Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަޢުދޭ ވެވޭމީ 13

Eesh
Eesh Level 4100 Login10 Stories
January 1, 2026 4 Mins Read
6 Comments
  • އެންމެން ވާހަކަދައްކަން ތިއްބާ ބޭރުން ސަލާމް ގޮވާލިއަޑަށް ޒިޔާނާ ތެދުވިއެވެ. އޭރު ޒާން ގޮވައިން ރިޒާމް އެތެރެއަށް ވަދެއްޖެއެވެ. ސަލާމް ބަލައި ގަންނަމުން ދޮރު ކަައިރިއަށް ހުއްޓުނު ޒިޔާނާގެ ހަށިގަނޑު ތުރުތުރު ލައިގަތީ ކުރިމަތީ ހުރި ނާޒިހު ފެނިފައެވެ.
  • “ނާ.. ނާޒިހު…” ހިން ދިރުވައިލަމުން ޒިޔާނާ ގޮވާލިއެވެ. ނާޒިހު ފެނިފައި ޒިޔާނާގެ ހަނދާންތައް ދަތުރުކުރީ މީގެ އެތައް އަހަރެއްގެ ކުރިޔަށެވެ. އާދޭސް ކޮށްކޮށް އޮއްވާ ވަރިކޮށް، ދެއަހަރުވެސް ނުވާ ކުޑަކުޑަ ނައިނާއާ ވަކި ކުރި ގޮތެވެ. އެދުވަހު ޒިޔާނާގެ ކަރުނަތައްވެސް ނާޒިހު ކުރިމަތީގައި އެއްޗަކަށް ނުވިއެވެ.
  • “މަންމާ…” ދޮރުމަތީގައި ޒިޔާނާ ހުއްޓުން އަރާފައި ހުންނަން ފެށުމުން ޒިޔާން އައިސް ޒިޔާނާގެ ފަހަތުގައި ހުއްޓުނެވެ. އެއާއެކު ކުރިމަތީގައި ހުރި ފިރިހެންމީހާ ލޮލުގައި އަޅައިގަތެވެ. އެ ފިރިހެން މީހާއާ ނައިނާއާ ވައްތަރު ގޮތެއް ހުރުމުން ޒިޔާންއަށް ނައިނާއާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ނައިނާވެސް އިންތަނުން ތެދުވެ، ދޮރާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކުރިމަތީ ހުރި ނާޒިހު ފެނިފައި، ޒިޔާނާ ހުއްޓުން އަރާފައި ހުރި ސަބަބު ސާފު ވެއްޖެއެވެ.
  • “ކީއްކުރަން މިގެޔަށް ތިއައީ؟… އަނެއްކާވެސް އަހަރެން މަންމައާ ދުރުކޮށް ބޭނުންހާ ގޮތެއް ހަދަން؟…” ނަފްރަތުން ފުރިފައިވި އަޑަކުން ނައިނާ ވާހަކަދެއްކިއެވެ. އެއާއެކު ޒިޔާންއަށް، އެއީ ނައިނާގެ ބައްޕަކަން އިނގުނެވެ. “އެންމެން ދޮރުމަތީ ތި ތިބިއްޔޯ؟…” ފަހަތުން އައީ ރިޒާމްގެ އަޑެވެ. ރިޒާމްގެ އަޑާއެކު ޒިޔާނާއާ އެންމެން ދޮރު ކުރިމަތިން އެއްފަރާތް ވެލިއެވެ. އެއާއެކު ރިޒާމްއަށް ފެނުނީ، ލޯބިވާ އަންހެނުންގެ ދިރިއުޅުން ނަރަކައަށް ހަދައިލި އިންސާނާއެވެ. އެތަކެއް އެއްޗެއް ކިޔަން ބޭނުންވި ނަމަވެސް މަގުމަތިންދާ މީހުންނަށް ފެންނަން ނޭދޭތީވެ އެތެރެއަށް ވަންނަން ބުނެލިއެވެ. އެއާއެކު ރިޒާމްގެ ބަހަށް ކިޔަމަންވެ އެންމެން ގޭތެރެއަށް ވަނެވެ.
  • ސޯފާގައި އެންމެން އިށީންދެ ހަމަ ޖެހުމާއެކު ޒިޔާނާ އިސްވެ ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ޒިޔާން… ނައިނާ އާ ދެކުދިން ދާންވީ އެއްނު ޒާން ކައިރިއަށް މައްޗަށް…” ޒިޔާނާ ބުނެލުމާއެކު އިތުރު އެއްވެސް ސުވާލެއް ކުރުމެއް ނެތި ދެމީހުން އެކުގައި ހިނގައިގަތެވެ. އެއީ ޒިޔާނާގެ އަމިއްލަ ހަޔަތާ ގުޅުން ހުރި ކަމެއްކަމުގައި ވުމުން ދަރިން ބަހައްޓަން ބޭނުން ނުވާނެކަން އެދެމީހުންނަށް ވިސްނުނެވެ.
