އިވްލީން އާއި ޒިލާލް ގޭތެރެއަށް ވަދެވުނު އިރު ދެމީހުންނަށް ފެނުނު މަންޒަރަކުން ދެމީހުންގެ ލޯ ވެސް ދިޔައީ ބޮޑުވެގެންނެވެ.”ނޫން.. ނޫން..” ޒިލާލް ހަޅެއްލަވައިގަތެވެ.
* * * * * * * *
ޒީޝާލް ހުރީ ބަދިގެ ތެރޭގައި ހުރި ވަޅިތަކުގެ ތެރެއިންވެސް އެންމެ ބޮޑު އަދި އެންމެ ތޫނުކޮށް އޮތް ވަޅި ހިފައިގެނެވެ. “ޒީއްކޮ މޮޔަވީތަ؟ ކީއްކުރަން ތިއުޅެނީ ދޫކޮށްލާ ތި ވަޅިން…. ތުއްތުއަށް ނާދެވުނު ނަމަ ދެން ކިހިނެއް ވާނީ؟”ޒީޝާލް ގައިގައި ބައްދާލައިގެން ހުރެ ޒިލާލް ވާހަކަ ދެއްކިއެވެ.”ކިހިނެއްވީ ޒީއްކޮ ބުނެބަ ތުއްތު ކައިރި… ތުއްތު އަޑުއަހާނަން… ކިހިނެއްވީ؟””ތުއްތޫ ހަމްދާން… އޭނަ އެކަނި ވާނެ.. އަހަންނަކަށް ހަމްދާންއާ ދުރެއް ނުވެވޭނެ… ބައްޕަ ކަންތައް ކުރިގޮތުން ދެން ހަމްދާން އަހަންނާ ވާހަކަ ވެސް ނުދައްކާނެ….” ޒީޝާލް ޒިލާލްގެ އުނގު ތެރޭގައި އޮވެގެން ހިތް ފުރެންދެން ރޯލިއެވެ.”ޝްޝް… ހުއްޓާލާ ދެން… ހަމްދާން ވާހަކަ ދައްކާނޭ ޔަގީން.. ދެން ދޭ ބަސް އަހައިގެން ނިދަން އެއްޗެއް ކައިފިންތަ؟” ޒިލާލް މިހެން ބުނުމާއެކު ޒީޝާލް ބޯޖަހައިލަމުން ގޮސް ކޮޓަރިއަށް ވަނެވެ.” ޒިލް އަދި އޭނަޔަކަށް ނުނިދޭނެ ތިގޮތަށް ފޮނުވާލިޔަކަސް.. ދޭ ޒީއްކޮއަށް ނިދެންދެން ކޮއްކޮ ކައިރި މަޑުކޮށްލާ!” އިވްލީން މިހެން ބުނުމުން ޒިލާލް ގޮސް ޒީޝާލް ކޮޓަރިއަށް ވަނެވެ. ވަދެ ބަލައިލި އިރު ޒީޝާލް އޮތީ ރޯންށެވެ. ޒީޝާލް އާއި ޒިލާލް ފެންނަ ކޮންމެ ފަހަރަކު އިވްލީން އިވާން މަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ.
“ޒީއްކޮ ކޮންއިރަކު ހަމްދާންދެކެ ލައިކް ވާން ފެށީ؟””ނޭނގޭ ވަރަށް ކުރިން ފެށިގެން ވެސް ތުއްތުއާއި އެއްކޮށް ހަމްދާން އުޅޭއިރު ފެންނާތީ އެހެން އުޅެފަ ލައިކް ވީ… ހަމްދާން ހުރޭދޯ ޖީއެފްއެއް؟””ނޯ.. ތުއްތުއަށް އެނގިގެން ނުހުރޭ..”ޒިލާލް އުނގުގައި އޮވެގެން ޒީޝާލް އޭނާގެ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކުރިއެވެ. ޒީޝާލްއަށް ނިދިފައިއޮތް އިރު ވެސް ކޯތާފަތްމަތިން ކަރުނަތައް ނުހިކެއެވެ. އެނދުގައި ރީތިކޮށް ޒީޝާލް ބާއްވަމުން ގައިމަތީގައި ކުއިލްޓް އަޅުވައިދީފައި ޒިލާލް ނުކުތެވެ.
