Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތު(4)

naberr
naberr Level 210 Stories100 Login
September 23, 2025 5 Mins Read
6 Comments

ނިޔާރާ ވިލަމް ގޭތެރޭގައި ކޮންމެ މީހަކުވެސް އެމީހަކަށް ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އެންމެ ފުރިހަމަށް އަދާކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މިޔަދަކީ ބައެއް މީހުން އެންމެ އިންތިޒާރު ކުރި ދުވަހެވެ. ނަމަވެސް ޒާރާ ގެ އިތުރުން ރައިޝާ ގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. ޒައިހާން ނިންދަވާލުމަށްފަހު ޒާރާ ފޯނު ނަގައި ރައިޝާ އަށް ގުޅާލިއެވެ.”ރައި! ޕްލޭން އަކީ ކޮބާ؟”ބެލްކަންޏަށް ނުކުންނަމުން ޒާރާ ސުވާލުކޮށްލިއެވެ.

އާންމު ގޮތެއްގައި ލުއި މޭކަޕްކުރާ ރައިޝާ މިޔަދު ފެންނަނީ ވަރަށް ތަފާތުކޮށެވެ.ހެވުމުގައި ތިބެ އެންމެންވެސް އިތުރަށް ރައިޝާ ރީތިކުރުމުގައި ޝާމިލްވިޔެވެ.” ރައިޝާ އިޒް ސޯ ލަކީ…ވިޔާމް ކަހަލަ ބައިވެރިޔެއް ކޮންމެ މީހަކުވެސް ބޭނުންވާނީ. އެކަހަލަ މީހުން ވަރަށް ރެއަރ.ރައިޝާ ޔޫ އަރ ސޯ ލަކީ”ރައިޝާ ތައްޔާރު ކުރުމުގައި އުޅުނު ކުއްޖަކު ބުނެލިއެވެ.ރައިޝާ ހެދުން އަތުތެރެޔަށް ބާރުކޮށްލެވިގެން ދިޔައިރު ހިތައް އެތަކެއް ބައިވަރު އެއްޗެހި އަރަމުންދިޔައެވެ.ވިޔާމް ގެ ފަރާތުން ބަދަލު ހިފަން ބޭނުންވި ނަމަވެސް މިޔަދު ޒަޔާން އެކަހަލަ ކަމެއް ކުުރުމަށޤ ބުނުމުން ހިންހަމަނުޖެހުނެވެ.ރައިޝާ ބަދަލުހިފަން ބޭނުންވީ ކައިވެންޏެއް ކޮށްގެން ނޫނެވެ.އޭގެ ސަބަބުން ރައިޝާ ގެ ހިތުން ޒަޔާން އަށް ދެވިފައިވާ އެކުވެރި ކަމުގެ މަގާމު ފުހެވި ރައިޝާ ޒަޔާން އަށް ނަފްރަތު ކުރެވެންފެށުނެވެ.ކޮޓަރިއަށް ވަދެގެން އައި ނާދިޔާ ފެނުމާއެކު އަވަސްއަވަހަށް ލޮލުން ވެއްޓުނު ކަރުނަ ތިކި ރައިޝާ ފޮހެލިއެވެ.”ދަރިފުޅާ!މަންމަ އަށް އެނގޭ ކިޔަވަން ބޭނުންވާކަން.މިހާ އަވަހަށް ކައިވެނި ކުރުން އެއީ ދަރިފުޅު ބޭނުންވި ކަމެއް ނޫންކަން.”ނާދިޔާ ބުނެލިއެވެ.’އެކަމު ބައްޕަ ގަބޫލު ކުރާގޮތުގައި ކައިވެނި ކުރިޔަސް ދަރިފުޅު ކިޔަވަން ބޭނުންވާނަމަ ކިޔެވޭނެ.ރައި ހަނދާން ކުރަން ޖެހޭނެ ކަމަކީ އަންބެއްގެ ހުރިހާ ވާޖިބުތައްވެސް އަދާކުރަން ޖެހޭނެކަން.ބައްޕަ ގެ ދަރިފުޅަކީ އަޒުކު ވަރުގަދަ ކެރޭ ކުއްޖެއް.ދަރިފުޅަށް ވާނެކަން ބައްޕަ އަށް ޔަގީން.ބައްޕަ އާއި މަންމަ ގެ ހެޔޮ ދުޢާ އަބަދުވެސް ދަރިފުޅާއެކުވާނެ.”ލޯބިވާ ދަރިފުޅު މިޔަދު ކައިވެނި ކުރާއިރު މިޔަދަކީ ނިޔާޒްގެ އިތުރުން ނާދިޔާ އެންމެ އިންތިޒާރު ކުރިދުވަހެވެ.ނާދިޔާގެ އިތުރުން ނިޔާޒް ވެސް ގަބޫލު ކުރާ އެއް ކަމެއް ވެއެވެ.ރައިހާން އަށްވުރެ ބޮޑަށް ބައެއް ފަހަރު ރައިޝާ އަށް އަޅާލައި ލޯބިދެވޭކަމެވެ.ރައިޝާގެ އިތުރުން ރައިހާންގެ އުފަލަށްޓަކައި އެދެމަފިރިން އަމިއްލަ ފުރާނަ ނުރައްކާތަކަށް ހުށަހެޅީ ރައިޝާމެންގެ ހުވަފެންތައް ހަގީގަްށް ހަދައިދުނަށްޓަކައެވެ.ލޯބިވާ ދަރިފުޅުމެންގެ އުފަލަށް ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާވައެވެ.ނާދިޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

