ކަޅު ބުޅާ ބޯނަސް އެޕިސޯޑް
~މިބައި ގެނެސްދޭން އެހާ ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިބައި ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އުންމީދު ކުރަމެވެ~
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތަކުގައިވީ ހަމަ ހިމޭން ކަމެވެ. ފަތިސް ނަމާދު ކުރާ އަޑު އިވެމުން ދިޔައިރު މަގު ތަކުގައިވީ ހަމަހިމޭން ކަމެވެ. ހާލާއި ކޮވެލި ގޮވާއަޑު އިވެމުން ދިޔައީ ލުއި މިއުޒިކެއް ފަދައިންނެވެ. ދުވަހަކުވެސް ފޫހި ނުވާނޭ ފަދަ ހިތްގައިމު ކަމެކެވެ.
“اَلسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ” ގޮނޑީގައި އިނދެ ނަމާދުކޮށް ނިންމާލި އިވްޔާ އެނދުމަތީގައި ކުކުރިލަ ކުކުރިލަ އޮތް އުމުރުން 6 އަހަރުގެ އީވާއާ ދިމާލަށް ބަލާލިއެވެ. “ދަރިފުޅު ހޭލާ ތަ؟” ލައިގެން ހުރި ކަޅު ކުލައިގެ ޖިލްބާބާއި އެކު ވެސް އިވްޔާގެ 9 މަހުގެ ބަނޑު ފެންނަނީ ވަރަށް ބޮޑުކޮށެވެ. ބަނޑުގައި އަތް ޖައްސާލަމުން އިވްޔާ ތެދުވިއެވެ. ހެދުން ބަދަލު ކޮއްލައިގެން އައިސް އީވާ ގާތުގައި އޮށޯވެލިއެވެ.
“މަންމީ… ކޮއްކި ބަނޑުގަ ރިއްސަނީ” ބަނޑުގައި އަތް އަޅާލަމުން އީވާ ކުރުގެޅިލިއެވެ. “ހެހެ. ދެން ދަރިފުޅޫ. ކޮންމެ ދުވަހަކު މިހާރު ތިހެން ކިޔާފަ ފޭކް ޖައްސަނީ ސުކޫލަށް ނުދަން. މިއަދު ވާނެ ދާން. އަވަހަށް ތެދުވޭ. މިހާރު ވެސް ތިން ދުވަސްވީ ނުދާތާ” އީވާގެ އަތުގައި ހިފާ ނަގަމުން އިވްޔާ ބުނެލިއެވެ.
“ދެން މަންމި ނޫން” އީވާ އަނެއްކާވެސް އޮށޯތެވެ. “ދަރިފުޅޫ. ދެން އަޅެ ތެދުވެބާ. ތިހެން އުޅޭކަށް ނުވާނޭނުން؟ ތެދުވޭ އަވަހަށް ނަމާދު ކޮއްލަން ވެސް ޖެހޭނޭނުން” އިވްޔާ ބުނެލިއެވެ. އެވަގުތު މިޒިޔަލް ވެސް ކޮޓަރިއަށް ވަނެވެ.
“މިއަދު ވެސް ސުކޫލަށް ނުދާން ގަދަ ހަދަނީ ދޯ؟” ލައިގެން ހުރި ކަޅު ހޫޑީ ބާލަމުން މިޒިޔަލް އަހާލިއެވެ. “ޔާ. މިހާރު އީވީ ވަރަށް ބަސްނާހާ. ކޮންމެ ދުވަހަކު ބޮޑާ ހާކަނީ” އީވާގެ ކޮލުގައި ހިފާލަމުން އިވްޔާ ބުނެލިއެވެ.
“ދަރިފުޅު ތިހެން އުޅެންޏާ ކޮއްކޮ ލިބުނީމަ އުރާލާކަށް ނުލިބޭނެ އިނގޭ؟” މިޒިޔަލް އައިސް އެނދުގައި އިށީނެވެ. “ނޫން” އީވާ ތުންކޮޅު އޫކޮއްލިއެވެ. “އެހެން ވީއާ ތެދުވޭ ދަރިފުޅޫ. ތިހެން ސުކޫލަށް ނުދާން އުޅެންޏާމުން ދަރިފުޅު ކިހިނެތް މޮޅު ކުއްޖަކަށް ވާނީ؟ ދަރިފުޅު ބޭނުމެއް ނޫން ތަ މޮޅު ކުއްޖަކަށް ވާކަށް؟” މިޒިޔަލް އަހާލިއެވެ.