ޒިލާލް ނުކުމެ ކޮޓަރިއަށް ވަދެފައި ބަލައިލި އިރު އިވްލީންއަށް އޮތީ ނިދިފައެވެ. އިވްލީން ކައިރި އޮށޯންނަން އުޅެފައި ވެސް ޒިލާލް ހިޔާލު ބަދަލުކޮށްލީ އިވްލީން ހިތްހަމަ ނުޖެހިދާނެތީއެވެ. ޒިލާލް ސޯފާ ކައިރިއަށް ދާން ހިނގައިގެން އިރަށް އިވްލީން ޒިލާލްގެ އަތުގައި ހިފާލިއެވެ.”ލީންއަށް އޯކޭ ޒިލް މިތާ އެނދުގަ ނިދިޔަސް..”” މާދަމާ ރޭ ލީންގެ ޖަވާބެއް ވެސް ލިބޭނެ… އޭރަށް ވަރަށް ހިތްހަމަ ޖެހިގެން މާދަމާ ރޭ ލީން ކައިރި ނިދާނީ ގުޑް ނައިޓް ލަވް.. މާދަމާ ރޭ ފުރަތަމަ ފަހަރަށް ލީން އާއެކު ނިދާނީ ގުޑް ނައިޓް.. ޝަހާދަތް ކިޔައިގެން ނިދާލާ…” ޒިލާލް މިހެން ބުނެފައި ސޯފާގައި ޖައްސައިލިއެވެ.
އަނެއް ދުވަހުގެ އިރު އެރީ އެކި މީހުންގެ ހަޔާތަށް އެކި ކުލަތައް ޖައްސައިދެމުންނެވެ. އެއްބަޔަކަށް އުފާވެރި އެހެނަސް އަނެއްބަޔަކަށް އެހާމަ ހިތި ދަތި އުނދަގޫ ދުވަހެކެވެ. ފަތިސްނަމާދަށް ހޭލިގޮތަށް އިވްލީން އުޅުނީ ކޮޓަރިތެރެ ތަރުތީބު ކުރާށެވެ.ޒިލާލް ނިދާފައި އޮތުމުން އިވްލީން އުޅުނީ ފުދޭވަރަކަށް މަޑުމަޑުންނެވެ. ދާވަށިގަނޑުގައި ހުރި އެއްޗިހީގެ ޖީބުތައް ބަލަމުން ދަނިކޮށް އިވްލީން ސިއްސައިގެން ދިޔައީ ޑްރެސިންގް ޓޭބަލް މަތީގައި ޗާރޖަށް ޖަހާފަ އޮތް ޒިލާލްގެ ފޯނު ރިންގުވާންފެށުމުންނެވެ.”ލީން ކާކު އެ ގުޅަނީ؟ ގެނެސްދީބަ އެ ފޯނު…” ދެވަނަ ސިކުންތުގައި އިވްލީން ސިހިގެން ދިޔައީ ޒިލާލް ގޮވާލުމުންނެވެ.ފޯނު ބަލާ ގޮސް ހުއްޓިލި ވަގުތު ސްކްރީނުން ފެނުނު ނަމަކުން އިވްލީންގެ މޫޑުވެސް އޮފްވިއެވެ. ސްކްރީންއަށް އަރާފައިވާ ނަމަކީ ސްވިޓީއެވެ.”ކާކުތަ މިއޮތް ހެނދުނު ހެނދުނާ ގުޅަނީ؟””