Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ………14

މާޒީއިން ޔޫލީއަށް ބޭރުވެވުނީ އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުންނެވެ.އިންބޮކްސް ހުޅުވާލުމާއެކު ޔޫލީގެ އަތް ތުރުތުރު އަޅާއިގެން ދިޔައެވެ.

***********************************************

“އޭ މިހާރު އެއޮއްގެން ބާރަ ޖަހަނީ…އަދިވެސް ޒައިމެން ނާދެ؟؟”ސޯފާގައި އިން ޒައިންގެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ އަސަރުތަކެވެ.”އަނ.ޒައިއަށް ގުޅައިފިން.ފޯންއޮތީ ނިއްވާލާފަ..”ޔަޢީޝް ބުނެލިއެވެ.”ހަލޯ..ޒައި އިބައިންތަ؟”ޒައިން ގުޅީ މާއިޝްއަށެވެ.”ނޫން.ކިހިނެއްވީ ޒައިއަށް.؟”ހާސްކަމާއެކު މާއިޝް އަހާލިއެވެ.”މިއުޅެނީ ޒައިމެން ބޭރަށް ދިޔަގޮތަށް ނައިސްގެން.ގުޅައިވެސްފިން .ޒައިގެ ފޯން އޮތީނިއްވާލާފަ..ޔޫލީއަކަށް ނުއެއް ގުޅެ..”ޒައިން ބުނެލިއެވެ.”ބުރޯ މަޑެއް..މަ އެބަދަން..”މާއިޝް މިހެން ބުނެ ފޯން ކަނޑާލިއެވެ.

“ޒައިނާ އިނީ އަހަރެންގެ ބެލުމުގެ ދަށުގަ..އަމިއްލަ އެކުވެރިޔާ މިހާލަށް ދޫކޮށްލާފަ ތިދިޔައީ…ޒައިނާ ސަލާމަތުން ބޭނުމިއްޔާ އެކަކުކައިރީވެސް މިވާހަކަ ނުބުނާތި..މިތިބީ ފޭސް 3 ގެ ހަދަން ފަށައިފަ ހުރި އިމާރާތެއްގަ.”މެސެޖުގައި އޮތީ މިހެންއެވެ.ޔަޢީޝްއަށް ގުޅަން ޔޫލީގެ ހިތް ބޭނުންވިއެވެ.ތުރުތުރު އަޅާއަތަކުން ޔޫލީ ޔަޢިޝްގެ ނަންބަރަށް ފިތާލިއެވެ.”ހަލޯ..ޔޫލް..ކޮންތާކު؟..ކިހާއިރެއްކަން ވީ އިނގޭތަ.؟”ޔަޢީޝް އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ.”ދޮންބެ…ޒައި…ޒައި…”ޔޫލީއަށް ބުނެވުނީ އެހިސާބަށެވެ.”ޒައިއަށް ކިހިނެއްވީ؟”ހާސްވެފައި ޔަޢީޝް އަހާލިއެވެ.”ހުމެއިދް ޒައި ކިޑްނެޕްކުރީ…”މަޑުމަޑުން ޔޫލީއަށް ބުނެވުނީ އެހިސާބަށެވެ.އަޑުން އަޑު ނަގާ ރޮއި ގަނެވުނު އިރު އެތަށް ފަހަރަކު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.”ނުރޮއެ ބުނެބަ..ކޮންތާކު ތިހުރީ؟؟:ޔަޢީޝް އަހާލިއެވެ.”އާޓިފިޝަލް ބީޗްގަ.”ޔޫލިގެ ޖަވާބު އަޑުއިވުމާއެކު ޔަޢީޝް ފޯނުކަނޑާލިއެވެ.އޭރު ޖަވާބުގެ އިންތިޒާރުގައި ޒައިން އައި މާއިޝް ތިއްބެވެ.

“ކޮންމެސް ހުމެއިދެއް ޒައި ކިޑްނެޕް ކުރީއޯ..”ޔަޢީޝްއަށް ބުނެވުނީ އެވަރަށެވެ.ޒައިން ފުންމައިގެން ސޯފާއިން ތެދުވިއެވެ.”ކީކޭ؟ކިޑްނެޕޭ؟؟ނުވާނެ އެހެނެއް!ޔޫލީ އެހަދަނީ ހުސް ދޮގު..”ޒައިން ހަޅޭއްލަވާގަތެވެ.”ޒޭން..އޭ ބުރޯ ހަމަޖެހިބެއަ..”ޔަޢީޝް އައި ޒައިންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.އޭރު މާއިޝް ހުރީ ހަދަންވީ ކިހިނެއްކަން ނޭނގިފައެވެ.ލޯބިވާ ފަރާތް އިން ހާލެއްވެސް އޭނާއަށް އިނގެނީއެއް ނޫނެވެ.”ޔޫލް އެބައިން ބީޗްގަ.ހިނގާ ދާން..”ޔަޢީޝް ބުނެލިއެވެ.

