ދައްތަ ހިނގައިގަތީ ކޮޓަރިއަކާ ދިމާލަށެވެ. ޝިރާތު ސޯފާގައި އިށީންދެލިއެވެ. ދެން އެއަންހެން މީހާ ނިކުތީ ފިރިހެނަކާއި ދެއަހަރެއްހާ ދުވަހުގެ އަންހެން ކުއްޖަކު ގޮވައިގެންނެވެ.
(2 ވަނަ ބައި)
“ދައްތައަށް ކިޔަނީ އަރޫމާ. ދެން މިއީ ދައްތަގެ ދިރިމީހާ ހުޝާލް. ދެން މިއީ ދައްތަގެ ދަރިފުޅު ހެލީން”
ޝިރާތު ތެދުވެ އަރޫމާއަށް ސަލާމް ކޮއްލިއެވެ. ހުޝާލްއަށް ހިނިތުންވުމެއް ރައްދުކޮއްލާފައި ކުޑަކުޑަ ހެލީން އުރާލިއެވެ. “މާޝާ ﷲ ވަރަށް ލޯބި” ޝިރާތު ހެލީންގެ ކޮލުގައި ހިފާލިއެވެ. “ހިނގާ އަވަހަށް ސައިބޯން. ހުންނާނެ ކަޓްލަސްއާއި ސޮސެޖް ރޯލްސް ހަދާފަ. އަނެއްކާ ކަމުދާ އެއްޗެއްތަ؟” އަރޫމާ ސުވާލު ކޮއްލިއެވެ. ޝިރާތް ބޯޖަހާލިއެވެ.
ސައިބޮއެ ނިމުމުން އަރޫމާއާއި ހުޝާލް ދިޔައީ ޑިއުޓީއަށެވެ. ހެލީން ގޮވައިގެން ޝިރާތް ވަނީ ކޮޓަރިއަށެވެ. “ދައްތި ހާދަ ރީއްޗޭ” މައުސޫމް ހިނިތުންވުމަކާއި އެކު ހެލީން ބުނެލިއެވެ. “ހެހެ ލީންވެސް ވަރަށް ލޯބި” ޝިރާތް ހީލިއެވެ.
ހެލީންއާއި އެކު ސަކަރާތުގައި އުޅިފައި މެންދުރު ވުމުން ހެލީންއަށް ކާންދީފައި ޝިރާތް ހެލީން ނިންދަވާލިއެވެ. އަރޫމާ 2 ޖަހާއިރު ޑިއުޓީ ނިންމާފައި އަންނަ ވާހަކަ ބުނެފައި އޮތުމުން ދެން ޝިރާތް އުޅުނީ ލައިންކާނެ އެއްޗެއް ތައްޔާރު ކޮއްލުމަށެވެ.
“މްމްމްމް ހާދަ ވަސްގަނޑު ރަނގަޅޭ” ފަހަތުން އިވުނީ ފިރިހެނެއްގެ އަޑެވެ. ޝިރާތް ސިހިފައި ފަހަތް ބަލައިލިއެވެ. ބަދިގެ ދޮރުކައިރީ ހުއްޓިލައިގެން ހުޝާލް ހިނިތުންވުމަކާއި އެކު ހުއްޓެވެ.
“ބޭބެ ޑިއުޓީ ނިމުނީތޯ؟” ޝިރާތް ވާހަކަ ދެއްކީ ރީތި ބަހުންނެވެ. “ބްރޭކް ގަޑިއަށް މިއައީ” އައިސް އަލަމާރިން ފެންފުޅިއެއް ހިފައިގެން ހުޝާލް ޝިރާތް ކައިރީގައި ހުއްޓުނެވެ.
“ޝިރާތްދޯ ކިޔަނީ؟” ޝިރާތްގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައިން އިނގިއްޔާއި ދިމާލަށް ހުޝާލް ބަލައިލިއެވެ. “ސްކޭން” އެއްކޮއްލި ފަދައެވެ.
ހުޝާލްގެ އެއަމަލުން އުނދަގޫ ވީނަމަވެސް ޝިރާތް ހީލިއެވެ. “ލައްބަ”
ހުޝާލް ހީލިއެވެ. “ވަރަށް ލޯބި ނަމެއް” ހުޝާލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މަޑުމަޑުން ހުރެފައި ދެން ހުޝާލް ކޮއްލި ކަމަކުން ޝިރާތް ދިޔައީ ސިއްސައިގެންނެވެ.