ސްވިޓީ” އިވްލީން ބުނެލި އެއްޗަކުން ޒިލާލްގެ ނިދި ވެސް ދިޔައީ ފިލައިގެނެވެ. ޒިލާލްއަށް އިނދެވުނީ ކަޅިޖަހާނުލައި އިވްލީން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޒިލާލް އަތަށް ފޯނު ދެމުން އެނބުރި އައިކޮޅަށް ދާން ހިނގައިގެން އިވްލީންގެ ފިޔަވަޅުތައް ހުއްޓުނީ ޒިލާލް އިވްލީންގެ އަތުގައި ހިފާ ދަމާލާފައި ޒިލާލްގެ ފައިމަތީގައި ބައިންދާލިގޮތުންނެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި އިވްލީން ހިމާޔަތް ކޮށްދިން ގޮތުން އިވްލީންގެ މޫނުމަތި ދިޔައީ ރަތްވެގެންނެވެ.”ދެން ޒިލާލް…. އަހަރެން މިއުޅެނީ ރޫމްތެރެ ސާފުކުރަންށޭ!.. ޒިލާލްއަށް ތިއީ ނުލާހިކު މުހިއްމު ފޯނުކޯލެއްނު…. ނަގާބަލަ ދެން ވެސް…”ކުޑަކޮށް ހިތްހަމަނުޖެހިފައި އިނދެފައި އިވްލީން ބުންޏެވެ.”ޕިސް އެ ބޭކާރު ފޯނުކޯލެއް …މި ނަންބަރު ވެސް ދެން ބްލޮކް…” މިހެން ބުނެ ޒިލާލް ނޯރާގެ ފޯނު ނަންބަރު ބްލޮކް ކޮށްލިއެވެ.”ޒިލް އަހަރެންގެ ނަންބަރު ތިހާ ރީތިކޮށް ސޭވްއެއް ނުކުރަންދޯ؟” އިވްލީން ދެރަވެފައި އިނދެ މިހެން ބުނުމާއެކު ޒިލާލްގެ ފޯނުން “ވައިފް” ޖަހާފައި ރަތްކުލައިގެ ހިތެއް ލާފައި ސޭވްކޮށްފައި އިން ނަންބަރު ދައްކައިލިއެވެ. “ލީން ފަތިސްނަމާދު ކުރިން؟” ޒިލާލް މިހެން ބުނުމާއެކު އިވްލީން ބޯޖަހައިލިއެވެ.”އަޅެ ގޮވިނަމަ ހޭލިމުސް ވިއްޔަ..”” ކިހިނެއް ގޮވަން ކެރޭނީ އަނެއްކާ އެތިވަރު ގޮވަން ފަށާފާނެ ވިއްޔަ .. އެހެން ނޫނަސް މިވީހާތައް ދުވަސް ވީއިރު ވެސް އަހަރެން ނުދެކެން ޒިލާލް ނަމާދުތައް ކޮށްހަދާތަނެއް އެހެންވެ ނޭނގުނީ….” އިވްލީން މިހެން ބުނުމުން ޒިލާލް ވަރަށް އަސަރާއެކު އިވްލީން އާއި ދިމާލަށް ބަލައިލިއެވެ. އިވްލީން ޒިލާލް އާއި ދިމާލަށް ބަލައިލި ވަގުތު ޒިލާލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނުތަން ވަރަށް ރީތިކޮށް އިވްލީންއަށް ފެނުނެވެ.” ސޮރީ ޒިލް… އަހަރެން ޒިލްއަށް ހާރޓް ކުރާކަށް ނޫނޭ އެހެން ބުނީ އައިމް ރިއަލީ ސޮރީ…” ކައިރީގައި އިވްލީން އިން ނަމަވެސް އެވަގުތު ޒިލާލް ދުރު ބަލައިލި ގޮތުން އިވްލީންގެ ހިތުގައި ޖެހުނެވެ.
