ޝިރާތުގެ ވިސްނުން ހުރި ގޮތް އިވި ހައުޒާން ހިނިތުންވެލިއެވެ. އުފާވިއެވެ. އެހާލުގައިވެސް ޝަކުވާނުކޮށް ﷲ އަށް ހަމްދު ކުރާތީއެވެ. ޝިރާތުގެ ސިފަތަކު ތެރެއިން ހައުޒާނަށް އެންމެ ކަމުދަނީވެސް އެސިފައެވެ. “ޝިރާ މަށާއި ކައިވެނި ކުރަންވީނުން؟” ހައުޒާން ކޮއްލީ ބޮޑު ސުވާލެކެވެ. ހައުޒާންގެ އެސުވާލުން ޝިރާތު ދިޔައީ އެލިގެންނެވެ. “ކައިވެނި ކުރަންށޭ؟ ޝިރާ ކަހަލަ ނިކަމެއްޗަކަށް ކައިވެނި ކުރަން ޒާންގެ މަންމަމެން އެއްބަސް ވާނެތަ؟” ޝިރާތު އިސްޖަހާލިއެވެ. އެހެން ކަމުން ހައުޒާންގެ މޫނު މައްޗަށް އެރި ކުލަވަރު ޝިރާތަކަށް ނުފެނުނެވެ.
(4 ވަނަ ބައި)
“އާހް. ވަރަށް ނިދިއާދޭ އެބަ. ދެން ފަހުންދޯ މިވާހަކަ ދައްކާނީ؟ މާދަމާ ދާނަން ޑިއުޓީއަށް ބަލާ. ޝިރާވެސް ދެން ނިދާލާ. ގުޑް ނައިޓް، ލަވް ޔޫ” ޝިރާތުގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް ހައުޒާން ފޯނު ބޭއްވިއެވެ.
ޝިރާތު ހުއްޓުން އެރިއެވެ. އެއީ ހައުޒާން ދުވަހަކުވެސް ކަން ކުރި ގޮތެއް ނޫނެވެ. ދުވަހަކުވެސް ޝިރާތުގެ ފަރާތުން “ލަވް ޔޫ” ނުބުނަނީސް ހައުޒާން ފޯނެއް ނުބާއްވައެވެ. ކައިވެނީގެ ވާހަކަ ދައްކާފައި އެހެން ހެދުމުން ވަކިން މޫޑު ސަކަރާތް ވިއެވެ.
އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ އައު ދުވަހަކަށް މަރްހަބާ ކިޔަމުންނެވެ. ޑިއުޓީއަށް ދާން ތައްޔާރުވީ ޝިރާތުގެ މޫނު މަތީގައި އެއްވެސް އިހުސާސެއް ނެތެވެ. ރޭގައި ކަންވީގޮތަށް ފަހު އަދިވެސް ޝިރާތު ހުންނަނީ މޫޑީ ވެފައެވެ. ކަޅު ކުލައިގެ ހޫޑީއަކާއި އެކު ކަޅު ޖީންސެއް ލާފައި ޝިރާތުގެ ކަނދުރާއާއި ހަމައަށް އަރާ ކުރު އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލިއެވެ. އަތަށް “ސްކްރަންޗީ” އެއް ލައްވާލާފައި އަތް ދަބަސް ހިފައިގެން ޝިރާތު ނިކުތެވެ. އޭރު ޝިރާތުގެ އިންތިޒާރުގައި ހައުޒާން ހުއްޓެވެ. ހައުޒާނާއި ދިމާލަށް ބަލާލާފައި ޝިރާތު ހީލި ނަމަވެސް ޝިރާތު ހުރީ ހަގީގަތުގައި ވަރަށް ދެރަވެފައެވެ.
ފުލުސް ޔުނީފޯމުގައި ހުރި ހައުޒާން ބަލައިލަން ވަރަށް “ސްމާޓް” އެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައިވީ އިރު، ތުނިކޮށް ކޮށާލާފައިވީ ތުނބުޅިން ހައުޒާންގެ ރީތިކަން އިތުރުކޮއްދެއެވެ. ހަށިގަނޑުގައި މަސް ޖަހާފައި ހުރުމުން ކަސްރަތީ ހަށިގަނޑެއް ބެލެހެއްޓުމަށް ލޯބި ކުރާ ޒުވާނެއްކަން ހާމަވެޔެވެ.
