Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 13

Ara
Ara Level 210 Stories100 Comments
January 27, 2026 3 Mins Read
12 Comments

އެރޭ ފަތިހު ޒިޔާދުގެ ފޯނަށް މެސެޖެއް އައެވެ. އޭގައި އޮތީ ޒިމާމްގެ އެޕާޓްމަންޓްގެ ބިންމަތީގައި އޮތް ޒިޔާދުގެ މީހުންގެ ފޮޓޯއެކެވެ. އަދި އޭގެ ތިރީގައި ލިޔެފައި އޮތެވެ.

“ކަލޭގެ ކޮންމެ ހަމަލާއެއް އަހަރެން ހުއްޓުވާނަން. ކަލޭގެ ނިމުން އަންނާނީ ކަލޭގެ އަމިއްލަ ދަރިފުޅުގެ އަތުން.”

ޒިޔާދުގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ނޭވާ އަވަސްވިއެވެ. “ނޫން… އެއީ އޭނައެއް ނޫން. އޭނަ ވަނީ މަރުވެފައި.” ޒިޔާދު މޮޔައެއް ފަދައިން ހަޅޭއްލަވައިގަތެވެ.

ޒިޔާދުގެ މުޅި ދުނިޔެ ބަދަލުވެއްޖެއެވެ. އޭނާގެ ބާރުގަދަ ސެކިއުރިޓީންނަށް ވުރެ އެ ނުފެންނަ ހިޔަނި މާ ބާރުގަދަވެއްޖެއެވެ. ފަތިހު ލިބުނު މެސެޖާއެކު ޒިޔާދު ހުރީ އަމިއްލަ ހިޔަނި ދެކެވެސް ބިރުންނެވެ. އޭނާ މަނިކަށް ގޮވާލިއެވެ. “މަނިކު. އެ އެޕާޓްމަންޓަށް ދިޔަ މީހުންނަށް ކިހިނެއްވީ؟ އެމީހުން ދިރި އެބަތިބިތަ؟” ޒިޔާދުގެ އަޑު ހުރީ ހާސްކަމެވެ.

“އެމީހުން ހޮސްޕިޓަލަށް ގެންގޮސްފި. އެކަކުގެ ވެސް ފުރާނައަށް ނުރައްކަލެއް ނެތް. އެކަމަކު އެމީހުން ބުނަނީ އެއީ އިންސާނެއްހެންވެސް ހީނުވާހާ ހަލުވި މީހެކޭ އެމީހާ އެއްވެސް މީހަކު މަރައެއް ނުލާ.” މަނިކު އިސްޖަހާލައިގެން ހުރެ ބުންޏެވެ. ޒިޔާދުގެ ހިތް ބާރަށް ތެޅިގަތެވެ. އެއީ ޒޭންގެ އުސޫލެވެ.

މަޑުމަޑުން އިރު އަރަމުން ދިޔައިރު ޒިމާމް އިނީ އޭނާގެ އެޕާޓްމަންޓްގެ ބެލްކަނީގައި ބޭރު ބަލާށެވެ. ރޭގައި ހިނގި ހާދިސާއަށްފަހު އޭނާގެ ލޮލަށް ނިންޖެއް ނައެވެ. އިނާ އޭނާގެ ފަހަތުގައި އައިސް ހުއްޓިލިއެވެ. “ޒިމާމް އަދިވެސް އެކަމާ ވިސްނަނީތަ؟” އިނާ މަޑުމަޑުން އަހާލިއެވެ. “އިނާ އަހަރެންގެ ހިތް ބުނަނީ އެއީ ޒޭންއޭ.” ޒިމާމް ފަސްއެނބުރި އިނާއަށް ބަލާލިއެވެ. “އޭނާގެ ހަރަކާތްތައް އޭނާގެ އިސްކޮޅު.. ހުރިހާ ކަމެއްވެސް ދިމާވޭ.”

