Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (އެކާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
September 4, 2025 6 Mins Read
17 Comments

މަންހަލްގެ މޫނުމަތި ރަތްވާން ނެގީ ސިކުންތު ކޮޅެކެވެ. އަވަސް ހިނގުމެއްގައި އޭނާ ގޮސް ޔަޒްދާންގެ އަތުން އޭތި ޖަހައިގަތެވެ. އެހިނދު އޭގެ ޑިސްޕްލޭ އިން ފެނުނު ދެ ރޮނގު ކޮޅުން މަންހަލްގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ.

ސިޓިން ރޫމުގައި ތިބި އެންމެންނަށް ނަޒަރެއް ދެމުން މަންހަލް އަވަސް އަވަހަށް ކޮޓަރިއަށް އައެވެ. އޭނާއާ އެކުއެކީހެން ޔަޒްދާންވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެ ޓެސްޓު ކިޓު ގޮދަޑި މަތީ ބާއްވާލަމުން މަންހަލް އެނބުރިލިއިރު ޔަޒްދާން އައިސް ހުރީ އޭނާއާ ފިޔަވަޅެއް ދުރުގައެވެ. މަންހަލްގެ ކޯތާފަތުގައި ދެއަތުން ހިފާލާފައި ޔަޒްދާން އޭނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“އަހަރެން ބައްޕައަކަށް ވަނީތަ؟ މަންހަލް މަންމައަކަށް ވަނީތަ؟” އޭނާގެ އަޑުގައި ކެތްތެރިކަމެއް ނެތެވެ. އެބޮޑު ދެލޮލުގައި ކަރުނަތައް ވަނީ ބޮނޑިޖެހިފައެވެ.

“ހްމްމް…” މަންހަލްއަށް ބުނެވުނީ އެވަރަށެވެ. އޭނާ ބޯޖަހާލިއެވެ. އިތުރަށް ވާހަކަދައްކައިފިއްޔާ އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަންނާނެކަން މަންހަލްއަށް އެނގެއެވެ.

ޔަޒްދާންގެ ތުންފަތްމަތިން ބޮޑު ހިނިތުންވުމެއް ފާޅުވެލިއެވެ. އޭނާގެ އަނގައިން ލުއި އާހެއްގެ އަޑު ބޭރުވިއެވެ. އެ ދެ ލޮލުން ފައިބައިގެން އައި ހޫނު ކަރުނަ ތިކިތައް ޖެހުނީ މަންހަލްގެ އަތްތިލައިގައެވެ. އޭނާ މަންހަލްގެ ގައިގައި ބައްދައިގަނެފައި އޭނާ ހިއްލާލާ ވަށައިގެން އެނބުރިލިއެވެ. ދެން ބިންމަތީގައި މަޑުމަޑުން ބަހައްޓާލުމަށްފަހު އެ މޫނުމަތީގައިވީ ކޮންމެ ގުނަވަނަކަށް ނުހަނު ލޯބިން ބޮސްދިނެވެ. އެތައް ފަހަރަކު ބޮސްދިނެވެ.

“ޔަޒްދާން..” ޔަޒްދާންގެ މޫނުގައި ހިފަހައްޓާލާފައި މަންހަލް ގޮވާލީ މަޑުމައިތިރި ކަމާއެކުއެވެ. އޭރު އޭނާގެ ލޮލުން ހިމޭން ކަރުނަތިކިތައް ފައިބަނީއެވެ.

“ތެންކިޔު.. ތެންކިޔު ސޯ ސޯ ސޯ މަޗް..” މަންހަލްގެ ދެއަތުގައި ހިފާލާފައި އެދެއަތުގައި ވެސް ޔަޒްދާން ބޮސްދިނެވެ.

“މަންހަލް ބޭނުން ނޫނީ-” މަންހަލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި ޔަޒްދާންއަށް ވިސްނުނީ އެހެން ގޮތަކަށެވެ. އެހެނަސް އޭނާގެ ޖުމުލަ ނުނިމެނީސް މަންހަލް އޭނާގެ އަނގަމަތީގައި އަތް އަޅައިފިއެވެ. މަންހަލްގެ ދެލޮލުން އެއްޗެއް ދެނެގަނެވޭތޯ ޔަޒްދާން މަސައްކަތްކުރިއެވެ. އެދެލޮލުން އައި ކަރުނަތައް އޭނާ އިރުކޮޅު ކޮޅާ ފުހެލަދެއެވެ. ޔަޒްދާންގެ ދެލޮލަށް ބަލަން ހުރުމަށްފަހު މަންހަލް އޭނާގެ ގައިގައި ބާރަށް ބައްދައިގަތީއެވެ. އަޑުން އަޑުނަގާ މަންހަލްއަށް ރޮއެގަނެވުނެވެ.

