ތި ސޫރަ ނޫން 44
* “ދައްކަބަލަ..” ކުޑަކޮށް ހާސްވި ނަމަވެސް މިޝަލް ޚިޔާރުކުރީ އަޑުއެހުމެވެ. ޝަފްވާން ބޯ ހޫރުވާލިއެވެ. އަދި ގޮސްފައި އެވާހަކަ ދައްކާނީ ކަމަށް ބުންޏެވެ. ދެމީހުން މަޑުކޮށްލީ ކޮރަލްކޯސްޓްގެ ފާލަން މަތީގައެވެ. ފަހެއް ޖަހަން އިރުކޮޅެއް އޮތުމާއެކުގައެވެ. އޮޔާވައި ހެޔޮވަރުވަރެއްގައި ހުރިއިރު އިރުގެ ރަން ދޯދިތައް ދިޔައީ ނޫ ސާލެއް ފަދަ ކަނޑުމަތީ ދަޅައަޅަމުންނެވެ. ހަވީރުގެ ފިނި ވައިރޯޅިތައް އައިސް ގައިގައި ބޮސްދީފައިދެއެވެ. ވަޔާއެކީ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު މިޝަލް ހައްޔަރުކޮށްލިއެވެ. “އަހަންނަށް އެދުވަހު ކުރެވުނީ ކޮން ކަމެއްކަން ބުނެދިނުމުން ފަށަމާ..؟” ހަށަން ބަނދެލައިގެން ޝަފްވާން ހުރީ މިޝަލް އާއި ތަންކޮޅެއް ދުރުގައެވެ. ގާތުގައި ހުންނަން ނޭނގޭ އުނދަގޫވަނީއެވެ. *
މިޝަލް ހިންދިރުވާލިއެވެ. “ކުރިންވެސް ބުނީމެއްނު ދެން ތިވާހަކަ ދައްކާނެ ކަމެއް ނެތޭ.. އައި ފޮގިވް ޔޫ އޭ..؟” މިޝަލް އަނެއްކާވެސް ބެލީ ރެކިގަނެވޭތޯއެވެ. އެވާހަކަ އޮބިގެން ދިޔުމާއެކު އޭނާ މިއަލް ގާތު އިތުރަކަށް ނުވެސް އަހައެވެ. ޝަފްވާން ވެސް އެކަން ދޫކޮށްލީ ކަމަށް ހީކޮށެވެ.
“ލެޓް މީ ގެޓް ޔޫ ސަމްތިން ޓު ޑްރިންކް ފަސްޓް..” ޝަފްވާން ފުންނޭވާއެއް ދޫކޮށްލާފައި ކޮރަލްކޯސްޓްގެ ކާއެއްޗެހި ވިއްކާ ދިމާއަށް މިސްރާބު ޖެއްސެވެ. އަދި ދެ އައިސްޑް ޗޮކްލެޓްއަށް އޯޑަރު ދިނެވެ. އެހެން ހުއްޓާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.
“ހަލޯ..؟” ޔައުލާން ހުރީ އެތަނާ މާ ދުރުނޫން ހިސާބެއްގައި ބަލަހައްޓައިގެންްނެވެ.
“އާނ ކީކޭ..؟” ޝަފްވާން ކަންފަތުގައި ފޯނު ޖައްސާލީ ޑްރިންކުން އެތިފޮދެއް ބޯލުމަށްފަހުއެވެ.
“ޑޭޓް ދަނީ ކިހިނެއްތޯ ބަލާލަން ހަމަ ގުޅާލީ..” ޔައުލާން ބުނެލީ ކިތަންމެ އާދައިގެ ގޮތަކަށް ނަމަވެސް ޝަފްވާނަށް ޝައްކު ކުރެވުނެވެ. އޭނާއަށް ނޭޭނގި ކަންތައްގަނޑެއް ހިނގަމުން ދާކަމުގެ ޝައްކެވެ. ޔައުލާން ވެސް ކުއްލިއަކަށް މާ ގާތްވެ އުޅޭތީއެވެ. ޔައުލާންގެ މިޒާޖު ހުންނަ ގޮތް އޭނާ ދަނެއެވެ. އޭނަޔާ މިލީން އެކުގައި އުޅުނުއިރު ޔައުލާން އޭނަައާ މާ ގަޔާނުވާކަން ވެސްމެއެވެ.
“އޯކޭ ހަމަ.. ތެންކިއު އަދިވެސް އެއްފަހަރު..” ޝަފްވާން ފާޑަކަށް ޖަވާބުދިނެވެ. މިޝަލް އާއި ދިމާއަށް ބަލާލަމުންނެވެ. އޭރު މޫދާއި އުޑުމަތީގެ ފޮޓޯ ނެގުމުގައި މިޝަލް އުޅެއެވެ. އިރުގެ އައްޔަށް ރަންކުލައިގެ ހެދުން ދިއްލިފައިވާތީ ވަރަށް ރީއްޗެވެ. ޖެހިލާ ވައިރޯޅިއަށް އެ އިސްތަށިގަނޑު ވިހުރިގެންދާ ގޮތް ވެސްމެއެވެ.
“ޔޫ ނޯ.. ލައިފް އިޒް ފުލް އޮފް ސަޕްރައިޒެސް.. އެއްދުވަހު ގަބޫލުކުރާ ގަބޫލުކުރުން އަނެއް ދުވަހު އޭގެ އިދިކޮޅަށް ވެގެން ވެސް ހިނގައިދާނެ.. އެއީ ދޮގެއް ކަމުގެ ޝައްކު ކުރެވުނަސް އަމިއްލަ ނަފްސަށް އެއީ ތެދެއްކަން ގަބޫލު ކުރެވޭތީ އެކަމުގައި ހިފައިގެން ގިނަފަހަރު ކުރިއަށް ދެވެނީ.. އެއީ ދޮގެއްކަން ސާބިތުކޮށްދޭ ހުރިހާ ހެކިތަކެއް ވަށައިގެން ވިޔަސް އެކަމަށް ކަނުލޮލެއް ދީގެން.. އެ ވަހުމަކީ ތެދެއްކަން ގަބޫލު ކުރަން ބޭނުންވާ ވަރުން ވެސް އެހެން ވެދާނެ.. އެކަމަކު އަމިއްލަ ގަޓް-ފީލިންގްސްއަށް ވެސް ވާނެ ބައެއްފަހަރު އިތުބާރު ކުރަން.. ތިންކް އައުޓްސައިޑް ދަ ބޮކްސް.. އެއަށްފަހު އަމިއްލަ ނަފްސާ އަދި އެއްފަހަރު ސުވާލު ކޮށްބަލަ.. އަދި ތެދުވެރިކަމާއެކު އެ ސުވާލަށް ޖަވާބު ދީބަލަ.. ޑީޕް އިންސައިޑް، ޔޫ ނޯ ދަ އާންސާރ.. އެންޑް ޔެޓް ހިއަރ ޔޫ އާރ، އިގްނޯރިންގ އިޓް.. ޓަރނިންގ އަ ބްލައިންޑް އައި ޓު އިޓް..”
