Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

10 -މަލަކާ

ishko Level 110 Stories
June 28, 2025 4 Mins Read
1 Comment

ދިހަވަނަ ބައި

އާޒިމް ނިޔާވިފަހުން ގޭތެރޭގެ މާހައުލު ވަނީ މުޅިންހެން ބަދަލުވެފައެވެ. މަޖާކޮށް ، ހީސަކަރާތްޖަހަމުން ދިޔަ އާއިލާ މިހާރުވަނީ ހިތާމައިގެ ފުންކަނޑަކަށް ޢަރަޤްވެފައެވެ. އާޒިމް ނިޔާވި ޙަބަރު އަހުސަން އަށް ދޭނެ ގޮތަކާއި މެދު މަލަކާ ވިސްނަމުން ދިޔައިރު އެ ހިތް ވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. އެންމެ ފަހުން ބައްޕަ މަރުގެ ހަބަރު އަހުސަން އަށް މަލަކާ ދިނެވެ. އެހެންނަމަވެސް އަހުސަންގެ ފަރާތުން މާ ބޮޑު އަޅާލުމެއް މަލަކާ އަކަށް ފާހަގައެއް ނުކުރެވުނެވެ. ފަހަކަށް އައިސް އަހުސަންއަށް އައި މި ބަދަލް މަލަކާ ވަނީ ފާހަގަ ކޮށްފައެވެ. އާޒިމް ދުނިޔޭގައި ހުރި އިރުވެސް ފަހުން ފަހުން އައިސް އަހުސަން ގުޅާ ހަދަނީ ވެސް ވަރަށް މަދުންނެވެ. އަހުސަންގެ ޖަވާބަކަށް ވަނީ ކިޔަވަން މާ ބުރަކޮށް އުޅުމުން ނުގުޅެނީ ކަމަށެވެ. އެހެން ކަމުން އެކަންތައް މާ ބޮޑުކަމަކަށް ނުހަދާ އެންމެންވެސް ތިބެނީ އެވެ. އެހެންނަމަވެސް އާޒިމްގެ މަރުގެ ޙަބަރު އަހުސަން އަށް ދިނުމުން އެކަމާ އަހުސަން ކަންތައް ކުރިގޮތުން މަލަކާ ހުރީ ވަރަށް ރުޅިއައިސް ފައެވެ.

ދުވަހަކީ އުޑުމަތީގައި ކަޅު ވިލާތަށް ރަސްކަން ކުރަމުން އައި ދުވަހެކެވެ. ވެހެމުން ދިޔަ ވާރޭ އަށް ބަލަން ބެލްކަނީގައި މަލަކާ ހުރި އިރު މަލަކާގެ ސިކުނޑި އަށް އެތަކެއް ޙިޔާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. މަންމަ އާއި ބައްޕަ ނެތް ދުނިޔެ އެއްގައި ޔަތީމް ވެފައިވާ ހާލް އައިމަން ގެ މައެއްގެ މަގާމްގައި ހުރެގެން ދުވަސްތައް ކަޑައްތު ކުރަމުން ދިޔައިރު ދިރިއުޅުމާއި ދޭތެރޭ އެތަކެއް ވިސްނުމެއް ވިސްނަމުން ދިޔައެވެ. މަލަކާ އެކަނި މާ އެކަނި މަސައްކަތް ކޮށްގެން ލިބޭ ލާރިން އަހުސަންގެ ކިޔެވުމަށާއި އައިމަންގެ ކަންތައް ހަމަޖެއްސެނީ ކިރިޔާ އެވެ. މަލަކާގެ އެންމެ ޒުވާން ދުވަސް ވަރު ކަމުން އެ މަލަށްވެސް އެތަކެއް މާ ބުރެއް ފޮނި ބުއިމަށްޓަކައި ވަށައިގެން މުގޯލި އަޅައެވެ. އެހެންނަމަވެސް މިހާތަނަށްވެސް މަލަކާ ކުއްޖަކާ ރައްޓެހި ނުވެ ހުރީ ކޮއްކޮ އާއި ދޮންބެ އަދި ބައްޕަ އަށްޓަކައެވެ. އެހެންނަމަވެސް މިހާރު މަލަކާގެ ދިރިއުޅުމަށް ބައިވެރިޔަކު ގެންނަން މަޖްބޫރު ވެއްޖެއެވެ. ޙާލަތަށް ބަލާފައެވެ. ގޭގައި ޒިންމާ ދާރު ފިރިހެނެއް ހުރުން މުހިއްމު ކަމަށްވާތީއެވެ.

