“ކިހިނެތްތަ ވަނީ؟” ހިތްހަމަ ނުޖެހިފައި އިމްރާން އަހައިލިއެވެ. “މަގޭ ދަރި… އޭ އަދި ވެސް ނިދަނީތަ؟ ހޭލަބަލަ. މަގޭ ދަރިއެއް ނެތޭ. ހެޔޮނުވާނެ މީހެކޭ…!” ރޮމުން ރޮމުން ލީރާ އަށް ހުރި ތަނަށް ތިރި ވެވުނެވެ. “ނެތޭ؟؟؟؟” އިމްރާންގެ ނިދިގަނޑު ދެން ދިޔައީ ކޮން ތާކައް ކަމެއް ވެސް ނޭނގެޔެވެ.
(11 ވަނަ ބައި)
ދުވެފައި ގޮސް ލަޝްކާގެ ކޮޓަރިއަށް ވައިން އިރު ކަމަކު ދާކަށް ނެތެވެ. ޖާލި ދޮރު ތަޅާލާފައި ހުރި އިރު ލަޝްކާގެ އެއްވެސް ހިލަމެއް ކޮޓަރި ތެރެއަކު ނެތެވެ. “ކޮބާ ލަޝްކާ؟” އެވަގުތު ވެސް ހާސް ވުމުގެ ބަދަލުގައި އިމްރާންއައީ ރުޅިއެވެ.
“އިމްރާން ބީރީތަ؟ މިބުނީނުން ނޭނގެޔޭ؟؟؟ ލަޝް ސުކޫލަށް ދާން ނުނިކުމެގެން އަހަރެން ވެސް ކޮޓަރި އަށް ވަނީ. އޭރު ވެސް މިތަން އޮތް ހާލު މިއީ. ލަޝްގެ ފައިވާން ވެސް އެބަހުރި. އަންނައުނު ތަކާއި ފޯނު ވެސް އެބަ ހުރި…” ލީރާގެ އަޑު ކުރެހުނެވެ. ހަގީގަތުގައި ވެސް އޭނާ ހުރީ ބިރުން ރޫރޫ އަޅާ ހާލުގައެވެ.
“ރަނގަޅަށް ވާއިރު ބިޓެއް ނަގައިގެން ފިލީއެ. ފިލަން ދާ މީހަކު ދާނީ ތިހުރިހާ އެއްޗެއް ހިފައިގެނެއް ވެސް ނޫން ދޯ؟” ކަޅި އަޅައިލަމުން އިމްރާން ބުނެލިއެވެ. “އިމްރާން! މޮޔަވީތަ؟ ބަލާބަލަ. އެތަނުން ކިހިނެތް ލަޝް ނުކުންނާނީ. އެ ޖާލި ދޮރު އެހާ ކުޑަ ގައިމު” އިމްރާން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ސަބަބުން ލީރާ ގާތައް ރުޅި އަންނަމުން ދިޔައެވެ.
“ފުލުހައް ގުޅާބަލަ…” އިމްރާން އިތުރު އެއްޗެއް ނުބުނުމުން ލީރާ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިމްރާން އެ ކޮޓަރިން ނިކުމެ އޭނާގެ ކޮޓަރި އަށް ވަދެ ދޮރު ޖެހިއެވެ. ނޭފަތް ދަމައިލަމުން ލީރާ، އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ޕޮލިސް ސްޓޭޝަނުގެ ނަންބަރަށް ޑައިލް ކޮއްލިއެވެ.
“އައްސަލާމު އަލައިކުމް” އެކޮޅުން ސަލާމް ގޮވައިލީ އަޑަށް ލީރާ ސިހުނެވެ. ވާހަކަ ދެއްކީ ޔައުލާންއެވެ. “ވާލައިކުމް ސަލާމް. އަ… އަޅުގަނޑުގެ ދަރިފުޅު ގެއްލިގެން… ހެޔޮނުވާނެ… އަޅުގަނޑުގެ ދަރިފުޅު ހޯދައިދީ…” ރޮމުން ރޮމުން ލީރާ ބުނެލިއެވެ. “ލައްބަ، އިތުރު ތަފްސީލު ދެއްވާ” ކީބޯޑުގައި ޓައިޕް ކުރަން ތައްޔާރު ވެލަމުން ޔައުލާން ބުނެލިއެވެ.
