Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ސަފުހާ (3)

Sarin Level 1
February 3, 2016 4 Mins Read
19 Comments

ހަމައެވަގުތެވެ. އިވީގެ ދުލުގަ ތަޅު އެޅުވިގެން ދިޔައީ ހީނުކުރާހާ އަވަސް ހިނދުކޮޅެއްގެ ތެރޭގައެވެ. އިސްޖަހާލަންވެސް ނޭނގި ބަލަން ހުރުން ފިޔަވާ އިތުރުކަމެއް އިވީއަށް ކުރާނެ ހިތްވަރެއް އެވަގުތަކު ނުލިބުނެވެ.

އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ކޮންމެ މީހަކުވެސް އިސްޖަހާލިއެވެ. އިވީ ހުރިގޮތަށް ހުރީ ބަސްހުއްޓިފައެވެ.

އިވީ ކުރިމަތީ ހުއްޓިލައިގެން ހުރި ޒައިކް ބަލަމުން ދިޔައީ ސީދާ އިވީގެ ލޮލަށެެވެ. އެދެލޮލުން އެވަގުތު އިވީ އަށް ފޯރުކޮށްދޭން ޒައިކް ބޭނުންވަނީ ކޮންކަހަލަ މެސެޖެއްކަމެއް އިވީއަކަށް ނަގައެއް ނުގަނެވުނެވެ. ޖެހިލުންކުޑަ ކަމާއެކު ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އިވީ މިހާރު ލަދުގަނެ ދެރަވެއްޖެއެވެ. ނޭނގި ނަމަވެސް އޮފީސް މުއައްޒަފުން ކުރިމަތީ ޒައިކް އޭ ކިޔާފަ ދެއްކުނު ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވިފައިވާ ވާހަކަތަކެއް ނޫންކަން އިވީއަށް ގަބޫލު ކުރެވެންފެށީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކަމެއްވާން ވެއްޖެނަމަ އެކަމެއް ވާކަށް ގިނައިރުތަކެއް ނުނަގައެވެ. ހަމައެގޮތަށް އިވީ ބޭނުންވީ ޒައިކްގެ ކިބައިން މައާފަށް އެދޭށެވެ. އެހެނަސް ދޫހަރަކާތް ކުރެވޭ ގޮތެއް ނުވިއެވެ.

އެމީހަކާ ހަވާލުކުރެވިފައިވާ ކަންކަމާއިގެން ކުރިއަށް ދިއުމަށް ބުނުމަށްފަހު ޒައިކް ހިނގައިގަތީ އިވީ އާ ދިމާލަށް އެންމެ ލަފުޒެއްވެސް ބުނުމަކާ ނުލައެވެ. އިވީގެ ކޮނޑުގަ ޖެހޭހާ ކައިރިން ޒައިކް ހުރަސް ކުރި ވަގުތަކީ އިވީއަށް ނޭވާހިފަހައްޓާލަން މަޖުބޫރުވި ވަގުތު ކޮޅެކެވެ. އިންވިކްޓަސްގެ މީރުވަސް އިވީގެ އަރުތެރެއަށް ދިޔަ ކަހަލައެެވެ.

ޒައިކް ދިއުމާއެކު ނޫރާ އަށް މަޑަކުން ނުހުރެވުނެވެ. އޮފީހުގެ އެއްބަޔަކު ޒައިކް އާ ދިމާލަށް އެއްޗިސް ކީއިރު ދެންތިބި މީހުން ގޯސް ކުރީ އިވީ އެވެ. އިވީއަކީ ފަރުވާ ކުޑަ މުއައްޒަފެއްކަމަށް ހުރިހާ އެންމެންވެސް ގަބޫލުކުރެއެވެ.

އެކި މީހުން އެކި ވާހަކަ ދެއްކި ނަމަވެސް ނޫރާއަށް މަޑަކުން ނުހުރެވުނެވެ.

” އިވީ. ކިހިނެތް ތިހެދީ. ކޮން މެސެޖެއްތަ ޒައިކް ކުރީ.. ” ނޫރާ ބޭނުންވީ އިތުރަށް މައުލޫމާތު އެއްކުރާށެވެ. ނަމަވެސް އިވީގެ ދުލުން އެކަމާ ގުޅިގެން އިތުރަށް އެންމެ ލަފުޒެއްވެސް ބޭރު ނުކުރިއެވެ.

