Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 8

“އާނ. މަ ވެސް ވިސްނާ ކަމެއް ތިއީ. ﷲ އިރާދަ ކުރެއްވިއްޔާމުން ދުއާ އާއި މީކައިލް ވެސް ކައިވެނި ކޮއްފާނެތާ ދުވަސްކޮޅަކުން. މިހާރު ދެން އެންމެ ދެކެން ބޭނުން ވަނީ މަގޭ ދެދަރިންގެ ކައިވެނީގެ ދުވަސް” ސަފިއްޔާ ބުނެލިއެވެ. މިރުޝާލް ބޯޖަހައިލީ ސަފިއްޔާއާއި އެއްބަސް ވުމުގެ ގޮތުންނެވެ.

(10 ވަނަ ބައި)

ގޭދޮރުގައި ޓަކި ދިން އަޑު އިވުމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދާއިޔަލް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އުމުން 20 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ދިގުމިނުގައި ޔަގީނުންވެސް ހަފޫޓު ހުންނާނެއެވެ. ކަޅު ކުލައިގެ ޓާޓަލް ނެކް ސްވެޓާރ އަކާއި އެކު އަޅި ކުލައިގެ ބެލްސެއް ލައިގެން ހުރި އެޒުވާނާ ބަލައިލަން ވަރަށް ރީއްޗެވެ. ކަރުގައި ހުދު ކުލައިގެ ފަށެއް އަޅާލެވިފައި ވީ އިރު ކޮނޑާއި ހަމައަށް އަރާ އިސްތަށިކޮޅު ވަނީ ވޫލެއްގެ އެހީގައި ހައްޔަރު ކޮއްލެވިފައެވެ. ކުޑަކުޑަ ދެލޮލަކާއި އެކު ކުޑަ ތުންފަތެކެވެ. އެއްކޮލުގައި އަޑިކޮޅެއް ވެސް އިނެވެ.

“ކޮބާ އަޕްޑޭޓަކީ؟” ކުރިމަތީގައި ޝަރަފް ފެނުމާއި އެކު އަވަސް އަވަހަށް ދާއިޔަލް އަހައިލިއެވެ. “ހޫން ހޫން ސާބަހޭ ބްރޯ. ހަމަ ޖެހިބަލަ. ފުރަތަމަ އަހަރެން ގެއަށް ވައްދަބަލަ” ބޯހޫރުވައިލަމުން ޝަރަފް ބުންޏެވެ. “ހޫން. ހެވޭ. ވަދެބަލަ ދެން” ދާއިޔަލް ބޮޑަށް ދޮރު ހުޅުވައިލިއެވެ. ލައިގެން ހުރި ބެލްސުގެ ޖީބަށް އަތް ޖަހައިލަމުން ޝަރަފް އެތެރެއަށް ވަނެވެ. ލަސް ހިނގުމެއްގައި ގޮސް އޭނާ ސޯފާ އަށް ވެއްޓިގަތެވެ.

“ހޫން ދެން ކިޔާބަލަ” ސޯފާގައި އިށީންނަމުން ދާއިޔަލް ބުނެލިއެވެ. “ފުރަތަމަ މަގޭ ސުވާލަކީ ކީއްކުރަން ހޭ އަހަރެން ލަޝްކާ އަށް ފާރަލާން ތިއުޅެނީ؟ ގައިމު ރަޝާ އެއީ އެހާ ހޮޓު ބިޓެއް. ދެން؟؟؟” އަދިވެސް ލަޝްކާގެ ވަނަވަރު ހޯދަން ދާއިޔަލް ބޭނުންވީ ސަބަބެއް ޝަރަފް އަކަށް އެނގިފައެއް ނެތެވެ. “ކަލެއަށް ރަޝާ ތިހާ ހޮޓިއްޔާ ކަލޭ ރަޝާ ކަންތައް ކުރަން ވީނުން؟” ކަޅި އަޅައިލަމުން ދާއިޔަލް ބުންޏެވެ.

