Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝިރާތް 3

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 20, 2025 3 Mins Read
2 Comments

ޙިޔާލު ތަކުގައި ހުރި ޝިރާތު ސިހުނީ ފަހަތުން ބަރުގޮނުގެ އަޑެއް އިވުމުންނެވެ. ޝިރާތު ލަސްލަހުން ފަހަތަށް އެނބުރުނެވެ.

(3 ވަނަ ބައި)

ކަޅު “ސްކޫޕީ” ސައިކަލެއްގައި އިން ޒުވާން އަންހެން ކުއްޖާ ޝިރާތާއި ދިމާލަށް ބަލަން އިނީ ހިނިތުންވެގެންނެވެ. ހުދު ކުލައިގެ ޖީންސްއެއް ލާފައި ހުރި އިރު ލައިގެން ހުރި ފިޔާތޮށިކުލައިގެ ޓޮޕް ކޮޅާއި ގުޅުވާ ހުދު ކުލައިގެ ޝޯލްއެއް އަޅައިގެން އިން އަންހެން ކުއްޖާއަކީ ޒަމާނީ ފެޝަނަށް ލޯބި ކުރާ ކުއްޖެއްކަން ދޭހަވެޔެވެ. ޒަމާނީ ފެޝަނަށް މޭކަޕް ކުރަން ލޯބިވާ ކަމަށް ހެކި ދެނީ، އެސްފިޔައިގައި ތަތްކޮއްފައި ހުރި “ފޭކް ލޭޝެސް” ގެ އިތުރުން ތުންފަތުގައިވީ ގަދަ ރަތް ކުލައިންނެވެ.

“ޕިސް، ދެން ސާބަސް ޔަދޫއަށް. ސިއްސައިގެންނޭ އެދިޔައީ” ޝިރާތު ކަޅިއަޅައިލިއެވެ. ޔަދްޔާއަކީ ޝިރާތުގެ އެންމެ ގާތް އެކުވެރިޔާއެވެ. “ހަހަ ސޮރީ ސޮރީ. އެކަނިތަ؟ އަރާ ސައިކަށް” ޔަދްޔާ އެދުނެވެ.

ޝިރާތު ގޮވައިގެން ޔަދްޔާ ދިޔައީ “ބަބްލް ޝޭކް” ނަމަކަށް ކިޔާ މިލްކްޝޭކް ވިއްކާ ފިހާރައަކަށެވެ. އޯޑަރު ޖަހައިގެން ދެއެކުވެރިން މޭޒެއް ގާތުގައި އިށީނެވެ. “އާހް. މިއޮށް ވާހޫނެއް. ހުވާ މަކައްކާލައިފި” ޔަދްޔާ ނިތްމަތީގައި ހުރި ދާތަށް ޓިޝޫ އަކުން ފުހެލިއެވެ. އަދި ދަބަސް ތެރޭގައި އޮތް ލިޕްސްޓިކް ނަގާ ތުންފަތުގައިވީ ރަތްކަން ގަދަކޮއްލިއެވެ.

ޝިރާތާއި ޔަދްޔާ ދިމާވީ ޝިރާތް 10ގައި އުޅުނު އަހަރެވެ. ޝިރާތަށް ޔަދްޔާ ވަނީ 10ގައި އުޅުނު އަހަރު ޓިއުޝަން ނަގައިދީފައެވެ. ޝިރާތާއި ޔަދްޔާ ދިމާވީ އެހެންނެވެ. ނަމަވެސް ޓީޗަރަކާއި ދަރިވަރެއްގެ ގެޅުމަށް ވުރެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެދެމެދުގައިވީ އެކުވެރިކަމުގެ ގުޅުމެވެ. އެހެނަސް ޔަދްޔާއާއި ޝިރާތަކީ އުޅުމުގައި ވަރަށް ތަފާތު ދެކުދިންނެވެ.

“ސާބަހޭ ތި ތުންފަތުގައި ކުލަ އެބަހުއްޓޭ މިހާރު” ޝިރާތު ހީލާފައި ޔަދްޔާއަށް ދިމާކޮށްލިއެވެ. “ހޫމް. ހުރިކަން އަންގަންށޭ ހަހަ” ޔަދްޔާ ހީލިއެވެ.

