Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުފިލާނެޔޭ އެ ހަނދާން 2

darkqueen38
darkqueen38 Level 210 Stories
October 27, 2025 2 Mins Read
2 Comments

ރައިޒެލް އަށް އެ ކުޑަ ފިރިހެން ކުއްޖާގެ އަތުގައި ހިފައިގެން ހުރެ ހިނގަމުން އަންނަ އަންހެން ކުއްޖާ އަށް ބަލާލިއެވެ. ސިކުނޑީގެ ފޮރުވިފައިވާ ބައެއްގައި މީހަކު ކޮށްޓާލިހެން ހީވިއެވެ. އޭނާ އަށް އެ އަންހެން ކުއްޖާގެ މޫނުން ދަންނަ ވައްތަރު ޖެހިއެވެ. އާމިރު ކާރު ދުއްވާލަން އުޅެން ފެށުމުން އިހަށް މަޑުކޮށްލުމަށް ރައިޒެލް އެންގިއެވެ. އަދި ކާރުގަ ކައިރިން ލާފައި އޭނާ އަށް ފެނުނު ކުޑަ ފިރިހެން ކުއްޖާ އާއި އޭނާގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާ ކާރުގެ ފަހަތަށް ގޮސް ގެއްލެންދެން އޭނާ ބެލިއެވެ. އެ ފަދަ ރީތި ކަމެއް އޭނާ މީގެ ކުރިން ވަނީ ދެކެފައި ކަމުގައި ސިކުނޑި ބުންޏެވެ. އެހެން ނަމަވެސް އެއް ގޮތަކަށް ވެސް ހަނދާން ވާ ގޮތެއް ނުވިއެވެ.

(2 ވަނަ ބައި)

” ކުޑަ ސާހިބް”

” އާމުިރު ގޮވާލިއެވެ.”

” ނައްޓާލާ”

ރައިޒެލް ދޮރުގައި ޖަހާފައިވާ ކަޅު ބިއްލޫރި ގަނޑާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނާ ވިސްނަމުން ދިޔައީ އެ އަންހެން ކުއްޖާ އާ ދޭތެރޭއެވެ. އެހެން ނަމަވެސް އެ ޚިޔާލު ތަކާއި ދުރަށް ދާން ޖެހުނީ އަތުގައި އޮތް ފޯނު ރިންގުވި އަޑަށެވެ.

ހުޅުމާލެ އަށް ދިޔުމަށް ޓަކައި ލޯންޗު ތައްޔާރު ކުރެވިފައި އޮތް އިރު ރައިޒެލް ނޫނީ އެހެން ފަރާތް ތަކުން އެ ތަނުގައި ތިއްބެވެ. ރައިޒެލްގެ ކާރު އައިސް މަޑު ކޮށްލުމާ އެކު އޭނާގެ ކަންފަތުގައި އިޔަރ ޕޮޑްސް ލައްވާލަމުން ކާރު ދޮރު ހުޅުވާލިއެވެ. އަދި ކާރުން ފައިބާ ލައިގެން ހުރި ކޯޓުގެ ގޮށްތައް އަޅުވާލަމުން އެ ޕްރޮޖެކްޓުގެ ސީނިޔަރ މެނޭޖަރ ހައިދަރު އާއި ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

” ބައްޕަ ދުރުވާނެ ކަމަށް ހީކުރީ.”

ހައިދަރު ރައިޒެލް އާ ސަލާމް ކޮށްލަމުން ބުނެލިއެވެ.

” މާފް ކުރައްވާ!”

