ނަފްރަތު(1)
އިރުގެ އަލިކަމުން މުޅި ދުނިޔެ އަލިކޮށްލީ މާލޭގެ މަގުތައް ހަލަބޮލިކޮށްލަމުންނެވެ.ކޮންމެ ދުވަހެކޭ އެއްފަދައިން ދެކޮޅަށް ސްކޫލަށްދާން ހިނގަމުންދާ ބެލެނިވެރިންނާއި ދަރިވަރުން އިތުރުން ވަޒީފާއަށް ދާ މީހުން މަގުމަތީގައި މަދެއް ނޫނެވެ.އެހެން ނަމަވެސް އެވަގުތު ހޫނު ހިނގުމެއްގައި ހިނގާފައި ދިޔަ އަންހެން ކުއްޖާއަށް ކޮންމެ މީހެއްގެ ނަޒަރު ހުއްޓެމުން ދިޔައެެވެ.ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަވަސްއަވަހަށް ފޮހެމުން ދިޔައީ ލަދުންނެެވެ.
ފަހަރަކަށް ވުރެ ފަހަރެއް ގަދަޔަށް ރައިޝާ ބޮލުގައި ރިއްސަމުން ދިޔައެވެ. ފިނި އެއްޗެއް ބޯލުމަށް ރެސްޓޯރެންޓް އަށް ވަނުމަށް ކާރު ޕާކު ކުރުމަށްފަހު އަވަސް އަވަހަށް ފެއިބި ވަގުތު ބޮލަށް އެރި އެބުރުމާއިއެކު ރައިޝާ ވެއްޓެއް ދިޔައެވެ.އެހެނަ މަނަވެސް ފަހަތުން އައި ޒުވާނާ ހުށިޔާރު ކަމާއެކު ރައިޝާ އުނަގަނޑުގާ އަތްއަޅުވާލައި އުފުއްލާލިއެވެ…
މަޑުމަޑުން އެސްފިޔާ ތަޅުލާފައި ލޯ ހުޅުވާލުމާއެކު އެނެމެ ފުރަތަމަވެސް ރައިޝާ ލޮލުގައި އަޅައިގަތީ ކައިރިގައި އިށީދެގެން ހުރި ޒުވާނާއެވެ.”ކާކު ކަލޭ ތީ! ކިހިނެއް މިތތަނަށް އަހަރެން އައީ؟” ރައިޝާ ސުވާލުތައް އެއްފަހަރާ ކޮށްލިއެވެ.”އަހަރެން މީ ޒަޔާން… އެބުރުން އަރައިގެން ވެއްޓުނީމަ ގެނައީ”ޒަޔާން ބުނެލިއެވެ.ވިޔާމް އަށް މިކަންތަކުގެ ވާހަކަ އެނގިއްޖެނަމަ ދެވަނަ ހަމަލާތަކާއި ކުރިމަތިލާން ޖެހޭނެކަން ރައިޝާ އަސް ޔަގީންވެގެން ދިޔައެވެ.”ކާކު ބުނީ އަހަރެން ގައިގަ އަތްލާން؟ އަހަރެންނަކީ މީހެ….މީހެއްގެ ހައްގެއް”އުދަނގުލުން ރައިޝާ ބުނެލިއެވެ.ލޯބީގެ ގޮތުން ރައިޝާ ވިޔާމަ އާއި ގުޅުނީ އޯ ލެވެލް ނިންމުމަށްފަހުގައެވެ.ރައިޝާ ގެ މައިންބަފައިންނަށް ވިޔާމްގެ އުޅުން ހުންނަ ގޮތުގެ ވާހަކ މީހުނެގެ ތުންތުންމަތިން ވަނީ އެތައް ފަހަރަކު އަޑުއަހައި އަމިއްލަ ލޮލަށްފެނިފައެވެ.