Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތައް ލޯބިދޭށޭ – 12 ބައި

Twinklebean Level 110 Stories
January 17, 2026 3 Mins Read
2 Comments

ކުޑަދޮރު ކައިރީގައި ފޯނު ކަންފަތައްޖަހައިގެން މިޝީ ހުއްޓެވެ. ސަފާނާގެ ވާހަކަތައް ކަނުލައި އަޑުއަހަންށެވެ.

“ދަރިފުޅު ވަރިބަލިވެފައެއްނު ތިހުރީ” ސަފާނާ ވާހަކަދެއްކީ އޯގާތެރިކަމާއި އެކުގައެވެ. “ފަހަކަށް އައިސް މާ ބޮޑަށް ބިޒީ ކޮއްނު ތިއުޅެވެނީ ދޫނީ. ސްކޫލައް ދުވަމުން، ޓިއުށަނައް ދަމުން، ނުވިތާކައް އެއުޅޭ އެލައިރާގެ ފޫބުޑުންވެސް ނުނެއްޓިގެން ތިއުޅެވެނީ. މަންމި ބުނީމެއްނު އޭނަގެ ކަންކަމުގައި ނޫޅޭށޭ.. ދެންދޭ ރެސްޓްކޮއްލަން ކައިގެން”

މިޝްޔާ ފުންނޭވާއެއް ދޫކޮއްލިއެވެ. “މިޝީ ޓަޔާރޑް އެއް ނުވެޔޭ މަންމީ. އެންޑް އެލާ ދޮންތި ވަރައް ސްޓްރެސް ވެފަ ހުންނަނީ މިހާރު. ރޭގަވެސް އައި ޑޯންޓް ތިންކް ޝީ އީވެން ސްލެޕްޓް ވެލް މަންމީ..”

\. “އޭނަ ސްޓްރެސް ވާނެއްނު. އޭނަޔަކީ ޑޮކްޓަރެއް. އެއީ މިހާރު އޭނަގެ ލައިފްއަކީ. އެމަޖެންސީސް، ލޯންގް އަވަރސް، ޕްރެޝަރ، މިޝީ ކީއްކުރަން އޭނަ ފަހަތުން ދުވަނީ އޭނަ ސްޓްރެސްވާ ކޮންމެފަހަރަކު؟. ޝީ ނީޑްސް ސްޕޭސް.” އަޑު ބާރުކޮއްލަމުން ސަފާނާ ބުނެލިއެވެ.

އެ ބަސްތައް މިޝްޔާގެ މޭގައި ޖެހުނީ ނުތަނަވަސްކަމާއި އެކުގައެވެ. “އެކަމް ދޮންތި ނުބުނޭ އެހެންނަކުންނެއް ކޮއްކި ކައިރީ ” މިޝްޔާގެ އަޑު ކިރިޔާ އިވޭ ވަރައް އޭނާ ޖަވާބުދިނެވެ.

“އޭނަޔެއް ނުބުނާނެ” ސަފާނާ މަޑުމަޑުން ޖަވާބު ދިނެވެ. “އެލައިރާ ދުވަހަކުވެސް އެއްވެސް މީހަކަށް ބުރައަކައް ވާކައް ބޭނުމެއް ނުވާނެ. އެއީ އަބަދުވެސް އޭނަ އުޅޭ ގޮތް. ޓްރަސްޓް މީ ދޫނީ.. މިވަގުތު އޭނައަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އަޅާނުލާ ދޫކޮއްލުން.”

“އެކަމް.. މިޝީ ބޭނުމެއް ނޫން ދޮންތިޔައް އެލޯންކަން ފީލްވާކައް..” ކުޑަދޮރުން މަގުމައްޗައް ބަލަންހުރެ ވަރައް މަޑުމައިތިރިކަމާއެކު މިޝީ ބުނެލިއެވެ.

“އޭނަ އެކަންޏެއް ނުވާނެ.. އޭނަގެ ރައްޓެހިންވެސް އެތިބީނު. މިޝީ މާބޮޑައްށޭ ތިވިސްނަނީ.. އޭނަގެ ލައިފްގައި ދިމާވާ ކަންކަމުގެ ތެރެޔައް މިޝީ ކައިރީ ބުނަމެއްނު ނުވައްނާށޭ.. މިޝީ އޭނަޔާއި ހެދި އުޅޭވަރަކައް އޭނަ ވާނީ އިތުރައް ސްޓްރެސް.. އޭނަގެ ލައިފް އޭނަ ބޭނުންގޮތަކައް ހޭންޑަލް ކުރަން ދޫކޮއްލާ.” ހަރުކަށި ރާގަކައް ސަފާނާ ބުނެލިއެވެ.