ޔައުލާން ދެއްކީ ކޮން ވާހަކައެއްކަން ނޭނގުނަސް ޝަފްވާނަށް ހުރެވުނީ ހުއްޓުން އަރާފައި ކަހަލަގޮތަކަށް އަޑުއަހާށެވެ. ހީވީ ސީދާ އޭނާގެ ހާލަތަށް ރިއާޔަތްކޮށް ބުނެލިހެންނެވެ. އޭނާއަށް ހަމަހޭވެރިކަމެއް ލިބުނީ އިތުރަށް ގަތް ޕިއްޒާފޮތި ހޫނުކޮށްލާފައި ކައުންޓަރުގައި ހުރި ކުއްޖާ އެ ދިއްކޮށްލުމުންނެވެ.
“ކީކޭ ތި ކިޔަނީ..؟” ޝަފްވާނަށް އެހުނެވެ.
“އެންޖޯއި ޔޯ ޑޭޓް..” ޔައުލާން ކޯލް ކުރުކޮށްލިއެވެ.
ޝަފްވާނަށް ހުރެވުނީ ކަޅުވެގެން ދިޔަ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. ޔައުލާން އެ ދެއްކި ވާހަކައިން އޭނާގެ ބޮލުގައި ސުވާލު މާކުތައް ގިނަވުމުގެ ބަދަލުގައި ހީވީ ކުރިއަށްވުރެ ދެގުނައަށް ރަނގަޅަށް ވިސްނެން ފެށުނު ހެންނެވެ. މި ހުރިހާއިރެއް ވަންދެން ސިކުނޑީގެ ތެރޭ ފެތުރިފައިވީ ދުންފިނިތައް އެއްފަރާތްވި ހެންނެވެ.
އޭނާ މިޝަލްއާ ދިމާއަށް މިސްރާބުޖެހީ ލަސް ފިޔަވަޅުތަކެއްގައެވެ. ކޮރަލް ކޯސްޓްގެ ފާލަން ނިމޭކޮޅުގައި މިޝަލް ހުރީ ކޮޅަށެވެ. ހެދުމުގެ ފަސްބައިގައި އެއްއަތުން ހިފަހައްޓައިގެންނެވެ. ރީތި ފޮޓޯއެއް ނަގަންވެގެން އަތްދަބަސް އެތާ ތިރީގައި ބަހައްޓާފައި އޮތެވެ. ދަބަހުގައި އޮތް ލިޕްސްޓިކް ވެސް އެތާ އޮތެވެ. ފޮޓޯއެއް ނެގުމަށްފަހު މިޝަލް ހުރީ ކުރިމަތީގައިވީ ތަސްވީރެއް ފަދަ މަންޒަރަށް ބަލަހައްޓައިގެންނެވެ. މާ ދުރުން ދޯންޏެއް ދުއްވަމުން ދިޔައެވެ. ހަމަ އެދިމާއިން ދޫނި ބައިގަނޑެއް އުދުހިގެން ދިޔަ ދިޔުން ވެގެންދިޔައީ އެ މަންޒަރު އިތުރަށް ހިތްގައިމު ކުރުވި ކަމަކަށެވެ.
ޝަފްވާން ގޮސް އަލުން އެ ސުވާލު ކުރުމުން ވެސް މިޝަލް އުޅުނީ ވާހަކަ އޮޅުވާލެވޭތޯއެވެ.
“ދެމެދުގައި މިޖެހޭ މައްސަލަތައް ހައްލުނުކޮށް ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން.. އަހަރެމެން ދެމީހުންގެ ގުޅުމުގައި އެކަހަލަ ކަމެއް ވާކަށް އަހަރެން ބޭނުމެއްނޫން.. މިއާ ހިތްހަމަނުޖެހޭ ކަމެއް އަހަރެންގެ ފަރާތުން ތަކުރާރުވާން އަމުދުން ނޭދެން.. ދެޓްސް ވައި އައިމް އާސްކިންގ ޔޫ.. ރުޅިއައިސްގެންނެއް ނޫނޭ.. ކީއްތަ އަހަންނަށް ކުރެވުނީ..؟” ޝަފްވާން ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
މިހާރު އޭނާގެ ހިތުގައި ދިޔައީ ނުބައި ޝައްކެއް ދައުރު ވަމުންނެވެ. ކަންހުޅިން ފެށިގެން ދާތިކިތައް ފައިބަން ފެށުމާއެކު ޝަފްވާން މޫނުމަތި ފޮހެލައިފިއެވެ. މިއީ މިއަލްގެ ގޮތެއް ނޫނެވެ. އޭނާ އަހައިފިނަމަ މިއަލް އަބަދުވެސް ޖަވާބުދާރީވެއެވެ. އަދި ނުވެވޭނަމަ ސާފުގޮތުގައި އެކަން އޭނާއަށް އަންގައެވެ. ގޮތްދޫނުކުރުމާއި ވާހަކަ އޮޅުވާލުމަކީ މިއަލްގެ އާދައެއް ނޫނެވެ. މިއަލްގެ މިޒާޖަށް ބަދަލު އައިފަހުން އޭނާއަށް އަލަށް ފެނިގެން ލިސްޓު ކުރެވިފައިވީ ސިފަތަކަކީ މިއަލްގެ ސިފަތަކެއް ނޫނެވެ. ނަމަވެސް މިލީން……
ކަމެއް ރޭކާލި ފަދައިން ޝަފްވާނަށް މިޝަލްގެ މޫނަށް ބަލާލެވުނެވެ. އޭރު މުޅި ގައިން ހީބިހި ނަގައިގަނެފިއެވެ. މެޔަށް ފިނިފެން އެއްޗެއް ޖެހިހެން ހީވުމާއެކު ނޭވާ އަވަސްވެއްޖެއެވެ. ޝަފްވާނަށް ފަހަތަށް ފިޔަވަޅެއް ނެގުނީ ހިތާހިތުން “މިއީ ކިހިނެއްވާނެ ކަމެއްބާ”އޭ ކިޔަމުންނެވެ. މަޑުމަޑުން ބޯ ހޫރުވަމުންނެވެ.
ޝަފްވާނަށް އަންނަމުން މިދާ ބަދަލުތަކުން މިޝަލް ވެސް ހާސްވާ ގޮތްވިއެވެ. ދެބުމަ ކައިރި ކޮށްލައިގެން ޝަފްވާންގެ ތޫނު ނަޒަރަކުން އޭނާއަށް ބަލަން ހުރި މަންޒަރު ފެނި މިޝަލްއަށް ހީވީ ހިތި އެއްޗެއް ކެވުނު ހެންނެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ބޮޑަށް ކުރިމައްޗަށް ވައްޓާލާ ބޮޑަށް މޫނު ނިވާކުރެވޭތޯ އޭނާ ބެއްޔެވެ. އަދި ޝަފްވާންގެ އަތުގައި ހިފާލިއިރު މިޝަލްގެ އަތް ވެސް ވަނީ ގަނޑުފެން ގަނޑަކަށް ވެފައެވެ.
