Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތަށް ލޯބިދޭށޭ – 17ބައި

Twinklebean Level 110 Stories
February 14, 2026 5 Mins Read
0 Comments

އެލައިރާގެ ކޮޓަރީގެ ދޮރުފޮތިގަނޑު މަޑު އައްޔަކުން ދިއްލިގެން ދިޔައެވެ. މިއަދުގެ އިރު އެރީ އޭނާ ނުނިދިގެން އުޅެނިކޮއްށެވެ. އޭނާއައް ނަޒަރު ހިންގާލެވުނީ ބެލްކަންޏައް ވާ ދޮރުގައި އަޅުވާފައި އިން ބޮޑު ހުދު ކުލައިގެ ވެޑިންގް ޑްރެސްއަށެވެ. އެ ހެދުމައް ބަލާލުމުން އެއީ ވަރަށް ފުރިހަމަޔައް ތައްޔާރުކުރެވިފަ އިން ހެދުމެއްކަން އެނގެއެވެ. އެހާމެވެސް ރީއްޗެވެ. ދެރައީ އެ ހެނދުން ލާނީ އޭނާކަމައް ވީނަމަވެސް އުފާވެރިކަން ނެތީމައެވެ. ހީވަނީ އަމިއްލަ ނަފްސު ނޭނގުމެއްގެ ތެރެޔައް ގަނބައިގެން ދިޔަހެންނެވެ.

އެލައިރާގެ ހަނދާނައް ކުއްލިޔަކައް އައީ އިއްޔެ ކައިލް ދެއްކި ވާހަކައެވެ..  ” އިނގޭ މީ އެރޭންޖް މެރިއޭޖެއްކަން.. ޓްރައި ކުރެވިދާނެއްނު.. ދެމީހުންނައް އެކަކު އަނެކަކާ އެއްކޮއް އުޅެން..”

“ކައިލް އެހެން އެ ބުނީ ކީއްވެތަ.؟ އޭނަ އަހަރެން ދަސްކުރަން ބޭނުންވަނީ ކީއްވެތަ؟” ސިކުނޑީގައި އަނެއްކާވެސް ސުވާލުތަކެއް އުފެދޭން ފެށިއެވެ. އެލައިރާ އެންމެ ހައިރާންވީ ކައިލް އެހެން ބުނި އިރު ކައިލްގެ މޫނުމަތީން އޭނާ އެކަން ކުރާން ބޭނުންވާކަން ފާހަގަވީމައެވެ.

“އެންމެ ފުރަތަމަ ކައިލް ފެނުނު ދުވަހު ހީވީ އަހަންނާ ދުށްމަނުކަމެއް އޮތްހެން.. މިހާރު ހީވަނީ އަހަންނާ ގަޔާ ވާހެން… ކީއްތަ ވާން މިއުޅެނީ..؟ ސިކުނޑިއައް ބަރު ވާހެން ހީވުމުން އަހަރެން ދެއަތުން ބޮލުގައި އަތް އަޅާލީމެވެ..

“މިއަދު މީ އަހަރެން އެންމެ ބިރުގަންނަން ވީ ދުވަސް.. ކައިލް އެއީ ކާކު ކަންވެސް އަހަންނަކައް ނޭނގެ… އޭނަގެ ހިތުގަ އޮތީ ކޮން މަގްސަދެއްކަމެއްވެސް ނޭނގެ… އެކަމް.. ކީއްވެ މި ހިތް ކައިލްގެ ބަސްތަކައް އިތުބާރު ކުރަނީ.. ކީއްވެ އަހަންނައް ފީލް ވަނީ ކައިލް އަހަންނަކައް ދެރައެއް ނުދޭނެހެން.. ”  މޭމަތީގައި އަތްއަޅާލައިގެން ހުރެ އަހަންނައް ބުނެވުނެވެ.

