Skip to content
އެސްފިޔަ

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (11)

ޔައީ…” އިޒްކާން ޔައިޝާއަށް ގޮވާލިއެވެ. ޔައިޝާ އިސްއުފުލާ އިޒްކާންއަށް ބަލާލިއެވެ. އޭރު އިޒްކާން ވެސް ހުރީ ޔައިޝާއަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހަމައެޔާއެކު ޔައިޝާ އިސްޖަހާލީ ލަދުގަތުމުންނެވެ. އަދި ކުރެހިފައި ވި އަޑަކުން ކަމެއް ނުވެއޭ ބުނެލިއެވެ. ޔައިޝާ އެހެން ބުންޔެއް ކަމަކު ކަމެއް ވެފައި ކަން އިޒްކާންއަށް އެނގުނެވެ. ދެވަނަ ފަހަރަށް ޔައިޝާއަށް ގޮވާލީ ޖަވާބެއް ލިބޭތޯއެވެ. އެހެންނަމަވެސް އިޒްކާން ސިހިގެން ދިޔައީ ޔައިޝާ ކޮއްލި ކަމަކުންނެވެ. އެގޮތައް ޔައިޝާ ކަންކޮއްފާނެ ކަމަށް ނުވިސްނާ އިނުމުން އިޒްކާން އަށް ޔައިޝާ ގައިގައި ބާރަށް ހިފަށްޓާލެވުނެވެ. ސަބަބަކީ ވެއްޓި ދާނެ ތީއެވެ.

********

ޔައިޝާ ދެރަވެފައި ހުރިލެ ބޮޑުކަމުން އިޒްކާން ގައިގައި ބައްދައިގަތީއެވެ. ނުވިސްނާހުރި އިޒްކާން ވެސް އެވަގުތު އަރި އަޅާލީ އޭނާއަށް ހުރެވުނު ގޮތުންނެވެ. އެހެންކަމުން ޔައިޝާ ގައިގައި އޭނާއަށް ހިފައްޓާލެވުނީ ދެމީހުން އެއްކޮއް ވެއްޓިދާނެތީއެވެ. ޖެހިބުދެެއްހެން އިޒްކާން ޔައިޝާ ހިތް ފުރެންދެން ރޯލަން ދޫކޮއްލައިގެން ހުއްޓެވެ. ” އިޒްކާން ކީއްވެތަ… ކީއްވެތަ ޔައި ލޯބިވާ އެންމެން ޔައި ދޫކޮއްފަދަނީ…” ޔައިޝާ ރޮމުން ބުނެލިއެވެ. އިޒްކާާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތުން ޔައިޝާ ލޯބިވާ އެންމެން ޔައިޝާ ދޫކޮއްފައެއް ނުދެއޭ ބުނެލީ ޔައިޝާއަށް އޭނާގެ ހިތުގެ ހާލު އެނގޭނެ ނަމައޭ ބުނަމުންނެވެ. “ޔައީ…” ޔައިޝާ އޭނާގެ ގަޔާއި ދުރުކޮއްލަމުން އިޒްކާން އެލޮލުން އައިސްފައި ހުރި ކަރުނަތަށް ފުހެލިއެވެ. އަދި ބެންޗްގައި ބައިންދަމުން އެއިސްތަށިތައް ރީތިކޮއްލަދިނެވެ. ޔައިޝާ އިސްޖެހިފައި އިނީ ހިތުގައި ޖެހިފައި ހުރިލެ ބޮޑުކަމުންނެވެ.

ޔައި….ލިސެން. ކޮންމެ މީހެއްގެ ލައިފްގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެ.. އެކަމު އެކަންކަން ޖެހޭނީ އަމިއްލައަށް ރަނގަޅުކުރަން.. ތީވަރަށް ހިއްވަރުގަދަ ކުއްޖެއްނު.. އަހަންނަށް ޔަގީން ޔައިއަށް ވެސް އަދި ރަނގަޅު ގޮތް މެދުވެރި ކުރަށްވާނެކަން.. ދެން އެހެނޭ ކިޔާފަ ޔުއަރ ޕާސްޓް ހަނދާންކޮއް ކަރުނަ އެޅިޔަކަސްް “ސަކްސެސް” އެއް ނުވާނެ.. ހިތްވަރާއެކު މަސައްކަތް ކުރީމައި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ… ޔައިޝާގެ ބޮލުގައި ފިރުމާލަމުން އިޒްކާން ބުނެލިއެވެ. އިޒްކާންގެ އަޅާލުން ފެނިފައި ޔައިޝާ އިތުރަށް ދެރަވިއެވެ. އާނިޝް ވެސް އިޒްކާން ކަހަލަ މީހަކަށް ވީނަމައެވެ. ޔައިޝާއަށް ހިތާ ހިތުން ވިސްނެމުން ދިޔައެވެ.” ޔައި.. އޯލްވޭސް ކީޕް ސްމައިލިން… ޔައި ބޭނުންނަމަ ޔައިގެ ހުރިހާ ވާހަކައެއް އަޑުއަހަން އަހަރެން މިހުރީ ތައްޔާރަށް….” ރީތި ހިނިތުން ވުމެއް ރައްދުކުރަމުން އިޒްކާން ބުނެލިއެވެ.

