Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 16, 2025 3 Mins Read
6 Comments

“މަންމާ! ދަރިމައި ނުވެވުން އެއީ އިވްގެ ކުށެއްތަ؟ މަންމަ ތިހެން ބުނާ އިރު ހީވަނީ އިވް ކުއްޖަކު ހޯދަން ބޭނުން ނުވާތީ އުޅޭހެން. އެކަމަކު އެހެންތަ؟ ނޫނެއްނުން؟ އިވް ވެސް ކުއްޖަކު ބޭނުންވޭ.. އިވްއަށް ކުއްޖަކު ނުލިބުން އެއީކީ އިވްގެ ކުށެއް ނޫން. ދެން އެހެން ނޫނަސް މިވަގުތު އިވްއަށް ފިރިމީހާގެ ލޯބި ކިހާ މުހިންމު ވާނެ؟ ދެންވެސް މަންމަ ތިބުނަނީ އިވް ވަރި ކުރާށޭތަ؟” މިޒިޔަލްގެ އަޑުގައި އޭރު ފުދޭވަރަކަށް ހިތް ހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ.

(6 ވަނަ ބައި)

“އާން. ވަރި ކުރާށޭ މިބުނަނީ. އިވްޔާ އަކަށް މަށަކަށް މާމަ ދަރިއެއް ނުދެވޭނެ. މިލީންއާއި ދަރިފުޅު ކައިވެނި ކުރޭ. މިލީން ތި އިވްޔާ އަކަށް ވުރެ މާ ރީތިވެސް ރީތި ގައިމު” މިޒްނާ ބުންޏެވެ. “އަހަރެން ލޯބިވީކީ އިވްގެ ސިފަ ދެކެއެއް ނޫނޭ. އަހަރެން ބޭނުމެއް ނޫން މިލީންއާއި ކައިވެނި ކުރާކަށް” މިޒިޔަލް ބުންޏެވެ.

އެއާއި އެކު މިޒިޔަލްއަށް މަރްހަބާ ކިއީ މިޒްނާގެ އަތުގެ ހޫނު ހަމަލާއެކެވެ. “ވަރިހަމަ ކަލޭ ބޭނުން ނޫނަސް. ކަލޭ ޖެހޭނީ ހަމަ މިލީންއަށް ކައިވެނި ކުރަން. އަންނަ ހޯމަ ދުވަހަށް ރަން ކިޔަން ތައްޔާރުވޭ!” މިޒްނާ ފަހުގެ އިއްވުން އިއްވާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

މިޒިޔަލް ފުން ނޭވާއެއް ދޫކޮށްލާފައި ގޮނޑީގައި އިށީނެވެ. ނިދިފައި ކަމަށް އޮތް އިވްޔާއަށް ދެމައިން ދެއްކި ހުރިހާ ވާހަކައެއް އިވުނެވެ. އޭރު އިވްޔާގެ ދެލޮލުގެ އަރީގައި ކަރުނައިގެ ރޮނގެއް އިނެވެ. ހިތް ފިސް ފިސް ވާހަކަލަ އިހުސާސެއް އިވްޔާއަށް ކުރެވެމުން ދިޔައެވެ.

ޖެހިގެން އައި ދުވަހު މެންދުރު ވަގުތުގައި އިވްޔާ ގެއަށް ދޫކޮށްލެވުނެވެ. އިވްޔާ ގޮވައިގެން ކޮޓަރިއަށް ވަދެ މިޒިޔަލް އޮށޯވެލިއެވެ. “ޔަލް…” މިޒިޔަލް މޭގައި ބޯއަޅާލަމުން އިވްޔާ ގޮވާލިއެވެ. “ޔެސް؟” މިޒިޔަލް ބުންޏެވެ. “މަންމަ ބުނިހެން ޔަލް ކަން ކުރަންވީނުން؟” އިވްޔާ އެއްސެވެ. “ކޮން ކަމެއް؟” މިޒިޔަލް ނިތް ހިއްލާލިއެވެ.

“މިލީންއަށް ކައިވެނި ކުރަންވީނުން؟” އިވްޔާ އެދުނެވެ. އެއާއި އެކު އިވްޔާ ދުރުކޮއްލާފައި މިޒިޔަލް ތެދުވެ އިށީނެވެ. “އިވް މޮޔަވީތަ؟ ނޫޅެން މަށެއް” މިޒިޔަލް ބުންޏެވެ. “އިވްއަކަށް ކުއްޖަކު ނުލިބުނެއްނުން؟ އިވް ބޭނުމެއް ނޫން އިވްގެ ސަބަބުން މަންމައާއި ޔަލް މައްސަލަ ޖެހޭކަށް…” އިވްޔާ ބުންޏެވެ.

