Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން 18

Mariyam Enash Aqeel Level 210 Stories
September 22, 2025 3 Mins Read
2 Comments

ގެއަށް ވަނުމާއިއެކު ބައްޕަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. އެ ކާރުގައި އިނީ ކާކުތޯ އެހިއެވެ. އެއީ އަހަރެންގެ ކާކުތޯ އެހިއެވެ. އަހަރެމެން މިއައީ ކޮންތާކުންތޯ އެހިއެވެ. ބައްޕައަކީ މީގެ ކުރިން ދުވަހަކުވެސް އަހަންނާއި އެގޮތަށް ސުވާލުކޮށް ހެދި މީހެއް ނޫނެވެ. އެހެންކަމުން އަހަރެން ވަރަށް ހައިރާންވިއެވެ. ނަމަވެސް އިތުރު އެއްވެސް ސުވާލަކާއި ނުލާ ތެދުބަހުން ބައްޕަގެ ސުވާލުތަކަށް ޖަވާބުދިނީމެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް ބައްޕަގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އަދި އާހިލްއާއި އެހާ ގާތް ނުވުމަށް އެންގިއެވެ. އަހަންނަށް ބައްޕަ އެބުނި ބަހުގެ މާނައެއް ނުވިސްނުވެ. އިނގުނުހާވެސް އެއްޗަކީ އަހަރެން އާހިލް އާއި އެއްކޮށް ބޭރަށް ދިއުމުން ބައްޕަ ހިތްހަމަނުޖެހުންކަމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހަންނަށް ކަމެއް ގޯސްކޮން ކުރެވުނީބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

ބައްޕަ މިރޭ އަހަންނާއި ވާހަކަ ދެއްކި ގޮތުން އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އިތުރު އެއްވެސް ޝަކުވާއަކާއި ނުލާ އަހަރެން ކޮޓަރިއަށް ވަނީމެވެ. އެވަގުތު އަހަރެންގެ ފޯނަށް އާހިލްގެ މެސެޖެއް އައެވެ. ކުރު މެސެޖެކެވެ. “ޝުކުރިއްޔާ” އޭނާގެ މެސެޖުގައި އޮތެވެ. އަހަރެން މެސެޖު ބެލުމަށްފަހު އެއްވެސް ޖަވާބެއް ނުދެމެވެ. އަހަންނަށް ވިސްނެނީ ބައްޕަ ދެއްކި ވާހަކައާއި ދޭތެރޭގައެވެ. ބައްޕަ އާއި މަންމަ މާލެ އައި ސަބަބަކާއި ދޭތެރޭގައެވެ.

ޖެހިގެންއައި ދުވަހު އަހަރެން އޮފީހަކަށް ނުދަމެވެ. މަންމަމެންނާއި އެކީ ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އަހަރެން ހެނދުނު ހޭލައިގެން ނިކުތްއިރު މަންމަ އާއި ބައްޕައެއް ނުހޭލައެވެ. އަހަރެން ބަދިގެއަށް ވަދެ ކޮފީއެއް ގިރައިގެން ސައިބޯނެ އެއްޗެއް ތައްޔާރު ކުރަން ފެށީމެވެ. ސޭންޑުވިޗު ހަދަން ތައްޔާރުކޮށްފައި ތިރީގައި ހުރި ފިހާރައިން ޕާނެއް ބަލައި ފޭބީމެވެ. އަހަރެން ޕާން ހިފައިގެން ގެއަށް ވަންއިރު ބައްޕަ ނިކުމެ ސޯފާގައި އިނެވެ. ހީވާގޮތުން ބޭރަށް ދާން ތައްޔާރުވެގެންނެވެ. އޭރު ގަޑިން ކިރިޔާ އަށްގަޑިބައެވެ. މިއޮށް ހެނދުނާ ބައްޕަ ކޮންތާކަށް ދަނީބާއެވެ؟ ގައިމުވެސް ޑޮކްޓަރަށް ދައްކާކަށް ނުދާނެއެވެ. ޑޮކްޓަކަށް ދައްކަން ދާނަމަ އެޕޮއިންޓުމަންޓު ހައްދައިދީ ހަދަނީ އަހަންނެވެ. ނަމަވެސް އަހަރެން ކައިރީގައި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ފެނުމާއި އެކު ބައްޕަ ދިޔައީ ސިއްސައިގެންނެވެ. އަދި އޮފީހަށް ނުދަނީތޯ ސުވާލު ކުރިއެވެ.

” އާނ. މިއަދު ބައްޕަމެން ތިބީމަ ގޭގަ މަޑުކޮށްލީ” އަހަރެން ބުނީމެވެ. ނަމަވެސް ބައްޕަ ތަނަކަށް ދަނީތޯ އަހާކަށް އަހަންނަކަށް ނުކެރުނެވެ. މާލެ އައީންސުރެ ބައްޕަ ހުންނަނީ ފާޑަކަށެވެ.

