Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 23

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
July 21, 2025 6 Mins Read
12 Comments

އިވްލީން ޒިލާލްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު ވެސް ޒިލާލް އަނގައިންވެސް ނުބުންޏެވެ. އިވްލީން ޒިލާލް ސައިކަލު ފަހަތުގައި އިން އިރު އިނީ ޒިލާލްގެ ފޯނު ހިފައިގެންނެވެ. އެހެން އިންދާާިލ ޒިލާލްގެ ފޯނު ރިންގުވާންފެށުމުން ސްކްރީންއަށް ބަލައިލި ވަގުތު އިވްލީންގެ ބޯ ވެސް ދިޔައީ އަނބުރައިގަނެގެނެވެ. ހީވީ ހަތަރުއުދަރެސް ފެނުޖެހުނު ހެނެވެ.

* * * * * * * * * *

ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒިލާލްގެ ފަހަތުގައި އިންދާ ޒިލާލްގެ ފޯނަށް ގުޅަމުން އެދަނީ ރާއިލްއެވެ.”ލީން.. ތި ފޯނު ނަގާފަ ސްޕީކަރަށް ލާފަ ވާހަކަ ދައްކަބަލަ…” ޒިލާލްގެ އަޑާއިއެކު އިވްލީންއަށް ހަމަ ބިމަށް އާދެވުނެވެ.” ހަ..ހަލޯ؟” އިވްލީން ފޯނު ނަގައި ސްޕީކަރަށް ލަމުން ވާހަކަ ދެއްކިއެވެ.”އިވްވް؟؟ އިވްތަ؟” ރާއިލް މިހެން ބުނުމާއެކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު ކުއްލިއަކަށް ޒިލާލް މަޑުޖައްސާލަމުން ފަހަތަށް އެނބުރި އިވްލީން އާއި ދިމާލަށް ބަލާލާފައި އިވްލީންގެ އަތުގައި އޮތް ފޯނު ނެގިއެވެ. ޒިލާލް އިވްލީން އާއި ދިމާލަށް ބަލައިލީ ޝަކުވާގެ ރާގަކަށެވެ.

ފަހަތުގައި އިނދެ އިވްލީން މަޑުކޮށްލައިގެން އިނީ ޒިލާލް ފޯނު ބާއްވާނެ ވަގުތަކަށެވެ. ފޯނު ބޭއްވުމާއެކު ޒިލާލް ސައިކަލުގެ ސްޕީޑް ބާރުކޮށްލީ މީހަކު ނޭވާ ކޮޅަށް ދާވަރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.” ޒިލް.. އެހާ ބާރަށް ނުދުއްވާ… ކިހިނެއްތަ ވީ؟” އިވްލީން ޖެހިލުންވެފައި އިނދެފައި ވެސް ވާހަކަ ދެއްކިއެވެ.” މިގަޑީގަ ލީން ރަނގަޅުވާނީ މަށާ ވާހަކަ ދައްކަން ނުހެދީއާ!” އިތުރު އެއްވެސް އެއްޗެއް ނުބުނެ ދިޔަގޮތަށް އިވްލީން ގެއަށް ލާފައި ޒިލާލް ދިޔައީ ކެފޭއަކަށެވެ. އިވްލީން ހުރީ ދެން ވާނެ ގޮތެއް ނޭނގޭތީ ބިރުން ފިތްކަނޑައިގެން ދާ ވަރު ވެފައެވެ.

ރާއިލް އާއި ޒެއިން ކޮފީ މޭޒުކައިރި ޒިލާލްގެ އިންތިޒާރުގައި ތިބި އިރު އެތަނުގައި މަދީ ހަމައެކަނި ހަމްދާންއެވެ. ކޮފީ މޭޒުކައިރީގައި ޖައްސައިލި އިރު ވެސް ޒިލާލްގެ ބޮލުތެރޭގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައްތަކެވެ. ދައްކަމުން ދިޔަ ވާހަކައަށް ވުރެ ޒިލާލްގެ ސަމާލުކަން ހުއްޓިފައިވީ  ކައިރީގައި އިން ރާއިލް އަށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒިލާލްއަކަށް ކުޑަކޮށް ވެސް ރާއިލްއަކީ އިވްލީންގެ ލޯބިވެރިޔާ ކަމެއް ނޭނގެއެވެ.ޒިލާލްއަށް ކުއްލިއަކަށް ހަމަ ބިމަށް އާދެވުނީ ޒެއިން ވާހަކަ ދައްކަން ފެށުމުންނެވެ.

