ވާނަމޭ އުމުރަށް އެކީ ޖާނާ…………….13
“އޭ ކޮބާ؟ނުނިމޭތަ؟”ގަޔަށް ސެންޓުކޮޅެއް ބުރުވާލަމުން ބުނެލިއެވެ.”ނޫން މިނިމުނީ..”ހަމަހިމޭން ކަމާއެކީ ޔޫލީ ބުނެލިއެވެ.”އޯކޭ.ހިނގާ ދާން..”ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން ޔޫލީ ބުނެލިއެވެ.އެހެންނަމަވެސް އޭނާގެ ހިތުގައި މިރޭ ކަމެއް ވާން އުޅޭކަމުގެ ސިގުނަލް އަޅަމުން ދިޔައެވެ.ބާރުބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތަށް ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެކަމަށް ވިސްނައިދެމުން ޔޫލީގޮސް ޒައިނާ ފަހަތުން ކޮޓަރިން ނުކުތެވެ.
“އަނހަ..ދެމީހުން މާ ފަރިވެގެން ކޮންތާކަށް؟؟”ސޯފާގައި އިން ޒައިންއަށް ޒައިނާއާއި ޔޫލީ ފެނުމުން އަހާލިއެވެ.”ބޭރަށް…”ޒައިނާ ޖަވާބުދިނެެވެ.”މަންމައާ ބައްޕަ ރަށުގަ ނެތީމަ ހާދަ ފްރީއޭ ކުދިން ކުދިން…ދޯ ޔަޢިއްޓޭ..”ސިޑިން ފައިބައިގެން އައި ޔަޢީޝްއަށް ދޯދެމުން ޒައިން ބުނެލިއެވެ.”ހޫން..ދޮންބެ މަރަނގަޅެއް ނޫނޭ ތިހެން ކިޔާކަށް.”ހަރުގަނޑުން ބޫޓު ނަގައި އަރަމުން ޒައިނާ ބުނެލިއެވ.އަދި ޒައިންމެނަށް ހަނާ އަޅާލަމުން ދާން ނުކުތެވެ.
ޒައިނާމެން ނުކުމޭތޯ ބަލަބަލާ ހުރި އައިކާގެ ލޮލުގައި ދޮރޯށި ހުޅުވާފައި ނުކުތް ޒައިނާއާއި ޔޫލީ އަޅައިގަންނަން ހިނދުކޮޅެއް ވެސް ނުނެގިއެވެ.”’ކޮބާ އެމީހުން ނުކުމެއްޖެ..!”ކަންފަތުގައި ޖަހާފައި އިން އިއަރ ޕޮޑުގައި އަތް ޖައްސާލަމުން އައިކާ ބުނެލިއެވެ.”އެންމެ ރަނގަޅު..ފަހަތުން ދޭ..މަ އެބަ ގުޅަން ޒައިނާއަށް.”އެކޮޅުން ވާހަކަ ދެއްކީ ހުމެއިދެވެ.
“ސިމްފަނީ”ރެސްޓޯރެންޓްއަށް ދިއުމަށް ހިނގާގަތް ޒައިނާއަށް ހުއްޓެން މަޖުބޫރު ވީ ފޯނު ރިންގު ވާން ފެށުމުންނެވެ.ގުޅަނީ ހިޝާން ކަމުން ޔޫލީއަށް ސްކްރީން ދައްކާލަމުން ޒައިނާ ފޯނުނެގިއެވެ.”ހޭ..ކިހާ ހިސާބެއްގަ؟”އެކޮޅުން ހިޝާން ބުނެލިއެވެ.ހުރެވުނު ހިސާބުގެ ނަން ބުނެލަމުން ޒައިނާ ފޯނުބޭއްވިއެވެ.ޒައިނާ މެނަށް ރެސްޓޯރެންޓަށް ދެވުނު އިރު ހިޝާން ހުރީ ދޮރުމަތީގައެވެ.”ސޮރީ ލަސްވީމަ…”ޒައިނާ ބުނެލިއެވެ.”އެ އޯކޭ ވާނެ..”މަކަރުވެރި ހިނިތުންވުމެއް ވެރިކޮށްލަމުން ހިޝާން ބުނެލިއެވެ.”ނަމަވެސް އެހިނިތުންވުމުން ޔޫލީގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ.ކަމެއް ވާން އުޅޭކަމުގެ ބިރު ހިތުގަ އުފެދުނެވެ.ދެއަތް ދެއަތާއި ކާއްތާލަމުން ޒައިނާ ގެ ފަހަތުން ޔޫލީ ހިނގާގަތެވެ.