ރައިޝާ އާއި ވިޔާމް ގުޅެން ނުރުހުންވި އެންމެ ބޮޑު އެއްސަބަބަކަށް ވެގެން ދިޔައީ ވިޔާން އަކި މާލޭގެ މަޝްހޫރު މާރާމާރީއާއި ޑްރަގް އެތެރެކުރާ ގުރޫޕެއް ކަމަށްވާ ހިޑެން ޑީލާރސް ގެ އިސްމީހާ ކަމަށްވާތީ އެވެެ.މައިންބަފައިން އެ ގުޅުން ނިންމުމަށް އެންގި ދުވަހުން ފެށިގެން ރައިޝާ އަބަދުވެސް އޮންނަނީ ކޮޓަރީގައެވެ.ކާން ބުނުމުންވެސް ބަޑުަހައި ނޫންކަމަށް ބުނެ ފުށްދާލައެވެ.ރައިޝާ އުޅުން ހުރިގޮތުން އެންމެ ފަހުން ނާދިޔާ އާއި ރިޔާޒް އެ ގުޅުމަށް މަރުހަބާ ކިޔެއެވެ. ފުރަތަމަ ކޮޅުގައި ވިޔާމް ރައިޝާ އާއި ދޭތެރޭ ކަންތައް ކުރަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެ ގުޅުމަށް 2 މަސް ފާއިތުވެގެން ދިޔަފަހުން ރައިޝާ އަށް ވިޔާން ގެ އަސްލު ކުލަވަރު ފެންނަން ފެށިއެވެ.ރައިޝާ ވެގެން ދިޔައީ ވިޔާން ގާތަށް އަންނަ ރުޅި ބާލުވަން ހުންނަ ބާލީހަކަށެވެ.ވިޔާމް ގެ އަމަލުތައް ހުންނަ ގޮތުން ވިސްނައިދޭން މަަސައްކަތް ކުރާ ކޮންމެ ފަހަރަކު ރައިޝާގެ ހަށިގަނޑަށް ވިޔާމް ގެ އަތުގެ ހަމަލާތައް މަރުހަބާ ކިޔާލައެވެ. އަތްދިގު ހެދުމަށް ރައިޝާ ބަދަލުކުރި އެންމެ ބޮދު ސަބަބަކީ ވިޔާމްގެ ފަރާތުން ލިބިފައި ހުރި ލަކުނުތައް ލޯބިވާ މައިންބަފައިނަނަށް ފޮރުވުމެވެ. ވިޔާމް ވަނީ އޭނައާއި ދުރަށްދާން މަސައްކަތް ކޮށްފިނަމަ ލޯބިވާ ބައްޕަ މަރާލާނެ ކަމަށް އިންޒާރު ދީފައެވެ.”އޭތް! އަހަރެން މިދައްކާ ވާހަކަ އަޑު އިވޭތަ؟” ރައިޝާ މޫނުމަތީގައި އަތް ހޫރުވާލަމުން ޒަޔާން ބުނެލިއެވެ.”އޭ…ކި..ކީ…ކީކޭ…އަހަރެން ގެޔަށްދާން ބޭނުން”ޒަޔާން ދެކެ ކިތަންމެ ރުޅި އައި ނަމަވެސް މަޑުމައިތިރިކޮށް ރައިޝާ ބުނެލިއެވެ.ޒަޔާން އެއްވެސް އެއްޗެއް ބުނުމެއްނެތި ފޯނު ނަގައި ފޮޓޮއެއް ދައްކާލިއެވެ.”ޔާން… އަހަ..އަހަރެން ސަ..ސަލާމަތް ކޮށްދީ ” ރައިޝާ އަށް ރޮވެން ފެށުނެވެ.”ޝްޝްޝް!! ހުއްޓާލާ! އަހަރެންނަށް ވެގެން އުޅޭގޮތް ކިޔާދީބަ ރައިޝީ އޭރުންނެއްނު އެނގޭނީ”އޯގާތެރި ކަމާއެކު ރައިޝާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޒަޔާން އޭނާގެ ބޮޑުވާ އިނގިލިން ފޮހެލަދިނެވެ.