އިތުރައް ސަފާނާޔާއި ހިފަން ބޭނުނުވުމުން މިޝީ އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ. ސަފާނާ އަދި އެހެން ބުންޏަކަސް މިޝީ އޭނަގެ ދޮންތި އެކަނިކޮއްލާކައް ކުޑަކޮއްވެސް ބޭނުމެއްނުވިއެވެ.


މިވަގުތަކީ ވޯރޑެގައި ވަރައްވެސް ބިޒީ ވަގުތެކެވެ. ކޮންސަލްޓްތައް ގިނަވެ، ޕްރޮސީޖަރުތައް ގިނަވެ، ކުއްލި ހާލަތްތައްވެސް އަވަސްއަވަހައް އަންނަމުންދިޔައެވެ. އަންނަމުންދިޔަ ކޮންމެ އެލާރޓްއަކާއިއެކު އެލައިރާ އޭނާގެ ރޯލަށް ފުންކޮށް ތައްޔާރުވެއެވެ. އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ހިނގަމު ދިޔައީ، ކެތްތެރިކަމެއް ނެތްކަހަލަ ގޮތަކަށެވެ. ބަލިމީހުން އެލައިރާޔައް އިތުބާރު ކުރިއެވެ. ނަރުހުން ބަރޯސާވީ އޭނައަށެވެ. ހުރިހާ ކަމެއްވެސް ހިނގަމުން ދިޔައީ ވާންވީ ގޮތަށެވެ. އެއީ އޭނާގެ ދިރިއުޅުން ފިޔަވައެވެ.

ޗާޓް ރިވިއުތަކާއި ޕޭޝަންޓްތަކުގެ އަޕްޑޭޓްތައް ބަލަމުން ދިޔައިރު އެލައިރާގެ ވިސްނުން ކުއްލިއަކައް އެހެން ދިމާއަކައް ގެއްލުނެވެ. އެއީ މިޝީގެ ހަނދާންވުމުންނެވެ. މި ދެތިން ދުވަހަކު މިޝީއާއި އެހާ ބޮޑައް ނޫޅެވޭ ކަމުގެ އިހްސާސްކުރެވުމުން އެލައިރާ ކުޑަކޮއް ދެރަވިއެވެ. ނަމަވެސް މިއީ އުޅެން ޖެހޭލެއް ބިޒީކަމުންނާއި، ކަންކަމާއި ދޭތެރޭ ވިސްނޭވަރުން ވާކަމެއްކަން އެލައިރާޔައް އެނގެއެވެ. މަޑުމަޑުން ނޭވާ ދޫކޮށްލަމުން ޖީބައް އަތްޖަހާލީ ރިމްޝާ އައިސް ހަމަކުރި ވަގުތުގައެވެ. “މިއަދު އަދި ނެތް ދޯ ހުއްޓުމެއްވެސް.. ޔޫ އޯކޭތަ؟”

އެލައިރާ މަޑުމަޑުން ބޯޖަހާލިއެވެ. “ޔެއާރ.. މިކަހަލަ ދުވަސްތައްވެސް އަންނާނެތާ..”

“ކޮންމެވެސް އެއްޗެއް ކާލަން އުޅެބަލަ. އެހެން ނޫނީ ނުހުއްނާނެއްނު ވަރެއްވެސް.”

“އަހަރެން ކާނަން.. އެކަމް ތަންކޮޅެއް ފަހުން ” އެލައިރާ އެހެން ބުނި ނަމަވެސް ދެމީހުންނަށްވެސް އޭނާ ނުކާނެކަން އެނގެއެވެ.