ހަރަކާތެއް ކޮށްލަން ނޭނގިފައި ޔަޒްދާންއަށް ހުރެވުނީއެވެ. ބުނަންވީ އެއްޗެއް، ކުރަންވީ ކަމެއް އޭނާގެ ހިތަކަށް ނައެވެ. މަންހަލްގެ އުނަގަނޑުގައި ދެއަތް ވަށާލަމުން އޭނާ ހަމަޖެހެންދެން ޔަޒްދާން މަޑުކުރިއެވެ. ތަފާތު ހިޔާލުތަކުން އޭނާގެ ސިކުނޑި ކަމުން ދިޔައެވެ. އެތައް އިރަކު ރޮއެރޮއެފައި ގިސްޖަހަމުން މަންހަލް ޔަޒްދާންއާ ދުރުވެލިއެވެ. އޭރު ރޮއެރޮއެ އެދެލޯ ހުރީ ރަތްވެފައެވެ.

“މަންހަލް ވަރަށް އުފާވޭ. ވަރަށް ބޮޑަށް އުފާވޭ. އުފަލުން ރޮވުނީ.. އެކަމަކު.. އެކަމަކު ބިރުގަނޭ. މަންހަލްއަށް ރަނގަޅު މަންމައަކަށް ނުވެވިއްޖެއްޔާ ކިހިނެއް ހަދާނީ؟” ޔަޒްދާންއަށް އެއްޗެއް ބުނެވުމުގެ ކުރިން މަންހަލް ވާހަކަދެއްކިއެވެ.

“އެހާ ހާސްނުވެބަލަ މަންހަލްލް. އަހަރެން މިހުރީނު މަންހަލް ގާތު.. މަންހަލް ވާނީ ވަރަށް ރަނގަޅު މަންމައަކަށޭ. އެކުދިންދެކެ އެންމެ ލޯބިވާ އެންމެ އޯގާތެރި މަންމައަށް..” މަންހަލްގެ ކޯތާފަތުގައި ފިރުމާލާފައި ޔަޒްދާން މަޑުމައިތިރި ކަމާއެކު ބުންޏެވެ.

މަންހަލް އަތުލަފިކޮށްގެން ގެންގޮސް އެނދުމަތީގައި ބައިންދާފައި ޔަޒްދާން އަލަމާރިން ތެތް ޓިޝޫ ބޮނޑިއެއް ހިފައިގެން އައެވެ. ޓިޝޫއަކުން މަންހަލްގެ މޫނުމަތި ފުހެލަދީފައި ފެންފުޅިއެއް ނަގައި އޭނާގެ ތުމުގައި ޖައްސައިދިނެވެ.

“އިހަށް އަރާމުކޮށްލާ.. މާ ގިނައިން މިއަދު ތި ރޮއުނީ… ބަނދަރަށް ގޮސް އަވިގަނޑުގަ އުޅުނީމަ ވެސް ލޮޑުވެފައެއްނު ހުންނާނީ..” މަންހަލްގެ އަތުން ފެންފުޅި ނަގާ މަތިގަނޑު ޖަހަމުން ޔަޒްދާން ބުނެލިއެވެ.

“އެކަމަކު ބައްޕަ..” ޔަޒްދާންގެ އަތުގެ މުލައްދަނޑީގައި ހިފާލާފައި މަންހަލް ބުންޏެވެ.

“ބައްޕަ ކައިރީ އަހަރެން ބުނާނަމޭ މަންހަލް ލޮޑުވީއޭ..” މަންހަލް އޮށޯތުމުން އޭނާގެ މަގަތުގައި އިށީނދެފައި ޔަޒްދާން ބުންޏެވެ.

“ހޫން.. ޔަޒްދާން ވެއްޖެ އެހިފައިގެން ސިޓިން ރޫމަށް ނިކުންނަން..” ޔަޒްދާންގެ އަތުގައި ޖަހާލާފައި މަންހަލް ބުނެލިއެވެ.