“ޑެޑީ!!ޑެޑީ”ޒަޔާން އާއި ވާހަަކަ ދައްކަން ހުރި ރައިހާން ފައިގައި ޒައިހާން ދުވެފައި އައިސް ބައްދާލިއެވެ.”ލައްބަ ދޫނީ! ތިއްތި ވެގެން ދުވީމަ ޕާޓީ އަށް ދާންވާރަށް ޒައި ހުންނާނީ ވަރުބަލިވެފަ ދުވަންޏާ..”ޒައިހާން އުރާލަމުން ރައިހާން ބުނެލިއެވެ.”އޮހް ނޯ! ޒައި އަށް ލިބިފަ މީ ކޮންކަހަލަ ޑެޑީ އެއް.ފެން ވަރައިގެން ޑެޑީ ކައިރިއަށް މިޔައީ ތިއްތިވާން..ޒައި ބަލާލާފަ ނޭނގޭތަ ފުލް ރެދީ ނޫކަން.ޕިސް ކޮންކަހަލަ ޑޭޑް އެއްދޯ ތިއްތީ”މައުސޫމް ހިނިތުން ވުމެއް ރައްދު ކޮށްލަމުން ޒައިހާން ބުނެލިއެވެ.ޒައިހާން އަށް 1 އަހަރު ނަމަވެސް ވާހަކަ ހުރީ 10 ނޫނީ 15 އަހަރު ކުދިންގެ ވާހަކަ ހުންނަގޮތަށެވެ.”ޔެސް!ޑޭޑް އަކަށް ނޭނގޭނެ.ސޯ ތިއްތި ލޯބި ލޯބި ޒައި ޖެހޭނީ ޑޭޑް އަށް ކިޔާދޭން.”ކޮލުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ.ރައިހާންމެން ތިބީ ކުރީބައިގައި ތައްޔާރު ވެގެން ކަމުން ޒައިހާން ތައްޔާރު ކުރާކަށް މާގިނަ ވަގުތުތަކެއް ނުނަގައެވެ. ހުނދާއި ކަޅު ގަމީސް ލައްވާލުމަށްފަހު ޒައިހާން ބޮލުގައި ޖެލްކޮޅެއްލައި ރީތިގޮތަކަށް ރައިހާން ހަދާލިއެވެ.”މިހާރު ހިޔެއްނުވެ މީ ޑޭޑް ގެ ޒައި ހެންނެއް.ނައު ޔޫ ލުކް ލައިކް މައި ޕްރިންސް”ޒައިހާން އުނގުގައި ބައިންދާލަމުން ބުނެލިއެވެ.”ނޯ ނޯ ނޯ …ތިއްތީ ޑޭޑް މީގެ ކުރިންވެސް މިހާ މޮޔަތަ؟ޑޭޑް ޒައިގެ ޖެކެޓް ވެސް ނުލައްވަމެއްނު.ޑޭޑް އެކަނިއެއް ނޫނޭ ޖެކެޓް ލަނީ”ކުޑަ ކުޑަ ޒައިހާން އަމިއްލަ ނިއްކުރީގައި ޖަހާލަމުން ބުނެލިއެވެ.ޒަޔާން ހޭންފެށުމުން ރައިހާން ކަޅި އަޅާލުމަށްފަހު ޒައިހާން ޖެކެޓް ހިފައިގެން އައުމުން އެ ލައްވާލިއެވެ.