” ޒިލާލް ދޮންބެ ބުނީ މިހާރު ކަންތައްތައް ވެފަ ހުރިގޮތުން ވިއްޔާ ނެތޭ ކަންކަން ތަހުގީގު ކުރެވޭކަށް ވެސް.. އަނެއްކޮޅުން އެބަ އެނގޭ އެއަށް ބެލީމަ ވަދެފަ އެހުރީ ތަޅުދަނޑިއެއް ބޭނުންކޮށްގެންކަން.. އެހެންވީމަ ދެން .. ވެއިޓް ވެއިޓް ކޮބާ ޒިލާލް އަތުގަ އޮންނަ ކީ؟” ޒެއިން އެންމެފަހުން ބުނި އެއްޗަކުން ޒިލާލް މަޑުމަޑުން ބޮލުގަ ޖަހައިލީ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.” ނޭނގޭ މަށަކަށް މަ ވެސް އިއްޔޭން ފެށިގެން އެ ހޯދަނީމި ނުއެއް ފެނުނު” ޒެއިންއެކޭ އެއްވަރަށް ޒިލާލް ވެސް އިނީ ހާސްވެފައެވެ. އެވަގުތުވީ ޒުބޭރު ގުޅާތީ ޒެއިން ބޭރަށް ނުކުތް ވަގުތަށެވެ.

ވަގުތުގެ ބޭނުން ހިފާ ޒިލާލް ނިކަން ރަނގަޅަށް ރާއިލް އާއި ދިމާއަށް ބަލައިލިއެވެ.” ރާއިލް މާނޭކީ.. ކައެތީ މަ އަންހެނުންގެ އެކްސް އޭތަ؟ ރާއިލް ޔުމްނާޔާ މެރީ ކުރުމުގެ ކުރިން ޔޫ ވެއަރ ވިތް މައި ވައިފް؟” ހިތުގައި އުފެދިފައި ހުރި ސުވާލުތައް ޒިލާލް އެއްބޮނޑިއަކަށް އޮއްސާލިއެވެ.”ރަނގަޅު ތިކިޔަނީ ހަމަ ރަނގަޅަށް..”” ދެން ޔުމްނާ ކައިރި ބުނީން؟” ޒިލާލް މިހެން ބުނުމާއެކު ރާއިލް ދެކޮޅަށް ބޯ ހޫރުވައިލިއެވެ. ކީއްވެތޯ އެހުމާއެކު ރާއިލް ދުރު ބަލައިލި އެވެ.

” އަހަރެން ދޮގު ނުހަދާ މިވާހަކަ ދައްކަނީ… މަށަށް އެއްފަހަރު ޔުމްނާ ގެއްލުނު ނުވިތާކަށް ދެން ގެއްލުނީ އިވްލީން ދެން އަހަންނަށް ޔުމްނާ ލިބުނީ… ދެވަނަ ފަހަރަށް ޔުމްނާ އަހަރެންގެ އަތުން ބީވެގެން ދާކަށް މަ ބޭނުމެއް ނޫން ޕްލީޒް… ޔުމް އަށް މިސްއަންޑަރސްޓޭންޑް ވެދާނެ އޭނަ ކައިރި ނުކިޔާތި ޕްލީޒް…” ރާއިލްގެ ވާހަކަތައް ފެށިގެން ނިމެންދެން ޒިލާލްއަށް ކިޔައިދިނީ އަކުރެއް ފިއްޔެއް ވެސް ވައްޓާނުލައެވެ. ފުދޭވަރަކަށް އިރުގަނޑެއްގައި ވާހަކަދައްކަން ތިބުމަށްފަހު ދެމީހުން ވަކިވެލި އިރު ރާއިލްގެ މޫނުގައި ހަމަޖެހުން ވީނަމަވެސް ޒިލާލްގެ މޫނުގައި އެތައް ދަރަޖައެއްގެ ފޫހިކަމާއި ރުޅިވެރިކަން އެކުލެވިފައިވެއެވެ.