މެނދުރު ވެއްޖެއެވެ. މުޅި ގޭތެރާއައް ވެރިވެފައި އޮތް ފަޅުކަން ފިލައިގެން ދިޔައީ މިއަދު އަހަރެން ރީތިކުރަން އައި މީހުން އަތުވުމުންނެވެ. އެމީހުން ކޮޓަރި ފުރާލީ މަޑުމައިތިރި ވާހަކަތަކާއި މޭކަޕް ސާމާނުތަކުންނެވެ. އަހަރެން އަމިއްލަ ނަފްސު މަޑުމަޑުން ބަދަލުވަމުން ދިޔަތަން ބަލަން ހުރީމެވެ.  ކޮންމެ ތަންކޮޅެއް ނިމޭއިރު އަހަންނައް އަހަރެންގެ އަސްލު ނޭނގޭ ހާ ތަފާތެވެ. މުޅި މޭކަޕް އެއްކޮއް ނުމުމުން އަހަރެން އަމިއްލަ ނަފްސައް ރަަނގަޅައް ބަލާލީމެވެ. މިހާރު އަހަރެން ވައްތަރީ ހަމަ އަސްލު ބްރައިޑްއަކާއެވެ. މި ޙިޔާލުން އަހަރެން މިއުޅެނީ އަސްލައް ވެސް ކައިވެނި ކުރަންކަން އިހްސާސްވިއެވެ. އަދި އެ ޚިޔާލުން އަހަރެންގެ ދެއަތް ތުރުތުރުއަޅަމުން ދިޔައީ އަމިއްލަ ނަފްސައް ހުއްޓުވެން ނެތް ހާ ވެސް އަވަހަށެވެ.


ކައިލްގެ ހަޔާތުގައި ބައިވަރު ކަންކަމާއި ކުރިމަތިލައިފައި ވެއެވެ. ނަމަވެސް މިހާ ހާސްވި ދުވަހެއް ހަނދާނަކު ނެތެވެ. އޭނާ އަމިއްލަ ނަފްސައް ހަމަޖެހުމައް ވިސްނައިދެމުންދިޔައެވެ. ނަމަވެސް ކައިވެނި. ރެސްޕޮންސޮބިލިޓީސް… މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ފެށޭ މުޅިން އާ މި ދިރިއުޅުން… މި ހުރިހާ ހިޔާލުތައް އެނބުރެމުން ދާއިރު ހަމަޖެހިގެން ހުންނާނީ ވަކި ކާކުހެއްޔެވެ؟. ކިތަންމެ ފަހަރަކު އަމިއްލަ ނަފްސަށް ނުވިސްނާށޭ ބުނިޔަސް އޭނާގެ މޭމަތީގެ ތަތްކަން ކުޑައެއް ނުވިއެވެ.

އަހަރެންގެ ވަށައިގެން ތިބި މީހުން ހީހީފައި އެހެން ދުވަހެއް ފަދައިން ހަރަކާތްތެރިވަމުން ދިޔައެވެ. އެ ސަކަރާތުގައި އަހަންނައް ބައިވެރި ވެސް ނުވެވުނީ ވަގުތު ކުޑަތަންވާކަން އިހުސާސް ކުރެވުމުންނެވެ. ގަޑީގެ ކޮންމެ ޓިކް އެއްގެ އަޑު އިވެމުން ދިޔައީ އަޑު އިވެންޖެހޭ ވަރަށް ވުރެ ބާރަށެވެ. ކައިލް އަނެއްކާވެސް އޭނާގެ އަތްކުރި އެޖެސްޓް ކޮއްލިއެވެ. މިއީ މިހާރު އެކަން ކުރެވޭ 5 ވަނަ ފަހަރެވެ. ހައްތަހާ ވެސް ހީވަނީ ނުބައިކޮއް ކަމެއް ކުރެވޭހެންނެވެ.

“ދަރިފުޅާ” އަތްކުރި ރީތުކުރަން ލޯގަނޑު ކުރިމަތީގައި ހުރެފައި ފަސްއެނބުރި ބަލާލެވުނީ ބައްޕަ އަހަންނައް ގޮވާލިއަޑު އިވުމުންނެވެ. ބައްޕަވެސް ހުރީ މިއަދުގެ ރަސްމިއްޔާތައް ތައްޔާރުވެގެންނެވެ.