“މިއާ….؟” ލަސްލަހުން ގޮވާލިއިރު ޝަފްވާންގެ އަޑުގައި މިފަހަރު ވީ ލޯތްބެއް ނޫނެވެ. ޔަގީން ނުވެފައިވާ ކަމުގެ އަސަރެކެވެ. ޝަފްވާންގެ މޫނަށް ބަލާލާކަށް ވެސް މިޝަލްއަކަށް ނުކެރުނެވެ. ފަޅާއަރާފާނެ ކަމުގެ ބިރު ހިތުގައި އިންތިހާއަށް ވިއެވެ.
ޝަފްވާން މިޝަލް ގާތަށް ޖެހުނެވެ. އަދި ދެއަތުން އެ މޫނުމަތީ ހިފިއެވެ. އިސްޖަހައިގެން އޭނާއަށް ދިމާއަށް ނުބަލަން ހުރި މިޝަލްގެ މޫނު އޭނާ އުފުލާލީ ޔަގީން ކުރުމަށެވެ. އޭރު އޭނާގެ ހިތަށް ވަމުން ދިޔައީ ތޫނު ތަދެކެވެ. ހިތަށް އަރާ ފައިބަމުން މިދާ ވާހަކަތަކަކީ ދޮގެއް ކަމަށް އަދިވެސް އުންމީދު ކުރަމުންނެވެ. މިއީ މިލީންއަށް ވާނީ ކިހިނެއް ހެއްޔެވެ.؟ އޭނާއަށް އެވަރުގެ ބޮޑު އޮޅުވާލުުމެއް އޮޅުވާލަފާނެ ހެއްޔެވެ.؟
“ޝަފްވާން..” އެނަން މިޝަލްއަށް ކިޔާލެވުނީ ވައިއަޑުންނެވެ. ނުތަނަވަސްވެފައި ވާވަރުން އޭނާގެ އަޑު ވެސް ރަނގަޅަކަށް ނުނިކުތެވެ. ޝަފްވާނާއި ހަތަރުކަޅި ހަމަނުކުރަން އޭނާ ނުހަނު މަސައްކަތް ކުރިއެވެ. އޭނާ އިންކާރު ކުރަމުންދާ ހަގީގަތާއި ކުރިމަތިލާން ތައްޔާރެއް ނޫނެވެ. ޝަފްވާން ގެއްލިދާކަށް ތައްޔާރެއް ނޫނެވެ.
ޝަފްވާން ރަނގަޅަށް އެމޫނަށް ނަޒަރެއް ދިނެވެ. މިޝަލްގެ މޫނުގެ ކޮންމެ އިންޗިއެއް އޭނާ ދިރާސާ ކޮށްލީ ލަސްލަހުންނެވެ. މިއީ މިއަލްއަށް ނުވެދާނެކަން ރޭކާލުމަށްފަހު އެ މޫނަށް ރަނގަޅަށް ބަލާލެވުމުން ޝަފްވާނަށް އެ މޫނުމަތިން މިއަލްއަށް ވުރެ ބޮޑަށް ސިފަވީ މިލީންއެވެ. ފާއިތުވީ ދުވަސްކޮޅާ މެދު ވިސްނާލެވުމުން އޭނަޔާ އެކުގައި ހުރި އަންހެން ކުއްޖާގެ ކިބައިން އޭނާއަށް ފެނިފައިވީ ހުސް މިލީންގެ އާދަތަކެވެ. އޭނާގެ މިޒާޖެވެ. ވާހަކަ ދައްކާ ގޮތެވެ. މިއަލްއެއް ނޫނެވެ. މިލީންއެވެ.
ޝަފްވާނަށް ހީވީ ވަގުތު ވެސް ހުއްޓުނު ހެންނެވެ. ކަޅިވެސް ޖަހާލަން ނޭނގިފައި ޝަފްވާން މިޝަަލްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެދެލޯ ދިޔައީ ކަރުނައިން ބަރާވަމުންނެވެ. ބަލަބަލާ ހުއްޓާ އެންމެފަހުން ޝަފްވާންގެ ކޯތާފަތްމަތީ ކަރުނަތިއްކެއް ދުވެލައިފިއެވެ.
އެވަގުތު ޝަފްވާންގެ ހިތަށް ކުރަމުން ދިޔަ އަސަރު ބަޔާން ކޮށްދޭން ދައްޗެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ދިޔައީ ވަރުގަދަ ހަނގުރާމައެއް ހިނގަމުންނެވެ. ޝަފްވާނުގެ ބޮލަށް ދެން ސަވާރުވީ އެންމެ ޚިޔާލެކެވެ. އަދިވެސް އެއްފަހަރު މިޝަލްގެ މޫނަށް ބަލާލާފައި ޝަފްވާން އޭނާ ގެނެސް އަތުތެރޭ ގައިދު ކޮށްލިއެވެ.
މި ކުއްލި ހަރަކާތުން ސިހި މިޝަލް ހުރީ ޝަފްވާންގެ ގައިގައި އަތް ވަށާލަން ވެސް ނޭނގިފައެވެ. ނަމަވެސް ނެގިނެގިފައި ޖެހެމުން ދިޔަ ހިތަށް ލުއިކަމެއް އިހުސާސްވީ ޝަފްވާން އޭނާގެ ގައިގައި ބައްދާލުމުންނެވެ. އެގޮތުގައި ސިކުންތުކޮޅެއް ހޭދަވިއެވެ. އެހެން ހުރެފައި މިޝަލް ޝަފްވާންގެ ބުރަކަށީގައި ފިރުމާލިއެވެ.
އެ ބީހުން އިހުސާސް ކުރެވި ޝަފްވާނަށް ލޯ މަރާލެވުނެވެ. އޭނާގެ ތުންފަތްމަތީ ދުވެލީ ހިތި ހިނިތުންވުމެކެވެ. މިޝަލް ގަޔާ ދުރުކޮށްލާފައި ޝަފްވާން އެ ދެލޮލަށް ބަލާލިއެވެ.
“އައިމް ސޮރީ…”
މިޝަލްގެ ދެކޮނޑުގައި ހިފިގޮތަށް ޝަފްވާން އޭނާ ފަހަތަށް ކޮއްޕާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި މިޝަލް ދިިޔަގޮތަށް ވެއްޓުނީ މޫދަށެވެ. ޕަސްލާފައި މިޝަލް ލޮނުގަނޑުގައި ޖެހުމާއެކު ބާނިތައް ހެދި ވަށައިގެން ލޮނު ބުރައިގެން ދިޔައެވެ. އަޑިއަށް ދާން ފެށުމާއެކު މިޝަލްއަށް ލިބުނީ ސިހުމެކެވެ. ހަޅޭއްލަވައިގަންނަން އުޅެފައި ވެސް މިޝަލްއަށް އެކަމެއް ނުކުރެވުނެވެ. ކުޅަދާނަ ފެތުންތެރިޔަކަށް ވާތީ އަމިއްލަ ނަފްސު އެކަން ކުރުމުން ހުއްޓުވީއެވެ. މިޝަލް ބެލީ މައްޗަށް އެރޭތޯއެވެ. އެހެން އެއްވެސް ކަމަކަށްވުރެ މިވަގުތު އޭނާގެ އަމިއްލަ ސަލާމަތް މާ މުހިންމެވެ.