ޒިލާލްގެ މޫނުގައިވާ ރުޅިވެރިކަމަކީ ރާއިލްދެކެ އައިސްފައިވާ ރުޅިއެއް ނޫނެވެ. ނުވިތާކަށް އިވްލީން ދެކެ އައިސްފައިވާ ރުޅިއެއް ވެސް ނޫނެވެ. ޒިލާލްގެ މޫނުގައިވާ ފޫހިކަމާއި ރުޅިވެރިކަމަކީ ހުދު ޒިލާލް އަމިއްލަ ނަފްސުދެކެ އައިސްފައިވާ ރުޅިއެވެ. ރަނގަޅު ފިރިއަކަށް ނުވެވުނު ތާނގައި ރަނގަޅު ދަރިއަކަށް ވެސް ޒިލާލްއަށް ނުވެވުނެ އިހްސާސްއެއް ކުރެވެމުންދިޔައެވެ. ގެއަށްދާން މިސްރާބު ޖަހައިފައި ވެސް މިސްރާބު ބަދަލުކޮށްލީ އިވްލީން އާއި މަންމަމެންނާއި ކުރިމަތިލާނެ ހިތްވަރު ޒިލާލް ގައިގައި ނެތުމުންނެވެ.

މެންދުރު ވަނިކޮށް ގެއަށް އައިގޮތަށް އިވްލީން އުޅުނީ އެކިއެކި މަސައްކަތްތަކުގައެވެ. ކޮޓަރިތެރޭގައި ހުއްޓާ ބޭރުން ކުޑަކޮށް އަޑުގަދަވާހެން ހީވެގެން އިވްލީން ސިޓިންރޫމަށް ނުކުމެލިއެވެ. ނުކުތްއިރު ތިބީ ޒުބޭރު އާއި ޒެއިން އަދި ޒީޝާލްގެ އިތުރުން އަސްމާއެވެ.”މަށަށް ހަމަ ހީވަނީ ތީއެ ހަމްދާންގެ ކަމެއް ހެން .. ޒިލާލްގެ ތަޅުދަނޑި ކޮންމެވެސް މީހަކަށް ލިބިގެން ތިކަމެއް ތިވީ.. ހަމަ އެ ހަމްދާންގެ ކަމެއް..” ޒުބޭރުގެ ވާހަކަތައް އަޑުއަހާފައި ސިހުން ލިބުނީ އެތާނގައި ތިބި މީހުންނަށް އެކަންޏެއްނޫނެވެ. ގެއަށް ވަންނަން އައި ޒިލާލްގެ ފިޔަވަޅުތައް ވެސް ދިޔައީ ހުއްޓިގެނެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ޒިލާލް މަޑުކޮށްލައިގެން ހުރީ އެއްވެސް އެއްޗެއް ނުބުނެއެވެ.” ޒިލާލް ދަރިފުޅާ ކޮންތާކު އެންމެފަހުން ތަޅުދަނޑި ބޭއްވީ؟ ބައްޕަގެ ތަޅުދަނޑި އެބައޮތް އެހެންމަ އެކަމެއް ވީމި ދަރިފުޅުގެ ތަޅުދަނޑިން..” ޒުބޭރުގެ ވާހަކަތައް އަޑުއަހާފައި ޒިލާލްއަށް އެއްޗެކޭ ނުބުނެ ހުންނަން ވަރަށް އުނދަގޫވިއެވެ.”ބައްޕާ މަށަކަށް ވެސް ނޭނގޭ ތަޅުދަނޑި ލެވުނު ތަނެއް… މަ ވެސް ވަރަށް ހޯދައިފިން އިވްލީންއަށް ވެސް އެނގޭނެ މަ ވަރަށް ހޯދިކަން…” ޒިލާލް ބުނަން ބޭނުންވީ އެއްޗިހި ދުލުން ބޭރުކުރިއެވެ.” ބައްޕާ ތިގޮތަށް މިކަހަލަ ވަގުތެއްގަ ހިތްހަމަ ނުޖެހި ހުރެގެން ކަންތައް ތިކުރީ ރަނގަޅަކަށް ނޫން… ތިހެން ތިވަރުގެ ބޮޑު ތުހުމަތެއް ހަމްދާންގެ ބޮލުގަ އަޅުވާކަށް ނުވާނެ..” ޒީޝާލް ހިތްހަމަ ނުޖެހުނީ ޒުބޭރުގެ ވާހަކަ ހުރިގޮތުންނެވެ.”ވަރިހަމަ މިހާރު ހަމްދާން ވަޒީފާއިން ވެސް ވަކިކޮށްފިން …””މަންމާ!! ދޭ ބައްޕަ ގޮވައިގެން ކޮޓަރިއަށް…” ޒެއިން މިހެން ބުނުމާއެކު އަސްމާ ޒުބޭރު ގޮވައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ހަމަ އެވަގުތު ނިކަން ބާރަށް ޒީޝާލް އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