އިނާ އެއްޗެއް ނުބުނެ ދުރަށް ބަލާލިއެވެ. “ދުނިޔޭގަ އަހަރެމެން ހީނުކުރާ ކިތަންމެ ކަމެއް ހިނގާ ޒިމާމް. ފަހަރެއްގައި އޭނާ ސަލާމަތްވީ ކަމަށްވެސް ވެދާނެއެއްނު. މާޒީގެ ވާހަކަ ދައްކައިގެން މިހާރު ލިބޭނެ އުފަލެއް ނެތް. މިހާރު އެންމެ މުހިންމީ އަހަރެމެންގެ ސަލާމަތް.” އިނާގެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ. “ނޫން އިނާ. އަހަންނަށް މިހާރު އިނާއަށްވެސް އިތުބާރު ކުރަން އުނދަގޫވެއްޖެ. ރޭގައި އެމީހާ އިނާއަށް ބަލާލި ގޮތުން ހީވީ ކުރިންސުރެ ދަންނަ މީހެއްހެން. އިނާ… އިނާ އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރަން ދޯ؟”

“ޒިމާމް އަހަރެންގެ ދެލޮލަށް ބަލާބަލަ” އިނާ ވަރަށް ގާތްކޮށް ބުންޏެވެ. “އަހަރެމެން މިއީ އެކަކު އަނެކަކަށް ވަޢުދުވެގެން ތިބި ބައެއް. އަހަރެން ޒިމާމްގެ ދިރިއުޅުމަށް އައީ އަދި ޒިމާމް އާއި ކައިވެނިކުރަން ނިންމީ ހަމައެކަނި ލޯތްބަށްޓަކައި. އަހަރެންގެ މުޅި މުސްތަގުބަލު ބިނާކުރަން މި އުޅެނީ ޒިމާމާ އެކީގައި.” އިނާ ފުން ނޭވާއެއްލުމަށްފަހު ކުރިއަށް ގެންދިޔައެވެ. “ޒިމާމްގެ ބައްޕަ އެހާ ބޮޑު ކުޅިގަނޑެއް ކުޅުނުއިރުވެސް އަހަރެން ޒިމާމްގެ އަތުން ދޫނުކޮށް މިހުރީ ޒިމާމް އަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން. ޝައްކަކީ ކޮންމެ ފަދަ ވަރުގަދަ ގުޅުމެއްވެސް ފުނޑާލާނެ އެއްޗެއް. ޕްލީޒް އަހަރެމެންގެ މި ރީތި ގުޅުމުގެ ތެރެއަށް އެފަދަ ވަހުމްތައް ނުވައްދާ.” އިނާ އަނެއްކާވެސް ޒިމާމްގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ. “ޒިމާމް ހީކުރަނީ އަހަރެން މި ހުރިހާ ތަކްލީފެއް މި އުފުލަނީ ބަޔަކު ބުނެގެން ކަމަށްތަ؟ ނޫން. އަހަރެން ޒިމާމްގެ އަނބިމީހާއަށް ވާން ތައްޔާރު މިވަނީ ޒިމާމް އާއި ނުލައި އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާނެތީ. ރޭގައި އެ ފެނުނު މީހަކީ ކާކު ކަމެއް ނޫނީ އޭނަ އެހީވީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު އަހަންނަށް އެނގޭ ކަމަކީ އަހަރެން މިހުރީ ޒިމާމްގެ ހިޔަލުގައިކަން. އަދި އަބަދުވެސް ހުންނާނީ ޒިމާމް އާއި އެއްކޮށް.” އިނާ މަޑުމަޑުން ޒިމާމްގެ މޭގައި ބޯއަޅާލިއެވެ. “އަހަރެމެންގެ ކައިވެންޏާ ހަމައަށް ދާއިރު އަހަރެން ބޭނުމީ ޒިމާމްގެ ހިތުގައި އަހަންނަށްޓަކައި ފުރިހަމަ އަށް އިތުބާރު އޮންނަން. ޒިމާމް އަށް ވުރެ މުހިންމު އެއްވެސް މީހަކު ވެސް އެއްވެސް ސިއްރެއް އަހަރެންގެ ދިރިއުޅުމަކު ނެތް.”