“ރައިހާން!!! ދެން ދޭބަލަ އެ ދޮރުހުޅުވާލަން..މަންމަ މި ތަށިތައް ދޮވެލާތީއޭ މިބުނަނީ…ކަންނެތް ދަރިއެއް ހުވާ މިބުނީ…ރިޔާޒް ކަންތަކޭ”ތަށިތައް ދޮންނަމުން ނާދިޔާ ދިޔައީ ރައިހާން ގެ ކަންނެތް ކަމާއި މެދު ރިޔާޒް އަށް ކުދި ކިޔަމުންނެވެ.”ނާދިޔާ އަށްވާ ސާބަސް..މަށާއި އެއްވަރަށް ރައިހާން އަކީ ނަދީ ގެވެސް ދަރިއެއް. އަޅެ ނަދީ އޭނަ ޒިންމާދާރު ކުުރުވާބަލަ”ރިޔާޒް ވެސް ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.”މަންމަމެނަށް ސާބަސް!! އަހަރެން ވަޒީފާ އަކަށޤ އަދި ވަށްނާކަށް ބޭނުމެއް ނޫން…އަދި އެންމެ 24 އަހަރު” ކަންނެތް ކަމާއި އެކު ތެދުވެ ދޮރުހުޅުވާލަމުން ރައިހާން ބުނެލިއެވެ.”އަޖައިބެއް! އެންމެ ކިޔާފަ ކިއިާނެ 80 ވެސް. ތި ޒިންމާދާރު ވެބަލަ! ބަލާބަލަ ކޮއްކޮ. 19 އަހަރުވާން ކައިރިވެފަ އެހުރީ…އެކަމް ކޮމްޕެނީ ގެ ހުރިހާ ކަމެއް ކޮއްކޮ އެ ބަލަހައްޓަނީ”ނާދިޔާ ބުނެލިއެވެ.” ތި ވާހަކަ ބާއްވާ މިޔޮއް އައީ ރަނި ކަމަނާ!” ރައިޝާގެ ފަން އިސްތަށިގަނޑަށް ދަމައިގަށްނަމުން ރައިހާން ބުނެލިއެވެ.”ރައި..ހާދަ ފާޑަކަށް؟ ބަލީތަ؟”ނާދިޔާ ބުނެލިއެވެ.”ނޫން މި ..މަސައްކަތް ކުޑަކޮށް ގިނަވީމަ ބޮލުގަ ރިއްސާފަ” ރައިޝާ ބުނެލިއެވެ.”އޭ ކަލޭ ކޮން އިރަކު އައީ އަންގާވެސްނުލާ” އެތެރެއަށް ވަދެގެން އައި ޒަޔާން ފެނުމާއެކު ފުންމާ ރައިހާން އަހާލިއެވެ.”މިއަދު ހެނދުނު އައީ. ސަޕްރައިޒް އަކަށް ނުބުނީ…ރައިޝީ އަށް އެނގޭނެ އަށްނަކަން” ރައިޝާ އާއި ޖެހިގެން އިށީނަމުން ޒަޔާން ބުނެލިއެވެ.”ކައެ ހަމަތަ؟ އޭނަ ނަންބަރ ކައެ އަތުގަ ނުވެސް އިންނާނެ ދެން ކިހިނެއް؟އެހެންނޫނަސް ކުޑައިރުއްސުރެ ވެސް މަ ރައިސާ އަށް ނުތޮޅޭ ވަރަށް ކައެ އައިއްސަ އޭނަ އަށް އުނދަގު ކުރާނެ.”ރައިހާން ހުރީ ގަބުލުކުރަން ދަތިވެފައެވެ.ރައިހާން ބުނެލި ވާހަކައިން ނާދިޔާގެ އިތުރުން ރިޔާޒް ކައިރިއަށް ވެސް ހިނިއައެވެ. އޭރުއްސުރެ ވެސް ހީކުރަމުން އައީ ޒަޔާން އާއި ރައިޝާ ގުޅޭނެ ކަމަށެވެ.ނަމަވެސް ތަގުދީރުގައި ކަންވާން އޮތް ގޮތް އެނގޭނީ ކާކަށް ހެއްޔެވެ؟