ކަންކަމާއި ވިސްނިވަރަކަށް ޒެއިންގެ ސިކުނޑިއަށް ދިޔައީ ބަރުވަމުންނެވެ. އެވަގުތު ޒިލާލް ގޭގައި އުޅޭތީ ޒެއިން ނުކުތީ ސައިކަލުގައެވެ. ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައިރު ސައިކަލުގައި އެކަނިމާއެކަނި ޒެއިން ދިޔައީ ދެއްވަމުންނެވެ. ދުއްވަމުން ދިޔަ ސްޕީޑް ބާރުކޮށްލި ވަގުތު ގޯޅި ކަންމައްޗަކުން ލަނބައިލި ކުއްޖާ ފެނި ސައިކަލު މަޑުކޮށްލިއެވެ. ހަމަ އެވަގުތު ކުއްލިއަކަށް އެކުއްޖާ ގެއްލުނެވެ.” ހާދަހާ ވައްތަރޭ ނިޝްރީންއާ…” ޒެއިންގެ ސިކުނޑީގައިވި ބޭކާރު ހިޔާލުތައް ބޮލުތެރޭގައި ނެތްފަދައެވެ. ތިން އަހަރު ފަހުން ނިޝްރީން ފެނުނުހެން ހީވެގެން ޒެއިންގެ ހިތް އުފަލުން ނަޝައިލިއެވެ ހަގީގަތުގައި ބުނާނަމަ އިވްލީން ފެންނަ ކޮންމެ ފަހަރަކު ޒެއިންގެ ހިތް ކުދިކުދިވަނީ ނިޝްރީން މަތިން ހަނދާން ވާތީއެވެ.

ފެންވަރައިގެން ނުކުމެ ސޯފާގައި ޖައްސާލައި އޮތް ޒިލާލް ކައިރީގައި އިވްލީން އިށީނެވެ.”ޒިލް ކައިފިންތަ؟” ޒިލާލް ވަގުތުން ބޯ ހޫރުވައިލިއެވެ. ދެމީހުން އެކުގައި ގޮސް ކައިގެން އައިސް ކޮޓަރިއަށް ވަދެ ނުކުތީ ބެލްކަންޏަށެވެ.”ލީން ކައިރީ ޒީއްކޮ ކިޔެއްނު ނޯރާގެ ވާހަކަ ދޮންބެއޭ ކިޔާފަ ވެސް ކިޔެއްނު ކިޔާދީބަލަ އެ ވާހަކަތައް…” އިވްލީން އާއި ދިމާލަށް ބަލާލަމުން ޒިލާލް ބުންޏެވެ.” ޒީއްކޮގެ ބެސްޓްފްރެންޑްއޯ އޭރު ނޯރާއަކީ… ދެން އޭރު ޔަޒަކް ކިޔާ ކުއްޖަކު ވެސް އެއީ ޒީއްކޮގެ ފްރެންޑް އެކޯ… އޭރު ޔަޒަކް އުޅެނީ ޒިލް ބައްޕަގެ އޮފީހުގަޔޯ… އެހެން އުޅެފަ ޒެއިން ނިޝްރީންއާއި މެރީ ކޮށްގެން އުޅެނިކޮށް ނޯރާ ދެއްކިއްޔޯ އެޑިޓް ކޮށްފަ ހުރި ވީޑިއޯ ތަކެއް ނިޝްރީންއާއި ޔަޒަކްގެ އޭ ކިޔާފަ އެމީހުން ގައިގޯޅިވެގެން އުޅޭ… ދެން އެ އެންމެން ގަބޫލުކުރީ އެ ވީޑިއޯގަ އެ ތެދެއް ކަމަށް ދެން ދޮންބެ ނިޝްރީން ގޭން ނެރުނީއޯ ވަރިކޮށްފަ.. ޔަޒަކް ޖޮބުން ވެސް ވަކިކުރީޔޯ… ދެން  ފަހުންނޯ އެނގުނީ އެ ފޭކު އެޑިޓްތަކެއް ކަން… ދޮންބެ ވަރަށް މަސައްކަތް ވެސް ކުރިޔޯ ފަހުން ނިޝްރީން ފެނޭތޯ.. އެކަމު ނުފެނުނޯ… މިހާރު އަނެއްކާ ހީވޭ ޒީއްކޮ ޔަޒަކްއާއި ފްރެންޑްހެން… ކުރިން ރޭކު ވާހަކަ ދައްކަނިކޮށް އަޑުއިވުން ފޯނުން…” ހުރިހާ ވާހަކަތަކެއް އިވްލީން ކިޔައިދީ ނިންމިއިރު ޒިލާލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟މިހުރިހާ ކަމެއް ވީކަމެއް ކުޑަކޮށް ވެސް ޒިލާލްއަކަށް ނޭނގެއެވެ.

