Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 25

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
September 6, 2025 10 Mins Read
13 Comments

“ޒިލް ބަލާބަ ލީންއަށް ފެނުނު އެއްޗެއް..” ޓޭބަލް މަތީގައި ބާއްވާފައި އޮތް އެއްޗަށް އިޝާރާތް ކުރަމުން އިވްލީން ބުންޏެވެ.”މިއީ އެއްނު ޒިލްގެ އޮފީސް ކީ؟” އިވްލީންއަށް ހަގީގަތުގައި މިވާ ކަންކަން އޮޅެން ފަށައިފިއެެވެ.”ޒިލް؟” ދެވަނަ ފަހަރަށް އިވްލީން ގޮވާލުމުން ޒިލާލް ހޭވެރިކަންވިއެވެ. “ޔޭސް ލީން ތިއޭ އަހަރެންގެ ކީ… ބުނާނެ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގިފަ މީނީ…” ޒިލާލް ބޮލުގައި އަތް ވިއްދާލައިގެން ސޯފާމައްޗަށް ޖެހިގަތީ އިތުރަށް ހަދާނެ އެއްވެސް ގޮތެއް ނޭނގުމުންނެވެ.

***********

އަންހެން ކުއްޖަކު ރޮވުނަސް ޔަޒަކް ގާތުގައި ރޯނީ ހަމައެކަނި ޒީޝާލްއާއި ނިޝްރީންއެވެ. އަޑުން އަޑުނަގާ ރޮމުން ދިޔައިރު ބަލައިލަން ނުކެރޭހާ ޒީޝާލްގެ ދެލޯ ރަތެވެ. ޔަޒަކްއަކީ ފިރިހެންނެއް ނަމަވެސް އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރުކުރަމުން ދިޔައީ ކެތްނުވާހާއެވެ. ޔަޒަކް ކައިރީގައި ހުރެ ރޮމުން ދިޔަ ޒީޝާލްއަށް ވެސް ސިހުމެއް ލިބުނީ ގޭތެރޭގައި ވަރަށް އަޑުގަދަވާހެން ހީވެގެންނެވެ. އާނއެކެވެ. ހީވެގެންނެއް ނޫނެވެ. ޔަގީންވެގެންނެވެ.

ގޭތެރެއަށް ނުކުތުމާއެކު ޒީޝާލްއަށް ދިޔައީ ވަރުގަަދަ ޝޮކެއް ޖެހިގެނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ރޯދުވާ މެންދުރަސް ބޭރުގައި ހޫނު ނުވާ ވަރަށް ގޭތެރެ ވަނީ ހޫނު ގަދަވެފައެވެ. ކޮޓަރިތެރެއިން ނުކުތް ޒެއިން ވެސް އުޅުނީ ވެގެން އުޅޭ ގޮތެއް ސާފުނުވެގެނެވެ.

“ކިހިނެއްތަ މިވަނީ؟” ޒެއިންގެ އަޑު ވެސް އައީ ނުހަނު ބާރެވެ. އެވަގުތު ޒިލާލްގެ އަތުގައި އޮތް ތަޅުދަނޑި ދައްކައިލިއެވެ.” މީ މަށަށް ބައްޕަ ދީފަ އޮންނަ ތަޅުދަނޑި… މީ މިފެނުނީ އަހަރެންގެ އޮފީސް ފަޓުލޫނުގެ ޖީބުންނޭ… އެހެންވީމަ މިކަމެއް މިވީ މަ ތަޅުދަނޑިއަކުން ނޫނެއްނު… ބައްޕަގެ ތަޅުދަނޑިންނެއްނު؟…” ޒިލާލް ވެސް ރުޅިއައިސްފައި ހުރިވަރުން ތުރުތުރު އަޅައެވެ.    ” ތިހެން ކިހިނެއް ވާނީ؟ ބައްޕަގެ ކީ އެއޮތީ ބައްޕަ އަތުގަ އޭ” އަސްމާ މިހެން ބުނުމާއެކު އެތާނގައި ތިބި އެހެން އެންމެންގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު ތަފާތެވެ.

ހަމަ އެވަގުތު ކުއްލިއަކަށް ޒުބޭރު ސޯފާމައްޗަށް ޖެހިގަތެވެ. އަސްމާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ” މާނޭކީ މިކަމެއްގެ 3 ވަނަ ތަޅުދަނޑިއެއް އެބަ އުޅެޔޭތާދޯ؟؟” ޒީޝާލް ބުންޏެވެ. އެއަށް އިތުރަށް އެއްވެސް މީހަކު އެއްޗެކޭ ނުބުނި ނަމަވެސް އެކަމަށް އެންމެނަށް ވެސް  ހިތާ ހިތުން އާނއެކޭ ބުނެވުނެވެ. ހިމޭންކަން ފޫއަޅުވާލާފައި ވާހަކަ ދައްކަން ފެށީ ޒެއިންއެވެ.”ކިހާ ބޮޑުވެއްޖެ ކަމެއް ދެން… ބައްޕަ ވެސް އިތުރަށް މިކަންތައް ސިއްރުނުކޮށް ކިޔާދޭން ވެއްޖޭނުން… ހަމަ ޔަގީނުންވެސް މިހާރު މިވާ ކަންކަން ބައްޕައަށް އެނގޭނެ… މިހާރު މިވާ ކަންކަމުން ހައްތަހާ އިންވެސްޓިގޭޝަން ކުރިއަށް ގެންދަން ހުރަސްއެޅެނީނުމި!!!” ޒެއިން އަކީ ދުވަހަކު ވެސް މިގޮތަށް މައްސަލަ ޖެހޭ ތަންތަނުގައި އެއްޗެއް ބުނާ މީހެއްނޫނެވެ. ރަނގަޅަށް ބޯގޮވާފައި ހުރުމުން އިހްތިޔާރަކާއި ނުލައި ލަފުޒުތައް ދުލުން ބޭރުވީއެވެ.އެހެންކަމުން ޒެއިން މިގޮތަށް ކަންތައްކުރުމުން އެންމެންގެ މޫނުމައްޗަށް ދިޔައީ ހަމަހިމޭންކަން ވެރިވެގެނެވެ. އެތާނގައި ބަހައްޓައިގެން އިތުރަށް ޒީޝާލް ބޯގޮވައިފާނެތީ ޔަޒަކް ނުކުތީ ޒީޝާލް ގޮވައިގެން ބޭރަށް ދިޔުމަށެވެ. ޒެއިން ގޮސް ދޮރު ޖެހީ ތަން ފަޅައިގެން ދާހާ ބާރަށެވެ. އިތުރަށް އެތާނގައި މަޑުނުކޮށް އިވްލީން ބޭނުންވީ ޒިލާލް ވެސް ކޮޓަރިއަށް ވައްދާށެވެ. ރުޅިއައިސްފައި ހުރުމުން އިވްލީންއަށް ޒިލާލް ވެއްދުން ވީ ފުދޭވަރަކަށް ބުރަ މަސައްކަތަކަށެވެ.