“ކީއްތިކުރަނީ؟” ޝިރާތު ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
“ހަމަ ޖެހިބަލަ ހެހެ. ޝިރާތު އުނަގަނޑުގައި މެއްސެއް އިނީމައޭ” ހުޝާލް ބުނެލީ “ހިތްހެޔޮ” ރާގެއްގައެވެ. ނަމަވެސް ހުޝާލްގެ ލޮލުން ޝިރާތަށް ފެނުނީ އެހެން މަންޒަރެކެވެ. އެހެން ނޫނަސް ކުރިމަތީ ހުރި މީހަކަށް ފުރަގަހުގައި އިން މެއްސެއް ފެންނަން ވީ ކީއްވެ ހެއްޔެވެ؟
“ކޯއްޗެއްތަ ތިކައްކާލަނީ” ޝިރާތުގެ މޫނުމަތިން ފެނުނު އަސަރުތަކުން ހުޝާލް އަވަހަށް ވާހަކަ އޮޅުވާލިއެވެ. “މި… މި… އަލުވި ބަތް ކޮޅެއް ކައްކާލަނީ..” ޝިރާތަށް ބުނެވުނީ އަޅައަޅައިގަންނަމުންނެވެ.
“އެހެންތަ؟ ހުޝާލްބެއަށް ވަރަށް މީރު އެއްޗެއް ތިއީ ހެހެ. ހޫމް. ދެން ކިޔާނީ ހުޝާލްބެ އިނގޭ؟” ހުޝާލްގެ ވާހަކައަށް ޝިރާތް ހަމަ އެކަނި ބޯޖަހާލިއެވެ. “ކޮބާތަ ލީން؟”
“ލީން ނިންދަވާލާފައި ކައްކަން މިއައީ” ޝިރާތު ބުންޏެވެ. އެހެންތަ؟ އެހެންވެ މިދަނީ ނަމާދު ކޮއްލަން”
ހުޝާލް ނިކުމެގެން ދިޔުމުން ޝިރާތަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. މޭގައި ފިރުމާލަމުން ފުންކޮށް ދެތިން ނޭވާ ދޫކޮށްލިއެވެ.
ޝިރާތު ކޮށި ފިޔާކޮޅު ވަނގާރު ކުރަން އުދައިގެން ހުރި ޝިރާތުގެ ޙިޔާލު ތަކުގައިވީ ހުޝާލްއެވެ. ހަމަ ގައިމުވެސް ޝިރާތާއި ދިމާލަށް ބަލަމުން ދިޔައީ ހިތްހެޔޮ ބެލުމަކުން ނޫނެވެ. އެވާހަކަ އަރޫމާ ގާތުގައި ބުނަންވީ ބާއެވެ؟ ނޫނެކެވެ! ވަޒީފާގެ ފުރަތަމަ ދުވަހު ވަޒީފާ ގެއްލޭކަށް ޝިރާތު ބޭނުމެއް ނުވިއެވެ. އަރޫމާއަށް ޝިރާތު ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
ޝިރާތަށް ޙިޔާލު ތަކުން ނިކުމެވުނީ ފޯނު ރިންގުވުމުންނެވެ. ގުޅަމުން ދިޔައީ ހައުޒާންއެވެ.
“ހޭ ލޯބި. ކޮބާ ކިހިނެތް ތަ ތިގޭ މީހުން؟” ހައުޒާންގެ އަޑުގައި ވަރުބަލިކަން ވިޔެވެ. “ޔެސް، އަލްހަމްދުލިއްލާހި މިގޭ ދައްތަވެސް ބޭބެވެސް ވަރަށް ރަނގަޅު” ޝިރާތު ހައުޒާނަށް އެވާހަކަ ސިއްރު ކުރިއެވެ. ހުޝާލްގެ ބޭނުމަކީ އެއީ ކަމަށްވެސް ނުވެދާނެވެ. އެއްވެސް މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާކަށް ޝިރާތު ބޭނުމެއް ނޫނެވެ.
“ޒާން ހާދަ ވަރުބަލި ވެފަ ހެން ހީވެޔޭ؟ ކިހިނެތްވީތަ އަނެއްކާ؟” ހައުޒާންގެ އަޑުގައިވީ ވަރުބަލިކަން ޝިރާތަކަށް ވަންހަނާއެއް ނުވިޔެވެ.
“އާނ މިއަދު ވަގަކު އަތުލަން ދުވެ ދުވެފައި މިއައީ. މުޅި ރަށް ކުޑަ ކުރި ފަހުން އަތް ޖެހުނީ. ހަމަ ތެދެއް ދެރަކަމެކޭ” ހައުޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. ހައުޒާނަކީ ފުލުހުގައި މަސައްކަތް ކުރަމުންދާ ހީވާގީ މުވައްޒަފެކެވެ.