“ދަރިފުޅާ… ބައްޕަ ބުނީ ތިހާ އެޖެސްޓް ނުކުރިޔަސް ދަރިފުޅު ރީއްޗޭ..” އަހަންނާ ދިމާއައް ސަމާސާ ރާގަކައް ބައްޕަ ބުނެލިއެވެ.

“ކަމޯން ޑޭޑް.. އެހެންނޫނަސް ރީތިވެގެންދޯ ތަނަކައް ދަނީ.” ލަނދު ނުގަންނާންވެގެން އަހަރެން އަވަހައް ބުނެލީމެވެ.

“މިއަދު މީ ބައްޕަ ވަރަށް އުފާވާ ދުވަހެއް.. ބައްޕަގެ ލޯބިވާ ކައިލް.. މިއަދު ހަޔާތެއް ފަށަނީ.. އަލްހަމްދުލިއްލާހި… ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު މި ކައިވެންޏައް އެއްބަސްވީތީވެސް.. ބައްޕަ ދަރިފުޅު ލައްވާ މި ކައިވެނި މި ކުރުވަނީ ހަމަ އެންމެ ސަބަބަކައް.. އެކަން އިންޝާﷲ އަދި ދަރިފުޅައް އެނގޭނެ.. ” އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ބައްޕަ ބުނެލިއެވެ. ” އަވަސްކޮއްލައިގެން އާދޭ ތިރިޔައް. ކާރު މިހާރު ވެއިޓިންގަ.. މުހައިމީން ގުޅައިފަ ބުނި އެލައިރާވެސް މިހާރު އެތަނައް އަތުވެއްޖެޔޭ.. ދަރިފުޅު އަންނަންދެކައް އެތިބީ..” މިހެން ބުނެލުމައްފަހު ބައްޕަ ކޮޓަރީން ހިނގައްޖެއެވެ. އަހަރެން ހުރީ އެލައިރާ ދެކިލާ ހިތުން ކެތްމަދުވެފައެވެ. ފަހު ފަހަރައް ލޯގަނޑުން ސޫރަ ބަލާލުމައްފަހު އަހަރެންވެސް ބައްޕަގެ ފަހަތުން ތިރިޔައް ފޭބީމެވެ.


ކާރު އައިސް ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ މައިދާނައް ހުއްޓުމާއެކު ކައިލް ކާރުން ފޭބިމެވެ.. އޭރު މާދުރުން އޭނާއައް ގޮނޑީގައި އިށީންދެގެން އިން އެލައިރާ ފެނުނެވެ. އެލައިރާ ފެނުމާއެކު ކައިލް ހުރި ފިޔަވަޅު މައްޗައް ހުއްޓުނެވެ. ކުރިމަތީގައި ފެންނައް އެހުރީ ކުޑައިރުކޮޅެއްގެ ފަހުން އޭނާގެ އަނބިމީހާއެވެ. ކައިލްއައް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. އެހާ ރީތި.. އެހާ ފުރިހަމަ ކުއްޖެއް ކައިލްއައް ލިބުނީތީއެވެ. އޭނާ އެތަކެއްފަހަރު މަތިން އެލައިރާއައް ތައުރީފްކޮއްލިއެވެ. ނަމަވެސް އެއީ އެއްވެސް މީހަކައް އަޑު ނީވޭވަރަށެވެ.

“ކައިލް.. އާދޭ އިށީންނަން..” ކައިލްއައް ހޭވެރިކަމެއް ލިބުނީ ބައްޕަ ގޮވާލުމުންނެވެ. މަޑުމަޑުން ހިނގަމުން ގޮސް ކައިލް އެލައިރާގެ ކައިރީގައި އިން ގޮނޑީގައި އިށީންދެލިއެވެ. ކައިލް ފެނުމުން އެލައިރާއައްވެސް ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރެވުނެވެ. އެހާ ދުރުގައި ކައިލް އެލައިރާޔައް ބަލަހައްޓައިގެން ހުރި ތަން އެލައިރާޔައް ފެނުނެވެ. ކައިލްގެ ރީތިކަމުގެ ވާހަކަ އެލައިރާ ވެސް ބުނިއެވެ. އެއީ ކައިލްއެކޭ އެއްފަދައިން މީހަކައް އަޑު ނީވޭވަރަށެވެ. ހިނދުކޮޅެއްގެ ތެރޭގަައި ގާޒީ ވާހަކަފެށިއެވެ. އަދި ވާހަކައިގެ މެދާހިސާބައް އަތުވެއްޖެއެވެ.

