Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން 20

Mariyam Enash Aqeel Level 210 Stories
October 26, 2025 5 Mins Read
4 Comments

އާހިލް މަންމަ އަހަންނަށް ހަދިޔާ ހިފައިގެން އައިއިރު އަހަރެމެން ތިބީ ކާރަކަށް ގުޅައިގެންނެވެ. އާހިލް އަހަރެން ގެއަށް ލައިދޭން ދާން އުޅުމުން އަހަރެން އެކަމަށް އިންކާރު ކުރީ އަނެއްކާ ވެސް ބައްޕައަށް ފެނިދާނެތީއެވެ. ބައްޕަ އެދުވަހު އެހާ ރުޅި އައީ ކީއްވެ ކަމެއް އަދިވެސް އަހަންނަކަށް ނޭނގެއެވެ.

“މިއީ މަންމަ މިދިޔަ އަހަރު އުމްރާއިން އައިއިރު ގެނައި އެއްޗެއް. އާހިލް އިންނަ ކުއްޖަކަށް ދޭން ހިތުލައިގެން ގެނައީ. މަންމައަށް ހީވަނީ މިހާރު އެކުއްޖާ ފެނިއްޖެހެން” އާހިލް މަންނަ އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންގެ އަތަށް ކުޑަ ފޮއްޓެއް ދިއްކޮށްލިއެވެ. ހިފަން ނުކެރިފައި ހުރެފައި ވެސް އަހަރެން އެފޮށީގައި ހިފީމެވެ. އަދި ހުޅުވައިލީމެވެ. އޭގެތެރޭގައި އޮތީ ރަން ކެވެލިކޮޅެކެވެ. މިއީ ކިހާބޮޑު އޮޅުވާލުމެއްކަން ހަނދާންވެ އަހަރެން ވަރަށް ބޮޑަށް ޖެލިހުންވިއެވެ. ކެވެލިކޮޅު ކިތަންމެހާ ވެސް ރީއްޗެވެ. ނަމަވެސް އެއީ އަހަރެންގެ ހައްގެއް ނޫނެވެ. އަހަރެން އާހިލްއާއި ދިމާލަށް ބަލައިލީ ދެން ހަދަންވީ ކިހިނެތްހޭ އަހާކަހަލަ ގޮތަކަށެވެ. ނަމަވެސް އޭނާ ހުރީ ހެވިފައި ބަލަހައްޓައިގެންނެވެ.

“އާހިލް. އަޅުވަބަލަ އީޝާ އަތުގަ އެކެވެލިކޮޅު” ފޮށިން ކެވެލިކޮޅު ނަގަމުން އާހިލް މަންމަ އޭނާ އަތަށް ދިއްކޮށްލިއެވެ. އާހިލް ޖެހިލުމެއް ވެސް ނެތި ކެވެލިކޮޅުގައި ހިފިއެވެ. އަދި އަހަރެންގެ ވާތުގައި ހިފާ، އޭނާގެ މެޔާ ހިސާބަށް ހިއްލާލުމަށްފަހު، ކެވެލިކޮޅު އަހަރެންގެ އަތުގައި އަޅުވައިދިނެވެ. އަހަރެން އިސް އުފުލާލިއިރު އާހިލް ހުރީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ބޮލުން ފެށިގެން ފައިގެ އިނގިލިތަކާއި ހިސާބަށް ކަރަންޓު ދުވެލި ކަހަލައެވެ. ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އެވަގުތު ކާރު އައި ކަމުގެ ނޮޓިފިކޭޝަން އަހަރެންގެ ފޯނަށް އައެވެ. އަހަރެން އާހިލް މަންމައާއި ސަލާމްކުރުމަށްފަހު އަވަހަށް އެގެއިން ނިކުތީމެވެ. “އީޝާ..” އަހަރެން ކާރުގެ ދޮރުފަތް ހުޅުވާލިވަގުތު އާހިލް ގޮވާލި އަޑު އިވުނެވެ.

“ހޫނ.. ކީކޭ؟” އަހަރެން އެނބުރިލީމެވެ. އޭރރު އޭނާ ދުވެފައި ގެއިން ނިކުމެއެވެ.