  • “ނާޒިހު…” ރިޒާމް ގޮވާލިއެވެ. އެއާއެކު އެއޮށްހާއިރު އިސްޖަހައިން އިން ނާޒިހު އިސްއުފުލާލިއެވެ. “އަހަރެން މީ ޒިޔާގެ ފިރިމީހާ… ދެންމެ އެ ދިޔައީ އަހަރެމެންގެ ދަރިފުޅު ޒިޔާން… ދެން އެދިޔައީ ނައިނާ… އެ ވެސް މިހާރު އަހަރެންގެ ދަރިއެެއް… ދެންބުނަން… ޒިޔާ އާ ދައްކަން ބޭނުން ހުރިހާ ވާހަކައެއް މިއަދު ދައްކާ… އިތުރަކަށް މި ފުރުސަތެއް އަހަރެން ނުދޭނަން…” ރިޒާމް ބުނެލީ ކިތަންމެ ރީއްޗަށް ކަމުގައި ވިޔަސް އެ އަޑުގައިވި ހިތްހަމަ ނުޖެހުން އެންމެނަށްވެސް ފާހަގަވިއެވެ. “ޒިޔާނާ އާ ވަކިން ވާހަކަ ދައްކަން އަހަރެން ބޭނުމީ…” ރިޒާމްއާ ކަޅި ހަމަކޮށްލަމުން ނާޒިހު ބުނެލިއެވެ. “އަހަރެންގެ ހަލާލު ފިރިމީހާ އިނދެގެން ނުދެއްކޭ ވަރުގެ ވާހަކައެއް ނާޒިހު ދައްކާކަށް ނުޖެހޭނެ…” ޒިޔާނާ ބުނެލިއެވެ.
  • “ޒިޔާނާ… އަހަރެންނަށް މަޢާފު ކުރޭ… ނައިނާއާއި ޒިޔާނާ ވަކި ކުރެވުނީމައާއި ޒިޔާނާގެ ކުށެއް ނެތި ވަރި ކުރެވުނީމަ…” ނާޒިހު ބުނެލީ ފާޑަކަށެވެ. “އަހަރެން ވަރި ކުރި ސަބަބު އިނގެން އަހަރެން ބޭނުމީ… ކަމަކާ ނުލާ ހަމަ ހުރެފަ ވަރި ކުރީ… އެވަރު ނުވެގެން ދަރިފުޅާ ވަކި ކުރީ… އަހަރެން ކޮން ކުށެއް ކޮއްގެން؟… ލޮލުގެ ކޮއެ ފަދައިން އަހަރެން ނާޒިހު ދެކެ ލޮއެއްބެއް ނުވަންތަ؟… އެކަމަކު ނާޒިހުއަކަށް އެ ލޯބީގެ އަގު ވަޒަނެއް ނުކުރެވުނު… މިހާރު މި ހިތަކީ އެހެން މީހެއްގެ ހައްގެއް… އަދި އެވަރުންވެސް ނުފުދިގެން އަހަރެންގެ ދަރިފުޅުގެ ގަޔަށް އަރަން ލަދު ކޮބާ؟… އެދަރިފުޅު އެކަނި މާ އެކަންޔޭ ކުޑަކުޑަ ޒާން ބެލީ…” ފެންކަޅިވެފައިވާ ހާލު ޒިޔާނާ ބުނެލިއެވެ. އެއާއެކު މުޅި ތަނަށް ވެރިވީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ.
  • “ޒިޔާނާގެ ކުށެއް ނެތޭ… މީ ހުސް އަހަރެންގެ ކުށް…” ނާޒިހު އިސްޖެހިއެވެ. “ދެން ކިހިނެއް ވެގެންތަ އަހަރެންނާ ކައިވެނި ކުރީ؟… ލޯބިވެގެނެއް ނޫންތަ؟…” ފަހަރަކު ސުވާލެއް ޒިޔާނާ ދިޔައީ ކުރަމުންނެވެ. ޒިޔާނާގެ މި ސުވާލާއެކީ ނާޒިހުއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. އޭނާއަށް ޒިޔާނާ ދެކެ ލޯބި ވެވުނުތޯއެވެ؟
  • “ޒިޔާނާ… އަހަރެންނާ ތި ސުވާލު ނުކުރޭ… ތި ސުވާލަށް ދޭނެ ޖަވާބެއް އަހަރެން އަތަކު ނެތް… އަހަރެންނަށް ކުރެވުނު ހުރިހާ ކުށަކަށް މަޢާފު ކުރައްޗޭ…” އިން ތަނުން ތެދުވަމުން ނާޒިހު އިއްވާލިއެވެ. އަދި ޒިޔާނާގެ ބަހަކަށް މަޑު ކުރުމެއް ނެތި ގެއިން ނުކުންނަން ހިނގައިގަތެވެ. “ޝުކުރިއްޔާ އަހަރެން ޒިޔާނާއާ ވާހަކަ ދައްކަން ދިނީމަ…” ފަހަތަށް އެނބުރެލަމުން ރިޒާމްއަށް ނާޒިހު ބުނެލިއެވެ.
  • އިސްޖަހައިން އިނދެ ޒިޔާނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. އެ ހިތް ދިޔައީ ހުއްޓުމެއް ނެތި ޝަކުވާ ކުރަމުންނެވެ. އެތައް އަހަރެއް ފަހުންވެސް އިނގެން ބޭނުންވި ކަންތައް ނޭނގުމުންނެވެ.
  • * * * * * * * * * * *
  • “ޔާން… ހާދަ ބިޒީކޮށް؟… ކާކަށް މެސެޖު ކުރަނީ؟…” ކޮޓަރީ ތެރެއިން ނުކުމެވެން ހުންނަ ބެލްކަންޔަށް ނުކުންނަމުން ނައިނާ، ޒިޔާން ކައިރި އަހާލިއެވެ. “ޔާން އޭ؟… ލޯބި ނޭމްއެއް އިނގޭ…” ޒިޔާންއަށް އަޅައިގަތީ ނައިނާ ގޮވި ނަމެވެ. “ހެހެހެ… ދެން ބުނެބަލަ… ކާކަށްތަ މާ ވަރަކަށް ތި މެސެޖު ކުރަނީ ވަކިން ހުރެ؟… ޔަގީން ކޮންމެސް އަންހެން ކުއްޖެއްކަން…” ދިމާ ކުރާ ރާގެއްގައި ނައިނާ ބުނެލިއެވެ. “ސާބަހޭ… ރައްޓެއްސެކޭ… އިއްޔެ ބައްޕަ ކޮމްޕެނީއަށް އެއްޗެއް ލާން ދިޔަ ގަޑީގަ އެ ކުއްޖާ ގައިގަ އޭ ލައިގަތީ… ދެން އައި އާސްކްޑް އިންސްޓާ އައިޑީ ދޭން… މާޝާﷲ ވަރަށް ރީތި ކުއްޖެއް އިނގޭ…” ޒިޔާން ލުއި ހީލުމަކާއެކު އޮޅުން ފިލުވައި ދިނެވެ. “ވާ ވާ… މިހާރު ހިތް ކީ؟…” ނައިނާ ސަމާސާ ކޮށްލިއެވެ. އެއާއެކު ޒިޔާން ނޫނެކޭ ބުނެ އެތެރެއަށް ވަނެވެ.