ރޮށި ފިހަން ހުރި ވިވިއަން ހުރީ ދުލުން އައިހާ އެއްޗެއް އެ ގޮތް ނޭނގޭ ޒުވާނާ އާއި ދިމާލަށް ގޮވައިލަ ގޮވައިލައެވެ. “ދަރިފުޅާ؟ ކޮން ކަމަކަށްތަ ތި ޗުކު ޗުކު ތަޅުވަނީ؟” ވިވިއަންގެ އެ ހަރަކާތްތަކައް ބަލަން އިރުކޮޅަކު ހުރެފައި ފަރީޝާ އަހައިލިއެވެ.
“ނޭނގެ މަންމާ. އިއްޔެ ފާޑެއްގެ ފިރިހެނަކާ ދިމާވީ ފިހާރައަށް ދިޔަ އިރު. ހަމަ ތެދެއް މިބުނީ. މަގޭ ގަޔާއި ދިމާލަށް ގާ އުކާފައި ވެސް މަށާ ދިމާލަށް އެއްޗެހި ގޮވައިގަތީ. ހާދަ ފޫހި ފިރިހެނެކޭ” އައިސްފައި ހުރި ދަމަން ހުރި ރޮއްޓައް ބާލަމުން ވިވިއަން ވާހަކަ ދެއްކިއެވެ.
“ހޫނ. ތި ރޮށި ދަމާ އެތި ހަލާކު ނުކޮށްލާތި އަނެއްކާ. ސާބަސް ދަރިފުޅަށް” ބޯހޫރުވައިލަމުން ފަރީޝާ ބުންޏެވެ. “ދެން މަންމާ. އަޅެ ރުޅިއެއް ނާންނާނެތަ؟” ފަރީޝާގެ ޖަވާބު ވިވިއަން އަކަށް ކަމަކު ނުދިޔައެވެ. “ރުޅި އަންނާނެތާ ދޯ؟ އަނެއްކާ ކާކުތަ އެއީ؟” ފަރީޝާ އަހައިލިއެވެ.
“ނޭނގެ ވިވީއަކަށް. އިނގޭ ނަމަވެސް ވިވީ ނުބުނާނަން” ވިވިއަން ބުނެލިއެވެ. “އޭނ؟ އެއީ ކީއްވެ؟” ފަރީޝާ އަހައިލިއެވެ. “މަންމަ ދެން މުޅި ރަށުގައި ދައްކާނީ އެވާޙަކަ އެހެންވެ ހެހެ” ބޯހޫރުވައިލަމުން ވިވިއަން ބުނެލިއެވެ. “ހޫން އެންމެ ރަނގަޅޭ. ކަޅި އަޅައިލަމުން ފަރީޝާ ގޮސް ހަނޑޫ ދޮންނަން ފެށިއެވެ.
އެނދުމަތީގައި ބަނޑުން އޮށޯވެލައިގެން އޮތް މީކައިލްގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށް ވެއްޓެމުން ދިޔައެވެ. ރޮއެ ރޮއެ އޭނާގެ ދެލޯ ވެސް ވަނީ ވަޅު ވަދެފައެވެ. ދެލޯވަނީ ރަތް ވެފައެވެ. އޭނާގެ ހިތަށް އަނިޔާވެފައިވާ ވަރު ހަމަ އެކަނި އެދެލޮލުން ވެސް ހާމަ ވަމުން ދިޔައެވެ.
“ދަރިފުޅާ. އަޅެ ދޮރު ހުޅުވާލަބަލަ. ކިހިނެތް ވެފަތަ ތިއޮތީ؟ ޑިއުޓީ އަށް ވެސް ނުދަނީތަ؟ މިހާރު އެޔޮށް އަށެއް ޖަހަން ދިހަ މިނިޓް އަށް ވީ” ސަފިއްޔާ ގޮވަމުން ދިޔަ ގޮވުމައް މީކައިލް ދިނީ ބީރު ކަންފަތެކެވެ. އެހިތަށް އަނިޔާވެފައި ވަނިކޮށް އެހެން ހިތެއްގައި މަލަން އަޅާނީ ކިހިނެތް ހެއްޔެވެ؟ ޑިއުޓީ އަށް ވުރެ މިއަދު އެކަނިވެލައިގެން ހުރުން މީކައިލް އަށް މާ މުހިންމެވެ.
“ދޮންބެ ބަލީތަ؟” ކާގެއިން ނިކުން މިކްޔާ އަށް އެމަންޒަރު ފެނި އެހިއެވެ. “ނޭނގެ ދަރިފުޅާ. ދޮންބެ އެއްވެސް އެއްޗެކޭ ބުނިތަ؟ ރޭގަ ވެސް ނޭނގެ ގެއަށް އައި އިރެއް ވެސް. ނުވެސް ކައި. ދޮންބެ ކާން ބަހައްޓާފައި ހުރި އެއްޗެހީގައި އަތްވެސް ނުލާ ވިއްޔާ” ސަފިއްޔާ އޭނާގެ ހާސްކަން ދަރިފުޅާ ހިއްސާ ކޮއްލިއެވެ.