“ތެންކިއު”

********

އަހަންނަށް ގެއަށް ދެވުނުއިރު މަންމައާއި ބައްޕަ ތިބީ ދޮރުކައިރީގައި މަޑުކޮށްގެންނެވެ.

“ކޮންތާކުން ތިއައީ؟” އަހަރެން ފެނުމާއެކު ގަޑިއަށް ބަލާލަމުން މަންމަ ސުވާލުކުރިއެވެ.

“ރައްޓެއްސަކާއި އެކީ ހުޅުމާލެއަށް ގޮއްސަ މިއައީ. އެހެންވެ ލަސްވީ” ދޮރު ހުޅުވައިދެމުން އަހަރެން ބުނީމެވެ. އިތުރު ސުވާލެއް ނުކޮށް މަންމަ އާއި ބައްޕަ ގޭތެރެއަށް ވަނެވެ. އަދި ފޮށިތައް ކޮޓަރިއަށް ވެއްދުމަށްފަހު ނިކުމެ ސޯފާގައި އިށީނެވެ. އަހަރެން ވެސް އެމީހުން ކައިރި ސޯފާގައި މަޑުކޮށްލީމެވެ.

“މަންމަމެން މިއައީ ރައްޓެއްސަކާއި ބައްދަލު ކޮށްލަން ވެގެން. މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ދިމާ ނުވާތާ” އެންމެ ފުރަތަމަ ވާހަކަދެއްކީ މަންމައެވެ. އަހަރެންގެ ހިތުތެރޭގައި އުފެދިފައި ހުރި ސުވާލުތައް މަންމައަށް އެނގޭކަހަލައެވެ. އަހަރެން އަނގައިން ނުބުނެ އަޑުއަހަން އިނީމެވެ.

“އަސްލު އަވަސްކޮށްލައިގެން އުޅުނީމަ ދަރިފުޅަށް ގުޅަން ވެސް ހަނދާން ނެތުނީ.” މަންމަ ވަރަށް ހަމަޖެހިލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.

“ކޮބާ ކޮއްކޮ؟ ކީއްވެ ކޮއްކޮ ނައީ؟” އަހަރެން ސުވާލު ކުރީމެވެ.

“ކޮއްކޮ ސުކޫލު ޗުއްޓީވީމަ ރައްޓެހިކުދިންނާއި އެކީ ދަތުރުދާން ވެގެނޭ ކިޔާފަ ނައީ. ބުނީ މަންމަމެން ދާށޯ. ތިމަންނަ ހުރެފާނަމޯ ބޮޑުދައިތަ ކައިރި” މަންމަ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. މަންމަގެ ވާހަކަތައް ވަރަށް ފުރިހަމައެވެ. މާ ފުރިހަމައީއެވެ. އަހަރެން ވެސް މިއީ އެމަންމަގެ ދަރިއެކެވެ. މަންމަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ވެސް އަހަންނަށެވެ. ހަމައެކަނި ރައްޓެއްސަކާއި ބައްދަލުކޮށްލަންށޭ ކިޔާފައެއް މަންމައެއް މިހާ ބޮޑު ދަތުރެއެއް ނުކުރާނެއެވެ. އެވަރުގެ ރައްޓެއްސެއް މަންމަގެ ނުވެސް ހުންނާނެއެވެ. އަނެއްކޮޅުން ދަތުރު ކުރުމަކީ މަންމަ އެހާ ގަޔާވާ ކަމެއް ވެސް ނޫނެވެ.