“މަންނައަކަށް ނޭނގޭނެ އަހަރެން އެކްސައިޓްވި ވަރެއް ދޯ.. މާގިނަ އެޑްރެނަލިން އެއްފަހަރާ ލިބުނީމަ އެހެން މީހުން މަތިން ވެސް ހަނދާންނެތުނީ..” ޔަޒްދާން ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތުކޮޅު ހަނދާންވުމުން މިފަހަރު އޭނާވެސް ލަދުގަތެވެ.

ނަސްރާއާއި ޒަހީނާ ވާނުވާ ނޭނގި ތިބެ އެކަކު އަނެކަކަށް ބަލައިލިއެވެ. ޔުނާންއާއި ޔޫވިން ދެމީހުންނަށް ބަލައިލާފައި ދެލޯ ބޮޑުކޮށްލިއެވެ. ސާހިލް އިސްދަށަށް ޖަހާލީއެވެ. ސުހައިލް އިނީ އެކުޑަ ވަގުތު ކޮޅުތެރޭ ވީގޮތް ނަގައިނުގަނެވިފައެވެ. މަރްޔަން އިނދެފައި ޝަޔަމްއަށް ނިތްއެއްލިއެވެ. ތަންކޮޅެއް ދުރުގައި ކޮޅަށް ހުރެފައި ޝަޔަމް މަރިޔަންއާ ކައިރިވެލިއެވެ.

“އެއީ ޕްރެގްނެންސީ ކިޓެއް ދޯ؟” މަރިޔަންގެ ކަންފަތާ އަނގަ ކައިރިކޮށްލާފައި ޝަޔަމް އަހާލިއެވެ. މަރިޔަން ބޯ ޖަހާލީއެވެ.

“ކޯޗެއްތަ އޮތީ؟ ޕޮސިޓިވްތަ؟ ޝަޔަމްއަށް ކަމެއް ފާހަގައެއް ނުވޭތަ؟” މަރިޔަން ވާހަކަދެއްކީ ވައި އަޑުންނެވެ.

“މިހާރު ދުވަސްކޮޅެއް ވެއްޖެ އަބަދު ލޮޑުވާތީ އުޅޭތާ. ހެނދުނު ރޮށި ފިހަން ގޮސް ވެސް އިންނާނީ ފާޑަކަށް. ކުނި ކަހަން ވެސް ދާނީ ދޮންތަ. އެހާ ފަސޭހައިން ރޯންވެސް ރޮއޭ..” ޝަޔަމް ވެސް ވާހަކަދެއްކީ އެހާ މަޑުންނެވެ. “ޔޫވިންއަށް ފެންނާނެ ކަންނޭނގެ. އޭނާ އެއިނީ ދޮރު ކައިރީގަ. ދޭބަލަ އަހަން.”

“ދަރިފުޅާ މަރިޔަން؟” ޝަޔަމްއާ ދެމީހުން އެކަނި ތިބެ ވާހަކަދައްކާތަން ފެނިގެން އަފީފާ ގޮވާލިއެވެ.

“ގެއަށް ދާންވީތަ؟” ޔޫވިންއާ ކައިރިވެލާފައި މަރިޔަން ޖަވާބުދިނެވެ.

“ނޫން އަދި މަޑުކޮށްލާނީ..”

“ފެނުންތަ؟” ކުޑަކޮށް ގުދުވެލާފައި މަރިޔަން، ޔޫވިން ގާތު އަހާލިއެވެ. ނަސްރާއަށް ބަލައިލާފައި ޔޫވިން ބޯ ޖަހާލިއެވެ. އޭނާ އިނީ ހިނި އަންނަން ނުކެރިފައި ކަހަލައެވެ.

“ޕޮސިޓިވް..” މަރިޔަން އިތުރު ސުވާލެއް ނުކުރަނީސް ޔޫވިން ބުނެލިއެވެ. މަރިޔަން ޝަޔަމްއަށް ބަލައިލާފައި ނިތް އެއްލިއެވެ.

“ކޮބާތަ މިހާރު މަންހަލް؟ ބައްޕަ އައިމަ ބައްޕަ ބަހައްޓާފަ މިހާރު ކޮންތާކަށް އެދިޔައީ؟ ޝަޔަމް ދޭބަލަ އެމީހުންނަށް ގޮވާލަން.” ޒަހީނާ ސުވާލުކޮށްލިއެވެ. ދެމަފިރިން ކޮޓަރިއަށް ވަދެ މާގިނައިރު ވާން ފެށުމުން އޭނާ އިނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

“އަންނާނެއްނު އިރުކޮޅަކުން..” ޝަޔަމް ކުރިއަށް ދާން ނެގި ފިޔަވަޅުތައް ހުއްޓުވާލީ ސާހިލްއެވެ. ޝަޔަމްއަށް ބަލައިލާފައި އޭނާ ހިނިތުންވެލިއެވެ. އެމޫނަށް ބަލައިލާފައި އެއީ ޝަފްނާއާ އަޒީމްގެ ދަރިފުޅުކަން ސާހިލްއަށް ދެނެގަނެވުނެވެ.