ދިގު ހެދުމުގެ ސަބަބުން ފެތުން ވެގެން ދިޔައީ ދަތި ކަމަކަށެވެ. މައްޗަށް ބޯ ހިއްލާލުމަށް ފަހު ދިގު ނޭވާއެއް ލީ ގޮތަށް މިޝަލް އެންމެ ފުރަތަމަވެސް ހެދުން އޮޅާލީއެވެ. ތިރިން ލައިގެން ހުރި ފަޔަށް ހިފާލާފައިވާ ކަޅު ޓައިޓްގެ ދަށަށް ހެދުން ޖަހާލުމަށްފަހު މިޝަލް ފަތައިގަތެވެ. އޭރު ވިގް ވެސް ވަނީ ތެމި ނެއްޓެން ކައިރިވެފައެވެ. އެކަން މިޝަލްއަކަށް އިހުސާސެއް ނުވެއެވެ. ޝަފްވާންގެ މިއަމަލުން އޭނާގެ ހިތަށް ވަނީ ގޮތެއް ވެފައެވެ. އަނެއްކާވެސް ދިގު ނޭވާއެއް ލާފައި މިޝަލް ފަތަން ފެށީ ފަރިތަކަމާ އެކުގައެވެ. ފެނު ޕަރީއެއް ފަދައެވެ. ފާލަމަށް އެރޭ ސިޑި ހުރީ އަނެއް ފަޅީގައި ކަމުން އޭނާއަށް ތަންކޮޅެއް ގިނައިރު ފަތަން ޖެހުނެވެ.
އެ މަންޒަރު ދެކެން ޝަފްވާން ހުރީ ހިތްދަތިވެފައެވެ. މިޝަލް ކޮއްޕާލުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ޔަގީންކަމާއެކު އެނގެން އޮތީ މިހެންނެވެ. މިލީންއަކީ ފެތުމުގެ މާހިރެއްކަން އޭނާ ދަނެއެވެ. އަދި އެއީ މިއަލް ނަމަ ފަތާކަށް ނޭނގުނީހެވެ. ޝަފްވާން ދެލޯ މަރާލީ އަނެއްކާވެސް ލޯ ފުސްވާން ފެށިހެން ހީވުމުންނެވެ. މި ކަރުނަތަކުގެ ފަހަތުގައި ވަނީ މިލީން މި ދުނިޔޭގައި ހުރުމުން ކަމެއް ނުވަތަ އޭނާ އޮޅުވާލުމެއްގެ ތެރޭ ގައިދު ކޮށްފައި ވާތީ ކަމެއް ބުނެދޭކަށް ނޭނގުނެވެ. އެތަންމެ އިހުސާސަކާއި ޝަކުވާއެއް ސިކުނޑީގައި ބޮނޑިވެ ބޯ ފަޅައިގެންދާން އުޅޭހެން ޝަފްވާނަށް ހީވިއެވެ.
ސިޑީގެ އަތްގަނޑުގައި ހިފަހައްޓާލެވުމާއެކު މިލީންއަށް މާނޭވާ ލެވުނެވެ. ހަށިގަނޑަށް މިފަދަ ކަސްރަތެއް ނުލިބޭތާ ގިނަ ދުވަސްތަކެއް ވުމުން ވަރުބަލިވީއެވެ. އިސްތަށިގަނޑުގައި އަތް ހިންގާލުމާއެކު އަތް މަތަވީ ގޮށެއްގައި ޖެހިފައެވެ. މިއީ އޭނާގެ އަސްލު އިސްތަށިގަނޑު ނޫންކަން ފަޅި ސިކުންތަކަށް ހަނދާނުން ކައްސާލީއެވެ. ބޯ ފަހަތަށް އަރި ކޮށްލެވުމާއެކު ވިގު ކެހިގެން މޫދަށް ވެއްޓުނެވެ. މިލީންއަށް މިކަމެއް ނޭނގެއެވެ. ފަތާލެވުމުން ހިތަށް ލިބުނު ހަމަޖެހުމުގެ ތެރޭ ފީނަން މިލީންއަށް ހުރެވުނީ ލޯ މަރާލައިގެންނެވެ.
އެހެން ހުއްޓާ ދެން ހަނދާންވީ ހާލަތު އޮތް ގޮތެވެ. ތެޅިގަނެފައި މިލީން އަވަހަށް އަރަން އުޅެނިކޮށް ފައި ކައްސާނުލީ ކިރިޔާއެވެ. އެހިސާބުން ޝަފްވާނަށް ހަގީގަތް އެނގުނީކަން އެނގެން އިތުރު ހެއްކެއް ބޭނުމެއް ނުވިއެވެ. ފާލަމަށް އަރާ އިސް އުފުލާލެވުނު ތަނާ ދެން ފެނުނު މަންޒަރުން މިލީން ހައިރާން ކޮށްލިއެވެ.
ކޮރަލް ކޯސްޓްގެ ފާލަން ފެށޭ ހިސާބުގައި މި ތިބީ ހުސް އޭނާގެ އާއިލާ މެމްބަރުންނެވެ.
**** ދެ ގަޑިއިރު ކުރި ****
މިމްރާހާއި ވާހަކަ ދެއްކުމަށްފަހު ޔައުލާން މިއަލް އާއި ކުރިމަތިލިއެވެ. “މިންމި އޯކޭ ދީފި.. ދެން އޮތީ އަހަރެމެންގެ ބައި..” ޔައުލާން ބުނެލިއެވެ.
“ދޮންތިއަށް ހާދަ ބޮޑު ގެއްލުމެކޭ ލިބޭނީ..” ތުންފަތް ހަފަން އިނދެ މިއަލް ބުނެލިއެވެ. ޔައުލާން ގާތަށް ހިނިއައެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އައިސް ވެރިވެގަތީ އެދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ ދުވަސްކޮޅެވެ. މިޒާޖަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައި ނަމަވެސް މިއީ އޭރުވެސް އޭނާއަށް ފެނުނު ބޮޑު ހިތެއްގެ ވެރި މިއަލްއެވެ. މިފަދަ ވަގުތެއްގައި ވެސް މިއަލްއަށް ވިސްނެނީ އިހަކަށް ދުވަހު ބައްދަލުވި މިލީން އާއި ދޭތެރޭގައެވެ.
“ކަންބޮޑުނުވޭ.. ދިސް އިޒް ދަ ކޮންސިކުއެންސެސް އޮފް ހަރ އެކްޝަންސް.. މިއަދު ނޫނީ މާދަމާ ނޫނީ ކޮންމެވެސް ދުވަހަކު މިކަމާ ކުރިމަތިލާން ޖެހޭނެ ލީން.. އަވަހަށް މިކަމަށް ހައްލެއް ލިބިއްޖެއްޔާ ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅޭނެ އިރާދަކުރެއްވިއްޔާ.. މިކަން އައްޔަށް އައިސް އެންމެންނަށް ހަގީގަތް އެނގެންވެއްޖެ މިހާރު.. އެންޑް ޔެސް.. އިނގޭ ކުރީކޮޅު ލީންއަށް ލިބޭނީ ގެއްލުންކަން.. އަހަންނަކަށް ވެސް ވަކި ފަސޭހަ ކަމެއް ނޫނޭ މީ..” ޔައުލާން ދުރު ބަލާލިއިރު ހިތުގައި މީހަކު ހިފާ ފިތަމުން ދިޔަހެން ހީވިއެވެ. މިލީންގެ ހިތަށް އަނިޔާއެއް ދިނުމަކީ އޭނާ ދުވަހަކު ވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.