ޒައިން ބާރުބާރަށް ގޮސް ގަރާޖުން ކާރުނެރުނެވެ.ތިންމީހުން ކާރަށް އަރައި އާޓިފިޝަލްބީޗަށް ދިއުމަށް މިސްރާބު ޖެހިއެވެ.ކާރު އެހިސާބަށް މަޑުކޮށްލުމާއެކު ޔަޢީޝް އަވަހަށް ކާރުންފޭބިއެވެ.ޔަޢީޝް ފެނުމާއިއެކު ޔޫލީ ދުވެފައި އައިސް އޭނާގެ ގައިގައި އޮޅުލާގަތެވެ.”ދޮންބެ…ދިސް…ދިސް އިޒް…އޯލް މައި ފޯލްޓް..އައި ޝުޑް ހޭވް ސްޓޮޕްޑް ޒައި…ކުރިން..އަހަރެންނަށް ބުނެވުނު ނަމަ ޒައި ކައިރީ ހުރިހާ ވާހަކައެއް…ހުމެއިދް އާ ޒައި ފްރެންޑް ވިއަ ނުދެވުންނަމަ……ދޮންބެ..ޔޫލް ދެން ކިހިނެއް ހަދާނީ؟؟”ގިސްލަމުން ޔޫލީ ބުނަމުން ދިޔައެވެ.

“ހަމަޖެހިބަ..ހިނގާ ކާރަށް..ޒައި ވީ ކޮންތާކުކަން އެނގޭތަ؟؟”ޔަޢީޝް އަހާލުމުން ޔޫލީ ހުމެއިދް ކޮށްފައި އިން މެސެޖު ދައްކާލިއެވެ.ކާރަށް އަރައި ޒައިން ގާތު ފޭސް ތްރީއަށް ދާން ބުނުމަށްފަހު ޔޫލީގާތުގައި ވީގޮތް ކިޔައިދިނުމަށް ޔަޢީޝް އެދުނެވެ.ޔޫލީ މާޒީއިން ފެށިގެން ވީހުރިހާކަމެއް އެމީހުނަށް ކިޔައިދިނެވެ.”އައި ނިއު އިޓް.ކުރިންވެސް އައިކާ ރަނގަޅު ނޫންްކަން.ޝީ އެކްޓްސް ވެރީ ސަސް.”ޒައިން ބުނެލިއެވެ.އަދި އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ.ރިލްވާންއާއި އައިކާ މެނާ ގުޅުމެއް ވާކަމަށް ވެސް ޒައިން ބުނެލިއެވެ.މިހުރިހާއިރު މަޑުން އިން މާޢީޝްގެ ސިކުނޑި ހީވަނީ ސުމަކަށް ގޮސްދާނެހެނެވެ.

“މިކަން ކުރަން ޕްލޭންއެއް ބޭނުންވާނެ.”ވަރަށް އިރު އަނގައިން ނުބުނެ އިނދެފައި މާއިޝް ބުނެލިއެވެ.”ހުމެއިދް ބުނެފަ އޭނީ އެކަކު ކައިރީވެސް ބުނެގެން ނުވަނެކަމަށް.އެހެންމަ އަހަރުމެން ނުވަންނާނީ..ޔޫލް ދޭ ފޯން އިން އަހަރުމެނާ ގުޅައިގެން.އޭރުން އެކޮޅުން ދައްކާ ހުރިހާ ވާހަކައެއް ވީ ކޭން ހިއަރ.”މާއިޝް ބުނެލިއެވެ.”އެންމެން މާއިޝްގެ ބަހަށް އެއްބަސް ވިއެވެ.ފޭސް ތިނަކާ ހަމައަށް އާދެވުމުން ޒައިން ކާރު ޕާކުކޮށްލިއެވެ.

ހަތަރުމީހުން ކާރުން ފޭބުމަށްފަހު ޔޫލީ ޔަޢީޝްގެ ފޯނަށް ގުޅާލިއެވެ.އަދި އެނބުރި ކަރުނަވީ ލޮލަކުން ޔަޢިޝްއަށް ބަލާލިއެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނޭކަމަށް ބުނެ ޔަޢީޝް ޔޫލީގެ ބޮލުގައި ފިރުމާލިއެވެ.