ފެންވަރައިގެން ނުކުމެ ރައިޝާ އަލަމާރި ދޮރުހުޅުވާލުމަށްފަހު ކަޅުކުލައިގެ ދޫ ހަރުވާޅަކާއި ޖާޒީ އެއްނަގައި ލިއެވެ. ތެތް އިސްތަށިގަނޑު ތުވާލިން ހިއްކާލުމަށްފަހު ލުއި ގޮތަކަށް ރީތި ވެލިއެވެ.”ކާކަށް ދެއްކެންބާ އަހަރެން މިހާ ރިތި މިވަނީ؟ޒަޔާން؟”ރައިޝާ ހިތުގައި އެކި ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ. ޒަޔާން ރައިޝާ އަށް ލޯބި ހުށައެޅީ ވިޔާމް އާއި ރައްޓެހި ވެގެން އުޅެނިކޮށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ޒަޔާން އަކަށް އެގިފައެއް ނުވެއެވެ. ވިޔާމް އަށް އެނގުމުން ޒަޔާން އަށް އެތައް ގޮތަކުން ވަނީ އަނިޔާކޮށްފައެވެ.ރައިޝާ ގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފަޑުވާން ނެގީ ފަޅި ސިކުންތު ކޮޅެކެވެ.ވިޔާމް ގުޅަމުން ދިޔުމުން ސައިލެންޓް އަށް ފޯނު ލުމަށްފަހު ލަސް އަވަސްފިޔަވަޅު ތަކެއްގައި ރައިޝާ ތިރިޔަށް ފައިބެގެން ދިޔައެވެ.”އަވަހަށް ހިނގާ ކާނަދާން ދެކުދިން…ޒަޔާން ވެސް ދަރިފުޅާ އެކީއޭ ކާނީ ބުނީ..”ނާދިޔާ އެހެން ބުނެލިއިރު އެމޫނު މަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ.ރައިޝާ އަށް ޔަގީން ވެގެން ދިޔައީ ކުރިޔެކޭ އެއްފަދައިން މިހާރުވެސް ޒަޔާން އާއި ރައިޝާ ގުޅެން ބޭނުންވާ ކަމެވެ.”ނޫން..ފަހުން ކާނީ..ދެންމެ އަށްނަމުން އެކިގަ ކައިރި ރެސްޓޯރަންޓްއަކަށް ވަދެ އެއްޗެއް ބޯލައިގެން މިޔައީ..ޔާނު އާދެބެ ރައި އާއި އެއްކޮށް ރޫމްއަށް ވާހަކައެއް ދައްކާލަން” ޒަޔާން އަތުގައި ހިފާ ދަލާލަމުން ރައިޝާ ބުނެލިއެވެ.”އެންމެ ރަނގަޅު..ޒަޔާން އެކަމް މިރޭ އިނގޭ ދާނީ ކައިގެން” ނާދިޔާ ބަދިގެޔަށް ވަށްނަމުުން ބުނެލިއެވެ.
