ބިންމަތީގައި މިޒިޔަލް ބޭއްވުނު އިރު، އިވްޔާ އިނީ ސޯފާގައެވެ. މިޒިޔަލް ހަށިގަނޑުގައި ފޮތިގަނޑެއް އަޅާލަމުން އިބްރާހިމްބެ ކިޔަވަން ފެށިއެވެ. ހަމަ އެސިކުންތުގައި އީވާ ރޯން ފެށިއެވެ. މިޒްނާ އީވާ އުރާލަމުން ނާނާއެއް ކިޔައިދިނެވެ. އިނާވެސް އެކި އަޑު އަޑު ލައްވަމުން ދިޔައީ އީވާ ހުއްޓުވާލުމަށެވެ. އީވާ ރޯތަން ބަލަން ހެވިފައި މައްވިޝް ހުއްޓެވެ. ވިހަ ހިނިތުންވުމަކާއި އެކު މައްވިޝްގެ ދެލޯ ރަތް ކޮއްލިއެވެ. ހަމަ އެވަގުތު އީވާގެ ރުއިންވެސް ހުއްޓުނެވެ. ނަމަވެސް މުޅި ކޮޓަރި ތެރޭގައި އެއްއަޑު ކޮއްލީ މިޒްނާއާއި އިނާގެ ހަޅޭކުގެ އަޑެވެ.
(24 ވަނަ ބައި)
ހަމަ އެވަގުތެވެ. އާދަން އޭނާގެ ކޮޓަރީގައި އިނެވެ. އަތުގައި ހުރި ރުފިޔާތަށް ގުނަމުން ދިޔައިރު އެތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ވިއެވެ. ހީވާ ފަދައެވެ. މިވަގުތު އޭނާހާ އުފަލުގައި ހުރި މީހަކު ނުހުންނާނެއެވެ. ނަމަވެސް އާދަން ރުފިޔާ އެގުނަނީ އަނެއްކާވެސް ހަޔާތެއް ބަރުބާދު ކޮއްލާފައެވެ. އަޅެފަހެ އާދަން ބިރު ނުގަންނަނީ ހެއްޔެވެ؟
އެވަގުތު މިލީކް އެތަނަށް ފައުޅު ވިއެވެ. “ކިހިނެތްވީ؟” އާދަން ހެވިފައި އިނދެ އެހިއެވެ. މިލީކްވެސް ހުރީ ހެވިފައެވެ. މިލީކް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަ އެކަނި ދެފަރާތުގައި ހުރި ކީޝްއާއި ހިކާ ދައްކާލީއެވެ.
ކީޝްއާއި ހިކާ ފެނުމުން އާދަންގެ ތުންފަތުގައިވީ ހިނިތުންވުން ފިލާ ދިޔައެވެ. ކީޝްއާއި ހިކާ ސަލާމަތްވީ ކިހިނެތް ހެއްޔެވެ؟
“ކަލޭ…” އާދަން ބިރުން ހުރި ވަރުން ވާހަކަ އެއްވެސް ނުދެއްކުނެވެ. “ހަހަ ކިހިނެތްވީ؟ ކަލޭ ހަނދާން ނެތުނީތަ މައްވިޝް އަކި ދެނަސްލުގެ ކުއްޖެއްކަން؟ މައްވިޝްގެ އެހީގަ މަށަށް ނުވި އެއްވެސް ކަމަށް” މިލީކް ފޮނިވެލާފައި ބުނެލިއެވެ.
އާދަނަށް ހިނދިރުވާލެވުނެވެ. ހިކާއާއި ކީޝް ސަލާމްތް ވެއްޖެ ނަމަ އާދަން އެމީހުން ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާނެއެވެ.
މިލީކް ހިކާ އަދި ކީޝްއަށް ބަލައިލިއެވެ. އަދި ބާރަކަށް އާދަން ވަށާ އެނބުރެން ފެށިއެވެ. އެއާއި އެކު ވާން ފެށި ހޫނުން އާދަން ހަޅޭލަވަން ފެށިއެވެ.
އިރުކޮޅެއް ފަހުން އެއާއިލާ އެކުގައި ނިކުމެގެން ދިޔައެވެ. އޭރު އާދަންގެ ހަށިގަނޑުގައި މަސްކޮޅެއްވެސް ނެތެވެ. ފެންނަން އޮތީ ކަށިގަނޑު އެކަންޏެވެ. ކަށިގަނޑުވެސް ހުރިލެއް ކަޅު ކަމުން ހީވަނީ އަނދާފައި ވާ ހެންނެވެ…
ދެން އެއާއިލާ ދިޔައީ އިޒްނާގެ ގެއަށެވެ. އިޒްނާ އޭރު އޮތީ ނިދާފައެވެ. މިލީކް ގޮސް އިޒްނާގެ މޫނަށް ފުމެލިއެވެ.