އަޅުގަނޑު ބައްދަލުވުމެއް ނިންމާފައި އަންނަން ޖެހުމުން ލަސްވީ. ބައްޕަ އުޅުއްވަނީ ކުޑަ ކޮށް ބަލިވެ. ދަތުރު ކުރެއްވުމަށް އެހާ ރައްކާތެރި ނޫންކަމަށް ޑޮކްޓަރ އަންގަވަނީ. ރައިޒެލް އެންމެ ފުރަތަމަ ވެސް އޭނާ ލަސް ވުމުން އެކަމަށް މާފަށް އެދުނެވެ. އަދި ހައިދަރު ކުރި ސުވާލަށް ޖަވާބު ދިނެވެ.

ހުޅުމާލޭގައި އުޅުމަށް ފަހު ރައިޒެލް އަށް މާލެ އާދެވުނީ ހަވީރު ހަތަރެއް ޖަހާ ދިޔަ ފަހުންނެވެ. ރާއްޖޭން ބޭރުގައި އޮތް ފަތުރު ވެރިންގެ ސެމިނަރ އަކަށް ގޮސްފައި މާލެ އައި ގޮތަށް އޭނާ ދިޔައީ އޭނާގެ ޚާއްސަ ހޮޓަލަށެވެ. ބައްދަލު ވުމަށާއި އަލަށް ބިންގާ އެޅުނު ލަގްޒަރީ ހޮޓެލްގެ ކަންތައްތަކަށް އޭނާ ދިޔައީ ވެސް ސީދާ ހޮޓަލުންނެވެ. އެހެން ނަމަވެސް އެއިން އެއް ވެސް ކަމަކަށް ވުރެ ކުރިން އޭނާ އިސްކަން ދިނީ މާމަ އަނާޔާ އަށް ގުޅުމެވެ. އަދި ހެޔޮ ހާލުގައި ގަދަވެ ސަލާމަތުން ރާއްޖެ އަށް އާދެވިއްޖެ ކަމާއި މި ވަތުގު ހުރީ މާލޭގައި ކަމުގެ ޚަބަރުވެސް ދިނެވެ. އޭނާގެ ހުރިހާ ވެސް މީހަކީ އެއީއެވެ. ކާރުގައި އާމިރު އާއި އެކު މާ ގިނަ ވާހަކަ އެއް ނުދައްކައެވެ. އޭނާގެ މަންޒިލަކަށްވީ އޭނާގެ ލަގްޒަރީ ހޮޓެލް އެވެ.

ދެ ފަރާތަށް ކެހިގެން ދިޔަ ބިއްލޫރި ދޮރުން ވަދެގެން އަންނަ ޒުވާނާ ރިސެޕްޝަނުގައި އިން ޔަދާ އަށް ފެނި ދެބުމަ ގޮށް ޖަހައިލިއެވެ. އެ މަންޒަރު ފެނި އޭނާގެ ގާތުގައި އިން އަލައިކާގެ ގާތަށް ހިނި އައެވެ. އެހެން ނަމަވެސް އެތަނުގެ ޤަވައިދުގަ އޮންނަ ގޮތުން ނަމަ މަސައްކަތު މާހައުލުގައި ހީ ސަކަރާތް ޖެހުމަކީ މަނާ ކަމެކެވެ. އަލައިކާ ބޯ ތިރި ކޮށްލަމުން ކައުންޓަރުގެ ނިވަލުގައި އިނދެ ހިނިގަނޑު ފިއްތާލަން މަސައްކަތް ކުރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 24

Next

ދެވުނީ ވޭނޭ 9

Next
October 27, 2025

ދެވުނީ ވޭނޭ 9

Previews
October 27, 2025

އަބަދުވޭ ހިތުގާ މަގޭ 24

2 Comments!

  1. Hayaa says:
    October 27, 2025 at 2:17 pm

    Vrh salhi. Kiya hithun hama kehmadhu. Next episode avahah genes dhehchey. Dhigu Koh ingey

    1. darkqueen38 darkqueen38 says:
      October 27, 2025 at 2:49 pm

      In sha allah next part coming soon stay tuned

Comments are closed.

Next Episodeނުފިލާނެޔޭ އެ ހަނދާން 3←


All Right Reserved!