މިއަލް ޔައުލާންގެ ކޮނޑުގައި އަތް ބާއްވާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޔައުލާން ކުޑަކޮށް ހީލާފައި ފޯނުން ޓައިޕް ކުރަން ފެށިއެވެ.
“މިއަދު ހަވީރު ޔުއެލް ފަރާތުން އެންމެންނަށް ކެއުމެއް.. ބީޗްސައިޑްގަ އިންނަ ރެސްޓޯރެންޓަކަށް. ފައިން ޑައިން.. އެޓް ފޯ ތާރޓީ.. ނަވާޒުބެ ފެމިލީ އާއި ނަވާލްބެ އާއި މިއްތަ އާއި އެލް އެންޑް ރީއަލް އާއި އާނާއަށް އާދެވެންޏާ އަންނައްޗޭ.. މަމް އެންޑް ޑޭޑް ވެސް.. އަހުނަފް ތަނޫ ގޮވައިގެން އަންނައްޗޭ..” ޔައުލާން ގްރޫޕަށް މެސެޖް ފޮނުވާލިއެވެ. ރީއަލް އާއި ކިއަނާގެ ޕާޓީ ނިމިގެން ގޮސްފައިވަނީ އަހުނަފާއި ތަނާ ޔައުލާންގެ އެކުވެރިންނަށް ވެގެންނެވެ.
“ދޮންބެ އާއި އާނާއަށް އާދެވޭނެތަ..؟ މިއަދު ހެނދުނު މިކޮޅަށް އެ އައީވެސް.. ބައްޕަ ވެސް މިފަހަރު އެއައީ މިކޮޅަށް..” މިއަލް އެއްސެވެ. ޔައުލާން ބޯ ޖަހާލީ އެދެމީހުން ގެންނާނެކަމުގެ ޔަގީންކަން ދެމުންނެވެ. އެމީހުންގެ ރޭވުމާ ދިމާކޮށް އިއްތިފާގަކުން އެންމެން މިކޮޅަށް ހަމަވުމުން ޚުދު އޭނާ ވެސް ހައިރާން ކޮށްލިއެވެ.
“އަނެއްކާ ކޮންކަމެއްގެ އުފަލުގަ..؟” މިޝްލާގެ ސުވާލު ވަގުތުން އައެވެ. ޔައުލާން ގާތަށް ހިނިއައެވެ. ޒައިހާންގެ ވިސްނުން ވެސް ހުންނަނީ އެފަދައިން ކަމަށް ވާތީއެވެ.
“ދެން ހަމަ އެންމެން އެއްކޮށް ސައިބޯލަން ދާން ކަމަށް..” ޔައުލާން ޖަވާބު ދިނެވެ. އަހުނަފް ތަނާ ދާނެކަމަށް ބުންޏެވެ. އަލީސާ އާއި ޒާމިންގެ އިތުރުން ރީއަލާއި ނަވާލްގެ ފަރާތުން ވެސް ލިބުނީ އާނ ބަހެވެ. ނަވާޒަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ބުނެ ހައިފާ އާއި އިޒާ ހުންނާނީ އެތަނުގައި ކަމަށް ބުންޏެވެ. އެންމެން ހަމަ ކުރެވުމުގެ އުފާ ކުރަމުން ޔައުލާން މިއަލް ގެއަށް ލާން ދިޔައެވެ.
“މިހާރު ލައިބްރަރީއަށް ކިހިނެއްތަ ވީ..؟” ހަނދާންވުމާއެކު ޔައުލާން އެއްސެވެ. ދައްކަން ޖެހޭ ވާހަކަތަކުގެ ގިނަކަމުން ދެމީހުންނަށް ވަނީ އެންމެ އާދައިގެ ވާހަކަތައް ހިއްސާ ކުރެވޭނެ ގޮތެއް ނެތިފައެވެ. ކާރުގެ ސީޓްގައި ހަމަޖެހިލަމުން މިއަލް އިސްތަށިގަނޑުން ބައެއް އިނގިލީގައި އޮޅާލިއެވެ.
“ހޮސްޕިޓަލް ޑިއުޓީތަކާއެކީ ކްލާސްތަކަށް ވެސް ދާންޖެހޭތީ ކެނޑުނީ.. ދުވަސްކޮޅެއް ވެއްޖެ މިހާރު.. ބޮޑަށް ކިޔެވުމަށް ފޯކަސް ކުރަން ބައްޕަ ވެސް ބޭނުންވަނީ.. އަމިއްލަ ޚަރަދުގަ ކިޔަވަން އުޅުނަސް ބައްޕަ އެކަން ވިޔަކަ ނުދޭ. އިޓްސް އެކްޗުއަލީ ރިއަލީ ހާޑް ހުރިހާ ކަމެއް ބެލެންސް ކުރަން.. އެހެންވެ ޕާޓްޓައިމް ކުރަމުން ކިޔަވަންދާ ކުދިންނާމެދު ވަރަށް ރެސްޕެކްޓް އޮވޭ ހިތުގައި..” މިއަލް ހީނލާފައި ޖަވާބު ދިނެވެ.
“އެހެންތަ..؟ ރިޒަލްޓް ލިބެނީ ކޮންއިރަކުން..؟” ޔައުލާން އެހުމުން މިއަލް އެކަން ވެސް ހިއްސާ ކޮށްލިއެވެ. ޔައުލާން އެހެން ހެއްޔޭ ކިޔާ ގޯޅިއަކަށް ލަނބާލިއެވެ.
“ޖަސްޓް މޭކް އަޕް އޭން އެކްސްކިއުޒް އެންޑް ބީ ލޭޓް.. އަހުނަފް ބުނެފި ހައިފާ ދައްތަ އިންނު އެންޑް ތަނޫ ގޮވައިގެން އޭނަ އަންނާނީ ކާރުގައޭ.. ކޮންމެވެސް އެމީހުންނާ އެއްކޮށް ނާންނާތި..!” ޔައުލާން އެހެން ބުނުމުން މިއަލް އެއްބަސްވިއެވެ.
ގެއަށް ގޮސް މިއަލް އޮތީ ޝަފްވާން ގަނެދިން ސީރީޒް ކިޔާށެވެ. މީހަކު ވަންނަހެން ހީވާއިރަށް ނިދާ ކަމަށް ހެދެން ތައްޔާރަށެވެ. އޭނާ އޮތީ ބޮލަށް ތަދުވާތީ ޖައްސާލަނީ ކަމަށް ބުނެ ހައިފާއަށް މެސެޖް ވެސް ކޮށްފައެވެ. ދަމުން ހައިފާ ދެތިން ބުރަކު ޓަކި ޖަހާލިއެވެ. އަދި މިއަލްއަށް ހޭލެވުމުން ދަންޏާ ނަވާލަށް ނޫނީ އަހުނަފަށް ގުޅާލުމުން ބަލާ އަންނާނެ ވާހަކަ ބުންޏެވެ. އަދި އެވަރުން ނުވެގެން އެހެން ބުނެ މެސެޖެއް ވެސް ކުރިއެވެ.
