Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 23

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 17, 2025 3 Mins Read
18 Comments

އިވްޔާ އަންނަންދެން ނިދިފައި އޮތް އީވާ ގާތުގައި އިން އިނާ ތެދުވީ ފާހާނާއަށް ދާން ޖެހިގެންނެވެ. އީވާ ގައިމަތީގައި އޮތް ފޮތިގަނޑު ރީތި ކޮއްލާފައި އިނާ ފާހާނާއަށް ވަނެވެ. އެނދު ކައިރީ އިން ރޭޑިއޯގެ ކަރަންޓު ވާގަނޑު ކެނޑުނެވެ. ވާގަނޑު ހަލާކު ވުމާއި އެކު ބަޤަރާ ސޫރަތްގެ މޫރިތި އާޔަތް ތަކުގެ އަޑު ކެނޑުނެވެ. އެވަގުތު ކަޅު ކުލައިގެ ކުޑަ ދުންގަނޑެއް ކޮޓަރި ތެރެއަށް ފައުޅުވިއެވެ. އީވާ އޮތް އެނދު ކައިރިއާއި ދިމާލަށް ތިރިވެ، އެ ދުންކޮޅު އިންސާނެއްގެ ސޫރަ ޖެހުނެވެ. މައްވިޝް ގޮސް އީވާ ގާތުގައި އިށީނެވެ.

(23 ވަނަ ބައި)

ނިދިފައި އޮތް އީވާގެ މޫނުމަތީގައިވީ މައުސޫމް ކަމެވެ. މައުސޫމް ކަމުން ލޯބިން ހިތް ފުރޭ ވަރުގެ، އެމޫނަށް މައްވިޝް ބަލަން އިނީ ރުޅި އަހިސް ރަތްވެފައި އިނދެއެވެ. ފާހާނާ ތެރެއިން ފްލަޝް ކޮއްލި އަޑު އިވުމުން މައްވިޝް އީވާއާއި މޫނު ގާތް ކޮއްލިއެވެ.

އީވާގެ ދޮން މޫނާއި ދިމާލަށް މައްވިޝް ފުމެލުމާއި އެކު މައްވިޝްގެ އަނގައިން ނިކުން ކަޅު ދުންތަށް ގޮސް އީވާގެ ނޭފަތް ތެރެޔަށް ވަނެވެ. ކުޑަކޮށް ކުރުގެޅިލާފައި އީވާ ހަމަ ޖެހިލިއެވެ. މައްވިޝް ވިހަ ގޮތަކަށް ހިނިތުންވެލިއެވެ. މަކަރުވެރި ހިނިތުންވުމަކާއި އެކު މައްވިޝް ގެއްލިގެން ދިޔަ ވަގުތުވީ އިނާ ފާހާނައިގެ ދޮރު ހުޅުވާލި ވަގުތަށެވެ.

އާދަން ކުރަމުން ދިޔަ ކަންކަން ބަލަން ހުރި މިލީކް ހުރީ ރުޅި އަހިސްފައެވެ. ކުރެވޭނެ ކަމެއް ނެތެވެ. ކީޝްއާއި ހިކާ އަދި މިލީންގެ ހައްގުގައި މިލީކް ޖެހޭނީ މަޑުން ހުންނާށެވެ.

އުނގަނޑުގައި އިން ފިޔަގަނޑު ހުޅުވާލާފައި މިލީކް އުދުއްސައިގަތެވެ. މިސްޓްރީ ގޭ ކުރިމަތީގައި ހުރި ޖަންގަލީގައި ހުރި ތަނުން ގަހަކަށް މިލީކް ތިރި ވިއެވެ. ބިމުގައި ދެފައި ޖެހުމާއި އެކު ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އަޑު އައީ ބިމު ދަށުންނެވެ. މިލީކް ތިރިވެ ބިމުގައި އަތް ޖައްސާލިއެވެ.

“ދަރިފުޅޫ…”

ކޯޓުން ނިކުމެގެން އައި އިވްޔާއާއި މިޒިޔަލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ކައިވެނި ރުޖޫޢަ ކުރެވުމުން ދެހިތުގައިވެސް ވީ އުފާވެރި ކަމެވެ.

“ދެން ދުވަހަކުވެސް އިވް ދޫކޮށްލާފަ ނުދާތި” މިޒިޔަލްގެ މޫނަށް ބަލައިލަމުން އިވްޔާ ވާހަކަ ދެއްކިއެވެ. “ޔެސް. ދުވަހަކުވެސް ދޫކޮށްނުލާނަން” އިވްޔާގެ އަތުގެ ނުފުށުގައި މިޒިޔަލް ތުންފަތް ޖައްސާލިއެވެ.