ރާއިލްއަށް ހޭލެވުނީ ޔުމްނާ ކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަދެ ދޮރުލައްޕައިލި ވަގުތަށެވެ.”ރާއިލް އަޅެ ޑިއުޓީ އެބައިނެއްނު ހަމަ ތި އޮންނަނީ އޭ .. ދެން ވެސް އަވަސް ކުރީމައެއްނު.. ތިހެން އޮއްވާ ގަޑި ޖެހޭނީ..” ޔުމްނާ އެތިވަރު ގޮވައިގަތީ ރާއިލްއަށް މީގެ އިރުކޮޅެއް ކުރިން ވެސް ދެތިން ފަހަރަކު ގޮވާފައި ވުމުންނެވެ.”ޔުމް…” ރާއިލް ގޮވާލި އަޑަށް ޔުމްނާ ބަލައިލިއެވެ.”ހުމް ކީކޭ؟” “އަޅާނުލާ.. ނުކެރޭނެ ބުނާކަށް…” ޔުމްނާ އިތުރަށް ވިޔަރި އަރައިގަތީ ރާއިލް އެއްޗެކޭ ބުނަން އުޅެފައި ނުބުނީމައެވެ. ކުޑަކުއްޖެއް ފަދައިން ޔުމްނާ ބޮޑާހާކަން ފެށުމުން ރާއިލްއަށް ބުނަން މަޖުބޫރުވިއެވެ.”އުމްމް.. ބުނަން އުޅުނީ ގަޑި ޖެހޭނޭ ޔުމް މަށަށް މޯނިންގް ހަގްއެއް ނުދެންޏާ…”” ހޫން ވަރަށް ނުލިބޭނެ މޯނިންގް ހަގްއެއް… ދާން އުޅޭ ފެންވަރަން… ހެޔޮ ގަޑިޖެހިގެން ދިޔަސް ފެންނުވަރާ ހުއްޓާ ނުލިބޭނެ މޯނިންގް ހަގްއެއް…” ތުންކޮޅު އޫކޮށްލަމުން ޔުމްނާ ބުންޏެވެ. ހަމަ އެވަގުތު ރާއިލް އައިސް ޔުމްނާ ގައިގައި އޮޅުލައިގަތެވެ.” ދެންން ރާއިލް ނޫން.. ރާއިލް ހަމަ ސީރިއަސްކޮށް ވެސް ޔުމް ދެންމެ ރޮށި ފިހަން ހުރެފަ މިއައީ ހުސް ހިކިފުށޭ މިހުރީ ޔުމް ހެދުމުގަ .. ދެންން ރާއިލް ސަކަރާތް ނުޖަހާ އެއޮށް ގަޑި ޖެހެނީއޭ .. ރާއިލް ތިހެން ހެދީމަ ފުއް އުނގުޅޭނީ ބެޑުގައޭ…” ޔުމްނާ އާއި ރާއިލް ސަކަރާތް ޖަހަމުންދިޔައެވެ. ޔުމްނާ ކިތަންމެ ވަރަށް ވަރުއެރުވިޔަސް އެ ލޮބުވެތި ވަގުތުކޮޅަށް ނިމުމެއް އަންނާކަށް އޭނަ ވެސް ބޭނުމެއްނުވެއެވެ.
ނިދާހޭލެވިފައި އޮތް ޒީޝާލްގެ ލޮލުން އެއިރުވެސް ތާޒާ ކަރުނަތައް ހުއްޓުމެއްނެތި އަންނަމުންދިޔައެވެ. ހަށިގަނޑުގައި އުފެދެމުންދިޔަ ހޫނުކަން ގަދަވާހެން ހީވަނީއެވެ. ބުނެދޭން ނޭނގޭ ބައިވަރު ކަންކަން ހިނގަން ފެށީ ކުއްލިއަކަށެވެ.އެހެން އޮއްވައި ފޯނަށް ހަމްދާން ގުޅަންފެށިއެވެ. ލިބުނު ކުޑަ ހިތްހަމަޖެހުމާއި އެކު ޒީޝާލް ފޯނު ނަގައި ވާހަކަދައްކަން ފެށިއެވެ.
“ޒީޝާލް” ހަމްދާން ގޮވާލި ނަމަވެސް ޒީޝާލްއަށް ޖަވާބުދިނުން ވީ އުނދަގޫ ކަމަކަށެވެ.”ޒީޝާލް އަޅެ ވާހަކަދައްކަބަ…” ހަމްދާން ދެވަނަ ފަހަރު ވެސް ގޮވައިލިއެވެ. ހަމްދާން ހިތަށް އުނދަގޫ ވަމުން ދިޔައީ ޒީޝާލްގެ ގިސްލުމުގެ އަޑު އިވޭތީ އެވެ.” ޒީޝާލް މަށަށް އެބަ ވަރަށް އުދަނގޫވޭ ތިގޮތަށް ވާހަކަ ނުދައްކާ އޮތީމަ.. އެޓްލީސްޓް އަނގައިން ބުނެބަ ތިގޮތަށް ނުހަދާ… ޕްލީޒް ތިވަރަށް ނުރޮވެބަ މަ ވެސް ދެރަވޭ…” ހަމްދާން ހުރީ ކަންތައް ބޮޑުވެގެން ގޮސް ހަދާނެ ގޮތެއް ވެސް ނޭނގިފައެވެ. ހަގީގަތުގައި ޒީޝާލް އެހައި ހިތްދަތިކޮށް ރޯ އަޑުއެހުމަކީ ހަމްދާންއަށް ކުޑަކޮށް ވެސް ފަސޭހަކަމެއް ނޫނެވެ.
