Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ދަރިފުޅާއޭ…

Immy Level 210 Stories100 Comments
January 14, 2016 2 Mins Read
24 Comments

ދަރިފުޅާއޭ… މަންމަ ގެ ކުށަކީ ކޮބައި ހެއްޔެވެ؟ މުސްކުޅި އަކަށް ވުނެ ހެއްޔެވެ. މަންމަ އާ މެދު ތިހެން ތި ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ؟ ދަރިފުޅު މަންމަ ގެ ބަނޑުގައި ނުވަ މަސް ދުވަސް ވަންދެން ބެހެއްޓީ ވެސް ހަމަ މި މަންމަ އެއް ނޫން ހެއްޔެވެ؟ މި މަންމަ މުސްކުޅި ވުމުން  މަންމަ ގެ އަމަލު ތަކާއި މެދު ދަރިފުޅު ރުޅި އަންނަތަން ފެނުމުން ވަރަށް ދެރަވެއެވެ.  މިމަންމަ އަތުން ތައްޓެއް ތަޅައިގެން ހިނގައްޖެ ނަމަ ނުވަތަ ކާ މޭޒު މައްޗަށް އެއްޗެއް ބަންޑުން ވެއްޖެ ނަމަ އެއީ މި މަންމަ ގެ ފެނުން ކޮށި ވަމުން ދާތީ ކަން ދަރިފުޅު ނު ދަންނަނީ ކީއްވެ ހެއްޔެވެ؟ އެ ފަދަ ކަންކަމުގެ ސަބަބުން  މި މަންމައާ ދިމާލަށް ދަރިފުޅު އަޑު ވީއްލައި އެއްޗެހި ކިޔާތީ ވަރަށް ދެރަވެއެވެ. އެއީ މުސްކުޅިންނަކީ ވަރަށް ފަސޭހައިން ހިތުގައި ޖެހޭ ބަޔަކަށް ވާތީއެވެ. މަންމަ ގެހުޅުތަކުން ވާގި ދޫވެ ކަކުލުން ބާރު ދޫވުމުން މަންމަ ކޮޅަށް ތެދުވުމަށް ދަރިފުޅު މަންމަ އަށް އެހީ ވެދޭން އުޅޭ ތަން ބަލައިލާން މަންމަ ވަރަށް ބޭނުމޭ… ނަމަވެސް މަންމަ އަށް ފެންނަނީ މުޅިން ވެސް ހިތަށް ތަދުވާ ކަހަލަ މަންޒަރުތަކެކެވެ. މަންމަ އަށް ތެދުވާން އުނދަގޫ ވުމުން މި މަންމަ ގެ އަތުގައި ހިފާލަ ދޭން ވެސް ދަރި ފުޅަށް ހުންނަނީ ބޮޑު ވެފައެވެ. އެއީ ކީއްވެ ހެއްޔެވެ؟ ދަރިފުޅު ކުޑައިރު މަންމަ ގެ އިނގިލި ކުރީގައި ހިފައިގެން ހިނގަން ދަސް ކުރީމުއެވެ. ހަަމަ އެ ގޮތަށް މިއަދު މަންމަ އަށް ވެސް މި ވަނީ ދަރިފުޅުގެ އެހީއަށް ބޭނުން ވެފައެވެ. މިއަދު މަންމަ ހިނގަން މި ޖެހެނީ ދަރިފުޅުގެ އަތުގައި ހިފައިގެންނެވެ. ދަރިފުޅު ހިތް ހަމަ ނުޖެހި ހުރެ ވެސް މިކަހަލަ ކަންތަށް މަންމަ އަށް ކޮއްދޭތީ މަންމަ ޝުކުރު ވެރި ވަމެވެ.

