Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(18)

naberr
naberr Level 210 Stories100 Login
June 9, 2025 2 Mins Read
0 Comments

އެލާމްގެ ރިންގާއެކު ރާއިން ތެދުވެ ނާއިންމެންނަށް ނަމާދަށް ދިޔުމަށް ގޮވާލިއެވެ.ރާއިންމެން ނިދީ ކޮޓަރީގައި ކަމުން މާއިންމެން ނިދީ ސިޓިންގރޫމޮގައެވެ.ކޮޓަރި ތަޅުލާފައި ހުރުމުގެ ސަބަބުން މިސްކިތަށް ގޮސް ވުޞޫކުރަން ނިންމައި އެއްމެން އެއްކޮށް މިސްކިތަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

ނަމާދުކޮށް މިނިގެން ރާއިންމެން ކައިރި ކެފޭ އަކަށް ވަދެ ކޮފީ ބޮއިގެން ރީނާ އެޕާޓްމެންޓަސް މިސްރާބު ޖެހިއެވެ.”ކޮބާ ނައި”ރާއިންމެން ގެޔަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ރީނާ ސުވާލުކޮށްލިއެވެ.”ކިހިނެއް އަހަރުންނަށް އެނގެނީ؟ ނަމާދުކޮށްގެން އަދިކިރިޔާ މިޔައީ.ތި އެއްމެން އެއްކޮށް ރޫމަށް ވެސް ވަނީ. އޭނގެ ފަހުން ތިއިން އެކަކުވެސް ނުނިކުމެ”ނާއިން ބުނެލިއެވެ.”އަޖައިބެއް ކަހަލަކަމެއްނު މިދެން.އަދި ރަނގަޅަށް އިރުވެސް ނާރަ”ރިފާމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ މާޔޫސް ކަމެވެ.ނައިރާ އަކީ ތާކަށް ދާއިރު އެއްވެސް މީހެއް ކައިރި ނުބުނެދާ ކުއްޖަކަށް ނުވުމުން އެންމެންގެ ހިތުގައިވެސް ބިރުވެރިކަން ވިއެވެ.

ނައިރާގެ ހަބަރު ނޫރާ އަށް ލިބުމާއެކު އަބުރައިގެން ވެއްޓުނެވެ.ނައިރާ ހޯދުމުގެ ކަންކަމުގައި ރާއިން އުޅުމުގެ ސަބަބުން އުނދަގޫ ކުރަން ނަހަދައި ނޫރާ ހޮސްޕިޓަލަށް ގެންދިޔުމަށް އަަވަސްވެގަތެވެ.”ކުއްލި އަކަށް އެކަހަލަ ހަބަރެއް ލިބުނީމަ ކުއްލި އަކަށް އަބުރައިގަތީ. އަނެއްހެން އެއްވެސް ކަމެއްނެތް.3 ގަޑިއިރު މިކޮޅުގަ ބާއްވާލާފަ ރަނގަޅު ކަމަށަ ވާނަމަ ދޫކޮށްލެވޭނެ.”ނާއިން ކޮޑުގައި ޖަހާލުމަށްފަހު ޑޮކްޓަރ ދިޔައެވެ.ޑޮކްޓަރު ނުކުމެގެން ދިޔުމުން ނޫޜާ އަތުގައި ހިފައި ނިއްކުރީގައި ޖައްސާއިލުމާއެކު ނާއިންގެ ލޮލުން ކަރުމަތައް އޮހިގަތެވެ.ނައިރާ އާއި ދިމާލަށް ކިތަންމެ އެއްޗެއްސެއް އުނދަގުލެއް ކުރިކަމުގައިވިޔަސް އަމިއްލަ ފުރާނަ އަށްވުރެ ނައިރާ ދެކެ ލޯބިވެއެވެ.