ގަޑިޖެހެންދެން މޭޒުކައިރި އިނީ މަޑުމައިތިރި ކަމާއެކުއެވެ. މަސައްކަތާއިގެން ކުރިއަށް ދެވޭގޮތް ނުވި ނަމަވެސް ޒައިކް ދިއުމަށްފަހު ފޯނުގަ އެއްފަހަރުވެސް އިވީ އަތެއް ނުލައެވެ. މީހަކު ވަންނަ ކޮންމެ ފަހަރަކު ޒައިކް ކަމަށް ހީކޮށް އެދިމާ ބަލާނުލާ އެއްފަހަރުވެސް ނުދެއެވެ. ކުއްލިއަކަށް އިވީއަށް ވީގޮތް އަމިއްލަ ނަފުސަށްވެސް ގަބޫލު ކުރަން އުނދަގޫވިއެވެ.

ގެއަށްދާ ގަޑިޖެހުނު އިރުވެސް ޒައިކް އޮފީހަކަށް ނާދެއެވެ. އަބަދުވެސް ޒައިކް ނުފެނުމަށް އެދިއެދި ހުންނަ އިވީ އޮފީސް ބޭރުގަވެސް ތިރީހަކަށް މިނެޓް މަޑުކޮށްލައިގެން ހުރީ ޒައިކް އަންނާނެ ކަމުގެ އުއްމީދުގައެވެ.

އެންމެ ފަހުން ޓެކްސީއެއް ހޯދައިގެން ގެއަށްދިޔައީ މާޔޫސްކަމާ އެކުއެވެ.

*************************

ދެފަރާތަށް ފުރޮޅި ފުރޮޅި އިވީ އޮތީ ނިދިނައިސް ގެންނެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ލޯމަތިން ސިފަވަމުން ދިޔައީ ޒައިކް އެވެ. މައާފަށް އެދިފަ މެސެޖެއްކުރުމަށް ހިތަށް އެރި ނަމަވެސް އެކަންކުރާނެހާ ހިތްވަރު އިވީއަކަށް ނުލިބުނެވެ. މެންދަމުގެ ހަމަހިމޭންވަގުތާ ކުރިމަތިލާން ޖެހުނުއިރުވެސް އިވީ އޮތީ ހޭލައެވެ.

 

*****************************

ބަދިގެ ބަޔަށް އިވީ ވަދެލީ އޮފީހަށް ދިއުމުގެ ކުރީން ފެންފޮދެއް ބޯލުމަށެވެ. ނާޒިމާ އިވީއަށް ބަލާލި އެވެ. އެވަގުތު ނާޒިމާގެ ލޮލުން ހާމަވެގެންދިޔައީ ހައިރާން ކަމެވެ. ވާނީވެސް އެހެންތާއެވެ. ދޮރުވައްޓާލާވަރު ކުރުމުން ނޫނީ އެނދުންވެސް ހިއްލާނުލާ އިވީ ގަޑިޖެހުމުގެ އެއްގަޑި އިރު ކުރިން އެހުރީ އޮފީހަށްދާން ތައްޔާރު ވެގެންނެވެ.

” ދަރިފުޅާ. މިއަދު ކޮންދިމާލަކުން އިރުއެރި ދުވަހެއް ” ނާޒިމާ ބުންޏެވެ.

” މަންމައަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ލަހުން ތެދުވިޔަސް އަވަހަށް ތެދުވިޔަސް .. ”

ނާޒިމާ ގާތަށް ހިނި އައި ނަމަވެސް އެކަން ފާޅުނުކޮށް އިވީ ނުކުންނަންދެން ބަލަން ހުއްޓެވެ.

މަގުމައްޗަށް ނުކުމެ ފުރަތަމަ ވިސްނީ ކާރެއް ހޯދުމަށެވެ. އެކަމަކު ގަޑިޖެހެން ގިނަ ވަގުތު ތަކެއް ހުރުމާއެކު ފުރަތަމަ ފަހަރަށް ހިނގާލަފަ ދާން އިވީ ނިންމިއެވެ. މަޑުން ހިނގާފަ ދިޔަ ނަމަވެސް އެންމެ ލަސްވެގެން ދިހަވަރަކަށް މިނެޓް ތެރޭ އޮފީހަށްދެވޭނެ ކަން އިވީއަށް އިނގެއެވެ. މަޑު މަޑު ފިޔަވަޅުތަކެއްގެ ހިނގާލާފަ އިވީ ދިޔައިރު މަގުމަތިން ދާ ޒުވާނުންގެ ނަޒަރު އިވީއަށް ހުއްޓިގެން ދިޔައެވެ.

