ހިތުގެ ރިހުން (42)
ޔާސިންގެ ހިމޭންކަން ހުޝާމް އަށް ދެނެގަނެވުނެވެ. ނަމަވެސް ނޫރާ މިހާރު ލޯބިވަނީ ހުޝާމް ދެކެއެވެ. އެހެންކަމުން ޔާސިންގެ އިހުސާސްތަކާ ދޭތެރޭ އެއްވެސް ފަރުވާލެއް ނެތެވެ. ދެބެންގެ މެދުގައިވާ ހިމޭންކަން ކަޑުވާލަން ޔާސިރު ބޭނުންވިއެވެ.
“ޔާސިން ވެސް މީހަކާ އިންނަ ހިތުން އުޅެނީ.. އެއްކަލަ ޑޮކްޓަރު މަންޖެއާ..” ޔާސިރު ހިނިގަނޑެއް ޖަހާލާފަ ބުނެލިއެވެ.
“ތެދެއް… އެހެންވިއްޔާ އަހަރުން ދެމީހުން އެއްފަހަރާ ނުން ކައިވެނި ކުރަންވީ..” ހުޝާމް ގަސްދުގައި ޔާސިން ކަޑަކޮށްލަން ބުނެލިއެވެ.
“އެ ދޮގެއް އަހަރެން ނޫޅެން އިންނަން.. އަދި މިންހާ އެހެރީ ވާނުވާގަ..” ޔާސިން އަށް ބޭ އިޙްތިޔާރުގައި ބުނެލެވުނެވެ.
“ކޮންކަމެއް.. އޭނަ އިއްދަ އަންނަ މަހު ހަމަވާނެ ނުން..” ޔާސިރު މިހެން ބުނުމުން ޔާސިން ކަން ހިގައިދިޔަ ގޮތް ކިޔާދެން މަޖުބޫރުވިއެވެ.
*****
ނޫރާ އުފާވެރި ހަބަރު ޒުލް އަށް ދޭން ބޭނުންވިއެވެ. ސައިބޮއެލައިގެން ޒުލްގެ ކެފޭއަށް ދިޔައެވެ. ދިޔަ އިރު ޒުލް ނެތުމުން އޭނާއަށް ގުޅާލިއެވެ.
“ބަލަ ކެފޭ އޯނަރު ކޮންތާކު ތިއުޅެނީ… އަހަރެން މިހިރީ ޒުލް ހޯދަން އައިސް” ނޫރާ ބުނެލިއެވެ.
“އަހަރެން ބަލްކް އޯޑާރ އެއް ޑެލްވަރީކޮށްލާފަ މިއަންނަނީ .. ވެއިޓް.. ބޭނުން އެއްޗެއް ނަގައިން ކައިގެން ބޮއެގެން އިންތާ ބަސް އަހައިން އިދޭ މަންމަ ދަންދެން..” ޒުލް އަބަދުވެސް ނޫރާ ގެންގުޅެނީ ކުޑަކުއްޖެއް ހެނެވެ. ނޫރާ އިސްކޮޅުން ކުރުވުމާ ވެސް ގުޅިގެންނެވެ.
“ހޫ ފެށުނީ… އަވަސް ކުރޭ… ވަރަށް ވާހަކަ އެބަ އޮތް” މިހެން ބުނެ ނޫރާ ފޯނު ބޭއްވުމަށްފަހު މެންގޯ މަޗާ އަކަށް އޯޑަރު ދީ ފޯނާ ކުޅެން އިނެވެ.
*****
“ސުބުހާނައްﷲ… ދެން ތިއޮތީ ރުޖޫއަވެފަ އުޅޭ ކޯޓަށް ފޯމުލާން… ދަރިފުޅު ތިވަރަށް ތިދިޔައީ؟ މިންހާ އާ އިދެގެން އުޅުނު އިރު އެފަދަ ކަމެއް ނުކުރަނީތަ… ތެޔޮ ބޮލަށް އެރީ…” ޔާސިރު އަހާލިއެވެ. ހުޝާމްވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.