“ނިކަން ޝިރާވެސް ޓްރައި ކޮއްލަބަލަ. ހީވާނީ ހަމަ ރާނީއެއްހެންނޭ” ޔަދްޔާ ލިޕްސްޓިކް ދިއްކޮއްލިއެވެ. “ނޯވޭ. ތިއީ ޝިރާ ބައްޕަ އެހާ ފޫނިވާ ކަމެއް. ޝިރާ ނޫޅެން މޭކަޕް ކުރާކަށް” ޝިރާތު ތެކޮޅު ހެދިއެވެ.

“ހަހަ އޯކޭ އޯކޭ. ތިއެއް ނޫނޭ. ވަޒީފާ ކިހިނެތްތަ؟ އެގޭ މީހުން ކިހިނެތް؟” ޔަދްޔާ ސުވާލު ކޮއްލިއެވެ. ޝިރާތު އިރުކޮޅަކު ވިސްނާލިއެވެ. ހުޝާލްގެ ވާހަކަ ބުނަންވީ ބާއެވެ؟ ނަމަވެސް ފަހު ސިކުންތުގައި ޙިޔާލު ބަދަލު ކޮއްލިއެވެ.

“ވަރަށް ރަނގަޅު އެގޭ ދައްތަވެސް ބޭބެވެސް. ވަރަށް ލޯބި ކުއްޖެއް އެމީހުން ހުރީވެސް މާޝާ ﷲ” ޝިރާތު ބުންޏެވެ.

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް އަރޫމާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތް ހުޝާލް އޮތީ ފުން ވިސްނުމެއް ގައެވެ. ހުޝާލްގެ ޙިޔާލުގައިވީ ޝިރާތެވެ. ހުޝާލަކީ ޖަޕާނަށް ނިސްބަތްވާ ޒުވާނެކެވެ. އެހެނަސް ހުޝާލްގެ މަންމައަކީ ށ.ކޮމަންޑޫއަށް ނިސްބަތްވާ މީހެކެވެ. ހުޝާލް އުޅެ ބޮޑުވީ ޖަޕާނުގައެވެ. ނަމަވެސް ހުޝާލް އުޅެމުން ދިޔަ ސަރަހައްދުގައި އުޅުނު ކުޑަ ކުއްޖަކަށް ބެހުނު މައްސަލައިގައި ޖަޕާނުގެ ރައްޔިތުންގެ ފުރައްސާރައާއި ހުރެ ހުޝާލަކަށް ދެން ޖަޕާނަކު އަކު ނޫޅެވުނެވެ. ހުޝާލަކީ ޖަޕާނުގެ އެންމެ މުއްސަނދި ވިޔަފާރިވެރިން ތެރޭގެ އެއްވަނައިގައި ހިމެނޭ ނޯ މިން ވޫގެ ހުރި ހަމަ އެކަނި ދަރިފުޅަށް ވުމުން ޖަލުގެ ގޮޅިތަކަށް ނުވަދެ ހުޝާލް ސަލާމަތް ވިއެވެ. ނަމަވެސް ޖަޕާނުގެ އެއްވެސް ހިސާބެއްގައި ދެނެއް ހުޝާލަކަށް ނޫޅެވުނެވެ. ސަބަބަކަށްވީ ހުޝާލް ޖަޕާނުގެ އެކި ހިސާބު ތަކުގައި އުޅުން ކުދިން ގަޔަށް އަރަން މަސައްކަތް ކޮއްފައި ހުރުމެވެ. އެކުއްޖާގެ މައްސަލަ ފެންމަތި ވުމާއި އެކު އެންމެން “މަގޭ ދަރިއަށްވެސް ބެހުނޭ” ކިޔަން ފެށުމުން ހުޝާލަށް ޖަޕާނުގައި އުޅެން ނުކުޅަދާނަ ވިއެވެ. އެހެން ކަމުން މިން ވޫގެ އެދުމަށް ހުޝާލްގެ ދިރިއުޅުން ރާއްޖެ ބަދަލު ކުރީ އެހާދިސާއަށް ފަހުއެވެ. ހުޝާލް އަރޫމާއާއި ކައިވެނި ކުރީ އޭގެ 3 އަހަރު ފަހުންނެވެ.