ބަލާބެލުމަށް އިވީއަކީ ރީތިކަމަށް ނަންކިޔާލެވޭނެ އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ އަކި ފަންއިސްތަށިގަނޑެއްގެ ވެރިއެކެވެ. އަރާފައިވާ ހީލްގެ ސަބަބުން އިސްކޮޅުން ދިގުކަމަށް ދެއްކި ނަމަވެސް އިވީގެ އިސްކޮޅުގައި ހުންނާނީ ފަސްފޫޓު ވަރެވެ. ލާފައިވާ މަޑު ނޫކުލައިގެ ގަމީސް ދަށަށްޖަހާލެވިފައިވާ އިރު ލާފައިވަނީ ކަޅު ކުލައިގެ އޮފީސް ހަރުވާޅެކެވެ. ތުންފަތުގައި ޖައްސާލެވިފައިވާ ރަތްކުލައިގެ ސަބަބުން އިވީ ފެންނަ ކޮންމެ މީހަކަށްވެސް ބަލާނުލާ ނުދެވޭނެހޭ ވެއެވެ.

އޮފީހަށް ފުރަތަމަ ވަދެވުނު މީހަކީ ހަމަޔަގީނުންވެސް މިއަދު އިވީއެވެ. އޮފީސް މަސައްކަތު މީހާ ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. މަޑު މަޑު ހިނގުމެއްގައި ގޮސް އިވީ މޭޒުކައިރީ އިށީނދެލާ ހަމަޖެހިލިއެވެ. އިވީއަށް ހީވަނީ އެންމެ ފުރަތަމަ ދުވަހު އޮފީހަށް އާދެވުނު ހެންނެވެ. އިއްޔެވީ ކަންތައް އެންމެ ސިކުންތަކަށްވެސް އިވީގެ ހަނދާނަކުން ފިލާ ނުދެއެވެ. ސިސްޓަމް ހުޅުވާލުމަށްފަހު މެއިލްތައް ބަލާލަން ހިތަށް އެރި ނަަމަވެސް އިވީ އެފްބީ އަށް ލޮގިންވެލީ މީހެއްގެ ޕްރޮފައިލް ބަލާލުމަށެވެ. އާދައިގެ މަތީން އެފްބީ އަށްވަދެ ހާވާލާ އިވީ ޒައިކްގެ ނަންޖެހުމަށްފަހު ސާރޗްކޮށްލިއެވެ. ޒައިކްގެ ޕްރޮފައިލް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. އޮފީސް ބައެއް ކުދިން އެޑްކޮށްފަ ހުރުމުގެ ސަބަބުން ވަރަށް ފަސޭހަކަމާއެކު އެކަން ވެއްޖެއެވެ.

ފަހަރަކު ފޮޓޯއަކަށް ބަލަމުން ދަނިކޮށް އިވީއަށް ހުއްޓުންއެރީ ފެނުނު ފޮޓޯއެއްގެ ސަބަބުންނެވެ. އޮފީސް އިވެންޓެއްތެރޭ ނަގާފައިވާ އެފޮޓޯގަ އެވަނީ އިތުރު ދެވަނަ މީހެއްނޫނެވެ. އެއީ އިވީއެވެ. ނެގިފަ ވާގޮތުން ހީވަނީ އިވީ ދެމީހުން ދެމީހުންނަށް ބަލަން ހުރިހެންނެވެ. މަޑުކުރުމެއްނެތި ކޮމެންޓްސް ކިޔާލަން އިވީ ބޭނުންވިއެވެ. ބައެއް ކުދިން ގާރލް ފްރެންޑް ހޭ ބުނެފަ ހުރި އިރު އަނެއް ބަޔަކު ގުޅޭ ކަޕްލް އެއް ކަމަށްބުނެފަ ހުއްޓެވެ. އެއިން ކޮންމެ ކޮމެންޓަކަށް ޒައިކް ގެ ރިޕްލައި އެއް ދީފަ ނެތް ނަމަވެސް ކޮންމެ ކޮމެންޓަކަށްވެސް ޒައިކް ވަނީ ލައިކް ކޮށްލާފައެވެ. ޕްރޮފައިލް ބަލާލި ނަމަވެސް އެޑްކޮށްލާކަށް ނުކެރުނެވެ.