އިވްލީންއަށް ވަރަށް މަސައްކަތުން ރުޅިގަދަވެފައި ހުރި ޒިލާލް ކޮޓަރިއަށް ވެއްދުނެވެ. ފެންތައްޓެއް ހިފައިގެން އައިސް ފެން ތަށި ދިނުމުން ޒިލާލް ފެންތަށި ބޯލިއެވެ. ނަމަވެސް ނަމަވެސް އެއްވެސް އެއްޗެކޭ ޒިލާލް ނުބުނެއެވެ. ޒިލާލްގެ މި އަމަލުން އިވްލީންގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އިވްލީންގެ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައީ ވަގުތާއި ހާލަތު މިކަމަށް ތަންނުދޭ ކަމަށެވެ. އެހެންކަމުން އިވްލީން ވެސް ހިޔާރުކުރީ ހިމޭންކަމެވެ.

ވަގުތަކީ މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. އެހެންކަމުން ޔަޒަކް ޒީޝާލް ގޮވައިގެން ބޭރުގައި ދުއްވުމުގެ ބަދަލުގައި ވަނީ ޔަޒަކްގެ ގެއަށެވެ. ބޮޑު އިމާރާތެކެވެ. ބޭރަށް ފެންނަލެއް ނުހަނު ހިތްގައިމެވެ. ބޭރެކޭ އެއްވަރަށް އެތެރެވެސް އެހާމެ ފުރިހަމައެވެ.

މަގުގެ އެއްފަރާތުގައި އެހެން މީހަކަށް ނުފެންނާނެހެން ގަހެއްގެ ނިވަލުގައި ހުރި މާޔާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ލޮލަށް ކަރުނަތައް ޖަމާވިއެވެ.ވާނީވެސް އެހެންނޫންހެއްޔެވެ؟ ޔަޒަކް މާޔާގެ ފަހަތުން ސަލާންޖަހަމުން ލޯތްބަށް ތެޅިފޮޅުނު އިރު މާޔާ ޔަޒަކްއަށް ދިނީ ބީރު ކަންފަތެކެވެ. ހުދު މިއަދު ޔަޒަކްއަށް އެހާ ހާއްސަ މަގާމެއް ހިތުގައި ދެވެން ވީ ސަބަބެއް މާޔާ އަކަށް ނޭނގެއެވެ. މޫނުމައްޗަށް ހިނިތުންވުން ގެނެސްގެން ހުއްޓަސް މާޔާގެ ހިތް ދިޔައީ ރޮމުންނެވެ. މިއަދު ދެން މިކަމާއި މެދު ވިސްނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ވަގުތު ފާއިތުވެއްޖެކަމަށް ހިތަށް ވިސްނައިދޭން މާޔާ އަޒުމް ކަނޑައެޅީ ދެ ލޯބިވެރިންގެ ދޭތެރެއަށް ވަންނަން ބޭނުން ނުވާތީއެވެ.

ޔަޒަކް އުޅޭ ފްލޯއަށް ވަދެވުމާއެކު ކުޑަ ކުޑަ ވަރަށް ލޯބި އަންހެން ކުއްޖެއް އައިސް ޒީޝާލްގެ ގައިގައި ބައްދައިލިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ.

” ކޮއްކީ… ކޮބާ މަންމީ؟” ޔަޒަކް ވަރަށް ލޯބިން ބުންޏެވެ.”އެޓާ ބަޑިގޭ..ގަ.. މަންމީ ޔާކޫ ޑޮންބޭ އައީ.. މަންމީ..” ދުވަމުން ދުވަމުން ގޮސް ބަދިގެއަށް މިސްރާބުޖެހި އިރު ވެސް އެ މައުސޫމްކަމަށް ބަދަލެއް ނާދެއެވެ. ޒީޝާލް ގޮސް ވަނީ ޔަޒަކްއާއެކު ޔަޒަކްގެ ކޮޓަރިއަށެވެ.

ގިނަދުވަސް ތަކަކަށް ފަހު ދެރަހުމަތްތެރިންނަށް ބައްދަލު ވެވުމުން ހިތްހަމަޖެހުނެވެ.”ބުރޯ އަދިވެސް ކުރަހަންދޯ؟ ވަރަށް ސަޅި މި ޑްރޮވިންގްސްތައް… ވެއިޓް ވެއިޓް ކަލޯ ކޮންކަމަކާ ޑިޕްރެޝަންއަށް ގޮސްގެން އަރުވާލާފަ ހުރި ވަރެއްމީ؟؟؟؟؟” ފާރުގައި ތަތްކޮށްފައި ހުރި ކުރެހުންތަކަށް އިޝާރާތް ކުރަމުން ޒީޝާލް ވާހަކަދެއްކިއެވެ. ޒީޝާލް އެހެން ބުނީ އާއްމުކޮށް އެންމެ ކުރިން ފެށިގެން ވެސް ދެމީހުން ވެސް ޑިޕްރެޝަންއަށް ގޮސް ކަންކަމާއި ބޯހާސްވުމުން ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ކޮށްއުޅޭ މަސައްކަތްތަކަކީ ކުރެހުން ކަމުގައިވާތީއެވެ.” ހެހެ ކަމެއްގަ ނޫން މާޔާ މަތިން ހަނދާންކޮށްފަ … އަޅާނުލާ އަހަރެން ވެސް  މިހާރު ބޭކާރު ކަންކަމާއި ވިސްނިވަރަކަށް ބޮލުގަ ރިއްސާތީ ތިކަހަލަ ކަންކަމުގަ ބޮލެއް ނުގާނަން…” ޔަޒަކް މާޔާގެ މަތިން ހަނދާން ކުރަމުން ވާހަކަ ދެއްކި އިރު އެ އަޑުގައިވީ ކުރަކި ކަމެވެ.

ދެމީހުން އެކުގައި ކޮށްއުޅުނު ކަންކަމާއި ދެމީހުންނަށް ދެމީހުން ކިޔައިދޭން ވެފަ ހުރި ވާހަކަތައް ދިޔައީ ދައްކަމުންނެވެ. ބޮޑުތަކުރުފާނު ވާހަކަ އަޅުވާލާފައި ތިބި ދެމީހުން ސިހިގެން ދިޔައީ ޔަޒަކްގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އަންހެން ކުއްޖާ ފެނުމުންނެވެ.  “ޔާކޫ ޑޮންބޭ… މަންމީ ބުނި ކާންޑާސޭ….”” ހެހެ ލެޓްސް ގޯ.. އާދޭ ޒީޝާލް ވެސް ކައިގެން ދާންވާނީ..” ޔަޒަކްއާއެކު ކާގެ ފަރާތަށް ނުކުތް ޒީޝާލްގެ ފިޔަވަޅުތައް ދިޔައީ ހުއްޓިގެނެވެ. ފެނުނު މީހެއްގެ ސަބަބުން ދެން ވެސް ފިޔަވަޅު އެޅުނީ ފަހަތަށެވެ.

