Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(17)

naberr
naberr Level 210 Stories100 Login
June 2, 2025 3 Mins Read
2 Comments

“ރީން….އިށީންދެބަލަ މިތާ…” ވާތްފަޅީގައި ހުރި ގޮޑި ދައްކާލަމުން  ރާއިން ބުނެލިއެވެ.ނައިރާގެ ލޮލަށް ޖަމާވެފަ ހުރި ކަރުނަަތައް ފެނުމުން ރާއިން ގެ ހިތައް ގޮތެއްވެލިއެވެ. މޭޒުދަށުގައި އޮތް ނައިރާގެ އަތުގައި ހިފާލަމުން މޭޒުމައްޗަށް ނަގައި ރީނާ އާއި ދިމާލަށް ބަލާލިއެވެ.”މީ ނައިރާ….މައި ސުން ޓު ބީ ވައިފް އެން އިރާ މިޔަކީ ރީނާ ކޮއްކޮ…..ތި އެންމެންގެ ހިތުގަވެސް މިހާރު އޮންނާނެ ސުވާލަކީ ކީއްވެހޭ މިތާގަ ރީން މަސައްކަތް ކުރަނީ އެ ސުވާލުގެ ޖަވާބު ދޭނީ ރީން އަމިއްލަ އަށް.އެއީ ހުދު އަހަންނަށް ވެސް އެނގޭ ކަމަކަށް ނުވާތި”ވަކިވަކިން ކޮންމެ މީހަކަށް ނަޒަރެއް ދެމުން ރާއިން ބުނެލިއެވެ.”އެއީ ތެދެއް ތިއްތި އަކަށް ނޭނގޭނެ އަހަރެން ހުރި މާލޭގަ ކަމެއް.އަދި މަސައްކަތް ކުރަނީ މިތާނގަ ކަމެއްވެސް.ފުރަތަމަ ތިހުރިހާ އެއްމެންގެ ކިބައިން ރީން މާފަށް އެދެން. އޭ ލެވެލް ހެދިއިރު ރީން އުޅުނީ ކުއްޖަކާ ރައްޓެހި ވެގެން.މަންމަ އަށް ރީން ލިބުނު ތަނާހެން ބައްޕަ ނިޔާވީ،އޭނގެ ފަހުން ތިއްތި އާއި ރީން ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރަހަމަ އަށް ކޮށްދެވޭތޯ އަބަދުވެސް ބަލާނެ. ތިއްތި ގްރޭޑް 10 ގަ ރީން ގްރޭޑް 8 ގަ އުޅެނިކޮށް މަންމަ ނިޔާވީ ލޭގެ ކެންސަރުގަ. އޭނގެ ފަހުން ތިއްތި ހުރިހަ ކަމެއް ކޮށްދޭނީ…ތިއްތި އަކަށް ނޭނގޭނެ ކުއްޖަާ ރައްޓެހި ވެގެން ކަމެއް ރިން އުޅުނީ.ރީން ގެ ވާހަކަ ފޮތު ތެރޭގަ އޮތް ނޯޓް ކޮޅެއް އޭގެއިން އެނގުނީ.ހިތްހަމަ ނުޖެހިފަ ހުރީ.ފަހުން ބުނި މައްސަލަ އެއް ނެތޭ. އޭ ލެވެލް ނިންމާފަ އޭނަ ބޭނުންވީ މެރީ ކުރަން.18 ވީރަށް މެރީ ކުރި.އައްޑޫ ގަ އުޅުނީ.ފުރަތަމަ ކޮޅު އޭނަ މަންމަމެން ވަރަށް ރަގަނޅު.ފަހުންފަހުން އައިއްސަ އަބަދުވެސް އެއްޗެހި ކިޔުމުގަ.މާއިދު ކިޔާނީ އޭނަ ފަހުން އައިއްސަ ފެށީ އަތް އިސްކުރަން.މިވޭނުގަ މި ހުރިހާ ދުވަހު މިއުޅުނީ….ބަރާބަރަށް ތިއްތި ގުޅާނެ.އެކަމަކު އެއްވެސް ކަމެއް ހިއްސާއެއް ނުކުރަން.އެއީ އިނގޭ ވަގުތުން މާލެ އަންނަން އަންގާނެކަން.ވަރަށް ބެލިން ވިސްނައިދީގެން އެއްކޮށް އުޅެން މަސައްކަތް ކުރަން އެއިން ކޮންމެ ފަހަރަކު ރީންއަށް ކުރިމަތިލާން ޖެހޭނީ އޭނަގެ ވިހަގަދަ ބަސްތަކާއި ކުރިމަތިލާން އަނިޔާތަކާއި ކުރިމަތިލާން.  އަދި މާ ގިނަދުވަހެއް ވެސް ނުވެ މިކޮޅުގަ 1 މަސް މިވީ…ހުރިހާ ކަމެއް ވެސް ރަނގަޅު މިހާރު އެކުވެރި އެއް މެދުވެރިކޮށް މައްސަލަ ޖައްސައިގެން އެކަންވެސް ނިމިއްޖެ.ނައިގެ ވާހަކަ ގުޅާ ކޮންމެ ފަހަރަކު ކިޔާނެ.ވަރަށް ލޯބި ފަހަރި އެކޯ.އެކަމު ހަމަ އެހާ ވަރަށް ރުޅީ ވެސް އަންނާނެއޯ ކިޔައިގެން ވަރަށް ވާހަކަ ދައްކާ ކޮންމެއަކަސް”ހިނިގަނޑެއް ޖަހައިލަމުން ރީނާ ބުނެލިއެވެ.ނައިރާގެ މޫނު ރަތް ވެގެން ދިޔަ މަންޒަރު ފެނުމުން އެންމެން އެއްކޮށް ހިނިގަނޑެއް ޖަހާލިއެވެ.”އައިމް ސޮރީ ރީން ރާއި ކިޔާނެ ރީންެ ވާހަކަ އެކަމު މުކޮޅުގަ ހުރިކަމެއް ނޭނގެ.މިޔަދުން ފެށިގެން ރީން ވެސް ހުންނާނީ ނައިމެން ގޭގަ އިނގޭ.އެއްވެސް އެކްސްކިއުޒް އެއް ނުލިބޭނެ ކިތައްމެ ވަރަކަށް ރާއި އާއި ދިމާލަށް ބެލިޔަސް” ހަމަޖެހިލަމުން ނައިރާ ބުނެލިއެވެ.  ރިފާ އާއި ނާއިން ދެމީހުން ނުބައި ގޮތަކަށް ހީކުރެވުމުން މާފަށް އެދުނެވެ.”އެއީ އެހާވަރުގެ ކަމެން ނޫން އަހަރުން ނަމަވެސް ވާނީ ހަމަތިހެން.”ނާއިން ކޮޑުގައި ޖަހާލަމުން ރާއިން ބުނެލިއެވެ.