މަންމައަކީ ކޮންމެ ދުވަހަކު ބަރާބަރަށް އަހަންނަށް ގުޅާ މީހެކެވެ. އަދި ގުޅައިފިއްޔާ ވާހަކަ ހުހެއް ނުވާނެއެވެ. ނަމަވެސް މިދިޔަ ދެދުވަހު އަހަންނަކަށް ނުގުޅައެވެ. އަހަރެން ގުޅީމަ ވެސް މާގިނައިރަކު ވާހަކައެއް ނުދައްކައެވެ. މިއަދު މެންދުރުފަހު ވެސް އަހަރެން ގުޅީމެވެ. އޭރުވެސް މާލެ އަންނަން އުޅޭ ވާހަކައެއް އަހަރެން ކައިރިއަކު ނުބުނެއެވެ. އެހެންކަމުން، މާލެ އަންނަ ވާހަކަ އަހަރެން ކައިރި ބުނަން ހަނދާން ނެތުނީ ނޫންކަން އަހަންނަށް އެނގެއެވެ. އަދި އަހަރެންގެ ކޮއްކޮއަކީ އުމުރުން އެންމެ ސޯޅަ އަހަރު ވެފައި ހުއްޓަސް މާލެ އަންނަން ފޯރި ހުންނަ ކުއްޖެކެވެ. ރައްޓެހިންނާއި އެކީ ދަތުރު ދާންށޭ ކިޔާފައި މާލެ ނައީހެއް ކޮއްކޮ ނުހުންނާނެއެވެ. ނަމަވެސް މިވާހަކަތައް މަންމަމެން ކައިރި އެހޭވަރަށްވުރެ އަހަރެން އިނީ ކަންބޮޑުވެފައެވެ. އަންނަން އުޅޭ ތޫފާނުގެ ކޮޅުމަތި އަހަންނަށް ފެންނަން ފަށައިފިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އޮފީހަށް ނުގޮސް މަޑުކުރީ ބައްޕަގެ އެދުމުގެ މަތިންނެވެ. އެދުވަހު އަހަންނަށް ހޭލެވުނީ ވެސް ތަންކޮޅެއް ލަހުންނެވެ. އަހަރެން ހޭލައިގެން ނިކުތްއިރު މަންމަ އުޅެނީ ސައި ހަދަންށެވެ.

“އަހާނ ދަރިފުޅާ ހޭލެވުނީ ދޯ؟ އާދޭ ސައިބޯން. މިއަދު ވާނެ މަންމަމެންނާއި އެއްކޮށް ބޭރަށް ގޮސްލަން. ދޯ ޝަރީފް” މަންމަ މޭޒުމައްޗަށް ސައި ލަމުން، ސޯފާގައި ޓީވީ ބަލަން އިން ބައްޕައަށް ދޯ އެއްލިއެވެ. ނަމަވެސް ބައްޕަ އަނގަޔަކުން ނުބުނެއެވެ. ޓީވީ ހުޅުވައިގެން އިނަސް ބައްޕަގެ ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ.

“އަހަވަށް އަތްދޮވެގެން އިށީނދޭ ސައިބޯން.” އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު މަންމަ ބުންޏެވެ. އެހާ ލޯބިން ބުނީމައި އަހަރެން ވާންޖެހޭނީ އުފަލެވެ. ނަމަވެސް އަހަރެން ގަތީ ބިރެވެ. ވީ ހާހެއެވެ. މަންމައަކީ ދުވަހަކުވެސް އެހާ ލޯބިން އަހަންނާ ވާހަކަދައްކާ މީހެއް ނޫނެވެ. މިބުނީ މަންމަ އަހަރެންދެކެ ލޯބި ނުވަނީއެކޭ ނޫނެވެ. އެހާ ލޯބިން ބޮލުގައި ފިރުމާ ނަހަދާ ވާހަކައެވެ. މަންމަގެ އެ އަމަލުން ވެސް ކޮންމެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް ޔަގީންވިއެވެ. ނަމަވެސް އަހަރެން ހުރީ އެސުވާލު ކުރާނެ ގޮތެއް ނޭނގިފައެވެ.