ރައިޝާގެ ހިތުގެ ތެޅުން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރު ވަމުންނެވެ.”ރައިޝީ ތިހާ އެނގޭހިތުން ތި ސުވާލުކުރީ.އަހަރެން ބޭނުމެއް ނޫން ދޮގެއް ހަދާކަށްވެސް. އާން އަހަރެން އަދިވެސް ލޯބިވަނީ ހަމަ ރައިޝީ ދެކެ.އައިމިނަތު ރައިޝާ ރިޔާޒް ދެކެ.އެކަމު ކީއްވެ ކުއްލި އަކަށް ި ސުވާލު ތިކުރީ؟”ސީދާ ރައިޝާ ގެ ލޮލަށް ބަލަންހުރެ ޒަޔާން ސުވާލުކޮށްލިއެވެ.” މިވީ 2 އަހަރު ތެރޭގައި އެތައް ކަމެއް ވަނީ ހިނގާފަ.ޔާނު ރައި އާއި ރައްޓެހި ވާން އެހިކަން ވިޔާމް އަށް އެނގުމުން ޔާނު އާއި ދޭތެރޭގައި ކަންތައް ކުރިގޮތް އެނގޭ.އައިމް ސޮރީ އެނގިހުރެވެސް ސަލާމަތް ނުކޮށްދެވުނީމައި.”ރައިޝާވާހަކަ ދައްކަމުން ދިޔައިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ދިޔައީ އަށްނަމުންނެވެ.”އޭގައި ރައިޝީ ކުރާނެ އެއްވެސް ކަމެއް ނެތް. މިހާތަނަށް އައިރުވެސް ފުލުހުންނަށް ހައްޔަރު ނުކުރެވިފަ އޮތް ގުރޫޕެއް އެއީ..އަހަރެނ..އެ ދޫކޮށްލާ! ރައިޝީ ބޭނުންތަ ވިޔާމް ގެ ކިބައިން ސަލާމަތްވާން؟” ޒަޔާން ރައިޝާ އަތުގައި ހިފާލިއެވެ.”ބޭނުން..ވަރަށް ބޭނުން..އެކަމު “ރައިޝާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުނީ ކުއްލި އަކަށް……
ނުނިމޭ……..
މި ވާހަކަ އަކީ ވާ ލޯބި އެނގޭނަމަ އަށްފަހު އަޅުގަނޑު ލިޔާ ދެވަނަ ވާހަކަ.ކުރީ ވާހަކަ އަށް ލިބުނު ސަޕޯޓާއި ލޯބި މި ވާހަކަ އަށްވެސް ލިބޭނެ ކަމަށް އެންމީދު ކުރަން…
follow me on insta for story updates
ID fathimathnabaaha
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Masha Allah mi part ves Vrh reethi
Vrh gina dhuvahah fahu nabaakkko ge story eh kiyaalan mi libunee umeedhu kohgen hury kiyaa lan libeyne kamah
You are my favourite author keep shining i always here for you let’s be friends naberr aa vhk dhehkin kurin ves naberr vhk liyun iru msg kureveyne tha just talk kids in
Lysm❤️
OMG NABERRRRR…
WELCOME BACK…
You have no idea, you ge new story akah reyaa dhuvaalu inthizaaru kuri vareh… And mi episode ves up veytho neynge mi site check kurevunu adhadhehves…. After all these years, a new story of yours… 😋
OMG NABERRRRR…
WELCOME BACK…
You have no idea, you ge new story akah reyaa dhuvaalu inthizaaru kuri vareh… And mi episode ves up veytho neynge mi site check kurevunu adhadhehves…. After all these years, a new story of yours… 😋😂
I’m pretty sure this one be as great as the other stories you wrote… Mi part ves hama hessa salhi…
You…. Keep it on…. You gonna shine bright…
And remember that you can do it… You really can… And if you ever think you can’t, just lemme know.. I’ll make sure you’ll never feel like you can’t do this…
Anyways… Can’t wait for the next episode..
LYSSMMMMM….
and finally here is second story as you expected
AWWW am really happy to be your fav author thanks a lot and love you
ummm am really sorry i dont remember that we talked before but umm yhh can be friends unfortunately i dont use just talk kids but doess use snap and insta you can msg me on that if you use it
LOVE YOU MORE NAYERR
WELCOME MY DEAR SOMEONE realized anonymous and someone are you kan 2 comment keema and you did tell me too dhw hahaha
dhigu inthizaarehga bahataafa vhk kiyaalan libijhjethaa n am really happy to know that you liked it thank you very much for you support and love dear
next episode nimen kairivefa iny now jus wait lil more hehe
love you more
Vrh reethi mi vaahaka