Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝިރާތް 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 19, 2025 3 Mins Read
9 Comments

(1 ވަނަ ބައި)

އަންހެން ކުއްޖަކަށް ވުމަކީ ކުށެއް ހެއްޔެވެ؟ ނުވަތަ ފާފައެއް ހެއްޔެވެ؟ ނުވަތަ މަޔަކަށާއި ބަފަޔަކަށް ކުރެވޭ ކުށެއްޖެ ޝަޒާ ހެއްޔެވެ؟ ނޫނެކެވެ! އެއީ ދުނިޔެ ދެކޭގޮތެވެ. އަހަރެމެންގެ ރަސޫލާ މުހައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމް އެންގެވީ އެހެންނެއް ނޫނެވެ. އަންހެން ކުދިންނަކީ ނިޢުމަތެކެވެ. އަންހެން ކުދިންނަކީ ބައްޕައަކަށް ސުވަރުގެއަށް ވަނުމަށް ހުޅުވޭ ދޮރެވެ. އަނބިމީހާއަކީ ފިރިހެނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކޮއްދޭ މީހާއެވެ. އެންމެ ފަހު ދުނިޔެއާއި ކުރިމަތި ލާއިރު ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައެވެ.

އެހެންނަމަވެސް މިއަދު މަންޒަރު ފެންނަނީ އެހެނެއް ނޫނެވެ. އަންހެން ކުދިންނަކީ އަގެއް ނެތް ބައެކެވެ. އަންހެނުންނަކީ ފިރިހެނުން ކުޅެން ގެންގުޅޭ “ޑޯލް” އެކެވެ. އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ފިރިހެނުން އަންހެނުންގެ އިހުސާސްތަކަށް އެހާ ރަހުމު ކުޑަ ވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ރަސޫލާ އަންހެނުން ހިމާޔަށް ކުރުމައް އެދި އެވަރަށް ރުއީ ކީއްވެގެންކަން މިއަދު ކަންކަން މިވާގޮތުން މާރަނގަޅަށްވެސް އެބަ އެނގެއެވެ.

ޝިރާތަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ކުއްޖެކެވެ. މާގޮތް ބޮޑު ނޫނަސް އުފާވެރި ހަޔާތެކެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން އައީ ޝިރާތުގެ އުމުރުން އެންމެ 11 އަހަރުގައި ޝިރާތުގެ ބައްޕަ އިލްޔާން ބައެއްގެ ޝިކާރައަކަށްވެ ނިޔާވުމުންނެވެ. އެއީ ޝިރާތުގެ ހަޔާތައް އައި އެންމެ ހިތާމަވެރި ދުވަހެވެ. ހަޔާތާއި ކުރިމަތި ލާނޭ ގޮތެއް ނޭނގުނެވެ. އެހެނަސް ލޯބިވާ މަންމައަށް ޓަކައި ހިތްވަރު ގަދަ ކުރިޔެވެ. ބައްޕަ ބޭނުންވީ ފަދައިން ކިޔަވާ މޮޅު ކުއްކުއްޖަކަށްވެ، ލޯބިވާ މަންމަ އޭނާގެ ބެލުމުގެ ދަށުގައި އުމުރަށް ގެންގުޅުމަށް އަޒުމް ކަނޑައެޅިއެވެ.

ޝިރާތަކީ އަބަދުވެސް ހިތްހެޔޮ ކުއްޖެކެވެ. ހިތް މަޑު، އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން އިނގޭ ކުއްޖެކެވެ. ނަމަވެސް ޝިރާތަކީ އެއްވެސް އިރަކު އަމިއްލަ އިހުސާސްތަކާއި މެދު ވިސްނި ކުއްޖެއް ނޫނެވެ. އެކަން އޭނާއަށް ދަސްނުވެފައިވެސް ވުމާއި އެކުއެވެ.

ނަމަވެސް ޝިރާތުގެ ބައްޕަ ނިޔާވީ އިރުވެސް ޝިރާތު ދިޔައީ ސިއްރުން ކަމަކާއި ހިތާމަ ކުރަމުންނެވެ. ކިލާސް ކުއްޖެއްގެ ފަރާތުން އޭނާއަށް ގޯނާތަކެއް ކުރިމަތި ވާތާ އޭރު އަހަރެއްހާ ދުވަސް ވެދާނެއެވެ. ނަމަވެސް އެވާހަކަ މަންމަމެން ގާތުގައި ބުނާކަށް ޝިރާތަކަށް ނުކެރުނެވެ. އެހެންކަމުން ޝިރާތު އެވާހަކަ ހިއްސާ ކުރީ ޝިރާތުގެ ކިލާސް ލީޑިންގް ޓީޗަރު ކަމުގައިވާ ޖުވޭދަށެވެ. އެކަން ހަމައަކަށް އެޅުނީ އެހިސާބުންނެވެ.

