Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

5 – މަލަކާ

ishko Level 110 Stories
June 24, 2025 4 Mins Read
0 Comments

ފަސްވަނަ ބައި

އަސަރީގެ އަށް ހީވަނީ ބޮޑު ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރެއަށް އެއްވެފައިވާ މީހުންނާ މުޅިމާހައުލުގައި އުފެދިފައިވާ ވަހުން އަންގައިދެނީ އެގޭގައި ވަރަށް ޙާއްޞަ ކަމެއް ކުރިއަށް ދާކަމެވެ. ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަނގަޅަށެވެ. މިއަދު އާޒިމް އާއި ޒާހިދާގެ ދަރިފުޅަށް ނަން ކިޔުމުގެ ހަފްލާ ކުރިއަށް ދަނީއެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާޒިމް އާއި ޒާހިދާގެ ދެމަފިރިންނަކީ ރަށުގައި ނަމޫނާ އަކަށް ފުދޭ ދެމަފިރިންނެވެ. އެންމެންނާވެސް ގުޅޭ ދެމީހުންނެވެ. ދަރިފުޅުގެ ނަމަކަށް ކީ ހަމަ ދެމީހުންވެސް ކުރިން ހިޔާލުކޮށްފައިވާ ނަމެވެ. “މަލަކާ އާޒިމް” އެވެ.

ހަވީރު އަތަށް އެޅިއިރު އެގޭތެރެއިން މީހުންވެސް މަޑުމަޑުން މަދުވާންފެށިއެވެ. އެންމެންވެސް މަސައްކަތް ނިންމާލުމަށް ފަހު އެމީހެއްގެ ޖަގަހައަށް ގޮސް ނިމިއްޖެއެވެ.

ދުނިޔެއަށް ވެރިވެފައިވާ ހަލަބޮލިކަން މުޅިން ނެތިގޮސް އުޑުމަތީގައި ކަޅު ސާލެއްލެވިއްޖެއެވެ. ހަމަހިމޭން އެ ގަޑީގައި މީހެއްގެ ހިލަމެއްބިލަމެއްވެސް ނުވެއެވެ. އާޒިމް ވެސް ގޭގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު ނިދަން އޮށޯތީ ގަޑިން މެންދަމުން އަނބުރާ ދޭއް ޖެހިފަހުންނެވެ. ޒާހިދާ އަށް ދެން ނިދުމަކީ މާ ފަސޭހަކަމަކަށް ނުވާނެއެވެ. ކުޑަކުޑަ މަލަކާ އުނގަށް ލައިގެން ނާނާ ކިޔަމުން ދިޔައިރު އެހިތުގައި އެއްވެސް ކަހަލަ ފޫހިކަމެއް ނެތެވެ. މައިން ނަކީ ހާދަހާ ކެތްގަދަ ބައެކެވެ. ނުވަ މަސްދުވަސް ވަންދެން ބަނޑުތެރޭގައި އެތައްވޭނަކާ އެކު ގެންގުޅުމަށްފަހު އަދި އެއަށްވުރެ ގަދަ ވޭނެއްގައި އެދަރިފުޅު ދުނިޔެއަށް އުފަންވުމުން ވެސް އެމައިމިހާގެ ހިތުގައި ޝަކުވާގެ ކަންފުޅެއްވެސް ނުވެއެވެ. އެއްވެސް ވަރުބަލިކަމެއްނެތި އެދަރިފުޅު ބަލާ ބޮޑުކުރަނީ ލޮލުގެ ކޮއި ފަދައިންނެވެ. ދަރިން ބޭނުން ހާ ކަމެއް ކޮށްދީގެން އެމީހުން އުފާވާނެހާ އެންމެހާ ކަމެއް އެ މައިން ނަށް އެނގެއެވެ. މާތްﷲ މައިންނަށް ރަހުމަތް ލައްވާފާނދޭވެ.