” މި ކައިވެނީގެ ވަލީވެރިޔާ އާއިޝަތު އެލައިރާ މުހައިމީންގެ ބައްޕަ، މުހައިމީން އާދަމްގެ އިޒްނަޔާއެކު، މިތިއްބެވި ދެހެކިވެރީން އަލީ އާމިރް އާއި މުހައްމަދު އަހްމަދް، މިދެބޭފުޅުން ހެކިކޮއް، އަލްފާލިލް މުހައިމީން އާދަމްގެ ދަރިކަނބަލުން އާއިޝަތު އެލައިރާ މުހައިމީން، އަލްފާލިލް އަމްޖަދް ނައީމްގެ ދަރިފުޅު، ކައިލް މުހައްމަދާއި، 1265 ރުފިޔަލުގެ ރަނައް، އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތީން، މާތްﷲ ސުބްހާނަހޫ ވަތަޢާލާގެ އިސްމުފުޅުމެ ބަރަކާތުން ކައިވެނިކޮއްދީ އަނބިކޮއްފިން..”

އެޔާއެކު ހުރިހާ މީހުންގެ ނަޒަރު ކައިލްއައް އަމާޒުވިއެވެ. އެލައިރާއައްވެސް ބަލާލެވުނީ ކައިލްއަށެވެ.. ފުންނޭވާއެއް ދޫކޮއްލުމައްފަހު ކައިލް އެލައިރާޔާއި ދިމާއައް ބަލާލިއެވެ.  “އަނބި ގަބޫލުކޮއްފިން” ކައިލް އެހެން ބުނިއިރު އެއަޑުގައި ތުރުތުރު އެޅުމެއް ނެތެވެ. އެބަސްތައް ބުނެވުނު ހިސާބުން ކައިލްއައް އެތެރޭގައި ކޮންމެވެސް އެއްޗެއް ބާރުވެގެންދިޔަހެން ހީވިއެވެ. ކައިލްއައް ވެސް ބަލާލެވުނީ އެލައިރާޔާއި ދިމާއަށެވެ. އޭރު އެލައިރާގެ ސިކުނޑީގައި ކައިލް ދެންމެ އެބުނި ބަސް ހުއްޓުމެއްނެތި ތަކުރާރުވަމުންދިޔައެވެ. އޭނާގެ އިނގިލިތައް ކުޑަކޮށް ތުރުތުރު އަޅަމުން ދިޔައެވެ. ދެއަތް ހިފަހައްޓާ ބާރުކޮށްލައިގެން އެކަން ފޮރުވަން އުޅުނު ނަމަވެސް ކައިލްއައް އެކަން ފާހަގަ ކުރެވުނެވެ.

ރަސްމިއްޔާތު ނިމުނުހާއިރން އެންމެންގެ ހޫނު އަތްތިލަބަޑިތަކުން މުޅި ތަން ގުގުމާލިއެވެ. ތަހުނިޔާ ކިޔާ މީހުން ތަހުނިޔާ ކިޔަނީއެވެ. އެވަގުތު ކައިލްގައި ކޮނޑުގައި އަތް އަޅުވާލުމައްފަހު ބައްޕަ ބުނެލިއެވެ.