“އެފަދަ ކަމެއް ވެދާނެ.. ސާރޖަރީއަށް ހޭނެއްތި ބޭހުގެ އަސަރު އެއްކޮށް ނުކެޑި ހުރިއްޔާ.. ބައެއްމީހުންނަށް ހޭ އަރާ އިރު ދެބަދޭތެރޭ ހުންނަ އިހުސާސްތަކެއް ކުރެވިދާނެ… އިހްތިޔާރުން ބޭރުން އެކަން އެކުރެވުނީ…” އޭރު އެގޮތަށް ނިކުމެގެން އާދެވުމުން އެކަމާ ކަންބޮޑެވެގެން އަލުން ޔާސިން ގާތަށް އައި ޔަޝްފާ އަށް ދޮރުމަތީ ހުއްޓާ ހުރިހާ އެއްޗެއް އަޑު އިވުނެވެ. އެހެންކަމުން ޑޮކްޓަރެއްގެ ހައިސިއްޔަތުން ބުނަން ޖެހޭ އެއްޗެއް ބުނެލަން އެތެރެއަށް ވަނެވެ. ޔަޝްފާ ފެނުމުން ޔާސިން ގަތް ލަދެއްވެސް ބުނާކަށް ނޭގެއެވެ. އޭނާއަށް ރޭ އެވީ ކަންތައް ވެގެން ދިޔައީ ވާނުވާގައި ކަން އެގެއެވެ. ނަމަވެސް އެކަމެއް އޭނާ ކުރީ އޭނާ ބޭނުން ވެގެންނެވެ.
*****
މިންހާ ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދުއެވެ. ޔާސިން އަށް ގުޅާފައި ބުނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނާ އަށް އެވާހަކަ ދައްކަން ނުކެރުމުން ފޯނު ނަގާ ބޭއްވިއެވެ. ނައިރާ ވެސް ފަހަކަށް އައިސް ޔާސިން ހޯދާ ވަރު އިތުރުވާން ފެށައިފިއެވެ.
“ދަރިފުޅާ ނުދަންތަ ނައިރާ ގޮވައިން ޔާސިން ކައިރިއަށް… ބައްޕަ މިދަނީ ހޮސްޕިޓަލަށް ވަދެލަން..” މަންސޫރު އައިސް ދޮރުމައްޗަށް އަރާ އަހާލިއެވެ..
“ބައްޕަ ދޭބަލަ ނައިރާ ގޮވައިން.. އަޅުގަނޑަކަށް ނުކެރޭނެ ދާން.. ޔާސިން އަޅުގަނޑު ދެކެ އަންނަ ރުޅި ބައްޕަ އަށް އެގޭނެ..” މިންހާ ބުނެލިއެވެ. މަންސޫރުވެސް އިތުރު ވާހަކަ ތަކެއް ނުދައްކާ ނައިރާ އުރާލައިން ހިގައިގަތެވެ.
*****
“އަސްލުވެސްތަ؟.. ޔާސިން ސިންގަލް ވި ގޮތަށް އޭނަ އާ އިންނަންވީތަ… އަހަރެން އަޑުއެހިން ވަރަށް ހަޑިކޮށޭ އެ ރިލޭޝަން ނިމުނީ ކިއަޑު..” ޒުލް އެކްސައިޓްވެފައި ހުރިވަރުން ދަތްޕިލަ ސޭލް އަޅުވާލައިން ހުއްޓެވެ.
“ސާބަސް އަހަރެން މި ދެއްކި ވާހަކަ އެއްފަޅިތަ ޒުލް ތި އަޑުއެހީ.. އައި ސެއިޑް އައި އޭމް އިން ލަވް ވިތް ހުޝާމޭ… އެންޑް އިންޝާﷲ ވިލް މެރީ ހިމް ސޫން… އެންމެނަށް ވެސް ކީއްވެތަ ހީވަނީ އަހަރެން އަބުރާ ޔާސިން ފަހަތުން ދާނޭ…” ނޫރާ ތުން ދަމާލަމުން އަހާލިއެވެ.
“އޯ… އެހެންނުންވާނީ ތި ދެމީހުން ލަވް ސްޓޯރީ ރޯމިއޯ އެންޑް ޖޫލިއެޓްއަށްވުރެ އަސަރުގަދަ ވިއްޔަ… އެނީވޭސް ވެންސް ދަ ވެޑިން” ޒުލް އަހާލިއެވެ.
“އަދި ނޭގޭ… އަދި ޕްރޮޕޯޒަލްވެސް ނާދޭ.. އައިމަ ނުން.. ޔޫ ހޭވް ޓުބީ މައި މެއިޑް އޮފް އޮނާ އިނގޭ…” މަޗާ ތަށިން ކޯވަރެއް ދަމާލަމުން ނޫރާ ބުނެލިއެވެ.
“އޮފްކޯޒް އޮފްކޯޒް…..” ހެމުން ހެމުން ޒުލް ބުނެލިއެވެ.