ކައިވެނީގެ މޭޒުދޮށުގައި ހުރި ވިޔާމްގެ ނަޒަރު އިރުއިރުކޮޅާ ދޮރާއި ދިމާލަށް ހުއްޓެމުންދިޔައެވެ.އިރުކޮޅެއްފަހުން ޒާރާ އަތުގައި ހިފާލައިގެން ރައިޝާ ލަސްފިޔަވަޅުތަކެއްގައި މޭޒާއި ދިމާލަށްއައެވެ.ރައިޝާ ގެ އިތުރުން ޒާރާ ފެނިފައި އެންމެންގެ ތައުރީފުގެ ބަސްތައް ރައިޝާ އާއި ޒާރާ އަށް އޮހެމުން ދިޔައެވެ.ރައިޝާ ލައިގެން ފިޔާތޮށި ކުލައިގެ އަތްދިގު އެހެދުމުގެެ ތިރީގައި އަލި ފިޔާތޮށި ކުލައިގެ ލޭސްގަނޑެއް ލެވިފައިވިއެވެ.އެހެންކަމުން ރައިޝާ އެހެދުމުގައި ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ.ރައިޝާ އިށީނުމާއެކު ގާޒީ ހުތުބާ ކިޔަން ފެށިއެވެ.”އަލަޢިކުމް ވަރަޙްމަތުﷲ ވަބަރަކަތު!އެންމެ ފުރަތަމަ ވެސް އަޅުނގަޑު ގާޒީ ގެ ކިބައިން މާފށް އެދެން ކައިވެނި ހުތުބާ ގެ މެދުތެރެއިން މިގޮތަށް އާދެވުނީމަ.ނަމަވެސް އަޅުގަނޑު މިގޮތަށް ތިޔަ އެންމެހާ ބޭފުޅުންގެ ކުރިމައްޝަށް އަރަންމިޖެހުނީ ކުޑަ ސަބަބަކާއި ހުރެ އެއްވެސްނޫން.އަޅުގަނޑު ގެ ފަރާތުން މިއަދު ކައިވެނި ކުރެވިގެންދާ ވިޔާމް އަށް ވަރަށް ހާއްސަ ހަދިޔާއެއް ތިޔަ އެންމެހާ ބޭފުޅުންގެ ކުރިމަތީ އަޅުގަނޑު ވިޔާމް އަށް އެ ދައްކާލަން ބޭނުން.”އެއްވެސް މީހަކަށް ވާހަކަ ދެއްކީ ކާކުކަން ނޭގުން ނަމަވެސް އެ ވީޑިއޯ ބެލުމަށް ޝައުގުވެރި ވެގެންދިޔައެވެ.ވިޔާމް ގެ ހާލަކީތޯއެ؟ ހުދު ވިޔާމައަށްވެސް އެއީ ކާކުކަން ނޭގުން ނަމަވެސް ހިތް އަވަސްވާން ފެށިއެވެ.އަތްފައި ފިނިވެ މުޅިމީހާ ދާހިތްލަން ނެގި މަދު ސިކުންތު ކޮޅެކެވެ.އެންމެން ކުރަމުން އައި އިންތިޒާރު ހުއްޓުމަކަށްއައީ ހޯލުގައި އަޅުވާލެވިފައި ހުރި ބޮޑު ސުކްރީން އަށް އަރައިގެންދިޔަ ވިޔާމް ގެ ފޮޓޯއިންނެވެ.ހިޑެން ޑީލަރސް ގޮރޫޕް ގެ ބޮޑަކީ ކާކުކަން މިހާތަނަށް އެކިފައި ނުވިނަމަވެސް މިޔަދު އެންމެނަށް އެއީ ކާކުކަން އެނގިގެންދިޔައެވެ.”މި..މިކޮ..މިކޮންކަމެއް..ހަގީގަތެއް ނެތް މިކަހަލަ ވީޑިއޯ ހަ..ހަދަ..ހަދާކަށް ލަދެ..ލަދެއް ނުގަނގޭތަ؟ކީ..ކީއްވެ ފިލާ ވާ.ވާހަކަ ދައްކަނީ..އަޅެ ކުރިމަށްޗަށް އަރާނެހާ ހިތް..ހިތްވަރު ވެސް..ނެ..ނެތް ދޯ”ބަލި ގަބޫލު ކުރަންބޭނުން ނުވެ ހުރެ އަޅައިގަންނަމުން ވިޔާމް ބުނެލިއެވެ.އެއްވެސް މީހަކު ފެންނަން ނެތުމުން ވިޔާމް އެކި ފަރާތް ފަރާތް ހޯދާލިއެވެ.ރައިޝާ އާއި އެކުގައި 2 އަަރު ފާއިތުވި ނަމަވެސް އެހާ ކައިރިން އެ ގުރޯޕު އެއްވެސް މީހެއް އަދި ރޭވުންތަކާއި ކުރާ ކަންތައް އެނގިފައެއް ނުވާކަން ވިޔާމް އަށޤ ޔަގީނާއި ގާތެވެ.”ނިި.ނިކުންނާނެ ހި.ހިތްވަރު ނެތްދޯ”ވިޔާމްގެ ހިތް ފަހަރަކަށް ވުރެ ފަހަރެއް ބާރަށް ތެޅެމުން ދިޔައެވެ.ވިޔާމް ސިއްސައިގެން ދިޔައީ އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލަ ތަދާއިއެކުގައެވެ.”ކާކަށް ތި ހޯދަނީ؟އަހަރެން މިހުރީ ކުރިމަތި..ހުސް އަހަރެންގެ ރޭވުން..ވިޔާމް ހީކުރީ އަހަރެންނަށް ނުވާނެ ކަމަށްތަ؟”މޭޒުދަށުން ނެގި ދަނގަޑުން ރައިޝާ ދޯގިދަށުގައި އަތުހުރި ބާރަކަށް ޖެހިއެވެ.ވީތަދާއެކު ވިޔާމް އަށް ރައިޝާ ގައިގައި ޖެހުމަށް އަތް މަޅާލިވަގުތު އެދޭތެރެއަށް ޒަޔާން ވަނެވެ.ޒަޔާން ފެނުމުން ވިޔާމް ގެ މޫނުމަތިން ހައިރާކަން ފާޅުވެގެންދިޔައެވެ.”އަދި ނުނިމެ މައި ލަވް..އަދި އެއް ހަދިޔާ އެބޮތް..ބަލަ”އަމިއްލަ ނަފްސު މައިތިރި ކޮށްލަމުން ވިޔާމްގެ ކޯ ފިތާލައި ޒައިހާން އުރާލައިގެން ހުރި ޒާރާ އާއި ދިމާލަށް ވިޔާމްގެ ކަރު އަބުރާލިއެވެ.”ޒާރާ؟ކަލޭ…ހުރިހާ ނުބަޔެއް..ކިހާ ބޮޑި ބަ*އެއް..މަގޭ ދިރިއުޅުން ކަލޭ ތިހަރާބު ކުރީ..ތި* އުފަލުގަ ދުވަހަކުވެސް ނޫޅޭވޭނެ..ކާކު ދަރިޔެއް”ޒަޔާން ގެ އަތް ފޮޅުވާލަމުން ވިޔާމްގޮސް ޒައިހާން ގަދަކަމުން އުރާލިއެވެ.ގަބޫލު ކުރަން ބޭނުންނުވި ނަމަވެސް ޒައިހާން އަކީ އޭނަގެ ދަރިއެއްކަން ވިޔާމް އަން އެގިގެންދިޔައެވެ.”ހަހަހަ!! ކަލޭމެނަށް މިހެން ކަންތައް ކުރެވުނަސް މަށާ މަގޭ ދަރިޔަކާ ވަތްކެއް ނުކުރެވޭނެ.”ވިޔާމް ދައްކަމުން ދިޔާ ވާހަކައިން ރައިހާންމެންގެ އިތުރުން ނާދިޔާ އާއި ރިޔާޒް އަށްވެސް ސިހުންވެގެން ދިޔައެވެ.”ގަބޫލު ނުކުރިޔަސް މީ މަގޭ އުފަންލޭ މިހިރާ ގަމާރުންތަކާ..ދެލޯ ރަނގަޅަށް ފުހެފަ މަގޭ ލޮލާ މީނަގެ ލޮލާ ބަލާބަަލަ..”ވިޔާމް ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުން ދިޔައެވެ.ރައިޝާމެން އެވަގުތު ރަނގަޅާއަށް ވިޔާމްގެ ލޮލާއި ޒައިހާން ގެ ލޯ ބަލާލިއެވެ.މާބޮޑު އެއްގޮތްކަމެއް ނެތުމުން ތައިޝާމެން ނަށް އެއީ ދޮގުކަން ފާހަކަވިއެވެ.ނަމަވެސް ރައިހާން ވަގުތުން ޑީއެންއޭ ހެދުމަށް އަވަސްވެގަތެވެ.ފަސޭހައިން ޑޮކްޓަރު ގެޔަށް އައުމަށްވެސް އެއްބަސް ވެގެން ދިޔައެވެ.