މާމީހުން ގިނަނޫން ނަމަވެސް “ހިޝާން”ގޮސް ވަނީ ވީއައިޕީ ބަޔަށެވެ.ފަނޑު ރަތް ކުލައިގެ އައްޔަކުން މުޅިމާހައުލު ދިއްލާލެވިފައި ވީއިރު ޖައްސާފައި ހުރި އޭސީގެ ފިނިން މީހަ ހީކަރުވާހާވެއެވެ.ކޮންމެ މޭޒެއްގެ މަތީގައި މާކޯންޏެއް ހުރިއިރު ސީލިނގުގައި ބޮޑު ޗާންދަލިއާއެއް ހަރުކޮށްފައި ހުއްޓެވެ.”ވޯހް..”އާޝޯހި ވެފައި ހުރެ ޔޫލީ ބުނެލިއެވެ.”ރީތި ވިއުއެއްދޯ..އަދި މިއަށް ވުރެ ރީތި ވިއު އެއް މިރޭދައްކާލާނަން އިނގޭ..”ޔޫލީއަށް ބަލާލަމުން “ހިޝާން”ހީލިއެވެ.”ހެހެހެ”ގައިން ހީބިހި ނަގައިގެން ދިޔަ ނަމަވެސް އެކަން ނުދައްކަން ޔޫލީ ހީލިއެވެ.އޭރު ޒައިނާ އުޅުނީ ވަށައިގެން ވާ މާހައުލު ސްނެޕް ކުރެވޭތޯއެވެ.
ހުމެއިދުމެން ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރުމަށް ފަހު އައިކާ ރިލްވާނަށް ގުޅާލިއެވެ.”ހުރިހާ ކަމެއް ދާންވާނީ ޕްލޭނާއެއްގޮތަށް…”ހަރުކަށި ކަމާއެކު އައިކާބުނެލުމުން އެކޮޅުން ރިލްވާން ހޫމް އަޅުވާލިއެވެ.
ތިން މީހުން ގޮސް އިށީނީ އެންމެ ކުޑަދޮރާ ކައިރިއަށް އިން މޭޒުގައެވެ.ބޭރުގެ ހަލަބޮލި މާހައުލަށް ނަޒަރު ހިންގާލި ޔޫލީގެ ހިތުގެ ތެޅުން ކައިރީ އިން ޒައިނާއަށް އަޑުނީވޭ ކަމާމެދުވެސް އޭނާއިނީ ޝައްކުވެފައެވެ.އެހާވެސް ބާރަށް ހިތްތެޅެމުން ދިޔައިރު އެމާހައުލު ދޫކޮށްދާން ހާސްފަހަރު ހިތްބުނަމުން ދިޔައެވެ.”އަމްމްމް.އެބަ އަންނަން ވޮޝްރޫމްއަށް ގޮސްލާފަ..”ހަދާނެ ގޮތެއް ނޭނގުމުން ޔުލީ ބުނެލިއެވެ.ޒައިނާ ބޯޖަހާލުމުން ޔޫލީދާންތެދުވިއިރު “ހިޝާން”ގެ ދެލޮލުގައިވީ އަސަރުން އޭނާ ފިއްސާލަފާނެހެން ހީވެއެވެ.އަވަސް ފިޔަވަޅުތަކެއްގައި “ސިމްފަނީ”އިން ނުކުމެ ކާރެއް ހުއްޓުވުމަށް ފަހު އާޓިފިޝަލް ބީޗަށް ދިޔުމަށް ޔުލީ ބުނެލިއެވެ.އަދި އެއަށްފަހު ފޮނުނަގައި ބޮލުގަރިއްސާތީ ގެއަށް ދަނީކަމުގައި ބުނެ ޒައިނާއަށް އޭނާ މެސެޖު ކޮށްލިއެވެ.
