“ވިލް ޔޫ މެރީ މީ؟” ޖީބުގައި އޮތް ރިހި ކުލައިގެ އަނގޮއްޓި ނަގާ ދައްކާލަމުން ސުވާލު ކޮއްލިއެވެ. “ވަޓް؟؟؟ އިންނަންށޭ؟؟؟ ނޯ ވޭ” ވަގުތުން ދުއާގެ ދެލޯ ބޮޑު ވެލިއެވެ. ގަބޫލު ކުރަން ދަތިވިއެވެ. އެއީ އެކަން ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމެކެވެ.
(9 ވަނަ ބައި)
ދުއާގެ މޫނު މަތިން ފެނުނު އިހުސާސްތަކުން މީކައިލް އަށް މާނަ ކުރެވުނީ އޭނާ މާ އުފާވީ ކަމަށެވެ. އެހެން ކަމުން އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. “ޔެސް… ދުއާ. އަހަރެން ދުއާ ދެކެ ވަރަށް ލޯބިވޭ. ތިއީ އަހަރެންގެ ހިތުގެ ވިންދު. ލޮލުގެ ނޫރު. ތިއީ އަހަރެންގެ ފުރާނަ. ދުއާ އާއި ނުލާ އަހަރެން އުޅޭނެ ގޮތެއް ވެސް ނޭނގެ. އެހާ ވެސް ލޯބިވޭ. ދުލަކުން ގަލަމަކުން ބަޔާން ކުރަން ނޭނގޭ ހާ ލޯބިވޭ” ލޯބިން ފުރިގެންވާ ބެލުމަކުން ދުއާ އާއި ދިމާލަށް ބަލަން އިނދެ މީކައިލް ވާހަކަ ދެއްކިއެވެ.
“އެކަމަކުވާ. މީކައިލް. މަށަށް އަދި އެންމެ 21 އަހަރޭ. މިއީ ޒުވާން ކަމުގެ ޖޯޝު ލޭގައިވާ ދުވަސްކޮޅޭ. އަހަރެން ނޫޅެން އަދި މީހުނާ އިންނާކަށް. އަދި ތިކަން ކުރާކަށް އަހަރެން ބޭނުމެއް ވެސް ނޫން. ނުބުނަން އަހަރެން މީކައިލްދެކެ ލޯބި ނުވެޔެކޭ. އެކަމަކު ކައިވެންޏާ ހަމަ އަށް ދާން…؟؟؟؟؟ ނޯވޭ. އެހާ ލޯތްބެއް ނުވޭ” ފޫހި ރާގެއްގައި ދުއާ ބުންޏެވެ. ދުއާގެ ވާހަކައިގައި ފަރުވާ ކުޑަކަން ހުރި ނަމަވެސް، އެއިން ކޮންމެ ލަފްޒެއް މީކައިލްގެ ހިތް ތޮރުފަމުން ދިޔައެވެ. އެހިތަށް ކެއްނުވާ ވަރަށް ރިއްސައިގަތެވެ. މޭގައި އަތް ޖައްސާލެވުނު އިރު، މަޑު އާހެއް ލާއްވާލެވުނެވެ.
“ދު… ދުއާ… ދުއާ އަހަރެންދެކެ ލޯބި ނުވަނީތަ؟” ހިންދިރުވައިލަމުން މީކައިލް އަހައިލިއެވެ. “ނޭނގެ ތިޔެއް. އެކަމަކު ތިވަރު ވާ ވަރަކަށް ލޯބި ނުވޭކަން އިނގެނީ” ކޮނޑު އަރުވައިލަމުން ފަރުވާ ކުޑަ ގޮތަކަށް ދުއާ ބުނެލިއެވެ.
“ދުއާ ކޮން އިރަކު ތިހާ ހިތްހަރުވީ؟” މީކައިލްގެ އަޑު ކުރެހުނެވެ. “އޯ މައި ގޯޑް އިއްލޫ! އިއްލު ތިއީ ދެން ކުޑަ ކުއްޖެއްތަ؟ ހީވަނީ މެޓައެއް ނުލިބިގެން ޝަކުވާ ކޮއްލަ ކޮއްލާ އިން ކުޑަ ކުއްޖެއްހެން” ކަޅި އަނބުރައިލަމުން ދުއާ ބުންޏެވެ.
