Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 15

Eesh
Eesh Level 4100 Login10 Stories
January 11, 2026 4 Mins Read
2 Comments
  • މަސައްކަތުގެ ތެރެއަށް ނައުހާ އެއްކޮށް ވަދެފައި ވަނިކޮށް ނައުހާގެ ފޯނު ރިންގުވި އަޑަށް ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. އަދި ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނި ނައުހާ ފޯނު ސައިލެންޓަށް ލިއެވެ. ގުޅަމުން ދިޔައީ އާކިންއެވެ. ނައުހާ ފޯނު ނުނެގުމުން އަނެއްކާވެސް އާކިން ގުޅަން ފެށިއެވެ. އެގޮތަށް ފަސް ވަރަކަށް ގުޅި ފަހުން ނައުހާ ފޯނު ނެގިއެވެ.
  • “ހަމަ ފޯނު ނުނަގަން ވެގެން ދޯ؟…” އާކިން ބުނެލިއެވެ. “އާކިން… އަހަރެންނަށް ދެން ނުގުޅަފާނަންތަ؟… އަހަރެން ދެން ބޭނުންމެއް ނޫން އާކިންއާ މިކަހަލަ ގުޅުމެއް ބާއްވާކަށް…” ނައުހާ ބުނެލި ރީތިކޮށެވެ. އެހެންނަމަވެސް އާކިންގެ ޖަވާބު އައީ ރުޅިވެރި ކަމާއެކުއެވެ. “ނައުހާ ހީކުރަނީ ކީކޭ ކަމައްތަ؟… ނައުހާ ބޭނުން އިރަކު ކަމަށް އަހަރެންނާ ގުޅުން ބޭއްވޭނީ؟… ބުނަން ވަރަށް ރަނގަޅު ވާހަކައެއް… މުޅި ދުނިޔެއަށް ބޭޒާރުވާން ބޭނުން ނުވަންޔާ މިރޭ އަހަރެން މި ބުނާ ތަނަށް އާދޭ…” އާކިންގެ އަޑު ނައުހާއަށް އިވުނީ ބިރުވެރި ގޮތަކަށެވެ. އަޅައަޅައި ގަންނަމުން ނައުހާ އާންއެކޭ ބުނެލިއެވެ. ހަދާނެ ގޮތް ހުސްވެގެންނެވެ.
  • އެރެޔެވެ. މަގުމަތީގައި ނައުހާ ހުރީ ކާރުގެ އިންތިޒާރުގައެވެ. މަގުމަތިންދާ ގިނަ މީހުންގެ ނަޒަރު ދިޔައީ ނައުހާއަށް ހުއްޓެމުންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ކޮފީ ކުލައިގެ އޮފް ޝޯލްޑާ މަތިކޮޅަކާ އެއްކޮށް ކަޅު ކުލައިގެ ފުޅާ ޖިންސެއްގައި ނައުހާގެ ރީތިކަން ވަނީ އިތުރު ވެފައެވެ. ކޮނޑާއި ހިސާބަށް އަރާ މުށިކުލައިގެ ފަން އިސްތަށިކޮޅު ވަނީ ވަޔާ ސަމާސާ ކުރުމަށް ދޫކޮށްލާފައެވެ.
  • ކާރު އައިސް ކުރިމައްޗަށް ހުއްޓުމާއެކު ފަހަތު ސީޓު ދޮރު ހުޅުވާލަމުން ނައުހާ ކާރަށް އަރާ ހަމަ ޖެހިލިއެވެ. “ސްވީޓް ސްޓޭ ހޮޓެލް އަށް…” އާކިން ފޮނުވާފައި އިން މެސެޖަށް ބަލަން އިނދެ ނައުހާ ބުނެލިއެވެ. އަތާއި އަތް މޮޑެމުން ދިޔަ ނައުހާ އިނީ ހާސްވެގެން ވާނެ އެއްޗެއް ވެފައެވެ. މޫނުމަތިވެސް އިރުއިރު ކޮޅާ ފޮހެލައެވެ.