“އަސްތާ ޒާންގެ ޝިރާ ހާދަ ދެރަވެފަ؟” ޝިރާތުގެ މޫނުމަތީގައިވީ މަޑުމޮޅިކަން ހައުޒާނަކަށް ވަންހަނާއެއް ނުވިއެވެ. “ކޮން ދެރަވެފައެއްހޭ ކިޔާކަށްތަ އޭނ؟ ރޭގަ ހަމަ ޝިރާ ދެރަ ކޮއްލާފަ ފޯނު ބޭއްވީނުން؟ ވަރަށް ފޫހިވޭ” ޝިރާތަށް ރޮވޭ ގޮތް ވިއެވެ.
އެހާ ޅައުމުރުގައި މައިންބަފައިން ގެއްލުމުން މިހާރު ޝިރާތުގެ ހިތަށް ވަރަށް އަވަހަށް ތަދުވެޔެވެ. ޖަޒުބާތީ ވެވެނީ މާއަވަހަށެވެ. ލޯއިތްބަށް އެހިތް ފެންބޮވައިގަނެފައިވާ ވަރުންނެވެ.
“އަސްތާ ޒާންގެ ބޭބީ. އައިމް ސޯ ސޮރި. ވަރަށް ބޮޑަށް ސޮރީ. ޒާންއަށް މަޢާފް ކުރޭ. އަވަހަށް ހުއްޓާލާ” ހައުޒާން ޝިރާތުގެ ބޮލު މެދުގައި ބޮސް ދިނެވެ. “އެއްޗެއް ދައްކާލަންތަ؟” ހައުޒާން ސުވާލު ކޮއްލުމުން ޝިރާތު ހައުޒާނާއި ދުރުވެލިއެވެ.
“ވިލް ޔޫ މެރީ މީ؟” ޖީބުގައި އޮތް އަނގޮއްޓި ނަގާ ޝިރާތަށް ދައްކާލަމުން ހައުޒާން އެއްސެވެ.
***
“ކައިވެނި ކުރަންށޭ؟ ޝިރާ ކަހަލަ ނިކަމެއްޗަކަށް ކައިވެނި ކުރަން ޒާންގެ މަންމަމެން އެއްބަސް ވާނެތަ؟” ޝިރާތު އިސްޖަހާލިއެވެ. އެހެން ކަމުން ހައުޒާންގެ މޫނު މައްޗަށް ވެރިވީ ހިނިތުންވުމެއް ޝިރާތަކަށް ނުފެނުނެވެ.
“އާހް. ވަރަށް ނިދިއާދޭ އެބަ. ދެން ފަހުންދޯ މިވާހަކަ ދައްކާނީ؟ މާދަމާ ދާނަން ޑިއުޓީއަށް ބަލާ. ޝިރާވެސް ދެން ނިދާލާ. ގުޑް ނައިޓް، ލަވް ޔޫ” ޝިރާތުގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް ހައުޒާން ފޯނު ބޭއްވިއެވެ.
“ހޫމް ހޫމް އެކޮއެއަށް ގުޅައިގެން ދޯ ތިއޮތީ؟” ކޮޓަރިއަށް ވަދެގެންއައި ހައުލާ ހިނިތުންވެލާފައި އެއްސެވެ. ހައުލާއަކީ ހައުޒާންގެ މަންމައެވެ.
“ހެހެ ލައްބަ. މަންމާ. އަޅުގަނޑު ޝިރާދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. މަންމާ. އަޅުގަނޑު ބޭނުން ޝިރާއަށް ކައިވެނި ކުރަން. 4 މަސް ފަހުން ޝިރާއަށް 18 އަހަރު ފުރޭނެ. އޭރުން އަޅުގަނޑު ބޭނުމީ ކައިވެނި ކުރަން.” ހައުޒާން ލަދުން އިނދެ ބުންޏެވެ.