“ތިޔަ ދެކުދިންނައްވެސް މި ކައިވެންޏައް މަރުހަބާ.. ކައިލް.. ދަރިފުޅު ދޭ އެލައިރާ ގޮވައިގެން ވެއިޓިން ރޫމްއައް.. ފޮޓޯ ނަގާ މީހުުން އެބަ އަތުވޭ. އައީމަ ބައްޕަ ގޮވާލާނަން..” ކައިލް ބޯ ޖަހާލި ނަމަވެސް އޭނާގެ ނަޒަރު އަދިވެސް އަމާޒުވެފައިވަނީ އެލައިރާޔަށެވެ. ” ތީ މިހާރު އަހަރެންގެ ހައްގެއް.. ހަމައެކަނި އަހަރެންގެ މީހެއް” ހިތާއި ހިތުން ކައިލް ބުނެލިއެވެ. އެޔާއެކު އެލައިރާގެ އަތުގައި ހިފައިގެން ކައިލް ހިނގައިގަތީ ވެއިޓިން ރޫމްއައް ދިއުމަށެވެ.

ވެއިޓިން ރޫމްއައް ދެވުމާއެކު އެންމެ ފުރަތަމަ އެތަނައް ވަނީ އެލައިރާއެވެ. އޭރު އޭނާ ހުރީ ހާސްވެ ފެންކަޅިވެސް ވެފައެވެ. ދެވަނަ ވިސްނުމެއް ނެތި ކައިލް ކުރިއައް އެޅި ފިޔަވަޅާއެކު އޭނާގެ މެޔާއި އެލައިރާ ގާތްކޮއްލިއެވެ. އެވަގުތު އެލައިރާއައް ބަލާލެވުނީ ކައިލްގެ ދެލޮލަށެވެ. ކައިލް އެގޮތައް ކަންތައް ކުރުމުން އެލައިރާގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ.

“އިޓްސް އޯކޭ އެލައި.. ރިލެކްސް..” މަޑުމަޑުން ކައިލް ބުނެލިއެވެ. ” މިހާރު އެލައި ތީ ކައިލްގެ ވައިފް.. ސޯ ޑޯންޓް މައިންޑް އިފް އައި ހަގް ޔޫ ވެން ޔޫ ކްރައި.. ކައިލްއަކައް ފަސޭހައެއްނުވާނެ ތިހެން ރޯތަން ބަލާކައް ހުންނަން.” އެލައިރާގެ ކަރުނަތައް ފޮހެދެމުން ކައިލް ބުނެލިއެވެ.

ކައިލްގެ ބަސްތަކައް އެލައިރާ އެއްޗެކޭ ނުބުނިނަމަވެސް އޭނާގެ އިނގިލިތައް ކައިލްއާ ވަށާލިއެވެ. އެލައިރާއައް ހުރެވުނީ ފާޑަކައް ހަމަޖެހިފައެވެ. އެއީ ކައިލް ބައްދާލީމަ ވީ ގޮތެއް ކަމެއް ނޫނީ މާ ބޮޑައް ހާސްވީމަ ވީ ގޮތެއް ކަމެއްވެސް ނޭނގެއެވެ. އިތުރައް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮއް ކައިލްގެ މެއިޑަކު ދޮރުގައި ޓަކިޖަހާލިއެވެ.. އަދި ފޮޓޯ ނަގާ މީހާ އަތުވެއޖެެކަމައް ބުނެލިއެވެ. އެވަގުތު އެލައިރާ ކުއްލިއަކައް ކައިލްގެ ގައިން ދޫކޮއްލިއެވެ. އަދި އަވަސް އަވަހައް އެތަނުން ނިކުމެގެން ދިޔައެވެ. ފަހުފަހަރައް ގަމީސް ރީތިކޮއްލުމައްފަހު ކައިލް ވެސް އެލައިރާގެ ފަހަތުން ހިނގައިގަތެވެ.

ކައިވެނީގެ ހަފްލާ ނިމުމަކައް އަތުވެއްޖެއެވެ. އޭރު ގަޑިން ރޭގަނޑު އަށެއްޖަހާން އުޅެނީއެވެ. އެލައިރާ ފަހު ފަހަރައް މީޝްޔާގެ ގައިގައި ބައްދާލިއެވެ.