  • ނައިނާވެސް ޒިޔާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އަދި ފޮށީގައި ހުރި އެއްޗެހިތައް ނަގައި ތަންތަނަށް ލާން ފެށިއެވެ. ހުރިހާ އެއްޗެއް ލާން ޖެހޭ ތަންތަނަށް ލާ ނިމުނުއިރު ނައިނާ ހުރީ ވާނެ އެއްޗެެއް ވެފައެވެ. ނަސީބަކުން އެއިރު ޒާން ވެސް އޮތީ ނިދިފައެވެ. ޒިޔާންވީ ކުޑަ ކަމެއް ޖެހިއްޖޭ ކިޔާ ބޭރަށް ގޮހެވެ. ޒާންވެސް ނިދާފައި އޮތުމުން ނައިނާ ބޭނުންވީ އަވަހަށް ފެންވަރައިން އައިސް ނިދާލާށެވެ.
  • ފެންވަރައިން ނުކުމެ ނައިނާ ރީތިވާ މޭޒު ކައިރީ އިށީންދުނެވެ. ހަމަޖެހިލައިން އިނދެ ދިގު އިސްތަށިގަނޑު ހިއްކަމުން ދަނިކޮށް ސަމާލުކަން އަތުލީ ރިނގުވަމުން ދިޔަ ފޯނެވެ. ސްކްރީނުން ހައިޒަލްގެ ނަން ފެނުމާއެކު ހީލަމުން ފޯނު ނެގިއެވެ.
  • “ޕްރިންސެސް… ކީއްކޮށްލަނީ؟… ކޮބާ ޒާން؟… ހާދަ ފަޅޭ ގޭތެރެ މިހާރު…” ހައިޒަލްގެ އަޑުގައިވީ އިންތިހާއަށް ފޫހި ކަމެވެ. “އަންޕެކްކޮށް ފެންވަރައިން މިއައީ… ޒާން އެބައޮތް ނިދިފަ… އަހަރެންވެސް ނިދާލަން ކަމަށް… ވަރަށް ވަރުބަލި…” މޫނުގައި ފޭސް ކްރީމްކޮޅެއް ހާކާލަމުން ނައިނާ ބުނެލިއެވެ. “އޯހް… އޭރަށް ނިދާލާ… ހޭލާފަ އަހަރެންނަށް މެސެޖެއް ކޮށްލައްޗޭ…” މިހެން ބުނެ ހައިޒަލް ފޯނު ކަނޑާލިއެވެ. ނައިނާވެސް ވެފައި ހުރި ވަރުބަލިން އޮށޯންނަ އިރަށް ނިދިއްޖެއެވެ.
  • ޖެހިގެން އައި ދުވަހެވެ. ފަތިސް ނަމާދުކޮށްލައިގެން ނައިނާ ކޮޓަރިން ނުކުތީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. “ދަރިފުޅު މިގަޑީ ހޭލާތަ؟…” ނައިނާ ބަދިގެއަށް ވައިން ތަން ފެނި ކޮފީ މެޝިން ކައިރި ހުރި ޒިޔާނާ އަހާލިއެވެ. އެއާއެކު ނައިނާ ބޯ ޖަހާލިއެވެ. ނައިނާ މޭޒުކައިރީ އިށީންދެލައިން އިނީ ޒިޔާނާ ނިމެންދެނެވެ. “ކޮފީ ބޯންވެގެން ތަ ތީނީ؟…” ޒިޔާނާ އަހާލިއެވެ. ނައިނާ ދެންވެސް ބޯ ޖަހާލުމާއެކީ ކޮފީ ތައްޓެއް ދިއްކޮށްލާފިއެވެ. އަދި އިތުރު ތިން ކޮފީ ހަދައިން އައިސް ނައިނާ ކައިރި އިށީންދުނެވެ. “ހާދަ ބައިވަރެއް؟…” ނައިނާ ކޮފީ ތަށިން އެތިކޮޅެއް ބޯލަމުން އެހިއެވެ. “ޒިޔާންމެން އަންނާނެ މިސްކިތުން… އަބަދުވެސް އަހަރެމެން ތިން މީހުން އެއްކޮށް މިގަޑީ ކޮފީ ބޯނީ… ދެން މަންމަ ސައި ހަދަން ދިޔައިމަ ރިޒާމް ދާނީ އޮފީހަށް ދާން ތައްޔާރުވާން… ޒިޔާން އިންނާނެ މަންމަ ކައިރި ފޮނި އަނގަ ތަޅަން…” ޒިޔާނާ ހެމުން ބުނެލިއެވެ. ނައިނާވެސް ޒިޔާނާގެ ހުނުމުގައި ބައިވެރިވިއެވެ.
  • “ދެމައިން ހާދަ ސަކަރާތެއް؟…” ބަދިގެއަށް ވަންނަމުން ރިޒާމް ބުނެލިއެވެ. ފަހަތުން އައި ޒިޔާންވެސް ތެދެކޭ ބުނެލިއެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

