ވާ ލޯބި އެނގޭނަމަ(19)
ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އެތައް ހުވަފެން ތަކެއް ދެކޭމެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.ދިރިއުޅުމުގައި ދިމާ ހިތްނޭދޭ އެތައް ކަމަކާއި ކުރިމަތިލާންވެސް ޖެހެއެވެ. މިއަދު ނޫނީ މާދަމާ ދިރިއުޅުމެއް ފަށަން ކޮންމެ މީހަކަށްވެސް ޖެހޭނެ އެވެ.ކޮންމެ މީހަކުވެސް ބޭނުންވާނީ އެންމެ ލޯބިވާ މީހާއާއި އެކުދިރިއުޅުމެއް ފަށަންކަން ޔަގީނެވެ.
“ހެޔޮނުވާން ތިހެން ނަހަދާ…ދޫކޮށްލާ އިރާ އަށް ތިހެން ނަހަދާ”ކުއްލި އަކަށް ރާއިން އަށް ތެދުވެވުނެވެ.6 މަސް ޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައިރު އެހުވަފެން ނައިރާ ގެއްލުމަށްފަހު ކޮންމެ ރެޔަކުވެސް ރާއިން އަށް ފެނެއެވެ.އޭސީގެ ފިނި 16 ގައި ހުރިނަމަވެސް ރާއިން ގެ މުޅި ހަށިގަނޑު ވަނީ ދާހިއްލާ ފޯވެފައެވެ.ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުނަގައި ގަޑިބަލާލިއެވެ.ދަންވަރު 2 ޖަހާ ބޮޑުވެފައި ހުރިތަން ފެނުމުން ވަގުތުން ކޮޅަށް ޖެހުނެވެ.ތުވާލި ހިފައިގެނަ ފާހަނަ އަށްވަދެ ތާޒާ ވެލައިގެނ ނުކުމެ ނަމާދު ކޮށްލިއެވެ.ނައިރާ ގެ ކުއްލި ވަކިވުމާއެކު ނޫރާ އާއި ރާއިން ފިޔަވާ އެންމެ ހިތަށް އަސަރު ކުރި 3 ވަނަ ފަރާތަކީ ރާއިން އެވެ.ނައިރާ ގެ ވަކިވުމުގެ ސަބަބުން ރާއިން އެމްއެންޑީއެފް އިން ކެޑި ލޯޔަރ އަކަށް ވިއެވެ.ކުރިން ލޯޔަރ ކަން ކިޔަވާފައި އޮތުމުން އެ ވަޒީފާ ހޯދުން އެއީ އެހާ އުނދަގޫ ކަމަކަށް ރާއިން އަކަށް ނުވިއެވެ.ފުލުހުން ނައިރާ ހޯދަން ކުރި މަސައްކަތް ބޭކާރު ވުމުން މިދިޔަ މަހު އެކޭސް ވެސް ބަންދު ކޮށްލިއެވެ.ލޯބިވާ ކޮއްކޮ ހޯދުމަށް ނާއިން ޕޮލިހަށް ވަޒީފާއަށް ވަދުނެވެ.ނައިރާ ގެއްލި މާގިނަ ދުވަސްތަކެއް ނުވަނީސް ރިފާ މަންމަ މިފަނާވަނިވި ދުނިޔެ ދޫކޮށްދިޔުމުން ނިމިދިޔަ މަސް މޭ 15 ގައި ނާއިން އާއި ރިފާގެ ކައިވެނި އާދައިގެ ގޮތަކަށް ކުރެވިގެން ދިޔައެވެ.ނައިރާ ގެ ވަކިވވުމުން ރިފާގެ ހިތައްވެސް ފުން އަސަރުތަކެއް ކުރިއެވެ.އެންމެ ގާތްމިތުރު ކުއްލި އަކަށް ގެއްލުމުން އަސަރު ނުކުރާނީ ކާކުގެ ހިތަކަށް ހެއްޔެވެ؟ނޫރާގެ ވެސް އުޅުމަށް ތަފާތުތަކެއް އަޔެވެ.ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނޫރާ ނުބުނެއެވެ.