ބައެއް މުސްކުޅިން ނަކީ އެއް ވާހަކަ އެއް ތަކުރާރު ކޮށް ދައްކާ ބައެކެވެ. މަންމައަށް ވެސް އެހެން އެބަ ވެއެވެ. އެކަމަކު  ދަރިފުޅަށް މަންމަ އާއި އެކު ހޭދަ ކޮށްލާނެ ވަގުތެއް ވެސް ނުލިބެއެވެ. ނޫނީ އެއީ މުހިންމު ކަމެއް ގޮތުގައި ނުދެކެނީއެވެ. މަންމަ ދައްކާ އެއްވެސް ވާހަކަ އަކީ ދަރިފުޅަށް މުހިންމު އެއްޗެއް ކަމުގައެއް ނުވެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ މަންމަ ގެ ލޯބިވާ ދަރިފުޅާ އެވެ. މުސްކުޅި އުމުރަށް އެޅީމާ ވަރަށް ބޮޑެތި ބަދަލު މީހުންނަށް އާދެއެވެ. އެއީ ދަރިފުޅު މުސްކުޅި ވުމުން ދަރިފުޅަށް ވެސް ދިމާވާން އޮތް ގޮތެވެ. މަންމަ ގެ މިޒާޖަށް މި އަންނަ ބަދަލުތައް ގަބޫލުކޮށް ދަރިފުޅު ކެތް ތެރިކަމާ އެކީ އެ ކަންކަން ބަލައި ގަންނަ ތަން ނުފެންނާތީ ވަރަށް ބޮޑަށް ހިތުގައި ޖެހެއެވެ. ދަރިފުޅަށް ލިބޭ ހުސް ވަގުތުގައި މަންމަ އާއި އެކީ ކުޑަ ކުޑަ ސިކުންތު ކޮޅެއް ވެސް ހޭދަ ކޮށްލުމުގެ ބަދަލުގައި އަބަދު ބޭރުގައި އުޅެ ރައްޓެހިންނާއި އެއްކޮށް އަބަދުވެސް ކޮންމެސް ގަނޑެއް ގަންނަން އަުޅޭތީ މަންމަ ގެ މި ހިތަށް ހާދަ އަސަރު ކުރެއެވެ. އެހެންކަމުން މަންމަ ގިނަ ވަގުތުތައް ހޭދަ ކުރަން މި ޖެހެނީ އެކަނި ވެރި ކަމާއި އެކީ ގައެވެ. ދަރިފުޅާއެވެ… ތި އުޅުން ދޫކޮށްލާށެވެ. ތިޔަ ގެންގުޅޭ އެކުވެރިން ތައް ވެސް ދޫކޮށްލާށެވެ. ހެޔޮ ލަފާ ރަނގަޅު އެކުވެރިން އެކުވެރިން ތަކެއް ހޯދާށެވެ. ތައުބާ ވާށެވެ. އަދިވެސް ވަގުތު އެބަ އޮތެވެ. މަންމަ މިހެން އެކަނި އޮންނަ އިރު މަންމަގެ ފޮނި ހަނދާން ތަކެއް އާވެގެން ދެއެވެ. އެއީ ދަރިފުޅު “ގޮނޑި ކޮއްކޮ” ގެ ވާހަކަ ކިޔައިދޭން އިންނަ އިރު މަންމަ ހިފަހއްޓާލައިގެން އިން ދުވަސް ތަކުގެ ހަނދާނެވެ.

މަގޭ ދަރިފުޅާ އޭ… މި ގޮތުގައި ދުވަސް ތައް ހޭދަވަމުން ގޮސް މަންމަ ގެ މުސްކުޅި ބަލި ބޮޑުވެ މި ދުނިޔެ ދޫކޮށް ދާނެ ޖެހިދާނެއެވެ. ނުވަތަ މިހާރު ވެސް މަންމަ މި ދުނިޔެ ދޫކޮށް ދާން ޖެހިދާނެއެވެ. އެ ދުވަހަކުން ދަރިފުޅުގެ ކަން ކަން ބަލަހައްޓާނެ ރަނގަޅު ހެޔޮ ލަފާ އައިންބެއް ހުންނާނެ ކަމަށް މަންމަ އުންމީދު ކުރަމެވެ. އެއްވެސް މީހެއްގެ އަޖަލު ޖެހޭނެ ދުވަހެއް މަތި ވެރި ވެގެންވާ މާތް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭންގޭނެއެވެ. ދަރިފުޅުގެ އަޖަލު ޖެހުމުގެ ކުރިން ވިސްނި ތައުބާ ވާނެ ކަމަށް މަންމަ ހީކުރަމެވެ. މަންމަ ދަރިފުޅު ތަރުބިއްޔަތު ކުރީ ކިހާ އޯގާތެރި ކަމާ އެކުހޭ؟؟ އެހެނަސް މި މަންމަ އަށް ދަރިފުޅުގެ ބޭނުން ޖެހި ފާއި ވާ ދުވަހު މަންމަ އަށް އަޅާލާނެ މީހަކު ނެތެވެ. އެހެނަސް ތިއީ މަންމަގެ ނަސީބެވެ. މަންމަގެ ހަޔާތުގެ އުފަލެވެ. މަންމަގެ ލޮލުގެ ނޫރެވެ. ދަރިފުޅަށް ފަހުން ވިސްނޭނެ ކަމުގެ އުންމީދު މަންމަގެ އެ ބައޮތެވެ. ދަރިފުޅަށް ބާއްޖަވެރި ހަޔާތެއް ދެއްވާތޯ މަންމަ ދުޢާ ކުރާނަމެވެ. ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި… އާމީން….

