
ބައިވެރިޔާ-4
*ހައު ޑިޑް ޔޫ ނޯ އައި ވޯސް އިން ޓްރަބަލް؟ މައިޝާ ޝައުޤުވެރި ވެފައި އަހައިލި އެވެ.*
“އައި ވޯސް އޯލްސޯ ލޭޓް ޓުނައިޓް. މައި އަށް ވުރެ ފަހުން އާދެވުނީ. ސޯ އައި ސޯ ވަޓް ހެޕެންޑް. އެންޑް ދުވަސް ކޮޅެއް ވެއްޖެ ވިޝާލްމެން ކަމެއް ރާވާތާ. މައިގެ ނަންކީ އަޑު ވެސް އިވުނު. ވިޝާލް ވަރަށް ގިނަ ފަހަރު ޓްރައި ކޮއްފި މައި އާ ވާހަކަ ދައްކަން. އެކަމަކު މައި އަބަދު ވިޝާލް އެވޮއިޑް ކުރަނީ އޯ އަބަދު ކޮންމެވެސް ކުއްޖަކާ އެކީ އުޅެނީ. ސޯ ޗާންސް އެއް ލިބުނީރައް އަވަހަށް ވިޝާލް ބޭނުން ހިފީ.” ޒަޔާން ކަންވީ ގޮތް ކިޔައި ދިނެވެ.
“ދެން ޒަޔާން ގޮސް ޕްރިންސިޕަލް ކައިރީ ބުނީ؟” މައިޝާ ޝައުގުވެރި ކަމާއެކު އަހައިލި އެވެ.
” ކުރިން ވެސް ސަރ ކައިރީ އެވާހަކަ ދައްކާފާ އޮންނާނީ” ޒަޔާން އޮޅުންފިލުވައިދިނެވެ.
“ޑެއިލީ އަޕް ޓޭޓްސް؟”
“ޔާ. ފައިންޑް އޮފް”
“ގޭގަ އިތުރު މީހަކު އުޅޭތަ؟” ދެކުދިންނަށް ގެއާއި ހަމައަށް ދެވުމުން ޒަޔާން އަހައިލި އެވެ.
“އަސްލު ބޮޑުދައިތަ މިއަދު ކުޑަކޮށް ބަލިވެ އުޅޭތީ ނާދެ.” މައިޝާ ބުނެލި އެވެ.
އެހެންވެތަ ޕްރިންސިޕަލް ކައިރީ ޕޭރެންޓް އަށް ނުގުޅާށޭ ބުނީ؟” ޒަޔާން ދޮރުގައި ލެނގިލަމުން އަހައިލި އެވެ.
“މަންމަ އަށް އިނގިދާނެތީ.” މައިޝާގެ އަތުގައި ވަނީ ހިތާމަ އެވެ.
“ބަޓް އައި ކާންޓް ލެޓް ޔޫ ބީ އެލޯން. އައި ވިލް މާސްކް މައި މަމް ޓު ސްޓޭ ވިތް ޔޫ ޓުނައިޓް.” ޒަޔާން ހުރީ މައިޝާގެ ރައްކާތެރި ކަމާއި ދޭތެރޭ ފިކުރު ބޮޑުވެފަ އެވެ. ޒަޔާން ގޮތްދޫނުކުރާނެކަން އިނގޭތަ މައިޝާ އެގޮތަށް އެއްބަސްވި އެވެ. އެހެން ނޫނަސް ޒަޔާންގެ މަންމަ އައިޝާ އަކީ މައިޝާގެ މަންމަގެ އެކުވެރިއެކެވެ.
“މައި މަންމަ އައް އިވިގެން ނުވާނެ މިރޭ ވީކަންތައް.” މައިޝާ ޝަރުތު ކަނޑަ އެޅި އެވެ.
ޒަޔާންގެ މިރޭ ވަނީ އުފަލުން ފޮޅިފަ އެވެ. އެތައް ދުވަހަކަށް ފަހު މައިޝާ އާއި އެހާ ގާތްކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުންނެވެ. ނަމަވެސް ޒަޔާންގެ ހިތުގައި ވަނީ ނުތަނަވަސް ކަމެއް ވެސް އުފެދިފަ އެވެ. މިރޭ ހިނގި ކަހަލަ ކަމެއް ދެވަނަ ފަހަރަށް ހިނގައިދާނެ ތީ އެވެ. އޭނާ އަށް މައިޝާ ސަލާމަތް ކުރަން ނުދެވި ދާނެތީ އެވެ.