ބަދިގެއަށް ވަދެ ކޮފީއެއް ގިރައިގެން ރާއިން ކޮޓަރީގެ ތެރެއިން ނުކުމެވެން ހުންނަ ބެލްކަނަޔަށް ނުކުތެވެ.ކަނާތް ފަރާތަށް ބަލައިލުމުން ރާއިންގެ ތުންފަތް މައްޗަށް ހިތި ހިނިތުން ވުމެއް ވެރިވިއެވެ.ނައިރާގެ ކޮޓަރި ބެލްކަނި ހުންނަނީ ކަނާތް ފަރާތަށެވެ.”އައި މިސް ޔޫ އަ ލޮޓް އެން ލަވް ޔޫ”ރާއިން ގެ ތުންފަތް ފޫ އަޅުވާލާފައި ނުުކުތެވެ.ޖެހިގެން ހުރި ބެލްކަނީގައި ހުރި ނާއިން އަށް ކިތަންމެ ރީތިކޮށްވެސް ރާއިން ބުނެލި ޖުމްލަ އަޑުއިވުނެވެ.ނައިރާ ދެކެ ރާއިނެވާ ލޯބިފެނި ނާއިންގެ ހިތަށް ހަމަޖެހުން ލިބެއެވެ.ނައިރާ ގެއްލިގެން 6 މަސްދުވަސް ފާއިތު ވެގެން ދިޔައިރު އަދިވެސް އެހުންނަނީ ލޯބިވާ ކޮއްކޮ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.އެހެން މީހެއްނަމަ ކުއްޖަކާ ރައްޓެހި ނުވެނުހުއްނާނެކަން ގައިމެވެ.
“ނުނިދަން”ދެބެލްކަނި ގުޅިފައިވާ ފާރުމަތީގައި އިށީދެން ހުރި ރާއިން ކައިރި އިށީނަމުން ނާއިން އަހާލިއެވެ. ނާއިން އާއި ދިމާލަށް ބަލާލުމަށްފަހު ރާއިން ބޯޖަހާލިއެވެ.”ނާނު!މަށަށް ވަރަށް އެބަ ޝައްކު ވޭ މީހަކާ ދޭތެރެ”ކޮފީ ކޯވަރެއް ބޯލަމުން ރާއިން ބުނެލިއެވެ.”ކާކު؟ކިހާ ދުވަހެއް ވެއްޖެ”ނާއިން އެއީ ކާކުތޯ އެގެން ބޭނުންވިއެވެ.”މިމަސް ފެށުންކޮޅު.ހީވެސް ނުކުރާ ކަހަލަ ނަތީޖާ ތަކެއް އަތަށްވެސް ލިބިފަ އެބަހުރި.”ރާއިން ތެދުވެ ރެއިލިންގ ގައި އަތް އަޅުވާލިއެވެ”ހަނދާން ވޭތަ އިރާ ގެ ކްލޯސް ފްރެންޑެއް.އަޒާން ކިޔާ އޭނަ ވައިފް އީޝާ ވޯކް ކުރަނީ އިރާ އާއި އެއްކޮށް “ރާއިން ސުވާލުކޮށްކުލާއެކު ރާއިން ބޯ ޖަހާލިއެވެ.”ޔެސް ދަންނަން.އޭނަގެ މިހާރު 3 މަހުގެ ކުއްޖެއް ވެސް އޮވެޔެއްނު.އެހެންނޫނަސް މިކަމާ އެމީހުންނާ ކޮން ގުޅުމެއް.”ރާއިން ދައްކަން އުޅޭ ވާހަކަ ނާއިން އަކަށް ނޭނގުނެވެ.”މިހިރަ ފެންނަ މޮޔަޔާ އަމިއްލައަށް ވިސްނާބަލަ.އިރާ ބުނަނީހަމަ ރަނގަޅަން މިބޮލުގަ ތެތް ކަމެއް ނުހުރެ.މަހިތަށް އަރާ ޕޮލިހުން ވަޒީފާ ކަލެއަށް ދިނީ ކޮންގޮތަކުން ރަނގަޅުވީމަބާއޭވެސް.”ނާއިން ބޮލުގައި ޖަހަމުން ރާއިން ބުނެލިއެވެ.”ނައި އާއި އަހަރެންނާ ދޭތެރެ ޝައްކުވި.މިހާރު ނާނުއަށްވެސް އެގެޔެއްނު ކިހިނެއްކަން މި ގުޅުން ފެށުނީ.