 

އެދުވަހު ހަވީރުވެގެން އައިއިރު އަހަރެން ތައްޔާރުވަމުން ދިޔައީ މަންމަ އާއި ބައްޕައާއި އެކު އެބުނާ ރައްޓެއްސެއްގެ ގެއަށް ދާންށެވެ. ގެއިން ނިކުމެގެން ގޮސް ކަރަށް އެރިއިރު ބަރާބަރު ހަތަރެއް ޖެހީއެވެ. ކާރަށް އަރާފައި ބައްޕަ ބުނި އެޑްރެހުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

ތިންވަނަ ފަންގިފިލާއަށް އެރުމަށްފަހު ބައްޕަ ބެލްއަށް ފިއްތާލިއެވެ. އަހަންނާއި މަންމަ ތިބީ ބައްޕަގެ ފުރަގަހަށް ވާކަހަލަ ގޮތަކަށެވެ. މާގިނައިރެއް ނުވެ އަންހެނަކު ގޭގެ ދޮރު ހުޅުވިއެވެ. އަހަރެން ދަންނަ މޫނެކެވެ. އަހަރެން ދަންނަ ގެއެކެވެ. އަހަރެންވީ އިތުރަށް ނުތަނަވަހެވެ.

“އީޝާ! ކިހިނެއް ދަރިފުޅާ؟” އަހަރެން ސޯފާގައި ބައިންދަމުން ރަސިއްތަ ސުވާލުކުރިއެވެ. ދަރިފުޅާއޭ ކިޔާ ވާހަކަދެއްކި ގޮތުން އަހަރެން އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މަންމަ އާއި ބައްޕަ ވެސް އަހަރެން ކައިރި ސޯފާގައި އިށީނުމުން ރަސިއްތަ ވެސް އަހަރެމެންގެ ކުރިމައްޗައް ވާގޮތަށް ވަކިން އިން ހުދުކުލައިގެ ސޯފާ ގޮނޑީގައި އިށީނެވެ. ރަސިއްތަ އަހަރެންގެ މަންމައާއި ބައްޕައާއި ވާހަކަދައްކަމުން ދިޔައިރު އަހަރެން އިނީ އަނގައިން ނުބުނެއެވެ. ބޮޑުވަރަކަށް އަހަރެން ހިނިތުންވެލަނީއެވެ. އަހަރެން އިނީ މިހުރިހާ ކަމަކާއި ވިސްނަ ވިސްނާ ބޯގޮވާވަރު ވެފައެވެ. ކުއްލިއަކަށް މަންމަ ރަސިއްތައާއި ގާތްވީ ކީއްވެހެއްޔެވެ؟ ހަދިޔާ ކޮތަޅު ފޮނުވި ދުވަހުގެ ކުރިން’ ރަސީމާ ކިޔާ މަންމަގެ ރައްޓެއްސެއް ހުންނަކަން އަހަރެން ނުވެސް ދަންނަމެވެ. މީގެ ކުރިން މަންމަމެން މާލެ އަންނަ ފަހަރުތަކުގައި ވެސް ރަސިއްތައާއި ބައްދަލުކުރާކަށް ނުދެއެވެ. ވީއިރު މި ގުޅުމުގެ ސިއްރަކީ ކޮބާބާއެވެ؟

އެހެން އިރުކޮޅަކު ވާހަކަދައްކަން ތިއްބާ މީހަކު އައިސް ސައި ތައްޔާރުވެއްޖެ ކަމަށް ބުންޏެވެ. ބަލާބެލުމަށް އެއީ އެގޭގައި މަސައްކަތް ކުރުވަން ގެންގުޅޭ މީހެކެވެ.

އަހަރެމެން ސައިބޯން މޭޒުދޮށް އެރި ވަގުތަކީ ހުސްނީ ގެއަށް ވަން ވަގުތެވެ. އޭނާ ފެނުމާއިއެކު އަހަރެން ބިރުގަތެވެ. އަހަރެން ފަހަތުން މަގުމަތީގައި ދުވި ދުވަސް ހަނދާންވެފައެވެ. އަދި މާލެތެރެއިން އަހަރެން ފަސްފަހަތުން ހިނގި ދުވަސް ހަނދާންވެފައެވެ. ނަމަވެސް މިހާރު އޭނަ ހުރި ކުރީގައި ދިގުކޮށްފައި ހުރި އިސްތަށިގަނޑު ކޮށާފައެވެ. ކަރުގައި ވެސް އޮތީ އެންމެ ފަށެކެވެ. ނަމަވެސް ބަލާބެލުމަށް އަދިވެސް އެހާ ސާފުތާހިރު ހެނެއް ހިޔެއް ނުވެއެވެ.

