ރައިޒެލް އަކީ އަނާޔާގެ ދެލޮލުގެ ނޫރުއެވެ. އެ ލޮލުގެ ފިނި ކަމެވެ. އެހާ ވެސް ލޯބިވެއެވެ. އާއިލާގައި ދެން ތިބި ދެ މާމަ ދަރިންނަށްވުރެ އަނާޔާ އަށް ރައިޒެލް ޚާއްސައެވެ. އަނާޔާގެ ހަރަކާތްތައް ފެނި ރައިޒެލްގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ. މިޔަދު އޭނާ އަށް ދަސްވި ރީތި އާދަ އެއް ވެއްޖެއްޔާ ދަސްވެފައި ވަނީ އެ މާމަ ފަރާތުންނެވެ. އަނާޔާ އަށް ވުރެ މިޔަދު އިސްކޮޅުން ދިގު ކަމުގައި ވިޔަސް އިޙްތިރާމް ކުރުމުގައި އަނާޔާގެ ހުރިހާ ކަމަކަށް ރައިޒެލް އިސްކަން ދެއެވެ.
އަނާޔާ އެކު ހިނގުމުގައި އޭނާގެ އެއް ފަރާތުގައި ކުޑަ ތަންކޮޅެއް ފަހަތައް ޖެހި ހިނގަން ރައިޒެލް އަށް ވަނީ އާދަވެފައެވެ. އެންމެ ކުޑަ މިނުން އަނާޔާ ވާހަކަ ދައްކާ ނަމަ އޭނާގެ ވާހަކަ ނުނިމެނިސް ރައިޒެލް އެއް ވެސް އެއްޗެއް ނުބުނާނެއެވެ. ބައްޕަ އަށް ވުރެ ވެސް އަނާޔާ އަށް ކުރާ ގަދަރު ބޮޑެވެ.
ހަވީރުގެ ސަޔަށް ސުފުރާ މަތި ތައްޔާރު ކުރަމުން ދިޔަ އިރު ގޭގައި ގެންގުޅޭ ޚާދިމުންތައް އަވަދިނެތި އުޅެމުން ދިޔައެވެ. ކުޅި ބާވަތް ތަކާއި، ފޮނި ބާވަތް ތަކުގެ ހެދިކާއެވެ. ކިރުސަޔާއި ކަޅުސަޔެވެ. ކޮފީ ބޯން ބޭނުން ވާނަމަ ދެވައްތަރެއްގެ ކޮފީއެވެ. އެ ހުރިހާ ކަމެއް ބަލަމުން ދިޔައީ އަނާޔާއެވެ. ސުފުރާ މަތީ ބަހައްޓާނެ ސަމްސަލަކަށް ދާން ދެން އަނާޔާ ކިޔައި ދެމުން ދިޔައެވެ.
ދަޔާން އަށް ވުރެ ގޭގައި ބަސް ބުނެ ކަންތައްތައް ނިންމާ ހަދާނީ އޭނާގެ މަންމަ އަނާޔާއެވެ. އެކަމާ އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ދަޔާން އަކީ ވެސް މަންމަ ދެކެ އިންތިހާ އަށް ލޯބިވާ ދަރިއެކެވެ. މަންމަ ފަދަ ރަންގަޅު އަޚްލާގެއްގެ ވެރި އަކަށް ދަޔާން ވެސް ވެއެވެ. މިޔަދު އޭނާގެ ވިޔަފާރި ރައިޒެލް ބަލަހައްޓަމުން ދާކަން އެއީ އޭނާ ދެކެމުން އައި ހުވަފެނެކެވެ. މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އޭނާގެ ޒިންމާތައް ދޫކޮށް ދާނެ ފަރާތެއް ކަމުގައި ރައިޒެލް ވީ ކަމީ މަރު އެނދުގައި ވެސް އޭނާ އަށް ހަމަޖެހިލައިގެން އޮވެވޭނެ ކަމެކެވެ.
“ހާއި، ކިހިނެއްތަ؟.”
” ހަވީރު ޑިޔުޓި ދޯ.”
ލޮބީ އިން އިފްޒަން ހުރަސް ކަނޑާލަމުން ޔަދާ އަށް ބުނެލިއެވެ.
” އާން، މިރޭ ނިމޭނީ.”