  • މަންޒިލަށް ކާރު ހުއްޓުމާއެކު ނައުހާ ފައިސާ ދެއްކުމަށްފަހު ކާރުން ފޭބިއެވެ. އަދި އަވަސް ހިނގުމެއްގައި ފަސް ވަނަ ފްލޯ އަށް އަރާ އާކިން ބުނި ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވާލިއެވެ. އެތެރެއިން ބޯ ދިއްކޮށްލީ އާކިންއެވެ. ނައުހާއަށް އަނގައިން ބަހެއްވެސް ބޭރު ނުކުރެވެނިސް އާކިން، ނައުހާގެ އަތުގައި ލަތްކެއް ޖަހާ އެތެރެއަށް ވެއްދިއެވެ. އަދި އަވަސް ހަރަކާތަކާއެކު ތަޅު ލިއެވެ. އާކިން ހިފެއްޓި ތަނުގައި އަތް އަޅައިގެން ހުރެ ނައުހާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ފެނުނު މަންޒަރު މޭގަނޑު އަނގައަށް އައި ކަހަލަ އިހުސާހެއް ކުރެވުނެވެ. “އަ… އާކިން… މި… މިޔޯ؟…” އެނދުކައިރީ އިން މޭޒުމަތީ ހުރި ‘ވައިން’ ފުޅިއާއި ހުދު ކުލައިގެ ޕެކެޓްތައް ފެނި ނައުހާއަށް އަހާލެވުނެވެ. އެއާއެކު މުޅިތަން ގުގުމާލީ އާކިންގެ ހުނުމުގެ އަޑުންނެވެ. “ތީ ނައުއާ އަހަރެން ޔޫސް ކުރާކަށްނު…” އާކިން ބުނެލީ ނައުހާގެ ފަހަތުން ބައްދާލަމުންނެވެ. “އާކިންއަށް އިނގޭނެ ދޯ އަހަރެން ޔޫސް ނުކުރާނެކަން… ރިސޯޓަށް ދިޔަ ރޭގަވެސް އަހަރެން ޔޫސްއެއް ނުކުރަމެއްނު…” އާކިންގެ އަތް ނައްޓުވާލަމުން ނައުހާ ބުނެލިއެވެ. އެއާއެކު އާކިން އެނދުމައްޗަށް ނައުހާ ވައްޓާލިއެވެ. އަދި ނައުހާއާއި ދިމާލަށް ގުދު ވެލަމުން ފޯނު ނެގިއެވެ. “މި ލީކުވާން ބޭނުން ނުވަންޔާ އަހަރެން ބުނާ ގޮތް ހަދާ…” އެއްވެސް އަންނައުނެއް ނުލާހުރި ނައުހާގެ ފޮޓޯތަކެއް ދައްކާލަމުން އާކިން ބުންޔެވެ.
  • “އަ… އާކިން؟… ތިހެން ނުހަދާ… ޕްލީސް…” ނައުހާ އާދޭސް ކުރިއެވެ. އެއާއެކު އާކިން ޖަހާލީ ހިނިގަނޑެކެވެ. ނައުހާ ހިތް ބިރުގަނެފައި އޮތް ވަރުން އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އާކިން ވައިން ފުޅި ތުން ޖެހިތެން ބަލަން އޮތެވެ. އާކިން ހިތް ފުރޭވަރަށް އެ ބޮއެ ނިމުމުން ދެކޮޅަށް އެއްލެމުން ކަހަލަ ގޮތަކަށް އައިސް ނައުހާގެ ގާ މައްޗަށް ޖެހިގަތެވެ. އެއްވެސް އަޑެއްވެސް ލައްވާ ނުލާ ނައުހާ މަޑުން އޮތީ ދެން އާކިންގެ ކިބައިން ސަލާމަތް ނުވާނެކަން އިނގޭތީއެވެ. ބޭއިޚްތިޔާރުގައި ހިތާހިތުން ރައުލްއަށް ގޮވާލެވުނެވެ.
  • * * * * * * * * *
  • “ހައި… އަހަރެން ބޭނުމެއްނޫން ރައްޓެހިވެގެން އެހާ ގިނަ ދުވަހު އުޅޭކަށް… މަންމަވެސް ބޭނުންވަނީ އަވަހަށް މެރީ ކުރަން…” ކުރިމަތީ އިން ހައިޒަލްއާ މުހާތަބްކޮށް ނައިނާ ބުނެލިއެވެ. ދުވަސްތަކަކަށްފަހު ދެމީހުން އެކުގައި ކާން ނިކުމެވުމުން ދެހިތަށްވެސް ލިބިފައިވަނީ ހިތްހަމަ ޖެހުމެވެ. “އެހެންތަ؟… އަހަރެންގެ ނެއިން ބޭނުމެއް ނުވޭދޯ އަވަހަށް ކައިވެނި ކުރާކަށް…” ސަމްސަލާއި އޫ ތަށީތެރޭ ބާއްވާލަމުން ހައިޒަލް އެއްމިޔަކަނިން ހީލިއެވެ. “ދެން… އެހެނެއް ނޫނޭ…” ތުން އޫ ކޮށްލަމުން ނައިނާ ބުނެލިއެވެ. ހައިޒަލް ހެމުން ހެމުން މައްސަލައެއް ނެތޭ ބުނެލިއެވެ.
