Skip to content
އެސްފިޔަ

ނުފިލާނެޔޭ އެ ހަނދާން 3

” ވަރަށް ފޫހިވޭ!”
” މި މީހާ މިތަނުން ދާކަށް ވެސް ނޫޅެޔޭ.”
” އިއްޔެ ވެސް ސުޕަވައިޒަރަށް ހުންނަ އަކުމަލް އަށް ގުޅާފަ އަހާފިޔޭ ރިސެޕްޝަނުގަ އިންނަ ދޮން ކުއްޖާ އަންނާނީ ކޮން އިރަކުންހޭ.”
” އަކުމަލް ވެސް ހުންނަނީ ފާޑަކަށް.”
” އަދި މަށާ ދިމާލަށް އޭނާ ވެސް ބުނަނީ ރިސެޕްޝަންގެ ފޯނުން މީސް މީހުންނަށް ނުގުޅައްޗޯ.”
” އެއީ އަމިއްލަ ބޭނުންތަކަށް ލާފައި ހުރި ފޯނެއް ނޫނޯ.”
” ޕާރސަނަލް ކަންތައްތައް އޮފީހާއި ހަމައަށް އައި ނުދޭށޯ.”
” އަޅެ މަ މި އުޅެނީ އެހެންތަ؟.”

މި މީހާ ގަނޑާ ހެދި އަކުމަލް ހީކުރަނީ ވަރަށް ގޯސްކޮށް. ހިތަށް އަރާ އޭނާ އަށް ފިލަންވީ އޭ ވެސް. އެ ހިސާބަށް ބުނެވުނު ތަނާހެން ދޮރުން ވަތް ޒުވާނާ އައިސް ރިސެޕްޝަން ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. ވަގުތުން ޔަދާގެ މޫނު މައްޗަށް ހިނިތުންވުން ގެންނަމުން ކިހިނެއްތޯ އޭނާ އަށް އެހީތެރި ވެދޭންވީ ސުވާލު ކޮށްލިއެވެ. އެ ޒުވާނާ ވާހަކަ ދެއްކީ އިންގިރޭސިންނެވެ. އޭނާ އަކީ ރަޝިޔާ ރައްޔިތެކެވެ. ރާއްޖެ އައިސް އުޅެނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ކަން ވެސް އޭނާ ވަނީ ޔަދާ އަށް ކިޔައިދީފައެވެ.

ޔަދާ ބްލަޑް މޫން ގްރޭންޑް ޕެލެސް ހޮޓަލްގެ ރިސެޕްޝަނިސްޓަކަށް އުޅޭތާ އަދި އެއް މަސް ކިރިޔާ ވަނީއެވެ. އެހެން ނަމަވެސް ތަނުގެ ސްޓާފުންނާ އެކުގައި އުޅޭ މުވައްޒަފުންނާއި ވަރަށް ގުޅެއެވެ. އޭނާގެ ހުންނަ ހިތް ހެޔޮ މިޒާޖުގެ ސަބަބުން އެކުވެރިން ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އޭނާ އަކީ ބަސް މަދު އަންހެން ކުއްޖެކެވެ. މީހުންގެ ސަމާލުކަން ލިބުން ނޭދޭ ކުއްޖެކެވެ. އެހެން ނަމަވެސް ޤުދުރަތުގެ ކުޅަދާނަކަން މާ މަތިވެރިވެގެންވެއެވެ. ބޭނުން ނުވި ކަމުގައި ވިޔަސް ޤުދުރަތުން އޭނާ އަށް ލިބިފައިވަނީ މީހުން އަޅައިގަންނާނެ ފަދަ ރީތި ކަމެކެވެ.