*****
ޔަޝްފާ އާ ޔާސިންގެ ދެމެދުގައި ވީ ހަމަހިމޭންކަން އިންތިހާއެވެ. އެކަކުވެސް އަގަޔަކުން ނުބުނެއެވެ. ޔަޝްފާ އައިސް ވަނުމުން ހުޝާމް އާއި ޔާސިރު އެދެމީހުންނަށް ވާހަކަ ދައްކަން ފުރުސަތު ދީފައި ސަޔެއް ބޯލަން ނިކުތެވެ.
“ޔަޝް… އަހަރެން…” ޔާސިން އަށް އިތުރަށް ވާހަކަ ދައްކަން ނުކެރުނެވެ.
“އެހެން ވެދާނެ.. އަހަރެން މީ ޓޮކްޓަރެއް ދެއާ އާ ވޯސް ކޭސެސް އިވެން… މިހާރު ކިހިނެއް ތަދުވޭތަ އެއްވެސް ވަރަކަށް.. ދެދުވަސް ފަހުން ޑިސްޗާރޖު ކޮށްލާނެ..” ޔަޝްފާ ބުނެލިއެވެ. އޭނާވެސް އިވުނު ވާހަކަ ތަކުން ހުރީ ދެރަވެފައެވެ. ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.
“ޔަޝް ރުޅިވެސް ނާދޭތަ…” ޔާސިން އަހާލިއެވެ.
“އަހަރެން ކޮންކަމަކާ ރުޅިއަންނާނީ… މިންހާ އެއީ އަދި ޔާސިންގެ މީހެއް… ވަރިވިއަސް އިއްދަ ހަމަ ނުވަންޔާ ޝީ ވިލްބީ ޔޯ ވައިފް.. އަހަރެން އެކަމަކާ ރުޅިއެއް ނާން.. ދަނީ އިނގޭ ދެން.. އަހަރެން އީއާރުގަ މަސައްކަތް ކުރާ ހަފްތާ މީ.. ވަރަށް ބިޒީ ވާނެ…” ޔަޝްފާ ދާން ހިގައިގަންނަން އުޅުމުން ޔާސިން ޔަޝްފާ އަތުގައި ހިފާ ގާތް ކޮށްލިއެވެ.
“އެކަން އެވީ ވާނުވާގަ… އަހަރެން ހިޔެއް ނުކުރަން އަނެއްކާވެސް މިންހާގެ ދަލުގަ އަހަރެން ޖެހޭނެ ކަމަކަށް.. ކައިވެނި ރުޖޫއަ ކޮށްފަ އަހަރެން އޭނަ ވަރިކޮށްލާނަން.. އައި ވޯންޓް ޔޫ ޔަޝް…” ޔާސިން މިހެން ބުނުމުން ޔަޝްފާގެ ހިތް ތެޅެން ފެށިއެވެ. ޔާސިން އޭނާ އަށް ހިތަކިޔާ ފާނޭ ހިތަކަށް ނާރައެވެ. ކިޔަވަން އުޅުން ދުވަސްކޮޅު އޭނާ މޮޔަވެގެން އުޅުނު އިރުވެސް ޔާސިން ދިޔައީ އޭނާ ދުރުކުރަމުންނެވެ.
ރަގަޅަށް ދޮރު ނުލައްޕާ ހުރުމުން މަންސޫރު އައިސް ދޮފު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ޔަޝްފާގެ އަތުގައި ޔާސިން ހިފާފައި ހުރިތަން އޭނާ އަށް ފެނުނެވެ. މަންސޫރު ފެނުމާއެކު ޔަޝްފާ އަތް ދަމައިގަތުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ.
“ބައްޕީ… ކާފަ ނައިގެ ބައްޕި….” ނައިރާ މަންސޫރުގެ އުރުން ފައިބައިގެން ޔާސިން އޮތް އެދާ ދިމާލަށް ދުއްވައިގަތެވެ. ޔަޝްފާގެ ފިޔަވަޅުތައް މަޑު ޖެހުނީ ޔާސިންވެސް ބައްޕިގެ ދޫނި އޭ ބުނުމުންނެވެ. ދަރިއަކުވެސް ހުއްޓާ ދަރިފުޅު މަންމަ ވަރިކުރާ ވިސްނުން ޔާސިން އަށް އައުމުން ވީ ފޫއްސެއްވެސް ބުނަން ނޭގުނެވެ. އަންހެނަކު ފެނިއްޖެއްޔާ ފިރިހެނުންނަށް މިވާގޮތެއްވެސް ނޭގެއެވެ. ޔަޝްފާ ފަސް އެބުރި ޔާސިން ބަލާލާފައި ދެލޯ އަޅަލިއެވެ. އަދި ދިޔަ ބާރުގައި ނިކުމެގެން ހިގައިގަތެވެ. ނައިރާ އިނުމުން ޔާސިންވެސް އިތުރަށް ޔަޝްފާ އަށް ގޮވާކަށް ނަހަދައެވެ.