އިރާ އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން އައި ދުވަހު އިރާ ވަންނަނިކޮށް އޭނަގެ ކޮއްކޮ މައެ ގައިގަ އޮޅުލައިގަތް.އެއީ އަޒާން ވައިފް އާއި އޭނަގެ ރޭވުން.އެންމެ ހައިރާން ވާ ވާހަކަ ބުނަން.އެ ދަރިޔަކީ އަޒާންގެ ދަރިޔެއް ނޫން.”ބޭާށް ނަޒަރު ހުއްޓާލައިގެ ހުރެ ރާއިން ބުނެލިއެވެ.”ވަޓް.ބްރޯ އެނގޭތަ ތިކިޔޭ އެއްޗެއް ހަގީގައް ބަލާނުލާ ތިކަހަލަ އެއްޗެހި ކިޔަން ހެޔޮވުސެ ނުވާނެއެއްނު”ނާއިން ހުރީ ގަބޫލުކުރަން އުނދަގޫ ވެފައެވެ.ނާއިނއ ގަބޫލުނުކުރާނެކަން އެނގޭތީ އެތެރެއަށް ވަދެ ލެޕް ހިފައިގެން އައިސް ރާއިން ހުޅުވާލިއެވެ.”މިކަން ކުރުންމީ އަހަރުންއަށް އެހާ އުނދަގޫ ކަމެއްނޫން.މީ ޝިޔާން އަކަށް ކޮށްފަ ހުރި މެސްޖުތަކެއް ބަލަ.”ފަހަރަކު ފޮޓޮއެއް ދައްކަމުން ރާއިން ބުނެލިއެވެ.އީޝާ އަށް ޝައްކުވާން ފެށުމުން ރާއިން އީޝާގެ ފޯނުހެކު ކުރީއެވެ.ކޮންނެ ފޮޓޮއަކުން ދައްކުވައިދެނީ ދަރިފުޅުގެ ވާހަކައެވެ.”ކަލޭ ކީއްވެގެންތަ ގަބޯލުނުކުރަން ތިއުޅެނީ.މަގޭ ބަނޑުގަ މީ ހަމަ ކަލޭގެ ދަރިޔެއް.އަޒާން ގެ ދަރިޔަކަށް މިދަރި ވާނީ ކިހިނެއް.މަ އޭނައާއި އެއްކޮށް އެކަލަހަ ގުޅުމެއް ނުބާވާއިރު.ކަލޭއެއްނޫންތް ބުނީ އޭނައާއި އެކަހަލަ ގުޅޫމެއް ނުބާވައްޗޭ”އީޝާ ކޮށްފައިވާ މެސްޖެއްގައި ވިއެވެ.ދެން އޮޓީ ޑީއެންޢޭ ޓެސްޓުހަދާފައި އޭގެ ނަތީޖާގެ ފޮޓޯ އެކެވެ.”ސުއްބުހާނަﷲ.މަ ހިޔެއް ނުކުރަން ތިވަރުގެ އަންހެނެން ކަމަކަށް އެއީ.އެހެން ނޫނަސް ނައި ގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެއްނު.”ނާއިން ފުންނޭވާަަައެއް ދޫކޮށްލަމުން ބުނެލިއެވެ.”ޔެސް ނެތް އެކަމު ހިތް ބުނަނީ މިމީހުންގެ އަތެއް ވާނެކަމަށް.މާދަން އަޒާން އާި ބައްދަލުކޮށް މިވާހަކަ ދައްކަނަ ނިންމާފަ އޮންނާނީ.އެއީ މިކަމަކީ އޭނައަށް ސިއްރުކުރާ ވަރުގެ ކަމެއްނޫން.ނާނު މަށަށް ކޮށްދޭންވި ކަމަކީ އެޝިޔާން އެއް އުޅޭ ތަނެއްހ ހޯދަދޭންވީ.”އެންމެ ފަހަށް ރާއިން އޭނަ ރާވާފައިވާ ގޮއް ބުނެލިއެވެ.”އާން.މަށަކަށްވެސް ނުފެނެ މިކަން އޭނައާއި ސިއްރު ކުރާކަށް.މާދަން ޑިއުޓީ އަށް ނުކުމެފަ ތިކަން ނިންމާލާނަން.މިހާރު ދެން އަރާމުކޮށްލަނަ ދޭ”ނާއިން ތެދުވެގެން ދަމުން ރާއިން ކޮޑުގައި ޖަހާލަމުން ބުނެލިއެވެ،ރާއިނވެސް ތައްދުގައި ހިނިތުންވުމެއް ރައްދުކޮށް ކޮޓާރިއަށް ވަނެވެ.