ކައި ނިމިގެން އެންމެން އެއްކޮށް ދިޔައީ ރީނާ ކުއްޔަށް ނަގައިގެން އުޅޭ އެޕާޓްމެންޓް އަށެވެ.ނައިރާމެން ގެޔަށް ބަދަލު ވާން ތައްޔާރުވަމުން ދިޔަ ރީނާ އަށް އަތްގާތްކޮށްދެން ނައިރާ އާއި ރިފާއުޅުނެވެ.ރާއިން އާއި ނާއިން ދެމީހުން ވެގެން ދިޔައީ ނައިރާމެންގެ ލަސްކަމާމެދު ޝަކުވާ ކުރަމުންނެވެ.”އަޖަިބެއްނުވާނެތަ މީހަކު އަޅެފަހެ.ނާނުމެން މިކަހަލަ ކަމެއް ކުރަން ފެށީމަ އެނގޭނީ.އެހެންނޫނަސް އެއްކޮށް ހަމަޖެހިފަ ބަދަލުވާންވީމަ ލަސްވާނެ ދޯ އަދި އެވެސް މިރެއިން މިރެޔަށް،”ރިފާ ހުރީ ނާއިން ދެކެ ހިތްހަމަ ނުޖެހިފައެވެ.ރިފާ ދައްކާ ކޮންނެ ވާހަކަ އަކަށް އެއްބަށް ވަމުންދިޔަ ނައިރާ ފޯނަށް ނޫރާ ގުޅޫމުން ބެލަކަންޏަށް ނުކުތެވެ.”ދަރިފުޅާ.ކޮންތާކު ތިހުރީ މަންމަ ހާދަ ވަރަކަށް ދޮނެްބެ ފޯމަށް ގުޅާއިފީމޭ.ނުނަނގަ ފޯނެއް އެއްގޮތަކަށްވެސް.”ނޫރާގެ އަޑު ޖެހުމާއެކު ނޫރާ ހާސްވެފަ ހުރިވަރު ނައިރާއަށް އެނގުނެވެ.”މަންމާ ހަމަކޖެހިލާބަ ފުންކޮށް ދެތިން ނޭވާ އެއްލާފަ.ނައިމެން މިތިބީ ރީނާ އެޕާޓްމެންޓް ގަ.ފޯނު ސައިލެންޓަށް ލާފަ އޮތްކަނަށްވާނީ ދޮންބެ.ނައި އަށް އެންމެ ފުރަތަމަވެސް ގުޅިނަމަ.އޭނައަށް ނުވާނެ މީހަކު މަަރުވެގެން ވެސް އޭނައަށް ގުޅަން ހެޔޮނުވާނެ”ނައިރާ އެންމެ ފަހު ޖުމްލަ ބުނެލީ ހިތްހަމަ ނުޖެހިފައެވެ.ލޯބިވާ ކުދިންކޮޅު ހުރީ ހެޔޮހާލުގައިކަން އެނގުމުން ނޫރާ އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.”ދަރިފުޅާ ކޮން ރީނާއެއްގެ ވާހަކަ އެއް ތިބުނީ”ނޫރާ ސުވާލު ކޮށްލިއެވެ.ނައިރާ ކުރުގޮތަކަށް ރީނާގެ ވާހަކަ ކިޔާދިނެވެ.”ނަސީބެއް އެކަހަލަ މީހެއްގެ ކައިރިން އެފަކީރު ސަލާމަތްވިކަން.އަލްހަމްދުލިލާޙް. ނިރޭ ދެން ތިކޮޅުގަ ނިދާލާ ދަރިފުޅުމެން މިހާރު ވަރަށް ދަންވެފަ އެހުރީވެސް. ހެނދުމު އާދޭ އޭރަށް މަންމަ ސައިވެސް ތައްޔާރު ކޮށްލާފަ ބަހައްޓާނަން.ނައިރާ އެންމެ ރަނގަޅު ކަމަށް ބުނެ ފޯނު ބޭއްވިއެވެ