“ކޮބާ އެމަންޖެ..ހާދަ ލަހޭ..”އައިކާ އަހާލިއެވެ.”މިހާރު އަންނަން އުޅޭނެ..”ހުމެއިދް ބުނެލިއެވެ.އެވަގުތު ޒައިނާ މަޑުމަޑުން އެސްފަޔަ ޖަހާލިއެވެ.”އޮހް ބޭބް..ޔޫ އަރ އަވޭކް..”ހުމއެިދް ގޮސް ޒައިނާގެ ގާތުގައި ހުއްޓުނެވެ.ޒައިނާ އިނީ އެތާހުރި ގޮނޑިއެއްގައި ބަނދެފައެވެ.މުޅި އެމާހައުލުގައުވެސް ތިބީ އެތިންމީހުނެވެ.”ކޮންތަނެއް މީ؟؟ކީއްކުރަން އަހަރެންނަށް މިހެންހެދީ؟؟”ތުރުތުރު އަޅާއަޑަކުން ޒައިނާ ބުނެލިއެވެ.”ހެހެހެ..ކެއްކޮށްލާ…ހުރިހާ ކަމެއްވެސް އަދި އިނގޭނެ..ވެއިޓް އެން ސީ..”ނުލަފާ ހިނިގަނޑެއް ޖަހާލަމުން އައިކާ އައިސް ޒައިނާގާތުގައި ހުއްޓުނެވެ.”ކޮންކަމެއްތަ އައިކާ ބޭނުންވަނީ..ދެން ހިޝާން..އައި ތޯޓް ތީ ހަމަ ރަނގަޅު އެކުވެރިއެެއް ކަމަށް.ޓާންސް އައުޓް އައި ވޯސް އޯލް ރޯންގް.”ޒައިނާ ރޮމުން ރޮމުން ބުނެލިއެވެ.”އޭމިހިރަ އެއްޗާ..ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް އެއްކަމެއް ވެސް ނުވާނެ.އަދި ބުނަން..މަށަށް ކިޔަނީ ހިޝާންއެއް ނޫން..ހުމެއިދް…ހަހަހަ.ޔަގީން ޔޫލީ ނުކިޔައިދޭ ދޯ؟ހެހެހެ ޑޯންޓް ވޮރީ..”ހުމެއިދް ހެމުން ހެމުން ބުނެލިއެވެ.

“އަހަރެން ދޫކޮށްލާ..އަހަރެން ކީއްތަ ކުރީ ކަލޭމެން ދެމީހުނަށް.؟؟”ޒައިނާ އަހާލިއެވެ.”ކަލޭގެ ކުށަކީ އެޔޫލީގެ އެކުވެރިއަކަށް ވުން.އެނގިއްޖެ.؟އޭނާ މަގޭ ދިރިއުޅުމާ ބެހިފަ އެހެން އުފަލުގަ އުޅެވޭނެކަމަށް ހީކުރީ..ހެހެހެއެހެންވިޔަކަ މަށެއް ނުދޭނަން..”ހުމެއިދް ބުނެލިއެވެ.އެވަގުތު ހުމެއިދްގެ ފޯނު ރިންގް ވާންފެށިއެވެ.ގުޅަނީ ޔޫލީއެވެ.”ހަލޯ..ކޮންތާކު ތިހުރީ..އަހަރެން މިހުރީ ފޭސް ތިނެއްގެ ތިބުނާ އިމާރާތެއް ކައިރީ..”ހުމެއިދް ފޯންނެގުމާއެކު ޔޫލީ ބުނެލި އަޑުއިވުނެވެ.”ހެހެހެ.ކާމް ޑައުން ބޭބީ..ވަދޭ އެތެރެއަށް..”ހުމެއިދް ބުނެލިއެވެ.