ހުސްނީ އައިސް އިށީނީ އަހަންނާއި ޖެހިގެން ހުރި ގޮނޑީގައެވެ. އަހަންނާއި ދިމާލަށް ބަލާލުމަށްފަހު ލާނެއްގޮތަކަށް ހީލިއެވެ. އަހަރެން ވީ ފޫހިން އެދިމަ ބަލައި ވެސް ނުލަމެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ޝަރީފް އަހަރެން ބުނި ކަންތަކާ އެއްބަސްވީމަ” ގުޅައެއް ހަފާލަމުން ރަސިއްތަ ބުންޏެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

“އެއީ ކޮން ކަމެއް؟” އަހަންނަށް ސުވާލު ނުކޮށެއް ނީނދެވުނެވެ.

“އީޝާ އާއި ހު..”

“އެވާހަކަ ދައްކާނީ ފަހުން ދޯ” ރަސިއްތަގެ ޖުމުލަ ފުރިހަމަ ނުވަނިސް ބައްޕަ ވާހަކަ ދެއްކިއެވެ. ރަސިއްތަގެ ޖުމުލަ ފުރިހަމަ ކުރާކަށް ނުވެސް ޖެހޭނެއެވެ. އަހަންނަށް އެ ބުނަން އުޅޭ އެތި ވިސްނިއްޖެއެވެ. އަހަރެން މޭބޮޑުވެ ހޮޑުލަވާ ގޮތް ވިއެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ނިކުންނާށެވެ. ނަމަވެސް ރަސިއްތަ އޮތީ މަންމަމެންނަށް ރޭގަނޑު ކެއުމަށް ވެސް ދައުވަތު ދީފައެވެ. އަހަރެން ކައިރި ވެސް ގެއަށް ދާންވާނީ ރޭގަނޑު ކައިގެންނޭ ބުންޏެވެ. ނަމަވެސް އަހަންނަކަށް އިތުރަށް މިތާކު ކެތެއް ނުވާނެއެވެ. އަހަރެން ވަގުތުން ނަވާލްއަށް މެސެޖު ކުރީމެވެ. ވަރަށް އަވަހަށް އަހަރެން ބަލައި އައުމަށް އެދިއެވެ. ދިހަވަރަކަށް މިނެޓު ތެރޭގައި ނަވާލް އައިސް އަހަންނަށް ގުޅިއެވެ. އޮފީހުގެ ކަމެއްގައި ކުއްލިއަކަށް ދާން ޖެހިއްޖޭ ބުނުމަށް ފަހު އަހަރެން އެގެއިން ނިކުންނަން ހިނގައިގަތީމެވެ. އޭރު ސައިބޮއި ނިންމައިގެން އެންމެން ތިބީ ސިޓިންރޫމުގައެވެ.

“ހުސްނީ ދޭބަލަ އީޝާ އޮފީހަށް ލާން” ރަސިއްތަ ބުންޏެވެ. އަހަރެން ވަގުތުން ނޫނެކޭ ބުނީމެވެ.

“ނަވާލް އެބަ އިން އަހަރެން ބަލައި އައިސް” ހުސްނީއާޢި ދިމަ ބަލައިވެސް ނުލާ އަހަރެން ބުނީމެވެ. އެވަގުތު ރަސިއްތަ މޫނު ކުނިކޮއްލިތަން އަހަންނަށް ވަރަށް ރަނގަޅަށް ފެނުނެވެ.

ނަވާލް އާއި އެކު އަހަރެން ދިޔައީ އަހަރެންގެ ގެއަށެވެ. ކޮންމެސް ކަމެއް ގޯސްވެއްޖެކަން ނަވާލްއަށް ވެސް އެނގުނެވެ. ނަމަވެސް ނަވާލް އަހަންނާއި ސުވާލު ކުރީ ގެއަށް ވަނުމަށްފަހުގައެވެ. އޭރު އަހަރެން ޒީކްއަށް ގުޅާފައި މިގެއަށް އައުމަށް ބުނެފީމެވެ. އަހަރެން ބޭނުންވީ ދެމީހުންކައިރި އެއްކޮށް އެވާހަކަ ދައްކާށެވެ.