ޔުމްނާ ޑިއުޓީ ނިންމާފައި ގެއަށް އައިސްފައި ވެދެ ބަދިގޭގައި ހުރެފައި ކޮޓަރިއަށް ވަންނަން ދަނިކޮށް ހަފީޒާގެ ކޮޓަރިތެރޭން އަޑެއް އިވޭތީ ބޯ ދިއްކޮށްލިއެވެ. ހަފީޒާގެ އުނގުގައި އޮވެގެން ގިސްލަގިސްލާފައި ރޮމުން ދިޔަ ހަމްދާން ފެނި ޔުމްނާގެ ހިތް ވެސް ކުދިކުދިވިއެވެ.”ކިހިނެއްވީ؟” ޔުމްނާ ސުވާލުކުރިއެވެ.”ޒިލާލް ބައްޕަ ހަމްދާން ވަޒީފާއިން ވަކިކުރީ…” ހަފީޒާގެ އަޑު ވެސް ދިޔައީ ކުރަކި ވެގެންނެވެ. ވީގޮތް ހަފީޒާ ތަފްސީލުކޮށް ޔުމްނާއަށް ކިޔައިދިނެވެ. “އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ހަމްދޮންގެ ކުށެއް ނެތްކަން އެމީހުންނަށް ވިސްނޭނެ..”ޔުމްނާ ވެސް ދިޔައީ ހަމްދާންއަށް ހިތްވަރު ދެމުންނެވެ.

މާޔާއަށް ދިޔައީ ޔަޒަކްއާއި ދޭތެރޭގައި ވިސްނެމުންނެވެ. އަނެއްކާ މާޔާއަށް ޔަޒަކްދެކެ ލޯބިވެވެނީބާއެވެ؟ މާޔާގެ ހިތުގައި ޔަޒަކްއަށް ހާއްސަ މަގާމެއް ދެވުނީބާއެވެ؟ އަނެއްކާ މިހާރު ޔަޒަކް މާޔާ ދެކެ ލޯބިވާނެބާއެވެ؟އެނދުގައި އޮވެގެން އެކިއެކި ހިޔާލުތައް ބޮލުތެރޭގައި ވާތީ މާޔާ އޮތީ ފިކުރު ތަކުން އެއްކިބާވެވޭނެ ގޮތެއް ނޭނގިފައެވެ. ހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑުގެ ބޮޑުކަމުން މާޔާ ދެލޯ މަރައި ތަގުޅި ކޮށްލިއެވެ.