“ނޯ. ބޭނުން. އެކަމަކު އީވީ ބޭނުމީ ހަމަ ނިދަންންން” އަކުރުތަކަށް ދަމާލަމުން އީވާ ބުނެލިއެވެ. “ދެން ދަރިފުޅޫ. ތެދުވެބަ. އިންޝާ ﷲ އޭރަށް މިއަދު ކިންޑާރ ޖޯއި ގަނެދޭނަން” އިވްޔާ ބުނެލިއެވެ. ވަގުތުން އީވާ ދުވެފައި ގޮސް ފާހާނާއަށް ވަނެވެ.
“ހެހެ ހުރިހާ ކަމެއްގެ ވެސް ހައްލަކީ ކިންޑާރ ޖޯއި ދޯ؟” މިޒިޔަލް ބޯހޫރުވާލިއެވެ. “އާއެކޭ.. ކިންޑާރ ޖޯއި އިޒް ލައިފްފްފް” އިވްޔާ ބުނެލިއެވެ. “ބަަޓް ޔޫ އާރ މައި ލައިފް” މިޒިޔަލް އީވްޔާގެ އުނގުގައި އޮށޯވެލިއެވެ. ވަގުތުން އިވްޔާގެ ދޮން މޫނު އެކީގައި ރަތްވެލިއެވެ.
“ހެހެ އަދިވެސް އިވްގެ ތި ލަދު ރަކި ކަމެއް ނުފިލާ ދޯ؟ މިހާރު ގައިމު ކައިވެނިކޮށް ދެކުދިން ލިބުނީމި” އިވްޔާގެ ބަނޑުގައި ފިރުމާލަމުން މިޒިޔަލް ބުނެލިއެވެ. “ބަލަ ލަދު ރަކި ކަމަކީ ހާދަ ރީތި ސިފައެކޭ” އިވްޔާ ބުނެލިއެވެ.
“ހެހެ އެހެން ތަ؟ އެކަމަކު އީވީއާ މި ބޭބީއާ ހޯދަން މަސައްކަތް ކުރި އިރު ހިޔެއް ނުވޭ އެހެންނެއް” މިޒިޔަލް ތިރީ ތުންފަތުގައިި ދަތް އަޅާލިއެވެ. “ދެން އައްޗީޑި. ދުރަށް ދޭ” އިވްޔާ ގަންނާ ކުރެއްވީ ލަދުން މިޒިޔަލް ކޮއްޕާލިއެވެ.
“އެކޮއްޕާލީ ހަމަ. ދެރަ ވެއްޖެ” މިޒިޔަލް މޭގައި އަތް އަޅާލިއެވެ. “ހެހެ ސޮރީ ސޮރީ” އިވްޔާ މަޢާފަށް އެދުނެވެ. “ސޮރީ ގަބޫލު ކުރެވޭނީ ކިސްއެއް ދިނީމަ” ތުންކޮޅު އޫކޮއްލަމުން މިޒިޔަލް ބުނެލިއެވެ. އިވްޔާ ވަރަށް ލަދުން އިނދެ މިޒިޔަލްއަށް ބޮހެއް ދިނެވެ.
“ހާދަ ކުޑަ ކިސްއެއް ތި ދިނީ؟” މިޒިޔަލް ތުންކޮޅު އޮޅާލިއެވެ. “ދެން… އީވީ ނިކުމެދާނެ. މިދަނީ އީވީ ތައްޔާރު ކުރަން” މިޒިޔަލް ދުރުކޮއްލަމުން އިވްޔާ ހިނގައިގަތެވެ. މިޒިޔަލް ހިނިތުންވެލިއެވެ.
އީވާ ތައްޔާރު ކޮއްގެން ދެމަފިރިން ނިކުން އިރު އިނާ ހުރީ ސައިހަދާފައެވެ. “އަވަހަށް އާދޭ ސައިބޯން” އިނާ ބުނެލިއެވެ. “ޔޭ މައްސުންޏާ ރޮއްޓާ” މައްސުންޏާ ރޮއްޓާ ހުރުމުން އަތް ޖަހާލާފައި އީވާ އިށީނެވެ.