“އޯހް…” ވޭނުން ފުރިގެންވީ ރާގެއްގައި މީކައިލް ބުނެލިއެވެ. “އެންމެ ރަނގަޅު. އެހެން ވިއްޔާމުން ތި ޅަ އުމުރުގެ ޖޯޝުގައި އުފަލާއި އަރާމުގައި ދުއާ އަށް އުޅެވޭނެ ގޮތެއް މިންވަރު ކޮއްދެއްވާށި…” ގޮނޑިން ތެދުވަމުން މީކައިލް ބުންޏެވެ.
“ދަނީތަ؟ ކާންވީނުން؟ ހާދަ ހައޭ” މީކައިލްގެ އަތުގައި ހިފާ ހުއްޓުވަމުން ދުއާ ބުނެލިއެވެ. މީކައިލް ޖީބުގައި އޮތް ވޮލެޓު ނަގާ ދުއާ އަތަށް ފައިސާ ލައިދިނެވެ. “އަން. މިއީ އަހަރެމެންގެ މި ގުޅުން ރީތި ގޮތުގައި ނިންމުމުގެ ހަދިޔާ. ފީ އަމަނިއްލާހި…” ހިނގައިގަންނަމުން މީކައިލް ބުނެލިއެވެ. “ވަޓް އަ ކްރައި ބޭބީ” ކަޅި އަނބުރައިލަމުން ދުއާ ބުނެލިއެވެ.
ގެއަށް ވަދެގެން އައި މިކްޔާ ދިޔައީ ހިތާހިތުން އެޒިކިއެލްއާއި ދިމާލަށް ކިޔޭނެ އެއްޗެއް ކިޔަމުންނެވެ. މުޅި ހަށިގަނޑުގައި ފުށާއި ބިސް ހުރި އިރު މެހިތައް ވެސް އޭނާއާއި އެއްވަރަކަށް ހިނގަމުން ދާ ފަދައެވެ. ރޯނުގައި އެއްޗެހި ހިއްކަން އަޅަން ހުރި ސަފިއްޔާ ވެސް ބަލައިލީ ނުބައި ވަސް ދޮވާ ވަރުންނެވެ.
“ދަރިފުޅާ؟ ކިހިނެތް ހަދައިގެން ތިއުޅެނީ؟” ދެލޯ ބޮޑު ކޮއްލަމުން ސަފިއްޔާ އަހައިލިއެވެ. “މިއީ މިރަށު ފުލުހުންގެ ހެޔޮފުޅު ކަމެއްނުން؟” ކަޅި އަޅައިލަމުން މިކްޔާ ބުނެލިއެވެ. “ދަރިފުޅާ. ހަމަ ޖެހިބަލަ. ބުނެބަލަ. ކިހިނެތްތަވީ؟ ކާކު ކީއްތަ ކުރީ؟ ގައިމު މިއީކީ ދަރިފުޅުގެ އުފަންދުހެއް ވެސް ނޫން. ދެން ރޯ ދުވާލު މިއީ ކޮން ކަމެއްތަ؟ ގައިމު ދަރިފުޅު ޑިއުޓީގަ އެއްނުން ތިއުޅެނީ ވެސް” ދެލޯ ބޮޑު ކޮއްގެން ހުރެ ސަފިއްޔާ ވާހަކަ ދެއްކިއެވެ.
“މަންމާ. ތިއީ ދެއްކުމަށް ވުރެ ނުދެއްކުން ރަނގަޅު ވާހަކައެއް. ހަމަ ހުވާ މިކުރީ. ހިތަށް އަރާ ކިހިނެތް ބޮޑުވެފަ ހުރި ފިރިހެނެއް ބާއޭ މިއީ” އޭރު އަރައިގަންފައި ހުރި ރުޅިން މިކްޔާ ތުރުތުރުލަމުން ދިޔައެވެ.