އިރުކޮޅަކުން ޔަޒްދާން ކޮޓަރިން ނިކުމެގެން އަންނަތަން ފެނުނެވެ. ޝަޔަމްއަށާއި މަރިޔަންއަށް ޔަޒްދާން ފެނުމާއެކު ލާނެތް ގޮތަކަށް ހިނިތުންވެލާފައި ބުމަ އަރުވާލިއެވެ. ޔޫވިންއާ ޔުނާންވެސް ޔަޒްދާންއަށް ބަލައިލާފައި ހިނިއައެވެ.

“ކޮބާ މަންހަލް؟” ޒަހީނާ އަހާލިއެވެ.

“ނިދުނީ. ކުޑަކޮށް ބަލިކޮށް އުޅެނީ މިއަދު..” އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމުން ލަދުން ބޯ ކަހާލާފައި ޔަޒްދާން ބުނެލިއެވެ.

“ކުޑަކޮށް؟” ޝަޔަމްއަށާއި މަރިޔަންއަށް ބުނެވުނީ އެއްފަހަރާއެވެ. ޔަޒްދާން ދެ ލޮލުން އިންޒާރު ދިނުމާއެކު ދެމީހުންވެސް ‘ހައްޕު’ ކިޔައިފިއެވެ.

“ކިހިނެއްވީ؟ މަންހަލް ވަރަށް ބަލީތަ؟ ހުން އައީތަ؟” ކަންބޮޑުވެފައި ސާހިލް އަހާލިއެވެ. ޒުވާން ކުދިންގެ މެދުގައި ދެކެވެމުންދާ ‘ސިއްރު’ ވާހަކަތައް އޭނާއަށް އަޑުއިވޭ ކަހަލައެވެ.

“އެއީ.. އަނެއް.. ވަރަށް ލޮޑުކޮށް އުޅެނީ މިއަދު. ހޭލައިގެން ވެސް ހޮޑުލަވާތީ އުޅުނީ.. އަނެއް.. މިރޭ ޑޮކްޓަރަށް ދައްކާލަން ދާން ކިޔައިގެން މިއުޅެނީ..” ސާހިލް ބަލައިލާ ގޮތުން ޔަޒްދާންގެ މެއަށް ދަނީ ހޫނުފެން އެޅިގެންނެވެ. ވާހަކަދެއްކެނީ އަޅައަޅައި ގަންނަމުންނެވެ.

މެންދުރު ނަމާދަށް ކައިރިވަމުން ދިޔައިތީ ސައިގެ ކަންތައް ނިންމާލާފައި ނަސްރާމެން ސައިކަލު ތަކުގައި ގެއަށް ދާން މިސްރާބުޖެހިއެވެ. ޔުނާންއާ ސާހިލް އެމީހުންނަށް ޙާއްސަ ކޮޓަރިއަށް ވަނީ ދަތުރު ވަރުބަލި ފިލުވާލުމަށެވެ.

ޒަހީނާ އަފީފާމެންނާއެކު އެގެއަށް މެންދުރު ކައްކަން ދިއުމުން ޖޫސް ބޮއުން ތަށިތައް ދޮވެ، ސިޓިން ރޫމް ފޮޅާލާފައި ޝަޔަމް އައިސް ވަނީ ކޮޓަރިއަށެވެ. ފޯނު ނަގާ ވައިބާއަށް ވަދެ އޭނާ ބައްޕަގެ ޗެޓު ހުޅުވާލިއެވެ.

“ސާހިލްބެ އައިސްފި.” ޝަޔަމް މެސެޖް ކޮށްލިއެވެ.

“ރާއްޖެ އައީ؟” އަޒީމް މެސެޖް ސީން ކުރީ ފަޅި ސިކުންތެއްގެ ތެރޭގައެވެ.

“ހްމް.” ޝަޔަމް ލިޔުނެވެ.

“މަންމައަށް އެނގޭތަ؟” އަޒީމްގެ ސުވާލުކުރިއެވެ.