“ޔޫލް ބޮލަށްތަދުވާތީ ގެއަށް ދިޔައީއޯ..”ޒައިނާ ފޯނުބަލާލަމުން ބުނެލިއެވެ.”އެހެންތަ..އެބަ އަންނަން އިނގޭ…ވެއިޓް..”ހިޝާން ތެދުވެ ބޭރަށް ހިނގާގަންނަމުން ޒައިނާއަށް ބުނެލިއެވެ.”އޭ..އޭނަ ބަޗައިފި.އައިކާ ކަލެއަށް ހަމަ އޭނަ ނުކުތްތަން ނުފެނުނުތަ؟”ހުމެއިދު ވީއަޕީބައިން ނުކުތް ގޮތަށް ކަންފަތުގައި އިން އިއަރ ޕޮޑްގައި އަތްޖައްސާލަމުން ހަޅޭއްލަވައިގަތެވެ.”ސޮރީ ބުރޯ…މަށަށް ހަމަ އެމަންޖެ ލޮލުގަ އަޅާނުގަތީ…”މަޑުމަޑުން އައިކާ ބުނެލީ ހުމެއިދް އަރައިފައި ހުރި ރުޅި އަންދާޒާ ކުރެވުުމުންނެވެ.”އެހެންމަ ޕްލޭން ބީ..ރިލްވާން އާދޭ..”ހުމެއިދް މިހެން ބުނުމަށްފަހު އެތެރެއަށް ވަނެވެ.
ހިޝާން އައިސް އިށީންތާ މިނެޓެއް ނުވެ ވޭޓަރު ވަދެގެން އައެވެ.އަތުގައި ހުރި ތަބަކަށް ދެފެންތަށި ލައިގެން ހުރިއިރު އަނެއް އަތުގައި މެނިއު އޮތެވެ.ޒައިނާ ކައިރީގައި ފެންތަށި ބަހައްޓާލަމުން ވެއިޓަރ ހިޝާންއަށް ބޯޖަހާލިއެވެ.އަދި ހިޝާން ކައިރީ ފެންތަށި ބަހައްޓަލަމުން އޯޑަރ ނަގައިގެން ދާން ހިނގާގަތެވެ.
ޔޫލީ ދިޔުމުން ޒައިނާ ކުޑަކޮށް ފޫހިވިއެވެ.ދާންބޭނުންވިނަމަވެސް ނުކެރުމުން އޭނާ މަޑުކޮށްލައިގެން އިނީއެވެ.ވޭޓަރު މެނިއު ގެނައުމުން ޒައިނާ ގެންނަންވީއެއްޗެއްސަށް އޯޑަރު ކޮށްލުމަށްފަހު ފެންތަށިން ކޯވަރެއް ބޯލިއެވެ.އޭރު “ހިޝާން”ގެ ނަޒަރު ހުރީ ޒައިނާއަށް ހުއްޓިފައެވެ.ދެންފެނުނީ މަޑުމަޑުން ޒައިނާގެ ލޯމެރުނުތަނެވެ.ވަގުތަށް ބަލަބަލާ ހުރި ހުމެއިދް އައިކާއަށް ސިގްނަލް ދިނުމާއިއެކު އޭނާ ވަދެގެންއައެވެ.”މައޭ ބުނީތީވެސް ބަލާތި..ހަމަ ފޮނުވާލާނީ..ޓަސް..ޔޫލީ ހުންނާނީ ކައިރީ..”ނުލަފާ ހިނިތުންވުމެއް ވެރިކޮށްލަމުން ހުމެއިދް އައިކާއަށް ބުނެލިއެވެ.”ރިލޭ ވަރަށް ފުރިހަމައަށް އޭނާގެ މަސަތްކަތްކޮށްފި..ފަހުން ދޭނާން ރުފިޔާ..”އައިކާ ގޮނޑިން ނަގަމުން ހުމެއިދް ބުނެލިއެވެ.
އާޓިފިޝަލް ބީޗުގައި ހުރި ބެންޗެއްގައި އިށީންދެގެން އިން އިރު ޔޫލިގެ ދެލޮލުން މުތީތަކެއް ފަދައިން ކަރުނަތައް ފައިބަމުން ދިޔައެވެ.ރޭގަނޑުގެ އެހަމަހިމޭން މާހައުލުގައި ޔޫލީގެގިސްލުމުގެ އަޑު އިވެމުން ދިޔައިރު އެއަޑު އަހާމީހެއްގެ ހިތަށް ކެއްނުވާވަރުވެއެވެ.މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑިގައި ޓަކިދެމުންދިއައެވެ.
