Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ސަފުހާ (2)

Sarin
February 2, 2016
3 Mins Read
42 Views
9 Comments

އަތުގަ އޮތް ތަޅުދަނޑިއަށް ބަލާލުމަށްފަހު ތަޅަށްބަލާލީ ހައިރާން ކަމާއެކު އެވެ. އެތައް ސުވާލެއް އެވަގުތު އިވީގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އިރުކޮޅަކު ހުރެލުމަށްފަހު ކޮންމެ ގޮތެއް ހެޔޮކަމަަށް ތަޅުގަނޑިޖަހާ އަނބުރާލިއެވެ.

” ހެޕީ ބާތްޑޭ އިވީ …. ” އެންމެން އެއްފަހަރާ ހަޅޭއްލަވައިގެން އަޑަށް އިވީ ދިޔައީ ސިއްސައިގެންނެވެ. ދުވަހަކުވެސް މިކަހަލަ ސަޕްރައިޒެއް އިވީއަށް ލިބިފަ ނުވާތީ އާއެކުއެވެ.

އަނގަމަތީ އަތްއެޅިގޮތަށް ބުނާނެ އެއްޗެއް ނޭނގިފަ ހުރުންފިޔަވާ އިތުރުކަމެއް އިވީ ނުކުރެއެވެ. ނޫރާ ހެމުން ހެމުން އައިސް އިވީގައިގަ ބައްދާލިއެވެ. އެއްކޮށް އުޅޭ އޮފީސް ކުދިންކޮޅު ދިން ސަޕްރައިޒްގެ ސަބަބުން އިވީ ކިތަންމެހާވެސް އުފާވިއެވެ. ދެރަކަމަކީ މިއަދަކީ އިވީގެ އުފަންދުވަސްކަން އަމިއްލައަށްވެސް ހަނދާން ނެތުމެވެ.

” ނޫރާ މިއަދު މީ އަހަރެންގެ އުފަންދުވަސްތަ.. ނުވެސް އިނގޭ … އެކަމަކުވެސް މީ ކިހިނެތް ކާކުގެ އައިޑިއާ އެއް ”

” ހޫނ.. ހަމަޖެހޭ އެއްފަހަރާ ތިހުރިހާ ސުވާލުތަކެއް ޖަވާބު ދިނުމަށްވުރެ މުހިއްމު ވާހަކައެއް ބުނަންތަ.. ” ނޫރާ ތުއިވެލުމަށްފަހު ބުންޏެވެ.

” މިކަން މިގޮތަށް މިކުރެވުނީ ހަމަ އެންމެ މީހެއްގެ ސަބަބުން. އަހަރުމެންނަށް މިފުރުސަތު ހޯދަދިން ކުއްޖާއަށް އިވީ ވާނެ ޝުކުރު އަދާކުރަން ” ނޫރާ ދައްކާ އެއްވެސް ވާހަކައެއް އިވީއަށް އޮޅުންފިލާ ގޮތެއް ނުވިއެވެ. ވިސްނަން ހުރުމަށްފަހު އިވީ އަށް ބުނެވުނީ މަންމަ ގެ ނަމެވެ.

” ނޫނޭ.. މިއަދު އަވަހަށް އޮފީސް ބަަންދު ކުރަން ހުއްދަ ނުލިބުނުނަމަ … އިވީ އޮފީސް ދޮރުމަތީ ގިނައިރު މަޑުނުކުރުވި ނަމަ ކިހިނެތް އަހަރުމެން މިކަން ކުރާނީ ” ނޫރާ އެބުނަނީ ޒައިކް ގެ ވާހަކަ އެވެެ. އެހެނަށް އިވީއަށް އިނގިފަވާ ގޮތުގައި ޒައިކް އަކީ މުއައްޒަފުންނާ ދޭތެރޭ އެހާ ރަނގަޅު ވިސްނުމެއް ގެންގުޅެ މީހެއް ނޫނެވެ.

” ހެޕީބާތްޑޭ ދަރިފުޅާ ” ނާޒިމާ ކޭކު ހިފައިގެން އައިސް ވަނީ އެވަގުތުއެވެ.

” މަންމަވެސްތަ… ހާދަ ގޯހޭ ” އިވީ ބުންޏެވެ.

އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު ނޫރާމެން ދިޔައީ ހަވީރު ވުމުންނެވެ. ސަޕްރައިޒް އަކީ ކޮބާކަން އިވީއަށް އެނގުނު މީ ފުރަތަމަ ފަހަރެވެ. ހުރިހާ އެންމެން ދިއުމާއެކު ކަންނެތް ކަމާއެކު އިވީ އެނދުމައްޗަށް ވެެއްޓިގަތެވެ.

” އިވީ ތިހެދުން ބަދަލުކޮށްލައިގެން އޮވެބަލަ. މާދަމާވެސް ލާނީ ތިހެދުން ވީމަ މިބުނެލީ ” ނާޒިމާ ކޮޓަރިއަށް ވަން ވަގުތު އިވީ ފެނުމުން ބުނެލިއެވެ.

” ދެން މަންމާ. އަނެއްކާ ތިއައީ ދޯ.. ދޭބަ.. އަހަރެން ނިދާލަން ބޭނުމޭ. ދެން މިހެދުން ލައިގެން އޮތަކަސް ހަޑިއެއް ނުވާނެ ނޫންތަ؟ އިސްތިރި ކޮށްލީމަ ނިމުނީއޭ ” އިވީ ބުންޏެެވެ.

ނާޒިމާ އަށް އިވީ އާ ދިމާލަށް އެއްޗިހި ބުނެވޭ ކަމަކީވެސް އެއީއެވެ. ވަޒީފާއަށް ދިޔަ ނަމެވެސް އެއްވެސް މުރާލިކަމެއް ނެތެވެ. ބައެއްފަހަރު ނާޒިމާ ހިތަށް އަރައެވެ. އިވީއަށް ރީތި އެއްވެސް އާދައެއް ނާޒިމާ އަށް ދަސްކޮށް ނުދެވުނީ ބާވައެވެ. ނާޒިމާ އެންމެ ކަންބޮޑުވަނީ މީހަކާ އިނދެގެން އިވީ ދިރިއުޅުމެއް ފަށާ ދުވަހު އެއާދަތަކުގެ ސަބަބުން ކަމެއް ދިމާވެދާނެތީއެވެ. ކޮންމެ މަޔަކުވެސް ދެކެން ބޭނުންވާނެ ދުވަހަކީ އެމީހެއްގެ ދަރިންނަށް އުފާވެރި ބާއްޖަވެރި ދިރިއުޅެއް ލިބޭނެ ދުވަހަކަށެވެ. އެވަރަށް އެވާހަކަ ނާޒިމާ އަށް ދެއްކެނީވެސް  އެހެންވީމައެވެ.

*****************************

އިވީއަށް ހޭލެވުނު އިރު އަށެއްޖަހާ ބޮޑުވެއްޖެއެވެ. ފޯނު ނެގުމަށްފަހު ބަލާލިއެވެ. މެސެޖް ހުޅުވާލީ ކިޔާ ހިތަކުން ނޫނެވެ. ބަލާލަން ޖެހޭނެތީއެވެ. ކުރު ލަފްޒަކުން ލިޔެފަވާ މެސެޖެކެވެ. އިވީއަށް މުހިއްމުވީ ލަފުޒެއް ނޫނެވެ. އެމެސެޖް ފޮނުވި މީހާއެވެ. ޒައިކް އިވީއަށް ބާތްޑޭ ވިޝްކުރީ ކީއްވެތޯ ވިސްނާކަށް އިވީ ބޭނުމެއް ނޫނެވެ. އެންމެ ކުޑަމިނުން ތެންކިޔު ޖަހާލުންވެސް އެއީ ކުރާވަރު ކަމެއްކަމަކަށް އިވީއަކަށް ނުފެނުނެވެ.

******************************

އޮފީހަށް ވަދެގެން އައި ނޫރާ އަށް ސިހުމެއް ލިބުނީ އިވީގެ ގޮނޑި ފަޅުފިލާފަ ހުރުމުންނެވެ.

” ނިހާ ވިކާލަބަލަ އަހަރެން އަތުގަ ” އިވީ މޭޒުކައިރިއަށް ހުއްޓެމުން ނޫރާ ނިހާއަށް މުހާތަބުކޮށް ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. ގަޑިޖެހިގެން އައުމަށް އާދަވެފައިވާ އިވީ މާއަވަހަށް އޮފީހަށް އައިސް އިނުމުން ހައިރާން ނުވާނެ މީހަކު ނުހުންނާނެއެވެ.