“ބުނެބަލަ. ކާކުތަ ތިހެން ހެދީ؟” ސަފިއްޔާ އަހައިލިއެވެ. “އިނގެޔެއްނުން ފުލުހުގަ އުޅޭ އެޒިކިއެލް؟ މިއީ އޭނަގެ ކަމެއް. ހަމަ ހުވާ މިކުރީ. ގަންބާ މަރާލަން ވީ. އަދި އެ ފަރީޝާ އަށް ހުރިހާ މަންޒަރެއް ފެންނަން ވެސް ފެނުނޭ. ޔަގީން މުޅި ރަށުގަ ދެން އޮންނާނީ އެ ވާހަކަ” ގުންފައި ތަޅައިގަންނަމުން މިކްޔާ ބުނެލިއެވެ.
“އެޒިކިއެލް އޭ؟ ދަރިފުޅު ކިހިނެތް އޭނާ އާއި ރައްޓެހީ؟” ސަފިއްޔާ ސުވާލު ކޮއްލިއެވެ. “ރައްޓެއްސޭ؟؟؟ އައްޗީޑީ. މިކީ މިއީ އޭނަ ގެ ރައްޓެއްސެއް ނޫން. މިކީ ކިތޭ މޮޔަޔަސް އެހާ މޮޔައެއް ނޫން. އެކަހަލަ މީހަކާ ވައިވެސް ނޭޅޭނަން” ފަކުރު ގޮތަކަށް މިކްޔާ ބުނެލިއެވެ.
“ހަހަ އޯކޭ އޯކޭ. ދެން ބުނެބަލަ. ކިހިނެތްވީ ކަމެއްތަ މިއީ؟” ސަފިއްޔާ އެއްސެވެ. “ނޭނގެ. މިދަނީ ފެންވަރަން” ބަރުހެލި ފިޔަވަޅު ތަކެއްގައި މިކްޔާ އެތެރެއަށް ވަނެވެ. ސަފިއްޔާ ބޯހޫރުވައިލަމުން އެތެރެއަށް ވަނެވެ.
“ނާހަމަ ތެދެއްތަ؟؟؟ އެކަމަކު މިކްޔާ އެއީ ގައިމު ރަށު އެންމެންގެ ގަދަރު ހޯދާފައި ހުރި ޒުވާނެއް. ހާދަ ގަބޫލު ކުރަން އުނދަގުލޭ ރޯ ދުވާލު ފިރިހެނެއް ގައިމައްޗަށް ލައިގެން އޮވެދާނޭ. އަދި އެވެސް މަގުމަތީގަ” ދެލޯ ބޮޑު ކޮއްލަމުން ގަބޫލު ނުކުރެވިފައިވީ ކަހަލަ ގޮތަކަށް ރަޝީދާ ބުނެލިއެވެ. ފަރީޝާއާއި އެކު އޭނާ އިނީ އެގޭ ބޭރު ޖޯލިފަތީގައެވެ
“އާއެކޭ. މަ ވެސް ހުރީ ހަމަ ހައިރާން ވެފަ. މީހެއްގެ ގޮތެއް ނޭނގޭނޭ އެ ބުނަނީ އެހެންވެތާ؟ މިކްޔާ ނޫނަސް އެޒިކިއެލް ވެސް ކީއްތަ؟ ގައިމު އެއީ ފުލުހެއް ވިއްޔާ” ފަރީޝާ ބުނެލިއެވެ.
“ކީކޭ ދެން ބުނާނީ ދޯ؟ މިޒަމާނު ކުދިންގެ ގޮތް” ބޯހޫރުވައިލަމުން ރަޝީދާ ބުނެލިއެވެ. އެވަގުތު އޭނާގެ ދޮށީ އަންހެން ދަރިފުޅު ކަމަށް ވާ ވިވިއަން އެތެރެއިން ނިކުންތަން ފެނުނެވެ. “މަންމާ. އަޅުގަނޑު އެބަ އަންނަން ފިހާރައަކަށް ގޮސްލާފަ” ވިވިއަން ބުނެލިއެވެ. “އެންމެ ރަނގަޅު” ހީނލަމުން ފަރީޝާ ބުނެލިއެވެ.