  • ކައި ނިމިގެން ރުފިޔާ ދެއްކުމަށްފަހު ދެ ލޯބިވެރިން އެކުގައި ނިކުންނަން ހިނގައިގަތެވެ. އަދި ހައިޒަލްގެ ސައިކަލު ފަހަތުގައި ދުއްވާލަން ދިޔައެވެ. ދަންވަރު ބާރަ ޖަހަންދެން ބޭރުގައި އުޅެފައި ނައިނާ ގެޔަށް ލާދޭން ހައިޒަލް ދިޔައެވެ. ނައިނާ އާދޭސް ކޮށް ވަރުބަލި ވީ ފަހުންނެވެ.
  • ގެޔަށް ވަދެވުމާއެކު ނައިނާ ސިއްރު ފިޔަވަޅި ތަކެއްގައި މައްޗަށް އަރަން ދިޔައެވެ. ޒިޔާނާ ނޫނީ ރިޒާމްއަށް ފެންނަން ބޭނުން ނުވުމުންނެވެ. އެހެންނަމަވެސް ނަސީބު ހުރީ ނައިނާއާ ދެކޮޅަށް ކަންނޭގެއެވެ. ތަޅުގައި ހިފާލި ވަގުތު ފަހަތުން ދޮރު ހުޅުވުނު އަޑަށް މަޑު މަޑުން އެނބުރެލިއެވެ. އެވަގުތު ފެނުނީ ކަންފަތުގައި ފޯނުޖަހައިގެން ހުރެ ކޮޓަރިން ނުކުތް ޒިޔާންއެވެ. ވަގެއްހެން ކޮޓަރިއަށް ވަންނަން އުޅުނު ނައިނާ ފެނި ޒިޔާން ދިޔައީ ސިއްސައިގެންނެވެ. “ސާބަހޭ… ވަގެއްހެން ނޫޅެ ހަމަ އައިސް ގެޔަށްވެސް ވަދެވުނީސް ދޯ…” ފޯނު ކަންފަތާ ދުރު ކޮށްލަމުން ޒިޔާން ބުނެލިއެވެ. އެއާއެކު ނައިނާ މަޑު މަޑުން ހިނިގަނޑެއް ޖަހާލިއެވެ. “ކާކަށް ގުޅައިން މިއޮއްފަދަ ގަޑިއަކު؟…” ލޯ ކުޑަ ކޮށްލަމުން ނައިނާ އަހާލިއެވެ. އެއާއެކު ޒިޔާން ދައްކާލީ ފޯނުގެ ސްކްރީންއެވެ. ޢަރަބިން ‘ޙަޔާތީ’ ޖަހާފައި އިންތަން ފެނި އެއީ ޒިޔާން އެ ބުނާ ‘ހާއްސަ’ ކުއްޖާކަން އިނގުނެވެ. ބޯ ހަލުވާލަމުން ނައިނާ ކޮޓަރިއަށް ވަނީ ޒިޔާންއަށް ރޭގަނޑުގެ ތަހުނިޔާ ކިޔާފައެވެ.
  • ހެނދުނުގެ ހިތްގައިމު ވަގުތެވެ. ނިދާފައި އޮތް ޒާން ނަގާ ސްކޫލަށް ދާން ތައްޔާރު ކުރަަމުން ނައިނާ ދިޔައެވެ. މަޑުމަޑުން ލަވައެއް ކިޔަމުން ނައިނާ އުޅުނު އުފާވެރި ގޮތް ފެނިފައި ޒާންއަށް ސުވާލު ކޮށްލެވުނެވެ. “މަންމީ… ހާދަ ހެޕީ ވެފަ…” މައުސޫމު ގޮތަކަށް ޒާން އަހާލިއެވެ. އެއާއެކު ނައިނާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ. “ހެހެހެ… މަންމި އަބަދުވެސް ހެޕީއޭ…” ޒާންގެ ކޮނޑުގައި ދަބަސް އަޅުވާލަމުން ނައިނާ ބުނެލިއެވެ. އެއާއެކު ޒާން ނައިނާގައިގާ ލޯތްބާއެކު ބައްދާލިއެވެ.
  • “އޮހް… މަމީ ސަން މޮމެންޓް އެއް ދޯ… ޒެލްބެ ވެސް ގޮވައިން ހަގް ކޮއްބަ އަޅެ…” ކޮޓަރިއަށް ވަދެގެން އައި ހައިޒަލް ޅަ ކުއްޖެއް ފަދައިން ތުން ދަމާލިއެވެ. “ޒެލްބެ ބޭކާރު…” ޒާންގެ ކޮލަށް ދޮނެއް ދެމުން ނައިނާ ދޫ ނެރިލިއެވެ. އެއާއެކު ހައިޒަލް ބިންމަތީގައި އިށީންދެ ދެއަތް ހަށަމް ބަނދެލިއެވެ. ހައިޒަލްގެ މި އަމަލު ފެނިފައި ނައިނާއަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. “އޯވް މައި