“ނޭނގޭނެ، ނުބުނިއްޔާ ރަނގަޅުވާނީ.. ހަމައެކަނި ބައްޕަ ކައިރީ މިބުނީ.” ޝަޔަމް ފޮނުވި މެސެޖް އަޒީމް ކިޔާލިއެވެ.

“ބައްޕަ މަންމައާ ވާހަކައެއް ނުދައްކަން..” ޖަވާބުގައި އޭނާ ފޮނުވިއެވެ. “ސާހިލް ރަނގަޅުތަ؟ ނުހައިކް އައިތަ؟”

“ރަނގަޅު.. ނުހައިކް އެއީ ކާކުތަ؟ މަންނުގެ-” މެސެޖް ލިޔަމުން ދަނިކޮށް ޝަޔަމްއަށް ފޯނު ކޯލެއް އަންނަން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އޭނާ ބައްޕަގެ ޗެޓުން ނިކުމެ ވައިބާގައި ނަންބަރު ‘ސާޗު’ ކުރިއެވެ. އެހެނަސް އެއީ ވައިބާ ބޭނުންކުރާ ނަންބަރަކަށް ނުވިއެވެ. ދެ ޚިޔާލެއްގައި ހުރެފައި ވެސް އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ޝަޔޫ..” އޭނާގެ ކަންފަތުގައި ޖެހުނީ އެއަޑެއް އަހާލުމަށް އޭނާގެ ހިތް ކެތްމަދުވެފައިވީ އަޑެވެ. ޝަޔަމްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ހަމައެއާ އެކުއެކީހެން އޭނާގެ ލޮލަށް ކަރުނަތައް ވެސް ޖަމާވެއްޖެއެވެ.

“ޖާވިދު!” ޝަޔަމްގެ އަޑު އައީ ފޭދިގެންނެވެ.

“ޝަޔަމް.. އައިމް ސޮރީ!” ޖާވިދުގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ.

“ޖާވިދު.. ކީއްވެ؟ ކީއްވެ އެހާ ދުވަސްވަންދެން ނުގުޅާ ހުރީ؟ ކީއްވެ؟” ޝަޔަމްއަށް ޝަކުވާ ކޮށްލެވުނެވެ.

“އަހަންނަށް ނުކެރުނީ. ގަބޫލުކުރޭ! އެނގޭ މަންމަ ކައިރީ ނޫންކަން ތިއުޅެނީ. އެރަށުގައެއް ވެސް ނޫން ދޯ ތިއުޅެނީ؟ ދޮންތަ ކައިރީތަ ތިހުރީ؟” ޝަޔަމްގެ ހިތް އޭނާއަށް ޓަކައި ސާފުވޭތޯ ޖާވިދު މަސައްކަތް ކުރިއެވެ. ޝަޔަމްއަށް ނުގުޅިއަސް އޭނާ ޝަޔަމްގެ ކަންތައްތައް ހޯދާކަން އަންގައިދިނެވެ. “ޝަޔޫ ބައްޕަ ފެނުން ދެ ދުވަހަކު. ބަލައިލާ ގޮތުން އަހަރެން ހޭނެތޭ ވަރުވޭ. ޝަޔޫއަށް ގުޅަން ނުކެރެނީ އަސްލު އެހެންވެ.”

“ހްމް. ބައްޕަ އަހަރެން ގެނައީ ދޮންތަ ކައިރިއަށް. ހުޅުލެއިން ލޯންޗެއްގަ އައީ. މާލެވެސް ނުދަން.” ޝަޔަމް ވީގޮތް ކިޔައިދިނެވެ.

“ބައްޕަ ވަރަށް އެއްޗެހިކީތަ؟” ކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވަން ޖާވިދު ބޭނުންވިއެވެ.

“ނޫން. އެއްވެސް އެއްޗެއް ނުބުނޭ. ރަށަށް އައިސް ދޮންތަ ކައިރިއަށް ލާފަ ފުރަން ދަމުން ބުނީ ބައްޕަ ޝަޔޫއަށް ވަރަށް އިތުބާރު ކުރީމޯ. އެކަހަލަ މަންޒަރެއް ފެނުނީމަ ބައްޕަ ވަރަށް ލަދުގަތޭ ބުނީ. ދުވަސްކޮޅެއް ދޮންތަ ކައިރީ މަޑުކުރާށޯ. ބައްޕަ އަންނާނަމޯ ބަލައި.. މާލެ ގޮސްފަވެސް ގުޅައިގެން ވާހަކަދައްކަނީ ވަރަށް މަދުން..” ޝަޔަމް ހަތަރު މަސް ދުވަސް ޚުލާސާ ކޮށްލިއެވެ. “ޖާވިދު ކީއްކުރީ؟”