އިންސާފު (ތެޔާޅީސްވަނަ ބައި)

Next

އަބަދުވެސް ހަނދާންވޭ 4

Next
January 1, 2026

އަބަދުވެސް ހަނދާންވޭ 4

Previews
January 1, 2026

އިންސާފު (ތެޔާޅީސްވަނަ ބައި)

6 Comments!

  1. Shaba_73 says:
    January 1, 2026 at 9:56 am

    After a long time up vehje dhw 😭
    Mi part ves Vrh reethi MA!!
    Yaan so cute hehe 😘😄…
    Dhen huri parts thah Avahah up kohdeeba plsss eeshyy.. ❤️
    Luv u so much and take care 🖤

    1. Eesh Eesh says:
      January 1, 2026 at 1:15 pm

      hehe yeaa finally
      thankyouu so much dear
      IA liye nimunuhaa avahakah submit kollaanen
      lym and take care

  2. Shaba_73 says:
    January 1, 2026 at 12:06 pm

    BTW HAPPY NEW YEAR 🎊🎆

    1. Eesh Eesh says:
      January 1, 2026 at 1:16 pm

      hehe HAPPY NEW YEAR DEAR

  3. ehkala meeha says:
    January 1, 2026 at 9:01 pm

    waaau mi part vx vrh reethi masha allah

    1. Eesh Eesh says:
      January 1, 2026 at 10:21 pm

      thankyouu ehkala meeha

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 14←


All Right Reserved!