“ހާސް ނުވޭ މަންމާ. ވެދާނެ ކުޑަކޮށް ބަލީ ކަމަށް ވެސް. ދެން ދޭ ކާން. އަޅުގަނޑު މިދަނީ ޑިއުޓީ އަށް” ހިނިތުންވުމަކާއި އެކު މިކްޔާ ބުނެލިއެވެ. ހިނިތުންވެލަމުން ސަފިއްޔާ ބޯޖަހައިލިއެވެ.
ހަމަޖެހިލައިގެން ކާގޭގައި ސައިބޯން އެޒިކިއެލް އިނެވެ. އަތުގައި އޮތީ ޖޭމު ހާކާފައި އޮތް ޕާން ފޮއްޗެކެވެ. އެއީ ދެން އެޒިކިއެލް އަށް މާ މީރު އެއްޗަކީއެވެ. “ދޮންބޭ. ދޮންބޭ. ޔައު ގުޅިތަ؟” އެވަގުތު ދުވެފައި ކާގެއަށް ވައިން އެލާރާ އަހައިލިއެވެ. “އޭނަ ދޮންބެއަށް ގުޅާނެތަ؟ މަންޖެ އަށް ދޯ ގުޅާނީ ހެހެ” ދިމާ ކުރާ ރާގެއްގައި އެޒިކިއެލް ބުނެލިއެވެ.
“ހޫން. ދެން. އަސްލުއޭ. މިއުޅެނީ މިރަށު ކުއްޖެއް ގެއްލިގެނޭނުން؟؟؟ ޔައު އަށޯ ފޯނު އައީ” އެލާރާ ތަފްސީލު ކޮއްދިނެވެ. “އޭނ؟ ގެއްލުނީ އޭ؟ ކިހިނެތް؟ ކޮން އިރަކު؟ ކާކު؟” އެޒިކިއެލް އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ.
“ސާބަސް ދެން ފަހަރަކު ސުވާލެއް. ނަމަކީ މަރިޔަމް ލަޝްކާ އިމްރާން. އުމުރުން 17 އަހަރު. މިއަދު ހެނދުނު ލަޝްކާގެ މަންމަ އެކޮޓަރި އަށް ވައިން އިރު ޖާލި ދޮރު ހަލާކު ކޮއްލާފައޯ ހުރީ. ކިޑްނެޕިންގެއް ކަމަށޯ ލަފާ ކުރެވެނީ” އެލާރާ ދެއްކި ވާހަކަ އަހަން އިނދެ އެޒިކިއެލް ކަމުން ދިޔަ އިރު ހީވަނީ ފިލްމެއް ބަލަން އިން މީހެއް ހެންނެވެ.
“ސާބަސް ދޮންބެއަށް. އަޅެ ފިލްމެއް ބަލަން އިނދެ ޕޮޕްކޯން ކާހެން އެބައިނޭ އަޑު އަހަން” ތުން އަނބުރައިލަމުން އެލާރާ ބުނެލިއެވެ. “އަޅެ ދެން އަޑު އަހަން އިނީމަނުން ވާނުވާ އިނގޭނީ. ހޫން. ހިނގާ އަވަހަށް ސްޓޭޝަނަށް” ބޯހޫރުވައިލަމުން އެޒިކިއެލް ބުނެލިއެވެ.
ހޮސްޕިޓަލަށް ވައިން މިކްޔާ އެންމެ ފުރަތަމަ ވެސް ހޯދަން ފެށީ ދުއާއެވެ. ސަފިއްޔާ ކައިރީ އެހެން ނުބުނި ނަމަވެސް، މީކައިލް އަށް އެއައި ކުއްލި ބަދަލަކީ ދުއާއާއި ދެމީހުން ޖެހުނު މައްސަލައެއް ހެން އޭނާ އަށް ހީވާތީއެވެ. އިރުކޮޅަކު ހޮސްޕިޓަލް ތެރޭ ހިނގާލުމާއި އެކު މިކްޔާ އަށް ދުއާ އާއި ޒާލާ އެކުގައި ތިއްބާ ފެނުނެވެ. އެއީ ކުޑަ އިރުން ސުރެ ވެސް ގާތް ރަހުމަތް ތެރިންނެވެ. “މީކައިލްއާއި މަށާ އިއްޔެ ރުޅިވީ”
“އޭނ؟؟؟ ރުޅިވީއޭ؟ މިއޮށް ހާ ދުވަހު އުޅިފަ ކިހިނެތްވީ ކުއްލިއަކަށް ރުޅިވީ؟” ދުއާގެ ވާހަކަ އިވި ހައިރާންވީކީ ޒާލާ އެކަންޏެއް ނޫނެވެ. އެއަޑު އިވުނު މިކްޔާ ވެސްމެއެވެ. “އެކަމަކު… ކިހިނެތްވީ ކުއްލިއަކަށް؟ ގައިމު ދެފަރާތުގެ އާއިލާ ވެސް އެހާ ގުޅޭ. ކިހާ ލޯބިން އުޅުނީ ވެސް؟” ޒާލާ އަދި ވެސް އިނީ ކޮސްވެފައެވެ.