މަޑުމަޑުން ލޯ ހުޅޫވާލެވުމާއެކު އެއަންހެންކުއްޖާ ވަށައިގެން މީހަކު ފެންނަން ހުރިތޯ ބަލާލިއެވެ.”މަމިހުރީ.ކަލޭ ހީކުރީ މަދިޔައީ ކަމަށްތަ؟ހަހަހަހަަހ.ކަލޭ ދޫކޮށްލާފައެއް ނުދެވޭނެއެއްނު ނޫނީ ބޮސް ރުޅި އަންނާނީ މަދެކެ!ކަލޭ ދެކެ ރުޅި އަންނަ ނަމައެއްނު ކަލޭ ބަހައްޓާފަ ދާނީ”އެ އަންހެންކުއްޖާގެ ކޮލުގައި ހިފާވާން ކޮށްލަމުން އެ ފިރިހެންމީހާ ބުނެލިއެވެ.އެއަންހެން ކުއްޖާގެ ދެފައި ގޮޑީގެ ކޮންމެ ފަޔެއްގައި އައްސައިފައިވާއިރު އަތްވެސް ވަނީ ހަމައެފަދައިން އައްސާލެވިފައެވެ.މުޅި ކުއްޖާގެ ހަށިގަނޑުގެ އެތައްތަނެއް ނޫފާގަނެފައިވާއިރު އެތައްމިތާގައި އަލިފާން ޖައްސާފައިވާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ.”މިހުރީ ކާއެއްޗެހި…ނުކަންޔާހުރޭ މަށަށް ވަރިހަމަ”އަށްސާފައިވާ އަތްމޮހެލުމުން މޫނު މަތީގައި އަތްއަޅައި ފޮރުވާލިއެވެ.އެއަންހެންކުއްޖާ ކާން ނުފެށުމުން އައި ރުޅީގައި ކައިރީގައި ރޯކޮށްފައި ހުރި އަލިފާންތަކުގެ ތެރެއަށް އަތަށް ހެޔޮވަރު ދަނގަޑު ގަނޑެއް ނަގައި ހޫނުކޮށްލުމަށްފަހު އެއަންހެންކުއްޖާގެ ގައިގައި ޖައްސަން ފެށިއެވެ.އިސާހިތަކު ވަގުތުން މުޅި ކޮޓަރީގެ ތެރޭގައި އެއަންހެންކުއްޖާގެ ވޭނީ ރުއިމުގެ އަޑު ގުގުމާލިއެވެ.
ނުނިމޭ……..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Hey naberrr
Wow maasha Allah vrh reethi mi part.. alheyy kon anhen kujehba eiii.. I’m soo curious about what’s gonna happen next.. waiting curiously for the next part..
Tc lyssmm💜
hey MAASH
thanks i am really happy to geta comment from you to my story lets see dhw eii kon kuhjjeh thw
you too take care n love you mre
Masha allah mi part vs vrh reethi
Eiii naira tha???
Ekm kaaku ekahala kmh kuraany?
Curiously waiting.. when next??
Tc lyy❤️
hey ANAA
thanks for your cute comment
lets see dhw eii naira thww n kaaku thw ehn kanthah e kurani
next part saturday ah vaarah libeyne insha allah
you too take care n love u more n more