“އަނބި ގަބޫލުކޮށްފިން”ޒަޔާން ބުނެލިއެވެ.ޒަޔާން އާއި ރައިޝާގެ ކައިވެނި ކުރެވިގެން ދިޔައިރު ރައިހާން އާއި ޒާރާ ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ސްޓޭޖްގައި ތިއްބެވެ.ރައިހާން އެދުމުގެ މަތިން ގާޒީ އެންމެ ކުރިން ކޮށްދިނީ ޒާރާ އާއި ރައިހާން ގެ ކައިވެންޏެވެ.އަލަށް ކައިވެނި ކުރެވިގެން ދިޔަ ދެމަފިރިންނަށް ކޮންމެ މީހަކުވެސް ތައުރީފްގެ ބަސްތައް އޮއްސާލައެވެ.30 11  ވުމާއެކު ޕާޓީން އެންމެން މަދުވެގެން ދިޔައެވެ.އެއާއެކު ފެށިގެން ދިޔައީ ދެމަފިރިންގެ ފޮޓޯތައް ނެގުމުގެ ހަރަކާތެވެ.ރައިހާން ކައިރި ވެލުމުން ޒާރާ ދުރުވެލިއެވެ.ދެމީހުންވެސް ކައިރީގައި ތިޞީމަ ރީތިވާނީ.އޭރުން ހީވާނީ ދެމަފިރިން ހެން.”ތައިހާން ކައިރިއަށް ޒާރާ ޖައްސާލަމުން ޕޯޒަޒް ކިޔައިދޭ ކުއްޖާ ބުނެލިއެވެ.ޒަޔާން ދެކެ ކިތަންމެ ނަފްރްތެއް މިހާރު ކުރިޔަސް އެއީ ހަލާލު ފިރިމީހާކަން ރައިޝާ އަށް އެނގުން ނަމަވެސް ޒަޔާން އާއި އެކު ފޮޓޯނަގާކަށް ހިތެއްނޭދުނެވެ.ނަމަވެސް ބަރުހިލައެއް އަމިއްލަ ހިތްމަތީ ބާއްވަމުން ރައިޝާ ޒަޔާން ގައިގައި ބައްދާލިއެވެ.