*****
އެރޭގެ ވަގުތެއް.
“ހަލޯ ނޫރާ.. ވަރަށް އަވަހަށް އާދެބަ ކެފޭއަށް.. އަހަރެން ދަތިވެގެން ލޯނެއް ނެގީ ބޭބެގެ ރައްޓެއްސެއް އަތުން.. އޭގެ ލާރި ހޯދަން ވެގެން އެމީހުން އައިސް އަހަންނަށް ބިރު ދައްކަނީ.. ޕްލީޒް ހެލްޕް..” ޒުލް މިހެން ބުނެ މަޑުވެސް ކޮށްނުލާ ފޯނު ކަޑާލިއެވެ. ނޫރާއަށް ތެޅެން ފެށުނެވެ. ހުރި ގޮތަށް ބޭރަށް ދާން ނިކުތުމުން އައިޝާ ނޫރާ ހުއްޓުވިއެވެ.
“ދަރިފުޅާ ތިހެން ހުރެ ކޮންތާކަށް ތިދަނީ.. ދޭބަލަ އެއްޗެހި ބަދަލު ކޮށްގެން ރީތިވެގެން ދާން.. ތިހެން ހުރެ ބޭރަށް ނިކުތީމަ މީހުން ކީކޭ ހިތަށް އަރާނީ.. ތިއޮއް ބޮލެއްވެސް ބަލާބަލަ..” އައިޝް މިހެން ބުނުމުން ކުރިމަތީ ހުރި ލޯގަޑަށް ބަލާލިއެވެ. އޭނާ ހުރިގޮތް ފެނިފައި އަމިއްލަ އަށްވެސް ބިރުގަތެވެ.
ކޮޓަރިއަށް ވަދެ އަލާމާރި ހުޅުވާލިއިރު އިނީ އެންމެ ހެދުމެކެވެ.
“މަންމާ… މަންމާ އަހަރެން ހުރިހާ ހެދުމެއް ކޮބާ؟” ނޫރާ އަޑުގެ ނެތް ތަނަށް ގޮވަން ފެށިއެވެ.
“ކުރަތްޕެއް ފެނިގެން މަންމަ ސްޕްރޭ ޖަހާފަ ހުރިހާ އެއްޗެއް ދޮންނަން ލާފަ ހުރީ… އެކަތި އިންނާނެ އަލަމާރީގަ… އެ ލައިގެން ދޭ..” އައިޝާވެސް ބޭރުގައި އިދެ ބާރަކަށް ގޮވާލިއެވެ.
އަވަސް އަވަހަށް ހެދުން ލައިން ބޮލުގައި ފުނާ އަޅައިން ދުވަމުން ދުވަމުން ފައިވާނަށް އަރަން ދިޔަ އިރު އެންމެ ފައިވަނެއްވެސް ނެތެވެ.
“އަޅެ މަންމާ ކޮބާތަ އަހަރެން ބޫޓުތަކާ ފައިވާންތައް..” ޒުލް އަށް ކަމެއް ވެދާނެތީ ނޫރާ ހުރީ އިންތިހާއަށް ބިރު ގަނެފައެވެ.
“އެއެއްޗެއްސަށް މަންމަ އަތުން ތެޔޮ ފުޅި ބަންޑުންވީ.. އަން މި ލައިގެން ދޭ..” ރަތްކަން ގަދަ ވިދަ ވިދާ ހުރި ހައި ހީލް އެއް އައިޝާ ދިއްކޮށްލިއެވެ.
ޗުސް ކަޑާލާފައި އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.
“ނޫރާ ގޮއްސި އަހަރެން މި ދަނީ.. ޒުލް ބިރު ދައްކާލާފަ ބަހައްޓާ ރަގަޅަށް.. ތިތާ އިންނަ ފާހަނަ އަށް އޭނަ ލާފަ ބައިންދާ..” އައިޝާ ނުލަފާ ހިނިގަޑެއް ޖަހާލަމުން ފޯނު ބޭއްވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




I really like this story…masha allah