ކޮޓަރިތެރެ ކުނި ކަހަން ހުރި އިވްލީން ބަލައިލީ ކޮޓަރިއަށް ވަދެގެން އައި ޒިލާލްގެ މޫނަށެވެ.”ކިހިނެއްވީ ޒިލް؟” ޒިލާލް ކަމަކާއި ދޭތެރޭގައި ވިސްނާކަން އިވްލީންއަށް ވަރަށް ފަސޭހަކަމާއިއެކު ނަގައިގަނެވުނެވެ.”ޒީއްކޮ ނުވެސް ކައި އަބަދު ކޮޓަރީގަ އޮވެގެން ރޮނީއެ .. ދުވަހަކު ވެސް ޒީއްކޮ އުޅުން ގޮތެއް ނޫން އެއީކީ މަންމަ ވެސް އެހެންވެ ސަކަރާތް ވެފަ އެ ހުންނަނީ…” ޒިލާލް ސޯފާގައި ޖައްސާލަމުން ހުރިހާ ވާހަކަތަކެއް އެކީހެން އޮއްސައިލިއެވެ.”ލީން ދެން ކީކޭ ވަކި ބުނާނީ ވެސް ؟ ޒީއްކޮ އެ ދެރަ ވަނީ ހަމްދާން ކަންތަކާ.. އޭނަ އޯކޭ ވެދާނެ އެއްނު ޔަޒަކް ކަހަލަ ކްލޯޒް މީހަކު އައީމަ..” އިވްލީން ބުނި ވާހަކައަށް ޒިލާލް ބޯޖަހައިލިއެވެ. އަދި ޔަޒަކްއަށް ގުޅައި ވީގޮތް ކުޑަކޮށް ކިޔާލަދިނެވެ.
ޑިއުޓީ ނިންމާފައި ސްޓޭޝަނުން ބޭރަށް ނުކުންނަން ދިޔަ ޒެއިން ހުއްޓުނީ ފޯނު ރިންގުވާންފެށުމުންނެވެ. ބަލައިލި އިރު ގުޅަނީ ޒިލާލްއެވެ. އެހެންކަމުން ޒެއިން ހީއްކުރީ އޭނަ ސައިކަލު ބޭނުންވީ ކަމަށެވެ. ދެވަނަ ފަހަރަށް ގުޅަން ފެށުމުން ޒެއިން ފޯނު ނެގިއެވެ. “ދޮންބޭ… ޒީއްކޮ ވަރަށް ސަކަރާތް އެއްވެސް އެއްޗެއް ނުއެއް ކައި ކޮޓަރިތެރޭގައި އެ އޮންނަނީ މަންމަ ވެސް އެކަމާ އެ ވިސްނަނީ…”” ސޯ ދޮންބެ ކިހިނެއް ވާންވީ؟” ޒެއިން ސުވާލު ކުރީ ރަނގަޅަށް ޒިލާލް ވާހަކަ ނުނިމެނީހެވެ.