ދުވަސްތައް މާޒީވެގެން ގޮސް މަލަކާ އަށް ދިހަ އަހަރުވެއްޖެއެވެ. މަލަކާ ބޮޑުވަމުން އައީ މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބިގެންނެވެ. މަލަކާ އުޅެމުން އައީ ގްރޭޑް ފަހެއްގައެވެ. އަހުސަން ކިޔަވަމުން އައީ ގްރޭޑް ނުވައެއްގައެވެ. އަހުސަން އޭނާގެ ކޮއްކޮ ދެކެ ވަރަށް ލޯބިވެއެވެ. މަލަކާ އަށް ކޮންމެ ކަމެއްގައިވެސް އެހީތެރިވާން އެންމެ ކައިރީގައި އަހުސަން ހުރެއެވެ. އަހުސަން އަކީ ކިޔަވަން މޮޅު ދަރިވަރެކެވެ. ކުރާ ކޮންމެ ކަމެއް ކާމިޔާބު ކުރުމަކީ އަހުސަން ގެ އުންމީދެވެ. މިހާތަނަށް ވެފައި އޮތީވެސް އެހެންނެވެ. ނަތީޖާ އެއްގެ ގޮތުން އަހުސަން އަކީ މިހާރު ސްކޫލްގެ ކެޕްޓަންވެސް މެއެވެ. މަލަކާ ވެސް އޭނާގެ ދޮންބެ ކަހަލަ ކުއްޖަކަށް ވުމަށް ދޮންބެ ކޮޕީ ކުރަމުން ގެންދެއެވެ. ދެކުދިން އެކުދިންގެ ދުނިޔޭގައި މަސްއޫލުވެގެން އުޅޭއިރު ގޭތެރޭގައި ހިނގާ އެއްވެސް ކަމެއް އެކުދިންނަކަށް ނޭނގެއެވެ.

ޒާހިދާގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އެނދުމަތީގައި އުކާލެވިފައިވާ ގަނޑުތަކަށް ބަލަން އިން އިރު އެފަކީރުގެ ހިތްވަނީ ކުދިކުދިވެފައެވެ. މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އާޒިމްނެތް މިދަނޑި ވަޅުގައި އެފަކީރަށް ކުރިމަތިމިވީ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ. އާޒިމް އަކީ ބޯޓު ދަތުރުކުރާމީހެކެވެ. ފެށުނީއްސުރެއްވެސް އާޒިމް ކުރަމުން އައި މަސައްކަތަކީ މިއީއެވެ. ރަށަށް އާދެވެނީ މަހަކު އެންމެ ފަހަރަކުއެވެ. ކިތަންމެ ދުރުގައި އާޒިމް ހުއްޓެއް ކަމަކު އޭނާގެ ލޯބިވާ އާއިލާ މަތިން އެންމެ ހިނދު ކޮޅަކަށްވެސް ހަނދާން ނައްތައެއް ނުލައެވެ. ލިބޭ ކޮންމެ ވަގުތެއް ހޭދަކުރަނީ ޒާހިދާއާއި ދެކުދިންގެ ހިޔާލުގައެވެ. އަދި ދެން ލިބެން އޮތް ދަރިފުޅާއި ދޭތެރެގައެވެ. ޒާހިދާ ވިހަންވާއިރަށް އެނބުރި އަންނާނެ ކަމަށް އެތައްވައުދެއް ވުމަށްފަހު އާޒިމް ފުރިތާ އަދި ހަފްތާއެއްވެސް ނުވާނެއެވެ.