ޒަޔާން ގެ ފަހަތުން ކޮޓަރިއަށްވަތް ރައިޝާ އެއްވެސް އެއްޗެއް ބުނުމެއްނެތި ފާހަނައަށް ވަދުނެވެ.ފެންވަރާލައިގެން ނުކުމެ ލައިގެން ހުރި ހެދުން ދާވަށިގަނޑައަށް ލުމަށްފަހު ބާލީހެއް ހިފައިގެން ސޯފާގައި އޮށޯވެލިއެވެ.”ރައިޝީ! އަހަރެން ބޭނުން ވާހަ-“ޒަޔާން ދައްކަމުނން ދިޔަ ވާހަކަ ރައިޝާ މެދުކަނޑާލިއެވެ.”ޒަޔާން ބޭނުންވިޔަސް އަހަރެން ބޭނުމެއްނޫން.އަޑުއިވިއްޖެތަ؟އިތުރަށް އުނދަގޫ ނުކޮށް ގޮސް ނިދާ ނޫނީ ކޮޓަރިން ނުކުމޭ”ދޮރާއި ދިމާލަށް އަތް ދިއްކޮށްލަމުން ރައިޝާ ބުނެލިއެވެ.”ރައިޝާގެ ރުޅި އަހަރެންނަށް ހައްގު.އެކަން ގަބޫލުކުރަން.އެކަމު ކީއްވެ ތިހާ ނަފްރްތު…އެވެސް ކުއްލިއަކަށް..ވިޔާމް ދެކެ ލޯބިވަނީތަ؟”ޒަޔަން އިސްޖަހާލިއެވެ.”އެކަން އެގެންޔާ ދެން ރީތިކޮށް ހުންނަންވީނު.ވިޔާމް ދެކެ ލޯތްބެއް ނުވެ.އެކަމު ބުނަން ރަނގަޅު ވާހަަކައެއް.ވިޔާމް އާއި އެއްވަރަށް އަހަރެން ކަލެއަށްވެސް ނަފްރަތު ކުރަން.ދުވަހަކުވެސް ކަލޭ ދެކެ ލޯތްބެއް ނުވެވޭނެ”ރައިޝާއަށް އޭނައަށް ޒަޔާން ދެކެ ނަފްރަތު ކުރެވިއްޖެކަން ޔަގީވެގެން ދިޔައީ މީގެ ކުރިން މީހުންނާއި ކިތަންމެ ރުޅިން ވާހަކަ ދެއްކި ނަމަވެސް “ކަލޭ”އެބަސް ބޭނުންކޮށްފައިނުވާތީއެވެ.އިތުރަށް އެއްޗެއް ބުނުމެއްނެތި ރައިޝާ އަނެއް ފަރާތަށް އެބުރި ލޯ މަރާލިއެވެ.މާޔޫސްވެފައި ހުރެ ޒަޔާން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްހިންގާލުމަށްފަހު ތުވާލިހިފައިގެން ފާހަނައަށް ވަދުނެވެ.ތަކުރާރުކޮށް ރައިޝާ އެންމެ ފަހުން ބުނެލި ޖުމްލަ ޒަޔާންގެ ސިކުނޑީގައި އެބުރެމުން ދިޔައިރު އެހިތްހީވީ މީހަކު ވަޅިއަކުން ކަފާކުދި ކުރިހެންނެވެ.