“ދޮން… ދޮންބެ ދައްތަ!!!!” ކުޑަކޮށް ވާނުވާ އޮޅިފައި ހުރެ ޒީޝާލް ގޮވައިލިއެވެ.” ޒީއްކޯ އައި މިސްޑް ޔޫ އަލޮޓް…. ޒީއްކޮ ރަނގަޅުތަ؟؟؟؟؟” ނިޝްރީން ދުވެފައި ގޮސް އިވްލީންގެ ގައިގައި ބައްދައިލަމުން ބުންޏެވެ. ދެމީހުން ބައްދަލުވުމުން އުފަލުން ގޮސް ދެމީހުންނަށް ވެސް ރޮވުނެވެ. ކައިރީގައި މަންޒަރު ބަލަން ހުރި ކުޑަކުއްޖާއަށް ވެސް ހުރީ ކިރިޔާ ނުރޮވިއެވެ.”ދައްތަ މީހަކާއި އިނދެގެންތަ ތިއުޅެނީ؟؟؟” ރޮވެމުން ގޮސް ޒީޝާލް ކޮށްލި ސުވާލުން ތަނަށް ހީވީ ބޮމެއް ގޮވައިގެން ދިޔަހެނެވެ.

“ނޫން… ޒީއްކޮ ދައްތައަށް ވަރަށް ރަނގަޅު މިވާހަކަ އިތުރަށް ދެން  ދައްކަން ނޫޅުނިއްޔާ..” ނިޝްރީން މިހެން ބުނުމުން ޒީޝާލް އިތުރަށް ދެރަވިއެވެ. ނަމަވެސް ދައްތައަށް ދޮންބެގެ ހާލު ކިޔައިދޭން އިންތިހާއަށް ބޭނުމެވެ. ދައްތަދެކެ ދޮންބެ އެވާ މާތް މަތިވެރި ލޯބި އަންގާލަދޭން އިންތިހާއަށް ބޭނުމެވެ. ދޮންބެގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް ކިޔައިދޭނަމެވެ. ހިތަށް އަރައި ފައިބަމުން ދިޔަ އެއްޗެހިތައް ބުނެދޭކަށް ވެސް ނޭނގެއެވެ.

” ދެން ޒީއްކޮ ދައްތަގެ ވާހަކަ ބުނީމަ ކަމަކު ނުދާނެ … އަނެއްކާ ދޮންބެގެ އަންހެނުން ވަރިކޮށްފަ އައިސްދާނެ ދައްތާ ކައިރިއަށް ދައްތަ ބޭނުމެއް ނުވޭ މިގޮތަށް ވާކަށް….. ޕްލީޒް ދޮންބެއަށް ވެސް ދޮންބެގެ ލައިފް އުޅެވޭނީ ހަމަޖެހިގެން މިވާހަކަ ސިއްރު ކުރީމަ…..” ނިޝްރީން ހީއްކުރަނީ މިހާރު ޒެއިން އިތުރު ދިރިއުޅުމެއް ފެށީކަމަށެވެ.

 

“ނޫނޭ ދައްތާ!!! ދައްތަ ދިޔަ ފަހުން ދޮންބެ ވަރަށް ޗޭންޖްވީ މިހާރު އުޅެނީ ވެސް ދައްތަ ބޭނުންވީގޮތަށް ހަރުދަނާ ރަނގަޅު ޒިންމާދާރު ވަޒީފާއެއްގަ… ދޮންބެ އެއީ މިހާރު ޕޮލިސް ސްޓޭޝަންގަ މަސަައްކަތް ކުރާ ހީވާގި ޕޮލިސް އޮފިސަރެއް…. ބަރާބަރަށް ފަސްވަގުތު ނަމާދުތައް ކުރޭ…. ދައްތަ ދިޔަފަހުން ފުރަތަމަ ކޮޅު ހުންނަނީ ވަރަށް ސަކަރާތްކޮށް އަބަދު ކޮޓަރީގަ… ނުއެއް ކައި މަންމަ އާދޭސްކޮށް ނަސޭހަތް ދިނަސް އަޅައެއް ނުލާ ނަމާދެއް ނުކުރޭ… ސިނގިރޭޓު ބުއިން ކަމަކީ ދުވާލުދާ ހަތަރުދަމު….އެހެން އުޅޭތީ އެދުވަސްވަރު ދޮންބެ ވަރަށް ހިކުން… ނުކައި ހުންނަންވީމަ ވާނީ އެހެންނު… އަމިއްލަ ނަފްސާ ދޭތެރޭގައި ކުޑަކޮށްވެސް ދޮންބެ ނުވިސްނާ… އަހަރެން ވެސް ވަރަށް މަސައްކަތް ކުރިން ދޮންބެ އޯކޭ ކުރެވޭތޯ އޭރު ތުއްތު ނޫޅޭނެ ސޯ ޒީއްކޮ އެކަންޏެއްނު ހުންނާނީ… މަސައްކަތް ކުރިން.. އެކަމު ނުވި… ދެން ފަހުން ފަހުން އައިސް އޯކޭވާންފެށީ… ފުރަތަމަވެސް ނަމާދުތައް ކުރަންފެށީ ސިނގިރޭޓު ބުއިން ވެސް ހަމަ އެއްކޮށް ހުއްޓާލި… ކުރީގެ ޕްލޭ ބޯއި ގޮތްގަނޑު ވެސް ދޫކޮށްލި.. އެހެންވެ ހީއްކުރީ ވަރަށް އަވަހަށް މީހަކާ އިންނާނެކަމަށް .. އެކަމު މިއަދާއި ޖެހެންދެންވެސް އެހުރީ ހަމަ ހުސްކޮށް މީހަކާއި ލޯބީގެ ގޮތުން ވެސް ގުޅުމެއް ނުބާއްވާ އެހެންވެ އެނގުނީ އަދިވެސް މޫވް އޮން ނުވެވެނީކަން.. ދައްތަ ހޯދަން ވެސް ދޮންބެ ވަރަށް މަސައްކަތް ކުރި… އަހަރެންގެ ދެލޮލަށް ފެނުނު އެފަކީރު އުޅުނު ހާލު… ދެރަވޭ މިވާހަކަ ދެއްކިޔަސް ވެސް… އެކަމު ދައްތައަށް މޫވް އޮން ވެވުނީތީ އަހަރެން ހަމަ އަޖައިބުވެ އަންތަރީސްވާ ވަރުވޭ… ނުވިތާކަށް ކިޑެއް ވެސް ހޯދީ… އަހަރެންގެ ދޮންބެ މިއޮށް ހުރިހާ ދުވަހު ކުރީ ބޭކާރު އިންތިޒާރުތަކެއް!!!” ޒީޝާލް ހުރިހާ ވާހަކަތަކެއް އެކީހެން އޮއްސައިލިއެވެ.