“އާނ. މީކައިލް އަހަރެން ގާތުގަ އިންނަން އެހީ. އަހަރެން ނޫނެކޭ ބުނީމަ އެސޮރު އެކަންތައް ނިންމާލައިފި. އާނ އަހަރެން ބޭނުމެއް ނޫން އަދި މީހަކާ އިންނާކަށް. މަޖަލާ، ހިތްހަމަ ޖެހުމުގައި ދިރިއުޅެން ބޭނުމީ. މީހެއްގެ ހައްގަކަށް ވާކަށް ބޭނުމެއް ނޫން. އަހަރެންނަކީ މިނިވަނެއް. އެގޮތުގަ އަދި ހުންނަން ވެސް ބޭނުމީ”
ދުއާގެ ވާހަކަ އިވި މިކްޔާ އަށް ދަތްކުނޑިވިކާލެވުނެވެ. ދުއާ އަށް އިރެއްގައި އިހުތިރާމް ކުރެވުނީތީ ވެސް އަމިއްލަ ނަފްސަށް ކުދި ކިޔައިގަނެވުނެވެ. ޖީބުގައި އޮތް ފޯނު ނަގަމުން މިކްޔާ އެތަނުން ދުރަށް ދިޔައެވެ.
***
ސޯފާގައި އޮށޯވެލައިގެން އޮތް ލަޝްކާގެ ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ހުއްޓެވެ. ދެލޯ ކައިރީ ވަޅުވަދެފައިވީ އިރު ލޮލުގެ ހުދުބައިގެ އިތުރުން އޭނާގެ ނޭފަތައް ވެސް ވަނީ ޗެރީ ކުލަ އަރާފައެވެ. ނޭފަތް ދަމާލަ ދަމާލަ ލަޝްކާ އޮންނަތާ މިހާރު ގަޑިއެއްގެ އިރުވެދާނެއެވެ. އަދިވެސް އޭނާ އޮތީ ރޯލަ ރޯލައެވެ. ކުރާނީ ކީއްހެއްޔެވެ؟ އޭނާ އަށް އެހީ ވާނީ ކާކު ހެއްޔެވެ؟
“ކިހިނެތްވެފަތަ ފީ ކުކުޅެއްހެން ތިއޮތީ” ކޮޓަރިން ނިކުން އިމްރާން ކަޅި އަޅައިލަމުން އަހައިލިއެވެ. “ކަ… ކަމެއް ނުވޭ…” ލަޝްކާގެ ޖަވާބު ކުރެވެ. އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން އިމްރާން ހުއްޓެވެ. ކުއްލިއަކަށް ހުރެ ހައިވެފައިވީ ސިންގާއެއް ފަދައިން ލަޝްކާގެ ހަށިގަނޑު މައްޗަށް އިމްރާން ޖެހިގަތެވެ.
“ނޫން ނޫން ހެޔޮނުވާނެ ތިހެން ނަހަދާ…” ރޮމުން ރޮމުން ލަޝްކާ އާދޭސް ކުރަން ފެށިއެވެ. “އޭ! މާ ބާރަށް ހަޅޭ ނުލަވާ. އިއްޔޭން ސުރެ ކީއްވެފަތަ ތިހުންނަނީ އޭނ؟؟؟ ކަލޭތި ކާކު މަގޭ ކުރިމަތީ ފުއްޕަން؟؟؟ ތިއީ މަގޭ ލެޔޭ. މަގޭ ބޭނުން ގޮތެއް ކަލެއަށް ހަދާލާނީ” ލަޝްކާގެ ކަރުގައި ހިފަމުން އިމްރާން ބުނެލިއެވެ.
