“މި… މި ކޮންތަނެއްތަ…؟” ލަޝްކާ ވަރަށް ބިރުގަނެއްޖެއެވެ. މިއީ ކޮން ތަނެއް ހެއްޔެވެ؟ އޭނާ މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ އިރުކޮޅެއް ފަހުން އެތަނުގައި އިން ދޮރު ހުޅުވުނެވެ. ދޮރު ހުޅުވާލާފައި ވައިން ޒުވާނާ ފެނި ލަޝްކާގެ ދެލޯ ބޮޑުވިއެވެ. ގަބޫލު ކުރަން ދަތިވިއެވެ.
(12 ވަނަ ބައި)
“ދާއިޔަލް؟؟؟” ކަޅު ކުލައިގެ ޓާޓަލް ނެކް ސްވެޓާރ އަކާއި އެކު ކަޅު ކުލައިގެ ބެލްސެއް ލައިގެން ހުރި ދާއިޔަލް ފެނި ލަޝްކާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ކަލޭ ކީއްކުރަން އަހަރެން މިތަނައް ގެނައީ؟ އޭނ؟ މިއީ ވެސް ކަލެއާ ރަޝާގެ ރޭވުމެއް ދޯ؟” ދަތްކުނޑިވިކައިލަމުން ލަޝްކާ އަހައިލިއެވެ.
“ނޫން. އެކަހަލަ ގޮތެއް ފޮތެއް ނެތް އަންހެނަކައް އަހަރެން ރައްޓެއްސެއް ނުވާނަން. އެކަހަލަ މީހަކާއި އެކު މަށެއް ނޫޅޭނަން” ދާއިޔަލްގެ އަޑުގައިވެސް ވީ ރުޅިވެރިކަމެވެ. ލަޝްކާ އެނދުން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި އޭނާ އުޅުނީ ކޮޓަރިން ނިކުންނާށެވެ. ނަމަވެސް ދާއިޔަލް މާ ހުށިޔާރެވެ. ލަޝްކާ އަށް ތަދު ނުވާނޭ ގޮތަށް އޭނާ ގެނެސް ދާއިޔަލްގެ އަތު ތެރެއަށް ވައްދައިލިއެވެ.
“ދޫކުރޭ. މަގޭ ގައިގަ އަތް ނުލާ!” ދާއިޔަލްގެ އަތުތެރެއިން ސަލާމަތް ވުމަށް ލަޝްކާ މަސައްކަތް ފެށިއެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “އަހަރެން ލަޝްދެކެ ވަރަށް ލޯބިވޭ…” ދާއިޔަލް މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައިވީ ލޯބި ލަޝްކާ އަށް އިހުސާސް ވެސް ވިއެވެ. ނަމަވެސް އެކަން ގަބޫލު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ދާއިޔަލް ކަލޭ މޮޔަވީތަ؟ ކަލޭ މަށަށް ވުރެ 7 އަހަރު ބޮޑޭ. ކިހިނެތް ދާއިޔަލްއާއި އެކު ލަޝް އުޅޭނީ؟” ދަތްކުނޑިވިކައިލަމުން ލަޝްކާ އަހައިލިއެވެ. “އެކަމަކު… އަހަރެން ވަރަށް ލޯބިވޭ…” ދާއިޔަލް އިސްޖަހައިލިއެވެ. “އަހަރެން ނުވޭ ކަލޭ ދެކެ ލޯތްބެއް. ދާން އުޅޭ މަގޭ ލޯ ކުރިމަތިން”
ލަޝްކާގެ ޖަވާބުން ދާއިޔަލްގެ ހިތުގައި ރިއްސައިލިއެވެ. ދާއިޔަލްދެކެ ލަޝްކާ ލޯބިވާކަން އެއީ އޭނާ އަށް އިނގި، ޔަގީންވެފައި އޮތް ކަމެކެވެ. ނަމަވެސް… “އެންމެ ރަނގަޅު. އަހަރެން މިތަނުން ހިނގައިދާނަން. އެކަމަކު… ލަޝް ހުންނަން ވާނީ މިތާގަ” ކައިރީގައި ހުރި މޭޒާއި ދިމާލަށް ދާއިޔަލް ދިޔައެވެ. އަދި އެތަނުގައި އިން ޕާރުސަލް ތަށި ލަޝްކާ އަތަށް ލައިދިނެވެ. “ވަރަށް ބަނޑުހައި ވެފައެއްނުން ތިހުރީ؟ އަނ. ކާލާ. މިއީ ލަޝް އަށް އެންމެ މީރު މަސްހުންޏާ ރޮއްޓާ” ހީލަމުން ދާއިޔަލް ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ.