“ޕްރޮމިސް ދޮންތި ވަރަށް ގިނައިން އަންނާނެކަމައް.. އޭރުން ގެޔައް ދާނީ..” އެލައިރާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މިޝީ ބުނެލިއެވެ.

“އައި ޕްރޮމިސް ދޫނީ..” މިޝްޔާގެ ކޮލުގައި ހިފާލަމުން އެލައިރާ ބުނެލިއެވެ. އެޔާއެކު ސަފާނާއާއި މުހައިމޫން ކާރުގައި ގެޔައް ދިއުމައް ދިޔައެވެ. އަހަރެމެން ދެމީހުންވެސް ގެޔައް ދާން ކާރައް އެރީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާރު ގޮސް ކައިލް މެންގެ ގޭގެ މައި ގޭޓުގައި މަޑުކޮއްލުމާއެކު އެލައިރާ ފޭބިއެވެ. އޭނާގެ ފަހަތުން ކައިލް ވެސް މެއެވެ. ގޭގެ ދޮރު ހުޅުވާލުމާއެކު އެލައިރާ ހުރި ފިޔަވަޅު މައްޗައް ހުއްޓުނެވެ. ކުދިކުދި އުތްބައްތިތަކެއް މުޅި ގޭތެރޭގައި ޖަހާފައި ހުއްޓެވެ. ކައިލްގެ ފްލޯއާއި ހިސާބައް ވާގޮތައް އޮތީ މަގު ހަދާފައެވެ. އެލައިރާ ހުރީ އެ ބޮޑު ހެނދުމުގައި މައްޗައް އަރާނެ ގޮތެއް ނޭނގިފައެވެ. އަލިފާނުގައި ޖެހި ހެނދުން ވިރިދާނެތީއެވެ..

ކައިލްއައް އެކަން ނުބުނިނަމަވެސް ފާހަގަވިއެވެ. އަދި ވަގުތުން އެލައިރާގެ އަތް ކައިލްގެ ކޮނޑުގައި ބާއްވާލިއެވެ. “ހޯލްޑް ސްޓިލް..” އެޔާއެކު ކައިލް އެލައިރާ އުރާލިއެވެ. ވެއްޓިދާނެތީ ކައިލްގެ ކަރުގައި އެލައިރާ ބައްދާލީ ވަރަށް ވެސް ބާރަށެވެ. ކައިލްގެ ގާތައް ކުޑަކޮއް ހިނިވެސް އައެވެ. ސިޑިން އަރަމުން ގޮސް ކައިލްގެ ކޮޓަރިއާއި ހިސާބައް އާދެވުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެތަނުގައި ވެސް ވަނީ އުތްބައްތި ދިއްލާފައެވެ. މަޑުމަޑުން އެލައިރާ ގޮވައިގެން ގޮސް ކައިލް ބޭއްވީ އޭނާގެ އެނދުމަތީގައެވެ. އެވަގުތު ހިނދުކޮޅަކައް ދެމީހުންނައްވެސް އޮވެވުނީ އެކަކު އަނެކަކައް ބަލަހައްޓައިގެންނެވެ.


އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ކައިލް ބަލަހައްޓައިގެން އޮތް ގޮތުންނެވެ. އޭނާ ދިޔައީ އަހަރެންގެ އިސްތަށިގަނޑާ ކުޅެމުންނެވެ. އެކަމުގެ ސަބަބުން އަހަންނައް އަހަރެންގެ ހިތް ތެޅެމުން ދިޔަކަން އިހްސާސް ކުރެވުނެވެ. އެވަގުތު ކައިލް އަހަރެންގެ އަތުގައި ހިފާލިއެވެ.