ޝިރާތުގެ އެއާދައިގެ ދިރިއުޅުމަށް ހޭނުނުހެން ހީނުވަނީސް ޝިރާތުގެ މަންމަ ޝާޔާ މިދުނިޔެއާއި އަލްވަދާއު ކިއެވެ. އެއީ ޝިރާތުގެ މުޅި ދިރިއުޅުން މަޑުމޮޅިވި ދުވަހެކެވެ. ހަފަރާތުން އެކަނިވެރިކަމުގައި ބެދުނު ދުވަހެވެ. ނަމަވެސް ޝިރާތު ހިތްވަރު އެލުވައެއް ނުލައެވެ. އެކަން ކުރަން ހިތަށްވެސް ނާރައެވެ.

“ޝިރާއަށް ޔަގީންތަ ރެޑީކަން.؟” “މަންޒިލް” ގޭދޮރުމަތީގައި ސައިކަލު މަޑުކޮއްލަމުން ފަހަތުގައި އިން ޝިރާތައަށް ހައުޒާން ބަލައިލިއެވެ. ހައުޒާނަކީ ޝިރާތްގެ ލޯބިވެރިޔާއެވެ. “ރެޑީނޫނަސް ޝިރާ ކީއްކުރާނީ؟ މިއަދު ޝިރާ ބަލާނީ ކާކު؟ ޝިރާ ބޭނުމެއްނޫން ޒާންގެ ރުފިޔާއިން ދިރިއުޅޭކަށް” ޝިރާތު ސައިކަލުން ފޭބިއެވެ.

“ތިއީ ޝިރާ ބޭނުންވާ ގޮތް ނަމަ އަބަދުވެސް ހިތްވަރުދޭން ގާތުގައި ހުންނާނަން” ޝިރާތުގެ މަޑުކަފަކޮޅެއް ފަދަ އަތުގައި ހައުޒާން ފިރުމާލިއެވެ. ޝިރާތު ހިނިތުންވެލިއެވެ. އަދި ލުއި ފިޔަވަޅު ތަކެއްގައި މަންޒިލް ގެއަށް ވަނެވެ.

ދޮރާށިން ބޭރުގައި ހުދު ކުލަލެވިފައި ވީއިރު މައިދޮރު ކައިރީގައި ހުދު ކުލައިގެ ބޯގަންވިލާ ގަހެއް ހުއްޓެވެ. އެތެރެއަށް ވަދެވުނު އިރު، އެއްފަރާތުގައި ބެންޗާއި، އުނދޯލި ހުރި އިރު ތަފާތު ވައްތަރުގެ މާމެލި ހުއްޓެވެ. އަނެއް ފަރާތުގައި ހުރީ ގަސްތައް އިންދާފައެވެ. ރާނބާފަތާއި، ހިކަނދިފަތުގެ އިތުރުން، މޭވާ ގަސްގަހެވެ. ފެޝަން ފްރުޓް ވެޔޮލަކާއި، އަނބުގަހާ، ކުންނާރު ގަހާއި، ބިލިމަގު ގަހާއި، މިރުސް ގަސް ހުއްޓެވެ.

“އައްސަލާމު އަލައިކުމް” ޝިރާތު ސަލާމް ގޮވާލިއެވެ. ބޭރު ތެރެއަށް ވުރެ ގޭތެރެ ގައިމުވެސް މާރީއްޗެވެ. ގޭގައި އުޅެމުން ދިޔައީ މުއްސަނދި ބައެއްކަން ކޮންމެ ތަންކޮޅަކުންވެސް ދިޔައީ އެނގި ހާމަ ވަމުންނެވެ. ސިޓިންގް ރޫމްގައި ބޮޑު ސޯފާއެއް އިން އިރު، ސޯފާ ކައިރީ ބިއްލޫރި މޭޒެއް އިނެވެ. ސިޓިންގް ރޫމް މޭޒު އެއްފަރާތުގައި ކާޕެޓެއް އަޅާފައި ވީއިރު، އެކި ކަހަލަ ކުޅޭ އެއްޗެހި ކައިރީގައި ހުއްޓެވެ. އެފާރު ކައިރީ އިނގިރޭސި، ދިވެހި، އަދި އަރަބީގެ އަކުރުތައް ތަތް ކުރެވިފައި ވިޔެވެ.

އަނެއްފަރާތުގައި ބޮޑު މަސްޓޭންކެއް އިން އިރު ތަފާތު، އެކި ކުލަ ކުލައިގެ މަސްތައް އޭގައި ހުއްޓެވެ. “ނިއޯން ލައިޓްސް” އިން ޓޭންކު ދިއްލާލާފައިވީ އިރު ވަރަށް ރީއްޗެވެ. ސިޓިންގް ރޫމް ފާރުގައި އެކި ވައްތަރު ޑިޒައިން ހުރި އިރު ސީލިންގުގައި އިން ބޮޑު ޗާންދަލިޔާ މުޅި ސިޓިންގްރޫމް ފުރިހަމަ ކޮއްދެއެވެ.