ލަޝްކާއަށް އެއްވެސް އަނިޔާއެއް ނުކޮށް ދާއިޔަލް ދިޔުމުން އޭނާގެ އެދުން ސާފުކަން ލަޝްކާއަށް އެނގުނެވެ. ހަގީގަތުގައި އޭނާގެ ގެއަށް ވުރެ އެތަން ވެސް މާ ހިތްފަސޭހައެވެ. އިތުރަށް ބޮޑާ ނުހާކާ ގޮސް އެނދުގައި އިށީނދެ ކާން ފެށިއެވެ.
ފަންކާގެ ފިޔަތައް ގުނަން މީކައިލް އޮންނަތާ މިހާރު ވީހާ އިރެއް ވެއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ތެދުވެ އިށީނެވެ. މަރު މައްޔިތެއް ފަދައިން އެނދުން ތެދުވީ އަޅައިގެން އޮތް ފޮތިގަނޑު ވެސް ހިފައިގަންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ބޯމަތީގައި އިން ފަންކާއާއި ދިމާލަށް ބަލައިލިއެވެ.
ބާރު ދުވެލީގައި ސައިކަލުގައި އައި މިކްޔާ އެތެރެއަށް ވަނީ ސައިކަލު ޕާކުވެސް ނުކޮށް، ބިންމައްޗައް ވައްޓާލާފައެވެ. އެކަމަށް ވިސްނާ ވަރަށް ވުރެ މިއަދު އޭނާ އެހުރީ މާ ހިތްއަވަސް ވެފައެވެ.
ދުވެފައި އެތެރެއަށް ވައިން މިކްޔާ ފެނި ސަފިއްޔާގެ ދެލޯ ބޮޑުވިއެވެ. މިކްޔާގެ މޫނުމަތި ފެނިފައި ވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގެ ފެހި ބޮކި ދިއްލުނެވެ. “ކިހިނެތްވީ ދަރިފުޅާ؟” ސަފިއްޔާ އަހައިލިއެވެ. “ދީބަލަ ދޮންބެ ކޮޓަރި ތަޅުދަނޑި” މިކްޔާ އަވަސް އަވަހަށް ބުންޏެވެ.
އެވަގުތު ކޮޓަރިން ނިކުން މިރުޝާލްއަށް ވެސް އެއަޑު އިވުނެވެ. “ކިހިނެތްވީ ދަރިފުޅާ؟” މިރުޝާލް އަހައިލިއެވެ. “ވަގުތެއް ނެތޭ!!! ހެޔޮނުވާނެ ދޮންބެ ކޮޓަރި ދޮރު ހުޅުވަބަލަ” މިކްޔާ ހަޅޭލަވައިގަތެވެ. އިތުރު އެއްޗެއް ނުބުނެ މިރުޝާލް ތަޅުދަނޑި ހިފައިގެން ނިކުތެވެ.
ދޮރު ހުޅުވާލުމާއި އެކު ފަންކާގައި ދަންޖެހިފައި އިން މީކައިލް ފެނި ސަފިއްޔާއަށް ހުރިތަނަށް ތިރިވެވުނެވެ. ކައިރީ ހުރި މިކްޔާ އަށް ވެސް ވީ ހަމަ އެވަރެވެ. “މާތްކަލާކޯ… މަގޭ ދަރި! މިރުޝާލް! ކިހިނެތްވެފަތަ ތިހުރީ ދޭބަލަ މީކައިލް ސަލާމަތް ކުރަން”
ސަފިއްޔާ ގޮވާލުމާއި އެކ މިރުޝާލްއަށް ހަމަ ބިމަށް އާދެވުނެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް މީކައިލްގެ ދަން ނައްޓައިލިއެވެ. މަޑުމަޑުން މީކައިލްގެ ހަށިގަނޑު އެނދުގައި ބާއްވާލި އިރު، މީކައިލް އަށް ގިސްލެވެމުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ސަފިއްޔާ ގޮސް މީކައިލް ގާތުގައި އިށީނެވެ.