ޒީޝާލްގެ ވާހަކަތައް ނިމުނުއިރު ނިޝްރީންގެ ދެލޯ ކަރުނުން ފާއްދާލިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ނިޝްރީންގެ އިންތިޒާރުގައި އަދިވެސް ޒެއިން އެހުރީ ހުރިގޮތަށެވެ. އެންމެ އުފާވީ ޒެއިންއަށް ބޮޑެތި ބަދަލުތަކެއް އައުމުންނެވެ. ހަމައެއާ އެއްވަރަށް ދެރަވީ ވެސް ޒީޝާލްގެ ހީއްކުރުންތައް ހުރި ގޮތުންނެވެ.

“ޒީއްކޮ ނޫން!! ދައްތަ އަދިވެސް މީހަކާއި ކައިވެނި ވެސް ނުކުރަން.. ނުވެސް ކުރާނަން ވެސްމެ…” ނިޝްރީން މިހެން ބުނުމާއެކު ޒީޝާލްއަށް ހީވީ ބޮމެއް ގޮވައިގެން ދިޔަހެނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟

” ވަޓް؟؟ ކައިވެނި ނުކޮށް ކިޑެއް ؟” ޒީޝާލްއަށް އަޖައިބުވީ ވަރުން އަހައިލެވުނެވެ.  “ނޫންން…. ޒީއްކޯ ނޫން… ބޭނުމެއް ނުވޭ އަސްލު މިވާހަކަ ބުނަން ވެސް އެކަމު މިހާރު ދެން މިވާހަކަ ބުނަންވީ ދޯ ޔަޒަކް؟؟” ނިޝްރީން ދޯ ދިނުމުން ޔަޒަކް ބޯޖަހައިލިއެވެ.

“ޒީއްކޮއަށް ގަބޫލެއް ނުކުރެވޭނެކަން ވެސް އެނގޭ އެކަމު ހަގީގަތް އޮޅުވައެއް ނުލެވޭނެ… ދައްތަގެ ދަރިފުޅުގެ ބައްޕައަކީ…” ވާހަކަ ދައްކަން ނިޝްރީން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.” ބައްޕައަކީ ކާކު؟؟؟” ޒީޝާލް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.

“ބައްޕައަކީ ޒެއިން… އާނ ޒީއްކޯ ދޮންބެގެ ދަރިއެއް..” ޒީޝާލްއަށް ގަބޫލު ނުކުރެވިގެން ގަބުވެފައި ހުރެ ކުޑަކުޑަ ލޯބި ލޯބި ފުރާނައާއި ދިމާއަށް ބަލައިލެވުނެވެ. އާނ އެކެވެ. ހަމަ ޒެއިންގެ ދޮންކަމާއި އެއްވަރަށް މަޑުމައިތިރި މިޒާޖު ވެސް އެބަހުއްޓެވެ.”ކޮން ނަމެއް ކިޔަނީ؟” ޒީޝާލްއަށް އަހައިލެވުނެވެ.

“އައިޝަތު އިޝްއަލް”” މާޝާﷲ ވަރަށް ލޯބި ނަމެއް އީޝް… އާދެބަ އިޝްއަލްގެ ދޮންތީ އިނގޭމީ..” ޒީޝާލް ހުރީ އުފަލުން ގޮސް ހަލާކުވެފައެވެ. ބޭނުންވަނީ ދާގޮތަށް ދޮންބެ ގާތުގައި ހުރިހާ ވާހަކަތަކެއް އެކީހެން ބަންޑުން ކޮށްލާށެވެ. ޒީޝާލް ޔަޒަކް ގާތުގައި އެހުމަށްފަހު އެގޭގައި މަޑުކޮށްލީ މިރޭ ގެއަށް ދިއުމަށް ނިންމައިގެނެވެ. އޭރު ހަވީރުވެއްޖެއެވެ.

ޖަޒްލީ މާބަނޑު ދުވަސްވަރު ކަމުން އުޅެނީ ވަރަށް ބަލިކޮށެވެ. އެއްޗެއް ރަނގަޅަށް އެފަކީރުގެ އަރުތެރެއަށް ނުވެސް ދިރެއެވެ. ހޮޑުނުލެވޭ ދުވަހެއް ވަރަށް މަދެވެ. މިކަމާއި ހުރެ އީވާން އޮފީހަށް ވެސް ފަހުން ފަހުން އައިސް ވަރަށް ނުދެއެވެ. އަރީކާ ވެސް ޖަޒްލީއަށް އެހާމެހެވެއެވެ. ނަމަވެސް ބައެއްފަހަރު ރީނާއާއި ޖަޒްލީގެ ގާތްކަން ފެނި ކުދިކިޔާލެވެއެވެ. އެއީކީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. އަރީކާ އަމިއްލައަށް ވެސް ރީނާއަށް އަދި ރާއިލްއަށް އަރީކާގެ ހިތްހެޔޮވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރައެވެ. ނަމަވެސް ހިތުގައި އޮތް ލަށްގަނޑު ހިތުން ފިލުވައިލެވޭނެ ހެއްޔެވެ؟

ރީނާ ރަޝީދާ ގާތުގައި ނިދާލަން ދިއުމަށް އަޒާން ގާތުން ހުއްދަ އަކަށް އެދުނެވެ. ސަބަބަކީ ރަޝީދާ ވަރަށް ބަލިކޮށް މިދުވަސްކޮޅު އުޅޭތީއެވެ.އަޒާން ބުނީ އަޒާންގެ ފުރާނަ ފަދައިން ލޯބިވާ މާމަކުރެ އަހާލާފައި ދިއުމަށެވެ. އެއްވެސް ހާލެއްގައި އަޒާން ނުގަބޫލުވީކީއެއް ނޫނެވެ. އަޒާން ބުނިފަދައިން ރީނާ މާމަގާތުގައި އަހައިލިއެވެ. އެހި އިރުގައި ވެސް މާމަ ގަބޫލުވާނެކަން ރީނާއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. މާމަ ރީނާދެކެ ލޯބިވަނީ އަމިއްލަ ދަރި ފަދައިންނެވެ. މާމަ ބުނީ މާމަ ދަރިފުޅު ޖަޒްލީގެ ގާތަށް ގޮސްލާފައި ދިއުމަށެވެ. މުނިމާމަ ދަރިފުޅު ދުނިޔެއަށް އަންނަ ދުވަހު ދުނިޔޭގައި ހުރުމަށް މާމަ ވަރަށް ބޭނުންވެއެވެ.