މެންދުރު 30 2 ވާން އުޅެނިކޮށް ޝިރާތު ޑިއުޓީ ނިންމާފައި މަންޒިލް ގެއިން ނިކުތެވެ. ލަސް ހިނގުމުގައި ދިޔަ ޝިރާތުގެ ސިކުނޑީގައިވީ ހުޝާލްއެވެ. ހުޝާލްގެ އެކުޑަ ކުޑަ އަމަލުން އެވަޒީފާއަށް އެނބުރިދާން ޝިރާތުގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. އެހެނަސް ފައިސާއާއި ނުލާ މިހާރު ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟
ޝާޔާ ނިޔާވެ، ފާއިތުވީ 2 މަސް ތެރޭގައި ޝިރާތުގެ ހުރިހާ ޙަރަދެއް ކޮއްދިނީ ހައުޒާނެވެ. ނަމަވެސް ހައުޒާނަކީ އަދި ޝިރާތުގެ ލޯބިވެރިޔާއަށް ވުމުން ހައުޒާންގެ ހަރަދުގައި ދިރިއުޅެން ޝިރާތު ބޭނުންނުވީއެވެ. އެހެންކަމުން ޝިރާތު މިއަދު އެހުރީ ވަޒީފާއަށް ނުކުމެއެވެ.
ޙިޔާލު ތަކުގައި ހުރި ޝިރާތު ސިހުނީ ފަހަތުން ބަރުގޮނުގެ އަޑެއް އިވުމުންނެވެ. ޝިރާތު ލަސްލަހުން ފަހަތަށް އެނބުރުނެވެ.
(ނުނިމޭ)
ތިންވަނަބައިގެ ތެރެއިން:
“ޝިރާ މަށާއި ކައިވެނި ކުރަންވީނުން؟” ހައުޒާން ކޮއްލީ ބޮޑު ސުވާލެކެވެ. ހައުޒާންގެ އެސުވާލުން ޝިރާތު ދިޔައީ އެލިގެންނެވެ. “ކައިވެނި ކުރަންށޭ؟ ޝިރާ ކަހަލަ ނިކަމެއްޗަކަށް ކައިވެނި ކުރަން ޒާންގެ މަންމަމެން އެއްބަސް ވާނެތަ؟” ޝިރާތު އިސްޖަހާލިއެވެ. އެހެން ކަމުން ހައުޒާންގެ މޫނު މައްޗަށް އެރި ކުލަވަރު ޝިރާތަކަށް ނުފެނުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part vx varah Reethi Masha Allah…
What’s gonna happen to Shiraath.. ⁉️
Is hauxaan gonna force her to marry him, and Hushaal is gonna do smthng really bad😯 Just my thoughts here 😅
Curiously waiting for the next part..
Lysm Shiher<33
Jazaakallah khairan Shiu
Lets see dhw dhn vany kihineh thoa👀
Hehe save your thoughts for the next episode
In sha allah tmrw morning 6am next episode
Lytt
Is this a like a rich family and a poor girl ending up together vibe eh? Mi part ves varah reethi. Varah unmeedhu kuran mi vaahaka ves nimenden kiyaalan libeyne kamah
Haha neynge dhww
Balamaa dhenn
Yess nimen dhen kiyaaleveyne hama
Ooh. Now I get it, so sorry but I thought Hushaal was a zuvaan fitihen kujje kamah, of that Aroomaa dhahtha. Actually Heleen is a varah loabi nameh ingey, I love it. And aroomaa seems pretty hih heyo, but Hushaal… so not like it…
And btw, what is van’gaaru kurun?
Soo excited, and curious..
I think Hauzaan is a real man. Kihaa rangalhu veema dhw 2 aharu vandehen hurihaa kharadheh balahattaidheynee? And now, he asks for marriage???!! Ooh. Literally the 2nd episode and the romance started.. amazing! So kon kulavareh tha Hauzaan ge moonah eree? Varah interesting ingey..
Oh, btw, shiherr kon iraku exam feshenee? All the best ingey
Try hard! Not just ur close ones, im also rooting for u ❤❤
Lysssm
Hehe jazaakallah khairan
Vangaaru kurun is shihaa mn rashu meehun fiyaa raiy kurumah or kiyaanan kahkkaa iru hehe😭😭
Episode 3 is out see you there🥰
Jazaakallah khairan dearr lytt
Masha allah mi part vs vrh reethi
Curiously waiting
When next?
Lyyy🫶🏻🫶🏻
Aanaa ah hurihaa part thkhga cmnt nukohlvunas hiikohla aanaa cmnt kureyey..time libuniyya kiyaaleveythw try kuraanan…vrh pressure kuraathy vrh stress midhuvaskolhu..hurihaa kmh ehfaharaa kurimathi vyma engey…sryyy
tcccc🫶🏻🫶🏻🫶🏻abadhuvs aana ge spt shihaa ah libeyne🥰
Jazaakallah khairan dearr
E ok vaaney take your time..