އެހެނަސް އެކަމެއް އަރޫމާއަކަށް ނޭނގޭނެއެވެ. ކައިވެނި ކުރެވުމުން އޭނާގެ އެފަރާތް ވަންހަނާ ކޮއްލިއެވެ. ނަމަވެސް ޝިރާތު ފެނުމާއި އެކު އަނެއްކާވެސް އެ “ފުރޭތަ” ހޭއަރައިފިއެވެ. ޝިރާތާއި މޮށެވޭނެ ގޮތެއް ވިސްނަން އޮތް ހުޝާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އަސްލުވެސް ޒާން ވަރަށް ދެރަވޭ ޝިރާ އުޅޭ ގޮތް ފެނިފަ..” ހައުޒާން ވާހަކަ ދެއްކީ ވީޑިއޯ ކޯލް ކޮއްގެން އޮތް ޝިރާތަށެވެ.

“ދެން ކީއްކުރާނީ؟ މިއީ މާތް ﷲ ޝިރާއަށް ލެއްވި ގޮތް. މިއީވެސް އިމްތިހާނެއް. އިންޝާ ﷲ ފަހުން ރަނގަޅުވާނެ”

ޝިރާތުގެ ވިސްނުން ހުރި ގޮތް އިވި ހައުޒާން ހިނިތުންވެލިއެވެ. އުފާވިއެވެ. އެހާލުގައިވެސް ޝަކުވާނުކޮށް ﷲ އަށް ހަމްދު ކުރާތީއެވެ. ޝިރާތުގެ ސިފަތަކު ތެރެއިން ހައުޒާނަށް އެންމެ ކަމުދަނީވެސް އެސިފައެވެ.

“ޝިރާ މަށާއި ކައިވެނި ކުރަންވީނުން؟” ހައުޒާން ކޮއްލީ ބޮޑު ސުވާލެކެވެ. ހައުޒާންގެ އެސުވާލުން ޝިރާތު ދިޔައީ އެލިގެންނެވެ.

“ކައިވެނި ކުރަންށޭ؟ ޝިރާ ކަހަލަ ނިކަމެއްޗަކަށް ކައިވެނި ކުރަން ޒާންގެ މަންމަމެން އެއްބަސް ވާނެތަ؟” ޝިރާތު އިސްޖަހާލިއެވެ. އެހެން ކަމުން ހައުޒާންގެ މޫނު މައްޗަށް އެރި ކުލަވަރު ޝިރާތަކަށް ނުފެނުނެވެ.

(ނުނިމޭ)

ހަތަރުވަނަބައިގެ ތެރެއިން:

“އައްސަލާމު އަލައިކުމް” މިއަދުވެސް ޝިރާތު ވަނީ ސަލާމް ގޮވާލާފައެވެ. “ވާލައިކުމް ސަލާމް” ސަލާމް ބަލައިގަތީ ހުޝާލެވެ. ހުޝާލް އެކަނި އިނުމުން ޝިރާތުގެ ހިތް ތެޅިގަތެވެ. ދެފަރާތް ބަލައިލެވުނީ އަރޫމާ ފެންނަން ހުރިތޯއެވެ. “ކޮބާ އަރޫމާއްތަ؟ ލީން؟” ޝިރާތު ކަރުކެހިލާފައި ވާޙަކަ ދެއްކިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މާސްކު (ޕާޓް 7)

Next

ޝިރާތް 4

Next
August 20, 2025

ޝިރާތް 4

Previews
August 19, 2025

މާސްކު (ޕާޓް 7)

2 Comments!

  1. Oreo gurll says:
    August 20, 2025 at 5:25 pm

    Oohh yayy! Im the first one!!
    So glad.. and seee!!
    I told u Hushaal ge niyai rangalheh nooneyy. Adhi aroomaa ah vx sirru kohgenneyy huree ekaleyge. Eyna vaane thi vaahakaiga alhuganduge varah bodu enemy akah.
    Ey serious koh e fureytha gandu araa ekujjaa kaa nulanees avahah haauzaan ah aan bas dhee!
    Ooh, speaking of which, did hauzaan really just propose to her???? Varah different egothah propose kureema. So, unusual mihaaru situation thakaa dhw?
    So curious. (Actually 4th episode ebain aissa. Cant wait!!?)
    Varah reethi mi partt
    Lyy ❤❤❤

    1. shihaamaa ali shihaamaa ali says:
      August 20, 2025 at 7:18 pm

      Hehe dhn goas koh ulhey myhun kuraa kameh kuraany vagah thaa dhw psps
      Maybeeee👀👀👀👀👀
      Jazaakallah khairan dearr
      Lyttt

Comments are closed.

Next Episodeޝިރާތް 4←


All Right Reserved!