“ހަމަ ހުވާ. އަހަރެން ވަރަށް ބޭނުން މަގޭ ވިވިއަން އެޒިކިއެލް އަށް ކައިވެނި ކުރަން. އެދެކުދިން ހަގީގަތުގައި ވެސް ވަރަށް ގުޅޭ ދޯ؟” ފަރީޝާ މަޑުމަޑުން ބުނެލިއެވެ. “ހަހަ މިރަށުގަ އުޅޭ އެންމެން ވެސް ބޭނުންވަނީ އެމީހެއްގެ ދަރި އެޒިކިއެލްއާއި ކައިވެނި ކުރަން. ހަމަ ހުވާ މިކުރީ އެޒިކިއެލް ކައިވެނި ކުރާ ރޭ ރޯނީކީ މިރަށު އަންހެން ކުދިން އެކަންޏެއް ނޫން. އެކުދިންގެ މައިން ވެސް ރޯނެ” ހެމުން ހެމުން ރަޝީދާ ބުނެލިއެވެ.
ފެންވަރަން ހުރި މިކްޔާ ހުރީ ދެލޯ މަރާލައިގެންނެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ތެމިފައިވީ އިރު އުނަގަނޑާއި ހަމަ އަށް އަރައެވެ. އޭނާގެ ފަންދިގު އިސްތަށިގަނޑު ވަނީ، އޭނާގެ ދޮން އުނަގަނޑު ވަންހަނާ ކޮއްލާފައެވެ. ދެލޯ މަރާލައިގެން ހުރި އިރު އޭނާގެ ނަފްސު އެކީގައި ފެނުގެ ތެރެއަށް ދޫކޮށްލައިގެން ހުރި ފަދައެވެ. ކުދި ކުދި ފެންތިކިތައް އޭނާގެ ހަށިގަނޑުގައި ފިރުކިލާފައި ވެއްޓެމުން ދިޔަ މަންޒަރު ވަރަށް ހިތްގައިމެވެ.
“ދަރިފުޅާ. ދެން ނިކުންނަން އުޅޭ. މަންމަ އެހެން ހެދުމެއް އިސްތިރި ކޮއްލަ ދިނީމި” ދޮރުގައި ތަޓަކި ދެމުން ސަފިއްޔާ ބުނެލި އަޑަށް މިކްޔާ ސިހުނެވެ. “މި ނިކުންނަނީ. އިސްކުރު ބަންދު ކޮއްލަމުން މިކްޔާ ބުނެލިއެވެ. އިސްތަށިގަނޑުން ފެން ފިލުވައިލަމުން، ކުޑަ ތުވާއްޔެއްގެ އެހީގައި އިސްތަށިގަނޑު ހައްޔަރު ކޮއްލިއެވެ. އަދި ފާހާނާ ތެރޭގައި އިން “ބާތް ރޯބް” ނަގާ ހަށިގަނޑު ވަންހަނާ ކޮއްލިއެވެ.
ފާހާނާ ތެރޭގައި އިން ލޯގަނޑު ކުރިމަތީގައި ހުއްޓި “ސެންޓެލާ ފޭސް ޓޯނާރ” ނަގާފައި މޫނުގައި ހާކައިލިއެވެ. ކިއްޕަތީގައި “ޑިއޯޑްރިއެންޓް” ކޮޅެއް ހާކާލާފައި އޭނާގެ ދޮން ކަރުގައި ވެސް ކޯލާވާޓަރު ކޮޅެއް ހާކައިލިއެވެ.
ހެޔޮވަރު ދުވެއްޔެއްގައި ސައިކަލުގައި ގެއަށް އައި އެޒިކިއެލްގެ ޙިޔާލުގައިވީ މިކްޔާއެވެ. މިކްޔާއާއި އެކު އެ ހޭދަ ކޮއްލެވުނު ކުޑަ ކުޑަ ވަގުތު ކޮޅު އޭނާ އަށް ވަރަށް ހާއްސަ ވެއްޖެކަން ކަށަވަރެވެ. ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލެވުނު އިރު ތުންފަތުގައި ހިނިތުންވުމެއް ވެސް ކުރެހިއްޖެއެވެ.