“މަ އެބަ ޖެހޭ ވަރަށް މުހިއްމު ތާކަށް ދާން ސޯ ދޮންބެ ކުރަންވީ ކަމަކީ އިނގޭނު ޒީއްކޮ ފްރެންޑް ޔަޒަކް އޭނަ ބުނީ ދާށޯ އޭނަ ބަލާ އޭނަ ގޮވައިގެން ދޭބަލަ ގެއަށް އޭރަށް ޒީއްކޮ ހަމައަކަށް އެޅޭނެ..” ޒިލާލް ފޯނު ބޭއްވުމުން ޒެއިން މިސްރާބު ޖެހީ ޔަޒަކް ބަލައިދާށެވެ. ޔަޒަކް އޭ ބުނުމުން ފާޑެއްގެ ގޮތަކުން ހީވާންފެށިއެވެ. ސަބަބަކީ މީގެ 3 ވަރަކަށް އަހަރު ކުރިން ހިނގައިދިޔަ ކަންތައްތަކެވެ. ޔަޒަކް އާއި ކުރިމަތިލާން ޖެހިލުންވެ ހުރެ ޒެއިން ޔަޒަކް އުޅޭ އިމާރާތާއި ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ.
އެވަގުތު ޔަޒަކް ފަހަތުން ދުވެފައި ނުކުތް ކުޑަކުއްޖާ ފެނި ޒެއިންގެ ދެލޯ ބޮޑުވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެކުއްޖާ ހީވަނީ ޒެއިންގެ ކޮޕީއެއް ހެނެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ޔަޒަކް އެކުއްޖާ އެތެރެއަށް ލާފައި އައިސް ޒެއިންގެ ސައިކަލު ފަހަތަށް އެރިއެވެ.”ޔަޒަކްގެ ދަރިތަ؟ ވަރަށް ލޯބި ކުއްޖެއް..” ޒެއިންއަށް އެހެން އަހައިލާ ހިތުން ނީންދެވިގެން އަހައިލިއެވެ.
“ނޫން މަ ދަރިއެއްނޫން އެއީ އަހަރެންގެ އެޕާޓްމަންޓްގަ އުޅޭ ކުއްޖެއްގެ ދަރިއެއް..” ދެން އެދެމެދުގައި މުޅިން ވެސް ދެކެވުނީ ޒީޝާލްގެ ވާހަކައެވެ.
ފިހާރައިން ނުކުތް ޒިލާލްގެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އެތައް ބައެއްގެ ނަޒަރު ޒިލާލްއަށް ހުއްޓެމުން ދިޔައިރު ވެސް ޒިލާލްގެ ސިކުނޑީގައި ރަނިކަންކުރަމުން ދިޔައީ އިވްލީންގެ ހިޔާލުތަކެވެ. ފިހާރައަށް ވަދެ ޒިލާލް ނުކުތީ “ރެޑްރޯސް ބުކޭ” އަކާއި ރިހި ކުލައިގެ ވަރަށް ރީތި އަނގޮއްޓިއެއް ގަނެގެނެވެ. ރިހި ކުލައަކީ ޒިލާލް ވަރަށް ލޯބިކުރާ ކުލައެކެވެ. ރީތިގޮތަކަށް ސްޓައިލް ކޮށްފައި ހުރި ޒިލާލްގެ އިސްތަށިގަނޑުން އެތައް ބައެއްގެ ސަމާލުކަން ޒިލާލްއަށް ދަތުރު ކުރެއެވެ. އެތައް ބަޔަކު މަށަށް މަށަށް ކިޔާލަ ކިޔާލާ ހުރި ޒިލާލްގެ ނަސީބު ލިބުނީ ވެސް އިވްލީންއަށެވެ.
ޔަޒަކް ޒީޝާލްގެ ކޮޓަރިއަށް ވަދެ ބަލައިލި އިރު ޔަޒަކްއަށް ވެސް ރޯން ނުފެށުނީ ކިރިޔާއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޔަޒަކްގެ އެންމެ ގާތް ރަހުމަތްތެރިޔާ ޒީޝާލްގެ ހާލަތު ފެނުމުން ޔަޒަކް ވެސް ދެރަވެއްޖެއެވެ. ޔަޒަކް ފެނުމާއެކު ޒީޝާލް ދުވެފައި ގޮސް ޔަޒަކް ގައިގައި ބައްދައިލިއެވެ. ހަމަ އެވަގުތު ޒީޝާލްގެ ބަޑި ދިޔައީ ފަޅައިގެނެވެ.” ޒީޝާލް ހިތް ފުރެންދެން ރޯލާތި އެނގޭ…” ވަރަށް އޯގާތެރިކަމާއެކު ޔަޒަކް ބުނެލިއެވެ. ޒީޝާލް އޭނާގެ ހުރިހާ ވާހަކަތަކެއް ޔަޒަކްއަށް ކިޔާދިނެވެ. ހަމްދާން އަކީ ޒީޝާލްއަށް ވަރަށް ހާއްސަމީހެއް ކަމާއި ހަމްދާން އާއި ގުޅެން ބޭނުންވާ ވާހަކަ އެތަކެއްމެ ފަހަރަކު ޒީޝާލް ޔަޒަކްއަށް ކިޔާދިނެވެ.