“ވާލައިކުމްސަލާމް. ޝިރާތު ދެއްތޮ؟” ބަދިގެ ތެރެއިން ނިކުން އަންހެން މީހާ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. “އިށީންދޭ. އެބައަންނަން އިނގޭ” ދައްތަ ހިނގައިގަތީ ކޮޓަރިއަކާ ދިމާލަށެވެ. ޝިރާތު ސޯފާގައި އިށީންދެލިއެވެ. ދެން އެއަންހެން މީހާ ނިކުތީ ފިރިހެނަކާއި ދެއަހަރެއްހާ އަންހެން ކުއްޖަކު ގޮވައިގެންނެވެ.

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

“ޝިރާތްދޯ ކިޔަނީ؟” ޝިރާތްގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައިން އިނގިއްޔާއި ދިމާލަށް ހުޝާލް ބަލައިލިއެވެ. “ސްކޭން” އެއްކޮއްލި ފަދައެވެ. ހުޝާލްގެ އެއަމަލުން އުނދަގޫ ވީނަމަވެސް ޝިރާތް ހީލިއެވެ. “ލައްބަ” ހުޝާލް ހީލިއެވެ. “ވަރަށް ލޯބި ނަމެއް” ހުޝާލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މަޑުމަޑުން ހުރެފައި ދެން ހުޝާލް ކޮއްލި ކަމަކުން ޝިރާތް ދިޔައީ ސިއްސައިގެންނެވެ. “ކީއްތިކުރަނީ؟” ޝިރާތު ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކަޅު ބުޅާ 24

Next

ހިތުގެ ރިހުން (19)

Next
August 19, 2025

ހިތުގެ ރިހުން (19)

Previews
August 18, 2025

ކަޅު ބުޅާ 24

9 Comments!

  1. Nayerr says:
    August 19, 2025 at 6:19 am

    Masha Allah mi part ves Vrh reethi hama ekani 5 parts kiyenee😢 shiherr free koh kiyaalevey goh hadhaa la dheeba pls pls heekuran free koh kiyaa levey goiy hadhaa dheyne Kamah mee alhugadu ge Vrh bodhu edhumeh
    Curiously waiting for the next part when’s next
    Lysm❤️

  2. shihaamaa ali shihaamaa ali says:
    August 19, 2025 at 9:54 am

    Jazaakallah khairan
    I’m sorry but I can’t do that.. that against pro story rules😓

    1. shihaamaa ali shihaamaa ali says:
      August 19, 2025 at 9:55 am

      Next episode in sha allah tmrw

  3. Shaf_maan says:
    August 19, 2025 at 11:36 am

    Maasha Allah mi prt vx vrh reethi
    Vrh curious…
    2nd prt ge therein kiyaafa.. Omgg
    What is gonna happen…
    Shiherr kiyyve tha pro story ah up kurany..
    Hama ehaa bodu income eh libeytha..
    I meant like ehaa gina myhun kiyaatha..
    I just asked…
    Anyways whn nxt??
    Tc.. Lysm Shiher 💜💜

    1. shihaamaa ali shihaamaa ali says:
      August 20, 2025 at 6:31 am

      Jazaakallah khairan
      3rd episode is out now

  4. darkqueen38 darkqueen38 says:
    August 19, 2025 at 7:42 pm

    New storyyyyy. So excited for this one and to read on this journey. what happened to her so sad. varah reethi starting of this and sad too

    1. shihaamaa ali shihaamaa ali says:
      August 20, 2025 at 6:32 am

      Jazaakallah khairan
      Yeah dhw.. ummeedhu kuran mi vaahaka kamudhaane kamah

  5. Oreo gurll says:
    August 19, 2025 at 8:18 pm

    Oooh.. interesting. So Shira ge mamma n bappa niyaa vee, ok. Sad.
    So now what is she gonna do? What was Hauzaan talking abt? And who is Hushaal? Why do i feel like his intention is not clean? Why is she in their house? Or is it a house? Oooohh soo many questions.. ZERO ANSWERS!!
    Btw, varah reethi ingey mi episode vxx. Varah curioussss
    Lyssmmm

  6. shihaamaa ali shihaamaa ali says:
    August 20, 2025 at 6:32 am

    Jazaakallah khairan
    Hehe baivaru suvaal dhw😂 story nimey iru javaab onnaane all suvaalah hehe
    Stay tuned
    Lytt

Comments are closed.

Next Episodeޝިރާތް 2←


All Right Reserved!