“ނާނު މަ ބުނާކަށް ނެތް ވާހަކައެއް.ހަމަ ރަނގަޅަށްވެސް މިމީހުން މީ ތަތްބައެއް.ކަލޭނޭ ނައިރާ ގޮވައިގެން ހަވީރު ދުއްވާލަން ދިޔަ ދުވަހުވެސް 7 ހެދުން ލި ހަރާމުން ހަރާން އެއިން އެއް ހެދުމެއްވެސް ކަމުދާ ކަމަކަށް ނުވި.”ނައިރާ ފަހަތުގައި އަޑު އަހަން ހުރިކަން އެނގުން ނަމަ އަނގައިން އެންނެ ބަހެއްވެސް ބޭރު ނުކުރާނެކަން ޔަގީނެވެ.ވާނީސްވެސް އެހެން ނޫންހެއްޔެވެ!”މުހައްމަދު ނާއިން ބަލާބަލަ ކިތައް ފަހަރަށް މައިމީހަ ގުޅާފަ އޮތްތޯ.ކިތައްދުވަހުތަ ބުނީ ފޯނު ސައިލެންޓަށް ނުލާށޭ.މީޙަކު މަރުތަންމަތީގަ އިވެ އެންމެ ފަހުފަރަށް ނާއިނު އާއި ބައްދަލުކުރަން ބޭނުމޭ ބުނާކަށް ނުވާނެ. ދެން ތި ވާހަކަ ދައްކަނީ ލަސްކަމާ ބެހޭގޮތުން ކަލޭމެންވެސް އެންމެ ބޭނުންވާ މީހާ ޢއިއެއްކޮށް ބޭރަށް ދާރު އުޅޭނީ ހަމަ އަންހެނެންހެން.”ނާއިން އާއި ދިމާލަށް ފަތިވަރެއް ގޮވާލިމަށްފަހު ރާއިން އާއި ދިމާލަށް ނައިރާ އެބުރުނެވެ.”އެން ޔޫ….. ވާއު..ނައިރާ އޯ މީގެ ފަހުން އަބަދުވެސް ގޮވަންވާނީ ނައިރާ ކިޔާފަ…އިތުރު ނަމަކުން ގޮވައިފިއްޔާ މިއަތުގެ ހޫނުކަން ދައްކާލާނަން.އަދި އެއް ވާހަކަ މަންމަބުނީ މިރޭ މިކޮޅޫގަ ނިދާފަ ހެނދުނު އައްނާށޭ.ތިއެންމެންގެ އޮފީހަށް ގުޅާފަ މާދަން އޮފް އަކަށް ހަދާފަ އިންނާނީ..ރާއިން އަކަށް ނުނަގަން” ނައިރާ ބުނެލިއެވެ. އެންމެންވެސް ނައިރާ ގާތަށް އައިއްސް ހުރި ރުޅިފެނުމުން އެއްޗެއް ބުނާކަށް ނުކެރުނެވެ.ޙާއްސަކޮށް ރާއިން އަށެވެ.