ބަދިގެ ތެރޭގައި ކައްކަމުން ދިޔަ މާޔާގެ ހިޔާލުތައް ގުޅިފައިވީ އެންމެ މީހަކާއިއެވެ. ޝައްކެތްނެތް ގޮތުގައި އެއީ ޔަޒަކްއެވެ. އެވަގުތު ހަފީޒާ ސަލާމް ގޮވަމުން ދިޔަ އަޑަށް މާޔާ ބޭރަށް ބޯ ދިއްކޮށްލިއެވެ.” އަންހާ ދަރިފުޅޫ ކޯއްޗެއް ތި ކައްކާލަނީ؟ކޮބާ މަންމަ؟” ހަފީޒާ ވަރަށް އޯގާތެރިކަމާއެކު މާޔާ ގާތުގައި މަޑުކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.” ނޫޑްލްސް ކައްކަނީ.. މަންމަ ވެއްޖެ ރޫމްގަ ދޭބަ…” މާޔާ ބެލީ ވީހާވެސް އަވަހަކަށް އެތަނުން ހަފީޒާ ފޮނުވާލެވޭތޯއެވެ.”ހުއް ދަރިފުޅޯ ވަރަށް ވައިވޭ ފާޑެއްގެ ހަފީޒާއެކޯ ޗުއް …” އަމިއްލަ ނަފްސަށް އިވޭ ވަރަށް މާޔާ ބުނެލި އިރު އެ އަޑުގައި އެތައް ދަރަޖައެއްގެ ފޫހިކަން އެކުލެވިފައިވެއެވެ.
އިވްލީން އުޅުނީ ޒިލާލްގެ އެއްޗެހިތައް ދާވެފައި ހުރުމުން އެ އެއްޗެހިތައް ދޮންނާށެވެ. އެއްޗެހިތައް ދޮވެ މެޝިނުން ނަގަމުން ދަނިކޮށް ޒިލާލްގެ އޮފީސް ފަޓުލޫނުގެ ޖީބުން ފެނުނު އެއްޗަކުން އިވްލީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަވަހަށް އެ ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ޓޭބަލް މަތީގައި އެ ބާއްވާފައި ދޮވުނު އެއްޗެހިތައް ހިއްކަން އަޅުވަން އިވްލީން ނުކުތީ ކޮޓަރިތެރޭގައި ހުރި ބެލްކަނީއަށެވެ. އެވަގުތު ވީ ޒިލާލްއަށް ގަނެފައި ހުރި އެއްޗެހިތައް ހިފައިގެން ކޮޓަރިއަށް އައިސް ވަދެވުނު ވަގުތަށެވެ. ވަދެ އެ އެއްޗެހިތައް ކަބަޑަށް ލާފައި ފޮރުވީ މިރޭ އިވްލީންއަށް އެ އެއްޗެހިތައް ދޭށެވެ. މީހަކު ހޭބުއްދި ފިލާ ވަރަށް އަވި ދެމުން ދިޔައިރު އަވިގަނޑުގައި ހުރި އިވްލީން ފެނުމުން ޒިލާލް އަޖައިބުވިއެވެ .” ލީން ކިހިނެއްވެފަ އަވީގަ ތިހުންނަނީ ؟” ޒިލާލްގެ އަޑުން އިވްލީންއަށް ޖެހުނީ އިތުރު ޝޮކެކެވެ.