**************************************
“ބޭބީ..އައި ރިއަލީ ލަވް ޔޫ…އަހަރެން ދޫކޮށްފަ ނުދައްޗެ..”ހުމެއިދް ޔޫލީގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.ޔޫލީއާއި ހުމެއިދް ތިބީ އަތިރިމަތީގައެވެ.”ޔެސް..ޓްރަސްޓް ނުކުރަންތަ؟”ޔޫލީ ހުމެއިދްގެ މޫނަށް ނަޒަރު ހިންގާލަމުން އަހާލިއެވެ.”ނޫން.ކުރަން.”ޔޫލީގެ ކޮލުގައި ފިރުމާލަމުން ހުމެއިދް ޖަވާބުދިނެވެ.ޔޫލީއާއި ހުމެއިދް ތިބީ އަތިރިމަތީގައެވެ.ދީފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅިމާހައުލު ވަނީ އަލިކޮށްލާފައެވެ.ހަނދުގެ ރިހި އަލި ކަނޑުގެ ސަތަޙައަށް އެޅިފައި ވީއިރު ހިތްގައިމު ކަމަށް ދައްކައެވެ.އެހެންނަމަވަސް އެދެލޯބިވެރިންނަށް ނޭނގުނީ އެއީ އެދެލޯބިވެރިން އެކީ ހޭދަކުރާ އެންމެ ފަހުރޭ ކަމެވެ.
ބާރަޖަހަން ގާތްވުމުން ދެމީހުން ގެއަށް ދިއުމަށް މިސްރާބު ޖެހިއެެވެ.”އަޅެ އައި ޑޯން ނޯ ކިހިނެއް ކަމެއް މަންމަ ގާތު ބުނާނީ..”ޔޫލީ ބުނެލީ ގެއަށް ދިޔަ މަގުމަތީގައެވެ.”ޗިލް ބޭބް..އަހަރެން ތިކަން ކޮށްދީފާނަން.”ހުމައިދް ޔޫލީ އޭނާގެ ގަޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ.އަވަސް ގޮތަކަށް ތައްޔާރުވެލައިގެން ދަބަސް ހިފައިގެން ޔޫލީ ނުކުތީ ސްކޫލަށް ދާށެވެ.”މަންމާ ދަނީއޭ..”ބޫޓަށް އަރަމުން ނަހުޒާއަށް އަޑުއިވޭ ވަރަށް ގޮވާލުމަށްފަހު ޔޫލީ ނުކުމެގެން ދިޔައެވެ.ސްކޫލު ބަންދު ދުވަހެއް ނޫންކަމުން މަގުތައް ފުރިފައި އޮތީ ސުކޫލަށް ދިއުމަށް މިސްރާބު ޖަހައިފައިވާ ކުދިންތަކުންނެވެ.ޔޫލީވެސް ދުވެފައި ގޮސް އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިކާ ގާތު ހުއްޓިލިއެވެ.”އޭ އައި ބުނި ކަންތައް މަކޮށްފިން.ޔޫ ސެއިޑް މަންތެކޭ..”އައިކާއާ އަރާ ހަމަވުމާއެކު ޔޫލި ބުނެލިއެވެ.”ހެހެހެ.ޔޫލް ވާ ގަދަ.މަ ހަމަ ބަލާލީ ޔޫލްއަށް ވޭތޯ..އެހެންނު ވާނީ ހީއިޒް ސަމްތިން އޭލްސް..”އައިކާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.”އެކަމްމްމް..އައި ތިންކް އައި އޭމް އިން ލަވް ވިތް ހިމް މިހާރު..”ނުބުނަން ހުރެފައި ވެސް ޔޫލީ ބުނެލިއެވެ.”ވަޓްޓް؟؟ލަވް އޭ.ނުވާނެ އެހެނެއް.ޔޫލް މޮޔަވީތަ؟ޑޯންޓް ޔޫ ނޯ އެއީ ކޮންކަހަލަ މީހެއްކަން.؟”އައިކާގެ މޫނުމަތިން ނުރުހުމުގެ އަސަރުފެނިގެން ދިޔައެވެ.”އައި ނޯއޭ.އެކަމް މަށަކަށްވެސް އިޙްސާސްތަކަށް ބާރެއް ނުފޯރުވޭނެ.”ޔޫލީ ވެސް ހިތްހަމަނުޖެހިފައި ބުނެލިއެވެ.”ހެޔޮ…ޔޫ ހޭވް ޓު ބްރޭކް އަޕް ވިތަ ހިމް..އައި އެއްބަހެއް ނޫން.”ވަގުތުން އައިކާ ބުނެލިއެވެ.”ފައިން.އައި ކީއްވެ އެއްބަސް ނުވަނީ؟…”ޔޫލީ އަހާލިއެވެ.އެވަގުތު ވީ ސުކޫލު ރަނގަބީލު ވެސް ޖެހި ވަގުތަށެވެ.ޔޫލީއަށް ބަލާލުމެއްވެސް ނެތި އައިކާ ވަދެގެން ދިޔައެވެ.