މުޅި ހަބަރުގައި މަޝްޙޫރު ނޫސްވެރިޔާ އައިމިނަތު ނައިރާ ގެއްލިގެން ހޯދަމުންދާ ވާހަކަ ލިޔެވިގެން ދިޔައެވެ.އިޝާ ނަމާދަށްފަހު ކެއުން ތައްޔާރު ކުރުމަށްފަހު ނޫރާ ބަލަން ދިޔުމަށް ރިފާ ކޮޓާރިއަށް ދިޔައެވެ.ދޮރު ހުޅުވާލުމާއެކު ފެނުނުމަންޒަރުން ރިފާ ގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.ނޫރާ އާއި ނައިރާ އާއި އެއްކޮށް ނަގާފައިވާ ފޮޓޮއަކަށްބަލަމުން އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ.”ދަރިފުޅާ ކީއްވެ؟ބައްޕަ މަމްމަ އާއި ދަރިފުޅުމެން ދޫކޮށްލާފައި ދިޔަގަތައް ދަރިފުޅުވެސް ދިޔައީތަ؟ދަރިފުޅާ ނުލާ މަންމަ ކިހިނެއް ދިރިއުޅޭނީ؟ގޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ދަރިފުޅުގެ ހަނދާންތައް މި މަމްމަގެ ސިކުނޑީގައި ވަށާލާ! ދަރިފުޅަށް އެނގޭތަ.މަންމަ ތައްޔާރު ކުރީ ވެސް ދަރިފުޅަށް އެންމެ ކަމުދާ ކުޅި މަސް.ދެން ކީއްވެ”ނޫރާގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ.”ދައްތާ ހިތަވަރު ކުރަންވާނެ. ދައްތަ ތިހެން ހިތްވަރު އެލުވާލައިގެން ކިހިނެއް ނައި ހޯދާނީ؟ހިތްވަރު ކުރަންވާނެ.ހިނގާ ކޮންެވެސް އެއްޗެއް ކާލަން”ނޫރާ ގައިގައި ލަށްކޮށްލައިގެން ކެއުމަށް އިންސާފު ކުރުމަށް ދިޔައެވެ.

6 މަސް ފަސް******

އުޑު މައްޗަށް ވެރިވެފައިވާ ހަނދުގެ އަލިކަން ފަނޑުވެ މުޅި އުޑުމަތި ކަޅުވިލާތަކުން ބަނަކޮށްލިއެވެ. މުޅި ދުނިޔެއަށް ކަޅުފޮއިވެރިކަންވެރިވެ ވައިރޯޅި ބާރިވަމުންދިޔައެވެ.ހަނދުމެތުމުގެ ފަޅުކަން މުޅި ދުމިޔެއަށ ކޮށްފައިވާ ކަހަލައެވެ..އުޑުގައި ތަރިތައް ކިތަންމެ ގިނަ ނަމަވެސް މުޅި ދުނިޔެއިން ހަނދުގެ ފަޅުކަން ފިލުވާލާނެހާ އަލިކަމެއް އެ ކުޑަ ތަރިތެކަށް ލިބިފައެއް ނުވެއެވެ.

ރަސްފަންނު ގައި އިށީދެލައިގެން ހުރި ޒުވާނާ އަށް އކިއެކި މީހުންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވާރޭގެ ތިކިތަކުް ސަލާމަތް ވުމަށް މީހުން ހިޔަލަށް ދިޔުމަށް އަވަސްވެ ގަންނަމުން ދިޔަ ނަމަވެސް އެޒުވާނާ ހިޔަލަށް ދިޔުމުގެ ހިޔާލު ކުރާހެނެއް ބަލާލާފައެއް ހިޔެއްނުވެއެވެ.ވާޭ ބޯ ކޮށްލުމާއެކު ހުރިތަނުން ތެދުވެ އުޑު މައްޗަށް ނަޒަރު ހިންގާލުމަށްފަހު ލޯ މަރައި ދެއަތް ފުޅާ ކޮށްލިއެވެ.

ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 36 & 37

Next

ޒެވިއަން 38

Next
June 10, 2025

ޒެވިއަން 38

Previews
June 9, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 36 & 37



All Right Reserved!