“ޝަޔަމް ދިޔައިމަ އަހަރެން ވެސް އެއްޗެހިތައް ޕެކްކޮށްގެން އައީ. މިހާރު އުޅެނީ އެހެން ވަޒީފާއެއްގަ. ޑެލިވަރީ ކޮށްދެނީ.. އެނގޭތަ، މިހާރު މަންމަ ވެސް ވަރަށް ރަނގަޅު. އެއްވެސް އުނދަގުލެއް ނެތި ވާހަކަ ދެއްކޭ..” ޖާވިދު ވެސް އޭނާގެ ވާހަކަތައް ހިއްސާކުރިއެވެ.

“ޝަޔަމް.” ވަރަށް މަޑުމައިތިރިކޮށް ޖާވިދު ގޮވާލިއެވެ.

“ކީކޭ؟” ޝަޔަމް ބުންޏެވެ.

“އަހަރެން ބުނީމެއްނު.. އެންމެ ފުރަތަމަ ހެކި ލިބުން އަވަހަކަށް ޝަޔޫއަށޭ ދައްކާނީ.. އަހަރެންނަށް.. އަހަންނަށް އެހީވާނެ މީހަކާ ދިމާވެއްޖެ. ވީޑިއޯއެއް ލިބުން. އެކަމަކު މިހެންނެއް ނުފޮނުވޭނެ.” ޖާވިދު ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.

“އަހަރެން މާލެ ގެންދެބަލަ. ޕްލީޒް..” ޝަޔަމް އާދޭސްކުރިއެވެ. ޖާވިދު ނުފެނި ގިނަދުވަސްވީ ވަރަކަށް ޝަޔަމްގެ ހިތަށް އުނދަގޫ ވަނީއެވެ.

“ކިހިނެއް؟ ޔަގީންތަ އޭތި ބަލަން ބޭނުންކަން.” ޖާވިދު ސުވާލު ކުރިއެވެ.

“ޔަގީންވީމައޭ މިބުނީ. އަހަންނަށް ޓިކެޓް ނަގައިދީ. މާލެ ދާނަން. ކޮންމެވެސް ގޮތެއް ހޯދާނަން.. ޕްލީޒް!” ޝަޔަމް އާދޭސްކުރިއެވެ.

“މާދަން؟” ޖާވިދު އަނެއްކާވެސް ސުވާލު ކުރިއެވެ.

“އޯކޭ. މެންދުރަށް ފުރާ އެއްޗެއް އޮތްތޯ ބަލާބަ. މެންދުރު ފަސޭހަވާނެ..” ޝަޔަމް ހުރީ ކެތްމަދުވެފައެވެ.

“އެންމެ ރަނގަޅު. އަހަރެން ވައިބާ ހަދާފަ މެސެޖު ކުރާނަން. މިގަޑީގަ މަންމަ ގޮވައިގެން ތެރަޕީއަށް އައިސް މި ހުރީ. މިހާރު އެ ނިންމާލީ..” ފޯނު ބާއްވަން ޖެހިއްޖެކަން ޖާވިދު އަންގާލިއެވެ.

“ސަލާން ބުނައްޗޭ!” ޝަޔަމް އެދުނެވެ.

“އޯކޭ.” އަވަސްއަވަހަށް ޖާވިދު ފޯނު ކަނޑާލިއެވެ.

ދެލޯ ހުޅުވާލައިގެން މަންހަލް އިރުކޮޅަކު އޮތެވެ. އޭރުވެސް ހުރީ ބޮލަށް ބަރުވެފައެވެ. އެއްފަރާތަކަށް ބަލައިލި އިރު ޔަޒްދާންވެސް ކައިރީގައި ނިދާފައި އޮތެވެ. މެންދުރު ނަމާދު ނުކުރެވޭކަން ހަނދާންވެ އޭނާ އަވަސް އަވަހަށް ތެދުވިއެވެ. ގަޑި ބަލައިލި އިރު ތިނެއް ޖަހަން ފަނަރަ މިނެޓު ހުއްޓެވެ. ވުޟޫކޮށްގެން ނިކުމެ، ނަމާދުކޮށް ނިންމާލާފައި ގަޑި ބަލައިލި އިރު އަސުރު ނަމާދަށް ދިހަ ވަރަކަށް މިނެޓަށް ވެއްޖެއެވެ. ބޭރަށް ނިކުންނާނީ އަސުރުކޮށްގެންނޭ ހިތާ މުސައްލަ ނުނަގައި ބާއްވާފައި އެނދާ ކައިރިވެލީ ޔަޒްދާންއަށް ގޮވާށެވެ. ދެ ފަހަރަކު އޭނާގެ ކޮނޑުގައި ކޮއްޓާލި އިރަށް ހޭލައިފިއެވެ. ދެލޯ ހިމަކޮށްގެން އޭނާ މަންހަލްއަށް ބަލަން އޮތެވެ.