“މިރެއިން ފެށިގެން ވީ ވިލް ޝެއާރ ދިސް ބެޑް..،” އޭނާ ބުންޏެވެ. “އެންޑް އެލައި ހާސް ނުވޭ.. ކައިލް އެލައިގެ ހުއްދަޔަކާ ނުލައި އެގޮތަކައް އެލައިގެ ގަޔަކު އަތެއް ނުލާނަން.. އައި ހޯޕް ކުރިޔައް އޮތް ތަނުގަ ވީ ކޭން ޓްރައި ޓު ޓްރަސްޓް އީޗް އަދާރ..” މިހެން ބުނެލުމައްފަހު ކައިލް އަހަރެން ނިތައް ބޮސްދިނެވެ. އަދި މަޑުމަޑުން އެނދުމަތިން ތެދުވެލިއެވެ.

“މި އަލަމާރީގަ ހުންނާނެ އެލައިގެ ހެނދުންތައް.. ފާހަނަޔައް ވަދެ ފެންވަރާލައިގެން ހަމަޖެހިލާ.. ކައިލްވެސް އެބަ އަންނައް ފެންވަރާލައިގެން..” މިހެން ބުނެލުމައްފަހު ކައިލް ކޮޓަރީން ނިކުމެގެން ދިޔައެވެ. އޭނާ ނިކުމެގެން ދިޔައިރުވެސް ދެންމެ އެވެގެންދިޔަ ކަންތައް އަހަރެންގެ ސިކުނޑީގައި ރީޕްލޭ ވަމުންދިޔައެވެ. “ކީއްވެ އަހަންނައް އެގޮތައް ފީލް އެވީ؟… ކައިލް އެހާ ގަޔާ ވީމަ ކީއްވެ އަހަންނައް އެހެން އެވަނީ..” ގަބޫލުކުރަން ދަތިވެފައި ހުރި ހާލު އަހަންނައް ބުނެވުނެވެ. ފަހަރެއްގައި ފެންވަރާލީމަ ހަމަޖެހިދާނެކަމާ ހިތާ އަހަރެން އަވަހައް ފާހަނަޔައް ވަދެ ފެންވަރާ ރީތިވެލީމެވެ. އަހަރެން ފާހަނާއިން ނިކުތް އިރު އަހަރެންގެ އިންތިޒާރުގައި ކައިލް ހުއްޓެވެ. އަދި އަހަރެންގެ އަތައް ޖޫސްތައްޓެއް ދިއްކޮއްލުމައްފަހު އެބުއިމައް އެންގިއެވެ. އަވަސް އަވަހައް އަހަރެން ޖޫސްތަށި ހުސްކޮއްލީމެވެ. އަދި ފެންތަށިން ދެތިން ކޯވަރު ބޯލުމައްފަހު ކައިލްގެ އަތައް ތަށި އަނބުރާ ދިނީމެވެ. އަހަރެންގެ ކޮންމެ ހަރަކާތަކައްވެސް ކައިލް ބަލަމުން ދިޔައީ ވަރަށް ވެސް ފަރުވާތެރިކަމާއެކުގައެވެ. އެޔާ މެދު އަހަރެން އެއްޗެކޭ ނުބުނެ އެނދުގައި އޮށޯވެލީމެވެ. މާ އިރު ތަކެއް ނުވެ ކައިލްވެސް އައިސް އޮށޯވެލިއެވެ.

“ހީކޮއްލާ މީދެން އެލައިގެ ވެސް އަމިއްލަ ގެކަމައް.. މިތާ އެލައި އައް މަނާ އެއްޗެއް ނުހުންނާނެ.. އެންޑް ކަމަކައް ހުރަސްއަޅާނެ މީހަކުވެސް ނާންނާނެ.. އެވަރު ކަމެއް ވެއްޖިއްޔާ ޑޫ ލެޓް މި ނޯ… ގުޑްނައިޓް އެލައި..” ކައިލް ބުނެލިއެވެ. ޖަވާބުގައި އަހަރެންވެސް ކައިލްއައް ގުޑް ނައިޓް ކިޔާލީމެވެ. އަދި އެ ރޭގެ ނިދި ލިބޭތޯ ދެލޯ މަރާލީމެވެ.

 

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-14

Next

އެދިގެން ކަލާ ލިބޭތޯ 42

Next
February 14, 2026

އެދިގެން ކަލާ ލިބޭތޯ 42

Previews
February 14, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-14



All Right Reserved!