ރޭގަނޑުގެ ވަގުތެކެވެ. ސިޓިން ރޫމްގައި ޓީވީ އަޅުވާލައިގެން ސަފާނާ ސޯފާގައި އިން ނަމަވެސް އޭނާގެ ސަމާލުކަން ވަނީ ޓީވީޔަކައް ނޫނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މިޝްޔާގެ ކޮޓަރިޔައެށެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ސަފާނާ މިޝީގެ ކޮޓަރި ދޮރުން އެތެރެ ބަލާލިއެވެ. އޭރު މިޝީ އެނދުމަތީގައި ރޯން އިންތަން ފެނުނެވެ. މިޝީ އެރޮނީ ކީއްވެގެންކަންވެސް ސަފާނާޔައް ވަރައް ރަނގަޅައް އެނގެއެވެ. އެކަމުގައި ދެރަވުމުގެ ބަދަލުގައި ސަފާނާ ހުރީ ވަރައް ހިއްހަމަޖެހިފައެވެ. ތުންފަތް މައްޗައް ނުލަފާ ހިނިތުންވުމެއް ވެރިކޮއްލުމައްފަހު ސަފާނާ އައިސް ސޯފާގައި އިށީންދެލިއެވެ. އަދި އަތުގައި އޮތް މިޝްޔާގެ ފޯނުން އެލައިރާގެ އެއްވެސް މެސެޖެއް އައިއްސައި އިންތޯ ބަލާލިއެވެ. އެވަގުތު ސަފާނާޔައް ހީލެވުނެވެ. އެލައިރާގެ އެއްވެސް ކޯލެއް އަދި މެސެޖެއްވެސް އައިއްސަކައެއް ނެތެވެ. އަދި މިޝްޔާވެސް އެލައިރާއަކައް ގުޅާފައެއް ނެތެވެ. ސަފާނާ ފޯނު އެއްފަރާތްކޮށްލީ ހިތްހަމަޖެހިފައި ހުރެއެވެ.

ބައެއް ގުޅުންތަކަކީ، އޭނާ ގަަބޫލުކުރާ ގޮތުގައި، އެ ގުޅުންތައް ވަރުގަދަވުމުގެ ކުރިން، ދުރުކުރަންޖެހޭ ގުޅުންތަކެކެވެ. މިޝްޔާއާއި އެލައިރާގެ ގުޅުންވެސް ސަފާނާ ބޭނުންވަނީ ނައްޓާލުމަށެވެ.

 


ކައިލް އޭނާގެ ބެލްކަނީގައި ހުއްޓިލައިގެން ހުރިއިރު އޭނާ ލައިގެންހުރި ގަމީހުގައި އެއްވެސް ފަރުވާތެރިކަމެއް ނެތެވެ. ކަރުގައި އަޅައިގެން ހުރި ޓައީވެސް އޮތީ ފަރުވާކުޑަގޮތަކައް ކޮޓަރިޔައް އެލާލެވިފައެވެ. ބޮލުގައި ހުރި އިސްތަށިތައްވެސް ވަނީ އެއްކޮއް ހޭވިފައެވެ. އާދައިގެ މަތީން މިއަދުވެސް ކައިލް އުޅުނީ އެކި ބައްދަލުވުންތަކާއި، މަޝްވަރާތަކުގެ ތެރޭގައެވެ. ނަމަވެސް ކައިލް ކަންބޮޑުވަނީ އެކަމަކާއެއް ނޫނެވެ. އޭނާ ކަންބޮޑުވަނީ އެލައިރާޔާއި މެދުއެވެ.

ކައިލް އަނެއްކާވެސް ފޯނު ޗެކްކޮށްލީ އެލައިރާގެ ހަބަރެއް ނުވުމުންނެވެ. ނަމަވެސް އެއްވެސް މެސެޖެއް ކޮއްފަކައެއް ނެތެވެ. އޭނާ ކުޑަކޮށް ދެބުމަ ގޮށްޖަހާލީ ރުޅިވެރިކަމުގައި ނޫން ނަމަވެސް ވިސްނުމުންނެވެ. އެލައިރާއަކީ ދެވަނަ ހަންގަނޑެއް ފަދައިން އާއިލާއާއި، މަސަތްކަތުގެ ޒިންމާ އުފުލަމުން އަންނަ ކުއްޖެކެވެ. ފަހަރުގައި މިއަދު މާ ބުރަކޮއް އުޅޭތީ ވީގޮތެއް ކަމައްވެސް ވެދާނެއެވެ.