“ތެދުވޭ ދެން، މިހާރު އަސުރުވީ. ކީއްވެތަ މެންދުރު ނަމާދު ކުރަން ނުގޮވީ؟” މަންހަލް ސުވާލުކޮށްލިއެވެ.

“އަޅެ، ނުގޮވަންތަ؟ މިތެދުވަނީއޭ ބުނީމަ އަހަރެން ޖައްސާލީ..” ޔަޒްދާން ތެދުވެލާ ފާރުގައި ލެނގިލިއެވެ. މަންހަލް ބަލި ހަނދާނެއް ވިއެވެ. ޔަޒްދާން ގޮވީމާ އޭނާއަށް ހޭލެވިފާ އަނެއްކާވެސް ނިދުނީއެވެ. ހިނިތުންވެފައި މަންހަލް ތުންފަތުގައި ޒިބު އަޅުވާލިއެވެ. “މިރޭ ޖެހޭނެ ޑޮކްޓަރަށް ދައްކަން ދާން.”

“ހްމް.. ކައިފިންތަ؟” މަންހަލް ތެދުވެ ހެޑްބޯޑު މަތީ އޮތް ފޯނު ނެގިއެވެ. ޝަޔަމްއާ މަރިޔަންގެ އިތުރުން ނަސްރާވެސް ގުޅާފައި އޮތެވެ.

“އާނ، އެކަމަކު ކާން ދިޔައިރު ބަފައިބެ އަހައިފި ދަރި ކޮބައިހޭ. ބަފައިބެއަށް ހީވާނީ އަހަރެން މަންނަ ނިންދަވަނީއޭ..” ކަންނެތްކަމާއި އެކު އެނދުން ތެދުވަމުން ޔަޒްދާން ވާހަކަ ދެއްކިއެވެ. “މާމަ ބުނި މަންހަލް ހޭލީމަ ގޮވައިގެން ކާން ދައްޗޭ.”

“އަސުރު ނަމާދު ކޮށްގެން އާދޭ ބަލައި.” މަންހަލް އެދުނެވެ.

“ބަޓަފްލައި ބޭނުން ގޮތެއް..” އެއްލޯ މަރާލާފައި ޔަޒްދާން ބުނެލިއެވެ. މަންހަލް ރަކިވީ ދުވަސްތަކަކަށް ފަހު ޔަޒްދާން އޭނާއަށް އެނަމުން މުޚާތަބު ކުރީތީއެވެ.

އަސުރު ނަމާދު ކޮށްގެން މަންހަލް ކޮޓަރިން ނިކުތް އިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒަހީނާ އުޅޭ ކޮޓަރި ބަލައިލި އިރު ޝަޔަމްއާ ޒަހީނާ ވެސް ތިބީ ނަމާދަށް އަރައެވެ. ސިޓިންރޫމު ދޮރުމަތީ އިތުރު ފައިވާނެއް ނެތުމުން ބައްޕައާ ޔުނާން ވެސް ގޭގައި ނޫޅޭކަން މަންހަލްއަށް އެނގުނެވެ. ފޫހިވެގެން މަންހަލް މަގު މައްޗަށް ނިކުތެވެ. ޖެހިގެން އޮތް މަގަށް ނުކުމެ ދެފަރާތް ބަލައިލި އިރު ދުރުން އައިޝާ އަންނަތަން ފެނުނެވެ.

“ހާއި.. ކިހިނެއްތަ؟” މަންހަލްއާ އަރާ ހަމަކޮށްފައި އައިޝާ ބުންޏެވެ.

“ކުޑަކޮށް ބަލިކޮށް މިއުޅެނީ..” މަންހަލް ހިނިތުންވެލިއެވެ.

“ކިހިނެއްވީ އަނެއްކާ؟” ކަންބޮޑުވެފައި އައިޝާ ސުވާލުކުރިއެވެ.