“ދަރިފުޅާ؟ ހޭލާ ހުރެގެން ހުވަފެން ބަލަނީތަ؟” ފަހަތުން އިވުނު އަލާންގެ އަޑާއި އެކު އެޒިކިއެލް ސިހުނެވެ. “އޭނ؟ ކީކޭ ބައްޕާ؟” ބޯކަހައިލަމުން އެޒިކިއެލް ބުނެލިއެވެ. “ބައްޕަ ބުނީ ހޭލާ ހުރެގެން ހުވަފެން ބަލަނީ ހޭ؟ ހެހެ” ހީނލަމުން އަލާން އޭނާގެ ސުވާލު ތަކުރާރު ކޮއްލިއެވެ.
“ދެން ބައްޕަ ދައްކާ ވާހަކަ. ހޭލާ ހުރެގެން ހުވަފެން ބެލޭތަ؟” ގައިގައި ހުރި ފުއްތައް ފުހެލުމަށް އަތް ހާކައިލަމުން އެޒިކިއެލް ބުނެލިއެވެ. “މިހާރު ކޮން ސަކަރާތެއް ޖަހާފައި ތިއައީ އަނެއްކާ؟” އެޒިކިއެލް ލައިގެން ހުރި ޓީޝާޓުގައި ހުރި ފުށާއި ބިސްތައް ފެނުމުން އަލާން އަހައިލިއެވެ.
“މިއީ ދޯ؟ އަމްމްމް. މިއައީ ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކޮއްލާފަ” ބޯކަހައިލަމުން އެޒިކިއެލް ބުނެލިއެވެ. “ސާބަސް ދެން ދަރިފުޅަށް” އެޒިކިއެލްގެ އެ ސަކަ މިޒާޖަކީ އަލާން އަށް އޮޅިފައި އޮތް ކަމެއް ނޫން ކަމުން މާ ބޮޑު ހައިރާން ކަމެއް އޭނާ އަކަށް ނުލިބުނެވެ.
“ހޫން. ދެން ދޭ ފެންވަރަން. ތިހެން މާ ގިނަ އިރު ހުންނަން ވެއްޖެއްޔާ ރޯގާ ޖެހިދާނެ. ދޭ، ދޭ. ބައްޕަ މިއައީ ސައިބޯން. އަވަސް ކޮއްލައިގެން އަންނައްޗޭ ބައްޕައާއި އެކު ސައިބޯން” އެހެން ބުނެ އަލާން އެތެރެއަށް ވަނެވެ. އަލާން ފަހަތުން އެޒިކިއެލް ވެސް އެތެރެއަށް ވަނެވެ.
ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ދާއިޔަލް ހުރީ ކޮންމެވެސް ކަމަކާއި މެދު ވިސްނަންކަން ކަށަވަރެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު އިރުކޮޅު ކޮޅުން ފޯނު ވެސް ބަލައިލައެވެ. ގޭ ދޮރަށް ބަލައިލާ ވަރު ވެސް ވަކި މަދެއް ނޫނެވެ. ގޭދޮރުގައި ޓަކި ދިން އަޑު އިވުމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދާއިޔަލް ދޮރު ހުޅުވައިލިއެވެ.
“ހަހަހަ. ހަމަ ހުވާ މިކުރީ. މަ ހީހީ ހަލާކު” މިކްޔާ ގެއަށް އައި އިރު ހުރި ހާލު ސަފިއްޔާ މިރުޝާލް އަށް ކިޔައި ދިނެވެ. “އާނ ދެން ތިކަން ލޯބީގެ ފެށުމަކަށް ނުވިއްޔާ ރަނގަޅު” ބޯހޫރުވައިލަމުން މިރުޝާލް ބުނެލިއެވެ.