ފެންވަރާލައިގެން ރަތްކުލައިގެ ޓޮޕަކާއި ގަދަ ނޫކުލައިގެ ދޫ ޖިންސެއް ލާފައި މިއަލް އިސްތަށިގަނޑުން ބައެއް އައްސާލިއެވެ. އަދި ކުރިމަތިން ދެ އިސްތަށިކޮޅު ގަތާލާފައި ވައްޓާލިއެވެ. ތުންފަތުގައި ލިޕްގްލޮސްއެއް ޖައްސާލާފައި މޫނުމަތީ ކުޑަ ފުށްކޮޅެއް ވެސް ޖަހާލިއެވެ. މުތެއް ހުރި ކަންފަތުލާ އެތިކޮޅެއް އަޅާފައި ގަޔަށް ސެންޓު ބުރުވާލައިގެން މިއަލް ނިކުތީ އަތްދަބަސް ހިފައިގެންނެވެ. އޭރު ޔައުލާން ހުރީ ބަލާ އައިހެވެ. ކޮރަލް ކޯސްޓުގެ ފާލަމާއި ޖެހިގެން ކަހަލަ ގޮތަކަށް ހުރި ފައިން ޑައިން އާއި މާ ދުރުނޫން ހިސާބެއްގައި ޔައުލާން ކާރު މަޑުކޮށްލިއެވެ.
“ދެން އޮތީ މަޑުކުރުން.. އެލް ތި ބުނީއެއްނު އަހުނަފް ތަނޫ ގާތު ދެއްކި ވާހަކަތައް އަޑު އިވުނޭ.. ޝަފްވާނަށް ޝައްކުވެގެން އުޅެނީއޭ.. ސޯ މިއަދު އެމީހުން ސަޅި ޑޭޓެއް ނިންމާލާނީ ނޫނީ ޝަފްވާނަށް ކޮންމެވެސް އެއްޗެއް އެނގޭނީ.. ދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ވާނެ.. އުންމީދު ކުރަމާ ވާނީ ދެވަނަ ގޮތް ކަމަށް.. އަދި އަހަރެމެންގެ ޕްލޭން ފުރިހަމަވާނެ ކަމަށް.. އޭރުން ކުރަން ޖެހޭ މަސައްކަތް މަދުވާނެ..” ޔައުލާން ބުނެލިއެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ޚުދު އޭނާ ވެސް އިނީ ފިނިވެފައެވެ.
“ޔަގީންތަ..؟” މިއަލް ނުތަނަވަސް ވަނީއެވެ. މިހާރުވެސް ނިޔަފަތިތަކާއި ކުޅެކުޅެ ނިޔަފަތިގަނޑު ބިންދައިގެން ދާވަރުވަނީއެވެ.
“އާނ.. ޓްރަސްޓް މީ.. ވަރަށް ހީވެ މިއަދު މިކަން ކޮޅެއްގައި ޖެހޭނެހެން.. މިއީ ޝަފްވާނަށް އަމިއްލައަށް ފަޅާއަރަން އޮތް ކަމެއް.. އެހެން އެންމެންނަށް ވެސް..” ޔައުލާން ބުނެލިއެވެ. ފުން ނޭވާއެއް ލާފައި މިއަލް ބޯ ޖަހާލިއެވެ.
“ޔުއެލް މެސެޖް ކޮށްފި ކުޑަކޮށް ލަސްވާނެޔޯ.. ކާއެއްޗެހި ނަގާއިރުން އޭނަޔާ އެލް އާއި ލައިގެން ނަގާށޯ.. އެލް ވެސް ހާދަ ތަތޭ..” ފޯނަށް ބަލަން އިނދެފައި އަހުނަފް ބުންޏެވެ. އޭނާ ބަލިކަން ތަނާ ހަނދާން ކޮށްދިނީ އަތުގައި ޖަހާލަމުންނެވެ.
ޔައުލާން ރިޒާވް ކޮށްފައިވާ މޭޒަކީ ކޮރަލްކޯސްޓުގެ ފާލަމާ އެންމެ ގާތް މޭޒެވެ. އެއީ މަތީބައިގައި ހުރި މޭޒެއް ކަމުން ވަށައިގެންވީ ސަރަހައްދު ނުލާހިކު ރީއްޗަށް ފެނެއެވެ. ދިގު މޭޒު ވަށައިގެން އާއިލާ އާއި ރަހުމަތްތެރިން އިށީނދެގެން ތިބީ ނުހަނު އުފަލުގައެވެ. ތަފާތު ވާހަކަ ދައްކާ ސަމާސާ ކުރަމުން ދިޔައިރު އެދެމެދުގައިވީ ގުޅުން ދިޔައީ ހިނދަކަށްވުރެ ހިނދަކުން ބަދަހިވަމުންނެވެ.
“އަދިވެސް ނާދޭތަ..؟ އެލް އަނެއްކާ އޯކޭތޯ އަހާބަލަ..” ތަނާ އަހުނަފްގެ އަތުގައި ޖަހާލިއެވެ. ހައިފާ އެއަށް ބާރުދިނުމުން އަހުނަފް ހުއްޓުވާފައި ނަވާލް މި ގުޅަނީ ކަމަށް ބުނެ ކަންފަތުގައި ފޯނު ޖެއްސެވެ. އޭރު ނަވާލްގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. މިޝްލާއަށް ހިނިތުންވެވުނެވެ.
“އެބަ އަންނަމޯ..” ނަވާލް ޔައުލާނަށް ގުޅުމަށް ފަހު ބުނެލިއެވެ.
އަނގައިގައި ޑްރިންކްގެ ހޮޅި ޖައްސާލި ކިއަނާ ލޯ ހަނި ކޮށްލިއެވެ. އަދި ރަނގަޅަށް ފާލަމާ ދިމާއަށް ބަލާލިއެވެ. އެއްލިކަޅިއަކުން މި އަޅައިގަތީ ރަންކުލައިގެ ހެދުމެއް ލައިގެން ހުރި މިއަލްހެން ހީވެގެންނެވެ.
“އޭތް.. އެހުރީއެއް ނޫންތަ އެލް..؟” ރީއަލްގެ އަތުގައި ކޮށްޓާލާފައި ކިއަނާ ވައިއަޑުން އެއްސެވެ. ފާލަމާ ދިމާއަށް ބަލާލާފައި ރީއަލް ކިއަނާއަށް ބަލާލީ ހައިރާންވެފައެވެ. މިއަލް އާއި ޝަފްވާން އެއްކޮށް ފެނުމުންނެވެ. އެމީހުން ހިތުން މީ މިއަލްއެވެ. ޝަފްވާނާ އެއްކޮށް ހުއްޓާ ފެނުމުން ހިތްހަމަނުޖެހުނަސް ރީއަލް އެކަން ފާޅެއް ނުކުރިއެވެ. އަހުނަފް އޭނާގާތު ޝަފްވާންގެ ކުށެއް ނެތްކަން ބުނެދިން ނަމަވެސް ކުއްލިއަކަށް މާފްދޭން އުނދަގުލެވެ.