“އުހޫންންންނ. ކަލެއާ ރަޝާއާއި ތިހެން އުޅުނަސް މަށާ ވިޝާޔާ އަކީ ތެދުވެރި ލޯބިވެރިން އިނގޭ؟” ދޫނެރެލަމުން ޝަރަފް ބުންޏެވެ. “ހޫން. ތި ތެދުވެރިކަން މަށަށް އިނގޭ އާނ” ހީގަންނަމުން ދާއިޔަލް ބުނެލިއެވެ.

“އާނ އޯކޭ އޭ. ހޫން. ލަޝްކާ ދޯ؟ އެއީ ލީރާއާއި އިމްރާންގެ ހުރި ހަމަ އެކަނި ދަރިފުޅު. ލީރާއަކީ މޭޖާރ ޑިޕްރެސިވް ޑިސްއޯރޑާރ ހުންނަ ބަލި މީހެއް. ލަޝްކާގެ ބައްޕަ ލަޝްކާއަށް ޖިންސީ ގޮތުން ވަރަށް އަނިޔާ ކުރޭ. އެކަން ލީރާ އަށް ވަނީ ވަންހަނާ ވެފައި. ދެން ސުކޫލުގަ ދޯ؟ ސުކޫލުގަ ކަލޭ ބިޓު ރަޝާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ވެގެން ލަޝްކާއަށް ވަރަށް ޖެއްސުންކޮއް އުޅޭ. އަނިޔާ ވެސްކޮށް ހަދާ” ޝަރަފްގެ ވާހަކައިން ދާއިޔަލްގެ އަތް މުއްކެވުނެވެ. ދަތްކުނޑިވިކާލެވުނު އިރު ލަޝްކާއަށް އަނިޔާވެރިވަމުން ދިޔަ އެންމެން ދެންމެ ދެންމެ ގޮސް މަރާލަފާނެހެންވެސް ހީވެޔެވެ.

މަގުމަތީގައި އޮތް ކުޑަ ގާކޮޅެއްގައި ފުޓު ޖަހަމުން ދިޔަ މީކައިލްގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ހީވާފަދައެވެ. އޭނާގެ މުޅި ދުނިޔެ އެކީގައި ފުނޑުފުނޑު ވެއްޖެއެވެ. މިއަދު އޭނާއަކީ އެކަނިވެރިއެކެވެ. “އައްދޯތް”

އަންހެން ކުއްޖެއްގެ ހަޅޭކާއި އެކު މީކައިލް އިސް އުފުލާ ބަލައިލިއެވެ. “ކަލޭ ތިއީ އަޅެ ބޮޑު ފިރިހެނެކޭ. ކީއްކުރަންތަ ގާ އުކަނީތި؟” ކަޅި އަޅައިލަމުން އެކުއްޖާ އަހައިލިއެވެ. “ތިއީ ވެސް ބޮޑު އަންހެނެއްނުން؟؟؟ ދެލޯހުޅުވާލައިގެން ހިނގަން އިނގޭ ނަމަ ގަލަކާ ހިލަޔަކާ މާވަހަރަކާ ވެސް ފެނުނީސްތާ؟” ދުއާދެކެ އައިސްފައި ހުރި ރުޅި މީކައިލް އަށް ބާލުވާލެވުނީ މި ގޮތް ނޭނގޭ އަންހެން ކުއްޖާއަށެވެ.

“ހާދަ ހެއްވައޭ ދޯ؟ ލަދެއް ހަޔާތެއްވެސް ހުރި ފިރިހެނެއް ނޫނޭ” ދަތްކުނޑިވިކައިލަމުން އަންހެން ކުއްޖާ ބުނެލިއެވެ. “އޯހ؟؟؟ އެހެންތަ؟ މަށަށް އެނގިފަ އޮތް ގޮތުން ވިއްޔާ ކަލޭމެން އަންހެން ކުދިން ހަޔާތް ކުޑައީ. ބުނާނެ މިހާރު ވެސް ފިރިހެން ކުދިންނޭ ބަޑީ. މި އަންހެނުންނައް ނޭނގޭ މި މީހުންގެ ފެންވަރެއް” ކަޅި އަޅައިލަމުން މީކައިލް ބުނެލިއެވެ.