ގެއަށް ވައިން އިރު މިޒްނާއާއި އިނާ ސިޓިންގް ރޫމްގައި އީވާ ގޮވައިގެން ތިއްބެވެ. ދެމައިންނަށް ހިނިތުންވެލާފައި ދެމަފިރިންވަނީ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަދެ ދޮރު ތަޅުލާފައި މިޒިޔަލް އިވްޔާގެ ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް މައި ބޭބީ ގާލް” މިޒިޔަލް ވައި އަޑުން ބުނެލިއެވެ. “މްމްމް އައި ލަވް ޔޫ މޯރ”

އިވްޔާގެ ޖަވާބާއި އެކު މިޒިޔަލް ހިނިތުންވެލިއެވެ. އިވްޔާގެ ހަށިގަނޑު އުފުލާލަމުން މިޒިޔަލް ހިނގައިގަތީ އެނދާއި ދިމާލަށެވެ. އިވްޔާގެ ހަށިގަނޑު ލޯބިން ބާއްވާލަމުން މިޒިޔަލް އިވްޔާ ގައި މައްޗަށް އެރިއެވެ.

“އިވް. ތިއީ ޔަލްގެ ދިރިއުޅުން. ޔަލްގެ ދިރިހުރުން. ތިއީ މާތް ﷲ ޔަލްއަށް ދެއްވި އެންމެ ފުރިހަމަ އަމާނާތް. އެންމެ ފުރިހަމަ ހަދިޔާ. ޔަލްއަކަށް ދެން ކެތެއް ނުވާނެ. އިވްއާއި ނުލާ އެންމެ ދުވަހަކުވެސް އުޅޭކަށް ބޭނުމެއް ނޫން” މިޒިޔަލް އިވްޔާގެ ކަރުދޮށަށް ބޮސް ދިނެވެ.

“މްމް އިވްވެސް ވަރަށް ލޯބިވޭ. ޔަލްއާއި އެކު އަބަދުވެސް ވާން ބޭނުން”

ދުވަސް ކޮޅަކަށް ފަހު މިޒިޔަލްއާއި އެކު ލޯބި ވަގުތު ކޮޅެއް ހޭދަ ކޮއްލެވުމުން އިވްޔާގެ ހިތް އުފަލުން ނަށައިގަތެވެ. ދެމަފިރިން އެކަކު އަނެކަކަށް ލޯބި ދެމުން ދިޔަ މަންޒަރު ބަލަން ކޮޓަރި ތެރޭގައި މިލީން ހުއްޓެވެ.

“ހެހެހެ. ހީކުރާ ގޮތްތަ؟ މިޒިޔަލް މަށަށް ނުލިބެންޏާ އެކަކަށްވެސް ނުލިބޭނެ” މިލީން މަޑުމަޑުން ބުނެލިއެވެ. އަދި ވައިގެ ތެރެއަށް ދުންގަނޑަކަށްވެ ގެއްލިގެން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދު ކޮއްލައިގެން އިވްޔާ އިނީ އީވާ ނިންދަވާލެވޭތޯއެވެ. އީވާއަށް ގާތުންދޭން އިން އިވްޔާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އީވާގެ ހަށިގަނޑުގައި ބާރަށް ބައްދާލައިގެން އިން އިރު ހީވަނީ އީވާ ގެއްލި ދާނެތީ އުޅޭހެންނެވެ.

ކޮޓަރިއަށް ވައިން އިވްޔާ ފެނި މިޒިޔަލް އެދިމާލަށް ހިނގައިގަތެވެ. އިވްޔާ ބިރުގަންނާނެ ވަރު މިޒިޔަލްއަށް އެނގެޔެވެ. “އިވް” މިޒިޔަލް އިވްޔާ ގާތުގައި އިށީނެވެ. މިޒިޔަލްގެ އަޑަށް އިވްޔާ ދިޔައީ ސިއްސައިގެންނެވެ.