މާތްﷲއަށް ވަކީލު ކުރުމަށްފަހު ޔޫލީ އެތެރެއަށް ވަނުމަށް ހިނގާގަތެވެ.އޭރު މުޅިމީހާ ދިޔައީ ތުރުތުރު އަޅާމުންއެވެ.ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.ޔޫލީގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޒައިނާފެނުމުންއެވެ.ގޮނޑިއެއްގައި ބަނދެފައި ވީއިރު މުޅި އިސްތަށިގަނޑު އޮތީ ހޭވިފައެވެ.ޒައިނާ ފެނުމާއެކު ޔޫލީއަށް އެދިމާލަށް ދެވުނެވެ.”ޗިލް ބޭބް.އެހާ ފަސޭހައިން ދުލެއްނުކުރެވޭނެ.އައި ލޮސްޓް ޔޫ އެން ޔޫ ހޭވް ޓު ލޫސް ސަމްވަން ޔޫ ލަވް.”ހުމެއިދް އައިސް ޔޫލީގާތުގައި ހުއްޓުނެވެ.”ހުމެއިދް ކޮންކަމެއްތަ ބޭނުންވަނީ..އޭން؟؟؟”ބިރުން ހުރިނަމަވެސް އަޑަށް ބާރުލާފައި ޔޫލީ ބުނެލިއެވެ.”އަހަރެން ބޭނުމީ ބަދަލް..އިނގޭތަ ކަލެއާ ހެދި މަ ސިނގިރޭޓް ބޭނުންކުރަންފެށީ..އިނގޭތަ އެންމެ ލޯބިވާ މީހުން ގެއްލުނީމަ ވާ އިހުސާސް..ނޭނގޭނެ.އެހެންވެ މިރޭ މިއުޅެނީ އެ އިހުސާސް ކަލޭ ވެސް ތަޖުރިބާކުރިއަދޭން..”ހުމެއިދް ބުނެލިއެވެ.

ފޯނުން އިވެމުން ދިޔަ ވާހަކަ އަޑުވަހަން ހުރި އިރު މާޢިޝްގެ ނިތަށް ދިޔައީ ރޫގިނަވަމުންނެވެ.ދެއަތް މުށްކަވާލައިގެން ހުރިއިރު އޭނާ އައިސްފައި ވާ ރުޅި ހާމަވާން ހުއްޓެވެ.ޒައިންގެ މޫނުމަތީގައިވީ ކަންބޮޑުވުމެވެ.”ނޫން..ޒައި އަށް ގޮތެއް ނަހަދާތި..އަހަރެން ހުއްޓަ ކީއްކުރަން އެހެންމީހުން ތި ބޭނުން ކުރަނީ..އެމީހުން އެމީހުންގެ ލައިފް އުޅުނަ ދީބަލަ..”ޔޫލީ ބުނެލިއެވެ.”ހެހެހެ.ޔޫލީ..އަހަރެން ވެސް އެބަހުރީމޭ..”އިވުނީ އައިކާގެ އަޑެވެ.”މަށަށް އިނގޭ ކަލޭ ޝައިމްދެކެ ލޯބިވާކަން.އެކަމް އަބަދަކު ކަލޭބޭނުންވާ ހުރިހާއެއްޗެއް ލިބޭތަން ބަލާކަށް މަށަކަށް ނުހުރެވޭނެ.އިނގެއެއްނު ދޯ އެކަން..؟”އައިކާ ބުނެލިއެވެ.އިވުނު ވާހަކަ އިން ޔަޢީޝްގެ އަނގަ ހުޅުވިގެން ދިޔައިރު އެއޮށް ސީރިއަސް ވަގުތުގައިވެސް މާއިޝް ކައިރިއަށް އައީ ހިންޏެވެ.

“އައިކާ…ކީއްވެ؟ކީއްވެ ތިހެން ތިކިޔަނީ..ކާމިޔާބަކީ މަސަތްކަތް ކުރާ ކޮންމެ މީހެއްގެ ހައްޤެއް..ދެން ޝައިމް..ޔެސް!އައި ލަވް ހިމް..އެކަމް ނީންނާނެ އަހަރެން ގަޔާވާކަން އެނގޭނެ އެންމެ ސިގްނަލެއްވެސް ދީފައެއް.ދެން އިނީ ހުމެއިދް..ކޮން ކަމެއްގެ ބަދަލު ދޭން ތިއުޅެނީ؟އަހަރެން ހުމެއިދް ދޫކޮށްލީތީ ނަމަ ބުނެލަން އޮތީ ކަން ވީ ގޮތް މީނދަ ގޮތްކުޑަ އަންހެނާ ކައިރީ އަހާށޭ!އަހަރެން ހުމެއިދް ދޫކޮށްލީ ކޮންމެހެން ބޭނުންވެގެނެއް ނޫން..އާނ!އަހަރެން ހުމެއިދް ދެކެ ލޯބިވިން.އެކަމް އެވާހަކަ ބުނުމުން އައިކާ ހިތްހަމައެއް ނުޖެހުނު..އެހެންވެ އަހަރެން ބުނީ އެއީ މަޖަލަކަށޭ..ދެން އައިކާ ބުނީ އައިކާ ކަލޭދެކެ ގަޔާވެޔޭ..އަހަރުމެންގެ އެކުވެރިކަން ނިމިގެންދިޔައީރަށް އަހަރެން ހުމއިދް ދޫކޮށްލީ..އައިކާއަށްޓަކައި.އެކަމް….އެކަމް މިއަދު އޭގެއިން މަށަށް ވީ އެއްވެސް ފައިދާއެއް ނެތް.”ޔޫލީގެ ވާހަކަ ނިމުނު އިރު ހުމެއިދް ހުރީ ހުއްޓުން އަރައިފައެވެ.މިއޮށް ހުރިހާ ދުވަހު ޔުލީގެ ކިބައިން ބަދަލު ހިފަން އުޅެވުނީތީ އޭނާ ދެރަވިއެވެ.މުޅި މާހައުލު ހީމޭންވެގެން ދިޔައިރު އައިކާ ދެން ކޮށްލި ކަމަކުން ހުމެއިދްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ކައިރީގައި އޮތް ދަގަނޑު ބުރި ނަގާ އައިކާ މަޅާލީ ސީދާ ޔޫލީގެ ބޮލާ އަމާޒުކޮށެވެ.ނަމަވެސް ކަންތައްވެގެން ދިޔައީ މުޅިން އިނދިކޮޅަށެވެ.ޔޫލީގެ ވާހަކަ އަޑުއަހަން ހުމެއިދް އާއި އައިކާ ތިބި ވަގުތު ބަލައި ޒައިނާ އަމިއްލައަށް އޭނާ އައްސައިފައި އިން ވާގަނޑު މޮހެލިއެވެ.އަދި އައިކާ ޔޫލީއާއި ދިމާލަށް ދަގަނޑުބުރި މަޅާލިވަގުތު އައިސް ޔޫލީ ކޮއްޕާލައިފައި އެދެމެދަށް ވަދެގަތެވެ.