“އަހަރެން މަންމައަކަށް ވަނީ…” މަންހަލްގެ ހިނިތުންވުން ފުޅާވެލި އިރު އޭނާ ފެންކަޅި ވެއްޖެއެވެ. އޭނާ އައިޝާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މަންހަލް ހީކުރީ އައިޝާ ވެސް އުފާވާނެ ކަމަށެވެ. އެހެނަސް އެދެލޮލުން ފެނުނު އަސަރުން މަންހަލްގެ ހިތް ބިރުގަތެވެ. ދުލުން ބޭރުވި ބަސްތައް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށް އެރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހަވޭލީ – ވިހިވަނަ ބައި

Next

އަބަދަށް-33

Next
September 4, 2025

އަބަދަށް-33

Previews
September 4, 2025

ހަވޭލީ – ވިހިވަނަ ބައި

17 Comments!

  1. lilyy says:
    September 4, 2025 at 1:28 pm

    woww mi part vrh reethi
    mannu manma akah vany dhww
    cant wait for nxt part❤️✨

    1. Aayaa Aayaa says:
      September 4, 2025 at 5:25 pm

      Thank you lilly! ☺️🤍 Yes, she’s going to be a Mom..

  2. lilyy says:
    September 4, 2025 at 1:28 pm

    woww mi part vrh reethi
    cant wait for nxt part❤️✨

    1. Aayaa Aayaa says:
      September 4, 2025 at 5:28 pm

      Thank you dear!
      In Sha Allah v avahah kiyaalan libeyne..

  3. GURRRRL says:
    September 4, 2025 at 2:32 pm

    Maasha Allah mi prt vx vrh salhi..
    Manhal n yzdhaan parens ah wany dhww
    Curiously waiting for the nxt prt
    Whn nxt???
    Tc.. Lyy💛💜

    1. Aayaa Aayaa says:
      September 4, 2025 at 5:34 pm

      Thank youu GURRRRL!☺️🤍
      Yup, they’re going to be parents sooon.
      Dhuvaheh bunaakah nukereyne, ekamaku varah avahah neredheynan In Sha Allah.
      You take care too.. 🥰😁

  4. Someone says:
    September 4, 2025 at 9:38 pm

    Yayaya finally they are going to be parents ❤️. Ekam Aisha haadha biruveriyey plxx don’t mannu and yazdhaan dhurunukuraathi

    Varah reethi mi part vess
    Can’t wait for next part ❤️❤️

    1. Aayaa Aayaa says:
      September 6, 2025 at 5:09 pm

      Thank you Someone! ☺️🤍

  5. Lulu says:
    September 6, 2025 at 10:29 am

    Haadha lahunney ep upload vany
    Mi vahaka mihen dhanikon mihaaru baeh authors 4 or 5 vaahaka ninmaafi

    1. lala says:
      September 6, 2025 at 2:12 pm

      frrrr kiyaa hiyvx kedijje mi

    2. Aayaa Aayaa says:
      September 6, 2025 at 5:15 pm

      Thank you Lulu and lala for the comment! I’m sorry it takes too long to upload. But I just want to let you know I upload the parts as soon as I finish writing them. In Sha Allah I’ll do my best to post the parts sooner. ☺️🤍

  6. luv says:
    September 13, 2025 at 10:30 pm

    heyy
    kon irkn nxt part upload kohladheynee
    i jst cant waitt✨❤️

    1. Aayaa Aayaa says:
      October 11, 2025 at 2:58 pm

      Hiii.. I have written the story. In Sha Allah today or tomorrow you’ll get to read it.. Sorry for making you wait :⁠( 🤍

  7. Unknown says:
    September 22, 2025 at 4:46 pm

    When next party it’s been weeks now
    I can’t wait anymore😭♥️

    1. Aayaa Aayaa says:
      October 11, 2025 at 3:01 pm

      I’m trying to upload it soon In Sha Allah.. 😊🤍

  8. Mrs.aiman says:
    October 7, 2025 at 10:57 am

    Heyyy when next part upload kurany its been sooo long

    1. Aayaa Aayaa says:
      October 11, 2025 at 3:05 pm

      I knowwwww… 😞 I haven’t had the time to write in the last month.. I’m back now and the next part is going to uploaded soon In Sha Allah! 😊🤍

Comments are closed.

Next Episodeއިންސާފް (ބަޔާޅީސްވަނަ ބައި)←


All Right Reserved!