” އިވީ .” ސިއްސައިގެން ގޮސް ފޯނު އަތުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ކުރިމަތީ ހުއްޓިހުރި ޒައިކް އަށް އިވީ ބަލާލިއެވެ.

” އިވީ އާދެބަލަ އަހަރެން ކެބިން އަށް ” މަޑުކުރުމެއްނެތި ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ޒައިކް ގޮސް ކެބިން އަށް ވަނެވެ.

ހިތާހިތުން އެއްޗިހި ގޮވަމުން ތެދުވެ ގަމީސް ރީތިކޮށްލުމަށްފަހު އިވީ ގޮސް ޒައިކް ކެބިން އަށް ވަނެވެ.

ވަަނުމާއެކު ފުރަތަމަވެސް ޒައިކްގެ ބަހުގެ ހަމަލާއެއް ރައްދުވިއެވެ.

” ވަންނަ އިރު ޓަކި ޖަހާލުމަކީ ރީތި އާދައެއް. ” އިވީއަށް ބަލާލަމުން ޒައިކް އެހެން ބުނެލީ ހިނިތުންވެ ހުރެއެވެ. އެހެނަސް އެކަމާވެސް އިވި ހިތްހަމަ ނުޖެހުނެވެ.

” އިށީނދެބަލަ ” ޒައިކް ބުންޏެވެ.

ޒައިކް ދައްކާނީ ކޮން ވާހަކައެއްކަން މާކުރިންވެސް އިވީއަށް އިނގޭ ކަހަލަ ގޮތަކަށް ފަރުވާކުޑަކަމާއެކު ޒައިކް އާ ދިމާލަށް ބަލާލުމަށްފަހު ފޯނާ ކުޅެން ފެށިއެެވެ.

ޒައިކް ގެ ވާހަކަތަކަށް ސަމާލުކަން ދިނުމަކާ ނުލާ އިވީ ދިޔައީ ފޯނާ ކުޅެމުންނެވެ.

” އިވީ. ފޯނު އިރުކޮޅަކަށް ބާއްވާލަބަލަ. އިވީ މިތަނަށް މިގެންނަން ޖެހުނީވެސް ތިމަކާހުރެ. އޮފީހަށް އަންނަގޮތަށް ފެންނަނީ ފޯނާ ކުޅެން އިންދަ. ނިމުނު ހަފުތާގަ ނިންމަން ބުނި ރިޕޯޓްތައްވެސް އަދި ނުނިންމާ. އިވީ އެބަޖެހޭ މިކަންތައް ތައް ރަނގަޅު ކުރަން. ” ޒައިކްގެ ހިތުގަ އިވީ އަށް ހާއްސަ މަޤާމެއް ދެވިފަވީ ނަމަވެސް އޮފީހަށް ވަނުމަށްފަހު އެކަން ދެއްކުމަކީ ޒައިކް ކުރާނެ ކަމެއްނޫނެވެ. ހުރިހާ ވާހަކަތެއް އަޑުއެހުމަށްފަހު އިވީ ނުކުމެގެން ދިޔައީ ހިތުން ޒައިކް އާ ދިމާލަށް ގޮވުނު އެއްޗެއް ގޮވަމުންނެވެ.

އިވީގެ މޫޑުހުރިގޮތަށް ކަމެއް ގޯސްވެސްޖެކަން ދެނެގަންނާކަށް ނޫރާ އަށް މާގިނައިރެއް ބޭނުމެއް ނުވިއެވެ. އިވީ ވާހަކަ ދެއްކީ ޒައިކް އާ ދެކޮޅަށެވެ. އެހެން ނަމަވެސް ނޫރާ މަސައްކަތް ކުރީ ޒައިކް ދެއްކި ވާހަކަ ތަކަކީ ގޯސް ވާހަކަ ތަކެއްނޫންކަން ހާމަކޮށްދިނުމަށެވެ. އެކަަމަކީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެއް ނޫރާ އަށް އިނގެއެވެ. ނަމަވެސް ދެމީހުންގެ އޮންނަ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން ނޫރާ އަށް އިވީ އާ ދޭތެރޭ ވިސްނެނީއެވެ. އެވާހަކަ ދެކެވެމުން ދިޔަ ވަގުތު ނިހާގެ އިތުރުން އޮފީހުގެ އެހެން ދެތިން މުއައްޒަފަކުވެސް އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް އިވީ ހުރީ ގަބޫލު ކުރާ ގޮތަކަށް ނޫނެވެ.