ކުޑަކުދިންނާއި ހެދީ އަޒާން ވެސް ހުންނަ ފޯރި ރީނާއަށް އެނގެއެވެ. ނަމަވެސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ އިބަރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުން ނޫން އިތުރު ގޮތެއް ނެތެވެ. ދަރިން ނުލިބެނީ ރީނާގެ މައްސަލަކަމުން ކަމެއް ނުވަތަ އަޒާންގެ މައްސަލަކަމުން ކަމެއް ނޭނގެއެވެ. އެނގޭކަށް އެދެމީހުން ކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. ސަބަބަކީ ދެމީހުން ދެމީހުންނާއި ދުރުވާން ޖެހިދާނެތީވެއެވެ. ރީނާ ވެސް ރީނާއަށް މަންމާއޭ ކިޔާފައި ގޮވާލާނެ ދަރިއަކު ބޭނުންވެއެވެ. ހަމައެގޮތަށް އަޒާން ވެސް ބޭނުންވެއެވެ. ތަޤްދީރުގައި ލިޔެވިފައިވާ ލިޔުމެއް ބަދަލެއް ނުވާނެ ނޫންހެއްޔެވެ؟ ނުވަތަ އެ ލިޔުމެއް ނުފޮހެވޭނުން ހެއްޔެވެ؟

ޓެރަސް މަތީގައި ހަމަޖެހިލާފައި ހުރި ނޯރާގެ މޫނުމަތިން ދެރަވެފައި ހުންނަކަން ފާހަގަވެއެވެ. ހަމައެއާއެކު މަކަރުވެރިކަމުގެ ހިނިތުންވުމާއި ނުލަފާ ހިނިތުންވުން ފިލައިގެން ނުދެއެވެ.”އައިމް ރިއަލީ ސޮރީ ޒިއްލު.. ހަމަ ހަގީގަތުގަ ވެސް އަހަރެންގެ ހިތުން ހަގީގީ ލޯބި ވެވުނީ ހަމައެކަނި ޒިލާލްދެކެ… ޒެއިން ދެކެ ވެސް ލޯބިވެވޭތޯ މަ ވަރަށް މަސައްކަތް ކުރީން… ޒެއިން ދެކެ ނުވެވުނު ލޯބި ހަގީގަތުގައި ވެސް މިހިތުން ވެވުނީ ހަމަ ޒިލާލްދެކެ…. އެކަމު އަހަރެން މިކަން ކާމިޔާބު ކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން… ދޭތިން އެކައްޗަށް…މަޢާފުކުރާތި ޒިލާލްގެ ވަގުތު ވަރަށް ގާތްވެއްޖެ!!! އައިމް ސޮރީ ޒިއްލު…” ނޯރާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައީ ޖެހިލުމެއް ނެތިއެވެ.

އިރުއޮއްސެން ދިޔަ ވަގުތު ނަމަވެސް ޒިލާލް އުޅުނީ ހަމްދާން އާއިއެކު ކޮފީއެއްގައެވެ. ދެމީހުން އެކި ކަހަލަ ވާހަކަތައް ދައްކަމުން ދިޔައިރު ވަގުތު ހިނގަމުންދިޔަ ގޮތް ވެސް ނޭނގެއެވެ. ޒިލާލް މިރޭ އިވްލީންގެ ޖަވާބެއް ލިބޭނެ ވާހަކަ ބުނުމުން ހަމްދާން ބުނީ ކެތްތެރިވުމަށެވެ. އަދި ކަރުގައި ރީތި ފަށެއް އެޅުވީމައި ވަރަށް ފުރިހަމަވާނޭކަމަށް ހަމްދާން ބުންޏެވެ. ހަމްދާންއަކީ އާއްމުކޮށް ގިނައިން ލިބޭ ހުސް ވަގުތުތަކުގައި ސީރީޒް އެއްޗެހި ބަލިމީހެއްކަމުން ގިނަގުނަ ހިޔާލުތައް އެކަހަލަ ކަންކަމުގައި ލިބެއެވެ.

“އޯހް މަށާ އެއްކޮށް މިރޭ ވާނެ ވަރަށް ރީތި ފަށެއް ގަންނަންދާން…” ޒިލާލްގެ ހިތް ދިޔައީ ނޭނގޭހާ ބާރުމިނުގައި ތެޅެމުންނެވެ. ވަގުތު ގާތްވީވީހެން ޒިލާލްގެ ހިތް އަވަސް ވަމުން ދިޔައީ ބުނެދޭންވެސް ނޭނގޭ ފަދައިންނެވެ.”އޯކޭ ބްރޯ… އެކަމު ދެން ކައެ ތިވަރުކޮށްފަ އިވްލީންގެ ޖަވާބުގަ ނޯ ބުނެފީޔާދެނޯ؟؟ ޑިވޯސް ކުރާނީ؟” ހަމްދާން އަހަން ނާހަން ހުރެފައި ވެސް އެހިއެވެ.

“އާނ ދެން އޭރަށް އެހެންވެއްޖެނަމަ އިވްލީންއަށް އިވްލީންގެ މިނިވަންކަން އަހަރެން ދޭނަން… ލޯތްބަކީ ގަދަކަމުން ހޯދޭނެ އަދި ވެވޭނެ އެއްޗެއް ވެސް ނޫނޭ ބްރޯ!!” ޒިލާލް ވަރަށް ހަމަޖެހިލައިގެން އިނދެ ވާހަކަދެއްކިއެވެ. ޒިލާލްގެ ދުލުން އިވުނު ބަހެއްގެ ސަބަބުން ހަމްދާންއަށް އެއްޗެކޭ ބުނެނުލައެއް ނީންދެވުނެވެ.” އަހަރެންގެ ދުޢާ އިޖާބަކުރެއްވީ ތޯއްޗެ.. ކައެއަށް ހެޔޮވިސްނުން ދެއްވައިފި… އެކަމު ބުނަންތަ ވާހަކައެއް އިވްލީން ދޫކޮށްލައިފިއްޔާ ކައެތީ މޮޔައެއް…” ހަމްދާންގެ ބަހަށް އާނބަސް ބުނަމުން ޒިލާލް ހޫނއަޅުވައިލިއެވެ.

ޒިލާލް ހަމްދާން ގާތުގައި ހުރެފައި ގެއަށް ދާން ނުކުތީ ކުޑަކޮށް ވަރުބަލިވެފައި ހުރުމުންނެވެ. ގެއަށް ގޮސް ވަދެ ފެންވަރާލަން ހިތުލި ނަމަވެސް އިވްލީން ފެންވަރަން ވަދެ ހުރުމުން ޒިލާލް މަޑުކޮށްލައިގެން ހުރީއެވެ. އެހެން ހުއްޓާ ކުއްލިއަކަށް ޒިލާލްގެ ފޯނު ރިންގުވާންފެށުމުން ބަލައިލި ވަގުތު ގުޅަނީ އިވްލީންގެ ބައްޕަ ވަހީދުއެވެ. ފޯނު ނަގައި ވަރަށް ރީތިބަހުން ޒިލާލް ދިޔައީ ވާހަކަދައްކަމުންނެވެ. ވަހީދު ބުނީ އިވްލީން ގޮވައިގެން އެރަށަށް ކުޑަދުވަސްކޮޅަކަށް އައިސް ދިނުމަށެވެ. ބެލްކަނީގައި ހުރެ ވަހީދުއާއި ވާހަކަދައްކަމުން ދިޔަ ޒިލާލް ސިހުނީ ފެންވަރައިގެން ނުކުމެ ހުރި އިވްލީން ޒިލާލްގެ އަތުގެ މުލައްދަނޑީގައި ހިފާއްޓައިލުމުންނެވެ. އިވްލީން އަހަމުން ދިޔައީ ބައްޕަ ދައްކަނީ ކޮންވާހަކައެއް ތޯއެވެ. ނަމަވެސް ޒިލާލް ދިޔައީ އެވަގުތު ވަހީދުއާއި ވާހަކަދައްކަމުންނެވެ. އެހެންކަމުން އެވަގުތު އިވްލީީންގެ ސުވާލަށް ޒިލާލްއަށް ޖަވާބުދެވޭ ގޮތެއް ނުވިއެވެ.