ޔައިޝާ އިޒްކާންއަށް ބަލާލިއެވެ. އަދި ބުނެލިއެވެ.” އިޒްކާން…. ޔައިއާ ތިގޮތަށް ވާހަކަ ދައްކަން ހުއްޓާ އިޒްކާންގެ ގާލްފްރެންޑްއަށް ފެނިދާނެ… އިސްޖަހައިގެން އިނދެ ޔައިޝާ ބުނެލިއެވެ. އެހެން ބުނެލިއިރުގައި ވެސް އެމައުސޫމުކަން އިޒްކާންއަށް ފެނުނެވެ. ކުޑަ ހިނިތުންވުމެއް ރައްދު ކުރަމުން ޔައިޝާ ގާތުގައި އިޒްކާން ބުނެލީ އަލީނާ ރުޅިއެއް ނާންނާނެކަމެވެ. ނަމަވެސް އިޒްކާންއަށް ނޭނގުނު ކަމީ އެހުރިހާއިރަކު ދެއްކި ވާހަކަތަށް އަޑު އަހަން އަލީނާ ދުރުގައި ހުރިކަމެވެ.

އަތް މުއްކަވާލައިގެން އަލީނާ ހުރީ އިޒްކާން އޭނާއަށް ގެއްލުނީއޭ ހިތައްއެރުމުންނެވެ. ޔައިޝާދެކެ އިންތިހާއަށް ރުޅި އާދެވުނީ އިޒްކާން އަކީ އަދި އޭނާގެ ހައްގެއް ކަން ހިތައް އެރުމުންނެވެ. އިޒްކާންދެެކެ އަލީނާ ލޯބި ނުވިކަމުގައި ވީނަމަވެސް އިޒްކާންއަށް އިތުރު އުފަލެއް ލިބޭކަށް ހުދު އޭނާ ބޭނުމެއް ނުވެއެވެ. އަތް މުއްކަވާލައިގެން އިރުކޮޅަކު ބަލަން ހުރެފައި ވިހަ ހިނިތުން ވުމެއް ވެރިކޮއްލީ ހިތައް އެރި އެއްޗަކުންނެވެ.” ވެލް… ޔައިޝާ…. ވަރަށް އަވަހަށް ކަލޭ ރޯންޖެހޭނެ ދުވަހެއް އެބައާދޭ… އަމިއްލަޔަށް ވާހަކަދައްކަމުން އަލީނާ ބުނެލިއެވެ. އަދި ވަރަށް މަޑުމަޑުން އިޒްކާންމެންނަށް ނޭނގޭނެ ހެން އެތަނުން ދާންވެގެން ހިނގައިގަތެވެ. އެތައް އިރަކު ޔައިޝާ އާއި އެކުގައި އިޒްކާން ހޭދަކޮއްފައި ޔައިޝާ އާއި ވަކިވީ އެއްވެސް ކަމެއްގައި ދެރަނުވުމަށް ބުނަމުންނެވެ.

ދުވަސްތައް މަޒީވަމުން ދިޔައީ އެއްބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަނެއްބަޔަކު އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ވެސް ނުވާ ހާލުގައެވެ. ޔައިޝާ ވެސް މިދުވަސްކޮޅު އުޅެނީ ވަރަށް ބުރަކޮށެވެ. ހޮސްޕިޓަލުގައި ބަލިމީހުން ގިނަކަމުން ޔައިޝާއަށް ހިންދެމިލާނެ ވަގުތެއް ވެސް ނުލިބެއެެވެ. އަލްޔާ ވެސް އުޅެނީ ހަމަ އެހާލެއްގައެވެ. އެދެއެކުވެރިނަނަށް ހުސްވަގުތެއް ލިބުނީ ހަފްތާއެއް ފާއިތުވީފަހުންނެވެ. ހަފްތާ ބަންދު ދުވަސްވަރެވެ. އަލްޔާ މެން ރޭވީ މޫދަށް އެރެން ދާށެވެ.” އެންމެން އެކެއްޗެއް ކިޔާގެން ހުޅުމާލެދާން އެއްބަސްވިއެވެ. ޔައިޝާ ހުރީ ދުވަސްތަކަށް ފަހުގައި އަނެއްކާވެސް މޫދަށް ދެވޭތީވެ ހިތްހަމަޖެހިފަައެވެ.