“ކަލޭ މަ ދަންނަންތަ؟ ކަލެއަށް މަށާ ބެހޭ ގޮތުން ކޯއްޗެއްތަ އެނގެނީ އޭނ؟ ހަޔާތް ކުޑަކަމުން އަދި އެއްޗެހި ކިޔައޭ އެބަ. ގައިމު މީނަ އޭ މަށަށް އަނިޔާ ކުރީ ވެސް” އޭރު އޭނާ ހުރީ ވަރަށް ރުޅި އައިސްފައެވެ. މަޑުމަޑުން ހުރި މީކައިލް ކުއްލިއަކަށް ގޮސް އެކުއްޖާގެ ދެއަތުގައި ހިފާ މައްޗައް ހިއްލައިލަމުން ކައިރީ ހުރި ފާރާއި ތަތް ކޮއްލިއެވެ.

ވަގުތުން އެކުއްޖާގެ ދޮން މޫނަށް ޖަންބު ކުލަ އަރައިގަތެވެ. ކަންފަތަށް ހޫނުވެ، ހިތް އަވަސް ވާން ފެށިއެވެ. މީކައިލްގެ ހޫނު ނޭވާ އޭރު އޭނާގެ ދޮން މޫނަށް އެޅެމުން ދިޔައެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން އޭނާ ހިންދިރުވައިލިއެވެ.

“ހެހެ ތިއީ ވާ ވަރަކީ. ފިރިހެނަކު ހަމަ ވައި އެޅޭ އިރަށް ތިހުންނަނީ ހޭބަލި ވެފަ” ކަޅި އަޅައިލަމުން މީކައިލް ހިނގައިގަތެވެ. “މިއީ އަޅެ ކޮންކަހަލަ މީހެއްތަ؟” މޭގައި ފިރުމާލަމުން އެއަންހެން ކުއްޖާ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ހޮސްޕިޓަލަށް ދާން ދިޔަ މިކްޔާ އަށް އަނެއްކާވެސް އެޒިކިއެލް ފެނުނެވެ. ވަގުތުން މިކްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހުނުން މަތަ ކުރަން މަސައްކަތް ކުރަމުން މިކްޔާ ގޮސް އެޒިކިއެލް ގާތުގައި ހުއްޓުނެވެ.

“ކަލޭ އަސްލު ވެސް ރަނޑީތާ ދޯ؟ މިހާރު ތިހުރީ ބުރުގާ ގަނޑެއް ވެސް އަޅައިގެން ވިއްޔާ” މަލާމާތުގެ ރާގަކަށް މިކްޔާ ބުނެލިއެވެ. “އެކްސްކިޔުޒް މީ؟” ‘އެޒިކިއެލް’ ހައިރާން ވެފައި އަހައިލިއެވެ. “އަމައްޔާތް ހާދަ އަންހެން އަޑެކޭ ދޯ؟ އެޒިކިއެލް ތިއީ އަޅެ ޓްރާންސެއްތަ؟” މިކްޔާގެ އެވާހަކަ އިވި ‘އެޒިކިއެލް’ އަޑުން އަޑު ނަގާ ހޭން ފެށިއެވެ.

“ޖިންނި މޮޔަވީބާ؟” ކަޅި އަޅައިލަމުން މިކްޔާ ބުނެލިއެވެ. “އެޒިކިއެލް އޭ؟ ހަހަހަހަ! ސާބަސް. އެޒިކިއެލް އަކީ އެލާގެ ދޮންބެ. މިއީ އެލާރާ. އެޒިކިއެލްގެ ޓްވިން. ހަހަހަ” ހެމުން ހެމުން އެލާރާ ބުނެލިއެވެ. “އޭނ؟؟؟ ކީކޭ؟ އެކަމަކު… ހީވަނީ ހަމަ އެކަކު ހެން…” މިކްޔާގެ ދެލޯ ބޮޑުވިއެވެ.