ފޯނުން އިވިގެން ދިޔަ ޒައިނާގެ ހަޅޭއްކުގެ އަޑާއި އެކު ކޮންމެސް ކަމެއް ނުބައިވެއްޖެ ކަމުގެ ސިގްނަލް ޒައިންމެނަށް ލިބުނެވެ.ދުވެފައި ގޮސް ތިންމީހުން އިމާރާތުގެ ތެރެއަށް ވަތް އިރު ފެނުނު މަންޒަރުން ތިން މީހުންނަށްވެސް ހުއްޓެެން މަޖުބޫރުވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. leeshaa

    heyy girloooo
    mi part vx vrh reethi Masha Allah 💗
    so many surprises dhw mi part ga
    btw yaan bunee mi ulhenee pass handhaan nethigenno handhaan v ma cmmnt eh kohllaanamo
    when next part?
    luv yu sissy 😘😘😘

    1. DevilQueen
      leeshaa

      THNKYU SO MUCHH DEAR☺️
      HEHEHE OKAY TELL MY REGARDS TO HIM🤗
      IN’SHA ALLAH V AVAHAH NXT PART NEREDHEYNAN
      BTW NEITHA PRVT KOH TALK KOHLEVEYNE GOTHEH?
      LUV YU MORE GURRL 😘😘

  2. leeshaa

    sis test nimuneema burihaa kameh vx kureveynee 😭😭😭
    but dhn neii maa gina dhuvaheh

    1. DevilQueen
      leeshaa

      HEHEHE OKAY
      WILL WAIT
      GOODLUCK YU AH VES TEST AH😊

  3. yaan

    adhi Kiriyaa cmmnt kohllevey varu mi v
    mi part vx vrh reethi Masha Allah ❤️
    aika haadha goahey dhw
    humaidhu ah visnuneebaa??
    maaish zaina ah takai konme fadha kameh vx kohffaane dhw hehe
    take care love ❤️
    vrh loabiveyyyy 😘

    1. DevilQueen
      yaan

      HAHAHA THNKYU YAAN🥰
      IKRR
      HUMAIDH AH V GOI BALAMAA DHW
      YUPP HE WILL😊
      TAKE CARE OF UR SELF TOO🥰
      STILL WAITING TO KNOW WHO YU R😅😅
      LOABIVEY BODUKOH😘🥰

  4. aanaa

    Masha allah mi vhkk vss vrhhh reethiii…ehn part thakuga cmmnt nukohlevunas baraabarah kiyan…ehn parttss thahh vs vrhh reethii…vrh inthizaar koh hurefa miadhu kiyaalan mi libunyyy…next partt thankolheh avahah submit kohla dhehchey..curiously waiting …when next???❤

    1. DevilQueen
      aanaa

      THANKYU AANAA😊
      VV HAPPY VEHJE CMMNT NUKURIYAS VHK KIYAAKAN ENGUNEEMA
      HEHEHE YESS I WILL TRY NXT PART MIADHU SUBMIT KOHLEVEYTHO

Comments are closed.