ވަހީދު ފޯނު ބޭއްވުމުން އިވްލީންގެ ގާތުގައި އެވާހަކަތައް ޒިލާލް ކިޔައިދިނެވެ. އިވްލީންގެ މޫނުމަތިން ފެނުނު ހާސްކަން ފިލައިގެން ދިޔައެވެ. އިވްލީންއަށް ކުއްލިއަކަށް ދުރަށް ޖެހިލެވުނީ ޒިލާލްގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިފައި ހުރިކަން އެނގުމުންނެވެ. އިވްލީން ދުރަށް ޖެހިލި މަންޒަރު ބަލަން ހުރި ޒިލާލްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

“ލީން މިރޭ އަހަރެން ލާނީ ލީން ޗޫސްކޮށްދޭ އެއްޗެއް…””އެއީ ކީއްވެ؟” އިވްލީންގެ ހައިރާންކަން އިތުރުވީ ޒިލާލް ދުވަހަކު ވެސް ކުރިން އެގޮތަށް ބުނެފައި ނުވާތީއެވެ.”އުމްމް އެއީ މިރޭ މިއީ މަށަށް ވަރަށް ސްޕެޝަލް ރެއެއްވީމަ..” އެވަގުތު ޒިލާލްގެ ހިތް ވެސް ތެޅެންފެށިއެވެ. ހަމަ އެއާއެކު އިވްލީންގެ މޫނު ވެސް ޖަންބުކުލައިން ފާއްދާލިއެވެ. އިވްލީން ޒިލާލްގެ ހުދު ގަމީހަކާއި ކަޅު ޖީންސެއް އިސްތިރިކޮށްދިނެވެ.

ރީތިވެގެން ޒިލާލް ބޭރަށް ދިޔުމުން އެކަމާއި އިވްލީން ނުވިސްނާ އިވްލީން ބެލީ އިވްލީންއަށް ވެސް މިރޭ ވަރަށް ރީތިވެލެވޭތޯއެވެ. ޒިލާލް އެހެންޏާ ދުވަހަކު ވެސް ރީތިނުވާވަރަށް ރީތިވެގެން ދިޔަކަން ކޮޓަރިތެރޭގައި ހިފައިލައިފައި ހުރި ސެންޓުގެ ވަސްވެސް ހެކިދެއެވެ.

“ދަރިފުޅު… ހާދަވަރަކަށް ރީތިވެގެން ކޮންތާކަށް؟ ކައިގެންނު ދާންވާނީ..” އަސްމާ ގޮވައިލުމުން ޒިލާލް އައިސް އަސްމާ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ.” މަންމަ ނުބުނައްޗޭ މިދަނީ ލީންއަށް ފަށެއް ގަންނަންދާން… ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގަ މި އަންނަނީ ކާން.. ނުވާނެ ލަހެއް… މަންމަ މަޑުކޮށްލާނަން ދޯ މަށާ އެއްކޮށް ކާން…””ޔަގީނެއްނު…” އަސްމާ އުފަލުން ޖަވާބުދިނެވެ.

ޒިލާލް ނުކުތުމާއެކު ޒެއިން ބަދިގެ ތެރެއަށް ވަނެވެ. އެއިރު އަސްމާ ވަރަށް ހަމަޖެހިލައިގެން އިނެވެ.”މަންމާ..ކިހިނެއްވެފަ؟” ޒެއިން އަހައިލުމާއެކު އެއްވެސް ކަމެއް ނުވާކަމަށާއި ޒިލާލް އަންނަން ދެން މަޑުކޮށްލައިގެން އިނީ ކަމުގައި އަސްމާ ބުންޏެވެ.”ދަރިފުޅު ވެސް ދަގަ ޒީޝާލް ގޮވައިގެން އަންނަން ޔަޒަކުގޭގަވީ… އޭރަށް އެންމެން އެއްކޮށް ކާންއަރާނީ..” އަސްމާ ބުނި ބަހަށް ޒެއިން އެއްބަސްވިއެވެ.

ބޭރަށް ނުކުމެ ސައިކަލަށް އަރާ ހަމަޖެހިލި އިރު ވެސް މަގުމަތީގައި މީހުންތައް މަދުން ނަމަވެސް ހޭލަމޭލަވަމުންދިޔައެވެ. ހަމްދާން އައުމާއެކީ ސައިކަލުގައި ޒިލާލް ނައްޓައިލީ ހަމްދާންއަށް ވުރެ ވެސް ބާރަށެވެ. ސްޕީޑް ހުރިލެއް ބަރުކަމުން ކުރިމަތިން އައި ކާރުގައި ޒިލާލްގެ ސައިކަލު ވަރަށް ބާރަށް ޖެހުނެވެ. ކަހައިލައިގެން ގޮސް ޖެހުނު ގޮތުން ޒިލާލްއަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތަން ލެއިން ތެތްމައިލިއެވެ. ތަނުގައި ހިފައިލައިފައި ވަނީ މީހުންގެ ހަޅޭކުގެ އަޑެވެ.އެވަގުތު އެއީ ޒެއިން ބޭރަށް ނުކުތް ވަގުތެވެ. ޒެއިންއަށް ވެސް ހަޅެއްލަވައިގަނެވުނެވެ. އެ ކާރުގައި އިން ނޯރާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ހިނިތުންވުމެވެ.

