކަމީ ވެސް މިއަލް ދެކޭގޮތުގައި ބޮޑު ނަސީބެކެވެ. އެހާވަރަށް އޭނާއަށް ޝަފްވާންގެ ހިތަށް އަނިޔާ ދެވިއްޖެއެވެ.

މިއަލް ދެތިން ފަހަރު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް ހެފުމަކަށް ފަހު ހެފުމެކެވެ. ހެފުމަކަށް ފަހު ހެފުމެކެވެ. އޭނާއަށް ޖުމްލައެއްތޯ ބަހެއް ވެސް ރަނގަޅަށް ބުނާނެ ޖާގައެއް ޝަފްވާން ނުދިނެވެ.

“އައި އޭމް ސޮ……….” އަނެއްކާވެސް ހަފާލިއަޑަށް މިއަލްއަށް އަތް މުއްކަވާލެވުނެވެ. އެ ޗިޕްސް ބޮނޑި އަތުކޮޅަށް ހޫރާލަން ވެސް ބޭނުންވިއެވެ.

“ޝަފްވާން އައި ލަވް ޔޫ..” މިއަލް އަޑު ބާރުކޮށް ބުންޏެވެ. ޗިޕްސްބޮނޑީގެ ތުން އަތަށް ބޮނޑި ކޮށްލަމުންނެވެ. އެއާއެކު ގާތުގައި އިން ގަހަކުން ކާޅެއް ވެސް ނުލާހިކު ބާރަށް ގޮވައިގަނެފައި ދުރަށް އުދުއްސައިގަތެވެ. ޗިޕްސްކޮޅެއް ހަފާލަން ފަރިވެލި ޝަފްވާން ވެސް ހުއްޓުން އެރިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (27)

Next

ދެވުނީ ވޭނޭ 44

Next
February 14, 2026

ދެވުނީ ވޭނޭ 44

Previews
February 12, 2026

އަބަދުވޭ ހިތުގާ މަގޭ 2 (27)

32 Comments!

  1. nadhuva says:
    February 13, 2026 at 2:25 pm

    bala balaa huttaa up vi
    V.reethu mi bai ❤️
    Mial wow ily buny eyohgen 😍
    Shafwaan pls forgive her ok
    Lysm yoon ❤️
    com nukuriyas kiyan inge gavaadhun

    1. yooon yooon says:
      February 14, 2026 at 6:08 pm

      aww thankyou sm nadhuva💕🥹Lymm dearr!
      Yess she said ily enme fahunn!
      Thankyouu sm!

  2. Anonymous says:
    February 13, 2026 at 2:26 pm

    Yas mishal visniba thihen…and get tgthr with yaulaan…shafwaan keekey ba bunaani…can’t wait for the nextpart

    1. yooon yooon says:
      February 14, 2026 at 6:09 pm

      Yess mishal pls listen to our readers! Letss see dhw
      Thankyou sm dear💕

  3. sumy says:
    February 13, 2026 at 2:28 pm

    ahunaf haadha rangalhey luv him
    when next..?

    1. yooon yooon says:
      February 14, 2026 at 6:10 pm

      we luv ahunaf!!💕
      Next part insha allah 15th Feb vaa Sunday ga
      Thankyou sm sumy!💕

  4. Anonymous says:
    February 13, 2026 at 3:42 pm

    Ahukko salhi Ahunaf ge nickname akah 😄

    1. yooon yooon says:
      February 14, 2026 at 6:10 pm

      Hahaha yess!
      Thankyou sm dear💕

  5. Miss jennie says:
    February 13, 2026 at 7:58 pm

    Mi part ves varah reethi.someone please throw his chips packet away. Yaulaan and ahnaf is the best finally hageegay falhaa aruvaalaifi. Curiously waiting for the next part????

    1. yooon yooon says:
      February 14, 2026 at 6:11 pm

      Thankyou sm miss jennie!🥹💕
      Yes fr mial should’ve hama yeeted that chips bondi away😭
      Haha yesss they are the best asluvx

  6. thanaaaa says:
    February 13, 2026 at 8:27 pm

    Awesome as usual 🙂

    1. yooon yooon says:
      February 14, 2026 at 6:12 pm

      thankyou sm thanaaaa🥹💕

  7. Anonymous says:
    February 13, 2026 at 8:34 pm

    V v v reethi mi bai ves shafvan hadhaany kihineh baa ey gothah araa varun nuves nidheyne

    1. yooon yooon says:
      February 14, 2026 at 6:13 pm

      Thankyouu sm dear! 💕 Haha letss see dhw next bai annan vaairah sleep well ingey 😭

  8. siu says:
    February 13, 2026 at 8:36 pm

    Ahunaf emme bestu❤️❤️
    Mileen ah heyo visnun dhevvaandheyve aameen
    Shafvwaanoo mial ge apology qabool kurache