“ހެހެ. ހަމަ ކައިވެނި ކުރަންވީ. އެކަމަކު މަންމަ ބޭނުން އެކުއްޖާއާއި ދިމާވެލަން. މާދަމާ ރޭ މިގެއަށް ކާން ގެންނަންވީނުން؟” ހައުލާ އެދުނެވެ. ހައުޒާން އުފާވެލާފައި ބޯޖަހާލިއެވެ.
***
“ދޭން ޒާނޫ! ހައި ހޭޓް ޔޫ. ސަޕްރައިޒް ދެވިދާނެއްނުން ތިހެން ޝިރާ ހިތަށް ތަދު ކޮއްނުލާ؟” ޝިރާތު ހައުޒާން މޭމަތީގައި ތަޅައިގަތެވެ.
“ހެހެ ސޮރީ ސޮރީ. ދެން ނަހަދާނަން” ހައުޒާން ޝިރާތު އަތުގައި އަނގޮއްޓި އަޅުވައިދިނެވެ. “އަވަހަށް ހިނގާދޯ ދަމާ. މިހާރުވެސް ލަސްވެއްޖެނުން”
“އައްސަލާމު އަލައިކުމް” މިއަދުވެސް ޝިރާތު ވަނީ ސަލާމް ގޮވާލާފައެވެ. “ވާލައިކުމް ސަލާމް” ސަލާމް ބަލައިގަތީ ހުޝާލެވެ. ހުޝާލް އެކަނި އިނުމުން ޝިރާތުގެ ހިތް ތެޅިގަތެވެ. ދެފަރާތް ބަލައިލެވުނީ އަރޫމާ ފެންނަން ހުރިތޯއެވެ. “ކޮބާ އަރޫމާއްތަ؟ ލީން؟” ޝިރާތު ކަރުކެހިލާފައި ވާޙަކަ ދެއްކިއެވެ.
(ނުނިމޭ)
ފަސްވަނަބައިގެ ތެރެއިން:
“ހުޝާލްބެ؟” ޝީރާތަށް މަޑުމަޑުން ގޮވާލެވުނެވެ. ހުޝާލްގެ މޫނު މަތީގައިވީ ކަންބޮޑުވުން ފެނިފައެވެ. “ކޮ… ކޮބާ… ލީން…؟” ހުޝާލް އަހާލިއެވެ. އެއަޑުގައި ވަރުބަލި ކަމާއި ކަންބޮޑުވުން ހުއްޓެވެ. މޫނު މަތީގައި އޮށްދާ ހިތްލަމުން ދިޔައިރު، ލައިގެން ހުރި ނޫކުލައިގެ ގަމީސްވެސް ވަނީ ދަލުން ފޯވެފައެވެ. ކަކޫ މަތީ އަތް އަޅައިގެން އޮވެ ހުޝާލް ދިޔައީ ފުންކޮށް ނޭވާތަކެއް ލަމުންނެވެ. “ހުޝާލްބޭ؟ ކިހިނެތްވީ؟” ޝީރާތް ކުރިއަށް ދެތިން ފިޔަވަޅު އަޅާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha Allah 🤩 Mi part ves vrh reethi 5 vana baige therein kiyaafa vrh curious 🤨 vehje anehka hushaal ah kihinehbaa evee curiously waiting for the next part when’s next
Lysm ❤️😘
jazaakallah khairan dear
Love the story 😄
jazaakallah khairan dear
Ooooh. Hauzaan so sweet. Now o regret my words. Varah loabi, and Haulaa is also a very pretty name.
Btw, Hushaal akee police officer eh tha? Hauzaan vx police officer eh dhw? Something’s fishy here……
Aslu If it were me viyas varah dhera vaane Hauzaan ehen hedheema. Surprise ok dhw but he should understand her condition
Anyways, varah reethi ingey mi episode vess.
Shiherrr good luck on ur exams.. take caree
Lyysmmmm 🖤🖤
jazaakallah khairan dear
Sharath n hauzaan so cute couple eh💜 Maasha Allah
Hushaal eiy kurin goas myheh😳
Anekka Shira ah kameh nukurahcheyy
Lyn ah kihiney v???
Kiyve hushaal oh dhaa hilla nyy????
Hus javaabu ney suvaalu.
So curious
Btw mi prt vx vrh reethi Maasha Allah
Whn nxt???
Tc.. Lysm Shiher 💜💜
jazaakallah khairan dear