“ހެޔޮ މައްސަލަ ޖެހުނަސްވެސް.. ޔަލް ލޯބިވަނީ އިވްދެކެ އެކަނި.. އެހެން މީހަކު ޔަލްގެ ހަޔާތަށް ގެންނާކަށް ޔަލް ބޭނުމެއް ނޫން.. ސާފު؟” މިޒިޔަލް އެއްސެވެ. އަދި އަލުން އޮށޯއޮތެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. މިޒިޔަލްއަށް މިޒްނާ ދިޔައީ މިލީންއާއި ކައިވެނި ކުރުމަށް އެކި ގޮތް ގޮތުން މަޖުބޫރު ކުރަމުންނެވެ. ނަމަވެސް މިޒިޔަލް ދިޔައީ އިވްޔާއަށް ޓަކައި އެހިތުގައިވީ ލޯބި ފާޅުގައި މިޒްނާއަށް ދައްކަމުންނެވެ.

ލޯގަނޑު ކުރިމަތީގައި ހުރި މިޒިޔަލް ތައްޔާރު ވަމުން ދިޔައީ ޑިއުޓީއަށް ދިޔުމަށެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިވްޔާ އޮތީ މިޒިޔަލްގެ ހަރަކާތް ތަކަށް ބަލަމުންނެވެ. “އިވް.. ޔަލް އަންނާނަން އިނގޭ މިރޭ 10 ޖަހާ އިރު. ނުނިދައްޗޭ ޔަލް ނާންނަނީސް” އިވްޔާގެ ނިތުގައި ބޮސްދެމުން މިޒިޔަލް ބުންޏެވެ. އިވްޔާ ހީލާފައި ބޯޖަހާލިއެވެ.

ހަމަ އެވަގުތެވެ. ކޮޓަރި ތެރޭގައި އިން އާދަނު ކޮންމެވެސް ކަމެއްކޮއް ނިންމާލިއެވެ. އަދި މޭޒުމަތީގައި އޮތް ނޮކިޔާ ފޯން ނަގާ ކޮންމެވެސް ނަންބަރަކަށް ގުޅާލިއެވެ. “މިރޭ މިއީ އެރޭ. މިރޭ 10 ޖަހާ އިރު އެކަންވާނެ” އާދަނު ނުލަފާ ހިނިތުން ވުމަކާއި އެކުގައި ބުންޏެވެ. އެކޮޅުންވެސް ހީލި އަޑު އިވުނެވެ.

ކައި ނިމުމުން އެއްޗެހިތަށް ހޫނުކޮއްފައި އިވްޔާ ކޮޓަރިއަށް ވަނެވެ. އެދުވަހު ހެނދުނުން ފެށިގެން ހަވީރާ ޖެހެންދެން ފަތް ތެލުލުމައިގެން އިވްޔާ އުޅުމުން އޭނާ ހުރީ ވަރަށް ވަރުބަލި ވެފައެވެ. އެހެން ކަމުން މިޒިޔަލް ނުނިދަން ބުނި ނަމަވެސް އިވްޔާގެ ލޮލަށް ނިދި ސަވާރު ވިއެވެ.

ހިނދުކޮޅެއް ފަހެވެ. އިވްޔާއަށް ހޭލެވުނީ މިޒިޔަލް އިވްޔާއަށް ގޮވަން ފެށުމުންނެވެ. “އަޅެ ހަމަ އިވް ނިދީދޯ؟” މިޒިޔަލް ހީލާފައި އެއްސެވެ. “ހެހެ ފަތް ތެލުލަން އުޅުނީމަ ނިދުނީއޭ” އާފުރިލާފައި އިވްޔާ ބުންޏެވެ.

“އެކަމަކު ޔަލް ބޭނުމެއް ނޫން މިރޭ ނިދާކަށް.. ޔަލް ވަރަށް ބޭނުން…” އިވްޔާގެ ދޮން ކަރުގައި ވަސްގަނެލަމުން މިޒިޔަލް ބުންޏެވެ. އިވްޔާ ހިނިތުންވެލިއެވެ.

ހެނދުނުގެ ވަގުތެވެ. ސައިހަދާ ނިމުމުން އިވްޔާ އިނީ އިވްޔާގެ މަންމަ އިނާއަށް ގުޅައިގެންނެވެ. އިވްޔާ ގާތުގައި މިޒިޔަލް ވެސް އިނެވެ. “ދަރިފުޅު އަޅެ ކައިވެނިކޮށް އަހަރުވީ އިރު މަންމަމެން ގާތަށް ނުވެސް އާދޭ.. މިޒިޔަލް ގޮވައިގެން މިކޮޅަށް ޖައްސާލަބަލަދޯ؟” އިނާ މިއަދުވެސް ކުރަމުން ދިޔައީ އޭނާގެ އާމު ޝަކުވާއެވެ.