“ޒިލް ބަލާބަ ލީންއަށް ފެނުނު އެއްޗެއް..” ޓޭބަލް މަތީގައި ބާއްވާފައި އޮތް އެއްޗަށް އިޝާރާތް ކުރަމުން އިވްލީން ބުންޏެވެ.”މިއީ އެއްނު ޒިލްގެ އޮފީސް ކީ؟” އިވްލީންއަށް ހަގީގަތުގައި މިވާ ކަންކަން އޮޅެން ފަށައިފިއެެވެ.”ޒިލް؟” ދެވަނަ ފަހަރަށް އިވްލީން ގޮވާލުމުން ޒިލާލް ހޭވެރިކަންވިއެވެ. “ޔޭސް ލީން ތިއޭ އަހަރެންގެ ކީ… ބުނާނެ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގިފަ މީނީ…” ޒިލާލް ބޮލުގައި އަތް ވިއްދާލައިގެން ސޯފާމައްޗަށް ޖެހިގަތީ އިތުރަށް ހަދާނެ އެއްވެސް ގޮތެއް ނޭނގުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





Masha allah mi part vs vrh reethi
Vrh inthizaar kohfin mi part ahh😩
Dhn vs nimunii ehaa curious koh
When next?
🫶🫶🫶
Thank yu Aana❤️
Yess ikk readers vrh vrh bodah inthizaaru kuraakan I’m trying my best vaguthu veevarakun vaguthu hoadhaigen.. I’ll try my best next part ah vx … Next vrh avahah ☺️🥰
mashallah mi part ves vrhh nice hama
when is next part curiouslyy waitingggggg
keep it up
Thank yu gurrrl_8❤️
Next part soon happy to see ur comment 🤗
Maashaa Allah mi part ves v Reethi
Wait is zeeshaal a girl 🤔
V Gina dhuvaheth ge inthizaar ah fahu mi part ves kiyaalan libije dhoo
Very curious
Hope we get read the next part soon
Tc ❤️
Thank yu Kudu❤️
Yess zeeshaal is a gurl ❤️🥰
Ufaa vehje thigothah suvaaleh ovva kohleema …. Yeah inshallah soon next ep 🥰❤️ take care Kudu ❤️
Masha Allah Mi part ves vrh reethi vrh inthizaaru kurevihje mi part ah finally it’s up keep it up gurll keep shining 🌟✨ you can do it I am always here for you 💋 you are one of my favourite author anyways vrh reethi mi part ves curiously waiting for the next part when’s next
TC, LYSM LIM💋❤️😘
Thank yu Nayerr❤️
Aww gurl vrh ufaa vehje mi comment kiyaalaafa 🥹… Maabodah adhi ufaa vehje kuhjehge fav author akah vevuneema 🥹❤️
Next part soon IA hope to see ur comment on the next part… Tc 😘 LUV UUU MOREE 😘❤️🥹
Masha allah it’s reallyy good. Wait what is actually happening???. You’re making me more curious.. vrh avahah kiyaalan libeyne kamah unmeedhu kuran.
Thank yu writerr❤️
You’ll what’s happening inshallah next ep in mi ep ga vrh confused dhw hehe inshallah next soon 🥹❤️
MashahAllah mi Bai vex varah reethi .dhen vaane gothakaa dheythrey mi visnenee . hama hiyythalhuvaalaafa thi nihmaalanee
Thank yu Shau ❤️
Vrh ufaa vehje mi comment fenuneema 🥰
Kuriah oiy episode in vx comment fennaane kamah unmeedhu kuran 🥹 next soon IA
Happy birthday limmm 🥰🥹
Lysm 🥰🥰
Thank yu Himm🙃 ❤️
Yu remembered my b day?? Means a lot ingeyyyy 🥹 lym
Finally after so long kiyaa nimuny.varah reethi varah interesting too and huriha parts eh Vs varahh curious koh ninmaalany thi.keep it up love can’t wait for next part💗💗💗
Thank yu zivv ❤️
Finally ur my new reader 🤗
Thihaa interesting koh story kiyaaleema feels Soo happy 😊
I’ll try to up next vrh avahah IA
v reethi !1
can’t wait..
Thank yu shynyx inax ❤️
Next ep already submitted 🤗
v reethi !
can’t wait..
Thank yu shynyx inax ❤️
Next ep already submitted 🤗