ބެލްކަނީގައި ހުރެ ޓިކްޓޮކު ބަލަމުން ދިޔަ ނައިރާ މަޑުމަޑުން ސިޓިންރޫމު ތެރެއަށް ވަނެވެ.އަރާމުކޮށް ނިދާފައި އޮތް ރާއިން ފެނުމުން ނައިރާ ގާތަށް އިތުރަށް ރުޅި އަންނަ ގޮތްވިއެވެ.ރީނާ ރީތިވާ ތަކެތީގެ ތެރެއިން ވޫލު ކޮޅެއް ނަގައި ބޮލުގައި އައްސާލިއެވެ.ފޯނު ހިފައިގެން މަޑުމަޑުން ގެއިން ނުކުތީ ކައިރި ފިހާރަ އަކުން އައިސްކޮރީމް ގަތުމަށެވެ.ނައިރާގެ ރުޅި ފިނިވާނެ ހަމައެކަނި ގޮތަކީ އެއީ އެވެ. ކައިރި ފިހާރައަކަށް ވަދެ އައިސްކްރީމް ގަނެގެން ގެޔަށް މިސްރާބު ޖެހިއެވެ.ގެޔަށް ވަނުމަށް ތަޅުގައި ހިފިވަގުތު ފަހަތުން މީހަކު ނައިރާ މޫނުމަތީ އަތް އަޅައިގެން ކާރަކަށް އެރުވިއެވެ.

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ޒެވިއަން 31

Next

ހިތް އެދެ ޔާރާ ތިއޭ – 13

Next
June 3, 2025

ހިތް އެދެ ޔާރާ ތިއޭ – 13

Previews
June 2, 2025

ޒެވިއަން 31

2 Comments!

  1. leeshaa says:
    June 3, 2025 at 9:21 am

    Mi part vx vrh reethi Masha Allah sis 💗
    reen haadha haalehga ey dhw e ulhunee
    boys never understand 😭😭😭
    nai haadha rulhi gadha ey
    nai ah dhera gotheh nahadhahchey
    luv yu so muchhhhhhh naberrr 😘😘😘

    1. naberr naberr says:
      June 3, 2025 at 3:24 pm

      thank leesh
      yhh naseebehnu reen salaamaiy viakn dhw
      haan keehkuraani mhr ulhey boys ge haalathu
      nai ge rulhi gadun ehves meehakah ehcheh bunan ves nukrenun hahaha but eii dhn dhera vgn kiyunu ehchehi kmh balani mi nabaa dhn lets see nai ah vaa goiy ves dhw
      LOVE U TOO LEESH EHMMEN AH VRH SALAAM NABAA GE FARAATHUN

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ(18)←


All Right Reserved!