އަހަރެން ސައި ހަދާފައި ބައްޕައަށް ސައިބޯން ގޮވީމެވެ. އެވަގުތު މަންމަ ވެސް ރީތިވެގެން ކޮޓަރިން ނިކުތެވެ. މަންމަ އަބަދުވެސް ބޭރަށް ދާއިރު އަޅުވާ އަތްދަބަސް ކޮނޑުގައި އޮތެވެ.

“މަންމާ އާދޭ ސައިބޯން” އަހަރެން ނޭނގޭކަމަށް ހަދާފައި ބުނީމެވެ. މަންމަ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ނުވަގަޑި ފަނަރައެވެ. އެއްފަހަރު ގަޑިއަށް، އަނެއްފަހަރު ބައްޕަގެ މޫނަށް ބަލާލާފައި މަންމަ ސައިބޯން އިށީނެވެ. އޭރު އަހަންނާއި ބައްޕަ ވެސް ސައިބޯން ފަށައިފީމެވެ.

މަންމަ މިއަދު އާދަޔާހިލާފަށް އަނގަމަޑެވެ. އެހެންޔާ ރަށުން މާލެ އައިސް ދައްކާ ވާހަކަތަކެއް މިއަދަކު ނުދައްކައެވެ. އަހަރެންގެ ކެއްކުމަކަށް ފާޑެއް ވެސް ނުކިޔައެވެ. އަދި އަހަންނަށް ފާހަގަ ކުރެވުނު އެންމެ ބޮޑު ކަމަކީ، މަންމަ އާއި އެއް ސުފުރާއެއްގެ މަތިން ކައި ނިންމާލިއިރު، އެންމެ ފަހަރަކު ވެސް އަހަރެން މީހާ ނީނދެގެން އެޝަކުވާ ނުކުރިކަމެވެ. މިއީ ކަލަންޑަރުގައި ފާހަގަ ކުރަން ޖެހޭވަރު ކަމެކެވެ. މިދިޔަ ދެ އަހަރު ތެރޭގައި އަލަށް ވީ ކަމެއް ވިއްޔާއެވެ. ނަމަވެސް މަންމަގެ ޝަކުވާއިން ސަލާމަތްވެވުމުން ލިބުނު ހިތްހަމަޖެހުމަށްވުރެ ބޮޑަށް މަންމަ އާއި ބައްޕަގެ ހަރަކާތްތަކުން އަހަރެން ވީ ހާސްކަން ބޮޑެވެ. ސައިބޮއެ ނިންމާލި ގޮތަށް ދެމީހުން ދިޔައީ ބޭރަށެވެ. ދާތަނެއް އަހަރެން ކައިރިއަކު ނުބުނެއެވެ. އަހަރެން ސުވާލު ކުރިމާ ވެސް ސާފު ޖަވާބެއް ނުދެއެވެ.

އެދުވަހު މަންމަމެން ގެއަށް އައީ ހަވީރު ވާން އުޅެނިކޮށެވެ. އަދި ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އަހަންނާއި ވާހަކަ ދައްކާ ހެދީ ވެސް ވަރަށް މަދުންނެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އަހަރެން ނިންމީ ގޭގައި މަޑު ނުކޮށް އޮފީހަށް ދާށެވެ. އަހަރެން އޮފިހަށް ދިޔައިރު ޕުރޮޖެކްޓުގެ މަސައްކަތުގައި އަވަދިނެތި ސާރާއާއި ޓީމުގެ އެހެން މީހުން ވެސް އުޅެއެވެ. އަހަރެން އޮފީހަށް ނުދާތީ އިއްޔެ ބާއްވަން ހަމަޖެހިފައި އޮތް މީޓިން މިއަދަށް ލަސްކުރި ވާހަކަ ސާރާ ބުންޏެވެ. ޕުރޮޖެކްޓުގައި އިސްކޮށް އަހަރެން އުޅޭތީއެވެ.

މީޓިން އޮތީ މެންދުރު ބާރަ ޖަހާއިރުއެވެ. އަހަންނާއި އަހަރެންގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރު ވެގެން މީޓިން ރޫމަށް ވަނީމެވެ. އޭރު ކުންފުނީގެ ބޯޑު މެންބަރުންނެއް ނުދުރުވެއެވެ. މީޓިން ފެށިގެން ކުރިއަށް ދިޔައީ ވަރަށް ފުރިހަމައަށެވެ. އިންވެސްޓަރުންނާއި ބައްދަލުކުރަން ފެށޭ ހަފްތާގެ ދުވަހެއް ހަމަޖެއްސިއެވެ. އަދި ކާމިޔާބު ކަމާއި އެކު އިންވެސްޓަރުންގެ އެއްބާރުލުން ލިބިއްޖެނަމަ ޕްރޮޑަކްޓު މާކެޓަށް ނެރެން ހަމަޖެހުނީ މީގެ 2 މަސް ފަހުންނެވެ. މިއީ މި ކުންފުނީގައި އަހަރެންގެ އެންމެ ފުރަތަމަ މަސައްކަތަށްވެފައި، މި މަސައްކަތް ރަނގަޅަށް ކުރިއަށްދާތީ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

އޮފީސް ނިންމާފައި އަހަރެން ގެއަށް ދިޔައިރު މަންމަމެން ގެއަކު ނެތެވެ. ގެއަށް އައީ އިރު އޮއްސެން އުޅެނިކޮށެވެ. ދެމީހުން ވެސް ތިބީ ވަރަށް ހާސްވެފައިކަން މޫނުމަތިން އިނގެއެވެ.