///////////////////////////////////////////////////////////////////////////////////////////////////////////////////////////////

ދެފަރާތު އާއިލާ އިންވެސް މަލަކާގެ ކާފަ އާއި މާމަ އަކީ އެހާ ބަލިކޮށް އުޅޭ ބަޔަކަށްވެފައި އެމީހުން މުސްކުޅިވި ދުވަހު އެމީހުންނަށް އިތުރު ބުރަ އެއް އުފުލަން ޖައްސާކަށް މަލަކާ ބޭނުމެއް ނޫނެވެ.

 

އަތިރިމަތީގެ އެހިތްގައިމު ވަގުތު، ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާ ރިހިދޯދި ތަކުން ތަރަތަރަ ޖަހަމުން ދިޔައެވެ. އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު މިދުނިޔެއާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވަމުން ދާއިރު ދޫނި ތައްވެސް މިސްރާބު ޖަހަމުންދަނީ އެސޮރުމެންގެ ހާލިތަކަށް ސަލާމަތުން ދެވޭތޯއެވެ. އޮއްސެމުން ދިޔަ އިރާއި އެކު އުދަރެހުން ރަތްކުލައިގެ ވިލާތަށް ފާޅުވާން ފެށިއެވެ. މަލަކާ ފަދައިން އަތިރިމަތީގައި އެހިތްގައިމު މަންޒަރު ދުށުމަށްޓަކައި އެތައްބަޔަކު އައިސް އުޅުނު އިރު އިރު އޮއްސެން ކައިރީވީ އިރު އައިސް ތިބި ގިނަ ބަޔަކުވެސް އެމީހުންގެ މަންޒިލަށް މިސްރާބު ޖަހަންފެށިއެވެ. އެހެންނަމަވެސް އެ ހިތްފަސޭހަ މަންޒިލް ދޫކޮށް ދާޙިޔާލެއް މަލަކާ ނުކުރެއެވެ. މިއަދު މަލަކާ ބޭނުންވަނީ އެކަނިވެރިކަން މަލަކާ އާއި އެކީ ވުމަށެވެ.

 