“އެހާ ބޮޑަށް ނުވިސްނަބަ. އިންޝާ ﷲ އަހަރެމެންގެ ދަރިފުޅުވެސް އަހަރެމެންވެސް ސަލާމަތްވާނެ” މިޒިޔަލް އިވްޔާގެ އަތުގައި ފިރުމާލިއެވެ. “އެކަމަކު ޔަލް… އިވް ބިރުގަންނަނީ.. ހީވަނީ.. ހީވަނީ ވަރަށް އެހެން ކަހަލަ ކަމެއް ވާން އުޅޭހެން..” އިވްޔާއަށް ރޮވޭ ގޮތް ވިއެވެ. މިޒިޔަލް ހިނިތުންވެލާފައި އިވްޔާގެ ކަރުނަ ފުހެލިއެވެ.

“ހުއްޓާލާ. ތިހެން އެހީވަނީ އިވް މާބޮޑަށް ވިސްނާތީއޭ. އެކަހަލަ އެއްވެސް ކަމެއް ނުވާނެ އިންޝާ ﷲ ޕޮޒިޓިވްކޮށް ވިސްނަބަ ދޫނީ” އިވްޔާ ކޮލުގައި ހިފާލަމުން މިޒިޔަލް ބުންޏެވެ.

“ދަރިފުޅާ. އިބްރާހިމްބެ އަތުވެއްޖެ” މިޒްނާ ދޮރު ހުޅުވާލާފައި ބުނެލިއެވެ. ނިދިފައި އޮތް އީވާ އެނދުމަތީގައި ބާއްވާލަމުން އިވްޔާ ތެދުވިއެވެ. މިޒިޔަލްގެ އަތުގައި ހިފާލަމުން ދެމަފިރިން ސިޓިންގްރޫމަށް ދިޔައެވެ.

އިވްޔާއާއި މިޒިޔަލް ބޭރަށް ނިކުތުމުން މިޒްނާއަދި އިނާ ވަނީ އީވާ ގާތަށް ކޮޓަރިއަށެވެ.

ބިންމަތީގައި މިޒިޔަލް ބޭއްވުނު އިރު، އިވްޔާ އިނީ ސޯފާގައެވެ. މިޒިޔަލް ހަށިގަނޑުގައި ފޮތިގަނޑެއް އަޅާލަމުން އިބްރާހިމްބެ ކިޔަވަން ފެށިއެވެ.

ހަމަ އެސިކުންތުގައި އީވާ ރޯން ފެށިއެވެ. މިޒްނާ އީވާ އުރާލަމުން ނާނާއެއް ކިޔައިދިނެވެ. އިނާވެސް އެކި އަޑު އަޑު ލައްވަމުން ދިޔައީ އީވާ ހުއްޓުވާލުމަށެވެ.

އީވާ ރޯތަން ބަލަން ހެވިފައި މައްވިޝް ހުއްޓެވެ. ވިހަ ހިނިތުންވުމަކާއި އެކު މައްވިޝްގެ ދެލޯ ރަތް ކޮއްލިއެވެ. ހަމަ އެވަގުތު އީވާގެ ރުއިންވެސް ހުއްޓުނެވެ. ނަމަވެސް މުޅި ކޮޓަރި ތެރޭގައި އެއްއަޑު ކޮއްލީ މިޒްނާއާއި އިނާގެ ހަޅޭކުގެ އަޑެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 6

Next

ހިތް އެދެ ޔާރާ ތިއޭ – 32

Next
August 17, 2025

ހިތް އެދެ ޔާރާ ތިއޭ – 32

Previews
August 16, 2025

އެދިގެން ކަލާ ލިބޭތޯ 6

18 Comments!

  1. darkqueen38 darkqueen38 says:
    August 17, 2025 at 10:04 am

    Mi part ves reethi.

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:52 pm

      Jazaakallah khairan

  2. Aanaa says:
    August 17, 2025 at 10:13 am

    Masha allah mi part vs vrh reethi
    SOO cuutee iv n yal
    Alheyy eevaa baby ah evii kiih
    Soo curious
    When next?
    Lyy

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:52 pm

      Jazaakallah khairan
      Dhww they so cutee🥹
      Next in sha allah soon
      Lyt

  3. Kudu says:
    August 17, 2025 at 10:37 am

    Maashaa Allah mi part ves v Reethi 💗
    Finally ivya and miziyal are back together 😊❤️
    Alhey mavvish haadhahaa vaa gohey dho
    Like mother like child 😤😠
    What’s gone happen next 🤔
    My curiosity is out of this world 😅
    Tc ❤️❤️❤️

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:53 pm

      Jazaakallah khairan
      Hehe yess there back together now
      Yeah dhw😭
      Next in sha allah soon
      Tc 2