” އެޔެއްނޫން ވާގޮތަކީ. ވެރިމީހާ އޭ ކިޔާފަ ނުޖެހޭ ދަށުން މަސައްކަތް ކުރާ މުއައްޒަފުންނަށް ފާޑުފާޑުގެ މެސެޖް ކުރާކަށް. އެއުޅެނީ ކުރަން ހިތުލީ ކަންތައް އަހަރެން ކައިރިން ނުވީމަ. އެކަން އެދައްކާލީ. މަ ދަންނަމޭ އެކަހަލަ މީހުންގެ ގޮތްގަނޑު. ހީކުރަނީ ކަންނޭނގެ ރީތި ސިފައެއް ހުރީމަ ސެޓްވާނެއޭ ހަމަ މެސެޖެއް ކޮށްލާއިރަށް ” އިވީ ހުއްޓުމެއްނެތި ޒައިކް އާ ދިމާލަށް އެއްޗިސް ގޮވަމުން ދިޔައެވެ. ދެންތިބި މީހުންނަށް އައިސްފަވާ ބަދަލުވެސް އިވީއަށް ފާހަގަ ކުރެވުނު ކަމަކަށް ނުވިއެވެ. ނޫރާ އެތައްގޮތަކުން ލޮލުގެ އިޝާރާތުން އިވީއަށް ކަމެއް އަންގަދޭން އުޅުނު ނަމަވެސް އެކަންވެސް ވީ ބޭކާރެވެ.

” ތިމީހުން ހާދަބިރެކޭޭ ދޯ ތިގަންނަނީ. އެ ކާކު ދެން މީހަކު ބިރުގަންނަން. މަހިތަށްނާރާނެ އިސްތައްޓެކޭވެސް އެހެން އަދި ކެބިންއަށް ވައްދާފަ ވާހަކަ ދެއްކިޔަސް ”

ހަމައެވަގުތެވެ. އިވީގެ ދުލުގަ ތަޅު އެޅުވިގެން ދިޔައީ ހީނުކުރާހާ އަވަސް ހިނދުކޮޅެއްގެ ތެރޭގައެވެ. އިސްޖަހާލަންވެސް ނޭނގި ބަލަން ހުރުން ފިޔަވާ އިތުރުކަމެއް އިވީއަށް ކުރާނެ ހިތްވަރެއް އެވަގުތަކު ނުލިބުނެވެ.

” ނުނިމޭ “

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Sarin

Other Articles

Previous

ކަޅު ސަފުހާ

Next

އަލްވަދާޢު..

Next
February 3, 2016

އަލްވަދާޢު..

Previews
February 2, 2016

ކަޅު ސަފުހާ

9 Comments

  1. shahaa says:
    February 2, 2016 at 4:18 pm

    Nycccc

  2. TiNkEr says:
    February 2, 2016 at 4:22 pm

    Wow.. nyccccc

  3. Eeamy says:
    February 2, 2016 at 4:51 pm

    Dhen ekamu haadha kurey but vv Salhi mi vaahaka… ☺☺☺

  4. Liu says:
    February 2, 2016 at 4:56 pm

    Daily koh genes dhechey

  5. sheynn says:
    February 2, 2016 at 5:12 pm

    Hahahaaa…zaik a ee dw ethanah…ivy kada vaane dw…nyc stry…next 2 partxx vex maadhan up kohdheynan dw

  6. nihaa says:
    February 2, 2016 at 5:56 pm

    Ooow my god. Zaik dho ethanah vahttaaaly.. Btw vvvv nice.. Konme dhuhuku 2 part genesdhehchey

  7. SARA says:
    February 2, 2016 at 6:01 pm

    Hahah.. ivy raki vaane dhw.. lol.. mithan kiyaafa ves hee hee halaak .. lol

  8. Neesh says:
    February 2, 2016 at 6:09 pm

    Koan dhuvahaku 3part genesh deni

  9. Faxoo says:
    February 2, 2016 at 6:57 pm

    Zaik tha e aii ethanah 😀 heheh.. oops

Comments are closed.

All Right Reserved!