ފިނި ފިނިރެއެކެވެ.ކޮޓަރިތެރެ އަނދިރި ކޮށްފައިވާއިރު އޭސީ ހުރީ ސޯޅައަށް ލާފައެވެ.ފާހަނާތެރޭގައި ޝަވަރުދޫކޮށްގެން ތިރީގައި ކުޑަކަކޫ ޖަހައިގެން އިން ނޯރާދިޔައީ މަޑު ގިސްލުމުގެ އަޑުން ރޮމުންނެވެ. ނޯރާއަކީ ބަދުނަސީބު ކުއްޖެކޭ އަބަދުހެން ނޯރާއަށް ހީވަނީއެވެ.

“ކޮބާ ޔަޒަކް އާދޭކާން..” ނިދި ނިދިއޮތް ޔަޒަކް ތެދުވެގެންގޮސް ވަނީ ކާގެބަޔަށެވެ.”ސޮރީ އަސްލު ކުޑަމީހަ ވަރަށް ލަހުން ނިދީ އަނެއްކާ ކައްކަން އައި އިރު ނެތް އެއްޗެއްސެއް ވެސް އެހެންވެ ފިހާރައަށް ގޮސްފަ އެއްޗިހި ގަނެގެން އައީ..” ޔަޒަކް ހިނިތުންވެލަމުން އިށީނދެ ކާންފެށިއެވެ. “ނިޝްރީން ކައިފިންތަ؟” ޔަޒަކްގެ ސުވާލާއި އެކު ނިޝްރީން ބޯ ހޫރުވައިލިއެވެ. އަދި ޔަޒަކްއާއި އެކު ކެއުމުގައި ބައިވެރިވެލިއެވެ.”މިރޭ ހީވި މަގުމަތިން ޒޭން ފެނުނުހެން..””އޯހް.. ޒޭން އާއި މީޓުކޮށްދޭންވީތަ؟ މިހާރު މާ ލަސްވެއްޖެ އަސްލު އެސޮރު ވަރަށް ކެތްގަދަ އޭނަ ހާދަ ލޯތްބެއް ވޭ ޔޫ ދެކެ އަދިވެސް މެރިޑްއެއްނުން…ތިން އަހަރު ވަނީ ދެމީހުންނަށް ދެމީހުން ނުފެނި ދެން މިރޭ ތި ފެނުނީ.. ފެނުނީ ކީ ވެސް ނޫންދޯ ފެނުނު ހެން ހީވީ ހެހެ..” ޔަޒަކް ދިޔައީ ނިޝްރީންއާއި ދިމާކުރަމުންނެވެ. ނިޝްރީން އިނީ ލަދުން ހަލާކު ވާވަރު ވެފައެވެ. 3 އަހަރުތެރޭގައި ނިޝްރީންއާއި ޔަޒަކްވަނީ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށް ވެފައެވެ.