Share Article

Follow Me Written By

Immy

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

Next

ބަލި މީހާ އަކީ ކާކު؟؟

Next
January 14, 2016

ބަލި މީހާ އަކީ ކާކު؟؟

Previews
January 14, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

24 Comments!

  1. Immy says:
    January 14, 2016 at 12:43 pm

    heyy guyyxx… i knw this is nt a stry… its knd of a ltr…. hehe… i knw its soo shrt…. n i dnt even knw tht u will lyk it one bit… bt i thought ill jxt gve it a try….?? n its sooo shrt cx i hav nvr wrte this knd of mther son thngs so i dnt hav experience so much….☹☹ n hwp u lyk it…????

  2. misty says:
    January 14, 2016 at 12:55 pm

    Very touching.. Hama rovije…

    1. misty says:
      January 14, 2016 at 12:55 pm

      Yayyy.. Me 1st ☺☺☺

    2. Immy says:
      January 14, 2016 at 2:42 pm

      hehe… thnxx misty???

    3. Immy says:
      January 14, 2016 at 2:43 pm

      yayyyy!!! cngrtxx misty… u hav been the frst to cmnt my stries in a row… 😉 😉

  3. dharifulhu says:
    January 14, 2016 at 1:27 pm

    immy ah saabas. kuraa kanthah dhw. mikahala salhi ehchehi miahvuren reehchah gennanvaany.. mashakah nuves rovun ulhe ulhe. haha

    1. Immy says:
      January 14, 2016 at 2:45 pm

      wat ever…. didn’t i say i hav nvrr wrte these knd of thngs n it is the frst tym im writing ths….??

  4. Reshma says:
    January 14, 2016 at 1:34 pm

    Banduga bahttaaneeky noon. Baavaany lol…

    1. Immy says:
      January 14, 2016 at 2:46 pm

      ha ha ha… so funny!!???

  5. kamana says:
    January 14, 2016 at 1:46 pm

    Aslu vx immii. There are people like tht. Varah dheraveyy ehnve. Anywayx nice one. ??

    1. Immy says:
      January 14, 2016 at 2:48 pm

      thnxx alt kamana….??????

  6. kennukbee says:
    January 14, 2016 at 3:24 pm

    Nice. Varah touching. ☺☺

    1. Immy says:
      January 14, 2016 at 3:28 pm

      thnxx kennukbee???

  7. shine says:
    January 14, 2016 at 3:52 pm

    Yaaa.. Thedhu vaahakaeh.. Madhun namavx mi mujthamaun fnna kameh thy….. story akah nuviyas v v rythi… Criously, v touchin….

    1. Immy says:
      January 14, 2016 at 3:57 pm

      thnxx alt shine…. hehe.. yahh… ??

  8. shine says:
    January 14, 2016 at 3:55 pm

    v v nice… bt kudhi kudhi mistakes eba huri… better luck nxt time:):):)

    1. Immy says:
      January 14, 2016 at 3:58 pm

      yahh thnxx fr tellin…. thnxx again shine….?????

  9. nooora says:
    January 14, 2016 at 10:36 pm

    Kudhi kudhi mistak v Gina but v salhi stry

    1. Immy says:
      January 14, 2016 at 11:53 pm

      thnxx alt nooora…. fr tellin n fr rdin

  10. Inu says:
    January 15, 2016 at 4:36 pm

    Mi dharinah vi story eh mumma kan hadhaan nethifa thibey mihunah v nice v dherave

    1. Immy says:
      January 15, 2016 at 6:44 pm

      thnxx Inu?

  11. Shahaa says:
    January 16, 2016 at 8:24 am

    Very nice stwry…hama rovihjje

    1. Immy says:
      January 16, 2016 at 2:08 pm

      hehe…. thnxx alt shahaa?

  12. Angel says:
    November 13, 2017 at 11:01 pm

    vvvvvvv nyc stry gr8 job!!!! 🙂 🙂 🙂 🙂

Comments are closed.


All Right Reserved!