”ކަމެއް ގޯސްވީތަ؟” އަހަރެން ކޮފީއެއް ގިރާލައިގެން ގޮނޑީގައި އިށީންނަމުން މަންމައާއި ސުވާލު ކުރީމެވެ. މަންމަ އާއި ބައްޕަ ތިބީ ސޯފާގައެވެ. މަންމަ ބަލައިލީ ބައްޕަގެ މޫނަށެވެ.

”އުހޫނ. އެކަހަލަ އެއްވެސް ކަމެއް ނުވެ” ބައްޕަ އަވަސް އަވަހަށް ބުނެލިއެވެ. އަހަންނަށް ވިސްނާލާނެ ފުރުސަތެއް ނުދީ މަންމަ ތެދުވިއެވެ. އަދި އަހަރެން ގޮވައިގެން ބަދިގެއަށް ވަނެވެ. މިރެއަށް ކައްކާނީ ދެމައިން އެއްކޮށޭ ބުނަމުންނެވެ.

އޭގެ ދެދުވަހެއް ފަހުން މަންމަ އާއި ބައްޕަ ރަށަށް ދިޔައެވެ. އަދި އަހަރެން ވެސް އޮފީހުގެ މަސައްކަތުގައި މަސްއޫލުވިއެވެ.

އެއް މަސްދުވަސް ފާއިތުވެ ދިޔަ ގޮތް ވެސް ނޭނގުނެވެ. އަހަންނާއި އާހިލް ތިބީ އާހިލްގެ އޮފީސް ކެބިންގައެވެ. ދެހަފްތާ ފަހުން ޕްރޮޖެކްޓުގެ މަސައްކަތެއްގައި އަހަންނާއި އާހިލް މެލޭޝިއާއަށް ފުރަން ޖެހޭ ވާހަކަ އާހިލް ބުންޏެވެ. އަދި ދަތުރާއި ބެހޭ މުހިއްމު ލިޔެކިޔުންތައް ވެސް އަހަންނާއި ހަވާލުކުރިއެވެ. ފައިލްތައް ހިފައިގެން އަހަރެން ބޭރަށް ނިކުންނަން ހިނގައިގަތީމެވެ.

“އީޝާ” އެވަގުތު އާހިލް ގޮވާލިއެވެ. “ހޫނ..” އަހަރެން ކޮނޑުމަތިން ބަލައިލީމެވެ. އާހިލް އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އިނީ ހިނި އައިއްސައެވެ.

”ކަމެއް ނުވޭ” އޭނާ ބުންޏެވެ. އެއީ މިހާރު އޭނާ އަބަދުވެސް ކަންތައްކުރާ ގޮތެވެ. ކަމަކާ ނުލާ ވެސް އަހަންނަށް ގޮވާލަފާނެއެވެ. ސިއްރުން ބަލަން އިންދަ ވެސް ދެތިން ފަހަރަކު އަހަންނަށް ފެނިއްޖެއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ އާހިލްގެ ރުޅިގަދަ މިޒާޖު މިހާރު ބަދަލުވެއްޖެކަމެވެ. ނަމަވެސް އާހިލްގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އާހިލްއަކީ އަހަރެންގެ ބޮސް ކަން އަހަރެން ދަންނަމެވެ.

ކޮންމެއަކަސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އަހަރެން އެތަނުން ނިކުތީމެވެ. އަދި އަހަރެންގެ މަސައްކަތުގައި މަސްއޫލުވީމެވެ. ކުރެވެމުން ދިޔައީ ޕްރޮޑަކްޓު މާކެޓަށް ނެރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. ޕްރޮޑަކްޓު މާކެޓަށް ނެރެން ބަކީ އޮތީ އެންމެ މަސްދުވަހެކެވެ. ނަމަވެސް އެ މަސްދުވަސް ވެގެން ދިޔައީ އަހަރެންގެ ހަޔާތް ބަދަލު ކޮށްލި މަސްދުވަހަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

4 ވާރޭގެ ތެރެއިން
Previous

ވާރޭގެ ތެރެއިން 2

Next

ގާތުގައިވި އަނދިރިކަން 4-2

Next
September 22, 2025

ގާތުގައިވި އަނދިރިކަން 4-2

Previews
September 22, 2025

ވާރޭގެ ތެރެއިން 2

4 ވާރޭގެ ތެރެއިން

2 Comments!

  1. .... says:
    September 23, 2025 at 10:33 am

    After so longggggg

  2. Your fav bab Your fav bab says:
    September 24, 2025 at 4:02 pm

    Haadha Gina dhuvahu ge inthizaarakah fahu ga ey dhw!!
    Ekm ves loved this part😊
    Her parents anehkka eesha meehaka dhevan tha e ulheny?
    Anyways when next?
    Keep going 💕
    Ly❤️

Comments are closed.

Next Episodeފުރަތަމަ ނަޒަރުން 19←


All Right Reserved!