Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-4

__devil__09 Level 110 Stories100 Login
July 3, 2025 2 Mins Read
0 Comments

*”މައިހާ ކޮންކަމެއް ސިއްރިކުރަން ތިއުޅެނީ. މިންހާ އާއި އެސޮރުގެ އޮންނަނީ ކޮން ގުޅުމެއް؟” ޒައިދު ހީވަނީ އިންޓަވިއް އެއް ކުރަން އުޅޭހެންނެވެ.*

“މިންހާއާއި ނާއިލްގެ އޮންނަ ގުޅުމަކީ، އަހަރެންނާއި ރީހާންގެ ވރސް އޮންނަ ގުޅުން. ރަނާއާއި މަޔާންގެ ވެސް އޮންނަ ގުޅުން.” މައިހާ އެހެން ބުނުމާ އެކު ރިޝްފާގެ އިތުރުން ރާމިޒާގެ ވެސް ދެލޯ ބޮޑުވި އެވެ. ހަސަނަށް ވެސް މައިހާ ބުނީ އެއްޗެއް ރަނގަޅަށް އިނގުނެވެ.

“އެއީ ކޮން ގުޅުމެއް؟” ޒައިދު ހަރުކަށި ރާގަކަށް އަހައިލި އެވެ. އޭރު މިންހާ އެތަނުން ނިކުމެގެން ދަނީ އެވެ. ޒައިދު އައް ޖަވާބު ދިނިމެއް ނެތި މައިހާ އާއި ރަނާ ދިޔައީ މިންހާ ފަހަތުން ނެވެ. ރިޝްފާ ދެން ތިބި ކުދިންތައް ވެސް ކޮޓަރި އަށް ފޮނުވައިލި އެވެ.

“މިންނަ ކޮން ހިޔާލެއްގަ؟” ހަނާ މިންނަގެ މޫނުމަތީ އަތް ހޫރައިލަމުން އަހައިލި އެވެ.

“ހަނާ ހަމަ ހޭނެތޭނެ އެ ބޯއީސް ފެނިއްޖެއްޔާ. ހާދަ ރީއްޗޭ.” ހުވަފެނީ ގޮތަކަށް މިންނަ ބުނެލި އެވެ.

“އަސްލު ވެސް؟” ހަނާ ޝައުގު ވެރި ވެފައި އަހައިލި އެވެ.

“ޔެސް…ރީހާން ވެސް ނާއިލް ވެސް ވަރަށް ރީތި. ތިއްތިމެންގެ ފްރެންޑްސް އަށް ވީމަ އެއްޗެކޭ ބުނަން ނުކެރެނީ. އިނގޭތަ ނާއިލް އެއީ ދޮންތިގެ ބެސްޓް ފްރެންޑް” މަޔާ ވެސް އެކުދިންގެ ވަހަކައިގައި ބައިވެރިވަމުން ބުންޏެވެ.

“އެގެން އެއްވެސް ބޯއި އަކާ ވާހަކަ ދެއްކިންތަ؟” މިންނަ އިނީ ހުވަފެނީ ވެފަ އެވެ.

“ޔަރ. ރީހާން ވަރަށް ގިނައިން މިގެއަށް އަންނާނެ ތިއްތަ އެންޑް ކޫބެ އާ އެއްކޮށް ގްރޫޕް ސްޓަޑީ ހަދަން. ރީހާން މިގެއަށް އައިސަ އުޅޭނެ އަރަށް ގިނައިން ދޮންތި އާއި އެއްކޮށް ވެސް. ވަރަށް މަދުން އަހަރެންނާ ވަހަކަ ދައްކާނީ.”

“ތިއްތަ ކީކޭތަ މިރޭކީ؟ ކޮންމެސް ގުޅުމެކޭ. އެކަކަށް ވެސް އިނގުުނުތަ އޭގެ މާނަ؟ ހަނާގެ ބައްޕި އަކައް ވެސް ނޭނގުނު.” ހަނާ އޮޅުން ފިލުވަން ބެނުންވެފައި ހުރިވަރު އޭނާގެ އަޑުން ވެސް އިނގެއެވެ.

އިރު ކަނޑުގެ ލޮނުގަނޑުން ތޮޅިލުމާއި އެކު ‘ނައިޓް އަވަރސް’ގޭ އެންމެން ދަތުރު ދިއުމަށް ތައްޔާރު ވެގެން ބަނދަރާއި ދިމަލަށް މިސްރާބު ޖެހިއެވެ.

“އޯ ނޯ. ފޯނު ނުލާ މި އާދެވެނީ. މަޑުކުރައްޗޭ” ވަކި ހިސާބަކަށް ގޮސްފައި މައިހާ ބުނެލި އެވެ. އަދި ގެއާއި ގިމާލަށް ދުއްވައިގަތެވެ.

“މަ ވެސް ދަންތަ؟” މިންހާ ގޮޮވައިލި އެވެ. މައިހާ ޖަވާބުގައި ނޫނެކޭ ބުންޏެވެ.