ބްރޭކް ގަޑިއެވެ.ޔޫލީ އިނީ އައިކާ ކުލާހުން ނުކުންނަން ދެނެވެ.”އައި…އަހަރެން ކުރި ސުވާލަށް ޖަވާބު ދީ..”ޔޫލީގޮސް އައިކާ އާއި އެއްވަރުކުރަމުން ބުނެލިއެވެ.”އައި ހޭވް ނަތިންގް ޓު ޓެލް ޔޫ..”އައިކާ ބުނެލިއެވެ.”ދެން އަޅެ…””ފައިން.އައި ލައިކް ހިމް .ދެޓްސް ވައި.އެން އައި ޑޯންޓް ވޯންޓް ޔޫ ޓު ބީ ހިޒް..އައި އޭމް ޖެލަސް.”އައިކާ އެންމެ ފަހުން ޔޫލީ ގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.އިވުނު ވާހަކައިން ޔޫލީ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާން މަސަތްކަތް ކުރަމުން ޔޫލީ އައިކާއަށް ބަލާލިއެވެ.”ޖެލަސްއޭ؟؟….ފޯރ ވަޓް؟؟…”ތުރުތުރު ލަމުން ދިޔަ އަޑަކުން ޔޫލީ އަހާލިއެވެ.”ފޯރ އެވްރީތިން…ޔޫގެޓް ހަޔަރ މާކްސް.ދި ޕާސަން އައި ލަވް..އޯލް އޮފް ދޯސް..އެން…””އިތުރު އެއްވެސް ބަހެއް ތިއަނގައިން އަހާކަށް މަށެށް ބޭނުމެއްނޫން.އަވަރ ފްރިއެންޑްޝިޕް އިސް ޑަން…ބައި ދަ ވޭ.މަށެށް ވެސް ކޮންމެހެން އެ ހުމެއިދް އަކާ ނޫޅޭން.ބަލާލީ ތިއައިކާ ބުނާއެއްޗެއް .އިޓް ވޯޒް އަ ޖޯކް.ބަޓް އޭގެ ސަބަަބުން މަށަށް ކިހާ ބޮޑު ސިއްރެއް މިފަޅާއެރީ.ނަސީބެއް އޭނަ ދެކެ މަށަށް ލޯބި ނުވެވުނުކަން…”އައިސްފައި ހުރި ރުޅިއާއި ވެފައި ހުރި ދެރައިން ޔޫލީ އައިކާގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.އަދި ކުލާހަށް ވަތް ގޮތަށް އޭނާގެ ދަބަސް ނަގާ ކޮނޑުގައި އަޅުވައިގެން އޭނާ ނިކުމެގެން ދިޔައީ އައިކާގެ މޫނަށް ބަލާވެސް ނުލައެވެ.
ކޮޓަރިއަށް ވަތްގޮތަށް ޔޫލީ ދަަބަސް އެނދުމައްޗަށް ހޫރާލިއެވެ.ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްމަހާލަމުން ރޯންފެށުނުއިރު އޭނާގެ ދެއަތް ދިޔައީ ތުރުތުރު ލަމުންނެވެ.އެކުގައި 10 އަހަރުދުވަހު އުޅުން އިރު އެންމެ ގާތް އެކުވެރިޔާ އޭނާއަށް ހަސަދަވެރިވާކަން އެނގުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟ހިތުގައި ޖެހިފައި އިންވަރުން ނަހުޒާ ގޮވުމުން ޔޫލީ ކާކަށްވެސް ނުނިކުތެެވެ.ކާހިތެއް ނެތް ކަމަށް ބުނެ އޭނާ އޮތީއެވެ.