ހުރިހާ ރައްޓެހިން ހިތްހަމަޖައްސާލަން އެކުގައި ދެވޭތީ އެންމެން ވެސް ތިބީ ނުހަނު އުފާވެފައެވެ. ޔައިޝާ ރެޑީވީ ހުޅުމާލެ ދާންވެގެން ލާނެ ހެދުމެއް ހޯދާށެވެ. ހުރިހާ އެއްޗެސްތަށް ހާވަމުން ގޮސް އެންމެ ފަހުން ހުދުކުލައިގެ އަތްކުރު ޓީޝާޓްއަކާއި ކަޅުކުލައިގެ ކަކުލާހަމަޔަށް އަންނަވަރުގެ ފިއްތި ޓައިޓެއް ނަގަމުން ފާހަނަޔަށް ވަދެ ފަންވަރައިލިއެވެ. އަދި އެއްޗިސް ލަމުން އައިސް ލޯގަނޑުކުރިމަތީގައި ހުއްޓިލިއެވެ. އެެހެންހުނައިރުގައި ވެސް އޭނާގެ ރީތިކަން ދެގުނައެވެ. ދޮން ރީތި ހަންގަނޑު ހާމަޔަށް އޮންނައިރުގައި ފިރިހެން ވެރިންގެ ކަޅިތަށް އޭނާއަށް ހުއްޓޭނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ރީތި ވެެގެން ޔައިޝާ ނުކުތީ ބޭރު ސޯފާއަށެވެ. އޭރު ޒިވްޔަން ވެސް ރެޑީވެގެން ނުކުމެ ހުއްޓެވެ. ޒިވްޔަން ލައިފައި ހުރީ ކަޅު ޓީޝާޓް އެއްގެ ދަށުން ޖިންސް ސޯޓެއް ލާފައި ހުންނައިރުގައި ޒިވްޔަންގެ ހަށިގަނޑު ރީތިކޮއް އިނގެން ހުއްޓެވެ. ބަރާބަރަށް ކަސްރަތު ކުރާކަން އޭނާއަށް ބަލާލުމުން އެނގެއެވެ. ޔައިޝާ އައިސް ސޯފާގައި އިށީނުމުން ޒިވަޔަން ފުޅާ ހިނިތުންވުމެއް ޔައިޝާއަށް ހަދިޔާކުރިއެވެ. އަދި ދާން ހިނގާށޭ ބުނަމުން ދިޔައީއެވެ.

ސައިކަލުގައި ޒިވްޔަންމެންނަށް ހުޅުމާލެ ދެވުނު އިރު އެދެމީހުން ނޫން އެންމެން އެތާގައި ތިއްބެވެ. އިޒްކާން މޫދާށް އަންނަމުން އައީ އަލީނާ ވެސް ގޮވައިގެންނެވެ. އެކަމާ ޔައިޝާ ދެރަވި ނަމަވެސް އިތުރު އެއްޗެއް ބުނަން ނުކެރުނީ އޭނަށް ކީއްހޭ ހިތައް އެރުމުންނެވެ. ނަމަވެސް އަލީނާ އެއާ ތަފާތެވެ. ޔައިޝާ ފެނުމުން ބުމަގޮއްޖަހާލަމުން އިޒްކާން އާއި ބޮޑަށް ގާތަށް ޖެހިލިއެވެ. އެކަމުން އިޒްކާންއަށް އުނދަގޫވި ނަމަވެސް ކެތްތެރިވީ އަލީނާ ކައިރީގައި އަލީނާ ދެކެ އިޒްކާން ލޯބިނުވާ ވާހަކަ ބުނެވެންދެންނެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Nayerr

    Masha Allah mi part ves Vrh reethi Thankolheh dhigu kohlah chey next part izkaan and yaisha gulhuvahchey aleenaa ves haadha fonyeyy dhw i hate him Avahah kiyaalan libeythy Vrh ufaavey☺️ Curiously waiting for the next part when’s next
    Lysm ❤️

    1. gurrrl_8
      Nayerr

      Thanks @Nayerr
      It means a lot
      BTW next part inshallah soon 🥰
      I mi visnani 12 13 ehkoh genes dheyn so dayafter tmr ga submit koala dheveythw vrh balaanan
      Stay turned
      LYSMM❤️

Comments are closed.