” އޯލްރެޑީ މިސިންގް ހިމް.”
ޔަދާ ކައުންޓަރު މަތީ ދެ އަތް ބާއްވާ ލަމުން ދެރަވެފައިވާ މޫނެއް ދައްކައިލިއެވެ. އޭނާގެ އެ ހަރަކާތަށް އިފްޒަން ލުއި ގޮތަކަށް ހީލިއެވެ.
” އަހަންނަށް ވެސް އިފްޒަން ގޮވާލަނަމަ.”
ރިސެޕްޝަނުގައި ތިބޭ ތިން ކުދިންގެ ތެރެއިން ޔަދާ އާއި އަލައިކާގެ އިތުރުން ދެން ހުރި އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. އެކަމާ އަލައިކާ އޭނާއާ ދިމާ ކޮށްލިއެވެ. ޔަދާ ހުއްޓާ އެ މީހުންނަށް މީހަކު ގޮވާލެނެހޭ ބުނެލިއެވެ. އަލައިކާގެ ޖުމްލަ އިން ޔަދާގެ ސަމާލުކަން އޭނާ އަށް ހުއްޓުނެވެ.
އިފްޒަން އެ ދިޔަ ގޮތަށް ނުކުތީ ބޭރަށެވެ. އޭނާގެ އޮފީސް ގަޑި ނިމުނީއެވެ. ޔަދާގެ ހުރި ހަމަ އެކަނި ރަޙްމަތްތެރި އަކީ އެއީއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާ ކުރަމުން މިހާރު އަންނަނީ އެ އެކުވެރިޔާއާއެވެ. މިޔަދު އިފްޒަން ފަދަ ރަޙްމަތްތެރި އަކު ލިބުނީތީ ޝުކުރުވެރިވެއެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާގައި އޭނާ މިޔަދު ހުރުމަށް ފުރުސަތު ދިނީ ވެސް އިފްޒަންއެވެ.
މީ އަހަރެން އަމިއްލަ އަށް ހޯދާ ގަތް ރީތި ކަމެއް ނޫން. މި ރީތި ކަމުގެ ސަބަބުން އަހަންނަށް ދިމާވާ ހުރަސްތައް އެނގޭނީ ޚުދު އަހަންނަށް. ޙަޤީޤީ ރީތި ކަމަކީ ބޭރު ފުށުން ފެންނަ ރީތި ކަމެއް ނޫން. މި ރީތި ކަމަކީ ނަގާފަ އެހެން މީހަކަށް ދެވޭ ވަރުގެ އެއްޗެއް ނަމަ އެބަޔަކަށް ހަދިޔާ ކުރާނެތާ ކިތަންމެ ދުވަހެއް.
އަހަރުމެން އިންސާނުންގެ ޘަބީޢަތުގައި ހަރުލާފަ ހުންނަ ސިފަ އެއް އެއީ ރީތި އެއްޗިއްސަށް ލޯބި ކުރުން. އެއީ މައްސަލަ އެއް ވެސް ނޫން. ހަމަ އެކަނި މައްސަލަ އަކަށް ވަނީ ރީތި ކަމަކީ ކޮބައިކަން ވަކި ކުރަން ނޭންގުން ކޮންމެ އިންސާނަކު ވެސް ހައްދަވާފައި ވަނީ އެންމެ ރިވެތި ސޫރައިގައެއްނު. އެކަމަށް ޝުކުރު ވެރިވާން ހަނދާން ހުންނަނީ ކިތައް މީހުން ބާއޭ ހިތަށް އަރާ.
އިފްޒަން ހޮޓެލުގެ ތެރެއިން ބޭރަށް ނުކުތުމާ އެކު ޔަދާ އޭނާގެ ގާތުގައި އިން އަލައިކާ ދެއްކި ވާހަކަ އަށް ޖަވާބު ދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Reethi… ekam thankolheh dhigukoh genesdheebala
In sha allah i will keep on trying thank you
Guys laaraage kon vhk eh tha meena mi copy kurani?
nufilaaney thi handhaan
Theena yah Kon kamehtha every author is unique doesn’t give u a right to put a blame on others saying copyright or plagiarised
Mee unique or creativeness ehnoon mee pure plagiarism. Fully copied from someone else hardwork. Vahkan kurun mee. I don’t support this
Shut up