    1. yooon yooon says:
      February 14, 2026 at 6:15 pm

      Yess he’s bestbestt!💕 aameen
      Lets see dhww!
      Thankyou sm siu!💕

  9. springbloom says:
    February 13, 2026 at 8:37 pm

    Veryy bery nice<33 cant wait for the next part
    ly yoon<333

    1. yooon yooon says:
      February 14, 2026 at 6:15 pm

      thankyou very bery much springbloom!🥹💕 Lym dear

  10. kiki says:
    February 13, 2026 at 8:38 pm

    Cant wait dhen oi bayah!.. v exciting hisaabakun thi nimmaly..💞💞

    1. yooon yooon says:
      February 14, 2026 at 6:16 pm

      yay thankyou sm kiki💕🥹

  11. ali..zaidey says:
    February 13, 2026 at 8:39 pm

    zaihaan ge marun nuvi feel eh mishla aburaa gatheema keeve vee..?
    vaahaka vrah nice

    1. yooon yooon says:
      February 14, 2026 at 6:29 pm

      maybe because milyn ah mishla ah vygoih hama lolah fenunyma kanneynge dhw! and its her mother. Milyn was very sad zaihaan maru veema vx but she was way too stubborn. And guilty as well. Plus she’s been feeling like she’s taken the wrong path for a while now.

      egothah feelvefa huhtaa and shafwaan ah hageegaih engunu fahun she saw mishla ah vee goih. Thus, all these factors contributed to her feeling how she felt in that scene and later onwards in the house.

      Thankyou sm for sharing your question ali..zaidey! hope this helps💕

  12. zuka💗 says:
    February 13, 2026 at 9:05 pm

    Zuka miyadhu bxy kamun adhi mi kiyuny
    n omy gosh i ❤️ angry love confessions
    Dhekudhin gulhuvachey yoons Lyy💗💗

    1. yooon yooon says:
      February 14, 2026 at 6:30 pm

      Haha it’s okayy!🥹 Glad you liked it!
      Thankyouu sm zuka💕 Lym dear
      Lets see dhww!

  13. idhaan says:
    February 13, 2026 at 9:06 pm

    v salhi queen

    1. yooon yooon says:
      February 14, 2026 at 6:30 pm

      Thankyou sm idhaan!💕

  14. kiyaameeha says:
    February 13, 2026 at 9:12 pm

    V ragalhu ibratheh mi bain libigen dhey.. kudhin ragalhu magun kassaaleema ummeedhu kadaalumuge badhaluga ehy vumaky ragalhu goy.. Mi mujuthamaun ves feney meege samples misaalaka drug beynun koffa islaahu vaan beynun vaa zuvaanun v demotivate kurey…kurin ulhevun gothaa hure vazeefaa gadeh nulibifa dhen ekahala kudhin kihaa hih dhera vaane ragalhu vaan masakai kuraa iru… milyn kury varah nedheyvey kame ekamaku milyn change vaan beynun vanee nama varah ragalhu hurihaa kudhin ehy vaan masakai kurun.. main bafain haasa ko.. Navaalu buny hama 100 ge vaahaka eh.. Author mi kan story ga faahaga kurethee hithuga varah bodah ihuthiraamu ufedhijje.. Aslu wife ah reethi vegen bunaathee kiyan feshi vaahaka eh mee.. Varah kamudhiya mi bai alhugadah.. mi fadha muhimmu message thah story thakun fennaane kama ummeedhu kuran.. baajaveri dhuvahaka edhen..👏🏻

    1. yooon yooon says:
      February 14, 2026 at 6:33 pm

      Thankyouu sm kiyaameeha!💕
      yess yoon vx gaboolu kuran thi vaahaka. It’s mainly why i decided to include that in the story. I’m really happy you liked it.
      Wife ah vx thankyou bunelahchey yoon faraathun, so happy she likes the story!🥹💕
      insha allah yoon try kollaanan mikahala muhinmu messages include kolleveythw!
      Baahjaveri dhuvahakah edhen.

  15. Dhaan says:
    February 14, 2026 at 5:32 am

    Maadhan dhw next part. Can’t wait. Anyways v awesome story eh.

    1. yooon yooon says:
      February 14, 2026 at 6:34 pm

      yess insha allah tmr! Thankyou sm dhaan💕

  16. monkey d Luffy 🤭 says:
    February 15, 2026 at 6:24 am

    Wow varah salhi vhk eh. Damnnn

    1. Anonymous says:
      February 15, 2026 at 2:02 pm

      Where is the other part

Comments are closed.

Next Episodeތި ސޫރަ ނޫން 46←


All Right Reserved!