“ހެހެ ޔާ. ވަރަށް ވައްތަރު ދޯ؟ އަނ. މިއޮތީ އައިޑީ ކާޑު ވެސް ބަލަ. މީނީނުން. އައިޝަތް އެލާރާ އަލާން” އައިޑީ ކާޑު ދައްކާލަމުން އެލާރާ ބުނެލިއެވެ. “އޯހްހް.. އެހެން ދޯ؟ ސޮރީ ވަރަށް ބޮޑަށް…” މިކްޔާ ހަގީގަތުގައި ވެސް ވަރަށް ލަދު ގަނެއްޖެއެވެ. “ހެހެ އެއޯކޭ ވާނެ. ވަރަށް ވާ ކަމެއް މިއީ. ތިއީ ކޮން ކުއްޖެއްތަ؟” އެލާރާ އަހައިލިއެވެ.

“ޔަގީން މީނަ އަސްލު ވެސް މަށަށް ހިތްކިޔައިފި. މިހާރު އެލާ ގާތަށް ވެސް އައީނު. ކިހިނެތްތަ އެނގުނީ މަށާ ރައްޓެހި ވަންޏާމުން އެލާގެ ހުއްދަ ބޭނުން ވޭކަން” އެވަގުތު ސްޓޭޝަނުން ނިކުން އެޒިކިއެލް ބުނެލިއެވެ. “މަ؟؟؟؟ ކަލެއަށް؟؟؟ ޗީޑި. މިއުޅެނީ ކުރާނެ ކަމެއް ނެތިގެން ވިއްޔާ” ކަޅި އަޅައިލަމުން މިކްޔާ ހިނގައިގަތެވެ.

“ހަހަ އެއީ ކޮން ކުއްޖެއްތަ؟” މިކްޔާ ދިޔުމުން އެލާރާ އަހައިލިއެވެ. “އެއީ މިކްޔާ އެކޭ ކިޔާ ކުއްޖެއް. ކްލިނިކަލް އެސިސްޓެންޓެއް. ކުރިން ދުވަހަކު ދޮންބެ ކީމެއްނުން ބަނޑު ހަރުވާތީ އުޅޭ ވާހަކަ؟ އެހެންވެ ދައްކަން ދިޔަ އިރު އެކަލޭގެ އެތާގަ އިނީ. ހަމަ ހުވާ މިކުރީ. އޭރުން ސުރެ އަބަދު ޖެއްސުން ކޮއްލަ ކޮއްލަ. މިހާރު ބައުލްބީ އަށް ވެސް މަލާމަތް ކޮއްފި. އަދި ކޮބާ؟ މިއަދު މަގޭ ގަޔަށް މައިލޯ ވެސް އެޅި. ދެން މަގޭ މިއަދު އޭނަ ގަޔަށް ފުށާއި ބިސް ޖެހީ. އެހެންވެ ދުން އަރާފަ އެހުރީ ހަހަ” ހެމުން ހެމުން އެޒިކިއެލް ކިޔައިދިނެވެ.

“ވާހްހް އެނެމީސް ޓު ލަވާރސް ދޯ؟” ދިމާ ކުރާ ރާގަކަށް އެލާރާ އަހައިލިއެވެ. “އައްޗީޑި. ނޫޅެން. މާ ރީތި ވާހަކަ ނުދައްކާ ޒަވުލްއާއި ދެމީހުންގެ ޑޭޓުގެ ވާހަކަ ކިޔާދީބަލަ” އެޒިކިއެލް ވެސް އެލާރާ ބުނި ރާގުގައި ބުނެލިއެވެ. “ފަހުން ބުނާނަން. އިންޝާ ﷲ މާދަން” އެޒިކިއެލްގެ އިތުރު ސުވާލެއް ކުރިމަތި ވެދާނެތީވެ އެލާރާ އެތަނުން ދުއްވައިގަތެވެ.