ނަމަވެސް ގެއަށް ވަންފަހުން ތިންވަނަ ފަހަރަށް ނަވާލް އަހަންނާއި ސުވާލު ކުރިއެވެ. އަހަރެން ހާސްވެފައި ހުރި ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

“އަހަންނަށް ހީވަނީ ބައްޕަމެން އުޅެނީ އަހަރެން ހުސްނީ އާއި މެރީ ކުރުވަން ހެން” އަހަރެންގެ ދުލުން އެ ބަސްތައް ބެރުވީ ހީކުރި ވަރަށް ވުރެ ބާރަށެވެ. އަހަރެން ގިސްލަމުން ކަހަލަ ގޮތަކަށް ނަވާލްއަށް، ކަންވީގޮތް ކިޔައިދިނީމެވެ.

” ތިކަމުން ސަލާމަތް ވެވިދާނެ ގޮތެއް އެބައޮތް” އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު ނަވާލް ވާހަކަ ދެއްކިއެވެ. އަހަރެން ސޯފާގައި އިނދެފައި ފުންމައިގެން ތެދުވީމެވެ.

“އަހަންނާއި ރައްޓެހިވާން ވީނު؟” ނަވާލް ސޯފާއިން ތެދުވެ އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.

“އީޝާ މީހަކާއި ރައްޓެހިވެގެން އުޅޭކަން އެނގިއްޖިއްޔާ ޝަރީފްބެމެން ތި ހިޔާލު ދޫކޮށްލަފާނެ. އަނެއްކޮޅުން އީޝާ މަންމައަށް ވެސް އަހަރެން އެނގޭ. އަހަންނަށް ހަމަ ޔަގީން އެމީހުން ވަރަށް ރުހޭނެކަން” އެވަގުތު ޒީކް ގޭގެ ދޮރު ހުޅުވާލާފައި ވަނެވެ. ނަވާލްއަށް އެއަޑު އިވުން ހެނެއް ހިޔެއް ނުވެއެވެ. އޭނާ ހުރީ ދޮރަށް ފުރަގަސް ދީގެންނެވެ.

ނަވާލް އަހަންނާއި ކައިރިއަށް ޖެހިލިއެވެ. އަދި އަހަރެންގެ އަހަރެންގެ ކޮލުގައި މަޑުމަޑުން ފިރުމާލިއެވެ.

“އެހެން ނޫނަސް އަހަރެން އީޝާ ދެކެ ވަރަށް ލޯބިވޭ. އައި ރިއަލީ ލަވް ޔޫ. އަހަރެން އީޝާ ވަރަށް ހެޕީކޮށް ގެންގުޅޭނަން..” އެވަގުތު އެއްޗެއް ވެއްޓުނު އަޑަށް ނަވާލް އެނބުރުނެވެ. އޭރު ވެއްޓިފައި އޮތް އޭނާގެ ފޯނު ނަގައިގެން، ފެންކަޅިވެފައި ހުރި ޒީކް ދޮރުން ނިކުންނަނީއެވެ. އަހަރެން ދުވެފައި ޒީކްގެ ފަހަތުން ދިޔައީމެވެ. އޭނާއަށް މަންޒަރު ފެނުނީ މުޅިން ގޯސްކޮށެވެ.

“ޒީކް. މަޑުކޮށްބަލަ” އަހަންނަށް ޒީކް ހިފެހެއްޓޭވަރު ވީ ސިޑިއާއި ހިސާބުންނެވެ. ނަމަވެސް ޒީކް އަހަރެންގެ އަތް ފޮޅުވާލިއެވެ.

“ކީއްވެ އަހަންނަށް އެހެން ތިހެދީ. އީޝާއަށް އިނގޭނެ އަހަރެން ނަވާލްދެކެ ކިހާ ލޯބިވާކަން. އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން އީޝާ އަހަންނަށް ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަކަށް” ޒީކްގެ ދެލޯހުރީ ތެމިފައެވެ.

“ޒީކް.. ތިހީކުރަނީ އަދި ރަނގަޅަކަށް ނޫނޭ” އަހަރެން ޒީކްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ.