ހަމަ އެވަގުތު އިޒްނާގެ ދެލޯ ބޮޑުވިއެވެ. މޫނު މަތީގައި ހުރި ބިހިތަށް ފަޅައިގެން ގޮސް ލޮނދި އޮލަ ތަކާއި އެކު ލޭ އަންނަން ފެށިއެވެ. ދެލޯ ބޮޑުވެ އަނގައިންވެސް ލޭ އަންނަން ފެށިއެވެ. ބަލަ ބަލާ ހުއްޓާ އިޒްނާގެ އެއްލޯ ނިކުތެވެ. އިޒްނާގެ ހަށިގަނޑު ތެޅުން މަޑުވީ އެވަގުތެވެ.
އެވަގުތު ވެގެން ދިޔައީ އިބްރާހިމްބެ ކިޔަވަން ފެށި އަޑަށެވެ. އިބްރާހިމްބެ ކިޔަވަން ފެށި އަޑަށް މިލީން ކަންފަތުގައި އަތް އެޅިއެވެ. އެއަޑު މިލީކްއަށްވެސް އިވުނެވެ. މިލީކްއަށްވެސް ވީ އެކަހަލަ ގޮތެކެވެ. އިބްރާހިމްބެ ކިޔަވަނީކަން އެނގުމުން މިލީކް ބޭނުންވީ ކެތް ނުވެގެން މިލީން އެތަނަށް ނުދަނީސް ކުރީބައިގައި މިލީކް ދާންށެވެ. ހިކާއާއި ކީޝް އެމީހުންގެ ދުނިޔެއަށް ފޮނުވާލާފައި މިލީކް ދިޔައެވެ.
މިލީކް އައިކަން އެނގުމުން އިބްރާހިމްބެ ކިޔެވުން ހުއްޓިއެވެ. “ކޮބާ ކަލޭގެ ކުޑަ އެތި؟ އަދި ހުންނާނެ ދޯ ކުޑަ ޖިންނިވެސް؟” އިބްރާހިމްބެ ސުވާލު ކޮއްލިއެވެ.
“އަހަރެން ދޯ މައިދައިތަ ތިހުރި އިވްޔާދެކެ ރުޅި އައުމަށް ހެދި ސުހުރުގައި ބައި ކުޅުނީ؟ މިލީން ހަވާލު ވީ ވަރިތޮޅި އަށޭނުން؟ ކަލެއަށްވެސް އެނގޭނެ ގައިމު ވަރިތޮޅި ހަދާފައި ހުރީ ރަނގަށް ނޫންކަން ކަލެއަށްވެސް އެނގޭނެ؟”
“އަހަރެން މިހުރީ” އެވަގުތު މިލީން އެތަނަށް ފައުޅު ވިއެވެ. މިލީން އައުމުން މިލީކް ވަރަށް ހިތް ހަމަ ނުޖެހުނެވެ. މިލީން ފޮނުވާލެވޭނެ ގޮތެއްވެސް މިލީކްއަކަށް ނުވިއެވެ.
“މިލީކް ދޫކޮށްލާ! އަހަރެންނަށް ތިކުރާ ކަމެއް ކުރޭ. އަހަރެންނަށް އެނގޭ އަހަރެންގެ ބާރު އެބަ ގެއްލޭކަން. އަހަރެން އެބަ މަރުވޭކަން. މިލީކްގެ އެހީގައި ހެދި ސިހުރު ކަލޭ ބާތިލް ވެސް ކޮއްފީމެއްނުން؟” މިލީން އޭނާގެ ބަރު އަޑުން ވާހަކަ ދެއްކިއެވެ. އޭރު އިވްޔާ އިނީ ބިރުން ރޫރޫ އަޅައެވެ. އިބްރާހިމްބެ އިވްޔާއާއި ދިމާލަށް އެނބުރި ހަމަ ޖެހިލުމަށް ބުނެލިއެވެ. ނަމަވެސް އިވްޔާގެ މުޅި ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ.
ހަމަ އެސިކުންތުގައި އީވާ ރޯން ފެށިއެވެ. މިޒްނާ އީވާ އުރާލަމުން ނާނާއެއް ކިޔައިދިނެވެ. އިނާވެސް އެކި އަޑު އަޑު ލައްވަމުން ދިޔައީ އީވާ ހުއްޓުވާލުމަށެވެ.