ފުންނޭވާއެއް ދޫކޮއްލުމައްފަހު ކައިލް އެތެރެޔައް ވަދެ އެނދުގައި އޮށޯވެލިއެވެ. އަނެއްކާވެސް އޭނާގެ ހިޔާލައް އައީ މީގެ ދުވަސްކޮޅެއްކުރިން އޭނާ އަމިއްލަ ނަފްސައް ވީ ވައުދެވެ. އެ ދިރިއުޅުމައް ދުވަހަކުވެސް އަންހެން ކުއްޖެއް ނުވެއްދުމައް އަމިއްލަ ނަފްސައް ދިން ނަސޭހަތްތަކެވެ. އެކަމަކު މިއަދު އޭނާ އެވަނީ އޭނާގެ އަމިއްލަ ނަފްސައްވެސް ބޭވަފާތެރި ވެފައެވެ. ނުވިސްނާން ހުރިޔަސް މިހާރު ކައިލްގެ ސިކުނޑީގައި 24 ގަޑިއިރު އެނބުރެމުންދަނީ ހަމަ އެލައިރާއެވެ. ކޮންމެ ކަމެއްކުރަން ހުއްޓަސް ހަނދާންވަނީ އެލައިރާގެ މަތިންނެވެ. ނުވިސްނާން ހުއްޓަސް ކޮންމެވެސް ގޮތަކުން އޭނާގެ ސިކުޑީގައި ރަނިކަންކުރަމުންދަނީ އެލައިރާއެވެ. މިހުރިހާ ކަމެއް ކައިލްއައް ވިސްނުމުން މީހާ ނުތަނަވަސްވާން ފެށިއެވެ. އަމިއްލަ ނަފްސާއި ދެކޮޅައް އޭނާ ވެއްޓޭނެ ކަމުގެ ބިރު ހީވެފައި ކުރިން އޮތަސް އެލައިރާޔާއި ދޭތެރޭ މިހާވަރު ވާނެކަމަކައް ކުޑަކޮއްވެސް ކައިލް ހީކޮއްފައެއް ނުވެއެވެ.

” އެލައި… އަހަންނައް ކިހިނެއްތަ މިވަނީ… ކީއްވެ އަބަދުވެސް އަހަންނައް އެލައި މަތިން މިވަރައް ވިސްނެނީ… ކީއްވެތަ އަހަންނައް މިހާވަރު މިވަނީ…” ބާލީހުގައި ހިފައި ބައްދާލަމުން ކައިލް ބުނެލިއެވެ.


ދަންވަރުގެ ވަގުތެކެވެ. ޑިއުޓީ ނިންމާލުމައްފަހު އެލައިރާ ގެޔައް އައިސް ފެންވަރާލިއެވެ. ވެފައިހުރި ވަރުބައްޔއެއްގެ ސަބަބުން އޭނާ ބޭނުންވީ އަވަހައް ނިދާލުމަށެވެ. މިއަދުވެސް ބިޒީ ކަމުން މީޝީގެ ހަބަރެއްވެސް ބަލައެއް ނުލެވެއެވެ. އާންމުގޮތެއްގައި ދުވާލަކު އެއްފަހަރު ނަމަވެސް މިޝީ އޭނަޔާއި ގުލާނެއެވެ. އެކަމަކު މިއަދު މިޝީ އޭނަޔަކައް ނުގުޅައެވެ. މިކަމާ ކުޑަކޮއް ހިތް ނުތަނަވަސް ވީކަމުގައި ވިޔަސް ވަރުބަލިވެފައި ހުރިވަރުން މާދަމާ މިޝީއާއި ބައްދަލުކުރަން އެލައިރާ ނިންމިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ބޮޑީގާޑު 5

Next

އަބަދުވޭ ހިތުގާ މަގޭ 2 (16)

Next
January 17, 2026

އަބަދުވޭ ހިތުގާ މަގޭ 2 (16)

Previews
January 17, 2026

ބޮޑީގާޑު 5

2 Comments!

  1. Anonymous says:
    January 17, 2026 at 7:47 pm

    Haadha lahuney vhk up kurany thi??
    Thihen hadhanya readers foohive kiyaa hitheh nuvaane ☺️
    Try to Improve that esfiya site ga ulhey authors vx hama buxy koh ulhemun vx Avahah up kohdheyeba hama ehen thi author ah ves vaane iraadha kureh vihyaa I hope vrh Avahah kiyaalan libeyne kamah. ☺️❤️🤗🖤

    1. Anonymous says:
      January 18, 2026 at 8:57 am

      Labha insha allah will improve that❤️

Comments are closed.

Next Episodeމިހިތަށް ލޯބިދޭށޭ – 17ބައި←


All Right Reserved!