އަރައިގެން އައި އިރާ އެކު މައިޝާ ހުރީ ބެލްކަންޏަށް ނިކުމެ އެވެ. މީހަކު ގޮވި އަޑަށް މައިޝާ ތިރި ބަލައިލި އެވެ. ޒަޔާން އެވެ. ރީތި ހިނިތުން ވުމާއި އެކު މައިޝާ އަށް ހަނާ އަޅާނީ އެވެ. އަދި އަތުގެ އިޝާރާތުން ތިރި އަށް އައުމަށް އެދުނެވެ. ދެފިކިރެއްގައި ހުރެފައި މައިޝާ ދިޔަ އެވެ.
“ބުނެވިދާނެ ތަ ވިޝާލް ރޭގަ އިންޒާރު ދިނީ ކޮންކަމަކާ ކަން؟” ޒަޔާން އަހައިލި އެވެ.
“ޒަޔާން ވީމަ މިބުނަނީ. ފުރަތަމަ ޕްރޮމިސް ކުރޭ އެއްވެސް މީހެއްކައިރީ ނުބުނާނެ ކަމަށް” މައިޝާ ބުންޏެވެ.
“ޕްރޮމިސް” ޒަޔާން ބުންޏެވެ. މައިޝާ ވީގޮތް ކިޔައިދިނެވެ.
“މައި ކީއްވެ އެހާ ބައިވަރު ކަންތައް ވީއިރު ވެސް ނުބުނެ ހުރީ؟” ޒަޔާން ޝަކުވާ ކޮށްލި އެވެ.
“ފަސްޓް، ބިރުން. ސެކަންޑް، ޒާން މިހާރު މައި އާ ވާހަކަ އެއް ވެސް ނުދައްކަމެއްނު. ކީއްވެ ޒާން މިހާރު އެއްވެސް ގޮތަކަށް މައި އާ ވާހަކަ ނުދައްކަނީ؟” މައިޝާ އަހައިލި އެވެ. ކުރީގައި އެދެކުދިންނަކީ ވަރަށް ގާތް ދެއެކުވެރިންނެވެ.
“ތިންގްސް ޗޭންޖްޓް” ޒަޔާން ދުރުބަލާއިލަމުން ބުންޏެވެ.
“ވަޓް ޑޫ ޔޫ މީން؟” ހައިރާން ވެފައި ހުރެ އަހައިލި އެވެ.
“މިބުނީ ވީ ގޮޓް ބިޒީ އިން އަވާ އޯން ލައިފް.”
“އޯކޭ. ބަޓް ޒާން ދުރުވީ.” މައިޝާ މަޑުމަޑުން ބުނެލި އެވެ.
“ސޮރީ. މައި އެންމެ ބޭނުންވި ގަޑީ މިހިރީނު އައިސް. މައި މަންމަ އަންނަނީ ކޮން އިރަކު.” މައުލޫ ބަދަލު ކޮށްލަން ޒަޔާން ބުންޏެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް މިއަދަކީ، މައިޝާގެ މަންމަ އެނބުރި ރާއްޖެ އަންނަ ދުވަހެވެ. ދަބު ކުލައިގެ އަތް ދިގު ހެދުމަކާއި ކަޅު ކުލައިގެ ޖީންސް އެއް ގައި މައިޝާ ވަރަށް ލޯތްބެވެ. އޭނަގެ މަޑު ފިޔަތޮށި ތުންފަތް މަތީ ވަނީ ލޯބި ލޯބި ހިނިތުންވުމެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ޖަލު ކުލައިގެ ރަބަރަކުން އައްސައިލެވިފަ އެވެ.
މާގިނަ އިރުތަކެއް ނުވެ މައިޝާގެ މަންމަ އައެވެ. އެމީހުން އަވަހަށް ދިޔައީ ގެޔަށެވެ. އެމީހުންނަށް ލިފްޓުން ފޭބުނީ ޒަޔާންގެ މަންމަ އައިޝާގެ ކުރިމައްޗަށެވެ.
“މަރިޔަމް. މިހާރު ކިހިނެއް؟” އައިޝާ އައިސް މަރިޔަމް އާއި ސަލާމް ކޮށްލަމުން އަހައިލި އެވެ.
“ކުރިޔަށް ވުރެ ރަނގަޅު. އައިޝާ ހާލު ކިހިނެއް؟”
“ހަމަ ގަދަފަދަ. މިގަޑީ ނެތް މަޑު ކުރެވޭކަށް. ފަހުން އަންނާނަން އިނގޭ” މިހެން ބުނެފައި އައިޝާ ދިޔައީ އެވެ.
-ނުނިމޭـ
One Comment
Comments are closed.
Alhe mi story varah interesting plus entertaining>>3
Maaisha and zayaan varah cute💗
I think zayan has a crush on mai!!!
When next?