“ހޭ..އައި ވޮނަ ބްރޭކް އަޕް.އެއްވެސް ސުވާލެއް ނަހާތި..އައި ޖަސްޓް ފީލް ލައިކް އެންޑިން ދިސް ރިލޭޝަންޝިޕް.ދެޓްސް އޯލް..”ފޯނުގައި އިން ޔޫލީގެ މެސެޖު ދިހަވަރަކަށް ފަހަރު ހުމެއިދް ކިޔާލިއެވެ.އޭނާއަށް ހަމަ ޤަބޫލު ނުކުރެވެނީއެވެ.ޔޫލީ އޭނާއަށް މިހެން ހަދައިފާނެއެކޭ އޭނާ ދުވަހަކުވެސް ހިއެއްނުކުރެއެވެ.ޔޫލީއަކީ އޭނާ ރައްޓެހިވި ހަމައެކަނި އަންހެންކުއްޖާއަށް ވީއިރުއ އޭނާއަށް ލޯބިވެވުނީ ވެސް ހަމައެކަނި ޔޫލީ ދެކެއެވެ.އެހެންނަމަވެސް ކަންތައް މިވީ އޭނާ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ.ލޮލުގެ ކުޑަކޮޅުން ފައިބަުން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ކުރިމަތީގައި އިން ލޯގަނޑަށް ހުމެއިދް ބަލާލިއެވެ.”ޔޫލް…ކޮންމެ މީހަކުވެސް ލޯބިވާ މީހުން އުފަލުގައި ބަހައްޓަން ބޭނުންވާނެއޭ ބުނާ އަޑުއަހަން.ބަޓް އައި ޑޯންޓް ވޯންޓް ޔޫ ޓު ބީ ހެޕީ..ކަޒް ޔޫ ލެފްޓް މީ ފޯ ނޯ ރީޒަން.ދުވަހަކުވެސް އަންހެން ކުއްޖެއް ދެކެ ލޯބިނުވާ އަހަރެންގެ މިހިތް ލޯބިވީ ހަމައެކަނި ޔޫލްދެކެ.އެވެސް ތިކަހަލަ އެއްވެސް ސަބަބަކާ ނުލާ މީހުންގެ ހިތް ހަލާކު ކުރާ މީހެއް ދެކެ.”ލޯގަނޑުގައި ގޮށްމުށުން ޖަހަމުން ހުމެއިދް ބުނެލިއިރު އޭނާ ހީވަނީ މޮޔަވެފައި އިންހެނެވެ.”ޔޫ ވިލް ރިގްރެޓް ވަޓް ޔޫ ޑިޑް.”މުޅިތަނަށް ބުރައިގެން ދިޔަ ބިއްލޫރިކޮޅުތަކަށް ބަލާލަމުން ހުމެއިދް ހަޅޭއްލަވައި ގަތެވެ.
*******************************
މާޒީއިން ޔޫލީއަށް ބޭރުވެވުނީ އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުންނެވެ.އިންބޮކްސް ހުޅުވާލުމާއިއެކު ޔޫލީގެ އަތް ތުރުތުރު އަޅައިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Mi part vx vrh reethi Masha Allah luv 🖤
when next part??
your my fav author my queen 💞
take care of yourself 🖤
luv yu 😘
THNKYU SO MUCH YAAN🥰
THAT MEANS A LOT TO ME😘
AWWW REALLYY😊
TAKE CARE OF UR SELF TOO
LUV YU MOREE😘
you vrh gina dhuvas vehjje dhw comment koh nukeveythaaa
hama busy kamun ingey…
baraabarah kiyan ingey cmmnt nukuriyas
zaina and yoolee ah gotheh nahadhahchey
oh god can’t wait next part kiyaalan
take care sis 💗
vrh loabiveyyyy sissy 😘😘😘
YEA I UNDERSTAND😊
HAHAH HINGAA DHW ZAINA AA YOOLEE AH VAAGOI BALAN
NXT PART SATURDAYGA LIBEYNE
TAKE CARE DARLING🖤
LOABIVEY BODUKOH😘
Wow mi part ves Varah reethi
Your story inspired me to write my own stories so Thanku
Can’t wait for the next part
And I would luv some support from all the readers to keep going with,my stories
BTW luv u my devilqueen 🫶💝
Thnkyu so much Alkko32
OMGGG I am so happy that it inspired you to write stories
I would love to read ur stories
Yu’ll get my full support gurrl
Luv Yu more darling 😘❤️