“އޭ މަޑުކޮއްބަލަ. އަނެއްކާ ކިސްއެއް ދިނީތަ ހަމަ؟؟؟” އެލާރާގެ އަތުގައި ހިފާ ހުއްޓުވަމުން އެޒިކިއެލް އަހައިލިއެވެ. “އޭ ބުނަންތަ ވާހަކައެއް. އައިމް ނޮޓް ޔޫ އިނގޭ؟ މިހާރު ވެސް ނޭނގޭ އެކުއްޖާ އަށް ދޮނެއް ނުދޭ ކަމެއް” އިނގިލި ދިއްކޮއްލަމުން އެލާރާ ބުނެލިއެވެ. އެއާއި އެކު މެންދުރުގެ އެ ހާދިސާ އޭނާގެ ހަނދާނަށް އައެވެ. ތުންފަތުގައި ހިނިތުންވުމެއް ކުރެހުނީ އެހެންވެގެންނެވެ.

“ކޮބާ ކޮބާ. ވަރަށް ހެވޭ އެބަ. ޔަގީން އެކަހަލަ ކަމެއް ކުރީކަން” އަނގަ މަތީގައި އަތް އަޅައިލަމުން އެލާރާ ބުނެލިއެވެ. “ހޫން ދާން އުޅޭ. އެ މިކްޔާ އަށް ދޮނެއް ދިނީމަށް ވުރެ މާ ރަނގަޅުވާނެ ކަނޑު އަޑިއަށް ގޮސް ބޯވާ އަކަށް ދޮނެއް ދިނަސް. ޗީޑި ދެން. ޔަކްކްކްކް” އަނގަ ކުނި ކޮއްލަމުން އެޒިކިއެލް ބުނެލިއެވެ. “އާނ އޯކޭ ގަބޫލު ކޮއްފިން” ހެމުން ހެމުން އެލާރާ ދުއްވައިގަތެވެ. “ދެރަކަމެކެ” ބޯ ހޫރުވައިލަމުން އެޒިކިއެލް ބުނެލިއެވެ.

ދަންވަރުގެ ވަގުތެވެ. އެހެނަސް އެއްވެސް ހަމަހިމޭން ކަމެއް މަގުތަކަކު ނެތެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑު ސީލިންގު ކޮއްފައި ހުރި ކޮޓަރިތަކަށް ވެސް އެއްވެސް އުނދަގުލެއް ނެތި އިވެމުން ދިޔައެވެ. ޖަހަމުން ދާ ބާރު ގުގުރީގެ ސަބަބުން ވެސް ބިރުން ރޫރޫ އަޅާހާވެޔެވެ. ޖެހެމުން ދިޔަ ވައިތަކާއި އެއްވަރަށް ގަސްގަހާއި ރުއް ރުއް ވެސް ނަށަމުން ދިޔައެވެ.

ދުވެފައި ކޮޓަރިއަށް ވައިން ލަޝްކާގެ ގިސްލުމުގެ އަޑު މެދު ކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލާފައި ދޮރު ކައިރިއަށް ތިރިވެ ރޯން ފެށުނީ ހިތަށް ނުކުޅަދާނަ ވެގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓުގެ ކަރުވަޅު ވީދިފައިވީ އިރު ލައިގެން ހުރި ހަރުވާޅެއް ނެތެވެ. ހަށިގަނޑުގެ އެތަން މިތާގައި ނޫފާގަނެ ރަތްވެ، ދުޅަވެފައިވިއެވެ.

އެގޮތުގައި ރޯން އިންނަތާ 15 ވަރަކަށް މިނިޓް ފަހުން ވެފާ ހުރި ވަރުބައްޔާއެކު ލަޝްކާގެ ލޮލުގައި ނިދި ޖެހުނެވެ. ދެން ފެނުނީ ކޮޓަރި ޖާލި ދޮރުތަޅާލި މަންޒަރެވެ. ޒުވާން ފިރިހެނެއް ކޮޓަރި ތެރެއަށް ވަނެވެ. އަދި ލަޝްކާ އަތްދަނޑި މައްޗައް ލައިގެން ކޮޓަރިން ނިކުތެވެ…