“ދަރިފުޅާ. ކީއްވެ… ކީއްވެ ތިހެން ތި ހަދަނީ؟ ދަރިފުޅަށް އިނގޭތަ އަމިއްލައަށް މަރުވުމަކީ ހާދަ ބޮޑު ފާފައެކޭ. ކަމެއް ވީނަމަވެސް މަންމެން ގާތުގަ ބުނި ނަމަ…” ސަފިއްޔާ އަށް ވެސް އޭރު ހަމަ ރޮވެނީއެވެ. “މަންމާ… ކީއްވެ އަހަރެން ތި ސަލާމަތް ކުރީ؟؟؟ އަހަރެން ބޭނުމެއް ނޫން ދުނިޔޭގަ އުޅޭކަށް…” މީކައިލް ރޮމުން ރޮމުން ބުނެލިއެވެ.
“އެއީ ކީއްވެތަ؟ ކިހިނެތްތަ ވެގެން މިއުޅެނީ؟؟؟” މިރުޝާލް އަށް ވެސް އޭރު ރޮވިއްޖެއެވެ. ގަބުވެފައި ހުރި މިކްޔާ ކޮޓަރިން ނިކުތެވެ. މަރު މައްޔިތެއް ފަދައިން ހުރެ ގެއިން ނިކުންނަން ދިޔައެވެ.
އޮފީސް އެންމެނަށް ކޮފީ ގަންނަން ދިޔަ އެޒިކިއެލް އަށް ބިންމައްޗައް ވެއްޓިފައި އޮތް މިކްޔާގެ ސައިކަލު ފެނުނެވެ. ސައިކަލުގެ ޕްލޭޓް ނަންބަރު ފެނުމުން އެއީ މިކްޔާގެ ސައިކަލުކަން އެޒިކިއެލް އަށް ޔަގީން ވިއެވެ. “ޕިސް ޕިސް. މިކުއްޖާގެ މިހުރި އުޅުމެއް” ބޯހޫރުވައިލަމުން އެޒިކިއެލް ސައިކަލުން ފޭބިއެވެ. އަދި ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެސައިކަލު ނެގިއެވެ.
އެވަގުތު ވެގެން ދިޔައީ މިކްޔާ ގެއިން ނިކުމެވުން ވަގުތަށެވެ. ގަބުވެފައި ހުރި މިކްޔާ ފެނި އެޒިކިއެލް ބޯހޫރުވައިލިއެވެ. “ހެހެ ކިހިނެތްވީ ގަބުވެފަ ތިހުރީ؟” އެޒިކިއެލް އަހައިލިއެވެ. “ކަލެއަށް ކީއް؟” މިކްޔާގެ ޖަވާބު ކުރެވެ. “އޯހްހްހް. ޔަގީން ބިޓު ކެޓީކަން. ހެހެހެހެ. ހާސް ނުވޭ. ކަނޑުގަ އަދި ވެސް މަސް ހުންނާނެ-” އެޒިކިއެލް ވާހަކަ ދައްކަދައްކާ ހުއްޓާ މިކްޔާ އޭނާގެ ކަންފަތް މަތީގައި ވިހެލިއެވެ.
“ކަލެއަށް ހުރިހާ ކަމެއް ވެސް ވަނީ ސަމާސާއަކަށް ދޯ؟ މަށަށް މަގޭ ދޮންބެ ދަން ޖެހެން އުޅޭ މަންޒަރު ފެނުނީމަ ވެސް ތި އަހަނީ ބިޓު ކެޓީހޭ. ދޮންބެ… އާހްހްހ…. …” އޭރު މިކްޔާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. މިކްޔާގެ ޖަވާބު އިވި އެޒިކިއެލްގެ އަނގަ ބަންދުވިއެވެ. އެކަހަލަ ސަމާސާއެއް ކުރެވުމުން ހަގީގަތުގައި ވެސް ދެރަވިއެވެ.