“މާމާ ޒައި ބޭނުމީ މަންމި އާ ބައްޕި އެއްކޮށް ނިދަން..ޒައި ބިރުގަންނަނީ މިޔަދު ބޭބެ ވާހަކަ ދެއްކިމަ”ޒައިހާން އަށް ރޮވެންފެށުނެވެ.ނާދިޔާ ގެ އިތުރުން ރިޔާޒްއަށް ވެސް ޒައިހާން އެބުނީ ވިޔާމްގެ ވާހަކަކަން އެނގުނެވެ.”މީ ކާފަ ގެ ކުއްޖެކޭ ދޯ…އެ ބޭބެ ބަސްނޭހީމަ ބައްޕި ޕޮލިސް ކުދިންނަށް ދިނއްނު ދޯ..ކާފަ އުނގުމަތީ އޮށޯވެބަލަ ކިޔާދޭނަން ބައްޕި ކުޑައިރު ކުރާ ކަންތަކުގެ ވާހަކަ ކިޔައިދޭނަން..”ރިޔާޒް ގެ ވާހަކައަށް ބޯ ޖަހާލަމުން ރިޔާޒް އުނގުގައި އޮށޯވެލިއެވެ.މި ކައިވެންޏަކީ ދެމީހުންގ މެދުގައި ލޯބިނެތި ކުރެވުނު ކައިވެންޏެއް ކަމުގައިވީނަމަވެސް ޒާރާ އަންބެއްގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ރައިހާން އަށް ކޮށްދިނުމަށް އަމިއްލަ ނަފްސަށް ވައުދު ވިއެވެ.ރައިހާން ފެންވަރައިގެން ނުކުތް އިރު ނަމާދުކުރުމަށް ދޮޅި އަޅައި ތައްޔާރުވެގެން ޒާރާ ހުއްޓެވެ.އެދުގައި ރައިހާން ގޭގައި ނަމާދުކުރުމަށް އާންމުކޮށް އަނދެ އުޅޭ ފޭލިއާއި ޓީޝާތެއް ނަގާފައި އޮތްތައް ފެނުމުން ތުންފަތް މައްވަށް ހިނިތުންވުމެއް ވެރިވެެންދިޔައެވެ.އަވަހަށް ތައްޔާރު ވެލައިގެން އައިސް ޒާރާ ކޮޑުގައި ރައިހާން ކޮށްޓާލިއެވެ.ދެމަފިރިން އެކީގައި ނަމާދުކޮށް ކައިވެނީގައި ބަރަކާތް ލެއްވުމަށް އެތި ދުޢާކުރިއެވެ.މުސައްލަ އަލަމާރިއަށް ލުމަށްފަހު ބާލީހަކާއި ބްލޭންކެޓެއް ހިފައިގެން ސޯފާގައި ޒާރާ އޮށޯވެލިއެވެ.”ޒާ ގައިގަ ރިއްސައެއްނު ސޯފާގަ އޮތީމަ”ރައިހާން ބުނެލިއެެވެ.”އަހަރެންގެ އެއްނު.ރައިހާންގެ އެއްނޫން.އެހެންވީމަ އެއީ ރައިހާން އާއި ބެހޭކަމެއް ނޫން.”ތައިހާން އާއި އެއްކޮޓަރިއެއްގައި ނިދަންވުމުން ޒާރާ ހުރީ އެތެރެއިން އަދައަދައެވެ.”އަހަރެންމީ ޒާރާ ގެ ހަލާލު ފިރިމީހަ މިހާރު.ޒާރާ ގެ ކޮންމެ ކަމަކީ އަހަރެންނަށް ބެހޭނެ ކަމެއް.ޒާރާގެ ނުރުހުމުގައި އަހަރެން ޒާރާ ގައިގަ އިނގިލި ކުރިވެސް ނުޖައްސާނަން.ގޮސް އެނދުގަ އޮށޯވޭ. އަހަރެން ސޯފާގަ އޮންނާނަން.”ރައިހާން ގެ ވާހަކައިން ޒާރާއަށޤ ކޮންމެވެސް ވަރަށްގެ ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.”ހުހް!ވަރަށް ފޫހި”ރައިހާން އާއި ދިމާލަސް ވައްތަރެއް ޖައްސާލުމަށްފަހު ޒާރާ ގޮސް އެނދުގައި އޮށޯތެވެ.