“އެހެންވެ ކަންނޭނގެ ނާދެވިގެން އެ އުޅެނީ..” ވަރަކަށް ދިމާކޮށްލަން ވެގެން ކިއަނާ މެސެޖެއް ކުރަން ފޯނު ނަގަނަގާ އޮއްވާ ރީއަލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތް ކޮށްލިއެވެ.
“އެހުރީ ޔުއެލް ވެސް.. ވަޓް އާރ ދޭ ޑުއިންގ..؟؟” ކޮރަލް ކޯސްޓް ކައިރީ ހުރި ރުކެއްގައި ލެނގިލައިގެން އެހުރީ ޔައުލާނެވެ. ކަޅު ގަމީހަކާ ނޫ ޖިންސެއް ލައިގެންނެވެ. އޭނާ ހަށަން ބަނދެލައިގެން އެދެމީހުންނަށް ބަލަން ހުރިގޮތުން ހީވަނީ ފުޓުބޯޅައިގެ ފައިނަލް މެޗެއްގައި ޕެނަލްޓީ ޖަހާ ވަގުތުކޮޅު ބަލަނީހެންނެވެ. ތުންފަތް ވެސް އެތެރެއަށް މަޅާލައިގެން ޔައުލާން ހުރިގޮތުން އޭނާ ނޭވާލާހެން ވެސް ހިޔެއް ނުވެއެވެ.
ރީއަލާ ކިއަނާ ބަލަން އިންދާ ނަވާލަށް ވެސް މިކަން ފާހަގަ ވެއްޖެއެވެ. ދެން ފާހަގަވީ މިޝްލާ އަށެވެ. ޒާމިންގެ ދެމަފިރިންނާއި ނަވާޒާއި ހައިފާއަށްފަހު އެންމެފަހުން ފެނުނީ އަހުނަފާ ތަނާއަށެވެ.
“މީނަ އެލްއަށް ޕްރޮޕޯޒް ކުރަނީ ނޫންބާ..” އެހެން އެންމެން ހިމޭންކަމާއެކު ވާގޮތް ބަލަން ތިއްބަސް އަހުނަފަކަށް މަޑަކުން ނީނދެވުނެވެ. އަނގަގަދަ ކަމުގައި އަހުނަފަށް ދޫނުކުރާ ތަނާ ވެސް އެއަށް ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ.
އެ މަންޒަރު ދެކެން ހިނިތުންވެފައި މިޝްލާ އިނެވެ. އޭނާ ލޮލުގެ ހިމަކޮޅުން ނަވާލަށް ނަޒަރެއް ދިނެވެ. ނަވާލުގެ ހިނިތުންވުމުގައި އަސަރުތަކެއް ވިއެވެ. ތުއްތުއިރުއްސުރެ ބަލާ ބޮޑުކުރި ދަރިފުޅު އެހުރީ ފުރާ ފުރިހަމަވެ އަންހެނަކަށް ވެފައެވެ. އޭނާގެ ކުޑަކުޑަ އެލް މިހާ ބޮޑުވީ ކޮންއިރަކު ހެއްޔެވެ.؟ ކަމެއް ބަލައިގަންނަ ގޮތަކަށް ހީނލަމުން އެކަނި އިނދެގެން ނަވާލަށް މަޑުމަޑުން ބޯ ވެސް ޖަހާލެވުނެވެ. މިޝްލާ ނަވާލްގެ އަތް މަތީ އަތް ބާއްވާލިއެވެ. މިޝްލާ ހީނލުމުން ނަވާލްވެސް ރީއްޗަށް ހީނލެވޭތޯ މަސައްކަތް ކުރިއެވެ. މިޝްލާގެ އަތަށް ބަލަން ހުރެފައި އޭނާ ސިހިފައި ބޭރު ބަލާލީ އަހުނަފް އެއްޗެކޭ ބުނި އަޑަށެވެ. ތަނާއާ ދެމީހުން ރަކި ހިންޏަކުން ހެނީއެވެ. ފޯރިއަރާފައި އިން ވަރުން އެކަކު އަނެކަކުގެ ގައިގައި ތަޅަމުންނެވެ.
ބަލަން ތިއްބާ ދެން ފެނުނީ ޝަފްވާން ‘މިއަލް’ގެ ގައިގައި ބައްދާލާފައި ކުއްލިއަކަށް ފާލަމުން ބޭރަށް ކޮއްޕާލި ތަނެވެ. މިޝްލާ އާއި ނަވާލަށް ހުރެވުނު ތަން ވެސް ނޭނގުނެވެ.
“އޭތް..!!” “މަގޭ ދަރިފުޅު..!” ދެމީހުންނަށް އެހެން ބުނެވި އަޅާއިތިކޮށް ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ހިނދުކޮޅެއް ވެސް މަޑުނުކޮށެވެ.
ކިއަނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑު ބޭރުވިއިރު ރީއަލަށް އަޑު ބާރުކޮށް މިއަލްގެ ނަމުން ގޮވާލެވިއްޖެއެވެ. ނަވާޒު ވެސް ސުބުހާނައްﷲއޭ ބުނެ ބާރު ފިޔަވަޅުތަކެއްގައި ދިޔައިރު ހައިފާ ވެސް އިޒާ ކިހިލި ޖަހާލައިގެން ހިނގައިގަންނަނީއެވެ. އަލީސާ އާއި ޒާމިން ވެސް އެހާ ކަންބޮޑުވެފައި ތެދުވިއެވެ. އަހުނަފާ ތަނާ ވެސް ދެލޯ ބޮޑު ކޮށްލައިގެން އަވަހަށް ފައިބަން އުޅެގަތެވެ.
އެންމެ އަވަހަށް ނިކުމެވުނީ ނަވާލަށެވެ. އޭނާ އެދިމާއަށް ގޮސްގޮސް އޮއްވާ ޔައުލާން ހުއްޓުވިއެވެ. އަދި ދިޔުން މަނާ ކުރިއެވެ.
“ޔުއެލް މޮޔަވީތަ..؟ ކީއްވެގެންތަ އެހީނުވެ ތި ހުންނަނީ..؟ އޭތް..! މީ ކާކުތަ..؟ ޔުއެލް ދޫކޮށްލާ..!” މާނޭވާލެވިފައި ހުރި ނަވާލް ވާހަކަ ދެއްކީ އާދޭހުގެ ރާގަކަށެވެ. ޔައުލާން ބޯ ހޫރާލިއެވެ. އޭނާއަށް ހުންނަން ޖެހުނީ ބާރަށް ނަވާލުގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. ޔައުލާންގެ ގައިގައި ވަރުނެތްނަމަ އޭނާ ފޮޅުވާލާފައި ނަވާލް ދާނެކަން ގައިމެވެ.
ޔައުލާން އިނގިލި ދިއްކޮށްލީ ކޮރަލްކޯސްޓް ތެރެއަށެވެ. ހިތްއަވަސްވެފައި ނަވާލަށް އެތަނަށް ބަލާލެވުނީ ވެސް އުނދަގުލުންނެވެ. އޭނާއަށް އަދިވެސް ބެލެނީ ‘މިއަލް’ ގޮސް ވެއްޓުނު ދިމާއަށެވެ. އޭރު ބިއްލޫރިގަނޑު ތެރެއިން ކޮރަލްކޯސްޓުގެ ތެެރޭގައި ހުރި މިއަލް ފެނެއެވެ.