“ފައިނަލީ ޑަން…” ނޯރާއަށް މަޑުމަޑުން ބުނެލެވުނެވެ. ކާރުން ނުފައިބަން އިން ނޯރާއަށް ކާރުން ފައިބަން މަޖުބޫރުވީ އެތަނަށް އެއްވަމުން ދިޔަ މީހުންގެ ސަބަބުންނެވެ. މޫނަށް ހާސްވާކަމުގެ ކުލަވަރު ގެންނަމުން ކާރުން ފޭބި ނޯރާގެ މޫނުމަތިން އެވަގުތު ފެންނަނީ މާޔޫސްކަމާއި ހިތާމައެވެ. ޒިލާލް ލައިގެން އޮތް ހުދު ގަމީސް ވަނީ ލޭން ތަތްތެޅުމުގެ ސަބަބުން ރަތްކުލައިން އެކީހެން ތެތްމާލާފައެވެ. ވަގުތުން ހަމްދާން އާއި ޒެއިން ވެގެން ޒިލާލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ޒެއިން ގުޅާފައި ވަގުތުން ޒުބޭރު ކައިރި ބުންޏެވެ.ޒުބޭރުގެ ފަރާތުން އަސްމާއަށް އެނގުނެވެ. ކޮޓަރިތެރޭގައި ހުރި އިވްލީން ވަރަށް ހިތްހަމަޖެހޭ ވަރަށް ރީތިވެލިއެވެ. އަސްމާ އައިސް ވަދެ އިވްލީން ކައިރިއަށް އައިސް ރޮވެގަތެވެ. އަސްމާ ވީގޮތް ބުނިނަމަވެސް އެކަން އިވްލީން ގަބޫލެއް ނުކުރެއެވެ. ދެމައިން ވެގެން ހޮސްޕިޓަލަށް އައުމަށް އެވަގުތު މިސްރާބުޖެހިއެވެ. ހަމައެއާއެކު ޔަޒަކް ގާތުގައި ހުރި ޒީޝާލްއަށް ވެސް އެ ހަބަރު ލިބުމުން އެތަނަށް ދާން ނުކުތެވެ. ޒީޝާލްއާއި އެކު ޔަޒަކް ވެސް ދިޔައެވެ.

އެންމެންނަށް އެތަނަށް ދެވުނު ވަގުތު ޒިލާލްއަށް ފަރުވާ ދޭން ފަށައިފިއެވެ. ޒުބޭރު އުޅެނީ އަސްމާ ހިފައްޓައިނުލެވިގެނެވެ. އެވަގުތު އެތަނަށް ރާއިލް ވެސް ވަނީ އެ ހަބަރު ލިބުމުންނެވެ. ޒެއިން އުޅުނީ ޒިލާލްގެ ބެލެނިވެރިޔާގެ ހައިސިއްޔަތުންނެވެ. އެއް ލިޔުމެއްގައި ސޮއި ކޮށްލާފައި އަނެއް ލިޔުމެއްގައި ސޮއި ކުރުމުގައެވެ. ހަމްދާން ކައިރީގައި ހުރެ ޒީޝާލް ވެސް ދިޔައީ ރޮމުންނެވެ. ރާއިލްގެ ގައިގައި އިވްލީން އޮޅުލައިގަތެވެ. މުޅި ސަރަހައްދުގައި ވަނީ އިވްލީންގެ ގިސްލުމުގެ އަޑެވެ.

” ރާއިލް… ދޭބަ ދޭ ގޮ..ގޮސް ޒިލް ކަ..ކަ..ކައިރި ބުނޭ …. ބު..ބުނޭ ލީން ވަަރަށް ލޯބިވޭ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… އަހަ.. އަހަރެން ކި.. ކި.. ކިހިނެއް ޒިލާލް އާއި ނުލާ ދެން ދިރިއުޅޭނީ؟…  ޕްލީޒް.. ޕް.. ޕްލީޒް ޒި..ޒިލާލް އަހަރެން އެކަނި ކޮށްނުލާތި… ކެތެއް ނުވާނެ.. ޒިލާލް ނެތް ދުނިޔޭގަ އަހަރެން އަމިއްލައަށް ވިޔަސް މަރުވާނަން… ޒިލާލް އާއި ނުލާ އަހަންނަކަށް ދުނިޔޭކު ނުހުރެވޭނެ…” އިވްލީން ރޮއެރޮއެފައި ކިޔަމުން ދިޔަ އެއްޗެހީގެ ސަބަބުން އެތަނުގައި ތިބި އެންމެންގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.އެންމެނަށް އެއްފަހަރާ ބަލައިލެވުނީ އެމަރޖެންސީ ރޫމުން ނުކުތް ޔުމްނާއާއި ދިމާލަށެވެ.

” އެންމެނަށް ވެސް އެނގެންވާނެ މިހާރު ޒިލާލް އޮތީ ވަރަށް ރިސްކީ ހާލަތެއްގަ.. އަޅުގަނޑުމެން ވެސް މި މަސައްކަތް ކުރަނީ އަވަސް ފަރުވާއެއް ދެވޭތޯ… ޒިލާލްގެ ފުރާނަ ސަލާމަތް ކުރެވޭނީ ތިމީހުން ކޮށްދޭ އަވަހަކަށް ބަލާފަ… މިއޮތީ 2 ގޮތެއް…ކޮންމެ ގޮތެއް އިހްތިޔާރު ކުރިޔަސް ހަމަ ރިސްކީ ވާނެ…ފުރަތަމަ ގޮތަކީ އޮޕަރޭޝަން ނުކުރުން… އެކަމު އޮޕަރޭޝަން ނުކޮށް މާކަށް ގިނަދުވަހަކު ދުނިޔޭގެ ހުރެވޭނެކަމުގެ އުއްމީދެއް ޒިލާލްއަކަށް ނެތް….. ދެވަނަ ގޮތަކީ 7 ގަޑިއިރުގެ  އޮޕަރޭޝަންއަކަށް ދިއުން ހަމަ ރިސްކީ ވާނެ… އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ ޕޮސިބިލިޓީސް ވަރަށް ލޯ… ކާމިޔާބު ވިޔަސް އިތުރު ބައްޔަކާއި ކުރިމަތިލާން ޖެހޭނެކަމުގެ ޕޮސިބިލިޓީސް ވަރަށް ހައި… ކާމިޔާބު ނުވެއްޖެނަމަ ޒިލާލްގެ ފުރާނައަށް ނުރައްކާ ވާނެ… ދެން މިވަގުތަށް އަސްލު ލޭ ބޭނުންވޭ ޒިލާލްގެ ހަށިގަނޑުން ވަރަށް ބޮޑަށް ލޭތައް ބޭރުވެއްޖެ މިވީ މަދު ވަގުތުކޮޅުގެ ތެރޭގައިވެސް…. ދެން ތިކޮޅުން ކުރި އަވަހެއް އޮންނާނީ …ޖަވާބެއް ލިބޭއިރަށް މިކޮޅުން އޮޕަރޭޝަން ފަށާނަން” ލޭ ދޭނީ ޒެއިންކަމަށް ބުނެ ޒެއިން ދިޔައީ ލޭ ދިނުމަށެވެ. އެންމެންވެސް ތިބީ ގަބު އަރާފައެވެ. ކުއްލިއަކަށް އިވްލީން އެވަގުތު ވެއްޓުނެވެ. ދެވަނަ ސިކުންތުގައި އަސްމާ ހޭނެތުނެވެ. ކަމަކަށް ފަހު ކަމެއް ޖެހެމުންދާތީ ޒުބޭރު ހުރީ ހަދާނެގޮތް ހުސްވެފައެވެ. ތަނުގައި ބާކީ ތިބި އެންމެންގެ މަޝްވަރާއަށް ފަހު ނިންމީ ޒިލާލްގެ 7 ގަޑިއިރުގެ އޮޕަރޭޝަންކުރާގޮތަށެވެ. އެންމެންވެސް އެވަގުތު ނިންމަންޖެހުނު ހުރިހާ ނިންމުމެއް ނިންމީ ހިތާއި ދެކޮޅަށެވެ. ކޮންމެ ގޮތެއް ވިޔަސް ޒިލާލްގެ ފުރާނަ ވަރަށް މުހިއްމެވެ. ޒިލާލްގެ ފުރާނަ ސަލާމަތްވޭތޯ މަސައްކަތްކުރުމާއި ދުޢާކުރުން ފިޔަވައި އިތުރަށް ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