“ސޮރީ… ނޭނގުނީ…” އެޒިކިއެލް އިސްޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ. ނޭފަތް ދަމައިލަމުން މިކްޔާ ހިނގައިގަތެވެ. މިކްޔާއާއި ދިމާލަށް ބަލަން އިރުކޮޅަކު އެޒިކިއެލް ހުއްޓެވެ. އަތް ހިއްލައިލަމުން މަޑުމަޑުން މޭގައި އަތް ޖައްސާލެވުނީ ތޫނު ތަދެއް އިހުސާސް ވުމުންނެވެ. އެވީ ކީއްހެއްޔެވެ؟ މިކްޔާގެ ކަރުނައިން އެޒިކިއެލް އަށް އަސަރު ކުރަންވީ ކީއްވެގެން ހެއްޔެވެ؟؟
ލަޝްކާގެ ވޭދަނަ ބެލުމަށް ޔައުލާންއާއި އެލާރާ ބޭރުގައި އިން ބެންޗެއްގައި އިނެވެ. ސްޓޭޝަނަށް ވަދެގެން އައި އެޒިކިއެލް ފެނި އެލާރާ ކޮޅަށް ތެދުވިއެވެ. “ޕިސް ޕިސް. ކޮފީ ގަންނަން ދިޔަ މީހަ މަގުމަތި އެޅީތަ؟” ބޯހޫރުވައިލަމުން އެލާރާ އަހައިލިއެވެ. ނަމަވެސް އެޒިކިއެލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭރުވެސް އޭނާގެ ލޮލަށް ސިފަވަނީ ކަރުނައިން ފުރި ބާރުވެފައިވީ މިކްޔާގެ ދެލޮލެވެ.
އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތް ލަޝްކާ އޮތީ ފުން ވިސްނުމެއްގައެވެ. މި ގޮތް ނޭނގޭ ތަނަށް ދާއިޔަލް އޭނާ ގެނައުމުގެ މަގްސަދަކީ ކޮބާ ހެއްޔެވެ؟ ދެން އޭނާ އަށް ވިސްނުނީ އޭނާގެ އާއިލާއާއި ދޭތެރޭގައެވެ. އެމީހުން އޭނާ ހޯދާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލެވެ.
ދޮރު ކައިރީ ހުއްޓިލައިގެ ހުރި ދާއިޔަލް އިރުއިރުކޮޅުން ދެފަރާތް ބަލައިލައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ވެސް ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީކަން ދޭހަވެޔެވެ. ކުޑަ ހިނދުކޮޅެއް ފަހުން ސައިކަލުގައި ޝަރަފް އަންނަތަން ފެނުމުން ދާއިޔަލް އަތް ހޫރުވައިލިއެވެ.
“ހޫން. ކިހިނެތްވީތަ؟” އަތުގައި އިން ދެ ޕާރުސަލް ތައްޓާއި ޕިއްޒާ ފޮށި މޭޒު މަތީގައި ބައިންދަމުން ޝަރަފް ވާހަކަ އެހިއެވެ. އަދި އޭނާގެ އަތުގައި އޮތް އެކްސެލް ދަޅު ކަނޑާލަމުން ބޯން ފެށިއެވެ. “އަހަރެން ލަޝްކާ ކިޑްނެޕް ކޮއްފިން” ދާއިޔަލްގެ ޖަވާބާއި އެކު އަނގައިގައި ހުރި އެކްސެލްތައް ޝަރަފްއަށް ބުރުވައިލެވުނެވެ. ކޮށި އެރިއެވެ. އަނެއްކާ ދާއިޔަލް މޮޔަވީ ބާއެވެ؟
“ދާއިޔަލް ކަލޭ މޮޔަވީތަ؟؟؟؟” ޝަރަފް ހިތްހަމަ ނުޖެހިފައި އެހިއެވެ. ޝަރަފްގެ އެ އަމަލުން ދާއިޔަލް ހިތްހަމަ ނުޖެހުނެވެ. “ދެން އަހަރެން ހުންނަންވީ އެ ލީރާހެން އަތް އުރާލައިގެންތަ؟؟؟ ލަޝްކާގެ ގަޔަށް އަރަމުން އެދަނީ އެހެން ދެވަނަ މީހެއް ނޫނޭ. އޭނަގެ ބައްޕައޭ. އެގޭތެރޭގައި ލަޝްކާއަށް އޮތީ ކޮން ހިމާޔަތެއްތަ؟ އޭނ؟ އަހަރެން ވީ ދެން އަޅާ ނުލާ ހުންނަން؟؟؟” ދަތްކުނޑިވިކައިލަމުން ދާއިޔަލް ވާހަކަ ދެއްކިއެވެ.