ފަހަތުން އައި މިޝްލާއަށް ޔައުލާން ދެއްކުމުގެ ކުރިން މިއަލް ފެނިއްޖެއެވެ. ހައިރާންވެފައި އޭނާއަށް ބަލާލެވުނީ ލޮނުގަނޑަށް ވެއްޓުނު ކުއްޖާއަށެވެ. އޭރު ފަހަރަކު މީހަކު ހަމަވަމުން ހަމަވަމުން ހަމަ ވެއްޖެއެވެ. އެންމެން ވެސް ތިބީ ގުނބުހިލިފައެވެ. ބަނޑުގައި އަތް އަޅައިގެން ތަނާ ގުދަށް އޮތް އިރު އަހުނަފްގެ ނިތްކުރިން ވަނީ ދާހިލިފައެވެ. ހައިފާ އަނގަ ހުޅުވިފައި ހުރިގޮތުން އޭނާ ވެސް ނޭވާ ހަމައަކަށް އަޅުވަނީކަން އެނގެއެވެ. ދުވުމުން ވީ ވަރުބައްޔާ ނުތަނަވަސްކަމާ މަސްހުނިވީއެވެ.
“ކިހިނެއް ވެގެންތަ މި އުޅެނީ ޔުއެލް..؟” އަލީސާ އެއްސެވެ. ޔައުލާން އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ވަގުތު ޖެހެނީއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.





alhey konthaakun nimaalee thi yooooon
v rythi mi part🫶🏻
question..keeve mileen ge name change kury anekkaa..?
eheheh😭 Thankyou sm dear💕
Oh yess thats a really good question! Because aslu Milyn created the whole persona of Mishal in order to decieve shafwaan and get him back right? That’s why once shafwaan figured out that she was milyn, there was no point of ‘mishal’ anymore. Therefore the name is changed back to milyn now!
fab story❤️..when next?
thankyou sm eems!💕 next part insha allah on Friday, 13th Feb
Mi part ves varah reethi. Its time milyn. Ehen meehun milyn ah keehbaa kuraanee??? Curiously waiting for next part???
Thankyou sm Miss jennie💕 Yess its time fr! Lets see dhww
O..M..G.. v.v.v reethi
bust kuri goih v. fahkaa.. mishal swimmer and mial can’t swim that is perfect…!! 👏🏻
Also futbolha ge penalty jahaa bai is perfect description👏🏻👏🏻.. alhugavs neyvaa nulaa othy egadee..varah salhi sifa kurumeh..
Thankyouu sm mahaa💕 I’m so glad you enjoyed it!
Haha aww thankyou!!
Yessss
Finally
Time for the truth but yoooooooooon U stopped nubai thanakah
Pls tomorrow next
Yess haha! sorryy dears next part insha allah tmr, 13th ga!
Thankyou sm raajiha!💕
Oh my god what aa plot twist. Curiously waiting for next part <3
Thankyouu sm Rau!!💕 I’m so happy you enjoyed
Yooony hih thelheny
Cant wait for the next
Lysm💗💗💗
hih kairy buney nuthelheyshey🥹
Thankyou sm zuka, Lymm!💕
Family members coral cost dhoshuga thibee ey buneema very confused ekamu Yuel ge plan varah salhi.. 😆 Shafvaan ves molhu dhen confirm kuri goi… hih avas vefa ineema heykah ves negun…
cuirously waitin
love u pretty girl
Yess yuel ge plan salhivaane ehnu🥹 Hahah
Thankyou sm zain, Lym💕
GIRL… iffy dhevana burah mi kiyany reethi kamun
Godin nuvetti kiriyaa meeny.😭😭
bleez I cant wait hukuru dhuvas annan dhen
haadha ey interestingyy❤️lovee you my loabivaa yooonkolhu
Dhwww. I mean my heart is beating so fast right now 😭. Really want to read the next part mi vaguthu ves
Haha thankyouu sm iffyyyy🥹💕
ohno gondin nuvehtehchey
Bleez wait okaayy, Lym💕
aww thankyou smm your fan!🥹
alhe shafawaan haadha dhera vaaney : (
when is next part
yeah dhw😕
next part insha allah 13th Feb friday ga
Thankyou sm jool💕
varah reethi mi bai
thankyou sm hawwa!💕
Loved this part🩷🩷the cliff hanger is driving me crazy
Thankyouu sm limyafathimath66💕🥹
Amazing as always<33
When next yoon..?
ntw where is aizek zidya n jeesham..?
Thankyou sm springbloom!💕
Next part’s on Friday, 13th Feb
Letss see dhw!
Alheyy. Haadha hiyy avas vaa hisaabakunney thi ninmaalee. Yoonnnnn please next part mi ah vure dhigu koh genesdhevidhane tha?? I know mi part ves vrh dhigu kan. Hehe but hams inthizaaru ves nukureveyne. Ekm eii mileen kan haadha ehen kahala gothakahshey thi kiyaala dhenee. I mean its great but my heart is beating so faster.. aghhh haadha reehchey. Can’t even wait for the next episode 😬.
Eii mileen kan inguneema neyngey vaane gotheh ves. Aslu reeal shafwaan kaalane kanneynge e gadee ga. Shafwaan dhera gotheh nahadhahchey eiii mileen kan inguneema mial ah. Salam bunedheh chey ingey hurihaa kudhinnah especially mishla, reeal, naval ah. Cuz e kudhin ge hithah dho enme asaru kuraanee mihaaru mi vaa gothun 😭
Anyways next part noooo!!! Friday ga dhww. Can’t wait but I’ve to tho. Miadhu ves iru iru kolhaa beluney submit vi thw. Ekm enme bxy vi gadee ga ey admin in upload koffa iny hehe.
Love you my fav author.<3
Thankyouu sm your fan!💕 I’ll try dhigukoh genesdheveythw!
I’m so glad you enjoyed this part! Yeahh haha letss see where it goes rightt!
Yess ofc salaam bunedheynan huriha kudhinnah 🥹💕
YES next part friday the 13th ga!
Thankyou sm for the kind words your fan I really appreciate that!!💕
Lym dear💕
Varag reethi mi part vec Masha Allah.
Kon irakun next??
Shafwan and mial dhuru nukurahchey. They are made for eachother.
Ly
Thankyou sm mial🥹💕 Lym!!
Next part insha allah 13th Feb vaa friday ga
Lets seee dhww!
Woww yoon the twist 😩.. waiting impatiently
Thaankyouu smm dear!💕
vaguthu jeheny falhaa aran
v reethi mi bai ves
Love you pretty girl❤️😘
Yeess its timee!
Thankyou sm Juman💕 Lym!
So mishal ah vegen milyn ulhunee?? But mishal is low key so old in that cover
Yess 😭 It was mentioned it part 17 or 18 that mishal is actually milyn who changed her identity.
Ohh haha then i guess her plan of changing her appearance worked (i made that cover a longgg time ago😭)