އީވާ ސައިބޮއެ ނިމުމުން މިޒިޔަލް ދިޔައީ އީވާ އިސްކޫލަށް ލާށެވެ. އިނާއާ އަތް ގާތް ކޮއްލަ ދިނުމަށް އިވްޔާ ތެދުވިއެވެ. “ދެން ދަރިފުޅާ. ހެވޭ މިދުވަސްކޮޅު އެހީ ނުވިޔަސް ވެސް” އިނާ ބުނެލިއެވެ. “ދެން އެއްކަލަ މަންމަ. މިއީ ދެން ނުވާ ވަރުގެ ކަމެއް ނޫނެއްނުން” މިޒިޔަލްއާ އީވާ އަދި އޭނާ ކޭ ތަށިތަށް ނަގަމުން އިވްޔާ ބުނެލިއެވެ. “ހެވޭ. ގެނޭ މަންމަ އަތަށް” އިނާ އިވްޔާ އަތުން ތަށިތަށް އަތުލިއެވެ.
“ދެން މަންމަ ވެސް ހަމަ ޔަލް އުޅޭހެން ތިއުޅެނީ” އިވްޔާ ބުނެލިއެވެ. ފެންފޮދެއް ބޯލަށް ހިނގައިގަން އިވްޔާގެ ހަށިގަނޑަށް ފިނިކަން ވެރިވީ ދެފައި ދޭތެރެ ތެމުމުންނެވެ. “މަން.. މަންމާ…” އިވްޔާ މަޑުމަޑުން ގޮވާލިއެވެ. ދަށްބަނޑުގައި އަތްއަޅާލަމުން އިށީނެވެ.
“ސުބްހާނައްﷲ މަޑު ކުރޭ މިގުޅަނީ އެންބިއުލާންސަށް” އިވްޔާ ހުރި ހާލު ފެނި އިނާ ތެޅިގަތެވެ. އެންބިއުލާންސަށް ގުޅުނު ތަނާހެން މިޒިޔަލް ވެސް އައިސްވަނެވެ. “ޔަލް… އިވް ވޯޓާރ ބްރޭކް ވެއްޖެ” ތިރީ ތުންފަތުގައި ދަތް އަޅާލަމުން އިވްޔާ ބުނެލީ އެވޭނަށް ކެއްކުރަމުންނެވެ.
“އެންބިއުލާންސަށް ގުޅީ ތަ؟” އިވްޔާގެ އަތުގައި ހިފާލަމުން މިޒިޔަލް އެއްސެވެ. “އާނ ގުޅައިފިން” އިނާ ބުނެލިއެވެ. “މަންމަ މަޑު ކުރޭ އިވް ގާތުގަ. އަންނާނަން ބޭބީގެ އެއްޗެހިތަށް ހިފައިގެން” މިޒިޔަލް ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.
ވިއްސާ ކޮޓަރި ތެރޭގައި ގަޑިއިރެއް ހާއިރު ހޭދަ ކުރުމަށް ފަހު އިވްޔާ ވިހެޔެވެ. “މަރްހަބާ. ފިރިހެން ކުއްޖެއް. މަންމަގެ އަދި ދަރިފުޅުގެ ހާލު ވެސް ވަރަށް ބަރާބަރު” ނަރުސް ކުއްޖަކު ނިކުމެ ބުނެލިއެވެ. “އަލްހަމްދުލިއްލާހި”
އިރުކޮޅެއް ފަހުން ދަރިފުޅު އުރާލަން ލިބުނެވެ. ދޮން ފުއްގަނޑެއް ފަދަ އެކުއްޖާގެ މޫނަށް ބަލާލުމާއި އެކު މިޒިޔަލްގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. 9 މަސް ދުވަހުގެ ދިގު އިންތިޒާރު ނިމުމުން ﷲ އަށް ހަމްދު ކުރެވުނެވެ. ބޮޑު ދެކޯތާފަތާއި ކުޑަ ދެލޮލެވެ. ރަތް ފިނިފެންމާ ފިޔައެއް ފަދަ ތުންފަތެކެވެ. އެކުޑަ ކުޑަ އަތުގައި ހިފާލި އިރު މިޒިޔަލްގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
އިރުކޮޅެއް ފަހުން މިޒިޔަލްއަށް އިވްޔާ އޮތް ކޮޓަރިއަށް ވަދެވުނެވެ. މިޒިޔަލް ވަނީ މާބޮނޑިއެއް ވެސް ހިފައިގެންނެވެ. “އައިމް ސޯ ޕްރައުޑް އޮފް ޔޫ” އިވްޔާގެ ނިތުގައި ބޮސް ދެމުން މިޒިޔަލް ބުނެލިއެވެ.