“ކަލޭ ހަމަ އަސްލުވެސް ލަޝްކާދެކެ ލޯބިވޭ ދޯ؟” އިރުކޮޅެއްގެ ހަމަ ހިމޭން ކަމަށް ފަހު ޝަރަފް އަހައިލިއެވެ. “އާނ… ވަރަށް… ވަރަށް ލޯބިވޭ…” ދުރުބަލައިލަމުން ދާއިޔަލް ބުނެލިއެވެ. “އާނ ދެން ތިވަރަށް ލޯބިވެވޭނީ. އެކަމަކު ފުލުހުންނަށް އެނގިއްޖެއްޔާ އޯ؟” ޝަރަފް އޭނާގެ ޙިޔާލު ފައުޅު ކޮއްލިއެވެ.
“ނޭނގޭނެ. އަހަރެން އެއަށް ވުރެ މާ ރަނގަޅަށް ލަޝްއަށް ހިމާޔަތްކަން ދޭނަން… އަބަދުވެސް ރައްކާތެރިކޮށް ބަހައްޓަދޭނަން” ހިނިތުންވެލަމުން ދާއިޔަލް ބުނެލިއެވެ. “މިއީ އެހެންވެ ގެނަ ކާއެއްޗެހި ދޯ؟” ހީލަމުން ޝަރަފް އަހައިލިއެވެ. ދާއިޔަލް ބޯޖަހައިލިއެވެ.
“ދެން މިހާރު ކޮބާތަ ލަޝްކާ؟” ޝަރަފް އަހައިލިއެވެ. “ކޮޓަރީގަ. ލަޝްއަށް ހީވަނީ އަދިވެސް މިއީ ރަޝާގެ ރޭވުމެއްހެން…” އިސްޖަހާލަމުން ދާއިޔަލް ބުނެލިއެވެ. “އާނ. އެހެންތާ ދެން ހީވާނީ ވެސް.. ދެން ކިހިނެތްތަ ރަޝާއަށް ހަދަނީ؟ އޭނަ މިއަދު މަށަށް ވަރަށް ގުޅި. ތިން ދުވަސް ވެއްޖޯ ކަލޭ އޭނަ އަށް ނުގުޅާތާ” ޝަރަފް ބުންޏެވެ.
“އެކަހަލަ އަނިޔާވެރި އަކަށް އަހަރެން ލޯތްބެއް ނުދޭނަން” އަތް މުއްކަވައިލަމުން ދާއިޔަލް ބުންޏެވެ. “އާނ ދޯ؟ އެހެންވެ ދެން އަހަރެން ކިހިނެތް ހަދައިދޭންވީ؟” ޝަރަފް ހުރީ ދާއިޔަލްއަށް އެހީވާށެވެ. “ކޮންމެ ދުވަހަކު ކާއެއްޗެހި ގެނެސްދީ. މަދުމަދުން އަހަރެންވެސް ގެއިން ނިކުންނާނަން. އެކަމަކު އަބަދު ނިކުންނާކަށް ބޭނުމެއް ނޫން. ލަޝް ނިކުންނަން އުޅިދާނެ” ދާއިޔަލް ބުންޏެވެ. “އާނ. އެންމެ ރަނގަޅު. ކޮންމެ ދުވަހަކު ކާއެއްޗެހި ގެނެސް ދޭނަން” ޝަރަފް ބުނެލިއެވެ.