ހެނދުނުގެ ވަގުތެވެ. ގަޑިން އޭރު 7 ޖެހީއެވެ. އަރާމު ނިންޖަކުން ނިދާފައި އޮތް އިމްރާން އޮތީ ހަމަ ޖެހިލައިގެންނެވެ. ހީވަނީ ވަރަށް ބޮޑު ކަމެއް ކާމިޔާބު ކުރެވިގެން އޮތް ހެންނެވެ. ނަމަވެސް ކުއްލިއަކަށް ދޮރު ހުޅުވާފައި ވައިން ލީރާގެ އަޑަށް އިމްރާން އަށް ސިހިފައި ހޭލެވުނެވެ.

“ކިހިނެތްތަ ވަނީ؟” ހިތްހަމަ ނުޖެހިފައި އިމްރާން އަހައިލިއެވެ. “މަގޭ ދަރި… އޭ އަދި ވެސް ނިދަނީތަ؟ ހޭލަބަލަ. މަގޭ ދަރިއެއް ނެތޭ. ހެޔޮނުވާނެ މީހެކޭ…!” ރޮމުން ރޮމުން ލީރާ އަށް ހުރި ތަނަށް ތިރި ވެވުނެވެ. “ނެތޭ؟؟؟؟” އިމްރާންގެ ނިދިގަނޑު ދެން ދިޔައީ ކޮން ތާކައް ކަމެއް ވެސް ނޭނގެޔެވެ.

(ނުނިމޭ)

އެގާރަވަނަބައިގެ ތެރެއިން:

ބިންމަތީގައި ރޯލަ ރޯލާ އޮތް ލަޝްކާއާއި ދިމާލަށް އިމްރާން ބަލައިލީ ހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. “ނޫން… ހެޔޮނުވާނެ ނޫން…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Shihaama ur dad

    Masha Allah dharifulhu haadha molhey vhk liyan
    Vrh reethi vhk eh mee I am so proud of you ❤️

    1. Anonymous
      Shihaama ur dad

      R u really her dad?

    2. shihaamaa ali
      Shihaama ur dad

      please don’t write fake comments like this… my father passed away a few years ago……🥲 please don’t hurt my feelings with these fake comments…

  2. Shihaama ur dad

    Lahba ☺️

  3. Alaa

    Mi part vx vrh reethi mashallah
    Keep up

    1. shihaamaa ali
      Alaa

      jazaakallah khairan dear 🫶🏻

  4. 🖤🖤🖤

    Hey Shiherr 🖤🖤
    Maasha Allah 🫶🖤🖤U ‘re stories are The best I have ever read …I ‘m so proud of Ur intelligence in every story It feels like Seeing a real Life movie clip 😅 HaAHaha…
    May Allah (SWT)bless you with more courage on Ur hardworking… Inshallah 🫶🖤🖤In the Future ,I ‘ll be seeing Ur more mindful stories!!!
    LysSsxxxxmmm BYe
    Tc of Ur self 🫶🖤
    🖤🖤🖤

    1. shihaamaa ali
      🖤🖤🖤

      Heyyy… awwwhhh jazaakallah khairan dearr this comment made me sooo happyy🥹🫶🏻 may allah bless you with everything you’ve dreamt about..
      Lyt, tc 2🫶🏻

  5. Your fav bab

    Mi part hama habeys!!
    Dhaaiyal alhe fahe double tape eh tha? Ehfaharu rasha kairee aneh faharu lash ah vee gotheh neygigen thelheny! Well he clearly knows rasha men aniya kuraa kan lash ah!
    mikya alhe😂😂 e fakeeru innaanee landhun virifa thaa😂
    I ah vrh heevey lash govaigen e dhiyaee dhaaiyal hen!
    When next?
    Ly💗

    1. shihaamaa ali
      Your fav bab

      jazaakallah khairan dearr 🫶🏻
      HAHAHA😭😭😭😭😭 aslu vess dhw..
      hmmmm???? let’s see dhw.. ep12 ga ingeyne kaaku kan lash kidnap kuree hehe..
      in sha allah next on tuesday
      lyt

Comments are closed.