އޮޕަރޭޝަން ފެށިގެން ދިޔައީ އެރޭގެ 9 ޖެހިއިރުއެވެ. ނިމޭނީ 4 ޖަހައިލާހާއިރު ކަމަށް އެކޮޅުން ލަފާދިނެވެ. އަސްމާ އާއި އިވްލީން ކުޑަކޮށް ހަމައަކަށް އެޅުމުން އެމީހުން ގެއަށް ލައިދިނީ ޒެއިންއެވެ. ޒީޝާލް ވެސް ގެއަށް ދިޔައީ މަންމައާއި ދައްތަ އެހާ އޯކޭނޫން ވީމައެވެ. ކޮޓަރިތެރެއަށް ވަދެ އިށީނދެ އިން އިވްލީންގެ މޫނުމަތި ވަނީ މިލާމޯޅިވެފައެވެ. ކޮޓަރިތެރޭގައި އެއިރުވެސް ކޮންމެވެސް ވަރަަކަށް ޒިލާލް ޖެހި ސެންޓުގެ ވަސް ހިފައިލާފައި ހުއްޓެވެ. ކޮންމެ ދިމާލަކަށް ނަޒަރު ހިންގައިލިޔަސް ވެސް ފެންނަނީ ޒިލާލްގެ ހަނދާންތަކެވެ. އެ ލޮބުވެތި ހިނިތުންވުމާއި އެކުގައި ހޭދަކުރެވިފައިވާ ފުން ހަނދާންތަކެވެ. ހިތުގައި އަތްއަޅައިލީ ބުނެދޭން ނޭނގޭހާ ބާރުމިނުގައި އެރި ތަނެއްގެ ސަބަބުންނެވެ. ނޭވާޔަށް އުނދަގޫވާހެން ވެސް ބައެއް ފަހަރު ހީވެއެވެ. އިވްލީންއަށް މިއަދު އިހްސާސް ކުރެވެމުން ދިޔައީ ބަދުނަސީބު ކަމުގެ އިހްސާސެވެ. އަންނަމުން ދިޔަ ވަހީދުގެ ފޯނުކޯލު ނަގާނެ ހިތްވަރެއް ގައިގައި ނެތުމުންނާއި ވާހަކަ ދައްކާނެ ހިތްވަރު ދުލުގައި ނެތުމުން ފޯނު ސައިލެންޓަށް ލިއެވެ.

ނުނިމޭ

 

 

 

 

 

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 1

Next

އެދިގެން ކަލާ ލިބޭތޯ 11

Next
September 6, 2025

އެދިގެން ކަލާ ލިބޭތޯ 11

Previews
September 6, 2025

އަބަދުވޭ ހިތުގާ މަގޭ 1

13 Comments!

  1. zivv says:
    September 6, 2025 at 7:33 pm

    Wowwww gurll this is so good!worth the wait Hama varah reethi can’t wait for next💗💗

    1. Aishath Limsha Aishath Limsha says:
      September 6, 2025 at 11:51 pm

      Thank yu zivv❤️
      Next ep ah wait kohladheyn jeheynee not that much dhw ekm ves 🙌🏻

  2. shynyx inax shynyx inax says:
    September 6, 2025 at 7:52 pm

    mi part vx v reethi lim!!
    keep it up..

    1. Aishath Limsha Aishath Limsha says:
      September 7, 2025 at 1:06 pm

      Thank yu shynyx inax ❤️

  3. Kudu says:
    September 6, 2025 at 9:47 pm

    Maashaa Allah mi part ves v Reethi ❤️❤️
    Love this story kithanme lahun viyass vaguthu vee varakun genes dhey thee v happy 💕
    Pls don’t do anything to zilal 😭
    Nora haadha nulafa ey dho 😡
    Zein aa nishreen aa gulhuvahchey
    Zeeko aa hamdhaan aa ves
    Very curious
    When next?
    TC
    Lysm 💗

    1. Aishath Limsha Aishath Limsha says:
      September 6, 2025 at 11:55 pm

      Thank yu Kudu ❤️
      Las Viyas shakuvaa eh nethi kiyaalaa readers thibeythee varah varah bodah ufaa vey 🥹
      I also feel sadd for zilaal and yeah Nora is not good 💯
      Zein aa nishreen ves dhw zeekko and hamdhaan ves cute ey 🥺
      Next seedhaa Kon dhuvahehga Kameh bunakah neynge inshallah ehaa laheh nuvaane 🙌🏻
      Tc Kudu ❤️
      Loabivey maa bodukoh 💗🥹

  4. Shau says:
    September 6, 2025 at 10:16 pm

    Limko alhe mavex dheravehje Dhen vaanegothehge.mashaallah inthizaaruga.varah reethi mi baivex

    1. Aishath Limsha Aishath Limsha says:
      September 6, 2025 at 11:57 pm

      Thank yu Shau ❤️
      Alheyy shau sissy….sorry dherakohlevuneema…. Happy to see ur comment 😊 mi Baivx reethikan inguneema felt so happy ☺️

  5. Aysherr says:
    September 7, 2025 at 7:49 pm

    Subhaanallah vrh surprise vehjje mi v gothun e soru salaamaiy kuraathi inge limm konmehen ves 😭
    Vrh reethi mi part ves maa sha Allah 🎀
    Keep going your outstanding work darling!!
    Ummeedhu kuran Varah avahah next part kiyaalan libeyne kamah ingeyy 😁

  6. Aishath Limsha Aishath Limsha says:
    September 8, 2025 at 12:19 pm

    Thank yu Aysherr ❤️
    Esorah vaane gotheh dhen balamaa dhw?
    Inshallah next week ga next part kiyaalan libeyne kamah inshallah 🤗
    Happy to see ur comment and hope to see more ❤️

  7. Anonymous says:
    November 10, 2025 at 4:59 pm

    Aleyyyyyy avahah up kohla dheeba plzzzzzzzz

    1. Ziv says:
      November 12, 2025 at 3:29 pm

      Hedhe mihaaru keii kureveny kiriyaa next ep ah 💗😔

    2. Aishath Limsha Aishath Limsha says:
      November 20, 2025 at 1:47 pm

      Thank yu anonymous❤️
      I’m gonna upload it vrh avahah inshallah ❤️ thanks for the comment

Comments are closed.



All Right Reserved!