ބޭބީ…” ހައިޒަލްގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ނައިނާ ބުނެލިއެވެ. އަދި ހައިޒަލްގެ ދޫވެފައި އިން ޓައި ރީތިކޮށްލަމުން ޒާންއަށް ގޮވާ ތިރިޔަށް ދާން ބުނެލިއެވެ. އެއިރު ހައިޒަލް އިޝްގުގައި ޖެހިފައި ހުރި މީހެއް ފަދައިން ކަޅި ޖަހާ ނުލާ ނައިނާގެ ރީތި މޫނަށް ބަލަން ހުއްޓެވެ. ނައިނާގެ މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވާލަމުން އެ އޮމާން ކޯތާފަތުގައި ފިރުމާލިއެވެ.
  • “ރަކް ޚުން މަކް ނަ ސިއެ ހްޔިންގް” ނައިނާގެ ފުން ކަނޑެއްފަދަ ދެލޮލަށް ބަލާލަމުން ހައިޒަލް ވައި އަޑުން ބުނެލިއެވެ. އެއާއެކު ނައިނާގެ ދެ ބުމަ ކައިރި ވެގެން ދިޔައީ އެ ބުނި އެއްޗެއް ދޭހަ ނުވެގެންނެވެ. “ހެހެހެ… ވަރަށް ލޯބި ވެއޭ… ތައިލެންޑް ބަސް…” ހައިޒަލް ބުނެލިއެވެ. ނައިނާ ކަޅި އަނބުރާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއާއެކު ހައިޒަލް، ނައިނާގެ އަތުގައި ހިފާ ދަމައިގަތެވެ. ހައިޒަލް ދަމައިގަތްލެ ބާރުކަމުން ނައިނާ އައިސް ޖެހުނީ ހައިޒަލްގެ މޭމަތީއެވެ. ހައިޒަލް، ނައިނާގެ އުނަގަނޑުގައި އަތްވަށާލީ ދެން ނުދެވޭނެއޭ ބުނާ ފަދައިންނެވެ. ނައިނާވެސް ދާން ނޫޅެ ހައިޒަލްގެ އަތުތެރެއަށް ދޫވެގެން ހުއްޓެވެ. “ސީ… އައި ނޯ ނެއިންވެސް ބޭނުން ވާ ކަން…” ނައިނާގެ ދަތްދޮޅީގައި ހިފާ މޫނު ސީދާކޮށްލަމުން ހައިޒަލް އެއް މިޔަކަނިން ހީލިއެވެ. ނައިނާ އަނގައިންވެސް ނުބުނެ ހުރި ގޮތަށް ހުއްޓެވެ. ހައިޒަލް ލަސްލަހުން ނައިނާގެ މޫނާއި ކައިރިވާން ފެށިއެވެ. އެއިރު ނައިނާގެ ހިތް ހީވަނީ މޭ ފަޅާ ނުކުމެދާނެ ހެންނެވެ.
  • “ހައި… ޒަލް…” ނައިނާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ނައިނާގެ ރީތިކަމަށް ގެއްލިފައި ހުރި ހައިޒަލްއަށް ނައިނާ ގޮވިކަންވެސް ރޭކާ ނުލިއެވެ. ހައިޒަލްގެ މޫނު ނައިނާގެ މޫނާ ކިރިޔާ ނުޖެހޭހާ ކައިރި ވުމާއެކު ނައިނާއަށް ދެލޯ މަރާލެވުނެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ނުހިކުނު ކަރުނަ ޓްރެއިލަރ

Next

ހިތް އެދޭހާ ކަމެއް.. (26 ވަނަބައި)

Next
January 11, 2026

ހިތް އެދޭހާ ކަމެއް.. (26 ވަނަބައި)

Previews
January 11, 2026

ނުހިކުނު ކަރުނަ ޓްރެއިލަރ

2 Comments!

  1. ehkala meeha says:
    January 11, 2026 at 1:50 pm

    wooow mi part vx vrh reethi masha allah

    1. Eesh Eesh says:
      January 11, 2026 at 3:27 pm

      thankyouu so muchh

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 16←


All Right Reserved!