  4. Dhon_thii89 says:
    August 17, 2025 at 1:05 pm

    Mashallah mi part vx vrh salhi
    Eevaa ah kihineh evee 😭
    Alhey mizyal men haadha dheravaaney
    Pls eevaa ah dhera gotheh nuhadhaba😭
    When is next?
    Lyssm shiherr❤️

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:54 pm

      Jazaakallah khairan
      Hehe stay tuned for next episode to find out!!!
      Next in sha allah on soon
      Lyt

  5. Your fav bab Your fav bab says:
    August 17, 2025 at 1:13 pm

    Yay finally yal and iv💗💗💗
    Btw they r so cute!!!
    Alhe mavish insaaniyyathu ge kanfulheves!! Neth! Oh I forgot he’s not even a human!🤦🤦
    eevaa ah dhera gotheh nahadhacheyy!!
    When next?
    Loved this part a lot
    Lyssm💗

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:54 pm

      Jazaakallah khairan
      Hehe yess asluvess there so loabiiii
      Haha😂
      Next in sha allah on soon
      Lyt

  6. Shiu🤍 says:
    August 17, 2025 at 3:28 pm

    Mi part vx varah Reethi Masha Allah..
    Ivya and Miziyal are back together.Finallyyy🥰
    Ma’wish haadha goaheyy..😡
    What happened to Eeva???
    Eeva ah dhera gotheh nahadhahchey🥺🙏
    Curiously waiting for the next part..
    Lysm Shiher <33

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 3:56 pm

      Jazaakallah khairan
      Hehe yess finallyy!!
      Stay tuned for next episode to find out what happened to her
      Next in sha allah soon
      Stay tuned
      Lyt

  7. No one16 says:
    August 17, 2025 at 4:00 pm

    Masha Allah mi part ves vrh reethi.❤️
    Alheyyyyy eevie ah dhera gotheh nuhadhacheyyyy😢😢
    Realllyyyyyy love this parttttt😍
    When nexxttt???
    Lysmmm shiherrr ❤️

    1. shihaamaa ali shihaamaa ali says:
      August 17, 2025 at 4:04 pm

      Jazaakallah khairan
      Stay tuned for next episode to find out
      In sha allah next soon
      Lyttt

  8. Anonymous says:
    August 17, 2025 at 11:49 pm

    hey shihaaa
    sorry for the late cmnt… i am kinda buxy mi dhuvaskolhu ehenve baraabarah cmnt nukohlleveny
    mi part vx v salhi masha allah
    alheyyy v happyy vejjje iv n miziyal gulhunyyma
    mavvish kihinehthaa e hedhyy eevaa ah
    soo curious

    1. shihaamaa ali shihaamaa ali says:
      August 18, 2025 at 11:35 am

      Jazaakallah khairan dear
      Hehe e okay ey comment nukollevunass hama ok vaane take your timee
      Stay tuned for next episode

  9. Oreo gurll says:
    August 18, 2025 at 4:01 pm

    Hellooo Shiherrr! <333 Awwn I missed your reply comments so much!!!
    do you remember me??
    Aslu mi dhiya dhuvaskolhu shiherr ge stories ah comment kohnulevunee phn ga kuda massala eh jehigen ingey.. ekam istg, hurihaa episode eh ves keen.. your previous story, hithuge naaruthakugaa ves thibaa, was AMAZING!!!! that was one of my favourite stories ever.
    And mi story, ves so far so good! Varah interesting. and I love the names used ingey. Ivyaa, Eevee, Mizyal, even Mileen was varah loabi nan thakeh.
    today onwards, hurihaa episode akah comment kuraanan.!
    When next episode genesdheynee?
    varah interesting ingey, waiting impatiently!!
    tc <33 lyssssm

    1. shihaamaa ali shihaamaa ali says:
      August 18, 2025 at 5:24 pm

      heyyyyy Oreo gurll 🥹🥹🥹🥹
      how i missed your loabi comments🥺🫶🏻
      yes ofcxx i remember you hehe..
      thats okay it happens..
      awhhh vrhhh happy vejje e story vess kamudhiyaiima.. that is shihaa ge vess fav story hehe
      jazaakallah khairan dearr.. big big jazaakallah khairan 🫶🏻🫶🏻
      in sha allah next episode vess vrh avahah kiyaalan libeyne stay tuned!
      lymmmmmm🫶🏻🫶🏻🫶🏻

Comments are closed.

Next Episodeކަޅު ބުޅާ 24←


All Right Reserved!