“ސްޓޮޕް ލައި އިން އީޝާ! އަހަންނަށް ފެނިއްޖެއޭ ހުރިހާ އެއްޗެއް. ޑޯންޓް އެވާ ޓޯކް ޓުމީ އަގޭން” ދުވަހަކު ވެސް ދެން ޒީކްއާއި ވާހަކަ ނުދެއްކުމަށް އިންޒާރު ދިނުމަށްފަހު ރޮމުން ރޮމުން އޭނާ ދިޔައެވެ. އަހަރެންގެ ފަހަތުން ދުވެފައި ނިކުތް ނަވާލްއަށް މިހުރިހާ މަންޒަރެއް ފެނުނެވެ. އޭނާއަށް ހުރިހާ ކަމެއް ރެޔަކާލީ އެހާ ހިސާބުންނެވެ..

“ސޮރީ އީޝާ.. އަހަންނަކަށް ނޭނގެ..ޒީކް..” ނަވާލް ހާސްވެފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“ވަރަށް ބޮޑަށް ސޮރީ. އަހަރެން ވަރަށް ލަދު ގަނެއްޖެ” އެހެން ބުނުމަށްފަހު ނަވާލް ވެސް ސިޑިން ފައިބައިގެން ދިޔައެވެ. އަހަންނަށް ގަބުވެފައި ހުރެވުނީ އެވެ. ޒީކް ހީކުރީ އަހަރެން އޭނައަށް އޮޅުވައިލީ ކަމަށެވެ. ނަވާލްއަށް ހުރިހާ ކަމެއް އެނގުމުން އޭނާ އެދިޔައީ ގަތް ލަދުންނެވެ. އަހަރެންގެ އެންމެ ގާތް ދެ އެކުވެރިން އަހަރެން ދޫކޮށްފައި އެދިޔައީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ.

ކުއްލިއަކަށް އަހަރެން މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. އަހަންނަށް ގޭތެރެއަށް ވަދެވޭވަރުވީ ހަމަ ކިރިޔާއެވެ. ކުރިއަށް ނުހިނގިގެން އަހަރެން ތިރިވީމެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ހިތުގެ ހިތި ވިންދު

Next

ކުރުވާހަކަ ( މިހިތުގެ އަޑު)

Next
October 26, 2025

ކުރުވާހަކަ ( މިހިތުގެ އަޑު)

Previews
October 26, 2025

ހިތުގެ ހިތި ވިންދު

4 Comments!

  1. Eh says:
    October 26, 2025 at 12:50 pm

    ALHEYYYYY!!
    MI DHEN KIHAA DHERA KAMEH???
    EESHAA’S mum and dad my FOOTT!!!!!
    Btw when next?
    Loved it !! Aahil kairee buney eesh kairiah anna shey
    Oh my heck no!!!!!!! she ain’t marrying husnee or navaallllll

  2. umm i don't have a name!! says:
    October 27, 2025 at 2:29 pm

    Your story is amazing! But I was wondering why did you upload it after such a long break? Every time I read a new episode, I can’t wait for the next one 😭 Please try to upload at least once a week if possible. I really appreciate all your hard work . honestly, this is one of the best stories I’ve ever read! ❤️

    Also, I really don’t want Eesha to end up with Nevaal or Husni 😭 I actually hate Husni a lot, please don’t let him near Eesha 💔 I’m really hoping for Zeek and Navaal to be together, and Eesha with Ahil! Please make Eesha and Ahil marry even if the story ends with them in a problem, just don’t make Husni or Nevaal marry Eesha 😭 I want Ahil to be the only one she marries 💕
    Btw, when is the next part coming? I can’t wait! 😭💖
    Ly 💖

    1. Mariyam Enash Aqeel says:
      October 27, 2025 at 5:50 pm

      Hi. Thank you for your support. Sorry for the late uploads. insha’Allah next episode will be uploaded this week 💗🫶🏼

  3. Someone says:
    October 28, 2025 at 5:22 pm

    Why? Why?????? WHY???????

Comments are closed.

Next Episodeފުރަތަމަ ނަޒަރުން 21←


All Right Reserved!