ސިއްސައިގެން ދިޔަވަރުން މައުސް އަތުންދޫނުވީ ކިރިޔާއެެވެ.

” މީ ކޮންކަމެއް. ހުވަފެނެއްތަ މަށަށް މިފެންނަނީ ” ނޫރާ އެކޭ އެއްގޮތަށް ދެން ތިބި ކޮންމެ މީހަކަށްވެސް އެސުވާލު ތަކުރާރު ކޮށްލެވުނެވެ. ލުއި ހިނިތުންވުމެއް ދިނުން ފިޔަވާ އިތުރު ކަމެއް އިވީ ނުކުރެއެވެ. ނޫރާ އެތައް ވާހަކައެއް ދައްކާ އިވީ އާ ދިމާކުރިއެވެ. ހުރިހާ އެންމެން ހަމަވެ ކޮފީ ރޫމަށް ވަންނަން ފެށިއިރުވެސް ޒައިކް ނާދެއެވެ. އެންމެފަހުން ކެތް ނުކުރެވިގެން އިވީއަށް ނޫރާ ގާތުން އަހާލިއެވެ.

” ނޫރާ، ޒައިކް ނާދޭތަ އޮފީހަށް. ނުވެސް ފެނޭ މިއަދު ” އަޑު އިވުނުގޮތް ކަމަށް ހީކޮށް ނޫރާއަށް ބަލާލެވުނީ އިވީގެ ސީދާ ދެލޮލަށެވެ.

ނޫރާ ބުނިގޮތުން ވިއްޔާ ޒައިކް އެބަދަލު އައީ އިވީގެ ސަބަބުންނެވެ. އެކަމަކުވެސް ޒައިކް އަކީ މީހަކު އަދި އެހެން ކިޔާހާ އެއްޗަކަށް ފަސްޖެހޭޭ ކަހަލަ ވެސް ޒުވާނެއް ނޫނެވެ. އެއަަށްވުރެ މާ ޝަހުޝިއްޔަތު ރަނގަޅު ޒުވާނެކެެވެ.

ދެމީހުން ވާހަކައިގެ ތިބިވަރުން ފެނުނީ ހަމައެކަނި ޒައިކް ގޮސް ކެބިންއަށް ވަަންތަނެވެ.

” ޔަގީނޭ މިއަދު އަހަރެން އެތެރެއަށްވައްދާފަ ކުޑަކޮށްލާނެކަން. ކަނޑާވެސް ލާފާނެ ކަންނޭނގެ. ” އިވީ ބިރުގަނެފަ ހުރިކަން އެމޫނުމައްޗަށް އަރާ ކުލަތަކުން ފާހަގަ ވެއެވެ. ނޫރާ އެތައްގޮތަކުން ވާހަކަ ދެއްކުމަށްފަހު ނަސޭހަތް ތެރިވީ އަމިއްލައަށްގޮސް މައާފަށް އެދުމަށެވެ. އެއަށްވުރެ ރަނގަޅުގޮތެއް ނޯންނާެނެކަން ނޫރާ ގަބޫލު ކުރެއެވެ.

ޒައިކް ކެބިންގެ ދޮރުގާ ދެފަހަރު ޓަކިޖަހާލި އިރުވެސް އިވީގެ ހިތް ނެގިނެގިފައި ޖެހެއެވެ. އެތެރެއިން ހުއްދަ ލިބުމުން އެތެރެއަށް އިވީ ވަނީ އިސްޖަހައިގެން ހުރެއެވެ. ޒައިކް ބުނާނެއެއްޗެއް އެއްގޮތަކަށްވެސް އިވީގެ ވިސްނުމަކަށް ނާދެއެވެ.

” ޒައިކް.. ވާހަކައެއް ބުނަން ” އިވީ މަޑުމަޑުން ބުންޏެވެ.