އީވާ ރޯތަން ބަލަން ހެވިފައި މައްވިޝް ހުއްޓެވެ. ވިހަ ހިނިތުންވުމަކާއި އެކު މައްވިޝްގެ ދެލޯ ރަތް ކޮއްލިއެވެ. ހަމަ އެވަގުތު އީވާގެ ރުއިންވެސް ހުއްޓުނެވެ. ނަމަވެސް މުޅި ކޮޓަރި ތެރޭގައި އެއްއަޑު ކޮއްލީ މިޒްނާއާއި އިނާގެ ހަޅޭކުގެ އަޑެވެ.
ކުރިމަތީގައި ހުރި މައްވިޝް ފެނި އިނާއަދި މިޒްނާވެސް ދިޔައީ ބިރުން ތުރުތުރު ލަމުންނެވެ. ބަލާ ބެލުމަށް ހީވަނި 6 އަހަރުގެ ކުއްޖެއް ހެންނެވެ. މޫނުގެ އެއްފަޅި އަނދާފައި ހުރިހެން ހުރި އިރު އަނެއްފަޅި ހުރީ އިންސާނެއްގެ ސިފައިގައެވެ. ރަތް ކުލައިން ދެލޯ ދިއްލިފައި ހުރި އިރު ނިގޫ ތަޅުވަ ތަޅުވާލަ ހުއްޓެވެ.
އެއަޑަށް އިވްޔާ އުޅުނީ ކޮޓަރިއަށް ވަންނާށެވެ. އިބްރާހިމްބެ އެކަމަށް ހުރަސް އެޅިއެވެ. އެއީ ދަންމަޅިއެއްކަމަށް އިބްރާހިމްބެ އިންޒާރު ދިނެވެ. ނަމަވެސް އިވްޔާ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.
“އާހްހްހްހްހހހ” އެވަގުތު އިވްޔާގެ ކަންފަތުގައި ޖެހުނީ މިޒިޔަލްގެ ވޭނީ ހަޅޭކުގެ އަޑެވެ. އިވްޔާއަކަށް ދެން ހަދަންވީ ގޮތެއް ނޭނގުނެވެ. ދާންވީ ކުރިއަށް ހެއްޔެވެ؟ ފަހަތަށް ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mi part ves v v Reethi Maashaa Allah ❤️
I am getting goosebumps mihaaru 😅😭
Alhey mihaaru keesh and hika ves salaamath vee ey 😨
So they killed adan
Are they gonna kill izna too
Oh nooooooooo Ive is stuck between her husband and daughter
Waiting impatiently to see where she is going first
Tc 💜💜💜💜
Jazaakallah khairan dearr
Hehe
Yess there released
Yeppp
Izna does suicide
Hehe stay tuned for the last episode to find out🫶🏻
Masha allah mi part vs vrh reethi
Ekm haadha biruveri koshey scenes thah thi genesdhey..birun neynge nidheyn kmhvs
haadha curious kohshey thi ninmaa lyy
When next?
Lyyy🫶🏻
Jazaakallah khairan dearr
Hehe 😆
Next in sha allah soon
stay tuned for the last episode to find out🫶🏻
Alheyy mixyal ah kihiney v… 😳
Alheyy… Vrh biru ganey eba.. 😭😭
Reyga kiyaalin adhi kiriya comment eh kohlevey varu mi v
Btw mi prt vx vrh reethi Maasha
Curiously waiting
Whn nxt????
Tc.. Lysm Shiher 💜💜
Stay tuned for the last episode to find out what happened to him hehe
Hehe e ok vaane it happens
In sha allah next soon
Tc,lyt
Alheyy mixyal ah kihiney v… 😳
Alheyy… Vrh biru ganey eba.. 😭😭
Reyga kiyaalin adhi kiriya comment eh kohlevey varu mi v
Btw mi prt vx vrh reethi Maasha
Curiously waiting
Whn nxt????
Tc.. Lysm Shiher 💜💜
Stay tuned for the last episode to find out what happened to him hehe
Jazaakallah khairan
Hehe e ok vaane it happens
In sha allah next tmrw
Tc, lyt
Mi part ves varah reethi. Ivya is stuck in the middle of her husband and her daughter. Pls end this story with a happy ending and not like having to choose and abandon the other.
Jazaakallah khairan dear
Ohmyyyy! Alhe kihineh tha e vee??? Alhe Shiherr! That one excellent talent you have is to make ur readers curious at the very end of the episode. Like, you’ll have everything figured out, until that one last sentence befkre ending an episode, that makes you question everything you’ve claimed to be true…. that hits deep, and u have that talent to its fullest. Ur one of my 2 fav authors ingey, and i love the fact that u always find ur readers to keep reading the story, cuz its always this mysterious at the end….
Either ways, honestly, mi episode keen yesterday ga but comment koh nulevunee. But mihaaru ebain next episode up vefa. So check my comment from that ingey
Lyyssmmmmmm <33
Jazaakallah khairan dear