ޒާހިދާ އެކަނިމާއެކަނި ކޮޓަރިތެރޭގައި އެހެން އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އަދިވެސް ޒާހިދާ ވިސްނަމުން އައީ އާޒިމް އަށް އެހަބަރު ދޭނެ ގޮތަކާމެދުއެވެ. ބައެއްފަހަރު އާޒިމްއަށް އެކަން ނާންގަންވެސް ޒާހިދާގެ ހިތްބުނެއެވެ. އެންމެ ފަހުން ޒާހިދާގެ ނިންމުން ވީ ހިތް ބުނިގޮތަށެވެ. އެހާ ދުރުގައި އާއިލާ އާއި ދުރުގައި އާޒިމް ވަނިކޮށް އެއްވެސް ކަމެއް ނާންގަން ޒާހިދާ ނިންމިއެވެ. އެނދުގައި އުކާލެވިފައިވާ ގަނޑުތައް އަވަސް އަވަހަށް ނަގާ ފައިލް ކުރިއެވެ. އަދި އަލަމާރީގެ އެންމެ އެތެރެއަށް ލާ ފޮރުވިއެވެ

މަލަކާ ވިހޭ ފަހުން ޒާހިދާ އުޅެނީ ވަރަށް ބަލިކޮށެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރަށް ދެއްކުމުން ދެނީ ހަމަ އެއްޖަވާބެކެވެ. އެތައްބައިވަރު ބޭސްތަކެކެވެ. އެންމެ ފަހުން ޒާހިދާ ނިންމީ މާލެ ދިއުމަށެވެ. އާޒިމްވެސް ނެތުމުން ދެކުދިން މަންމަ އާއި ހަވާލުކޮށްފަ ޒާހިދާ މާލެ ފުރީ އެކަނިމާ އެކަންޏެވެ. ޒާހިދާ އަކީ ހިތްވަރު ގަދަ އަންހެނެއްކަމުން ކިތަންމެ ވޭނެއްގަ އުޅެންޖެހުނަސް އެހުރިހާ ވޭނަކަށް ކެތްކުރުމަކީ ޒާހިދާގެ ތަބީއަތުގައި ހުރިކަމެކެވެ.

 

 

 

 

 

 

އެތަކެއް ޓެސްޓްތަކަކަށްފަހު އެތަކެއް އިންތިޒާރަކަށްފަހު ލިބުނު ނަތީޖާ މިހާ ހިތިވެދާނެ ކަމަކަށް ޒާހިދާ އުންމީދެއްނުކުރެއެވެ. ރިޕޯޓް ތަކުގެ ނަތީޖާ އާއި އެކު ޒާހިދާ ރަށަށް އައީ މޮޅިވެރިކަމާއެކުގައެވެ. ޑޮކްޓަރ ބުނިގޮތުން ޒާހިދާގެ އުރަމައްޗަށް ޖެހިފައިވާ ކެންސަރ ވަނީ އޭގެ އެންމެ ލާސްޓް ސްޓޭޖް ގައެވެ. ދެން އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށް ވެސް ޑޮކްޓަރ ބުނުއްވިއެވެ. މިހުރިހާ ވާހަކަތަކެއް ޒާހިދާ ސިއްރުކުރިއެވެ. ލޯބިވާ ދަރިންނަށްޓަކައެވެ. ލޯބިވާ ފިރިމީހާ އަށް ޓަކައެވެ. އެމީހުންގެ ލޯތަކުން އެންމެ ކަރުނަތިއްކެއް ވެއްޓުމަކީ ޒާހިދާ ބޭނުން ކަމެއްނޫނެވެ.

 

ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ޒާހިދާ ދިޔައީ ސިއްސައިގެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފޮށުން ފުހެލުމަށްފަހު މޫނުމައްޗަށް އުފާވެރިކަން ގެނެސްދެމުން އެނބުރި ދޮރާދިމާލަށް ބަލާލިއެވެ. “ސާޕްރައިޒް” ދޮރުމަތީގަ ހެވިފަ ހުރި އާޒިމް ފެނުމުން ޒާހިދާ އަށް ވީގޮތެއްވެސް ނޭނގުނެވެ. އުފާވާންވީ ކަމެއް ރޯންވީ ކަމެއްނޭނގި ގަބުވެފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. “ކިހިނެތްވީ ޒާހިދާ، އަހަރެން ފެނުނީމަ އުފަލެއްވެސް ނުވޭތަ. އަނެއްކާ ކަމެއް ގޯސްވީތަ؟ ކިހިނެތްތަ ވީ” އާޒިމް ސުވާލު ފަތި އަމުނާލިއެވެ. ޒާހިދާގެ މޫނުމަތިން ފައިބަމުންދާ ކުލަވަރު އާޒިމްއަށް ހަމަ ރަނގަޅަށްވެސް ފާހަގަކުރެވުނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އާޒިމް އަށް ހީވާންފެށިއެވެ. ޒާހިދާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އާޒިމްގެ ގައިގައި ބައްދާލުމާއި އެކު ޒާހިދާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. ޒާހިދާ ރޯތަން ބަލަން ހުންނާކަށް އާޒިމްއަކަށް ކެތެއްނުކުރެވުނެވެ. ޒާހިދާގެ އަތުގައި ހިފައިގެން އެނދުގައި ބޭންދިއެވެ. ފައިބަމުންދާ ކަރުނަތަށް ފޮހެދެމުން ޒާހިދާގެ ބޮލުގައި ފިރުމާލިއެވެ. “އެންމެ ރަނގަޅު ޒާހި. ދެން ނުރޮއެ ހުއްޓާލަ. އަހަރެން މި އައީ އެއްނު. ދެން ޒާހި ރޯކަށް ނުޖެހޭނެ.” އާޒިމް ޒާހިދާގެ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އާޒިމްގެ ކޮނޑުގައި ބޯއަޅައިގެން ޒާހިދާ ގިސްލަމުން ދިޔައެވެ. ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ޒާހިދާގެ ގިސްލުމުގެ އަޑު މަޑުމަޑުން ކެނޑެމުންގޮސް މުޅިން ހުއްޓުނެވެ. އާޒިމް މަޑުމަޑުން ޒާހިދާގެ މޫނަށް ބަލާލިއެވެ. ރޮއެ ރޮއެ މޫނު ވަނީ ދުޅަވެފައެވެ. ޒާހިދާގެ މެރިފައިވާ ދެލޯފެނުމުން އާޒިމް ޒާހިދާ އަށް ގޮވަން ފެށިއެވެ. އެހެން ނަމަވެސް ޒާހިދާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. އާޒިމް އަވަސް އަވަހަށް އެންބިއުލާންސަށް ގުޅައިގެން ޒާހިދާ ހޮސްޕިޓަލަށް ގެންދިޔައެވެ.