” ކޮންވާހަކައެއް ” ލެޕްޓަޕަށް ބަލަންއިން ގޮތަށް އިނދެ ޒައިކް އަހާލިއެވެ.

” ސޮރީ ” ހަމައެކަނި އެންމެ ލަފުޒެއް ބުނުން ފިޔަވާ އިތުރަށް އެންމެ އަޑެއްވެސް އިވީގެ ކަރުތެރެއިން ބޭރެއް ނުވިއެވެ.

” ކޮންކަމަކަށް ސޮރީ ” ދެންވެސް ޒައިކް އަހާލިއެވެ. ނަމަވެސް އިސްޖަހާލައިގެން އިވީ ހުއްޓެވެ. ކިތަންމެ ގިނަ ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް އެހިތްވަރު އިވީއަކަށް ނުލިބުނެވެ.

” ކޮންވާހަކައެއްހޭ މިއަހަނީ ” ކޮޅަށް ތެދުވަމުން ކުރިއަށްވުރެ ބާރަށް ޒައިކް ބުންޏެވެ. ސިއްސައިގެންގޮސް އިވީއަށް ބަލާލެވުނީ ސީދާ ޒައިކްފެ ލޮލަށެވެ.

” ނުނިމޭ “

Share Article

Follow Me Written By

Sarin

Level 1

Other Articles

Previous

އަލްވަދާޢު..

Next

ހިތް އެދެނީ 1

Next
February 3, 2016

ހިތް އެދެނީ 1

Previews
February 3, 2016

އަލްވަދާޢު..

19 Comments!

  1. ivy says:
    February 3, 2016 at 11:43 am

    alheyy heevani v reethivaane hen kuriah oiy bai plxx v avahah up kohdhehchey m waiting for next part

  2. rish says:
    February 3, 2016 at 12:27 pm

    V reethi waiting for next part

  3. Zaanaa says:
    February 3, 2016 at 1:09 pm

    Haada kuray vvvv reethi story avahah up kohdeeba next part

  4. Shinn says:
    February 3, 2016 at 1:33 pm

    Ivy aai zaik gulhuvachey. Nice ingea

  5. Niha says:
    February 3, 2016 at 1:45 pm

    Haadha kurey

  6. nihaa says:
    February 3, 2016 at 1:46 pm

    Ummmm zaik dho.. Salhi.. Nxt part up kohdhehchey miadhu

  7. beauty queen says:
    February 3, 2016 at 2:45 pm

    Ehchis e ee adhi rangalhu bahehnoon rangalhu gothakee ehchehi.ethankolhu rangalhu kohlahche story is nice

    1. Sarin says:
      February 3, 2016 at 3:13 pm

      thank you.

  8. lam says:
    February 3, 2016 at 3:12 pm

    V salhi. Ekm thankolheh kury

  9. Uil says:
    February 3, 2016 at 3:25 pm

    This story ix amazin i luv it ?????

  10. Sima Naanu says:
    February 3, 2016 at 4:19 pm

    Varah salhi

  11. myf says:
    February 3, 2016 at 5:20 pm

    Next part thnkolhe avaha plxx to be honest varah rythi story ey ..

  12. ehan says:
    February 3, 2016 at 5:21 pm

    V reeth????
    Adhi thankolheh dhigukohlabala

  13. Ily says:
    February 3, 2016 at 5:21 pm

    V reeth????
    Adhi thankolheh dhigukohlabala

  14. vish says:
    February 3, 2016 at 5:41 pm

    V nice

  15. Faxoo says:
    February 3, 2016 at 6:26 pm

    varah reethi 🙂 Zaik haadha harukattey dhw 😉 😉 varah reethi mashaAllah.. waiting fr the next part 😀

  16. Zeena says:
    February 3, 2016 at 9:12 pm

    Varah reethi

  17. louis liu says:
    February 4, 2016 at 3:57 pm

    reethi story ei hen v heevey
    Suapence eiga mihunanee dhen vaane gothaka dheytherey
    waiting f the next paty

  18. louis liu says:
    February 4, 2016 at 3:57 pm

    reethi story ei hen v heevey
    Suapence eiga mihunanee dhen vaane gothaka dheytherey
    waiting f the next paty

Comments are closed.


All Right Reserved!