ފަތިސް ނަމާދަށްފަހު ޒާރާ އާއި ރައިޝާ ގެ އިތުރުން ހެނދުމުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނެވެ.ސައި މޭޒުމައްޗަށް ނަގައި ތައްޔާރުކޮށް ނިމުންއިު ގަޑިން 30 8 ވަނީއެވެ.”ޒާ ދޭ ފެންވަރާލައިގެން ސައިބޯން އަށްނަން.ރައި ވެސް މިދަނީ”ރައިޝާ ގެ ބަހަށް ބޯ ޖަހާލަމުން ޒާރާ ސިޑިން އެރުމަށް ހިނގައިގަތެވެ.”ސީމާ ހާދަގިނަ އެއްޗެހި ސަޔަށް ތައްޔާރުކޮށްފަ؟”ކުޅި ރިހަކޮޅެއް ތަށްޓަށް އަޅަމުން ނާދިޔާ ބުނެލިއެވެ.”މެޑަމް.އަޅުގަނޑު ނުކަށްކަނީ.ރައިޝާ މޭމް ޒާރާ މޭމް ހަދަނީ”އަވަސްއަވަހަށް ގޭގައި ކަންކަން ގެންގުޅޭ ސީމާ ބުނެލިއެވެ.”ބައްޕީ!! ބެލް ޖަހަނީ”ކުޅޭން އުޅުނު ޒައިހާން ދުވެފައި އައިސް ރައިހާން ޓީޝާޓުގައި ހިފާ ދަމަމުން ބުނެލިއެވެ.ޒައިހާން އުރާލައިގެން ރައިހާން ގޭ ދޮރު ހުޅުވާލިއެވެ.”ސަރ!!ޑީއެންއޭ ރިޕޯޓް”ރައިހާން އަތަށް ސިޓީ އުރަ ދިނުމުން ޝުކުރު އަދާކުރުމަށްފަހު ދޮރުޖަހާލިއެވެ”ދޯނި މިތާ ކުޅެން މަޑުކޮށްލާ!!ބައްޕި އެބަ އަށްނަން”ޒައިހާން ސިޓިންރޫމުގައި ބެއިންދުމަށްފަހު ރިޕޯޓް ހިފައިގެން ކާގެޔަށް ވަދެގެންދިޔައެވެ.އޭރު ރައިހާން ގެ ހިތް ފަހަރަކަށް ވުރެ ފަހަރެއް ބާރަށް ތެޅެމުން ދިޔައެވެ.