ނަމަވެސް މިފަހަރު އިމްރާން ބޭނުން ގޮތެއް ހަދަން ދޫކޮށްލުމުގެ ނިޔަތެއް ލަޝްކާގެ ނެތެވެ. ކަނާތު ފައި އުފުލައި ލަމުން އިމްރާންގެ ލަދުވެތި ގުނަވަނުގައި ޖެހިއެވެ. “އާހްހް” އިމްރާން ބަލިކަށިވީ ވަގުތު ބަލާ ލަޝްކާ ދުއްވައިގަތެވެ. ބިންމަތީގައި އޮތް ހަރުވާޅު މަތިން އޭނާ ހަނދާން ވެސް ނެތެވެ. އެއަށް ވުރެ އޭނާ ހުރީ މާ ބިރުންނެވެ. ދުވެފައި ކޮޓަރިއަށް ވަނީ ރޮމުންނެވެ.
***
ދެލޯ މެރިފައި އޮތް ލަޝްކާ އަށް ފެންނަމުން ދިޔަ ހުވަފެނުގެ ސަބަބުން ރޮވެމުން ދިޔައެވެ. ކުއްލިއަކަށް ހަޅޭ ލަވައިގަންނަމުން ތެދުވެ އިށީނދެވުނެވެ. ރޭގެ އެހާދިސާ ހުވަފެނެއްގެ ޒަރިއްޔާއިން ފެނުމުން ލަޝްކާގެ ހިތުގަައި ރިއްސާލިއެވެ.
އިރުކޮޅެއް ވަންދެން ކަކުލުގައި މޫނު ފޮރުވައިލަމުން ރޯލަ ރޯލާ އިނެވެ. ހިތް ފުރެންދެން ރޯލުމައް ފަހުން އޭނާ ކަރުނަތައް ފުހެލިއެވެ. ހީވީ އައު ދުވަހަކަށް ތައްޔާރުވެލީ ހެންނެވެ. ނަމަވެސް ތަނައް ރަނގަޅަށް ބަލައިލުމާއި އެކު އެއީ އޭނާގެ ކޮޓަރި ނޫން ކަން އެނގުނެވެ.
“މި… މި ކޮންތަނެއްތަ…؟” ލަޝްކާ ވަރަށް ބިރުގަނެއްޖެއެވެ. މިއީ ކޮން ތަނެއް ހެއްޔެވެ؟ އޭނާ މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ އިރުކޮޅެއް ފަހުން އެތަނުގައި އިން ދޮރު ހުޅުވުނެވެ. ދޮރު ހުޅުވާލާފައި ވައިން ޒުވާނާ ފެނި ލަޝްކާގެ ދެލޯ ބޮޑުވިއެވެ. ގަބޫލު ކުރަން ދަތިވިއެވެ.
(ނުނިމޭ)
ބާރަވަނަބައިގެ ތެރެއިން:
ފަންކާގެ ފިޔަތައް ގުނަން މީކައިލް އޮންނަތާ މިހާރު ވީހާ އިރެއް ވެއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ތެދުވެ އިށީނެވެ. މަރު މައްޔިތެއް ފަދައިން އެނދުން ތެދުވީ އަޅައިގެން އޮތް ފޮތިގަނޑު ވެސް ހިފައިގަންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ބޯމަތީގައި އިން ފަންކާއާއި ދިމާލަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Mi part vx varah Reethi Masha Allah..
Kaakuba Lashka E gendhiyaee, Rasha ge bf kanneynge dhw?? Edhuvahu Meekail gaaa ukee Vivian gayah dhw, hehe 😅😂
Meekail E ulheny dhan jehen tha, Nooo don’t do it, Meekail ah dhera gotheh nahadhacheyy🥺🙏
When Next?? Curiously waiting for the next part.. Appreciate your hard work 🥰💗
Lysm Shiherr 🤍
jazaakallah khairan dear.. hehe Lashka kidnap kuree kaaku kan ingeyne next episode ga.. haha yess it was Vivian 🤣
hehe Meekail ah vy kihineh kan ingeyne next episode ga stay tuned..
jazaakallah khairan dear.. lyt🫶🏻
Loved this part so much💗
Alhe Imran ah heyo dhw eyna ge dharifulhu gelligen ulhey iru ves!?
Well lash ethanakah e gendhiya ee kaakubaa??
Dhaaiyal hen ves heevey then kk.?!
When next?
Ly💗
Btw kalhu bulha ge s2 mi story ah fahuga dhw?
jazaakallah khairan dear… aslu vess.. Imraan is sooo badd…. Lashka kidnap kuree kaaku kan ingeyne next episode ga.. in sha allah next vess hama soon.. lyt🫶🏻
no, not writing a season 2 for kalhu bulhaa
Ah my bad not kalhu bulhaa! Vafaatheri maveemey s2