އިރު އުދަރެހާ ނިވާވުމުން ދުނިޔެ މައްޗަށް އަނދިރިކަން ވެރިވިއެވެ. އެއާއި އެކު ރޭގަނޑުގެ ރަސްގެފާނު ރަސްކަން ކުރުމަށްޓަކައި ދުނިޔެ މައްޗަށް ދައްކާލިއެވެ. ފެންނަ މަންޒަރު ތަކަށް އެއްވެސް ފޫހިކަމެއް ނެތި މަލަކާ ބަލަމުން ދިޔައިރު ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ހުވަފެނީ ދުނިޔެއަށް ގެއްލިފައިވާ މަލަކާ ސިހިގެން ދިޔައީ މީހެއްގެ ހިލަމެއް ވެގެންނެވެ. ވަށައިގެން ހޯދާބަލިއިރު އަނދިރިކަން ނޫން އެހެން އެއްޗެއް މަލަކާ އަކަށް ނުފެނުނެވެ. އެވަގުތު ނޭނގޭ ބިރުވެރިކަމެއް މަލަކާގެ ހިތަށް ވެރިކުރުވަމުން ދިޔައެވެ. އެ ދޮންވެލިގަނޑުމަތީ މަލަކާ އެކަނިމާ އެކަނި އިންކަން އިހްސާސް ވުމުން އަވަސް އަވަހަށް ތެދުވިއެވެ. އަދި ހިނގައި ކުރިއަށް ހިނގައިގަތެވެ. އެވަގުތު މީހަކު މަލަކާގެ އަތުގައި ހިފިއެވެ. ސިހިގެން މަލަކާ ގެ ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. ކުރިޔަށްވެސް ފަހަތަށްވެސް އެންމެ ފިޔަވަޅެއް އަޅާކަށް މަލަކާ އަކަށް ނުކެރުނެވެ. މަޑުމަޑުން ފަހަތް ބަލާލިއެވެ. “އާތް”… ބާރުބާރަށް މަލަކާ ހަޅޭއްލަވައިގަތެވެ. މަލަކާ އަށް ފެނުނު މީހާ ސިފަކުރެވުނީ ކަޅު އެއްޗެއްގެ ސިފައިގައެވެ. “ހެލޯ، ތިހާ ބާރަށް ހަޅޭއްލަވަނިކޮށް ތަންގަނޑު މީހުން އެއްވެދާނެ އެއްނު..” ފިރިހެންވަންތަ މިއަޑު މަލަކާގެ ކަންފަތުގައި ޖެހުމުން މަލަކާ ގެ އަޑު ކެނޑިގެން ދިޔައެވެ. އަނެއްކާވެސް ފަހަތަށް އެނބުރި ރަނގަޅަށް ބަލާލިއެވެ. މަލަކާ އާއި ދާދި ގާތުގައި ހުއްޓިލައިގެން ހުރީ ސަނާހް އެވެ. މަލަކާ އާއި ސަނާހް އެންމެ ފަހުން ދިމާވީ މަލަކާ ގްރޭޑް ހަތެއް ގައި ކިޔަވަމުން ދަނިކޮށެވެ. އޭގެ ފަހުން ސަނާހްގެ ޙަބަރެއް ނުވާތާ މިވީ ފަސްއަހަރެވެ. “ސޮރީ.. ނޭނގޭނެ އެއްނު.. ” މަލަކާ ރަކި ގޮތަކަށް ބުނެލިއެވެ. “މިތާ ކީއްތަ ތި ކުރަނީ އެކަނިމާ އެކަނި..” ކައިރީގައި ހުރި ލަކުޑި ބުރި އެއްމަތީ އިށީންނަމުން ސަނާހް ބުންޏެވެ. “އަހަރެންވެސް ހަމަތިސުވާލު ސަނާހް އާ ކޮށްފިއްޔާ…” މަލަކާ ވެސް ކުރީ ސުވާލެކެވެ.. “ހޫމް، އެކަނިވެރިން