“އަލްހަމްދުލިއްލާހި. ބޭބީ ކާކާ ވައްތަރީ؟” އިވްޔާ މާބޮނޑީގައި ހިފަމުން އަހާލިއެވެ. “ޝައްކެއްވެސް ނެތެއްނުން. ހަމަ އިވްއާ ވައްތަރީ ހެހެ” އިވްޔާގެ ކޮލުގައި ހިފާލަމުން މިޒިޔަލް ބުނެލިއެވެ.
އިސްކޫލު ނިމުމުން އީވާ ގޮވައިގެން އިނާ އައެވެ. އިވްޔާގެ އަތުގައި އޮތް ކުޑަ ފުއްގަނޑު ފެނި އީވާ އެއްތާކު ދެފައި ނުޖެހެއެވެ. “މަންމީ. ކޮން ނަމެއްތަ ކޮއްކޮއަށް ކިޔާނީ؟” އީވާ އަހާލިއެވެ. “ކޮއްކޮއަށް ކިޔާނީ… ޔޫސުފް މިޒްދާން މިޒިޔަލް. ލޯބިން ކިޔާނީ ދާން” އިވްޔާ ބުނެލިއެވެ. “ކޮއްކީ” އީވާ އުފާވެލާފައި މިޒްދާންގެ ކޯތާފަތުގައި ބޮސްދިނެވެ.
(ނިމުނީ)
12 Comments!
Comments are closed.







Mi part ves varah reethi best ending to a story that became one of my favourites the ending was worth the wait
Jazaakallah khairan Darkqueen❤️ alhamdhulihllah vrh happy vejje thihen bunelyma🥹
Masha Allah ♥️
Mi part ves varha reethi Masha Allah♥️
Best ending this story ♥️
This is one of my favourites story♥️
My aunt also pregnant ♥️
One more time mi part varha reethi♥️
I love you so much sis♥️
Jazaakallah khairan dear❤️
Awwnn in sha allah she has a fast and easy pregnancy and delivery, and a healthy baby❤️
Ilyt
Heyy shiherr mi part vx vrh vrh reethi maasha allah.. aww mizyalmen ulhey gothun ladhuganey eba😭😭 Theyy areee sooooo cuteeee… and eeva is also lovely.. Thankgodd traumatize kohkohfa happy ending eh mi vhk ah libunkan.. Love you sooo soooooo muchhhh..💜🦋
Heyyyyy marshhh.. jazaakallah khairan dearr❤️❤️ dhwww😭😭😭 i was blushing sooooo much while writing mi part😂😭.. hahaha yess happy happyy
I loveeeee youuuuu moreeeeee❤️❤️❤️
Mi part vrh rethi
Hyves nukuran mi vaahakaige bonus ep eh kiyan libeyne kamah vex
Ehen noonas kalhu bulhaa mi vaahaka ehkoh kiyn
Vrh reethi
N thankolheh Kury
Masha allah shierrrrr
Adhi kiyaalin libeyne ba
Jazaakallah khairan dear❤️
I was gonna write since lots of readers requested i was a lil busy thats why i couldn’t write.. hehe ya meethi hama kurukoh i wrote.. jazaakallah khairan dear but this is the final for this stry
Maasha allah mi part vs vrh reethi
Mizyal r iv haadha cuteee eyy😭
Baby uraalaahih vanyy
Kudakoh shock v mi vhk fenifa
Koba mizyal ge manma???
Lyy🫶🏻
Jazaakallah khairan dear❤️
Dhwww😭❤️ yesyes i want toooooooo.. miziyal ge mum is huraa ga
Lyt
Alhe iv and yal so cute💗💗💗
I ah ves dheyn jeheyne ingey kinder joy eh!!
Mizdhaan!! Nice name I thought yal aa kamah vahtharu vaanee!! Hehe😂
Anyways mi story ge bonus episode eh kiyaalan libuneema vrh ufaa vejje!!
Lysssm💗
hehe ikrrr.. same same 🤣
hehe jazaakallah khairan dear
lyt