މަލަކާ ސްކޫލުން ގެއަށް އައި އިރު ދޮރުމަތީގައި ހުރި ދަބަސް ފެނުމުން މަލަކާގެ ބައްޕަ އައީ ކަން އެނގުނެވެ. ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގަ އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ގޭތެރޭގައިވެސް ވަނީ ފަޅުކަމެކެވެ. މުޅި ގޭތެރެ ބަލާނިމުނު އިރުވެސް އެއްވެސް މިހެއްގެ ހިލަމެއް ނުވުމުން މަލަކާ ހާސްވިއެވެ.” އެންމެން ދިޔައީ ކޮންތާކަށްބާ؟” މަލަކާ ހިތާހިތުން ކިޔާލިއެވެ. “ޕޮއް” އެވަގުތު ފަހަތުން އައި އަހުސަން މަލަކާ ސިއްސުވާލިއެވެ. މަލަކާ އަށް ތެޅި ގަނެވުނެވެ. “ދޮންބެދޯ. ކިރިޔާ އެންނު ހަމަ ހޭނުނެތުނީ”. މަލަކާ އޭނާގެ ދެބުމަ ގޮއްޖަހާލަމުން ބުންޏެވެ. “އައި ތިންކް ޑެޑީ ކޭމް ރައިޓް”؟ މަލަކާ އޭނާގެ ދޮންބެ އަތުގައި އޮތް ފޮތް އަތުލަމުން ބުނެލިއެވެ. “އިސް އިޓް؟ އައި ޑޯންޓް ނޯ؟”. އަހުސަން އޭނާގެ ފޮތް މަލަކާ އަތުން އަތުލިއެވެ. ” ކޮއްކޮ ދޭ ބަލަ ޔުނިފޯމް ބަދަލުކޮށްގެން އަންނަން. ޑެޑީ އެއުޅެނީ ސަރޕްރައިޒެއް ދޭންވެގެން ކަންނޭނގެއެއްނު”. ދަބަސް ކޮނޑުން ނައްޓާލަމުން އަހުސަން ކޮޓަރިއަށް ވަނެވެ. އެވަގުތަކީ މުނީރާ އައިސް ގެއަށް ވަތް ވަގުތެވެ. “މާމާ. ކޮބާތަ މަންމަ؟ ޑެޑީ އައީދޯ؟ މާމަ ތިޔައީ ކޮންތާކުން؟. މަލަކާ އޭނާގެ މާމަގެ އަތުގައި ހިފާލަމުންބުންޏެވެ. “ދަރިފުޅާ ހިނގާ ބަލަ ހޮސްޕިޓަލަށް. މަންމަ ވީ ހޮސްޕިޓަލުގަ. ޑެޑީވެސް”. މުނީރާގެ އަޑު ކުރަކިވެގެން ދިޔައެވެ. އިތުރަށް އެންމެ ޖުމްލަ އެއްވެސް ނުބުނެވުނެވެ. މަލަކާ ދުވަފައި ގޮސް އަހުސަން އަށް މިހަބަރު ދީފިއެވެ. ދެބެއިން އެކުގައި ހޮސްޕިޓަލާ ދިމާލަށް ދާން އަވަސްވެގަތެވެ. މުނީރާވެސް އެކުދިންގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އާދެއެވެ.

 

 

 

 

“މައިމީހާގެ ހާލު ސިރިއަސް. ބޭބީ އާއި މައިމީހާ ސަލާމަތް ކުރަންޏާ ޖެހޭނީ އޮޕަރޭޝަން އަކަށް ދާން” ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔައީ އާޒިމް އާއެވެ. “ޑޮކްޓަރ ޕްލީސް. ޑޫ ސަމްތިން ބަޓް ސޭވް މައި ވައިފް” އާޒިމްގެ ލޮލުން ކަރުނަ ފައިބާގަތެވެ. އެވަގުތަކީ މަލަކާ އާއި އަހުސަން އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ޑޮކްޓަރު ބުނި އެއްޗެއްގެ އަޑު އަހުސަން އަށް ހަމަރަނގަޅަށްވެސް އިވުނެވެ. ނަމަވެސް ވާނުވާ ނޭނގި ހުރި މަލަކާ ގޮސް އޭނާގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. “މަންމަ ކިހިނެތްވީ؟ ” މަލަކާ ސުވާލުކުރަމުން ދިޔައެވެ. ދޭނެ ޖަވާބެއް އާޒިމް އަކަށް ނޭނގުނެވެ. ދުރުގައި ފެންކަޅިވެފައި ހުރި އަހުސަން އަށް އާޒިމް އިޝާރާތުން އައުމަށް އެދުނެވެ. “ކޮއްކޮ ގޮވައިގެން ދޭ ބޭރަށް ދަރިފުޅު. މަންމަ ނެރުނީމަ ގޮވާލާނަން”. އާޒިމް އެކުދިންނާ ކުރިމަތިލާނެ ހިތްވަރެއް ނެތުމުން އެކުދިން ބޭރަށް ފޮނުވާލިއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

މަޢާފް އެދެމުން 23

Next

ޒައިޝާ 8&9

Next
June 24, 2025

ޒައިޝާ 8&9

Previews
June 24, 2025

މަޢާފް އެދެމުން 23



All Right Reserved!