އުޅޭނީ އެކަނި.. މަދެން ހަމަ ފޫހިވާތީ އަތިރިމަތީ އެނބުރެނި ކޮށް މަލަކާ މިތާ އިންތަން ފެނުނީމަ ހިތައް އެރި މަލަކާ އަށް ޖެއްސުން ކޮށްލާނަމޭ.. މަލަކާ ވެސް ހާދަ ބަދަލްވެއްޖެ އޭ ދޯ. ތީ ކުރިން އެހާ ކުޑަކުޑަކޮށް ހުރި ކުއްޖެއް.. މިހާރު ބަލާބަ ..” ކުރީގެ މާޒީ ހަނދާން ކޮށްލަމުން ސަނާހް ބުންޏެވެ. “އާނދޯ.. ވަރަށް ގިނަ ކަންތައްތަކެއް ބަދަލްވެގެން ހިނގައްޖެ..” ކަނު އަނދިރިކަން ވެރިވެފައިވާ އިރު ހަނދުގެ ސަބަބުން ކުޑަ އަލިކަމެއް ދުނިޔެއަށް ފޯރަމުން ދިޔައެވެ. އެ އަލި ކަމުގެ ތެރެއިން ސަނާހް ފެންނަމުން ދިޔައީ އަރައިގެން އަންނަ ތަރިއަށްވުރެއްވެސް އަލިގަދަކޮށެވެ. ކަޅުފަން އިސްތަށިގަނޑާއި ބަބުޅަމުންދާ ދެލޮލުން މަލަކާގެ ހިތް ބައެއްފަހަރަށް ސަނާހް އާއި ދިމާލަށް ހުއްޓެމުން ދިޔައެވެ. އެހެންނަމަވެސް މިކަމެއް ސަނާހް އަކަށް ނޭނގެއެވެ. ދެމީހުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަމަހިމޭންވިއެވެ. އެހަމަހިމޭންކަން އަނެއްކައިވެސް ގެއްލުވާލީ ސަނާހް އެވެ. “މިތާ އިށީންނަން ހިނގާބަ. މަލަކާ އަށް ކުޑަ އިރުކޮޅަކު މަޑުކުރެވިދާނެ ތަ ވާހަކަ ދައްކާލަން..” މަލަކާގެ ފަރާތުން ލިބޭނެ ޖަވާބެއް ނޭނގޭ ހާލު ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއް ގާތު މިހެން ބުނަން ސަނާހް ލަދުގަތެވެ. އެހެންނަމަވެސް ލަދަކާހެދި ތަދެއްނުފިލާނޭ މީހުން ބުނެއުޅެއެވެ. ސަނާހްވެސް ލަދު އެއްފަރާތް ކުރުމަށްފަހު ކުރިއަށް ފެންނަމުން ދިޔަ މަގަށް ބަލަމުން ހިތްވަރު އާކޮށްލިއެވެ. މަލަކާގެ އެރީތި ކަމާއި ހިތްހެޔޮކަން މީގެ ފަސްއަހަރު ކުރިންވެސް ސަނާހް ވަނީ ދެކެފައެވެ. ހަމަ އެ މައުސޫމް ކަމެވެ. އެސާފު ދޮންމޫނެވެ. ސަނާހް ހިތުގައި މަލަކާއާއި ދޭތެރޭ ވާ ލޯބި އެނގޭ މީހަކީ ހަމައެކަނި މަލަކާގެ ދޮންބެ އެވެ. ސަނާހް އާއި އަހުސަން ކިޔެވީ އެއްކުލާހެއްގައި ކަމުން މަލަކާގެ ވާހަކަ އަބަދުވެސް އަހުސަން ކައިރީ ދައްކައެވެ. އެހެންނަމަވެސް މަލަކާ އަށް އެކަން ނާންގާ މަޑުކުރީ މަލަކާގެ ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ.