ނުނިމޭ…….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ކަޅު ވިލާގަނޑު

Next

ހިތުގެ ރިހުން (30)

Next
September 23, 2025

ހިތުގެ ރިހުން (30)

Previews
September 23, 2025

ކަޅު ވިލާގަނޑު

6 Comments!

  1. Elly🥀 says:
    September 24, 2025 at 7:03 pm

    Oh my god 😳 you made me really speechless 🙊 this is the best nabaa the best till today I never saw a talented best author other than you and the way you keep changing story cover also make me force to read am this much attached to this story by you nabaa
    Curiously waiting for next part
    I LOVE YOU NABAA 😍 💋

    1. naberr naberr says:
      September 24, 2025 at 7:17 pm

      Awwwww thank you a lot my DEAR ELLY this means a lot am really happy to see your cooments on each of episode i really appreciate you support and love for me
      Actually yhhh i thought it will may attract more readers hehehe and happy really happy to know that you love it ELLY
      next part half liyevifa am sorry actually sunday ga 12 fesheythu getting ready for that too so insha allah i will try to upload as soon as possible
      I LOVE YOU MORE ELLY

  2. Riyaa says:
    September 24, 2025 at 7:08 pm

    Aww this is so sweet nabaa
    Raihaan is so in love with zaaraa and zaihaan 🫠 I wonder how the result came DNA ge so curious
    Alhey raishaa keehve zayaan dheke rulhi aee I love them the care zayaan have for raishaa I want it so bad but ugh in this world its so rare
    Curiously waiting for next part
    Love you so much 💗

  3. Shiyaa says:
    September 24, 2025 at 7:10 pm

    Masha allah vrh reethi mi part vs
    Curious for next part
    May Allah bless your hard work and your family AAMEEN🤲
    LOVES YOU ❤️

  4. naberr naberr says:
    September 24, 2025 at 7:27 pm

    @Shiyaa and @Riyaa
    am really happy to know that both of you like the story yhh asluves dhw riyaa raihaan has a special love for his wif and son
    lets see results ga vaagoiy in next part ryt riyaa
    zayaan kahala partner eh adhi libeyne insha allah riyaa
    love you too
    thanks shiyaa a lot
    getting ready for 12 lil busy too but trying to upload as soon as possible
    may allah bless you and your family too shiyaa
    loves more
    aJUST CURIOUS BUT WHY DO I FEEL LIKE BOTH OF YOU ARE SIBLINGS YOU GUYS NAME ARE ALSO SO SO FIMILIAR SHIYAA AND RIYAA LIL CURIOUS

  5. shynyx inax shynyx inax says:
    September 26, 2025 at 3:17 pm

    v reethi

Comments are closed.

Next Episodeނަފްރަތު(5)←


All Right Reserved!