“އެއީ ތެދެއް އިވް. އުޅިބަލަ ގޮސްލަން. ފަހަރެއްގައި މާހައުލު ބަދަލު ވުމުންވެސް ރަނގަޅު ވެދާނެ ކަންނޭނގެ. މާވަރަށޭ އިވް މިހާރު ވިސްނަނީ ވެސް” މިޒިޔަލް ބުންޏެވެ. އިވްޔާ ހީލިއެވެ. “މަންމާ. އެހެންވެ އަޅުގަނޑު ވީ އެންމެ އަވަހަކަށް ޗުއްޓީއެއް ލިބޭތޯ ބަލާނަން. އިންޝާ ﷲ ވަރަށް އަވަހަށް އިވް ގޮވައިގެން ތިކޮޅަށް ދާނަން” މިޒިޔަލް ބުންޏެވެ.

ދަންވަރުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހުމުން ދިޔަ އިރު މުޅި ޖައްވަށް ވަނީ ފިނިކަން ގެނެސްދީފައެވެ. ޖަހާލާ ބާރު ގުގުރިއާއި އެކު ސިއްސަ ސިއްސައިގެން ދާހާވާއިރު، ވިދާލާ ވިދާލުމުން މުޅި ޖައްވު ދިއްލާލައެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއި އެއް ރާގުގައި ރަށުގައި ހުރި ގަސްތަކާއި ރުއްތަށް ނަށަމުން ދިޔައެވެ.

އޭރު ގަޑިން ތިންގަޑި ސުންމިނިޓްއެވެ. “މިސްޓްރީ” ގޭދޮރާށި ހުޅުވާލާފައި އާދަނު ނިކުތެވެ. އަނދެގެން ހުރި މުނޑުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ނުލައި ހުރި އިރު އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. ކުޑަ ކުޑަ އެ “އެތި” ހީވަނީ ދޮފަން ތައްޔާރު ކޮއްފައި އޮތް ބިލެއް ގަނޑެއް ހެންނެވެ.

މިޒިޔަލްގޭ ދޮރާށި ގާތުގައި އާދަނު ވަޅެއް ކޮނުނެވެ. ކުޑަ ވަރުގެ އެވަޅު ތެރެޔަށް އާދަނު އެ އެއްޗެއް ލިޔެވެ. ހިނދެމިލާފައި އާދަނު ހިނިތުންވެލިއެވެ. އޭރު އާދަނުގެ ފުރަގަހުގައި ކަޅު ދެހިޔަނި ހުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތުގެ ރިހުން (9)

Next

އެކްޓަރ(ޕާޓް 26)

Next
July 16, 2025

އެކްޓަރ(ޕާޓް 26)

Previews
July 15, 2025

ހިތުގެ ރިހުން (9)

6 Comments!

  1. aanaa says:
    July 16, 2025 at 4:10 pm

    Masha allah mi part vs vrh reethi
    Mizna dheke haadha rulhi eba araey
    Vrh hiivey aadhanu r mizna knmvs kmh plan kuraahn
    Eii kon dhe hiyainyeh??
    Curiously waiting
    When next?
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 17, 2025 at 3:52 pm

      jazaakallah khairan dear
      hehe lets see dhw
      eii kn hiyanyyeh kan engeyne next episode ga
      stay tuned for tmrw
      lyt

  2. gurrrl_8 gurrrl_8 says:
    July 17, 2025 at 3:51 pm

    what the…. I think its miznaa ge plan eh hen ‘alhe sihuru hadhaagen iv ah baby eh ves nulibey… haadha goaheyy dhwww hama shahku kurevenii mixnaa ahh
    mhr e ulhenii sihuru hadhaagen edhemafirin dhuru kuruvan kanne…
    alheyyy shiherrr im so curious next part ahhh
    when next ?

    1. shihaamaa ali shihaamaa ali says:
      July 17, 2025 at 3:52 pm

      hehehee neynge dhww dhn balamaa
      stay tuned for next
      in sha allah tmrw

  3. darkqueen38 darkqueen38 says:
    July 18, 2025 at 7:41 pm

    Mi part ves varah reethi,
    Sihuru hadhaigen gina faharu dhe faraathah ves liebyni gellun.
    Waiting to see what happens next.
    Your stories feel like I’m inside the book.
    Varah realistic

    1. shihaamaa ali shihaamaa ali says:
      July 20, 2025 at 12:03 am

      jazaakallah khairan dear
      ya aslu vess
      hehe jazaakallah khairan this made me soo happyyyy

Comments are closed.

Next Episodeކަޅު ބުޅާ 7←


All Right Reserved!