އެއްވެސް ޖަވާބެއް ދިނުމެއްނެތި މަލަކާ ވެސް ސަނާހްގެ ކައިރީގައި އިށީނެވެ. ކުރިމަތިންފެންނަމުން ދިޔަ މާ ސިންގާ ކަނޑަށް ބަލަހައްޓައިގެން މަލަކާ އިނެވެ. ސަނާހް ބަލާކަމެއް މަލަކާ އަކަށް ނޭނގެއެވެ. ސަނާހްގެ ހިތުގައި ޖަހަމުން ދާ ކޮންމެ ވިންދަކުންވެސް ކިޔަނީ މަލަކާގެ ނަމެވެ. މަލަކާއަށް މިހިތުގެ ވިންދުގެ އަޑު އިވޭނެނަމަ… ސަނާހް ގެ ހިތަށް އަރަމުން ދިޔައެވެ. “ހާދަ މަޑުން ތިއިނީ.. އަހަރެން އަޑުއެހިން ދޮންބެ ކިޔަވަން ދިޔަ ވާހަކަ.. މިހާރު ކޮބާތަ ދޮންބެ ގެ ހަބަރަކީ.. ” އަހުސަންގެ ވާހަކަ ދެއްކުމުން މަލަކާގެ މޫޑް ބަދަލުވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ލޮލަށް ޖަމާވަމުން ދިޔައެވެ. “ކީއްވެ އެއްޗެކޭ ނުބުނީ.. ކޮންމެވެސް ވާހަކައެއް ދައްކަބަލަ..” އަހުސަން އަށް އުނދަގޫވިއެވެ. މަލަކާ ފެށީ މުޅިން އެހެން ވާހަކަ އެކެވެ. “ސަނާހް ކުއްލިއަކަށް މި ގެއްލުނީ ކިހިނެތްވީ.. ” ފައިބަން ތައްޔާރުވަމުން ދިޔަ ކަރުނަތައް ސިއްރުސިއްރުން ފޮހެލުމަށްފަހު މަލަކާ ބުންޏެވެ. “އެވާހަކަދޯ..” ފުން ނޭވާ އެއް ބޭރުކޮށްލަމުން ސަނާހް ގެ ވާހަކަ ކުރިޔަށްގެންދިޔައެވެ. “އަހަރެން ގްރޭޑް ދިހައެއް ނިންމުމަށްފަހު މަންމަ ބަލިވެގެން ކުއްލިގޮތަކަށް މާލެ ދާން ޖެހުނީ. މަލަކާ އަށްވެސް އެނގޭނެ ބައްޕަ އަކާއި ނުލައި މަންމަ އެކަނިމާ އެކަނި އަހަރެން ބަލާބޮޑުކުރީ ވަރަށް ލޯބިން ކަން.. މަންމަ އަށް ކަމެއްވެއްޖެއްޔާ އަހަރެން ވަރަށް ހާސްވޭ. ހަމަކުއްލިއަކަށް ފުރައިގެން ދާން ޖެހުނީ.. މާލެ ގޮސް މަންމަ އަށް ފަރުވާ ކުރަން ޖެހުނީ އެޑްމިޓް ކޮށްގެން. ގިނަ ދުވަސް ވާތީ އަހަރެންނަށް އިތުރުގޮތެއް ނެތިގެން ވަޒީފާއަކަށްވަނީ މަންމަ އަށްވެސް އިތުރަށް ފަރުވާކުރަން ބޭނުންވެގެން.. ކުރިން މަންމަ އާއި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ ބޮޑުބޭ. އެކަމަކު ބޮޑުބެއަށްވެސް އަބަދު އަހަރެމެންނަކަށް ހަރަދެއް ނުކުރެވޭނެ އެންނު.. އެންމެ ފަހުން އަހަރެން އެއާޕޯޓްސް ގެ ވަޒީފާ އަކަށްވަނީ.. މަންމަ ބަލަން މީހަކު ހަމަޖައްސާފަ އަހަރެން އުޅުނީ ވަޒީފާގަ.. އެކަމަކު މާގިނަ ދުވަހެއް ނުވެ މަންމަ ވެސް މިދުނިޔެ ދޫކޮށްދިޔައީ.. ” މިހާހިސާބަށް ވާހަކަ ދިޔައިރު ސަނާހްގެ އަޑު ބެދިގެން ދިޔައެވެ. ކަރުނަތަށް ފައިބަމުން ދިޔައެވެ. މަލަކާގެ ހާލަކީ ވެސް މިއީ އެވެ. ސަނާހްގެ ވާހަކަ އަޑުއަހާފަ މަލަކާގެ ބައްޕަ އާއި މަންމަ މަތިން ހަނދާންވިއެވެ. ދެމީހުންވެސް ސިއްރުން ރޮމުން ދިޔައިރު އެކަކު އަނެކަކު އިނީ ފުރަގަސްދީގެންނެވެ. ކަރުނަތަށް ފޮހެލުމަށްފަހު ސަނާހް އެނބުރިލިއެވެ. އިސްޖަހާލައިގެން އިން މަލަކާގެ ގިސްލުމުގެ އަޑު ސަނާހްގެ ކަންފަތުގައި އެވަގުތު ޖެހުނެވެ. “މަލަކާ ކިހިނެތްވީ.. އަނެއްކާ މަށަށް ނުދައްކަންވާ ވާހަކައެއްކަ މިދެއްކުނީ..” މަލަކާ ރުއިމުގެ އަސްލަކީ ސަނާހް އަށް ދެއްކުނު ވާހަކައިންކަމަށް ހީކޮށް ވަރަށް ދެރަވިއެވެ. އަދި ލަދުވެސް ގަތެވެ. “ބައްޕަ މަންމަ ހަނދާންވީ..” ސަނާހް ގެ ހިތުގައި އުފެދިދާނެ ސުވާލަކަށް ވިސްނާފަ މަލަކާ އަވަސް އަވަހަށް ބުންޏެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

އޭލިއަން ސިލްސިލާ: ހިރާސް – 6

Next

ހިތް އެދެ ޔާރާ ތިއޭ – 19

Next
June 29, 2025

ހިތް އެދެ ޔާރާ ތިއޭ – 19

Previews
June 28, 2025

އޭލިއަން ސިލްސިލާ: ހިރާސް – 6

One Comment

  1. Aashii Aashii says:
    June 28, 2025 at 12:57 pm

    sifakurun varah reethi.. keep it up!!

Comments are closed.

Next Episode11 – މަލަކާ←


All Right Reserved!