ޒިމާމްގެ ހިތުގައި އޮތް ބަރުކަން ލުއިވެގެން ދިޔައެވެ. އިނާގެ އެ އޯގާތެރި ބަސްތަކުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ އިނާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ބާރަށް ބައްދާލިއެވެ. ޒިމާމްގެ އަތުގެ ތެރޭގައި އިނާ އިންއިރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެއީ އޭނާ ކުޅެމުންދާ ނުރައްކާތެރި ގޭމުގެ އެންމެ ފަހު މަރުހަލާއަށް ދާތީއެވެ. ޒިމާމް އިނާގެ ގައިގައި ބާރަށް ބައްދާލައިގެން ހުރީ އޭނާއަށް ކުރެވުނު ޝައްކާމެދު ދެރަވެފައިވާ ހާލުގައެވެ. ޒިމާމް އަށް އިނާގެ ހިތުގެ ތެޅުން އިވޭނަމަ އެ ހިތް އެ ތެޅެނީ ލޯތްބަކުން ނޫންކަން އޭނާއަށް އެނގުނީހެވެ.

“އަހަރެން ދެން ދުވަހަކުވެސް އިނާއަށް ޝައްކެއް ނުކުރާނަން” ޒިމާމް މަޑުމަޑުން ބުންޏެވެ. “އިނާ ތި ބުނީ ތެދެއް. ޝައްކަކީ ކޮންމެ ފަދަ ގުޅުމެއްވެސް ފުނޑާލާނެ އެއްޗެއް. އަހަރެން ބޭނުމީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އިނާއާއެކު އާ ފެށުމަކުން ފަށަން. އަދި ކައިވެންޏަށްފަހު އަހަރެން ބޭނުމީ މި ހުރިހާ ކަމަކާ ދުރަށް ދާން. ބައްޕަގެ ވިޔަފާރިއާއި މި ހުރިހާ ހަމަނުޖެހުމަކާ ދުރަށް. އަހަރެމެން ދާނީ އެހެން ޤައުމަކަށް. އޭރުން ބައްޕައަކަށްވެސް އަދި އެއްވެސް ނުފެންނަ ހިޔަންޏަކަށްވެސް އަހަރެމެންނަކަށް އުނދަގުލެއް ނުކުރެވޭނެ.” އިނާ ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ފުން ހިތާމައެކެވެ. އޭނާ ޒިމާމްގެ އަތުގެ އިނގިލިތަކާ ކުޅެމުން ދިޔައެވެ. “އަހަރެން ވެސް ބޭނުމީ ތި ގޮތް.”

އެ ވަގުތު ޒިމާމް ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. ރޭގައި ހިނގި ބިރުވެރި ހާދިސާތަކާއި ހާސްކަމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އިނާ މަޑުމަޑުން ޒިމާމްގެ ބޮލުގައި ފިރުމަން ފެށިއެވެ. “ނިދާލާ ޒިމާމް. އަހަރެން މިހުރީނު.” އިނާ ވަރަށް މަޑުން ބުންޏެވެ.

ޒިމާމް އިނާގެ އުނގުމަތީގައި ބޯއަޅާލައިގެން އޮވެ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ޒިމާމް ނިދައިފިކަން ޔަގީންވުމާއެކު އިނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ ދެލޮލުން ފޭދުނީ ކަރުނައެވެ. އެއީ ޒިމާމަށްޓަކައި އުފެދުނު ހަމްދަރުދީއެއް ހެއްޔެވެ؟ ނޫނީ އޭނާ ކުރަން އުޅޭ ކަންތަކުގެ ބޮޑުކަމުން އައި ކަރުނަ ހެއްޔެވެ؟