“ދެން ސާބަސް މިރުޝާލަށް. އެކޮއެ ވެސް މިހާރު އެހުރީ މީހަކާއި އިންނަ ވަރު ވެފަ ވިއްޔާ” ބޯހޫރުވައިލަމުން ސަފިއްޔާ ބުނެލިއެވެ. އެކަމަކު މަށަކަށް އަދިވެސް މިކީ ބޮޑެއް ނުވޭ. އެއީ ހުރި އެންމެ ހަގު ދަރި، އަދި ހުރި ހަމަ އެކަނި އަންހެން ދަރިފުޅު. އެހެންވެ ވަރަށް ވިސްނާނެ ދޯ އެކުއްޖާ ރައްޓެހިވާނެ މީހަކާއި މެދު. މިބުނީ ރަނގަޅު މީހެއްތޯ” މިރުޝާލް ބުނެލިއެވެ.
“އާނ. މަ ވެސް ވިސްނާ ކަމެއް ތިއީ. ﷲ އިރާދަ ކުރެއްވިއްޔާމުން ދުއާ އާއި މީކައިލް ވެސް ކައިވެނި ކޮއްފާނެތާ ދުވަސްކޮޅަކުން. މިހާރު ދެން އެންމެ ދެކެން ބޭނުން ވަނީ މަގޭ ދެދަރިންގެ ކައިވެނީގެ ދުވަސް” ސަފިއްޔާ ބުނެލިއެވެ. މިރުޝާލް ބޯޖަހައިލީ ސަފިއްޔާއާއި އެއްބަސް ވުމުގެ ގޮތުންނެވެ.
(ނުނިމޭ)
ދިހަވަނަބައިގެ ތެރެއިން:
“މަގޭ ދަރި… އޭ އަދި ވެސް ނިދަނީތަ؟ ހޭލަބަލަ. މަގޭ ދަރިއެއް ނެތޭ. ހެޔޮނުވާނެ މީހެކޭ…!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Mi part vx varah Reethi Masha Allah..
Dua haadha goahey dhw🙄 Ehn veema Meekail dheke Loabi nuvany dhw 😔💔 feeling bad for Meekail 🥺💔 Mihaaru Fareesha kiyan feshee dhw Emmen kairy,🙄But keep dreaming Fareesha, Ezikiel eh nulibeyne Vivian akah, Eyna libeyny Mikya ah, One day😅 emeehun E eee Enemies to lovers dhw?? Ezikiel fihaara ah echehi gannan dhiya iru iny Mirushaal dhw, E ee Mikya ge bappa, Ooh 😂🤭 Anekka Meekail thaakah dhiyaee tha??? When Next??? Curiously waiting for the next part.. Appreciate your hard work 💗🥰
Lysm Shiherr 🤍
jazaakallah khairan dearrr 🫶🏻
yeaaa dhwww ☹️☹️ i feel so soo bad for Meekail as welll… ahahaha yess kanmathi aunties ge duties ehnun eii🤣🤣🤣 ooooooooo 👀 Mikya and Ezikiel??? hehe let’s see dhww..
haha neynge dhwww… e dhemeehun together vihyaa gaimu vess eii enemies to lovers thaa dhebulhaa koalheyhen koalhila koalhila vihya ethibenii shihaa vess innany heehee halaak vaa varuvefa e meehun ge scenes liyaa iru🤣🤣😭 haha yess Ezikiel hurihaa ehcheh goss ekee bafaibe kaireenu👀 Meekail dhiyaii kon thaakah kan ingeyne next episode ga hehe.. in sha allah mi Saturday ga 10th vana episode geness dheynan.. jazaakallah khairan again dear🫶🏻🥹
lyyttt🫶🏻
Maasha Allah 🧡🧡🔥
Why just she rejecting him ?? She’s not young at All…Silly DuAAAaaaaaaaaaa…It feels so weird Ezekiel He’s Flirting with Mikyerr Oh my God 💔😂😂What A weird thing He did to Herr…I kept Laughing when I heard it “LOL”😂😂😂 Anyways ,This Story is the Best!!
Lysmm
Tc Bye 🥰
Jazaakallah khairan dear 🫶🏻 yea dhw she isn’t young but mihr gina kudhin visnaa goiy dhw eii ehe.. ikrrr😭😭 these two is soooo funnyy😭😂
Jazaakallah khairan dear.. ummeedhu kuran hama full story vess varah kamudhaane kamah🥰
Lyt, tc 2