ސައިޑް ޓޭބަލް މަތީ އޮތް ފޯނު ނަގައިގެން ނިކުންނަން ދިޔަ މައިހާ ސިހުނީ ކުއްލި އަކަށް ކޮޓަރި ދޮރު ހުޅުވައިފައި ވަން ޒައިދު ފެނިފަ އެވެ. އަވަސް އަވަހަށް ދޮރު ތަޅުލައި މައިހާ އާއި ކުރިމަތިލީ ގޮތުން ޒައިދުގެ ނިޔަތް ރަނގަޅު ނޫންކަން މައިހާ އަށް އިނގުނެވެ. ގޭގައި އެއްވެސް މީހަކު ނެތުމުން އެހީއަށް އެދި ގޮވިޔަސް އަންނާނެ މިހަކު ނުވާނެ އެވެ. މައިހާ ފޯނުން މީހަކާއި ގުޅާނެ ވަގުތެއް ވެސް ނުލިބުނެވެ. ޒައިދު އައިސް އޭނާގެ އަތުގައި ހިފެހެއްޓި އެވެ. މައިހަ އެއަތް ފޮޅުވައިލަން މަސައްކަތް ކުރުމުން ޒައިދު އަދި އެއަށް ވުރެ ބާރަށް ހިފެހެއްޓި އެވެ.

“ދޫކޮށްލާ…” މައިހާ ހަޅޭލަވައިގަތެވެ.

އެއަޑު އިވުނު ކަމަށް ވެސް ނުހަދައި އަނެއް އަތުން މައިހަގެ އަތުގައި އޮތް ފޯނު ނަގައި ހޫރައިލި އެވެ. އަދި މައިހާގެ މިނިވަންކޮށް އޮތް އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް މައިހާ އެއަށް ވުރެ މާހުށިޔާރެވެ. އަތު ހުރިބާރެއް ލައިފައި މައިހާ ޒައިދުގެ މޫނުމަތީގައި ޖެހި އެވެ. އަދި ފާރުގައި ލައްކޮށްފައި ހުރި ފިހިގަޑު ނަގައި ޒައިދު ގައިގައި ތަޅައިގަތެވެ. ކެތްނުކުރެވިގެން ޒައިދު އޭނާގެ އަތުން ދޫކޮށްލުމުން މައިހާ އަވަހަށް އޭނާގެ ފޯނު ހިފައިގެން ކޮޓަރިްނ ނިކުތެވެ.

މައިހާގެ އިންތިޒާރުގައި ތިބި މިންހާ އާއި ރަނާ އަށް ފެނުނީ މައިހާ ވަރަށް ބާރަށް ދުވެފައި އެކުދިން ކައިރިއަށް އަންނަ ތަނެވެ. ރަނާމެންނާއި ހަމައަށް އާދެވުނު އިރު މައިހާ އަށް ހުރީ މައިނޭވަ ލެވެިފަ އެވެ.

“ކިހިނެއް ވެފަ ތިހުރީ. ރީހާންއާ ދެމީހުން އައިސް ވޯޓަރ ކުޅެނީތަ؟” ޖެއްސުމުގެ ރާގަކަށް މިންހާ ބުނެލި އެވެ.

“މިތާ މަޑުކުރަން ހަދާނެ ކަމެއްނެތް. ހިނގާ އަވަހަށް ދާން.” މިންހާ ބުނި އެއްޗަކަށް ފަރުވަލެއް ނުދީ މައިހާ ބުންޏެވެ. އޭނަގެ އަދުގައި ވަނީ ވެސް އަވަސް އަރުވައިލުމެވެ.

“ކީއްވެ މަ ހާސްވެފަ؟” ރަނާ އަހައިލި އެވެ.

“މިގަޑި އަކުނޫން. ދަތުރު ގޮއްސަ ކިޔައިދޭނަން.”

މައިހާމެންނަށް ބަނދަރަށް ދެވުނު އިރު އެންމެން ދޯންޏައް އަރަނީ އެވެ. ޒައިދު ނެތިގެން މުހަންމަދު އެކަން އެންމެންގެ ސަމާލުކަމައް ގެނައެވެ.

“އެއޮްއް އަންނަނި ބައްޕި” ރުއްގަނޑު ތެރެއިން ނިކުމެގެން ދޯންޏާއި ދިމާލަށް އައި ޒައިދު ދައްކައިލަމުން ހަނާ ބުނެލި އެވެ.

ފަޅުރަށަށް ދެވުނު އިރު ހެނދުނު އަށެށް ޖަހަނީ އެވެ. ބޮޑެތި މީހުން ސައިހަދަން ފެށުމުން މިންހާ އާއި ރަނާ ގޮވައިގެން މައިހާ މިސްރާބުޖެހީ ރަށުތެރެ އާއި ދިމާލަށެވެ.

-ނުނިމެ-

Share Article

Follow Me Written By

__devil__09

Level 110 Stories100 Login

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 5

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 6

Next
July 3, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 6

Previews
July 2, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 5


All Right Reserved!