އިނާ މަޑުމަޑުން ޒިމާމްގެ ޖީބުން އޭނާގެ ފޯނު ނެގިއެވެ. އަދި ޒިމާމްގެ އިނގިލި ބޭނުންކޮށްގެން ފޯނު އަންލޮކް ކުރިއެވެ. އޭނާ އަވަސް އަވަހަށް ޒިޔާދާ ގުޅުންހުރި ބައެއް މެސެޖުތަކާއި ފައިލްތައް އޭނާގެ އަމިއްލަ ފޯނަށް ފޮނުވަން ފެށިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް އޭނާގެ ނިންމުމަކަށް ބަދަލެއް ނާދެއެވެ. މަސައްކަތް ނިންމާލުމަށްފަހު، އިނާ ފޯނު އޮތް ތަނުގައި ބޭއްވިއެވެ.

“އަހަންނަށް މާފުކުރޭ ޒިމާމް.” އިނާ ހިތާހިތުން ބުންޏެވެ. “ޒޭން ބުނީ ތެދެއް. ޤާތިލުންނަށް މާފެއް ނެތް. ކަލެ އާއި ކަލޭގެ ބައްޕަ ބައިވެރިވެގެން ކުރި ކަންތައްތަކުގެ އަގު ކަލޭވެސް ދައްކަން ޖެހޭނެ. މިއީ އަހަރެންގެ ވަޒީފާ އަދި މިއީ އަހަރެން ޒޭންއަށް ވީ ވަޢުދު.”

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ދެވުނީ ވޭނޭ 39

Next

އެކުގައިވާނަން-28

Next
January 27, 2026

އެކުގައިވާނަން-28

Previews
January 27, 2026

ދެވުނީ ވޭނޭ 39

12 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 27, 2026 at 1:16 pm

    No way inaa
    Don’t do such a thing…u guys are soo cute 🥰🥺…pls forget the old days ❤️ and start a new life … Zayn mareh nuvay dhww…tell him to forgive his brother…

    1. Ara Ara says:
      January 28, 2026 at 12:37 am

      Let’s see dhw. Thank you for reading and the comment 🥰🫶🏻

  2. J says:
    January 27, 2026 at 4:02 pm

    You are making me feel so conflicted 😭 I want ziyad to pay for his crimes but at this point I don’t want zimam’s heart to be broken like this..

    1. Ara Ara says:
      January 28, 2026 at 12:40 am

      Let’s see if zimam’s heart can handle what’s coming next 😊

  3. Anaa says:
    January 27, 2026 at 6:40 pm

    He finally found a reason to be a good person and that reason is going to destroy him?? I feel like zayn is testing Ina. He’s watching if she actually falls for him or stays loyal to zayn. Most stories have a clear hero and villain but you’ve made us care for the bad guy too. That is very hard to pull off. Highly appreciate your hard work. 👏🏻❤️❤️

    1. Ara Ara says:
      January 28, 2026 at 12:42 am

      Thank you for the support it really means a lot 🫶🏻🫶🏻

  4. Anonymous says:
    January 27, 2026 at 9:12 pm

    Inaa looks good with zayn aslu. But zimaam and inaa have a good chemistry too. Idk it’s confusing now.. I hope they all get a good happy ending.

    1. Ara Ara says:
      January 28, 2026 at 12:45 am

      I feel the same way writing them. Hopefully i can give them the ending they deserve. 🫶🏻

  5. Anonymous says:
    January 28, 2026 at 2:21 pm

    Ina ah dhera gotheh nahadhahchey. Zayn and ina gulheny. But i feel bad for zimaam 😭.
    Kon irakun next???

    1. Ara Ara says:
      January 28, 2026 at 2:22 pm

      Let’s see. Insha Allah today 😊

  6. Anonymous says:
    January 28, 2026 at 8:07 pm

    Kobaa??

    1. Ara Ara says:
      January 28, 2026 at 8:21 pm

      Pending ga inee

Comments are closed.

Next Episodeބޮޑީގާޑު 14←


All Right Reserved!