“އާނ ދެން އަހަރެން މިދަނީ. ދޭ މިއެއްޗެހި ހޫނުކޮށް ހުއްޓަ ލަޝްކާއަށް ކާން ދޭން” ގެއަަށް ދާން ތެދުވަމުން ޝަރަފް ބުނެލިއެވެ. “އާނ. ތޭންކްސް މޭން” ޝަރަފްއާއި ކޮނޑާއި ކޮނޑު ޖައްސާލަމުން ދާއިޔަލް ބުނެލިއެވެ.
(ނުނިމޭ)
ތޭރަވަނަބައިގެ ތެރެއިން:
“ހަމަ ރަނގަޅަށް އެވީ. މަށަށް ރަނގަޅީ ވެސް ދެން އެ ލަޝްކާ ނުފެނުނީއާ. ހަމަ ހުވާ މިކުރީ ލޮލަށް ފެނުނަސް ރުޅި އަރާ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Oooh!! you surprised me with this part!
Vrh reethi Maasha Allah!
I knew it! I freaking knew it! It is dhaaiyal! 7 year age gap ekoa😳
But still age is just a num! And anyways lash is gonna be safe with him ig!
Mykail really?😣 aa heenukuran he’d attempt a suicide! but he’s saved!
Talking about suicide,,.. One day Our school gave each one of us a form to fill and the very first question says how many times do u attempt a suicide a day?🤦🤦🤦
Curious to know what’s gonna happen next!!
Ly💗💗
hehe surpriseeeee… jazaakallah khairan dearr.. hehe yeaa it was hama Dhaaiyal… yeaa he is 25 and Lashka is 17😭 haha yeaa.. yeaa dhw.. yess Meekail is saved.. omygoshhh hehe😭😭😭
stay tuned for next coming soon in sha allah … lyt 🫶🏻
Shiherr ge storys thah kiyaa hiy vaa sababakee miee . She was understanding our feeling and……. we want story ginain upload kuran ekam gina authors kuaaraanee week ehga 1 or 2 parts.i mihaaru fashaign miulheny stry vrh reethi ekam maa lahun up kurany i love ur storys shiherr and i love u please dont stop writing storys insha allah u will be a great author mihaaru vx maasha allah❤❤❤ ummeedhu kuran gina ginain shiher ge story kiyaalan libeyne kamah knmme week aku vx please write a story about a girls past and future .i vrh like vey u ge loabyge storys thah . Btw hows u?i hope ur good please take care u ah kmh vehjjehya dhn esfiya in reethi vhk eh vx kiyaalan nulibeyne.so be safe 🎀❤❤❤❤❤❤❤🎀 thank you shiherr🎀 we appreciate ur hard work .ik busy vaane kan so busy dhuvas dhuvahu up nukuraany take care of ur family and focus on ur job or study.once again thankuu smmm shiherrrr.i love youhhhh sm❤❤❤❤🎀
awwhh jazaakallah khairan dearr this comment made me soooo happyyy ☹️🥺🥹❤️ biggg jazaakallah khairan.. may allah bless you with everything.. stay safe, lyt🫶🏻
Heyy Schi_Herr
Maasha Allah ❤️ 🫴 May Allah bless you on your hardwork….Ur stories are the best I read in this site … You’re my Fav Autor… You’re making just scene in a movie clip it’s so so curious when I ‘m reading it!! Feeling so so Happy after Hearing DaaiYal saved his beloved Lash May LaSh accept him…He’s just so kind to Herr at All…Then ,It feels very weird about this Rasherr whyy she’s bullying other people…I don’t like her at All Anyways , When’s next?
Lysmmm
Tc of Yourself
Bye
🤍🤍🤍
heyyyy… jazaakallah khairan dearr this made my day🥹❤️ yesyes dhaaiyal is so sweet with her.. aslu vess rashaa is sooo bad… in sha allah next vess hama soon stay🫶🏻tuned..
tc, 2 lyt🫶🏻
Shierr are you having issues in dhivehivahakain.com this site?
Tho you don’t publish stories in that site now can u check wether it’s fine??
Yes, i have been having some issues with that site.. thats why i stoped uploading there 🙂
Heyyy!!
Heyyy