ނިދޭތޯއުޅެއުޅެ ދަންވަރު ވީއިރުވެސް އެއްގޮތަކަށްވެސް އިވްލީންގެ ލޮލަކަށް ނިންޖެއް ނައެވެ. ޒިލާލްއަށް ސޯފާގައި އޮވެއޮވެ ވިސްނެމުން ދިޔައީ ހިތްއެދެމުން ދިޔަކަންތައް މިރޭ  ހާސިލްކުރުމަށެވެ. ހަގީގަތުގައި މިހާރު ޒިލާލް ނޯރާދެކެ ވަރަށް ފޫހިވެއެވެ. ނުނިދިގެން ފުރޮޅި ފުރޮޅި އޮތް އިވްލީން ސިއްސައިގެން ދިޔައީ ޒިލާލް އައިސް ބޭރަށް ދާން ބުނުމުންނެވެ. އިވްލީން ޓީޝާޓް މަތިން ގަޔަށް ދޫ އަބާޔާއެއް ލައިގެން ބުރުގާ އަޅައިގެން ޒިލާލް އާއި އެކު ބޭރަށް ނުކުތެވެ. އެއިރުވެސް ވަރަށް ތުނި ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ސައިކަލުގައި ޒިލާލް އިވްލީން ގޮވައިގެން މިސްރާބުޖެހީ ބީޗަކާއި ދިމާއަށެވެ. ޖެހެމުންދިޔަ ވައި ވެސް ބީހިލާ ގޮތުން ގައިން ދަނީ ހީބިހި ނަގައިގެނެވެ.”ލީން އަސްލު އިނގޭ މަށަށް ކަންތައްތައް ކުރެވުނީ ލީން އާއި ދޭތެރޭގައި ވަަރަށް ގޯސްކޮށް ކަން… ސޮރީ… އެތައް ރެއެއްގަ ލީން ހިތުގަ ޖެއްސުނުކަން ވެސް އިނގޭ… އަސްލު ތެދުތެދަށް ބުނަންޏާ މަށަށް ލީންއެއް އެކަށީގެންވެސް ނުވޭ..ސޮރީ…”” އިޓްސް އޯކޭއޭ ޒިލް… އެއީ މައްސަލައެއްނޫން.. ލީންއަށް އަންޑަރސްޓޭންޑް ވޭ އެކަހަލަ ކަންކަން ވެސް ވާނެ… މިއީ އިންސާނުން އިންސާނުންނަށް ކުއްކުރެވޭނީވެސް… ޒިލް ނުޖެހޭނެ ސޮރީ ބުނާކަށްވެސް…” ސައިކަލު ފަހަތުގައި އިން އިވްލީން އާއި ދިމާލަށް އެނބުރެމުން ޒިލާލް އިވްލީންގެ އަތުގައި ހިފާލިއެވެ.”ސޮރީ” އޭ ބުނެ އިވްލީންގެ ކޮނޑުގައި ބޯ އަޅައިލި ގޮތުންވެސް ޒިލާލްއަށް ކޮށްފައިވާ އަސަރު  އިވްލީންއަށް ދެނަގަނެވުނެވެ. ޒިލާލްގެ ގައިގައި ކުޑަކޮށް ބައްދާލަމުން އިވްލީން ބުނަމުން ދިޔައީ އެއީ މައްސަލައެއްނޫން ކަމަށެވެ.”ލީން އަހަންނަށް ރަނގަޅު ފިރިއަކަށް ނުވެވުނު ތާނގައި ރަނގަޅު ދަރިއަކަށް އަދި ރަނގަޅު ކޮއްކޮއަކަށް ނުވެވުނު ނުވިތާކަށް ރަނގަޅު ބޭބެއަކަށް ނުވެވުނު… އަހަރެން މިއީ ކީއްކުރަން ދުނިޔޭގެ ހުރި ބޭކާރު މީހެއް؟.. އަހަރެން މަރުވިޔަސް މާ ރަނގަޅުވާނެ!” ޒިލާލް ހިތަށް އައިހާ އެއްޗެއް ގޮވަމުން ދިޔައެވެ. “ނޯ..ޝްޝް ތިހެން ނުބުނާތި ދެން… ޒިލް ތިއީ އަހަރެންގެ ދިރިއުޅުން…ޒިލް އާއި ނުލާ އަހަންނަކަށް ނޫޅެވޭނެ…. ޒިލް އާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެ..” އިވްލީން އިހުނަށްވުރެ ބޮޑަށް ޒިލާލްގައިގައި ބައްދާލަމުން ބުންޏެވެ.”ލީން ނޭނގޭ ކިހިނެއް ކޮންއިރަކު ކޮންގޮތަކަށް ކަމެެއް ވެސް… އަހަންނަށް ލީން ދެކެ ލޯބިވެވިއްޖެ! ދުވަހަކު ވެސް ދޫކޮށް ނުލެވޭވަރަށް ލޯބިވެވިއްޖެ… އަހަރެން ނޭވާ ހިނގާހާ ހިނދަކު އިވްލީން ދޫކޮށް ނުލާނަން އައި ޕްރޮމިސް.. އައި ލަވް ޔޫ.. މާދަން ރޭ ހަމަ މިގަޑީގަ ލީން ގޮވައިގެން ހަމަ މިތަނަށް އަންނާން އެ ހެޔޮ ލީން ދޭ ޖަވާބަކީ އަހަރެން އެންމެ ބޭނުންވާ ޖަވާބަކަށް ނުވިޔަސް.. ލީން ވިސްނާނެ ވަރަކަށް ވިސްނާ މާދަމާ ރޭ 12 ޖަހާއިރު…” އެންމެ ރަނގަޅުކަމަށް އިވްލީން ބުންޏެވެ. މި ފިނިފިނި ރޭވެސް ހީވާނީ ދެމަފިރިންނާއި އެކު ހީ ސަމާސާކުރާ ހެނެވެ. ޖެހިލައި ފިނިފިނި ވައިރޯޅިތަކާއި ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭ ތިކިތަކެވެ.