” އާމިރު ކާރުގައި ހޮޓަލުން ނުކުތް ގޮތަށް ރައިޒެލް ގޮވައިގެން އައިސް މަޑު ކޮށްލީ މާފަންނު ” ރޯޔަލްޓީ” ގެ އަށެވެ. ފަސް ބުރިއަށް ގެ ނެގިފާވި އެއް ކަމަކު ގޭގެ ސެކިޔުރިޓީ ފެން ވަރު ރަންގަޅު ކުރުމުގެ ގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ގޭގެ އެކި ދިމާލުން ފެންނަން ހުއްޓެވެ. ރައިޒެލް ކާރުން ފޭބުމާ އެކު ގޭތެރޭ އަށް ހުޅުވޭ ގޮތަށް ހަދާފައިވާ އަޅި ކުލައިގެ ދަގަނޑު ބޮޑު ގޭޓު ދޮރުވާނު ހުޅުވައިދިނެވެ. ރައިޒެލް ކާރުން ފޭބުމުން އާމިރު ކާރު ގަރާޖުގައި ޕާރކް ކޮށްލާފައި ރައިޒެލްގެ ބަރު ބޮޑު ފޮށި ހިފައިގެން ގޭތެރެއަށް ވަނެވެ.

” ސަލާމް މާމާ.”

ރައިޒެލްގެ އަޑު އިވިފައި އަނާޔާ ކިޔަން އިން ފޮތް ކުރިމަތީ ހުރި ބިއްލޫރި ތިރި މޭޒުގެ މަތީ ބާއްވާލަމުން ސޯފާގެ ފަހަތަށް ދޮރާ ދިމާއަށް ނަޒަރު ހިންގާލިއެވެ. އެއާ އެކު އަނާޔާގެ މޫނު މަތިން އުފާވެރި ކަމުގެ ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

ދަރިފުޅު އަންނާނެ އިރެއް ނޭންގިފަ މާމަ މި އިންނަނީ. ހާދަ އުފާ ވެއްޖެޔޭ މަގޭ ދަރިފުޅު ފެނުމުން. ކޮބާ އެއްޗެއް ކައިފިންތަ މިހާރު؟. އިހަށް ފެން ވަރާލާ ތާޒާ ވެލައިގެން ދޯ ނިކުންނާނީ. ބައްޕަ ވެސް ހަވީރު ސައިބައްލަވަން ނުކުންނަވާނެ. މިހާރު އެބަ އިންނެވި ލައިބްރަރީގަ، ކޮންމެވެސް ލިޔުންތަކެއް ބައްލަވަން. އަނާޔާގެ އުފާވެރިކަން ރައިޒެލް ފެނުމުން އިތުރު ވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. hiyaalu

    mee ehfaharu nerefa oii vaahaaka ehtha

    1. darkqueen38
      hiyaalu

      No

  2. Eelam..

    Vrh reethi I love thisss 👍🏻

    1. darkqueen38
      Eelam..

      Thank you varah bodah in sha allah next part coming soon

    2. darkqueen38
      Eelam..

      Thank you dear new parts are releasing stay tuned

  3. Ekuhjaa 🫀

    Masha Allah gurl ur so talented 🥰
    Use kohfa huri names vrh like vehje 😍
    When’s next? Curiously waiting for the next part 😊 lysm ❤️ tc 🤝

    1. darkqueen38
      Ekuhjaa 🫀

      Jazaakallah khairan for making my day
      In sha allah thursday tmrw i will try my best to upload.
      Hope u will stay tuned till we reach the end of this series

  4. Anonymous

    Girl thihen nuhadhaa… it’s not good copying someone’s hard work. You also can write hama.but it’s not nice or even legal to copy someone’s work.

    1. Shuhaa
      Anonymous

      What copied eyh?? 😭 Gurl eythi rangalhu kohlaa

  5. Anonymous

    Kaakuge copy eh .?? Bunefhyba?

    1. Anonymous
      Anonymous

      Lara

  6. Scarletstars

    @anyonymous if u don’t have something nice to say then leave the comment section in peace
    varah reethi mi part ves
    When nextt?

    1. Anonymous
      Scarletstars

      How is it okay if someone is copying someone else’s hard work it’s plagiarism I’m not supporting it

  7. Anonymous

    Yess don’t stop it copying someone’s hard work is hama gaanoony kusheh ehn noon tha?

Comments are closed.