އިވްލީން އާއި ޒިލާލް ގޭތެރެއަށް ވަދެވުނު އިރު ދެމީހުންނަށް ފެނުނު މަންޒަރަކުން ދެމީހުންގެ ލޯ ވެސް ދިޔައީ ބޮޑުވެގެންނެވެ.”ނޫން.. ނޫން..” ޒިލާލް ހަޅެއްލަވައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

އެހަނދާން 1

Next

އެކުގައިވާނަން-7

Next
July 21, 2025

އެކުގައިވާނަން-7

Previews
July 21, 2025

އެހަނދާން 1

12 Comments!

  1. Aysherr says:
    July 21, 2025 at 5:27 pm

    Oh my goddd limm
    Kihineh tha mi vany Varah curious ingey hama 🤭
    When nextttt
    <3

    1. Aishath Limsha Aishath Limsha says:
      July 21, 2025 at 8:58 pm

      Thank yu Aysherr❤️
      Hehe maabodah tha curious kohlevuni sorry really happy to see ur comment 🤗
      Next IA vrh avahah

  2. Shaf_maan says:
    July 21, 2025 at 6:54 pm

    Maasha Allah mi prt vx vrh reethi
    Zilaal anehkaa kiy kuran baa???? 12 am ga..
    Tysm ehaa gina dhuvahu inthizaaruga nu behehtyma.. Hehe
    Can’t wait
    Whn nxt???
    Tc.. Lyy💜💜

    1. Aishath Limsha Aishath Limsha says:
      July 21, 2025 at 9:02 pm

      Thank yu Shaf_maan ❤️
      Next ep ga Ingeyne 12am ga vanyy kihineh kan vx hehe 😅 yess aslu kudakoh delay vanyy mhr alhugandu balikoh ulheythee… Inshallah ehaa las thakeh nuve kiyaalan libeyne next 🤗 LYM TC 🫶🏻

  3. aanaa says:
    July 21, 2025 at 7:51 pm

    Masha allah mi part vs vrh reethi
    Finallllyyyy..zil ah leen dheke loabi vevihje
    Konkala manzareh anehkaa e fenuny
    Nora e geyah vaniitha???
    Curiously waiting for the next
    When next??
    ❤️

    1. Aishath Limsha Aishath Limsha says:
      July 21, 2025 at 9:06 pm

      Thank yu aanaa❤️
      Yesss finally zil ah leen dheke loabi vevijje after a long time dhw 🥹 next ep ga Ingeyne Kon manzareh kan IA next vrh avahah…unmeedhu kuran next ep in vx comment eh fennaane kamah 🤗
      ❤️

  4. White rose White rose says:
    July 21, 2025 at 8:02 pm

    Haadha curious kohlaafa eyy thi nimmmaalyy
    Plss avahah 24th bai upload kurahcheyy.
    Mi vhk vrh vrh salhi

    1. Aishath Limsha Aishath Limsha says:
      July 21, 2025 at 9:08 pm

      Thank yu White rose ❤️
      Maabodah curious kohlevuni dhw hehe
      Inshallah nuvaane las thakeh hope to see ur comment next ep in vx 🤗

  5. shynyx inax shynyx inax says:
    July 21, 2025 at 9:02 pm

    mi part vx varah reethi..cant wait for the next part

    1. Aishath Limsha Aishath Limsha says:
      July 21, 2025 at 11:11 pm

      Thank yu shynyx inax❤️
      Happy to see ur comment darling…
      Next ep IA vrh avahah ☺️

  6. writerr says:
    August 8, 2025 at 5:14 pm

    Vrh reethi mi baii vx.
    Keep it up!

    1. Aishath Limsha Aishath Limsha says:
      August 9, 2025 at 7:31 pm

      Thank yu Writerr ❤️🥰
      Means a lot to me 💖

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 24←


All Right Reserved!